އެއީ މީގެ ހަތަރު އަހަރު ކުރީގެ ފޮޓޯއެކެވެ. ޔަލާއާއި އަލިޔާން ހިނގަމުން ދިޔައީ ވިލިގިލީގެ އަތިރިމަތީގައެވެ. އޭރުވެސް އަލިޔާން ބުނަމުން ދިޔައީ ބުރުގާ އެޅުމަށެވެ. ފަހަތުން ދުވަމުން އާކިލް އާދެއެވެ. ދެލޯ ބޮޑުކޮށްލަމުން އަދި ނުވެއޭ އަލިޔާން ބުނެލިއެވެ. އެހެން ބުނުމުން އާކިލް އައިކޮޅަށް އަނބުރާ ދުއްވައި ގަނެފިއެވެ. “ޔާޔާ.. ދެން ރީތި ވާނެ” އަލިޔާން ޔާލާގެ ބޮލަށް ދޮނެއް ދެމުން ބުނެލިއެވެ. “ޔާން ވަރަށް ވިއްސާރަ އެއްނު ހިނގާ މާލެދާން..” ޔަލާ އުޑާއި ދިމާއަށް ބަލާލަމުން […]
“ޔަލާ ބައްޕައަށް ފެނުނިއްޔާ އަނެއްކާ ކަންތައް ބޮޑު ކުރާނެ.. ޔާޔާއަށް އެނގެ އެއްނު..” ޔަލާ ރުއިން ހުއްޓާލާތޯ ނިކަތު އެތައް ވާހަކައެއް ޔަލާ ކައިރީގައި ދައްކަމުން ދިޔައެވެ. އެންމެފަހުން ޔަލާގެ ރުއިމުގެ އަޑުވެސް މަޑު ވަމުން ގޮސް ހުއްޓިއްޖެއެވެ. ނިކަތުގެ އަތުން ޔަލާ ދޫކޮށްލީ އެއްކޮށް ގިސްލުމުގެ އަޑު ކެނޑުމުންނެވެ. ޔަލާގެ ފޯނު ރިންގް ވާން ފެށުމުން ކަރު ކެހި ލުމަށްފަހު ފޯނު ނަގައި ވާހަކަ ދައްކަން ފެށިއެވެ. # # # # # […]
މާލެގައި ދެފައި ޖެހުމުން އެންމެ ފުރަތަމަވެސް ޔަލާ ބޭނުންވީ ގެއާއި ދިމާއަށް ދާށެވެ. އެންމެން ދެކިލާހިތް ވެފައި ހުރިލެއް ބޮޑުކަމުން ކަންނޭގެއެވެ. އެއްވެސް މީހަކު ކައިރީގައި ނުބުނެ އައީވެސް އެހެންވެއެވެ. ކާރުގައި ގޭގެ ދޮރާއި ހަމަވުމުން ޔަލާގެ ހިތުގެ ވިންދު އަވަސްވިއެވެ. ކުރީގެ ހަނދާންތައް އައިސް މުޅި މީހާ ވަށާލިހެން ހީވުމުން ޔަލާ ދެފަރާތަށް ބޯހޫރުވާލިއެވެ. މިހާ ދުވަސް ވުމުން ދެން އެކަން ހަނދާން ނުވާނެ ކަމަށް ހީވި ހީއަކީ ގޯސް ހީއެއްކަން އެނގުމުން ޔަލާގެ ގައިން […]