Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޓެކްސީ(ހަވަނަ ބައި)

The R Level 110 Stories
July 13, 2016 4 Mins Read
26 Comments

އަހަރެން ޖަލީން އާއި އިނުމަކީ އެކަންކުރުމުގެ ފުރަތަމަ ފިޔަވަޅުކަން އަހަންނަށް ވިސްނުނީތީއެވެ. އަހަރެންގެ ގޭ ދޮރާއި ހަމަވި ވަގުތު އަހަރެން ހުއްޓުން އެރިއެވެ. އެތަން ބޭރު މީހަކަށް ފެނުނު ނަމަ އަހަންނަށް ދުވަހަކުވެސް ދޮރެއް ނުފެންނަ ކަމުގައި ހީވާނެއެވެ. އެވަރަށް އަހަންނަށް އެއާއި ދިމާލަށް ބެލެމުން ދިޔައެވެ. އެދޮރުގެ އަނެއްފަރާތުގައި އަހަރެންގެ އަންމި ހުންނާނެއެވެ. އަންމި އިންތިޒާރު ކުރަމުން ދާނީ އަހަރެންގެ އުފާވެރި މޫނަށެވެ. އަހަރެން އުފާވެފައި ޓެސްޓް ފަސޭހަކަމުގައި ބުނާ އަޑު އަހާލުމަށް އަންމި ހުންނާނީ ކެތްމަދު ވެފައެވެ. އަހަރެން ގެއަށް ވަނީމެވެ. އަންމީ އަހަރެންގެ އިންތިޒާރުގައި ސޯފާގައި އިނެވެ. ކުރިމަތީގައި ހުރި ޓީވީއިން އަންމީ އެއްމެ ގަޔާވާ ޝެއިޚްގެ ދަރުސް އަންނަމުން ދިޔައެވެ. އަހަރެން ފެނުމުން ރިމޯޓް ނަގާ އަޑުމަޑުކޮށްލަމުން ކުރިމަތީގައި ހުރި ކޮފީ މޭޒުމަތީގައި ރިމޯޓް ބޭއްވިއެވެ. އަންމި އާއި ހަތަރުކަޅި ހަމަވި ވަގުތު އަހަރެންގެ ހިތަށް ގުޑުން އަރައިގެން ދިޔައެވެ. އަހަރެން ސިއްރުކޮށްފައިވާ އިހްސާސް ތައް ކޮޅުންލާ އަހަރެން ބޭޒާރު ކޮށްލަން އުޅުނެވެ. އެހެންނަމަވެސް އަހަރެން އެއިހްސާސްތައް އަހަރެންގެ ބާރުގެ ދަށަށް ގެނައީމެވެ.

“ދަރިފުޅާ ޓެސްޓް ކިހިނެތް…..ހާދަ ދެރަވެފައި ހުރިހެން ހީވެޔޭ…. އަނެއްކާ ޓެސްޓް އުނދަގުލީތަ؟ އަހަރެންގެ އިހްސާސްތައް ފޮރުވުމަށް އަޅައިގެން ހުރި އުފަވެރިކަމުގެ ނިޤާބުގެ ފަހަތުގައިވާ، އަހަރެންގެ އިހްސާސްތައް ދެނެގަންނަމުން އަންމި ބުންޏެވެ. ކަމެއްނުވޭ އަންމީ…… ޓެސްޓް ވަރަށް ފަސޭހަ އެކަމަކު ޓެކްސީ އަށް އެރީމަ ބޯއަނބުރަނީ…..”

