Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 30 ވަނަ ބައި

aasi
July 11, 2016
12 Mins Read
82 Views
49 Comments

“ހެލޯ އަބީ!” ނޫރު ހުރީ ނިކަން އަވަސް ކޮށްލާފަ އެވެ. އެވާހަކަ ބުނާ ހިތުން ކެތް މަދު ވެފަ އެވެ.

“ހެލޯ، ކީކޭ ނޫރު؟”

“ވަރަށް އެހެން ކަހަލަ ހަބަރެއް ލިބިއްޖެ.”

“ކޮން ހަބަރެއް؟”

“ކޮން އިރަކުން އަންނަނީ؟”

“މާދަމާ ހެދުނުވެސް ދެވިދާނެ… ބުނެބަލަ.”

“އައިމަ ބުނެވޭނީ…”

“ހާދަ ވަރުގަދަ ވާހަކައެކޭ ދޯ… އޯކޭ ތިހެން ވިއްޔާ މިރޭ މިދަނީ.”

“އާން، އަހަރެން ލީކްސްގަ އިންނާނަން.” އެހެން ބުނެފައި ނޫރު ފޯނު ކަނޑާލި އެވެ. އަދި އެތެރެއަށް ވަނީ އެހެން މީހުނާ ބައިވެރިވާށެވެ.

 

އެރޭ ލީކްސް ރެސްޓޯރެންޓްގައި ނޫރު އިންނަތާ އެތަކެއް އިރު ވެއްޖެ އެވެ. އަބްޔާންއަށް ވާހަކަތައް ކިޔައިދޭ ހިތުން ނޫރު އިނީ ކެތް މަދު ވެފަ އެވެ. އަބްޔާން ލޯންޗުގައި އަންނަނިކޮން ލޯންޗަށް ދިމާވި ކަމަކުން ލޯންޗު ހުއްޓުނީ އެވެ. އަބްޔާން ނޫރުއަށް ގުޅާފައި އެވާހަކަ ބުންޏެވެ.

“ޝިޓް!” ނޫރު މޭޒުގައި ޖަހާލަމުން ބުންޏެވެ. ނޫރު ކުރަމުން ދިޔަ އިންތިޒާރު އެރޭ ފެނަށް ވީ އެވެ.

“އަނބުރާ މިދަނީ ފެކްޓްރީއަށް. މާދަން ހެދުނު ދެން ދެވޭނީ.” އަބްޔާން ބުންޏެވެ.

“މަށަށް ގުޅާތި… އައި ކާންޓް ވައިޓް.” ނޫރު ތުންފިއްތާލަމުން މޭޒުކައިރިން ތެދުވި އެވެ.

“ދެން ތިހާ ވަރުގެ ވާހަކައެއް ވިއްޔާ މިހާރު ބުނަންވީނު.” އަބްޔާން ހަމަޖެހިލާފައި ބުންޏެވެ.

“އަބީ މިވާހަކަ ބުނެވޭނީ އަބީ ކައިރީ ހުރެގެން. މިވާހަކަ އަޑުއިވުނީމަ އަބީއަށް ވާނެ ގޮތެއް ވެސް ނޭގެ. އެހެންވެ.” ނޫރު ބުންޏެވެ. އަބްޔާން ވިސްނާލަން އިނެވެ. އަދި އެއް ސުވާލު ކުރަން އުޅެނިކޮން ނޫރު ފޯނު ކަނޑާލި އެވެ.

 

އެރޭ ގެސްޓް ހައުސްގައި ޒައިދާން އިނީ ވަރަށް ގިނަ މަސައްކަތް އޮތުމުންނެވެ. މިހާރު ވަޒީފާއަށް އިތުރު މުވައްޒަފުން ވައްދާފައި ވާއިރު ޒައިދާން ދަނީ ފިޔާތޮށިގެ ވެސް ހަދަމުންނެވެ. މުވައްޒަފުން ބައި ތިއްބަން ކޮޓަރި ތަކެއް އެއް ފަރާތުގައި ހަދާ އިރު އަނެއް ފަރާތުގައި ހަދަމުން ދަނީ ރެސްޓޯރެންޓެކެވެ. އެކަންތައް ތަކުގެ ބައެއް މަސައްކަތް ވެސް ޒައިދާން ދަނީ ބަލަމުންނެވެ.

އެރޭ ޒައިދާން ގެއަށް އައިސް ވަންއިރު ޖަންނަތު އޮތީ ސޯފާގައި ނިދާފަ އެވެ. ޒައިދާންއާދޭތޯ އިނދާ ޖަންނަތުއަށް އެވަނީ ނިދިފައިކަން ޒައިދާން ދެނެގަތެވެ. ޒައިދާން ޖަންނަތުއަށް ބަލަހައްޓައިގެން ހުއްޓެވެ. ވަރުދާ މަތިން ޒައިދާން ހަދާން ވި އެވެ. ވަރުދާ ވެސް ބައެއް ރޭރޭ ޒައިދާންގެ އިންތިޒާރު ގައި އޮއްވައި އެގޮތައް ނިދިފައި އޮވެ އެވެ. އެކަހަލަ ރޭރޭ ޒައިދާން ވަރުދާ އުފުލާލައިގެން ކޮޓަރިއަށް ގެންދެ އެވެ. ވަރުދާ މަތިން ޒައިދާން ހަދާން ވުމުން އައިސް ޖަންނަތު ކައިރީ ޒައިދާންއަށް މަޑުކޮށްލެވުނެވެ. ވަރުދާއަށް ދެވިފައި ވާ މަގާމެއް ދުވަހަކުވެސް ޖަންނަތުއަކަށް ނުދެވޭނެޔޭ ޒައިދާން ހިތައް އަރަމުން ދިޔަ އެވެ. އެކަހަލަ ޖަޒުބާތެއް ޖަންނަތުއާއި ދޭތެރޭ ޒައިދާންގެ ހިތުގައި ނެތެވެ.

“ޖަންނާ، ޖަންނާ،” އިރުކޮޅަކު ބަލަން ހުރެލާފައި ޒައިދާން ޖަންނަތުއަށް ގޮވާލި އެވެ. ޖަންނަތު ގުޑިވެސް ނުލާ އޮތުމުން އަނެއްކާވެސް ގޮވާލަމުން ޖަންނަތު ގެ ފައިގައި ކޮށްޓާލި އެވެ. ޖަންނަތުއަށް ހޭލެވުނީ ފައިގައި ކޮށްޓާލުމުން ނެވެ.

“ޒައިދާން،” ޖަންނަތު ލޯހުޅުވާލުމާއި އެކު ތެދުވި އެވެ. “ހިނގާ ކާން.”

“އަހަރެން ކާހިތެއް ނެތް. އެކަމަކު އެއްޗެއް ބޯލެވިދާނެ.” ޒައިދާން ބުންޏެވެ.

“އަހަރެން ވެސް އަސްލު މިރޭ ކާހިތް ނެތިފަ މިއޮތީ… ޒައީމާއްތަ މެންގޭން އެހާ ގިނައިން ކެއިމަ.”

“އާން، ތިހެން ވިއްޔާ ހިނގާ ގްރީން ޓީއެއް ބޯލައިގެން ނިދަމާ.”

“އަހަރެން ހަދާލާނަން. ޒައިދާން ފްރެޝް ވެލައިގެން އާދޭ.” ޖަންނަތު ބަދިގެއާއި ދިމާލަށް ދަމުން ބުންޏެވެ.

 

ޖެހިގެން އައި ހުކުރު ދުވަހު ހެދުނު ޔަޒަން ގޭދޮށުގައި ބޯޅަ ހިފައިގެން ކުޅެން އުޅޭތީ ޖަންނަތު ޖޯލީގައި އޮށޯ ވެލައިގެން އޮތީ ޔަޒަން ކުޅޭތަން ބަލާށެވެ. ޒައިދާން ވެސް ގެސްޓް ހައުސްއަށް ދިޔައީ ބައިވަރު މަސައްކަތް އަދިވެސް އޮތުމާއި އެކު އެވެ.

“އަބީބޭ!” ޔަޒަން އެހެން ގޮވާލަމުން ދުއްވައިގަތުމުން ޖަންނަތު ވެސް އެދިމާ ބަލައިލި އެވެ. އޭރު އަބްޔާން ދަބަހެއް ކޮނޑުގައި އަޅުވާލައިގެން އެދިމާލަށް އާދެ އެވެ.

