Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަދި އެއްފަހަރު (ތިންވަނަ ބައި)

Kudu
February 18, 2016
3 Mins Read
29 Views
5 Comments

އެއީ މީގެ ހަތަރު އަހަރު ކުރީގެ ފޮޓޯއެކެވެ. ޔަލާއާއި އަލިޔާން ހިނގަމުން ދިޔައީ ވިލިގިލީގެ އަތިރިމަތީގައެވެ. އޭރުވެސް އަލިޔާން ބުނަމުން ދިޔައީ ބުރުގާ އެޅުމަށެވެ. ފަހަތުން ދުވަމުން އާކިލް އާދެއެވެ. ދެލޯ ބޮޑުކޮށްލަމުން އަދި ނުވެއޭ އަލިޔާން ބުނެލިއެވެ. އެހެން ބުނުމުން އާކިލް އައިކޮޅަށް އަނބުރާ ދުއްވައި ގަނެފިއެވެ.

“ޔާޔާ.. ދެން ރީތި ވާނެ” އަލިޔާން ޔާލާގެ ބޮލަށް ދޮނެއް ދެމުން ބުނެލިއެވެ.

“ޔާން ވަރަށް ވިއްސާރަ އެއްނު ހިނގާ މާލެދާން..” ޔަލާ އުޑާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.

އަލިޔާން ޔަލާގެ އަތުގައި ހިފާލާފައި ހުރިގޮތުން ހީވަނީ ދުވަހަކުވެސް އެއަތްދޫކޮށް ނުލާނެ ހެންނެވެ. އޭރުވެސް އާކިލް ހިފި ނުހުރެވިގެން އުޅޭ މީހެއްހެން ފުންމަ ފުންމާ ހުއްޓެވެ.

“ޔަލާ މިއަހަރުގަ ހިނގާބަ މެރީ ކުރަން…” އަލިޔާން އެހެން ބުނުމުން ޔަލާ ހުއްޓި ލުމަށްފަހު އަލިޔާންގެ މޫނަށް ބަލާލިއެވެ.

“އައި ގަސްޓް ފިނިސްޑް މައި ބޭސިކް” ޔަލާ ޓްރެއިނިންގް ގެ ވާހަކަ ބުނެލަމުން ހީލިއެވެ.

“ސޯ… އެ މަޖުބޫރު މާއްދާއެއްތަ؟؟”އަލިޔާންއަށް އެހެން ނުބުނެވިގެން އުޅެނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. ދެމީހުން ދުވެފައިހެން ހިޔާވާންހުރި ތަނަކަށް ވަދެއްޖެއެވެ. އެވަގުތު އާކިލްވެސް އައިސް އަލިޔާންއަތަށް އެއްޗެއް ދިއްކޮށްލިތަށް ޔަލާއަށް ފެނުނެވެ. އަލިޔާން އަދިވެސް އަހަމުންއައީ އޭނާއާއި އިންނާނަން ތޯއެވެ.

“އަމް ޖަސްޓް 19 ޔާން” ޔަލާގެ ޖަވާބުވެސް ވަރަށް ކުރެވެ. ޔަލާ އެހެން ބުނުމުން އަލިޔާން އޭނާގެ ފޯނު ޔަލާގެ އަތަށް ދިއްކޮށްލިއެވެ. އަދި ޔަލާ ހިޔަލުގައި ބަހައްޓާފައި އޭނާ ވާރެއަށް ނިކުމެލިއެވެ. ޔަލާ ދެލޯ ބޮޑުކޮށްލާފައި އެތެރެއަށް އަންނާށޭ ބުނުމުންވެސް އަލިޔާން ބޯހޫރާލިއެވެ. ފެނުން ޗަސްވެފައިވާ ބިންމަތީގައި އަލިޔާން ކަކޫ ޖައްސާލަމުން އޭނާ އަތުގައި އޮތް އަނގޮއްޓި ޔަލާއަށް ދިއްކޮށްލިއެވެ.

” ޔަލާ ނަސީމް… ޕްލީޒް ޑޯންޓް ބީ ނައިންޓީން އެނީ މޯ” އަލިޔާން ރަކިވެފައި ބުނެލިއެވެ. ހަޤީޤަތުގައި ފިރިހެން ކުދިން ރަކި ވުމުން ވާ ރީއްޗެވެ. ޔަލާއަށް އަލިޔާންގެ އެހިނިތުންވުން ފެނި ބުނާނޭ އެއްޗެއް ނޭނގުނެވެ.

