*މިއީ ދަގަތަ ޕަބްލިޝަރސް ގެ ލިޔުންތެރިއެއް ކަމަށްވާ ޒާހީ ލިޔެ ނެރެފައިވާ ވާހަކައެއް.
“މަންމައަށް ރަނގަޅަށް ހަޤީޤަތް އެގިހުރެ ވެސް ތިހެން ވާހަކަ ދައްކާތީ އަހަރެން ވަރަށް ދެރަވޭ… މަންމައަށް އެނގޭނެ އެކަހަލަ ވާހަކައެއް އިވުނަސް އަހަންނަށް އުނދަގޫ ވާކަން…” ޖެނީއަށް އަނެއްކާވެސް ރޮވުނެވެ. ނަސީމާ އެއަކަށް އެއްވެސް އެއްޗެއް ނުބުއްޏެވެ. އަށްއަހަރު ކުރީގެ މާޒީ ހަނދާންކުރާކަށް ނަސީމާ ވެސް ބޭނުމެއް ނޫނެވެ. ޖެނީ ހަމައަކަށް އެޅުވުމަށްފަހު ނަސީމާ އެކޮޓަރިން ނުކުމެގެން ދިޔައެވެ.
ޖެނީއަށް އޭނާގެ ކަޅުމާޒީ ދެންމެ ވީކަމެއްހެން ސިފަވަމުން ދިޔައެވެ. ޖެނީ އޭނާގެ މާޒީ ހަނދާން ނައްތާލަން މަސައްކަތް ކުރާ ވަރަކަށް ތަގުދީރު އެކަމަށް ހުރަސް އަޅަނީއެވެ. އެކަމާ ދުރަކަށް ނުދެވެއެވެ. އެމާޒީގެ ސަބަބުން އޭނާގެ ދިރިއުޅުން ހަލާކުވެއްޖެއެވެ. ދެންމެ މަންމަމެން ދެއްކި ވާހަކައިގައި އެކުއްޖާއަށް ކުރާނެ އަސަރު އެންމެ ރަނގަޅަށް އިހްސާސްވާނީ ޖެނީފަދަ މީހަކަށެވެ. ނަސީމާއަށް އެގިހުރެ ރުގިއްޔާއާ ބައިވެރިވުމުގެ ގޮތުން އެދެއްކި ވާހަކައިގެ ސަބަބުން ހީވަނީ ޖެނީގެ ޒަޚަމްވެފައިވާ ހިތުގައި އިތުރަށް ވަކިއަޅައި ޒަޚަމްކޮށްލިއެވެ.
ޖެނީ ހުންނަނީ ވަރަށް ލޯބިކޮށެވެ. ވަށްމޫނަކާއި ކޮނޑާހަމައަށް ކޮށާލެވިފައި ހުންނަ އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ރީތިކަން ދެގުނަ އިތުރަށް ދައްކައެވެ. ޖެނީއަށް ލިބިފައިވާ ރީތި ސިފަތަކުގެ ސަބަބުން އޭނާގެ ދިރިއުޅުން ހަލާކުވެއްޖެއެވެ. ޖެނީ ހުންނަނީ ދިރުއުޅުން މަތިން ފޫހިވެފައެވެ. ޝިކާރަވެރިއެއް ފެތުރި ދަލުގައި ޖެހި ޖެނީއަށް އަނިޔާތަކެއް ލިބުނީ އޭނާގެ އެރީތި ސިފަތަކުގެ ސަބަބުންނެވެ. ރޮއި ރޮއި އޮވެފައި ޖެނީއަށް ނިދުނީ ކިހާއިރެއްވީ ފަހުން ކަމެއް ނޭނގެއެވެ.