“ޔަޒަން، ހާދަ ހެދުނަކާ ބޭރުގަ ތި އުޅެނީ؟” ޔަޒަން އައިސް އަބްޔާން ކައިރިއަށް ހުއްޓިލުމުން އަބްޔާން ޔަޒަންގެ ބޮލުގައި ފިރުމާލަމުން ބުނެލި އެވެ. އަދި ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ. އޭރު ޖަންނަތު ވެސް އަބްޔާންއަށް ބަލަން ހުރެ ޖޯލިން ތެދުވަނީ އެވެ.

“އަބީބޭ، އާދޭ ޔަޒަންއާ އެއްކޮން ބޯޅަ ކުޅެލަން…. އަބީބެ މިހާރު ޔަޒަންއާ އެއްކޮން ނުކުޅޭތާ ކިހާ ދުވަހެއް ވެއްޖެ.” ޔަޒަން އަބްޔާން އަތުގައި ހިފާލަމުން ބުންޏެވެ.

“އާން، އަބީބެ ވަރަށް ބިޒީކޮނޭ މި އުޅެނީ.” ޔަޒަންއަށް ބަލައިލަމުން އަބްޔާން ބުންޏެވެ. އެވަގުތު އެތަނަށް ނޫރު އައިސް ހުއްޓުނެވެ.

“އަބީ، ހިނގާ ވާހަކަ ދައްކާލަން.” ނޫރު އައިސް އަބްޔާން ގާތު ހުއްޓިލަމުން ބުނެލި އެވެ. އަބްޔާން ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ބާލާފައި ނޫރު އަތައް ދިނެވެ.

“އެހަށް މީގަ ހިފާ ބަލަ. އަހަރެން އެންމެ ކުރިން ޖަންނައާ ވާހަކަ ދައްކާލަން ބޭނުން…” އަބްޔާން އެހެން ބުނެފައި ނޫރު އަރައިގެން އައި ސައިކަލުގައި އިށީނެވެ. “ޖަންނަ ގޮވައިގެން އަހަރެން އެކޮޅަށް ގޮސްލާނަން. ޔަޒަން ކައިރީ މަޑުކޮށްލައްޗޭ.” ސައިކަލު އިސްޓާޓުކޮށްލަމުން އަބްޔާން ނޫރު ގާތު އެހެން ބުނެފައި ދިޔަ އެވެ.

“ޖަންނާ، އަރާބަލަ ސައިކަލަށް.” އަބްޔާން ޖަންނަތު ހުރި ހިސާބަށް އައިސް މަޑުކޮށްލުމާއި އެކު ބުނެލި އެވެ. ޖަންނަތު އަބްޔާންއަށް ބަލަހައްޓައިގެން ހުރީ އެވެ. “ވީ ނީޑް ޓު ޓޯކް… ޕްލީސް އަރާބަލަ.”

“އަބީ ވާހަކަ ދައްކަން ބޭނުމިއްޔާ މިތާ ވެސް ވާހަކަ ދެއްކޭނެ.. ކިޔާބަލަ ތި ކިޔާ އެއްޗެއް.” ޖަންނަތު އެއްގޮތަކަށް ވެސް ސައިކަލު ފަހަތައް އަރާކަށް ގަސްތެއް ނުކުރި އެވެ.

“ޖަންނާ، އެންމެ ފަހަރަކު… ޕްލީސް… ވަން ލާސްޓް ޓައިމް.” އަބްޔާން އާދޭސް ކުރަމުން ބުންޏެވެ. “ޕްލީސް ޖަންނާ… އެއްފަހަރު މަށާ ވާހަކަ ދައްކާލަން.”

“އަބީ، މިތާ ތިބެގެން ވެސް ވާހަކަ ދެއްކޭނެޔޭ.”

“ޖަންނާ، ގަދަކަމުން ސައިކަލަށް އަރުވަން ވީތަ ނޫނީ އެކަނި އަރާނީތަ؟” އަބްޔާން ސައިކަލުން ފައިބާ ކަމަށް ހަދާލަމުން އެހެން ބުނުމުން ޖަންނަތު އަވަހަށް ސައިކަލު ފަހަތައް އެރި އެވެ. އަބްޔާން އުފުލައިގެން ވެސް އޭނަ ސައިކަލަށް އަރުވައިގެން ގެންގޮސް ދާނެކަން ޖަންނަތުއަށް ހީވި އެވެ. ޖަންނަތު ސައިކަލަށް އެރުމާއި އެކު އަބްޔާން ބަލައިލުމެއް ނެތި ބާރަށް ދުއްވާލި އެވެ.

“ޖަންނަދައްތަ ގޮވައިގެން އަބީބެ އެދިޔައީ ކޮންތާކަށް؟” ޔަޒަން ބަލަން ހުރެފައި ނޫރު ކައިރީ އަހާލި އެވެ.

“ޖަންނަ ދައްތަ ގޮވައގިެން ބުރެއް ޖަހާލާފަ އަންނާނެ… ޔަޒަންއާ ނޫރު ބެޔާ ހިނގާ ފުޓުބޯޅަ ކުޅެލަން.” ނޫރު އެހެން ބުނުމުން ޔަޒަން ނިކަން ހެވިފައި ނޫރުއާއި އެއްކޮން ކުޅެން ފެށި އެވެ.

 

އަބްޔާން ޖަންނަތު ގޮވައިގެން ވަލުމަގުން ގޮސް ހިސާބަކަށް ހުއްޓުމުން ޖަންނަތު ސައިކަލުން ފޭބި އެވެ. އަބްޔާން ވެސް ސައިކަލުން ފޭބުމާއި އެކު ޖަންނަތު އަތުގައި ހިފައިގެން ވަލުތެރެއަށް ދުއްވައި ގަތެވެ.

“އަބީ، ކޮންތާކަށް ތި ގެންދަނީ؟ އަބީ ޕްލީސް… ކީއްކުރަންތަ ތި އުޅެނީ؟ އަބީ…” ޖަންނައަށް ރޮވެން ފެށީ އަބްޔާން ހަދަން އުޅޭ ގޮތެއް ނޭގޭތީ އެވެ. ބަލައިލުމެއް ނެތި އެ ހަނިމަގުން ޖަންނަތު އަތުގައި ހިފައިގެން ދުވަމުން އެތެރެއަށް ވަންނަމުން އަބްޔާން ދިޔަ އެވެ. އަބްޔާން އަނގައަކުން ވެސް ނުބުނެ އެވެ. ޖަންނަތުއަށް ރޮވެމުން ދިޔަ އެވެ. އަބްޔާންއަށް އާދޭސް ކުރަމުން ދިޔަ އެވެ. ނަމަވެސް އަބްޔާންއަށް އެއްވެސް އަޑެއް އިވޭހެނެއް ވެސް ހިޔެއް ނުވެ އެވެ.

އެންމެ ފަހުން އަބްޔާން ގޮސް ޖަންނަތު އަތުން ދޫކޮށްލީ އަބްޔާން ބޭނުންވާ ތަނަށް އާދެވުމުން ނެވެ. އެއީ ޖަންނަތުއާއި އަބްޔާންގެ ލޯބީގެ ގުޅުން ފެށިގެން ދިޔަ ތަނެވެ. އަބްޔާން ޖަންނަތުއަށް މީރު ކުރުނބާ ބޯންދިން ތަނެވެ. ދެމީހުން އެއްކޮން އުޅުމަށް ވަޢުދުވީ ވެސް އެތަނުގައި ތިބެ އެވެ.

“މިތަނުން ފެށީ، މިތަނުން ނިންމާނީ ވެސް.” ފެން ކަޅިވެފައި ހުރި އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

“އަބީ، މިހާދުރަށް ތި އައީ ހަމަ ތިހެން ބުނަންތަ؟” ރޮވިފައި ހުރި ޖަންނަތު ހިތްހަމަ ނުޖެހިފައި އެހި އެވެ.

