Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފެންނާތީ ޔާރާގެ މޫނު (7)

Sinnu
April 2, 2016
6 Mins Read
41 Views
20 Comments

“އޯ.ކޭ.. ލެޓްމީ ޓޯކް ޓު ހިމް.. އިނގޭ.. ޓިލް ދެން ވެއިޓް” ނައުޝާ އެހެން ބުނުމުން މިޝިޔާ ވަރަށް އުފާވިއެވެ. އަދި އައިސް ނައުޝާގައި ބައްދާލަމުން  ޝުކުރުވެރިވިއެވެ.

ލެޕްޓޮޕް އުނގަށް ލައިގެން އިން ޒަޔާން ސިހުނީ ކުޑަ މޭޒުމަތީގައި ބާއްވާފައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނު ސްކިރީނުން ފިރާޝާގެ ނަން ފެނުމުން އޭނާގެ ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ. އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލެވުނީވެސް އެހެންވެއެވެ. އެކޮޅުން ވާހަކަ ދައްކަމުން ދިޔަ ފިރާޝާ ހުރީ ވަރަށް އުފާވެފައިކަން ހުދު އޭނާގެ އަޑުންވެސް އެނގެއެވެ. ޒަޔާން މަޑުކޮށްލައިގެން ހުރި ފިރާޝާ ވާހަކަ ދައްކައި ނިމެން ދެނެވެ. އެންމެފަހުން  ވާހަކަ ދައްކާ ދައްކާ ބޮލުގައި ރިއްސަނީ ކަމަށް ބުނުމުން ޒަޔާން ވާހަކަ ފެށިއެވެ. އެތައް އިރަކު ވާހަކަ ދައްކަން ތިބެފައި ނިދަނީ ކަމުގައި ބުނެ ފިރާޝާ ފޯނު ބާއްވައިފިއެވެ.

ފިރާޝާހުރީ ނައުޝާމެންގޭގައި އެހެން ކުލާސްކުދިންނައި އެކުގައެވެ. މިއަދު ހުރިހާ ކުދިންވެސް މިޝިޔާމެން ދިއުމަށް ނިންމާފައިވާތީ އެންމެން ތިބީ ނައުޝާ ބަލައި އައިހެވެ. ނާވީ ބޭރަށް ނިކުތްއިރު އެންމެންހެން ތިބީ ބޭރުގައެވެ. މިއަދު އާކުއްޖެއް އިންހެން ހީވެގެން އޭނާ ތަންކޮޅެއް ފަރުވާތެރި ވެފައި ބަލާލިއެވެ. އިސްތަށިގަނޑު ބުޅި އެއަންހެން ކުއްޖާގެ ގައިގައި ރީތި ގޮތެއް އެބަހުއްޓެވެ. ފިރާޝާވެސް ނާވީ ފެނުމުން ތުއިވެލާފައި ހީލައިފިއެވެ. އަބަދުވެސް ރިތީ ކުދިންނަށް ފޯރި ހުންނަ އަންހެނެއް ވުމުން ޒަޔާން މަތިން ހަނދާންވެސް ނެތުނު ކަހަލައެވެ.

ފިރާޝާ އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު ނައުޝާއާއި ރަހުމަތްތެރިހެން ހީވިއެވެ. ވަރަށް ގިނައިން ނާވީގެ ވާހަކަ އަހައިފިއެވެ. އެކަމާއި ހިތްހަމަ ނުޖެހިފައި އިނީ މިޝިޔާއެވެ. ދެގަޑިއިރު ފަހުން ކިޔަވައި ނިންމާލި ކުދިންތައް އެމީހެއްގެ ގެއަށް ގޮސްފިއެވެ. ނައުޝާގެ ފަހަތުން ނުނެއްޓިގެން އުޅުނީ ފިރާޝާއެވެ. އެންމެ ފަހުން ނައުޝާއާއު އެކު އެމީހުންގެ ގެއަށްވެސް އަތުވެއްޖެއެވެ.

“ފިރާ… ތިހެން އުޅޭކަށް ނުވާނެ” ނައުޝާގެ ބޮލަށް އުނދަގޫ ވާން ފެށުމުން ބުނެލިއެވެ.