ޖެނީއަށް ހޭލެވުނީ ސުހާ އައިސް އުނދަގޫ ކުރުމުންނެވެ. ސުހާ އަކީ ޖެނީގެ މަންމައާއި އެއްބަޑު މީހެއްގެ ދަރިއެކެވެ. ސުހާ ވާހަކައެއް ދައްކާލަން ބޭނުންވާކަމަށް ބުނުމުން ޖެނީ ތެދުވެ އިށީނެވެ. ސުހާ ބަލައިލީ ޖެނީގެ މޫނަށެވެ. ގިނަ އިރުވަންދެން ރުއިމުގެ ސަބަބުން ޖެނީގެ މޫނުވަނީ ރަތްވެފައެވެ. ލޯވެސް ވަނީ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. ޖެނީގެ މޫނުމަތިން އެއްވެސް ހިނިތުންވުމެއް ފެންނަން ނެތުމުން ސުހާ އެކަމާ ސުވާލުވެސް ކުރިއެވެ. އެއީ ބޮލުގައި ރިއްސާތީކަމަށް ބުނެ ސުހާއަށް އެކަން ސިއްރުކުރިއެވެ. އިތުރަށް އެވާހަކަ ނުދައްކާ ސުހާ އަމިއްލަ ވާހަކަތައް ހިއްސާކުރަންފެށިއެވެ.
“ނިހާލް އަހަންނާ ބައްދަލުކުރަން ބުނެފި… މިރޭ އަށެއް ޖަހާއިރަށް… މިހާރު ރޭގަނޑު ވާލެއްވެސް ލަސް…..” ކެތްތެރިކަމެއްނެތި ސުހާ ބުނެލިއެވެ. ސުހާ މޫނުމަތިން ފެންނަމުން ފެންނަމުން ދިޔަ އުފާވެރިކަން ފެނި ޖެނީއަށްވެސް ހިނިތުންވެލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށެވެ.
ސުހާއާއި ނިހާލް ބައްދަލުވީ ޗެޓުރޫމަކުންނެވެ. އެކުވެރިކަން އުފެދި މާގިނަ ދުވަހެއް ނުވެ ލޯބިވެރިންނަށް ވެސް ވެއްޖެއެވެ. އެކަމަކު ދުވަހަކުވެސް ދެމީހުން ބައްދަލެއް ނުވެއެވެ. އެއްރަށެއްގައި އުޅޭ ދެމީހުން މިހާ ދުވަސްވީ އިރުވެސް ބައްދަލުނުވާތީ ސުހާ އެކަމާ ޝަކުވާ ކުރުމުން ނިހާލް ބައްދަލު ކުރުމަށް އެއްބަސްވީއެވެ. އެކަކު އަނެކަކު ލޮލަށް ނުފެނުނު ކަމުގައި ވިޔަސް ދެމީހުންގެ ދެމެދުގައި އުފެދުނު ލޯބި ކުރިލައި ހެދެމުން ގޮސް ދެމީހުންނަށް ވަނީ އެކަކު އަނެއްކަކާ ވަކިނުވެވޭ ހިސާބަށް ގޮސްފައެވެ. އެކަމަކުވެސް ސުހާ ހިތުގައި ނޭނގޭ ބިރެއްވެއެވެ. އެކަކު އަނެކަކާ ބަދަލުކުރެވުނު ފޮޓޯތަކަކީ އޮލުވާލުމަކަށް ވެދާނެ ކަމުގެ ބިރެވެ. ސުހާއަށް ހިތަވަރުދެމުން ޖެނީވެސް ސުހާގެ ވާހަކައިގައި ބައިވެރިވަމުން ދިޔައެވެ.
ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ސުހާ ގޭގެ ދޮރާށި ކައިރިއަށް ނިކުތެވެ. ރީތިވެލައި އަތުގައި އޮތް އެންމެ ރީތިހެދުންވެސް ލައިގެންނެވެ. ނިހާލް އިންތިޒާރުގައި މާ ގިނައިރަކު ހުންނާކަށް ނުޖެހެއެވެ. ސައިކަލުގައި އައިސް ސުހާގެ ގޭގެ ކުރިމައްޗަށް ހުއްޓުނީ އާމޫނެއް ނޫނެވެ. ފޮޓޯތަކުން ފެނި ދަސްވެފައިވާ މުނެކެވެ. ނިހާލް އަށްވެސް ސުހާ ފެނުމުން ވަކިކުރާކަށް އުނދަގުލެއް ނުވިއެވެ. ދެމީހުންގެ ގުޅުމުގައި އެއްވެސް އޮޅުވާލުމެއް ނެތިމާ ދެމީހުންނަށްވެސް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ސައިކަލު ޕާކްކޮއްލުމަށްފަހު ނިހާލް އައިސް ސުހާ ކައިރީގައި މަޑުކޮއްލިއެވެ. ވަރަށް ދަންވިފަހުން އެދެމީހުން ވަކިވީ ހިތުގައިވާ ލޯބިވަރުގަދަ ކުރަމުންނެވެ. އެތަކެއް ވަޢުދުތަކެއް ވުމަށްފަހުއެވެ.