“ޖަންނާ، އަހަންނަށް އެންމެ ސުވާލަކަށް ޖަވާބު ދީބަލަ… ޕްލީސް ހަމަ އެންމެ ސުވާލެއް.” އަބްޔާން ޖަންނަތުއާއި ކައިރި ވެލަމުން ބުންޏެވެ. ޖަންނަތު އަބްޔާންގެ ލޮލަށް ބަލަން ހުއްޓެވެ. އަބްޔާންގެ ލޮލުތެރޭ ގިނަވެފައި ވާ ކަރުނައިން ތިއްކެއް އަބްޔާންގެ ތުނި ތުނބުޅިއާއިދިމާ ކޯތާފަތައް ވެއްޓިގެން ދިޔަ އެވެ. “ޖަންނާ، އަހަންނާ ޖަންނަ ދުރަށް ތި ދިޔައީ ކޮން ސަބަބަކާ ހެދި؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ތަނާއާ އެއްވެސް ގުޅުމެއް ނެތްކަން ޖަންނައަށް އިނގޭ އިރުވެސް ތިހާ ބޮޑު ކަމެއް ތި ނިންމާލީ ކީއްވެ؟ ވައި ޖަންނާ؟ ވައި؟” އަބްޔާންގެ އެ ސުވާލަށް ޖަންނަތުއަށް ދޭނެ ޖަވާބެއް ނޭގުނެވެ. ޖަންނަތުއަށް ރޮވެން ފެށި އެވެ. ޖަންނަތުގެ ހިތަށް ތަދުވަމުން ދިޔަ އެވެ. “ޖަންނާ، އަހަރެންގެ ކުށަކީ ކޮބާ؟”

“އަބީ… އަބީގެ ކުށެއް ނެތް… އެކަމަކު..” ޖަންނަތު ރޮމުން ވާހަކަ ދައްކަން ފެށި އެވެ. “އަހަންނަށް އަބީ ކައިރީ މިވަގުތު ބުނެވޭކަށް ނެތް.”

“ޑޭމް އިޓް ޖަންނާ! ވައި؟” އަބްޔާން އަޑު ބާރުކޮން ހަޅޭއް ލަވައި ގަތެވެ. އަބްޔާން ޖަންނަތުއާއި އަދިވެސް ކައިރި ވެލި އެވެ. “ބުނެވެން ނެތީ ކީއްވެތަ؟ ކޮން ކަހަލަ މަޖުބޫރީ ކަމެއްތަ ތީ؟”

“އަބީ އަކަށް ނޭގޭނެ.”

“ނޭގޭތީނު މި އަހަނީ.”

“ޕްލީސް އަބީ އަހަރެން ކައިރީ ނާހާ..”

“ކީއްވެތަ؟ އެއީ ކީއްވެތަ؟” ދެމީހުނަށް ރޮވެމުން ދިޔަ އެވެ. ދެމީހުން އިރުކޮޅަކާ ލޯ ފޮހެލަ އެވެ. ނަމަވެސް އަނެއްކާވެސް ލޮލަށް ކަރުނަ ޖަމާވަނީ އެވެ. ދެމީހުންގެ ހިތަށް ވެސް ތަދުވަމުން ދިޔަ އެވެ.

“ޖަންނާ، ޖަންނަ އަހަރެން ދެކެ ލޯބިވާކަން އެންމެނަށް ވެސް އިނގޭ… ދެމީހުން ދޭތެރޭ ހުރަހަކަށް ތަނާ ނުވާނެ ކަމަށް ދެމީހުން ވަނީ ވަޢުދު ވެފަ… އަދި ނުވިތާކަށް ޖަންނަ ވެސް ޤަބޫލު ކުރީމެއްނު އަހަންނާ ތަނާއާ ދޭތެރޭ ގުޅުމެއް ނެތް ކަމަށް… ސޯ ވައި؟” އަބްޔާން ޖަންނަތުގެ އަތުގައި ހިފާފައި ކައިރިއަށް ދަމާލި އެވެ. ޖަންނަތުއަށް ބާރަށް ރޮވެން ފެށުނެވެ. ޖަންނަތުގެ ހިތައް މާބޮޑަށް ތަދުވަނީ އެވެ. އަބްޔާން ގާތު އެއްވެސް ވާހަކައެއް ބުނާކަށް ޖަންނަތު ބޭނުމެއް ނޫނެވެ. އަބްޔާންގެ މޭގައި ޖަންނަތުއަށް ބޯ އަޅާލެވުނީ ބޭ އިހުތިޔާރުގަ އެވެ. އަބްޔާންގެ މޭގައި ބޯ އަޅައިގެން ހުރެ ޖަންނަތު އަށް ރޮވެމުން ދިޔަ އެވެ. އަބްޔާން އާދޭސް ކުރަމުން ދިޔައީ ސަބަބު އޮޅުން ފިލުވާށެވެ. މާޔޫސް ވެފައި އަބްޔާން އަހާ އަހާ ވެސް ޖަންނަތުގެ އަނގައިން އެކަމާ ގުޅޭ އެންމެ ބަހެއް ވެސް ނުނިކުތެވެ. އަބްޔާންގެ ސިކުނޑި ސުމަކަށް ދާވަރު ވެއްޖެ އެވެ.

“ޖަންނާ، އަހަރެންގެ ހިތް އެކީ ޖަންނައަށް ދީފަ އެޔޮތީ… ދެން އެ ހިތް އަނބުރާ އަހަރެން ބޭނުމެއް ނޫން… އަހަންނަށް އެހެން މީހެއް ދެކެ ލޯތްބެއް ނުވެވޭނެ… ޖަންނާ… ޕްލީސް ޖަންނައަށް ފަސޭހަތަ ޒައިދާންއާ މެރީކޮށްގެން އުޅެން؟ ޖަންނައަށް ތިހެން ކިހާ ދުވަހަކު އުޅެވޭނީ؟ ޖަންނަގެ ހިތަށް ކެތް ވޭތަ؟… އަހަރެންގެ ހިތް ބުނަނީ އަހަރެންގެ ހައްޤެކޭ ތީ… އެކަމަކު މިހާރު ތީ އެހެން މީހެއްގެ ހައްޤެއް. ކީއްވެތަ އަހަންނަށް މިތަން މި ފެނުނީ… މިތަން ނުފެނި އަހަރެން މަރުވި ނަމަ ކިހާ ރަގަޅު….” އެވަގުތު ޖަންނަތު އަބްޔާންގެ އަނގަމަތީ އަތް އެޅި އެވެ.

“އަބީ، ޕްލީސް ތިކަހަލަ އެއްޗިހި ނުކިޔާ… ތިކަހަލަ އެއްޗިހި ނުކިޔާ..” ޖަންނަތު ރޮމުން ބުނަމުން ދިޔަ އެވެ. އަބްޔާން ޖަންނަތުގެ އަތުގައި ހިފައި ތިރި ކޮށްލި އެވެ.

“ޖަންނާ، އަހަންނަށް ޖަންނައާ ނުލާ ނޫޅެވޭނެ… އަހަރެންގެ އިހުތިޔާރަކު އަހަރެންގެ ހިތެއްނެތް… އަހަންނަށް ޖަންނަ ނޫން މީހަކާ އެކު ނޫޅެވޭނެ… ޖަންނަ ނުލިބޭ ދުނިޔެ އަކު ހުންނަން ވެސް ވީ ކީއްވެ..”

“އަބީ، ޕްލީސް ތިކަހަލަ އެއްޗިހި ނުކިޔަ ބަލަ. އަބީ… އަހަރެން ދެކެ ލޯބިވަންޏާ ޕްލީސް ތިކަހަލ އެއްޗިހި ނުކިޔާ.”

“އެންމެ ރަގަޅު… ޖަންނާ، ތިހެން ވިއްޔާ ބުނެބަލަ އަހަރެން ޖަންނަގެ އިންތިޒާރުގަ ކިހާ ދުވަހަކު މަޑު ކުރަންވީ؟” އަބްޔާން ޖަންނަތުގެ މޫނާ މޫނު ކައިރި ކޮށްލަމުން ބުންޏެވެ. ޖަންނަތު ކުއްލިއަކަށް ދުރަށް ޖެހިލި އެވެ. އަދި އަބްޔާންއަށް ފުރަގަސް ދިނެވެ.

“އަބީ، އަހަންނަށް އިންތިޒާރު ކުރާނެ ކަމެއްނެތް…. އަހަރެން އަނބުރާ އަބީގެ ދިރިއުޅުމަށް އަންނަކަށް ނެތިން… އަހަރުމެން ދެމީހުނަށް އެންމެ ރަގަޅު ގޮތަކީ މީ.” ޖަންނަތު ރޮމުން ވާހަކަ ދައްކަމުން ދިޔަ އެވެ.