“ނައު ދޮންވެ ހާދަ ރީއްޗޭ… އަހަރެން މިހާރު ވެސް ލައިކް ވެއްޖެ” ފިރާޝާގެ އެ ޖުމްލައިން ނައުޝާ މޭ ނުބައިވާ ކަހަލަ ގޮތެއް ވިއެވެ. ކޮޓަރިން ނިކުމެގެން ބަދިގެ ފަރާތަށް އައި ނާވީއަށްވެސް އެއަޑު އިވުނެވެ. ފަހުރު ވެރިކަމާއެކު ހީގަނެވުނީ އެހެންވެއެވެ.

“އެހެން ނޫނަސް ޒަޔާންއާއި ރައްޓެހިވެގެނެއް ނޫންތަ ތިއުޅެނީ” ނައުޝާގެ އެޖުމްލައިން ނާވީއަށް ހީވީ އީދެއްއައި ހެނެވެ. މިހާރު ދެން މިވީ މާރަނގަޅަކަށެވެ. ނާވީ އަވަހަށް ބަދިގެއަށް ވަންނަމުން ފިރާޝާއާއި ވާހަކަ އަޅުވާލިއެވެ. ވާހަކަ ފެށިގޮތުން ހީވަނީ ދެދުނިޔޭގެ ރަހުމަތްތެރިން ހެންނެވެ.

ނާވީއާއި ފިރާޝާ އެދުވަހުގައި ވަރަށް ގިނައިރު ވަންދެން ވާހަކަ ދެއްކިއެވެ. ޒަޔާންގެ ވާހަކަ ވަރަށް ގިނައިންހެން ނާވީ އެހިއެވެ. ނަމަވެސް ފިރާޝާ އުޅުނީ މުޅިންހެން ނާވީއާއި ކައިރި ވެވޭތޯއެވެ. އެކަމާއި އެންމެ ހިތްހަމަ ނުޖެހިފައި ހުރީ ދުރުގައި ބަލަންހުރި ނައުޝާއެވެ. އެންމެ ފަހުން އެގެއިން ނިކުމެގެން ދިޔައީ ނާވީގެ ނަންބަރުވެސް ހޯދައިގެންނެވެ. ބައެއް އަންހެން ކުދިންނަކީ އެއްވެސް ލަދެއް ނުބަހައްޓާ ކަންތައް ކުރާ ކުދިންނެވެ. އަނެއްބައި ކުދިންއެއީ އޭގެ ސީދާ އިދިކޮޅެވެ.

ޒަޔާން ހުރީ މިޝިޔާއަށް ނޭނގިގެން އުޅުނު ފިލާވަޅެއް ކިޔައިދޭން އައިހެވެ. ކުރު ސޯޓު ކޮޅަކާއި ކަޅުކުލައިގެ ޓީޝާޓު ކޮޅެއްގައި އެކުއްޖާ ފެންނަނީ އުމުރަށްވުރެވެސް ކުޑަ ކޮންނެވެ. ދޭތެރެއަކުން ހީލަމުން ދެން ހަދަން ޖެހޭނީ ކިހިނެއްތޯ އަހާލާ ގޮތުން ޒަޔާން މަރުނުވަނީ ކިރިޔާއެވެ. ނަމަވެސް މިހާރު އޭނާއަކީ ހަމައެކަނި ފިރާޝާގެ މީހެކެވެ. ދެން އެއްވެސް މީހަކަށް އޭނާއެއް ނުލިބޭނެއެވެ.

“ޒަޔާން މިރޭ މާވަރަކަށް އެހެން ކަމަކާ ވިސްނާހެން އަޅުގަނޑަށް ހީވޭ” މިޝިޔާ ދެލޯ ކުޑަކޮށްލަމުން ބުނެލިއެވެ.

“ނޯ… އަޅުގަނޑު ނުވިސްނަން..” ޒަޔާން މިޝިޔާއަށް މަލާމަތް ކޮއްލަމުން ބުނެލިއެވެ.