އެހެންބުނެފައި އަހަރެން ކޮޓަރި އާއި ދިމާލަށް ހިނގައިގަތީމެވެ. އަހރެން ބޭނުންވީ ފެންވަރާ ޠާހިރު ވެލާށެވެ. ފެންވަރާމާގަނޑު ދަށަށް ހުއްޓި ފެންފޮދެއްއަޅާލުމުން ވީ އިހްސާސްތަކަކީ ބަޔާންކުރަންދަތި އިހްސާސް ތަކެވެ. ޖަލީންގެ އަސަރު އަހަރެންގެ ހަށިގަނޑުން ވަކިކޮށްލެވުނީމާ ތޯއްޗެކެވެ. ހީވީ އާ ދިރުމެއްލިބުނު ހެންނެވެ.  ފެންވަރާނިމިގެން ނަމާދުކޮށްގެން އަހަރެންނަށް މި ކުރިމަތިވި އިމްތިޙާނުން ކެރިގެން ފާސްވުމަށް އެދި ﷲތާޢަލާގެ ހަޟްރަތުގައި ދުޢާ ދެންނެވީމެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ އަންމި ހުންނާނީ އަދި ނުކައި ކަމުގައެވެ. ސަބަބަކީ އަންމީ އަހަރެންނާއި އެކުގައި ނޫނީ ނުކާނެތީއެވެ. މިހެން ހިތަށް އެރުމުން ހިތްވަރުކޮށްފައި އަހަރެން ކާކޮޓަރި އާއި ދިމާލަށް މިސްރާބު ޖެހީމެވެ. އޭރު އަންމީ ހުރީ ސިޓިންގ ރޫމްގައި ހުރި މާވަށިގަނޑެއްގައި ހުރި މާތައް ތަރުތީބު ކުރުމަށެވެ.

” އަންމީ ލައު ވަރަށް ބަނޑުހައި….ކޯޗެއްތަ ކާންހުރީ؟”  އަހަރެން ކާހިތް ނެތް ޙާލުގައި ވެސް އަންމި އުފާ ކޮށްދިނުމަށް ބުނީމެވެ.

“ދަރިފުޅަށް އެންމެ މީރު އެތި..ނިހާރީ އާއި ރޮށި ހުންނާނެ…. އަދި ޕުލާއޮ ވެސް އެބަހުރި…. އަދި ދަރިފުޅު އަންނަން ވާއިރަށް ހެދި ފަލޫދާ ވެސް ހުންނާނެ……

“ޔަމްމްމމމ” އަހަރެންގެ ނާޓަކު އިތުރަށް ފުރިކޮށްލީމެވެ.

އަހަންނާއި އަންމި އަވަސް ވެގަތީ ކެއުމާއިގެންނެވެ. ކަމުންދިޔަ ވަގުތު އަހަރެން އަންމި ގާތު މީހަކާއިނުމުގެ ވާހަކަ ދައްކާނެ ގޮތަކާއި މެދު ވިސްނީމެވެ، އަހަރެން ނިންމީ މާދަމާ ހެދުނު ދުވަން ދާއިރު އެވާހަކަ ދެއްކުމަށެވެ.

**************************************************************************************************

“ލައުރީން ލައު ލައު….. ފަތިސް ނަމާދަށް ތެދުވޭ!!

“އާނ އަންމީ ހޭލާ މިއުޅެނީ” އާދައިގެ މަތިން ދެމައިން އެއްކޮށް ގޮސް ނަމާދު ކޮޓަރިއަށް ވަދެ ޖަމާޢަތުގައި ނަމާދު ކޮށްލީމެވެ. އަދި އެހެނަ ދުވަސް ދުވަހުވެސް ކަންތައްކުރާ ފަދައިން ހެނދުނުގެ ޒިކުރު ކުރުމާއިގެން އިރު އަރަންދެން ތިބީމެވެ. އެއަށްފަހު ދެމައިން ވެސް މުސައްލަ އޮޅާލައި ހެދުން ބަދަލު ކޮށްލުމަށްފަހު އަވަސް ވެގަތީ ދުވަން ދިއުމަށެވެ. އަންމީ އަކީ ވަރަށް ޒަމާނީ ފިކުރެއްގެ މީހެއް ކަމަކު ދީނަށްވެސް އަންމީ އަހަންމިއްޔަތުކަންދެއެވެ. ނަފްސުގެ ރޫޙާނީ ދުޅަހެޔޮކަމާއި އެއްވަރަށް ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވެސް އަންމި އިސްކަން ދެއެވެ. އެހެންކަމުން އަހަރެން ވެސް ވަނީ އެގޮތަށް ހޭނިފައެވެ.