“ކަމޯން މި 20 ކެރެޓް އޭ ޕްލަސް ފަޔަށްވެސް ވަރަށް ތަދު އެބަވޭ” ޔަލާއަށް ދައްކާލަމުން އަލިޔާން ތުން ފިއްތާލިއެވެ. ޔަލާގެ ކައިރީގައި ހުރި އާކިލްވެސް ހުރީ ހިނިތުން ވެލައިގެންނެވެ. ޔަލާ ހިނިތުންވެލަމުން ޔެސް އޭ ބުނެލީ އޭނާގެ ހިތުގެ އަޑިންނެވެ. އެވަތުގު އަލިޔާން އަނގޮއްޓި ޔަލާ އަތުގައި އަޅުވާލިއެވެ. ސަމާސާ ކުރަމުންގޮސް އަލިޔާންގެ ކޮނޑަށް ޔަލާ އެރީ އޭނާ ބިންމަތީގައި އިށީނދެގެން އިންދައެވެ.

“ދޮންބެ.. ޔާޔާ ބަލާބަ” އާކިލް އެހެން ބުނުމުން ދެމީހުންވެސް ވާރޭ ތެރޭގައި އާކިލްއަށް ބަލާލަމުން ހީލިއެވެ. އޭރު އާކިލްގެ ފޯނުން ފްލެޝް ކެނޑެއެވެ.

#                 #               #             #                   #

މަގުގެ އަނެއް ފަރާތުގައި ބަލަން ހުރި އަދިއަންއަށް ޔަލާ ރޯކަން ނުހަނު ރަނގަޅަށް ފެނެއެވެ. މި ނުދަންނަ ކުއްޖާ ރޭގަނޑު ފޮޓޯއަކަށް ބަލާފައި ރޯންވީ ފަހެ ކީއްވެ ހެއްޔެވެ؟ ބޯޓު ތެރެއިންވެސް އެކުއްޖާއާއި ދިމާއަށް އެއްޗެހި ކިޔައި ގަނެވުނީ އޭނާއަށެވެ. މައާފަށް އެދުމުންވެސް ބަލައިގެން ހިނގިދާނޭ ކިޔައި އެތިވަރު ގޮވިއެވެ. އެކި ހިޔާލު ތަކުގައި ހުއްޓާ ޔަލާ ފޮޓޯ ނަގައި މޭގައި ޖައްސާލިތަން ފެނުމުން އަދިއަން ހިނިތުން ވެލިއެވެ. އެހާވެސް ފޮނި ކުއްޖެއް ނޫނޭ ހިތަށް އެރިއެވެ. ނަމަވެސް މި ނުދަންނަ ކުއްޖާއަކީ ކާކުތޯ ބެލުމުގެ ޝައުޤު ވެރިކަން އޭނާގެ ހިތުގައި އުތުރި އަރައިގަތެވެ.

 

ޔަލާއަށް ހެނދުނު ހޭލެވުމާއެކު އަވަސް ވެގަތީ އޭނާއަށް ހަމަޖެހިފައިވާ މީޓިންއަށް ދާށެވެ. އަވަހަށް ތައްޔާރުވެގެން ކާރަކަށް ގުޅީވެސް ލަސްވެދާބެތީއެވެ. އެވަރުންވެސް ޔަލާއަށް ދެވުނީ ދެމިނެޓް ގަޑި ޖެހިގެނެވެ. އޭރު ބައްދަލުވުމުގައި ބައިވެރިވާ ހުރިހާ މީހުންހެން އެތަނުގައި ތިއްބެވެ. ޔަލާއައުމުން އެންމެންވެސް ތެދުވިއެވެ. ނަމަވެސް އެންމެ ހައިރާންވީ އަދިއަންއެވެ. ޔަލާ ސިފައިންގެ ޔުނިފޯމްގައި ފެނުމުންނެވެ.

“ޔޫ” ދެމީހުންނަށްވެސް އެއްފަހަރާހެން ބުނެލިގޮތަށް އަދިއަން އަދިވެސް ހުރީ އަނގަ ހުޅުވައިގެންނެވެ. އާކިލް ހުރީ ފާޑަކަށް މޫނު ހަދައިގެންނެވެ.