“ފިރާގެ ކަމަކާތަ؟ ކަމޯން ބުނެބަލަ” ފިލާވަޅު ހެދުން ހުއްޓާލާފައި މިޝިޔާ ތަންކޮޅެއް ފަރުވާތެރި ކަމާއެކު ޒަޔާންއަށް ބަލާލިއެވެ. ނަމަވެސް ޒަޔާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

“މޭބީ އައި ކޭން ހެލްޕް.. ޒަޔާން.. އޭއި” ޒަޔާންގެ މޫނާއި ދިމާލަށް ފޯނު ހުރަސް ކުރަމުން މިޝިޔާ ބުނެލިއެވެ.

“މިޝީއަށް އިނގޭދޯ އަހަރެން މިޝީއާ ލައިކް ވާކަން… މިހާރުވެސް ވާކަން… މިހާރު އެކަމް ރައްޓެއްސެއް ގޮތަށް ލައިކްވަނީ.. ވަރަށް ބޭނުން ފިރާއާއި އެކު އުޅެން .. މިޝީ ކައިރީ އަހަރެން” ޒަޔާންއަށް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ފިރާޝާ ގުޅައިފިއެވެ. އަދި ޒަޔާންދެކެ ފޫހިވާ ވާހަކަވެސް ބުނެލިއެވެ. މިހާރު ޒަޔާން އޭނާއަށް އަޅާނުލާ ކަމާއި ބޭނުންވަނީ ދުވަސް ކޮޅަކަށް ދުރު ވެލުމަށް ކަމަށްވެސް ބުނެލިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިއަދު ރީތިކޮށް ވާހަކަ ދައްކާފައި މިހާރު މިވަނީ ކިހިނެއް ހެއްޔެވެ؟ އަނގަ ސަކަރާތް ވެފައި ހުރި ޒަޔާންއަށް ކަމެއް ވެއްޖެކަން މިޝިޔާއަށް ފާހަގަ ކުރެވުނެވެ. އެކޮޅުން ފޯނު ބޭއްވުމުން ޒަޔާން އިސްޖަހާލީ ވީ ގޮތެއް ނޭގުމުންނެވެ.

“ކަމެއް ވެއްޖެ ދޯ” ގަލަން އަނގައަށް ލައިގެން އިން މިޝިޔާ އިނީ ސީދާ ޒަޔާންގެ މޫނަށް ބަލަހައްޓައިގެންނެވެ.

“އެއީ ފިރާ.. މިހާރު ވައިޖެހޭ ކޮޅު ބަދަލުވެފަ ހުރީ..” ހީލަމުން ޒަޔާން އޭނާގެ ހިތައް ވަމުންދިޔަ ތަދު ފޮރުވިއެވެ. އަދި ބުނަން އުޅުނު ވާހަކަ ފެށިއެވެ.

“ނާވީއާ މިޝީ ލައިކް ވޭތަ… ޕްލީޒް ބުނެބަ؟؟” ޒަޔާން އެހެން އަހާލުމުން މިޝިޔާގެ ކޮލަށް ރަތް ކުލަ ވެރިވެގެން ދިޔައެވެ. އަދި އިސްޖަހާލައިގެން އިނދެ ބޯޖަހާލިއެވެ.  އެމަންޒަރު ފެނުނު ޒަޔާންއަށް ހީވީ އޭނާގެ މޫނުމަތީގައި މީހަކު ޖެހި ހެންނެވެ. މިއީ މޮޔަ ކުއްޖެއް ހެއްޔެވެ؟ ނާވީއާއި ބެޓް ކުރިއަސް އޭނާ ކޮންމެހެން މިޝިޔާއާއި ހޯދާކަށް ބޭނުމެއް ނުވެއެވެ. އޭރު އެހެން ބުނެވުނީވެސް ނާވީއާއި ހެދިއެވެ. މިވީ ގޮތުން ކޮންމެހެން ހަދާފައިވެސް ނާވީއާއި ބައްދަލުކުރަން އެބަ ޖެހެއެވެ.

“ބަޓް ނާވީ ކައިރީގަ ނުބުނައްޗޭ!! ޕްލީޒް އަޅުގަނޑަށް ހީވަނީ ނާވީވެސް ލައިކް ވޭހެން.. ނާވީ ބުނާނެ ކަންނޭގެ އަޅުގަނޑު ކައިރީގައި ވަރަށް އަވަހަށް” މިޝިޔާ އެހެން ބުނުމުން ޒަޔާނަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެއްވެސް މީހެއްގެ ހިތުގައި ޖައްސާކަށް އޭނާ ބޭނުމެއް ނުވެއެވެ. ހާއްސަކޮށް މިޝިޔާގެ ހިތުގައި އޭނާއެއް ނުޖައްސާނެއެވެ.