“މިއަދު ހިނގާ  ފަރުބަދަ މަތީ ހިސާބަށްދާން. ކަޅު ކުލައިގެ ދުވާ ބޫޓަކަށް އަރަމުން އަންމީ ބުނެލިއެވެ. އަހަރން އާނއެކޭ ބުނަމުން އަންމީ އާއެކު ނައްޓާލީމެވެ. އަހަރެމެންގެ ޖިލްބާބުތައް ހެނދުނުގެ ވަޔާއި އެކު ތެޅެމުން ދިޔައެވެ. އަހަރެމެންވެސް     އެ ވައިން ހިތްގައިމު ކަން ލިބިގަންނަމުން ދުވަމަން ދިޔައިމެވެ.

އެފަރުބަދަ މަތީ ހިސާބަށް ކިޔަނީ ކިރާންހީ އެވެ. އެއީ އަހަރެން ކުޑައިރުއްސުރެ މަންމަ އަހަރެން ގޮވައިގެން އަންނަތަނެވެ. ކިތަންމެ ވަރަކަށް ބެލިއަސް ފޫހި ނުވާ މަންޒަރުތައް އެތާނގައި ހުންނައިރު ފެނެއެވެ. ކައިރީގައި ހުރި ފަރުބަދަޔަކުން ސައިލު ހެދިގެން ފެންގަނޑު ފައިބާގޮތުން މިއުޒިކީ އަޑުތައް އިއްވަމުންދާއިރު ހިތްތައް އުފަލުން ފޮޅުވައިދެއެވެ. އެތާނގައި ތިބީ އަހަރެމެން ދެމައިން އެކަންޏެވެ. އަހަރެން ވާހަކަ ފަށާނެ ގޮތެއް ޚިޔާލު ކުރެވޭތޯ ބަލަމުން ދިޔައިމެވެ.

“އަންމީ.. އަހަރުމެން ގޭގައި ފިރިހެނަކު ނެތީމައި ބައެއްކަންކަމަށް ހާދަ ދައްޗޭ ދޯ؟ އަބަދަކު ޝާމް ފޫފާ(ބޮޑުބޭބު) އެއް ނުހުންނާނެ އެއްނު؟”

އަހަރެން ވިސްނުންތެރި ކަމާއެކު މައުޟޫޢު ހުޅުވައިލީމެވެ.

އަންމީ އަހަންނާއި ދިމާލާށް ބަލާލަމުން ހީލިގޮތުން އަހަރެން ބުނަން އުޅޭ އެއްޗެއް ދޭހަވިކަން އަހަންނަށް އެނގުނެވެ.

“ލައު…ހިތްހިޔާ ކުއްޖަކު ހުރީތަ؟

“ލައްބަ އަންމީ…. އެކަމަކު އަންމި އޭނާޔާ މެދު ރުހިލައްވާނެ ކަމެއް ނޭނގެ!! އޭނާ އަކީ ކުރި….ކުރިން…ކުރީގައި”

އަހަރެންނަށް ވާހަކަ ކުރިއަށް ގެންދާކަށް ނުކެރުނެވެ. އަންމިއަށް މިވަރު ދޮގެއްހަދަން ޖެހޭތީއެވެ.

“ދަރިފުޅާ… މީހަކު ކުރިން ކޮށްފައި އޮތް ކަމަކަށް އޭނާ ތައުބާ ވެސް ވެފައި އޮވެދާނެ.. އަހަރެމެން ވެސްވާނެ އޭނާއަށް އިޞްލާޙު ވުމުގެ ފުރުޞަތު ދޭން….”

“އަންމީ އެއީ މިއުޅޭ އަޒުރަފު ޝާހުގެ ހަގު ދަރި ޖަލީން އާ……”

އަހަރެން ހިތްވަރު ކޮށްފައި އެނުބައި ކެހިވެރިޔާގެ ނަންބުނީމެވެ.