އާދުވަހަކަށް އިރުއަރައިފިއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ދުވަހުގެ ތާވަލާ އެއްގޮތަށް މަސަކަތްތައް ކުރިއަށް ގެންދިޔައެވެ. ރުގިއްޔާ ވެސް ގޭގެ މަސައްކަތްތައް ނިންމާލުމަށްފަހު މުޅި ރަށުތެރޭގައި ހިނގަންފެށިއެވެ. ސަލާމް ގޮވާލުމެއް ވެސް ނެތި ރުގިއްޔާ ވަދެގެން އައި އިރު ނަސީމާ އިނީ ޖޯލީގައި ޚިޔާލުތަކަށް ގެއްލިފައެވެ. ރުގިއްޔާ އައިސް ކައިރީގައި އިށީނުމުން ނަސީމާ ހަމަޖެހިލިއެވެ. ރުގިއްޔާ އެކިއެކި ވާހަކަތައް ދައްކަމުން ގޮސް ނުސީދާ ގޮތަކަށް އަސްލު މައުޝޫއަށް ދިޔައެވެ.
“މިހާރު އުޅޭ ފިރިހެނުންނަކީ ވާ ބައެއް… މުސްކުޅިއެއް ޒުވާނެއް އެހެން އެއްޗަކަށް ބަލަނީކީއެއް ނޫން… އެދުން ފުދުނީމާ ނިމުނީ…” ރުގިއްޔާ އަސްލު ބޭނުންވަނީ އިއްޔެ ދެއްކި ވާހަކައިގެ ތެރެއަށް ގޮސް އަލުން ޖެނީ ރުޅި އައި ސަބަބު އޮޅުން ފިލުވާށެވެ. އެކަމަކު ނަސީމާ ދެއްކީ ޖެނީގެ ވާހަކައެއް ނޫނެވެ. އޭނާގެ ކޮއްކޮ ނާޒިމާގެ ވާހަކައެވެ.
“އާނ! ރުގިއްޔާއަށް އެނގޭތަ؟ އަހަރެންގެ ކޮއްކޮ ނާޒިމާގެ ދިރިއުޅުން ވެސް ހަލާކުވީ ޖެހުނު ފިރިހެނެއްގެ ސަބަބުން… އޭނާ މަރުވާންޖެހުނީ ވެސް އެކަމުގެ ތެރޭގައި… ސުހާއަކަށް ވެސް ޖެނީއަކަށް ވެސް އެހަޤީގަތެއް ނޭނގޭނެ…” ނަސީމާ އެހެން ބުނެވުނު ވަގުތަކީ ޖެނީ ފަހަން އިނދެފައި ފެންތައްޓެއް ބޯލުމަށް އެތަނަށް ނިކުތް ވަގުތެވެ. ނަސީމާމެން ތިބި ޖޯލި ބެހެއްޓިފައިވަނީ ގޭ ދޮރާދިމާ ފުރަގަހަށް ކަމުން ފަހަތުގައި ޖެނީ ހުރިކަމެއް އެމީހުންނަކަށް ނޭނގެއެވެ. ސިއްރުތަކެއް އަވައއްޓެރިއެއްގެ ކުރިމަތީގައި ނަސީމާ ހާމަކުރިއެވެ.