‘އޭޒް ޔު ވިޝް ޕްރިންސެސް” ގޮނޑިން ތެދުވި ޒަޔާން ހިނިތުން ވެލަމުން ބުނެލިއެވެ. ޒަޔާންއަށް ހީވަމުން ދާ ގޮތުގައި ނާވީވެސް އެހެން އެއުޅެނީ އޭނާވެސް މިޝިޔާއާއި ގަޔާވާތީއެވެ. ނަމަވެސް އަދި އެކަން ހުދު ނާވީއަށްވެސް ނޭނގެނީއެވެ.

ޒަޔާން ދިއުމުން އޭނާވެސް ތައްޔާރުވެލީ މަންމައާއިއެކު ބާޒާރަށް ދާށެވެ. އަތުގައިވާ ދެ ރަން އުޅާގަނޑު ނަގަމުން މޭޒުމަތީގައި ބާއްވާލީ މާ ދެއްކުންތެރިހެން ހީވެގެންނެވެ. ޔާސްމީންއާއި ދެމީހުން ހިނގަމުން ދިޔައީ މަޖީދީ މަގުންނެވެ. މާޒްވެސް އެމީހުންނާއިއެކު އުޅެއެވެ. މާޒްހުރީ މިޝިޔާއާއި ޔާސްމީންގެ ފަހަތުގައެވެ. މިޝިޔާ ފޯނަށް ބަލަމުން ހިނގާތީ ޔާސްމީން ހުރެގެން އެއްޗެހި ކިޔައެވެ. ތުން ހަދާލަމުން އޭނާ ހެދުން ވިއްކާ ފިހާރައަކާއި ދިމާލަށް އިނގިލި ދިއްކޮއްލީ އެފިހާރައިގައި އިން ހެދުމެއް ރިތި ވެގެންނެވެ. މާޒް ފޯނެއް އައުމުން ފިހާރައިގެ ބޭރުގައި މަޑުކޮއްލީއެވެ.

އެއް ހެދުމެއް ބަލާލާފައި އަނެއް ހެދުމެއް ބަލަމުން ދިޔަ މިޝިޔާ ސިހުނީ ކުރިމަތިން ދަންނަ މީހެއް ފެނުމުންނެވެ. އެއީ ނާވީ ހެއްޔެވެ؟ ކޮންމެ ތަނަކުންވެސް އޭނާއަށް ހީވަނީ ނާވީ ފެންނަހެން ހީވެއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ މަޑުމަޑުންގޮސް އެމީހާގެ ކުރިމައްޗަށް އެރިއިރު އެއި އެހެން މިހެކެވެ. ކަރު އެލުވާލެވުނީ އޭނާ މޮޔަކަމުންނެވެ.

“ބެލިގޮތަކުން އެޅުނީ ހިތުކޫރު” ލަވައެއްގެ ތަންކޮޅެއް ކިޔަމުން ކުރިއަށްދިޔަ މިޝިޔާއަށް އަނެއްކާވެސް ނާވީ ފެނުނުހެން ހީވެއްޖެއެވެ. ނާވީއަށް ދުރުގައި ހުރި މިޝިޔާ ފެނުމުން ގޮސް އޭނާގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އޭރު މިޝިޔާ ކިޔަމުން ދަނީ ކުރީގެ ދިވެހި ލަވައެކެވެ.

“ފެންނާތީ ޔާރާގެ މޫނު…” ކުރިމައްޗަށް އެރި ނާވީ ފެނުމުން މިޝިޔާ ކިޔަ ކިޔައި އިން ލަވައަށް ހުއްޓުމެއް އައެވެ. މިވެސް ވާނީ އޭނާއަށް ހީވާ ހީވުމަކަށެވެ. ހަމަ ކޮންމެތާކު ނާވީއެއް ނޫޅޭއެވެ. ބޯހޫރާލުމަށްފަހު މިޝިޔާ ހިނގައިގަތީ ދުރުގައި ހުރި އޭނާގެ މަންމަ އާއި ދިމާއަށެވެ. ނަމަވެސް ފިޔަވަޅަށް ހުއްޓުމެއްއައީ އޭނާގެ އަތުގައި މީހަކު ހިފުމުންނެވެ.