“ހާދަ ބޮޑު މަޖުބޫރީ ކަމެކޭދޯ ތި ދިމާވީ… ތި ފޮރުވިފައިވާ ކަންތައް ގަނޑު އަހަންނަށް އިނގޭނަމަ… އަހަންނަށް ހައްލެއް ހޯދުނީސް ކަންނޭގެ.”

“އަބީއަށް ހައްލެއް ނުކުރެވޭނެ… އަބީ ޕްލީސް ޕްރޮމިސް މީ… އަހަރެން ދެކެ ލޯބިވަންޏާ އަހަރެން މަތިން ހަދާން ނައްތާލާ… އަހަންނާ ދުރުވޭ… އަހަންނާ ދުރުގަ ހުރޭ އަހަންނަށް އުނދަގޫ ނުކުރޭ…. އިތުރަށް އަހަންނަށް ހިތްދަތިކަމެއް ނުދީ. އަހަރެން ދެކެ ފޫހިވޭތޯ ބަލާ… އަހަރެން ދެކެ ތިހާ ލޯބި ނުވޭ… ޕްލީސް އަބީ… އަހަރެން ދެކެ ލޯބިވަންޏާ އަހަރެން މަތިން ހަދާން ނައްތާލާ.”

“އަޖައިބެއް ޖަންނާ… ޖަންނަ ދެކެ ލޯބި ވަންޏާ ކިހިނެއްތަ އަހަރެން ޖަންނަ މަތިން ހަދާން ނައްތާލާނީ؟ ޑޭމް އިޓް ޖަންނާ… ހައު ކެން އައި؟”

“ތިހެން ވިއްޔާ ލޯބި ނުވޭ… އަހަރެން މަތިން ހަދާން ނުކުރޭ… ޕްލީސް. ޖަސްޓް ފޮރގެޓް މީ.”

“ހާދަ ފަސޭހަޔޭ ދޯ.” އަބްޔާން ޖަންނަތު ކުރިމައްޗަށް އެރި އެވެ. ޖަންނަތު ރޮއެ ރޮއެ ރަތް ވެފައިވާ ދެލޮލަށް އަބްޔާން ބަލައިލި އެވެ. އަދި އެވަގުތު އަބްޔާންގެ ލޮލުގައި އަޅައި ގަތީ ޖަންނަތުގެ ކަރުގައި އަޅާފައިވާ ފަށެވެ. އަބްޔާން ދިން ހުދު ރަން ފަށެވެ.

އަބްޔާން ކުއްލިއަކަށް އެ ފަށުގައި ހިފި އެވެ. ޖަންނަތު އަވަހަށް އަބްޔާން އަތުގައި ހިފެހެއްޓި އެވެ.

“ހުރިހާ ކަމެއް ނިމޭއިރު މިފަށް ވެސް ޖަންނަ ކަރުގަ އޮވެގެން ނުވާނެނު.” އަބްޔާން އެހެން ބުނަމުން ފަށް ދަމައިގަންނަން އުޅުނެވެ. ނަމަވެސް ޖަންނަތު އަބްޔާން އަތުގައި ހިފާ އެފަށުން އަތް ނައްޓުވާލި އެވެ.

“މީ ލޯބީގެ ފަށެއްނޫނޭ އަބީ… މި ފަށަކީ ފްރެންޑްސް ފޮރ އެވަރ.” ޖަންނަތު އެ ފަށުގެ ފުލުގަ އަތް ކާތާލި އެވެ. އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލަން ހުރެފައި ހިން ދިރުވާލި އެވެ.

“ޖަންނަ މަތިން ހަދާން ނައްތާލަން ބުނާ އިރު އެކުވެރިއެއް ގޮތަށް ވަކި ހުރެވޭނެތަ؟” އަބްޔާން ޖަންނަތުއާއި ކައިރި ވެލި އެވެ. “ތި ފަށް ގެނޭ ޖަންނާ.”

“ނޫން އަބީ… ޕްލީސް ހަމަ އެކަނި މިފަށް އަހަރެން އަތުގަ ބާއްވަދީ… ޕްލީސް.”

“ޖަންނާ…” އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލަން ހުރެފައި ޖަންނަތުގެ މޫނުގައި ދެއަތުން ހިފަހައްޓާލި އެވެ. އޭރު ދެމީހުނަށް ވެސް ރޮވެމުން ދިޔަ އެވެ. އަބްޔާން ޖަންނަތުއާއި މޫނު ކައިރި ކޮށްލި އެވެ. ބޭ އިހުތިޔާރުގައި ޖަންނަތުއަށް ލޯމަރާލެވުނެވެ. މަދުމަޑުން ޖަންނަތުގެ ތުންފަތަށް އަބްޔާން އަށް ބޮސް ދެވުނެވެ. ޖަންނަތުއަށް ވީގޮތް ނޭގި އިޖާބަ ދެވުނެވެ. ނަމަވެސް ކުރެވެނީ ކީއްކަން އިނގުމާއި އެކު ކުއްލިއަކަށް އަބްޔާންގެ މޭގައި ހިފާ ކޮށްޕާލި އެވެ. އަދި އަނެއްފަރާތައް އަވަހަށް އެނބުރުނެވެ. އަބްޔާންގެ ލޮލުން އޭރު ކަރުތައް ފައިބަނީ އެވެ. ޖަންނަތުއަށް ވެސް ރޮވެމުން ދިޔަ އެވެ.

“އަހަރެން ދަނީ… ޔަޒަން ހުންނާނެ ލަސްވެފަ…” ޖަންނަތު އަބްޔާންއާއި ދުރަށް ޖެހިލަމުން ނިކަން ހިތްވަރު ކޮށްފައި އެހެން ބުނެފައި ދުއްވައި ގަތެވެ. އަބްޔާން ޖަންނަތު ދާ ދިމާލަށް ބަލަހައްޓައިގެން ހުރީ އެވެ. އޭރުވެސް ލޮލުން ކަރުނަތައް ފައިބަމުން ދިޔަ އެވެ.

ރޮމުން ރޮމުން ދުވަމުން ޖަންނަތު އައި އިރު ޔަޒަންއާއި އެކު ނޫރު ކުޅެން ތިއްބެވެ. ޖަންނަތު އައިސް އެމީހުނަށް ނުފެންނަ ގޮތަށް އަވަހަށް ގެއަށް ވަންނަން އުޅުނެވެ. ނަމަވެސް ޖަންނަތު ޖެހުނީ އޭރު ދޮރުން ނުކުތް ޒައިދާންގެ ގައިގަ އެވެ. ޒައިދާންއަށް ޖަންނަތު ހުރިގޮތް ފެނިފައި ބަސް ހުއްޓިފައި ބަލަހައްޓައިގެން ހުރެވުނީ އެވެ.

“ޖަންނާ؟” ޒައިދާންއަށް ގޮވާލެވުނެވެ.

“ޒައިދާން… ޕްލީސް އަހަރެން ސަލާމަތް ކޮށްދީ… އަހަރެން މިރަށުން ދުރަށް ގެންދޭ… އަބީ ނުފެންނަ ހިސާބަށް އަހަރެން ގެންގޮސްދީ… ޕްލީސް ޒައދިާން ޕްލީސް…” ޖަންނަތު ޒައިދާންގެ ގަމީހުގައި ހިފާފައި ރޯން ފެށި އެވެ. އަދި ރޮމުން ތިރިވަމުން ގޮސް ބިންމަތީ އިށީނދެ ވުނެވެ. ޒައިދާން ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. ޖަންނަތުއަށް ވެގެން އުޅޭގޮތް ނޭގި ހުރެ ޒައިދާން ޖަންނަތުގެ ހިކަނދި މަސްގަނޑުގައި ހިފައި ނެގި އެވެ. އަދި ޖަންނަތު ގޮވައިގެން އެތެރެއަށް ވަނެވެ.

ޖަންނަތުއަށް ޒައިދާން ފެންތައްޓެއް ގެނެސް ދިނެވެ. އަދި ސޯފާގައި ބޭންދި އެވެ. އެވަގުތު އެއްވެސް ވާހަކައެއް ދެއްކުން ބުއްދިވެރި ހެން ހީނުވާތީ ޒައިދާން ނިކުތީ ޔަޒަން ކޮބައިހޭ ކިޔައިފައި ބޭރަށެވެ.