“ޖަލީންއޭ…. ކިހިނެތް އޭނަޔާ ދަރިފުޅު މީޓް ވީ…… އޭނަ އިޞްލާޙް ވީ ދޯ؟

“ދެން ހަމައުޅެނިކޮށް ދިމާވީ…. ލައްބަ މަންމާ އޭނާ ބަދަލުވެއްޖެ…..މިހާރު އޭނާ ވަރށް ކަމުދޭ އަހަންނަށް” ވަރަށް ލަދުން ހުރެ ކަމަށް ހަދާފައި އަހަރެން ބުނީމެވެ.

“މަންމަގެ އެއްވެސް އިއުތިރާޟެއް ނެތް….. ދަރިފުޅު ގޯހެއް ނަހަދާނެކަން މަންމައަށް އިނގޭ!! މަންމަ ދިން ޖަވާބުން އަހަރެންގެ ހިތް އުފާ ކުރުވިއެވެ.

ކުޑައިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު ގެއާއި ވީ ކޮޅަށް ދުވަން ފެށީމެވެ. އާދެވުނުއިރު ވެފައިވާ ވަރުބަލިން ފެންވަރާލަން ވަނީމެވެ. ތާޒާ ވެލައިގެން ބޭރަށް ނުކުމެ ގޭތެރޭގެ އެކި އެކި ކަންކަމާ މަޝްޣޫލް ވެގެން އުޅުނީމެވެ.

“އައްސަލާމް އަލައިކުމް ވަ ރަހްމަތުއް ﷲ ވަ ބަރަކާތުހު”

އަހަރެންގެ ޒަމާންވީ އެކުވެރިޔާ ނަސްރީން ފަރުހާދު އައިސް ދޮރުމައްޗަށް އަރައި ސަލާމްދިނެވެ. އަހަރެން ސަލާމަށް ޖަވާބު ދިނުމުން ހީލަމުން އެތެރެއަށް ވަނެވެ. އޭނާ އަކީ ވަރަށް ކުރީއްސުރެން އަހަރެންގެ ވަރަށް ގާތް، އަހަރެންގެ ހުރިހާ ސިއްރުތަކެއް ހިއްސާކުރަމުން އަހަރެންދާ، ވަރަށް ވަފާތެރި ތެދުވެރި އެކުވެރިއެކެވެ. ނަސްރީން އާއި އަހަރެން ސްކޫލު ނިމެންދެންވެސް ކިޔެވީ އެކު އެކީގައެވެ. ނަމަވެސް އޭނާ ކިޔެވުން ނިންމާލުމަށްފަހު ލާހޫރުގައި އުޅޭ ދީންވެރި ޑޮކްޓަރަކާއި އިނެވެ. އެހެންކަމަން އޭނާ ހުންނަނީ ޢަރަބި ގޮތަށް ހެދުން އަޅާފައެވެ. މޫނު ބުރުޤާ އަޅައިގެން ބޮޑު ޖިލްބާބެއްލައިގެންނެވެ.

އޭނާ އެތެރެއަށް ވަދެ ދޮރުލައްޕައި ތަންޑުލުމަށް ފަހު މޫނުގެ ފޮތިކޮޅު ނެގިއެވެ.

“ﷲ އަށް ޓަކައި ކަލޭ ދެކެ ލޯބިވަން ލައުރީން..”

ހިނިތުން ވުމެއް ހަދިޔާ ކޮށްލަމުން ނަސްރީން ބުންޏެވެ.

“ހަމައެގޮތަށް އަހަރެންވެސް” ރައްދުގައި އަހަރެން ބުނީމެވެ

 

“އަހަރެމެންގެ ލޯބިގަނޑު މީހަކާއި އިންނަން އެބައުޅޭ” ނަސްރީން އައި އަޑު އިވިގެން މަންމަ އައިސް ބުނެލިއެވެ.