“މިޝީ… ހާދަ ފޮންޏޭ..” ނާވީ އެހެން ބުނުމުން ތެޅި ގަނެފައި މިޝިޔާ ފަހަތަށް އެނބުރިލިއެވެ.

“ހަމަ ނާވީތަ؟؟” އެހެން ބުނަމުން މިޝިޔާ ނާވީގެ ގައިގައި އިނގިލި ޖައްސާލިއެވެ. ތެދެއްތޯ ޔަޤީން ކުރުމުގެ ބޭނުމުގައެވެ. އެތަން ބަލަންހުރި ނާވީއަށް ހިނިތުން ވެވުނީ މިޝިޔާ ހަދާލި ގޮތުންނެވެ.

“އޯ.ކޭ… އިޓްސް ޔޫ.. “އެހެން ބުނި މިޝިޔާ އަވަހަށް އަނގަމަތީގައި އަތްއަޅާލީ އޭނާ އެހާ ގިނައިން ނާވީއާއި ވާހަކަ ދައްކާ ނުހަދާތީއެވެ. ލަދުންގޮސް އޮޅިއޮޅި ހުރި ކުއްޖާ ހަމައަކަށް އެޅުނީ ޔާސްމީން އެދެމީހުން ހުރި ހިސާބަށް އައީމައެވެ.

“އަހަނ ދަރިފުޅު މި ކޮންކުއްޖެއް؟؟ މީ މިޝީގެ މަންމަ” ޔާސްމީން ހިނިތުން ވެލަމުން އަމިއްލައަށް ތައާރަފް ވެލިއެވެ. ނާވީ އަވަހަށް މިޝިޔާގެ އަތުން ދޫކޮއްލީ ޔާސްމީން ބަލާލުމުންނެވެ.

“އަޅުގަނޑަކީ ނާވީ… ނައުޝާގެ ދޮންބެ” ނާވީވެސް އަމިއްލައަށް ތައާރަފް ވެލިއެވެ. އަދި ލޯ ހަނިކޮށްލަމުން އިސްޖަހައިގެން އިން މިޝިޔާއަށް ބަލައިލިއެވެ. ހީވަނީ މިޝިޔާދެކެ ރުޅި އައިސްފައި ހުރިހެންނެވެ.

“އަޅުގަނޑު ދަނީއޭ.. މިއައީ އެއްޗެއް ގަނެލަން ވެގެން” މިޝިޔާ މެނަށް ތަން ދައްކަމުން ނާވީ ފިހާރައިން ނިކުމެގެން ހިނގައްޖެއެވެ. ފަހަތަށް އެނބުރި ބަލާވެސް ނުލިއެވެ.

ޔާސްމީންއަށް ކޮންމެވެސް ކަމެއް އުޅޭހެން ހީވުމުން މިޝިޔާ ކައިރީގައި އަހާލިއެވެ. ނަމަވެސް މިޝިޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ލަދުން އެއްޗެކޭ ނުވެސް ބުނެވެއެވެ. އެތަން ބަލަންހުރި ޔާސްމީން އިނީ ވަރަށް އުފާވެފައެވެ. ދުވަސްކޮޅަކުން އޭނާގެ މިޝިޔާވެސް މީހަކާ އިނދެފާނެއެވެ. ބޭނުންވާ ތަކެތި ގަނެގެން ޔާސްމީންމެން މިސްރާބުޖެހީ ގެއާއި ދިމާލަށެވެ.

ކޮޓަރިއަށް ވަން މިޝިޔާއަށް އަދިވެސް ވިސްނެމުން ދިޔައީ ނާވީއާއި މެދުގައެވެ. އޭނާއަށް މިހާރު ނާވީ ކޮންމެ ތަނަކުންވެސް ފެނެއެވެ. ޓެސްޓުގައި އިންނައިރުވެސް ފެންނަހެން ހީވެއެވެ. އެކި ހިޔާލު ތަކުގައި އޮވެފައި އޭނާ ދިޔައީ ފާހާނައަށެވެ. ބޭރަށް ގޮސްފައި އައުމުން ކޮންމެވެސް ވަރަކަށް ދާހިއްލާފައި ހުރުމުންނެވެ.