“ނާޒިމާ އިނީ ރަށުން ބޭރުމީހަކާ…. ނާޒިމާގެ ކައިވެންޏަށް ދެއަހަރު ވީއިރު ސުހާ ލިބިއްޖެ… ނާޒިމާގެ ފިރިމީހާއަކީ އޭރު ވަރަށް ރަނގަޅު މީހެއް…. އެކަމަކު ދުވަސްކޮޅެއްގެ ތެރޭގައި އަހްމަދުގެ އުޅުމަށް ބަދަލުތަކެއް އަންނަންފެށި… އަހްމަދުގެ މުސްކުޅިވެފަ ތިބި މައިންބަފައިން ބަލަމުން ކުޑަ ސުހާ ބަލަމުން އަހްމަދުއަށް ދެވޭ ވަގުތު ކުޑަވީމަ އަހްމަދު ނާޒިމާ މަތިން ފޫހިވެ އަނިޔާ ކުރަންފެށީ…..” ނަސީމާ ދައްކަމުން ދިޔަ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހަން ރުގިއްޔާ އިނެވެ. އޭނާއަށް ރަށުތެރޭގައި ފަތުރަން އިތުރު ވާހަކައެއް ލިބުނީއެވެ. ނަސީމާވެސް އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އަހްމަދު ޖެހުނު ގޯސް އެކުވެރިންގެ ސަބަބުން ޑްރަގު ބޭނުން ކުރަންފެށި….. އަދި ގެއަށް ވަންނަ ވަގުތު މަދުވާން ފެށި… ގެއަށް ވަންނަ ކޮންމެ ފަހަރަކު ބޭނުންވަނީ އެންމެ ކަމެއް…. ޖިންސީ އަރާމު…. އެ ހެޔޮ ނާޒިމާ ކޮންމެ ހާލެއްގަ އިނަސް….. މަހުގަ ޖެހޭ ކަންތައްޖެހިފައި ހުއްޓަސް…. އެއީ ދީނުގައި ހުއްދަނޫން ކަމެއްކަން އެނގޭތީ ނާޒިމާ ދުރަށް ދާން މަސައްކަތް ކުރުމުން އަހްމަދު ސުހާއަށް އަނިޔާވެސް ކުރަންފެށި… އެއްވެސް މަޔަކަށް ކެތެއްނުވާނެ އެމީހެއްގެ ދަރިއަކަށް އަނިޔާއެއް ކުރާތަން ދެކޭކަށެއް…. ނާޒިމާގެ މަޖުބޫރީ ހާލަތުގައި އަހްމަދާ ނުތާހިރު ހަށިގަނޑު ހަވާލުކުރަމުން ދިޔަ…” މިހިސާބުން ނަސީމާ ހުއްޓާލިއެވެ. ނާޒިމާގެ މަތިން ހަނދާންކުރުމުން އެހިތަށް ލިބެނީ ހިތްދަތިކަމެވެ.
“ދެނޯ…” ނަސީމާ ހުއްޓާލައި ރޯންފެށުމުން ރުގިއްޔާ އަހައިލިއެވެ. ފަހަތުގައި ހުރި ޖެނީގެ ދެލޯވެސްވަނީ ކަރުނައިން ތެމިފައެވެ.
“ދެން އެފަދަ ހާލެއްގައި ދެއަހަރު ފާއިތުވެގެން ދިޔަ… ނާޒިމާ އެއްރޭ އެކަމަށް ދެކޮޅު ހެދުމުން ސުހާ ގެންގޮސް ފެންވަރާ ވަޅަށް ވައްޓާލި…. ނާޒިމާވެސް ސުހާ ސަލައިމަތް ކުރުމަށް ވަޅަށް ފުންމާލި… ދެމައިން އެކަނިވެރި ހާލަތަށް ދޫކޮށްލުމަށްފަހު އަހްމަދު ގެއިން ނިކުމެގެން ދިއުމުން އަހްމަދުގެ މައިންބަފައިން އެރޭ ނާޒިމާ ސަލާމަތްކުރީ… އަހްމަދުގެ މައިންބަފައިންގެ އެދުމަށް ނާޒިމާ އެގެއިން ނުކުމެގެން އެނބުރި ރަށަށް އައީ… އެކަމަކު ނާޒިމާގެ މަންމައާއި ބައްޕަ ދުނިޔޭގައި ނެތުމުން ނާޒިމާއާ ސުހާ ބަލަންޖެހުނީ ދެބޭބެއަށް… އެ ދެފިރިހެނުންގެ އަބިންނަށް ނާޒިމާ ބުރައަކަށްވެގެން ރެއާ ދުވާލު އެފަކީރަށް ޖެއްސުންކޮށް ރޮއްވަމުން ދިޔަ… އެކަމާ ކެތްނުވެގެން އެބުރި އަހްމަދު ކައިރިއަށް ދިޔައީ…”
“ދެން ފަހުން ދިޔައިމަ ނާޒިމާއަށް އަހްމަދު ރަނގަޅުތަ؟” ރުގިއްޔާ އެހިއެވެ.