“ޔާޔާ.. ދޮން” އާކިލް ލަސްލަހުން ބުނެލިއެވެ.

“މިއީ ޔަލާ ނަސީމް، ދެން މިހުރީ ނަވީޒް، އާކިލް، އަޅުގަނޑަކީ ހުސެން ދެން މި ހުރީ އަދިއަން” އެނަން އިވުމާއެކީ ޔަލާ ދިޔައީ ސިއްސައިގެނެވެ. އޭނާގެ އަލިޔާންއާއި އެއް ވައްތަރު ނަމެއް ކިޔާ ފުރަތަމަ މީހަކަށްވެސް މި ފެނުނީ މި މީހާއެވެ. ހިތުގެ ވިންދި އަވަސްވި ވަރުން މުނިމީހާ ދާހިތްލާ ފޯވެއްޖެއެވެ.

މީޓިން ފެށިގެން ދިއުމާއެކީ އެންމެންނަށްވެސް އެމީހުންނަށް ހަމަ ޖެހިފައިވާ ޕްލެޓޫންތައް އަންގަމުން ދިޔައެވެ. އަދިއަންގެ ނަން ބުނެލާ ކޮންމެ ފަހަރަކު ޔަލާއަށް ހީވަނީ އަލިޔާން އޭ ކިޔާހެނެވެ. އޭ.ސީ ކޮށްފައިވާ ތަނުގައިވެސް ޔަލާ ހުރީ ދާހިއްލާފައެވެ. އަދިއަންގެ ނަން ބުނެލާ ކޮންމެ ފަހަރަކު ޔަލާގެ މޫނަށް އަރަމުންދާ ކުލަތައް އާކިލްއަށް ރަނގަޅަށް ފާހަގަވެއެވެ. މީޓިން ނުމުމުން އެތަނުން އެންމެ ފުރަތަމަ ނިކުމެގެން ދިޔައީ ޔަލާއެވެ. ހީވަނީ މީހަކަށް ފިލަން ދިޔަހެނެވެ.

 

“ކާކު އެއީ؟” އާކިލް ކައިރިއަށް ދިޔަ ގޮތަށްވެސް އަވަހަށް އަހާލިއެވެ.

“ދޮން އެއީ.. ޔާޔާ ދޮން” އާކިލް އަދިއަންގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“ކަލޭ ދޮންތަ އެއީ؟ އެހެން ވިއްޔާ ވަރަށް ސުވާލު ކުރަން އެބައޮތް؟” އަދިއަން ފޮނިވެލާފައި ބުނެލިއެވެ.

“އެއީ ދޮންބެގެ ގަލް ފްރެންޑް.. ބަޓް ނޮޓް އެނީ މޯ” އާކިލް އެހެން ބުނަމުން ދަނީ ކަމުގައި ބުނެލިއެވެ. ނަމަވެސް އަދިއަން އެގޮތް ބޭނުމެއް ނުވިއެވެ. ޔަލަގެ ވާހަކަ އަހަން ފެށުމުން އާކިލް ރުޅި އަންނަ ގޮތްވިއެވެ. އަދި ޔަލާއާއި ދުރުން އުޅުމަށް ބުނެލިއެވެ.

އާކިލްގެ އެ އަމަލުން ޔަލާއަކީ އޭނާގެ ވަރަށް ހާއްސަ މީހެއްކަން އަދިއަންއަށް އެނގިގެން ދިޔައެވެ. ބޭރަށް ނިކުމެގެން ދިޔަ ޔަލާގެ ހިތް އަދިވެސް ހަމައަކަށް ނޭޅެއެވެ. އަދިއަންގެ ނަމާއި އަލިޔާންގެ ނަން އެހާ އެއްގޮތް ވުމުން އުނދަގޫވަނީ އޭނާއަށެވެ. މިހާރު ހަމަސް ދުވަހަށް ދާހިތްވެސް ކެނޑިއްޖެއެވެ. އާކިލް ފަހަތުން އައިސް ޔަލާގެ ކޮނޑުގައި ޖަހާލުމުން ޔަލާ ދިޔައީ ސިއްސައިގެނެވެ. އާކިލް ފެނުމާއެކު ހިނިތުންވެލަން މަސައްކަތް ކޮށްލިއެވެ.