ޓެސްޓު ނިމިގެން ހުރިހާ ކުދިންވެސް އުޅުނީ ވަރަށް އުފަލުންނެވެ. ހާއްސަކޮށް މިހާރަކަށް އައިސް ފިރާޝާ ހުންނަނީ ވަރަށް އުފަލުންނެވެ. ޑައިނަމޯއިން ކައިގެން ނިކުތް ހުރިހާ ކުދިންވެސް ހިނގައިގަތީ އެކުއްޖެއްގެ ގެއާއި ދިމާލަށެވެ. މިޝީޔާ ޗާންދަނީ މަގުން ހުރަސް ކުރަނިކޮށް ސައިކަލެއް އައިސް އޭނާ ކައިރީގައި މަޑުކޮށް ލައިފިއެވެ. އަވަހަށް ޕޭވްމެންޓަށް އަރަމުން އޭނާ ސައިކަލުގައި އިނީ ކާޚކުތޯ ބަލާލިއެވެ. ކަޅު ކުލައިގެ އައިނެއް އަޅައިގެން ހުރި ނާވީ އައިނު ތިރިކޮށްލަމުން ސައިކަލަށް އަރަން ބުނެލިއެވެ. އަމުރުވެރި ގޮތަކަށް އެހެން ބުނެލަމުން އޭނާ މިޝިޔާގެ އަތުގައި ހިފާ ސައިކަލާއި ދިމާލަށް ދަމައިގަތެވެ. މީހުންތައް ބަލަން ފެށުމުން މީޝިޔާވެސް ސައިކަލުގައި އިށީނީ ކަންތައް ބޮޑުކުރަން ބޭނުން ނުވުމުންނެވެ. މިޝިޔާއަށް ރަނގަޅަށް ނީށިނދެވިގެން އުޅެނިކޮށް ސައިކަލު ދުއްވާލައިފިއެވެ. ބިރުގަތް ވަރުން މިޝިޔާއަށް ވަރަށް ބާރަށް ނާވީގެ ގައިގައި ބައްދާލެވުނެވެ. ނާވީގެ ގައިން ދުވީ މީރު ވަހުން އޭނާ މޮޔަ ނުވީ ކިރިޔާއެވެ.

ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ސައިކަލު މަޑުކޮށްލަމުން ނާވީ ފައިބައިފިއެވެ. މިޝިޔާ ފޭބުމުން ސައިކަލުގެ މަޑިދަށުން ޕާރުސްލު ކޮށްފައި އޮތް ގިފްޓެއް ނަގަމުން މިޝިޔާއަށް ދިއްކޮށްލިއެވެ. ފިޔާތޮށި ކުލައިގެ އޮމާސް ތުންފަތުގައި ދަތް އަޅާލައިގެން މިޝިޔާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. އެތަނުން ދާހައި ފިރިހެން ކުދިންނެއް މިޝިޔާއަށް ބަލަން ފެށުމުން ނާވީއަށް އުނދަގޫ ވާގޮތް ވިއެވެ. މިޝިޔާގެ އަތުގައި ހިފައިގެން ގޮސް ދެ ޓިކެޓް ނެގީވެސް އެހެންވެއެވެ. ޔުނިފޯމްގައި ހުރި މިޝިޔާގައި ނާވީ ބައްދާލައިގެން ހުރިތަން ފެނުމުން ކޮންމެ މީހަކުވެސް އެދިމާއަށް ބަލާލައެވެ. އެހާވެސް ރީތި ދެޒުވާނުންނެވެ.  ފެރީއަށް އެރުމުންވެސް ވަރަށް ގިނަ ލޯތައް އެމީހުންނަށް އަމާޒުވެފައި ހުއްޓެވެ.