ޒައިދާން ބޭރަށް ނިކުތް އިރު ނޫރު ކައިރީ ޔަޒަން ހުއްޓެވެ. އެވަގުތު އަބްޔާން ވެސް އައިސް ނޫރު ކައިރިއަށް ސައިކަލު މަޑުކޮށްލަނީ އެވެ.

“ޔަޒަން، ދަރިފުޅާ!” ޒައިދާން ގޮވާލި އެވެ. ޔަޒަން އަބީއާއި ނޫރުއާއި ސަލާން ކޮށްލާފައި ދުވެފައި ޒައިދާން ކައިރިއަށް އައެވެ. “ހިނގާ ފެންވަރަން، ހުކުރަށް ދާން ވެސް ޖެހޭނެނު.”

“ބައްޕައަށް އިނގޭތަ… އަބީބެ ދިޔައީ ޖަންނަދައްތަ ގޮވައިގެން އެކަމަކު އަބީބެ އެކަނި އެއައީ… ހިނގާބަލަ އަބީބެ ކައިރީ އަހަން ޖަންނަދައްތަ ކޮބައިތޯ.” ޔަޒަންއަށް ޖަންނަތު ގެއަށް ވަންތަން ނުފެންނާތީ ބުންޏެވެ.

“ޖަންނަ ދައްތަ އެބައިން ގޭގަ.” ޔަޒަން ކައިރީ އެހެން ބުނެފައި ޒައިދާން ކުޑަކޮން ވިސްނާލަން ހުއްޓެވެ. “ޖަންނަދައްތަ އަމިއްލައަށްތަ އަބީބެއާ އެއްކޮން ދިޔައީ؟” ޒައިދާން ޔަޒަން ކައިރީ އަހާލި އެވެ.

“ޖަންނަ ދައްތަ ނުދާން ހުއްޓާ އަބީބެ ބުނެގެން ޖަންނަދައްތަ ދިޔައީ.” ޒައިދާން ބޯޖަހާލި އެވެ.

“ހިނގާ އަވަހަށް ރެޑީވާން.” ޒައިދާން ޔަޒަން ގޮވައިގެން އެތެރެއަށް ވަނެވެ. އޭރުވެސް ޖަންނަތު ސޯފާގައި އިށީދެގެން އިނެވެ. ޖަންނަތު ރޮއެފައި ހުރުމުން ލޯމަތި އެއްކޮން ވަނީ ދުޅަ ވެފަ އެވެ.

“ޖަންނަ ދައްތާ؟ ކިހިނެއް ވެފަ ތީނީ؟” ޔަޒަންއަށް ޖަންނަތު ފެނުމުން ޖަންނަތު ކައިރިއަށް ހުއްޓިފައި އަހާލި އެވެ. ޖަންނަތު ސިހިފައި ޔަޒަންއަށް ބަލައިލަމުން ހިނިތުން ވެލި އެވެ. އަދި ފާރުގައި އިން ގަޑިއަށް ބަލައިލާފައި ތެދުވި އެވެ.

“ޔަޒަން ހިނގާ ފެންވަރަން.” ޖަންނަތު މުޅި މޫނުގައި އަތް ހާކާލަމުން ބުނެލި އެވެ. ޔަޒަން ޖަންނަތުގެ މޫނަށް ބަލަން ހުރެފައި ޖަންނަތުއާއި އެކު ހިގައި ގަތެވެ. ޒައިދާން އެމީހުން ދާތަން ބަލަން ހުރިއިރު އެތަކެއް ހިޔާލުތަކެއް ޒައިދާންގެ ސިކުނޑީގައި އެނބުރެމުން ދިޔަ އެވެ.

“ނޫރު ކީކޭ ތި ކިޔަނީ؟” އަބްޔާން ގާތު ނޫރު ހުރިހާ ވާހަކައެއް ދެއްކުމުން އަބްޔާންއަށް ޤަބޫލެއް ނުކުރެވުނެވެ. އަބްޔާންއަށް ނޫރުދެކެ ރުޅި އާދެވުނެވެ. އަބްޔާން ދެކޭ ގޮތުގައި އަބްޔާން މަންމައަކީ އެކަހަލަ މީހެއް ނޫނެވެ. “ކޮންމެސް މީހެއް ދޮގު ހަދައިގެން ނޫރު ކައިރީ ދެއްކި ވާހަކައަކަށް ތިވާނީ… އަހަރެން މަންމަ ދުވަހަކު ވެސް އަހަރެންގެ ކަމަކާ ނުބެހޭނެ. އަދި އަމުދުން ޖަންނައާ ދިމާއަށް މަންމަ އެއްޗިހި ކިޔަންވީ ކޮން ސަބަބަކާ ހެދި… ތީ ހުސް ދޮގު ވާހަކަ ތަކެއް.” އަބްޔާން ނޫރު ދެކެ ހިތްހަމަ ނުޖެހިފައި ހުރެ ބުންޏެވެ.

“ނޫނެކޭ އަބީ.. މީ ހަގީގަތަކީ.. އަބީ ފުންކޮން ވިސްނާލަ ބަލަ… ޖަންނަ އެހާ ބޮޑު ޑިޒިޝަންއެއް އެހެން ނޫނީ ނަގަންވީ ކީއްވެ؟ ޖަންނައަށް އެއްވެސް އެއްޗެކޭ ނުބުނެވިގެން އުޅެނީ ކީއްވެ؟ ހަމަ އެކަނި އެންމެ ސަބަބެއް. އަބީ މަންމައާ އަބީއާ ޖެހިދާނެތީ.. ތި ދޭތެރެއަށް ޖަންނަ ނުވަންނަން ވެގެން.” ނޫރު އެހެން ބުނުމުން އަބްޔާންއަށް ވިސްނާލަން ހުރެވުނެވެ. އެބުނި އެއްޗަކާ މެދު ވިސްނާލާ އިރު ދެކޮޅު ޖެހެ އެވެ. ނަމަވެސް އެވާހަކަ ޤަބޫލު ކުރަން އަބްޔާން އެއްގޮތަކަށް ވެސް ބޭނުމެއް ނުވި އެވެ.

“ތީ އެއްވެސް ޤަބޫލު ކުރެވޭ ވާހަކަ ތަކެއްނޫން… ނޫރު ވެސް އަހަރެން މަންމައޭ ކިޔައިގެން މީގެ ފަހުން މާ ވާހަކަ ދައްކަން ނަހަދާތި.” އަބްޔާން ހިތްހަމަ ނުޖެހިފައި ހުރެ ގެޔާ ދިމާލަށް މިސްރާބު ޖެހީ ނޫރު އަތުން އަބްޔާންގެ ދަބަސް އަތުލަމުންނެވެ.

އަބްޔާން ދަބަސް އަޅުވައިގެން އައިސް ގެއަށް ވަންއިރު ހިދާޔާ ހުރީ ނަސީރުގެ އެއްޗިހި އިސްތިރި ކުރާށެވެ. އަބްޔާން ފާޑަކަށް ހިދާޔާއަށް ބަލައިލި އެވެ. “މަންމަ އެކަހަލަ ކަމެއް ހަމަ ކޮށްފާނެ ބާއެވެ. ނޫނެކެވެ. މަންމަ އެއަށްވުރެން އަހަރުމެންދެކެ ލޯބި ވެއެވެ. އެއީ ހުސް ދޮގެވެ.” އަބްޔާން ހިތައް އަރަމުން ދިޔަ އެވެ.

“ދަރިފުޅާ، އަބީ.” ހިދާޔާއަށް އަބްޔާން ފެނުމުން ގޮވާލި އެވެ. އަބްޔާންގެ ރަތް ވެފައިވާ ދެލޯ ފެނުމުން ހިދާޔާއަށް ހުއްޓުން އެރި އެވެ. “ކިހިނެއް ވެފަ ތިހިރީ؟” މަޑުމަޑުން ހިދާޔާއަށް އަހާލެވުނެވެ.

“މަންމާ، އަހަންނަށް ދެން ޖަންނައެއް ނުލިބޭނެ… ދުވަހަކުވެސް ނުލިބޭނެ.” އަބްޔާން އެހެން ބުނެފައި ހިދާޔާ ކައިރިއަށް އައެވެ. އޭރު އަބްޔާންގެ ލޮލަށް އަނެއްކާވެސް ކަރުނަ ވަނީ ގިނަ ވެފަ އެވެ.