“ނޫން އިހުފަދަ… އެކަމަކު އަހްމަދުގެ އަމަލުތަކަށް ދެކޮޅު ނުހަދާނަމަ ދަރިފުޅަށް ބިރެއްނެތް… އެފަދަ ހާލެއްގައި ބާރަ އަހަރު ފާއިތުވިފަހުން ނާޒިމާއަށް އުނދަގޫތަކެއް ކުރިމަތިވި…. ކުޑަކަމުދިއުން މަނާނުވެ އެތަކެއް އުނދަގޫ ތަކެއް ކުރިމަތިވި… އެންމެ ފަހުން ނާޒިމާ އަހަންނަށް ގުޅާފައި އެވާހަކަ ކިޔައިދިން… އަހަންނަށް އަހްމަދުގެ އަމަލުތައް ފަޅާއެރުމުން ޕޮލިހުންނަށް ގުޅައި އޭނާ ހަވާލުކޮށްފައި ނާޒިމާގެ ދެމައިން އަހަރެން ކައިރިއަށް ގެނައި…..” ނާސީމާއަށް އަނެއްކާވެސް ރޮވުނެވެ.
“ދެން ނާޒިމާ މަރުވީ ކީއްވެ؟” ރުގިއްޔާ ނަސީމާގެ ކޮނޑުގައި އަތްފިރުމާލަމުން އެހިއެވެ. ނަސީމާ ހުއްޓާލުމަށްފަހު އަނެއްކާވެސް އެވާހަކަ ކުރިއަށް ގެންދިޔައެވެ.
“ނާޒިމާ އަހަރެން ކައިރިއަށް ގެނެސް ފަރުވާ ދިނުމަށް އެތަކެއް ޑޮކްޓަރުންނަށް ދެއްކިން… އެކަމަކު ދާއިމީ ހައްލެއް ނުލިބުމުން އެންމެ ފަހުން އިންޑިއާ އަށްވެސް ދިޔައިން… އެތަނުން އެނގުނީ ރަހިމަށް ކެންސަރުޖެހި ވަރަށް ބޮޑަށް އެތެރެ ފާރުވެފައި ހުރިކަން… ޑޮކްޓަރުންވެސް އުންމީދު ކަނޑާލި…. އެބަލީގަ ދެތިން އަހަރު އުޅުމަށްފަހު ދުނިޔެއާ ވަކިވީ…” ނަސީމާ ފުންނޭވާއެއް ލުމަށްފަހު ދެލޯ ފޮހެލިއެވެ.
“ފިރިހެނަކަސް އަންހެނަކަސް އެދެވުނީ ވަރަށް ބޮޑު އަނިޔާއެއް… ނާޒިމާގެ ކޮންކުށެއް އޮތީ…؟ މިހާރު މިއުޅޭ ފިރިހެނުންނަކީ ނުލަފާ ބައެއް….” ރުގިއްޔާ ބުނެލިއެވެ. އޭނާއަށް މިއިވުނު ވާހަކަތަކަކީ އޭނާއަކަށްއަދި ނޭނގިފައި އޮތްކަމެކެވެ. ޖެނީ ހިތަށްވެސް ނޭގޭ އަސަރުތަކެއް ކޮށްފިއެވެ. އިތުރަށް އެނތާގައި ހުންނަން ބޭނުން ނުވާތީ ކޮޓަރިއަށް ވަދެ އެނދުގައި ޖައްސައިލިއެވެ.