“ކީކޭ އަންމީ ތިބުނީ” ހައިރާން ކަމާއެކު ދެޅޮބޮޑުވެފައި ނަސްރީން އަހާލިއެވެ. އޭނާ ދެކެނީ އަހަރެންގެ މަންމަ އަކީ އޭނާގެ ދެވަނަ މަންމަ ކަމުގައެވެ.

“އަހަރުމެންގެ ލައުރީން މީހަކާ އިންނަން އުޅެނީ ޔޯ ؟”

މަންމަ އަހަންނަށް ޖެއްސުން ކޮށްލިއެވެ. މަޑު ހަޅޭކެއް ލަވަމުން ނަސްރީން އައިސް އަހަރެން ގައިގައި އޮޅުލައިގަތެވެ.

“ބަލާބަލަ ވަގު ކަލޭގެ އަހަންނަށް ނުވެސް އަންގާ”

ރުޅި އަންނަގޮތް މޫނުން ދައްކަމުން ނަސްރީން ބުންޏެވެ.

ނަސް ރަޙްމާން އާއި އިންއިރު އެވާހަކަ ކުރިން ބުނިންތަ ނުބަނަމެއްނު ސޯ ވައި ޝުޑް އައި” ހީލަމުން އަހަރެން ބުނީމެވެ.

“ދެން ބުނެބަލަ ޕްރިންސަސްގެ ހިތް އަތުލީ ކާކުތަ؟”

“ޖަލީން އަޒްރަފް ޝާޙު” އަހަރެން ލަދުން ހުރެ ބުނާފަދަ ގޮތަކަށް ބުނީމެވެ.

“ކީކޭ ޖަލީނޭ؟؟…..މިތ ކާރު ދުއްވަން މިއުޅޭ ބަޓް ވައި….”

“ޔެސް ވައި” އަހަރެންގެ މަންމަވެސް ނަސްރީން އާއެކު އަހަންނަށް ޖެއްސުން ކުރުމުގައި ބައިވެރި ވަމުން ބުންޏެވެ

“ދެންހަމަ ކަމުދިޔައީ” އަހަރެން އަވަސް އަވަހަށް އެހެން ބުނީ ނަސްރީން އަކީ ތޫނުފިލި ކުއްޖެއް ކަމުން އެއްޗެއް ނަގައިގަނަފާނެތީއެވެ.

“ކޮންދުވަހަކުންތަ ޚިތުބާ ކުރަނީ؟”

“އަހަރެން ބޭނުމީ ޚިތުބާ ނުކޮށް ސީދާ ކައިވެންޏަށް ދާން މާދަމާ ޤާޒީ އަކު ކައިރިއަށް ގޮސް ކައިރި ހުރި މިސްކިތުގައި ވަރަށް ކުޑަގޮތަކަށް މިކަން ކޮށް ނިންމާލާން ކަމަށް…… ދެން ވަލީމާއެއްދޭނީ” އަހަރެން ނިންމާފައިވާ ގޮތް މަންމަ އާއި ނަސްރީނަށް ކިޔައިދިނީމެވެ.

“އޯކޭ ކަމަނާ ބޭނުންފުޅުގޮތެއް” ނަސްރީން މަޖާވެލާފައި ބުންޏެވެ.

އޭގެ އަނެއް ދުވަހު އިރު އެރި އިރު އަހަރެން ހުރީ ވަރަށް ނުތަނަވަސް ވެފައެވެ. ޤާޒީ އަކަށް ގުޅާ ކައިވެނި ކޮށްދިނުމަށް ގޭ ކައިރީގައި ހުރި މަސްޖދުއްސަލާމް މިސްކިތަށް އައުމަށް އަހަރެން ބުނީމެވެ. ނުތަނަވަސް ކަމާއި އެކު ތެޅިތެޅި އޮތްހިތަކާ އެކު އަހަރެން ޖަލީނަށް ގުޅީމެވެ، ދެތިން ރިންގަށް ފަހު ޖަލީން ފޯނުނެގިއެވެ.