ވިލިމާލޭގައި ފައި ޖެހުމާއެކު ނާވީ ހިނަގއިގަތީ ބީޗާއި ދިމާއަށެވެ. މިޝިޔާ ވަރަށް ހައިރާން ވިއެވެ. އޭނާ ވަރަށް ގިނައިން ވާހަކަ ކިޔަން ވިލިމާލެއަށް އާދެއެވެ. ބީޗްގައި ނާވީ އީށިނުމުންވެސް މިޝިޔާ އިނީ ނާވީއަށް ބަލާށެވެ. ދާހިތްލާފައި ހުރި ނާވީ ހީވަނީ ކުރިއަށް ވުރެވެސް ރީތި ހެންނެވެ. އަޅި ކުލައިގެ އެލޮލުން މިޝިޔާއަށް ބަލައިލަމުން އޭނާގެ އުނގުގައި އިށީނުމަށް ބުނެލިއެވެ. މިޝިޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން ނާވީ ގަދަކަމުން މީޝިޔާ އޭނާގެ އުނގުގައި ބަހައްޓައިފިއެވެ.

“ކީއްވެ ވާހަކަ ނުދައްކާ ތިއިނީ؟” ނާވީގެ ނޭވާ އޭނާގެ ކަނދުރާގއި ޖެހުމުން މުޅިގައިން ހީބިހި ނަގައި ގަތެވެ. ޕާރުސްލަ ކަނދާލަމުން އޭގައި އޮތް ވާހަކަ ދިއްކޮށްލުމުން މިޝިޔާ ވަރަށް އުފާވިއެވެ. ނާވީގައި ބައްދާލަންވެސް ހިތައް އެރިއެވެ.

“ތޭންކް ޔޫ.. ކާކު ބުނީ؟ ނައު ދޯ” ފަހަތަށް އެނބުރެމުން މިޝިޔާ އަހާލިއެވެ. އެހާކައިރިން ނާވީގެ މޫނު ފެނުމުން މިޝިޔާ އަނެއްކާވެސް ލަދު ގަނެއްޖެއެވެ. ނާވީ މިޝިޔާގެ ނޭފަތު ކުރީގައި ތުންފަތް ޖައްސާލުމުން އަވަހަށް އަނެއް ފަރާތަށް އެނބުރިލީ އޭނާ ބިރުގަތް ވަރުންނެވެ. ފެނުނުތާ މާގިނަ ދުވަހެއް ނުވި ކަމުގައި ވިޔަސް ނާވީގެ އަމަލުތައް ހުންނަނީ ވަރަށްވެސް އަމުރުވެރި ގޮތަކަށެވެ.

“މިޝީ ލައިކްވާ އެއްވެސް މީހަކު ހުރޭތަ؟” މިޝިޔާ އޭނާއާއި ދިމާއަށް އަނބުރާލަމުން ބުނެލިއެވެ. ބޯޖަހާލި މިޝިޔާ ފެނުމުން ނާވީ ހިތަށް ކުޑަކޮށް ތަދުވިއެވެ. މިޝިޔާ ގަޔާވަނީ ހަމަ ޔަޤީނުންވެސް ޒަޔާންއާއޭ އޭނާގެ ހިތް ބުނަނީ ކީއްވެ ހެއްޔެވެ؟

“ކާކު؟؟” ވަރަށް އަވަހަށް ނާވީ އަހާލީ ތެޅިތެޅި އޮތް ހިތަކާ އެކުގައެވެ.

“ޔޫ.. ސޮރީ” ނާވީއޭ ބުނެލާފައި މިޝިޔާ މާފަށް އެދުމުން އޭނާ ކައިރިއަށް އައި ހިންޏެވެ.

“އެހެންތަ!! އަހަރެންވެސް މިޝީއާއި ވަރަށް ލައިކްވޭ” ނާވީގެ އެޖުމްލައިން މިޝިޔާގެ މޫނަށް ހިނިތުން ވުމެއް ވެރިވިއެވެ. މިޝިޔާ ހިނިތުންވެލި ތަން ފެނުމުން ނާވީއަށް ބަޔާން ކޮއްދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.