ރުގިއްޔާ އަސްލު މަޤްސަދަކީ ޖެނީ ޚަބަރެއް އޮޅުން ފިލުވުމެވެ. އެހެންކަމުން ނަސީމާއާ ސީދާ އެކަމާ ގުޅޭގޮތުން ސުވާލުކުރިއެވެ.
“އަހަންނަށް ހީވަނީ ޖެނީއަށް ވެސް ކޮންމެވެސް ކަމެއް ވެފަ ހުންނަހެން…. ނަސީމާއަކަށް ފާހަގައެއް ނުވޭތަ؟” ރުގިއްޔާ އޭނާގެ މިސްރާބު ބަދަލުކޮށްލަމުން އެހިއެވެ. ރުގިއްޔާ އެސުވާލުން ނަސީމާ ހުއްޓުން އެރިއެވެ. ނަސީމާ ހިތުތެރޭގައިވާ ހިތްދަތިކަން ބުނެދޭކަށް ބޭނުމެއްނޫނެވެ.
“ނޫން… އެކަހަލަ ކަމެއް އަދި ނުވޭ…. ރުގިއްޔާ އަށް ހީވާ ހީވުމެއްތީ..” ނަސީމާ މޫނަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ރުގިއްޔާ ހިތަށް ހަމަޖެހުން ލިބޭނީ މިގޭތެރޭގައި ވާ ހުރިހާ ސިއްރުތަކެއް އެނގުނީމައެވެ. ރުގިއްޔާ ދަނީއޭ ބުނެ އެގެއިން ނިކުމެގެން ދިޔައީ ނަސީމާގެ ފަރާތުން އެކަމާގުޅޭ އެއްވެސް ޖަވާބެއް ނުލިބުނީމައެވެ
18 Comments!
Comments are closed.

Guys here is the story…. i forgot to write hulhukolhu-2. but dont mind that ingea… Zee balive ulhey thy story up nukurevunyy. Sorry for that too… Wish everyone will love this storyy… Have a nice day… bye. 🙂
VVV reethi vahaka emi
thankx Zee… Zee! you know! your name is beautiful… plus that is my nick name…
_Zika_
Nice story! Next part dhigukoh genes dhehchey
Mi kiyaa baawefa oi wahaka ehnu… now Wes mi story eboi geyga…
Reethi <3 🙂
Mi story ehen sitehga “NIMUMEH NEH HULHUKOLHUGE”Namuga nerunn..plus vaahaka foi vx ovey shimaa bunigothah!☆☆
mi story libeni koan sitakun
ey koan site
thankx all.. aslu Zee ge varah gina frnds buney Zee mi vaahaka liyan… nukiyaa kudhin ulheyne ey vex e myhun buneyy. Ehn ve Zee mi story upload kuramun midhanee… Dhen Zee ahvex varah vex reeethi story eh veema bodah up kuranee
Mi nimunytha…???
Aslu vrh vrh reethi vaahaka eh mee. I don’t have the book,so I will read from this ? Ummeedhu kuran vrh reethi vaane kamah❤???
lamm nunimeyy adhi… And akki hope you will love this story.. its really beautiful
mi vaahaka thi jahani dhagatha publishers ge right hoadhagentha? mi emihunge propery eh so mi up vani emihunge hudha ovegen! fothuge furathama gandugaves inane bold letters in ekan liyefa!
Zaahy kairin ahaafa… Zaahy bunyy migothah nere veyne yeyy… viyafaari koh cover page badhalkoh story edit kohgenn book ehge sifaiga nunere veyne eyy…
thi varu vany vihyaa aikaa aau shimaa mi vaahka nukeema nimumy nu..?? ????vaahaka varah salhi..??plus rixuha .????
kyvvetha amillah story eh nuliyany
Stry v salhi…