(ނުނިމޭ)

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

The R

Level 110 Stories

Other Articles

Previous

ލޯތްބޭތީ ހިތްއެދޭ.. (8)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 68

Next
July 13, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 68

Previews
July 12, 2016

ލޯތްބޭތީ ހިތްއެދޭ.. (8)

26 Comments!

  1. Rose says:
    July 13, 2016 at 7:08 am

    Alhe kihineh thi nimmali. Asluves nimuneetha. V kiyahithun huhta adhibkiriya feshuneenu

    1. The R says:
      July 13, 2016 at 1:42 pm

      it was a mistake… im so sorry 🙁

  2. me says:
    July 13, 2016 at 7:09 am

    Mi Nimunee? Adhi kiriyaa mi reethivaan feshee

  3. waroo says:
    July 13, 2016 at 8:16 am

    i think its a mistake….. nimigen nuvaane ehnu?

  4. Aimsithu says:
    July 13, 2016 at 8:22 am

    Nimmun kada ..

  5. # says:
    July 13, 2016 at 8:32 am

    Vedhaane nunimey jahan ulheni koh nimuny jehuny kama. Varah reethi vaahaka …

  6. Shaai says:
    July 13, 2016 at 9:10 am

    Heyonuvaane. Story thi ninmaalytha? ????????

  7. aisha says:
    July 13, 2016 at 9:11 am

    kadaey theethi

  8. NAAZ says:
    July 13, 2016 at 9:52 am

    olhigen dhw nimunee jehune…..vvvv reethi ekam haadhakurey ……..inthizaaru kohkoh varubalivfahun vaahaka up thikure

  9. Suny says:
    July 13, 2016 at 10:04 am

    Nimun kamaku nudhy

  10. Haly says:
    July 13, 2016 at 10:13 am

    Nunin maayneh adhi.olhigen jehifa dhw

    1. The R says:
      July 13, 2016 at 1:41 pm

      im sOOOO sorry!! it was a huge mistake…. adhi story nimen kaarives nuvy……. 🙂 v v v v v v v bodah kiyuntheringe kibain maafah edhen 🙁

  11. Rose says:
    July 14, 2016 at 11:58 am

    It’s ok we are humans. V v salhi story. Avahah up kohdheyne kamuge inthizarugai mithibi

    1. The R says:
      July 14, 2016 at 12:19 pm

      dhw rose!! thanks for the kind comment
      miry up kuraanan Insha Allah!!

  12. bul eDams says:
    July 14, 2016 at 2:09 pm

    v v reethi story?..keep going..plxx update soon..eagerly waitin 4 da next prt

  13. no name says:
    July 14, 2016 at 10:40 pm

    kobaa story

  14. Anonymous says:
    July 18, 2016 at 2:51 am

    Story up plz

  15. Maa says:
    July 20, 2016 at 9:10 pm

    Koba story??

  16. Hello says:
    July 27, 2016 at 5:54 pm

    The R buni dho varah avahah baakee bai up kuraane vaahaka.. kobaa a??

  17. Hawwa says:
    August 7, 2016 at 9:36 pm

    Kobaa mivaahaka baakee??

  18. Hawwa says:
    August 7, 2016 at 9:38 pm

    Plz varah kiaa hithun mmivaahaka nimuneethoa? 6 vanabain pls angaalabala v goiy

  19. aishth zeeth says:
    August 10, 2016 at 6:18 pm

    dhenves up kohdhyba avahan

  20. raani says:
    August 19, 2016 at 11:43 am

    Kibaa tha mi vaahaka nimunee dho

  21. Readers says:
    August 27, 2016 at 4:52 pm

    mi vaahaka up vaanee kondhuvahakun tha The R?

  22. Any says:
    September 29, 2016 at 12:08 pm

    kon irakuntha mi vaahaka up vaanee

  23. Khajja says:
    December 11, 2016 at 10:27 pm

    Mivaahaka ves vakihisaabakun miothee huttaafa kihaa dhera kameh

Comments are closed.

Next Episodeޓެކްސީ 7←


All Right Reserved!