“ދަރިފުޅާ، ދެން އެކަމާ އަޅާނުލާ… ތިޔަހާ ބޮޑަށް އެކަމާ ދެރަނުވޭ… ޖަންނައަށް ވުރެން މާ ރަގަޅު ކުއްޖެއް ދަރިފުޅަށް ލިބިދާނެ.” ހިދާޔާ އަބްޔާންގެ ކޮލުގައި ލޯބިން ފިރުމާލަމުން ބުނެލި އެވެ.

“މަންމާ، އެކަމަކު އެއީ ޖަންނައަކަށް ނުވާނެނު…” އެހެން ބުނެފައި އަބްޔާން ކޮޓަރިއާއި ދިމާލަށް ދިޔަ އެވެ. ކޮޓަރިއަށް ވަންނަމުން އަދިވެސް އެއްފަހަރު އަބްޔާން ހިދާޔާއަށް ބަލައިލި އެވެ. ހިދާޔާ އަބްޔާންއަށް ބަލަހައްޓައިގެން ހުއްޓެވެ. ހިދާޔާއަށް އެހެން ކަހަލަ އިހުސާސްއެއް އެވަގުތު ކުރެވެން ފެށުމުން ހިތް ބިރުގަންނަ ގޮތް ވިއެވެ. އަވަހަށް އެކަންތައް ހިތުން ފޮހެލަމުން ހިދާޔާ ކުރަން ހުރި ކަންތަކަށް އެނބުރުނެވެ.

ޖަންނަތު ފެންވަރައިގެން ނިކުތް އިރު ވަރަށް ލަސް ވެއްޖެ އެވެ. ޖަންނަތު އަވަހަށް ޔަޒަންއަށް ގޮވަން ފެށި އެވެ. އޭރު ޒައިދާން ވެސް އައިސް ދޮރުކަނީ ހުއްޓިލި އެވެ.

“ހާދަ ލަސްވީ؟ އަނެއްކާ ނުހޭލެވުނީތަ؟” ޒައިދާން އަހާލި އެވެ. ޖަންނަތު ބޯ ޖަހާލަމުން އަވަސް ކޮށްލާފައި އުޅުނެވެ. ޒައިދާން ވެސް އަވަހަށް އައިސް ޔަޒަންގެ ކަންތައް ކޮށްދޭން ފެށި އެވެ. “ޖަންނަ ދޭ އަވަހަށް ސައި ތައްޔާރުކޮށްލަން… ޔަޒަން ގޮވައިގެން އަހަރެން ތިރިއަށް ދާނަން.” ޒައިދާން އެހެން ބުނަމުން ޔަޒަންގެ ޔުނީފޯރމް އަލަމާރިން ނެގި އެވެ.

ޒައިދާންއާއި ޖަންނަތު އުޅެމުން ދިޔައީ އެކަހަލަ ދިރި އުޅުމެކެވެ. އެކަކު އަނެކަކަށް އެހީވުމާއި ބޭނުންތައް ފުއްދައިދިނުމާއި އެކުވެރިކަމާ އެކު އެވެ. ދެމީހުން ހިތުގައިވެސް ނެތް އެއްޗަކީ ދެމަފިރިން ދޭތެރޭ އޮންނަން ޖެހޭ ޖަޒުބާތެވެ. އެ ގުޅުމެވެ. ލޯތްބެވެ. އެއީ ދެމީހުނަށް ވެސް ވެވޭނެ އެއްޗެއް ނޫންހެން ދެމީހުނަށް ވެސް ޔަގީން ކުރެވެ އެވެ. އެކަހަލަ ގުޅުމެއް ދުވަހަކު ވެސް އެދޭތެރެއަށް އުފަން ވެދާނެ ކަމުގެ ކުލަވަރެއް ނުފެނެ އެވެ.

 

އެއީ ދުނިޔެ މަތި ތާޒާ ރީތި ދުވަހެކެވެ. އަބްޔާން ސައިކަލު ދޮންނަން ގޭދޮށުގައި އޮތެވެ. ޖަންނަތު ނުކުމެފައި އަނެއްކާ ވެސް ވަންތަން އަބްޔާންއަށް ފެނުނެވެ. އަދި ޖަންނަތު ނުކުންނާނެކަން އަބްޔާންއަށް ހީވި އެވެ. އެހެން ކަމުން ހިންދެމިލާފައި ކުޑަކޮން އެގެއާއި ވީ ކޮޅަށް ހިގައި ގަނެވުނެވެ.

“އަބީ، ކޮންތާކަށް؟” އެވަގުތު ގޭތެރެއިން ނިކުތް ހިދަޔާ ގޮވާލި އެވެ.

“ތާކަށް ނޫން.” ހުރިތާ ހުއްޓެމުން އަބްޔާން ބުންޏެވެ. އެވަގުތު ޖަންނަތު އަނެއްކާވެސް ގެއިން ނުކުތެވެ. ޖަންނަތު ފަހަތުން ޔަޒަން ނުކުތެވެ. ޔަޒަންއަށް އަބްޔާން ފެނުމާއި އެކު ނިކަން ބޮޑަށް ހިނިތުން ވެލި އެވެ.

“އަބީބޭ!” ޔަޒަން ގޮވާލުމުން ޖަންނަތުވެސް އެދިމާލަށް ބަލައިލި އެވެ. އެވަގުތު އަބްޔާންއާއި ޖަންނަތުގެ ހަތަރުކަޅި ބައްދަލުވި ވަގުތު ޖަންނަތުއަށް ފަހަތުން ހިދާޔާ ފެނުނެވެ. ޖަންނަތު އަވަހަށް އަނެއް ފަރާތައް އެނބުރި ޔަޒަން ގޮވައިގެން ހިގައި ގަތެވެ.

“ޖަންނާ، މަޑުކޮށްބަލަ.” އަބްޔާން ޖަންނަތު ހުއްޓުވަން އުޅުނެވެ.

“ޖަންނަ ދައްތާ، އަބީބެ ބުނީ މަޑުކޮށްބަލާށޯ.” ޔަޒަން ޖަންނަތުއާއި ދިމާއަށް ބަލައިލަމުން ޖަންނަތު ހުއްޓުވި އެވެ. ޔަޒަން ހީކުރީ އަބްޔާން ބުނި އެއްޗެއް ޖަންނަތުއަށް އަޑު ނީވުނީ ކަމަށެވެ.

“ވަރަށް ލަސްވޭ އެބަ… މިހާރު މަޑެއް ނުކުރެވޭނެނު.” ޔަޒަން އަތުގައި ހިފާ ދަމާލަމުން ޖަންނަތު ޔަޒަން ކައިރީ ބުނަމުން ހިނގައި ގަތެވެ.

“ޖަންނާ،” އަބްޔާން އަނެއްކާ ވެސް ގޮވާލި އެވެ. ނަމަވެސް ޖަންނަތު ހުއްޓުމެއް ނެތި ޔަޒަން އަތުގައި ހިފައިގެން ގޮސް ގޯޅި ލަބާލި އެވެ. އަބްޔާން މާޔޫސް ވެފައި ހުރެ ކޮނޑު އެލުވާލައިގެން އައި ކޮޅަށް ހިނގައި ގަތެވެ. ހުރިހާ ކަމެއް ބަލަން ހިދާޔާ ހުއްޓެވެ. އަބްޔާންއަށް ވެފައި ހުރިގޮތުން ހިދާޔާގެ ހިތައް ނުތަނަވަސްކަން ވެރި ވިޔެވެ.

“އަބީ، ދަރިފުޅާ.” އަބްޔާން އައިސް ގޭދޮށުގައި މަޑުކޮށްލުމުން ހިދާޔާ ގޮވާލި އެވެ. “ދަރިފުޅު ދެން ޖަންނަތު ފަހަތުން އުޅޭނެ ކަމެއް ނެތެއްނު… އެއީ މިހާރު މީހެއްގެ އަންބެއް.”