“ދޮން… އިނގޭ އުނދަގޫ ވާނެކަން.. އެކަމް ދެން ދޮންބެއެއްވެސް ނާންނާނެ އެއްނު” އާކިލް ބޮލުގައި އިން ތޮފި ނަގަމުން ބުނެލިއެވެ. އާކިލްގެ އެއްވެސް ވާހަކައަކަށް ޔަލާ ސަމާލުކަމެއް ނުދެއެވެ. ދުރުގައި ނާވީޒްމެނާއި ވާހަކަ ދައްކަން ހުރި އަދިއަންއަށް ޔަލާ ބަލަން ހުރީ ލޮލުގައި ފުރާ ކަރުނަ އަޅައިގެންނެވެ.

” އަމް އޯކޭ އާކީ.. ހަމައެކަނި ނަމެއްނު ވައްތަރީ” ޔަލާ ހިތްވަރު ކޮއްލަމުން އާކިލްއަށް ހިނިތުން ވެލިއެވެ.

 

ސ.ގަމަށް ބޯޓު ކައިރިކޮށްލުމާއެކު ހުރިހާ ކުދިން ފޯލިންއަށް ހާޒިރު ކުރުވިއެވެ. އަދި ދެން ޖެހިގެން އަންނަ ދުވަހުން ފެށިގެން ޕީޓީ ކުރަން ޖެހޭނެ ކަމުގައި ބުނެލިއެވެ. ފަތިސް ނަމާދު ކޮށްގެން ހުރިހާ ކުދިން ޕީޓީ ކިޓްގައި ތިބިއިރު އަދިއަންމެންވެސް ތިބީ ތައްޔާރު ވެގެންނެވެ. ޔަލާ ނިކުމެގެން އަންނަތަން ފެނުމުން ހުރިހާ މީހުންހެން އެދިމާއަށް ނަޒަރު ހިންގާލިއެވެ. ނަވީޒް ދެލޯ ބޮޑުކޮށްލަމުން އަދިއަންއާއި އާކިލް ދިމާއަށް ބަލާލިއެވެ. ހުސެން އެދިމާއަށް ބަލާލަމުން ބަލާލީ ތިރިއަށެވެ. ހުރިހާ އިންސްޓްރަކްޓަރުން ތިބީ ތިރިޔަށް ބަލަހައްޓައިގެންނެވެ. އަދިއަންއައީ އަމަށަކު ރުޅިއެއް ނޫނެވެ. ދިޔަގޮތައްގޮސް ޔަލާގެ އަތުގައި ހިފައިގެން ބެރެކްސްތަކުގެ ފުރަގަހަށް ގެންދިޔައިރު އެންމެން ތިބީ އަނގަ ހުޅިފައެވެ.

 

“މީކީ އެމެރިކާއެއް ނޫން… ތި ސޯޓު ބަދަލު ކޮށްގެން އާދޭ” އަދިއަން ރުޅި ގަދަވެފައި ހުރިލެއް ގަދަކަމުން ތުރު ތުރު އަޅައެވެ.

 

ނުނިމޭ

3
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Kudu

Other Articles

Previous

ހިތުގެ ތިޔައީ ސާފު ލޯތްބޭ 1

Next

އަނދަ އަނދާ ހުރި އަލިފާން !

Next
February 18, 2016

އަނދަ އަނދާ ހުރި އަލިފާން !

Previews
February 18, 2016

ހިތުގެ ތިޔައީ ސާފު ލޯތްބޭ 1

5 Comments

  1. rakin says:
    February 18, 2016 at 5:11 pm

    Haadha kurukohshey… btw goaheh noon

  2. Admin says:
    February 18, 2016 at 9:47 pm

    Kudu, welcome to esfiya. There are some things that i want to explain to you regarding uploading stories. please contact me on 7997991. Thank You -Admin-

  3. Nicky says:
    February 19, 2016 at 8:31 pm

    Nyc

  4. zidhu says:
    March 7, 2016 at 3:31 pm

    v.salhi 🙂

  5. zeee says:
    March 9, 2016 at 9:34 pm

    kudu vaaaka varah reethi…. plx next part avahah up kohdheeba..

Comments are closed.

All Right Reserved!