“މިޝީ… ވިލް ޔޫ ބީ މައި ގަރލް؟” ދަތްތައް ދައްކާލަމުން ހިނިތުންވެލި މިޝިޔާ މިފަހަރު ނާވީއަށް ނޭވާ ނުލެވޭވަރަށް ބައްދާލައިފިއެވެ.  ނާޥީވެސް މިޝިޔާގައި ބައްދާލީ ދެން ދޫނުކުރާނަމޭ ބުނާ ކަހަލަ ގޮތަކަށެވެ. ދެމީހުންވެސް ވަރަށް ގިނަ ވާހަކަތަށް ދައްކަމުން ދިޔައެވެ. ނަމަވެސް ގިނައިން ވާހަކަ ދެއްކީ ނާވީއެވެ. މިޝިޔާއަށް  އަދިވެސް އެހާ ގިނަ ވާހަކަ ދައްކާކަށް ނުކެރެއެވެ. ނަމަވެސް މިޝިޔާ ވާހަކައެއް އަހާލަން ވެފައި އެބައޮތް ކަމަށް ބުނުމުން ނާވީ  ވަރަށް ލޯބިން އޭނާއާއި ދިމައަށް ބަލާލިއެވެ.

“އަޅުގަނޑު ވަރަށް ގިނައިން ތި ގެއަށް ދަން… އެކަމް ދުވަހަކުވެސް ދުކެގެން ނާވީމެންގެ ބައްޕައެއް.. ކޮބާ ނާވީމެންގެ ބައްޕަ؟ ނައު ކައިރީގައި އަހާލިޔަސް ބުނާނެ އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ” މިޝިޔާގެ އެހެން އަހާލުމުން ނާވީގެ މޫނުގައި އުފާވެރިކަން އެއްކޮށް ފިލައިގެން ހިނގައްޖެއެވެ.

ނުނިމޭ

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Sinnu

Other Articles

Previous

ފުންއަސަރު 19

Next

އިންސާފް .. 02 ވަނަ ބައި..

Next
April 2, 2016

އިންސާފް .. 02 ވަނަ ބައި..

Previews
April 2, 2016

ފުންއަސަރު 19

20 Comments

  1. Sinnu says:
    April 2, 2016 at 11:01 am

    sorry guys lahun up kurevunyma..

  2. Faathun says:
    April 2, 2016 at 11:29 am

    When is the next part?

    1. Sinnu says:
      April 2, 2016 at 11:42 am

      maadhamaaga up kohlaanan

  3. Kaira says:
    April 2, 2016 at 12:02 pm

    Salhi story yei ingey bro…….. ?

  4. aish says:
    April 2, 2016 at 12:04 pm

    mi vaahaka up kuritho belunu vare neyge thnks v vvvv reethi v kamudhey stry kuri ah gendhaa goe

  5. Rooru says:
    April 2, 2016 at 12:13 pm

    V salhi

  6. rediiii says:
    April 2, 2016 at 12:25 pm

    Haadha kurey.. but story is vry nice. N miadhu Adhi ehn part ehvx up kohdheebr plx.. ??

    1. Sinnu says:
      April 2, 2016 at 12:34 pm

      i will try inge..

  7. A says:
    April 2, 2016 at 1:24 pm

    Waiting v sali

  8. A says:
    April 2, 2016 at 1:25 pm

    Waiting v salhi

  9. Faathun says:
    April 3, 2016 at 5:03 pm

    Waiting.. still waiting for p8.. miadhu up waaney bunee..

  10. Rix says:
    April 3, 2016 at 6:55 pm

    V salhi ekamaku haadhalahey miadhuves belunuvarehves neyge

  11. reee says:
    April 4, 2016 at 11:54 am

    haadha laheyyyyy waittin waittin

  12. Sinnu says:
    April 4, 2016 at 1:06 pm

    sorry guys.. veehaaves dhigu koh up kohlan vegen

    1. anju says:
      April 4, 2016 at 7:35 pm

      Sinnu.. maadhama ey buni fahun dhevana dhuvas 🙁

  13. aish says:
    April 4, 2016 at 6:57 pm

    kobaaa v v v v dhigu inthixaare mi kuranee plx up ko dhee

  14. A says:
    April 5, 2016 at 8:33 am

    Kobaaaaa

  15. reee says:
    April 5, 2016 at 12:27 pm

    kurukohves up kohdheebah plxxxxxxxxxxxxxxxxxxxxxx sinnuuuuu

  16. Rix says:
    April 5, 2016 at 2:09 pm

    Kiyaahithum kehmadhuvefa varihama kuruviyas plx plx plx………………….

  17. Nishy says:
    April 5, 2016 at 4:10 pm

    Adhives maadhama naannany kanneyge :/

Comments are closed.

All Right Reserved!