“މަންމާ، އެއީ ހަމަ އެކަނި ނަމެއްގަ މީހެއްގެ އަންބެއް… މަންމަ އަކަށް ނޭގޭނެ.” އަބްޔާން އެހެން ބުނެފައި ގޭތެރެއަށް ވަދެގެން ދިޔަ އެވެ. ހިދާޔާ ބުނާނެ އެއްޗެއް ނޭގިފައި ވިސްނާލަން ހުއްޓެވެ. އަބްޔާން އާއި ޖަންނަތު ދުރުކުރަން ކުރާހާ މަސައްކަތް ބޭކާރުވާހެން ހިދާޔާއަށް އިހުސާސް ކުރެވެމުން ދިޔަ އެވެ. ނަމަވެސް ހިދާޔާގެ ހިތުގައި ރޭވުމެއް ރާވާލަމުން ދިޔަ އެވެ.

 

ޖަންނަތު ޒައިދާންއާއި އެކު އައިސް މޫސަމެންގެއަށް ވަނީ ޒީނަތު ބަލިވެ އުޅޭ ވާހަކަ މޫސަ ބުނުމުންނެވެ. ޖަންނަތު ހުރީ ކަން ބޮޑުވެފަ އެވެ.

“ކޮބާ ދޮންތަ؟” މޫސަ ފެނުމާއި އެކު ޖަންނަތު އެހި އެވެ.

“ކޮޓަރީގަ އެބަ އޮތް… ހަމަ ހިތްވަރު ކޮށްފައިވެސް ތެދުވަން ނުކެރިގެން އުޅެނީ. ބޯ އަނބުރާފަ ހޮދުލެވެނީ މާ ވަރަކަށް.” މޫސަ ކޮޓަރިއާއި ދިމާއަށް އިޝާރާތް ކޮށްލަމުން ބުނެލި އެވެ.

“ދެން ޑޮކްޓަރަށް ދައްކަން ދާން ވީނު… މިއަދުތަ އެހެން ވާން ފެށީ؟” ކަން ބޮޑުވެފައި ހުރި ޖަންނަތު އެހި އެވެ.

“ނޫނޭ، ދެތިން ދުވަސް ވެއްޖެ… ޑޮކްޓަރަށް ވެސް ދައްކައިފީމޭ… ވެގެން އުޅޭ ގޮތްވެސް ޑޮކްޓަރު ބުނި… އެކަމަކު…”

“އެކަމަކު ކިހިނެއްވީ؟” ޖަންނަތު ހާސްވާގޮތް ވިއެވެ.

“ޒީނަތު ބޭނުމެއްނުވި އެކަކު ކައިރީ ވެސް އެވާހަކަ ބުނާކަށް… ޖަންނަ އަޅެ ގޮސް އަހާލަ ބަލަ… މާލަދުން އުޅެނީ.” މޫސަ އެހެން ބުނުމުން ޖަންނަތު ހައިރާން ވިއެވެ. ބަލިވެގެން ލަދުގަންނަ ވަރުގެ ވާހަކައަކަށް އަނެއްކާ ވެގެން އެއުޅެނީ ކޮންކަމެއް ބާއޭ ޖަންނަތު ހިތައް އެރި އެވެ. ނަމަވެސް އެތާ ހުރި ޒައިދާންއަށް ކޮންމެވެސް ވަރަކަށް ފަހުމް ވި އެވެ.

“އައްދެ، ސިއްރުން ކުރި ކަންތައް ފަޅާ އަރާތީ ދޯ ލަދުން އެއުޅެނީ..” ޒައިދާން މޫސައާއި ދިމާކޮށްލަމުން ހިނިގަޑެއް ޖަހާލި އެވެ. މޫސަ ވެސް ޒައިދާން އާއި އެއްވަރަށް ހިނިގަނޑެއް ޖަހާލި އެވެ. ޖަންނަތު އޭރުވެސް ހުރީ ވާނުވާ ނޭގިފަ އެވެ. ޖަންނަތު އެދެމީހުނަށް ބަލައިލާފައި އަވަހަށް ގޮސް ޒީނަތު ކޮޓަރިއަށް ވަނެވެ.

“ދޮންތާ!” އެނދުގައި އޮށޯވެލައިގެން އޮތް ޒީނަތުއަށް ގޮވާލަމުން ޖަންނަތު ކޮޓަރިއަށް ވަނެވެ. ޖަންނަތު ވަނުމުން ޒީނަތު ކުޑަކޮން ތެދުވެލާފައި ބުރަކަށީ ބާލީސް ލައްގާލަމުން ލެނގިލި އެވެ. “ދޮންތައަށް ކިހިނެއް ވީ؟”

“ދެން މިހެން ވާނީ… ލަދުން ބޯހަލާކުވާވަރުވޭ.” ޒީނަތު ލަދުން އިނދެ ބުންޏެވެ.

“ކޮން ކަމަކާތަ ލަދު ގަންނަނީ؟” ޖަންނަތު ހައިރާން ވެފައި އެހި އެވެ. “ޒައިދާން ވެސް މޫސަ ކައިރީ އެބަ ކިޔާ ސިއްރުން ކުރި ކަންތައް ފަޅާ އަރަނީޔޯ… ދޮންތަ ކޮން ކަމެއް ކޮށްގެންތަ އި އުޅެނީ؟” ޖަންނަތު ޒީނަތުއާއި ދިމާލަށް ކަންބޮޑުވެފައި ބަލައިލަމުން އެހި އެވެ.

“ދެން ސާބަސް.” ޒީނަތު އިތުރަށް ލަދުގަތެވެ. “ޒައިދާން ހަމަ އެހެން ބުނީތަ؟”

“އާން..”

“އަޅެ ދެން ނުކެރޭނެ ބޭރަށް ނުކުންނާކަށްވެސް… އެންމެން ދިމާކުރާނެ… ވައިބަރ ގުރޫޕުގަ ވެސް މިހާރު އެވާހަކަ.” ޒީނަތު ބުންޏެވެ. ޖަންނަތު މިހަރު ވައިބަރ ގުރޫޕު ނުބަލާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަބްޔާން ވެސް އެގުރޫޕުގައި އުޅޭތީ ޖަންނަތު އަމިއްލައަށް އެ ގުރޫޕުން ވަނީ ވަކިވެފަ އެވެ.

“ދެން މަގޭ ކައިރީ ބުނެބަލަ… ދޮންތަ ކޮންކަމެއްތަ ސިއްރުން ކުރީ؟” ޖަންނަތުއަށް އަދިވެސް ނޭގިގެން އެހި އެވެ. އެވަގުތު އެކޮޓަރިއަށް ނޫރުއާޢި އަބްޔާން އައިސް ކުއްލިއަކަށް ވަނެވެ. އެމީހުން ފަހަތުން މޫސަވެސް ވަނެވެ.

“ކޮންގްރެޖުލޭޝަން.” އަބްޔާން އާއި ނޫރު އައިސް ޒީނަތުއާއި ސަލާން ކޮށްލަމުން ބުނެލި އެވެ. “އަހަރުންނަށް ސައި އޮންނަން ވާނެ.”

“އާން، މައްސަލައެއް ނޯންނާނެ.” މޫސަ ހެވިފައި ހުރެ ބުނެލި އެވެ.

“އަޅެ ކޮންމެސް މީހަކު ބުނެފާނަންތަ މި ވެގެން އުޅޭ ގޮތެއް.” ޖަންނަތު ހިސާބަކަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ. އެންމެނަށް އިނގޭ ވާހަކައެއް ޖަންނަތު އަށް ނެގޭތީ އޭނަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ އެވެ. އެވަގުތު އަބްޔާންއަށް ޖަންނަތުއާއި ދިމާއަށް ބަލައިލެ ވުނެވެ.

“މީހުނާ އިނީމަ ދެން އެންމެ އަވަހަށް ވާނެ ގޮތް ވީނު…. އެންމެން މީހުނާ އިނދެގެން ދެން ކުރަން އޮންނަ ކަންތައް ކުރީމަ އޭގެ ނަތީޖާ ފެންނަމުން އެދަނީ،” އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލަން ހުރެފައި ބުންޏެވެ. ޖަންނަތު ހައިރާން ވެފައި އަބްޔާންއަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު ޒައިދާން ވެސް އައިސް އެ ކޮޓަރި ތެރެއަށް ވަނެވެ. “މުޒޭ މެންގެ ގަހުގަ ވެސް މޭވާ އަޅައިފި، މިހާރު މޫސަ ވެސް އެވަނީ މޭވާ އަޅުވާފަ… ދެން މި ގުރޫޕުގަ ހުރީ ޒައިދާން…” އަބްޔާން ނިކަން ވޭނީ އަސަރާއި އެކު ޒައިދާންއަށް ބަލައިލާފައި އެހެން ބުނެފައި ޖަންނަތުއަށް ބަލައިލާފައި އެކޮޓަރިން ނުކުމެގެން ހިގައްޖެ އެވެ. އެ ޖުމުލަތައް ބުނި ވަގުތު އަބްޔާންގެ މޫނު މަތިން ފެނިގެން ދިޔަ އަސަރުން ޖަންނަތުގެ ހިތަށް ވަރަށް އަސަރު ކުރި އެވެ. ހަމަ ހިމޭން ވަގުތު ކޮޅެއް ކޮޓަރިއަށް ވެރިވެފައި ވަނީ އަބްޔާންއަށް ކޮށްފައިވާ އަސަރުގެ އިހުސާސް އެންމެންގެ ހިތްތަކަށް ކޮށްފައި ވާތީ އެވެ.

“ކޮންގްރެޖުލޭޝަން ޒީނަތް.” ހަމަހިމޭންކަން ފޫދުއްވާލީ ޒައިދާން އެވެ. ޒައިދާން އެހެން ބުނުމުން ޖަންނަތު ވެސް ހިނިތުން ވެލަމުން އައިސް ޒީނަތު ކައިރީ އިށީނެވެ. އަދި ޒީނަތު ގައިގައި ބައްދާލި އެވެ.

އެތަކެއް އިރު ޒީނަތު ކައިރީ ޖަންނަތު ހޭދަ ކުރި އެވެ. އާޔަތުއާއި އާޒަތުއަށް ވީޑިއޯ ކޯލް ކޮށްގެން ހަތަރު ބެން ވާހަކަދައްކާ ސަކަރާތް ޖަހަން އެކޮޓަރީގައި ތިއްބެވެ.

ޒައިދާން ގެސްޓް ހައުސްއަށް މުވައްޒަފުން އިތުރުކޮށް މުޅިތަން ތަރައްގީ ކުރި އެވެ. ޖަންނަތުއަށް ވެސް މިހާރު ވަޒީފާއަށް ދާން ނުޖެހޭވަރު ޒައިދާން ކުރި އެވެ. ޖަންނަތު އެއްކޮން ޔަޒަންގެ ހިދުމަތުގައި ހުރުމަށް ޒައިދާން އެދުނެވެ. ސާރާ ބަލިވެ އިނުމުން ޒައީމާ އަބަދު ސާރާއަށް އެހީވާން އުޅެން ޖެހޭނެތީ ޔަޒަން އެގެއަށް ގެންދިއުން މަޑު ޖައްސާލީ އެވެ.

މިހާރު ޒައިދާން ވެސް ކޮންމެ ދުވަހަކު ގެސްޓް ހައުސްއަށް ނުދިޔަސް އެތަން ބަރާބަރަށް ހިނގަ އެވެ. ޒައިދާންގެ ކަމަކީ މިހާރު ވާނުވާ ބަލައިލުމެވެ. ޒައިދާން ގިނަ ވަގުތު ފިހާރައިގައި ހޭދަ ކުރަން ފެށި އެވެ. އަދި ފިޔާތޮށިގޭގައި ހަދަމުން އައި ރެސްޓޯރެންޓް ވެސް ނިމި އެތަނަށް ސީ ބްރީޒް ރެސްޓޯރެންޓްގެ ނަމުން ނަން ކިޔާ އެތަން ހުޅުވި އެވެ. މިހާރު ޒައިދާންއަކީ މުޅި ރަށުގައި ވެސް ހުރި އެންމެ ޒުވާން އެންމެ ތަނަވަސް މީހާއަށް ވެއްޖެ އެވެ. އެކަމާ އެންމެ ބޮޑަށް ހަސަދަ ވެރިވެފައި ހުންނަނީ ހިދާޔާ އެވެ. އެއީ ޒައިދާން ކުރިއަރައިގެނެއް ނޫނެވެ. ޒައިދާން ކުރި އެރުމުން ހުރިހާ ފައިދާއެއް ޖަންނަތުއަށް ކުރާނެތީ އެވެ. ޖަންނަތު އުފަލުގައި އުޅޭތަން ދެކެން ހިދާޔާގެ ހިތައް ކުޅަދާނައެއް ނުވެ އެވެ.

23
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

aasi

Other Articles

Previous

އަސަރު 23

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 67

Next
July 11, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 67

Previews
July 10, 2016

އަސަރު 23

49 Comments

  1. Thukko says:
    July 11, 2016 at 4:40 am

    V rythi……. Waiting 4 next part???????????????

  2. Purplish says:
    July 11, 2016 at 5:02 am

    Alhe abee ……. kihineh thi hedhee
    Hidhaya ah salute
    Faaithuve nimifa oi kamakaa umurah hifan jeheytha

  3. meesha says:
    July 11, 2016 at 6:42 am

    Thiyoh hidhaayaa eh vaa shoq.. I jus hate her?? Thimaa ge LOVE kaamikaamiyaabu nuveema ehen meehun ge loabivex halaaku kolan.. buy Aasi this ix jus fab…. Aasi gebest thankolhakee all da prts vex fudey varakah diguvaane… Stry ix awsom. Jus luv dis…??????????????????

  4. Anonymous says:
    July 11, 2016 at 7:18 am

    v salhi mipart ves. next part konirakun?

  5. Aphy says:
    July 11, 2016 at 9:15 am

    Alhe haadha touching story ekey…whn is the nxt part…knmme dhuvahaku up kohdheynama…ehaaves kiyaa hiy vey…

  6. ny says:
    July 11, 2016 at 9:22 am

    V v v reethi mipartves ???????????????

  7. ahla says:
    July 11, 2016 at 10:14 am

    dhen abyaange visnun ehen gothakah badhalukollan ulheyyyyyyyyyyyyyy
    Varah dheravey Abyaan ulheygothun…………………..Vaahaka varah reethiiiiiiii

  8. Shaai says:
    July 11, 2016 at 10:34 am

    Dhen Avahah jannathuah kiyaadhiybala aby ge mom vaahaka. .. foohi

  9. ahla says:
    July 11, 2016 at 10:41 am

    Aasige vaahakaeh tha “THIA LOAIBAANULAA” Ei evaahaka up vaany koniraku

  10. naxnaxoo says:
    July 11, 2016 at 11:06 am

    Dhn zaidhaan n janna gulhunyma reethi vaany….??

    1. Zee says:
      July 11, 2016 at 12:41 pm

      I also agree vara reethi vana Zaidhaan n janna a gulunima

  11. rosy says:
    July 11, 2016 at 12:43 pm

    Vvvv reethi mibaivas ?????
    janna n zaidhan close kolaba pls pls asi ????

  12. At says:
    July 11, 2016 at 1:41 pm

    Vvvvvvvv reethi mi baives. Avahah next part up kohdheeebaaaarrrrr pls pls pls?

  13. RY says:
    July 11, 2016 at 2:07 pm

    Aby n janna dhn gulhuvaa thihen nuhadhaa 😀

  14. RY says:
    July 11, 2016 at 2:09 pm

    Aby n janna gulhuvabaa dhn thihen nuhadhaa 😀

    1. Unknown says:
      July 12, 2016 at 3:59 pm

      Ya

  15. thannu says:
    July 11, 2016 at 2:23 pm

    Dhen hageegaii ingifa janna n aby gulhuvyma rythi vaany maa dhigulaathy kamaku nudhey …janna n zaidhan nugulhey …aby n janna

  16. Thaany says:
    July 11, 2016 at 2:35 pm

    Dhn aby gabul kohbala….

  17. shiuny says:
    July 11, 2016 at 5:48 pm

    Aasi cngratx 100 vana part dhw mi…
    Hama obinex

  18. Aphy says:
    July 12, 2016 at 12:17 am

    Aasi ge rply eh nulibenee keehve,so sad…knmme dhuvahakutha genesdhenee

  19. shaa says:
    July 12, 2016 at 7:52 am

    V reethi?? zaidhaan n janna close kohfa dhen eyge fahun abee ah hageegath ingunee ma reethi vaanee..?? next part ga janna n zaidhan kommevea varakah close kohbaa plx plx Aasi…..❤????

  20. Rsy says:
    July 12, 2016 at 5:21 pm

    VVVVV LOBI MIBAIVAS
    Jana and Zaidhan love koba erun reethivani e abeegadu naralaafa……….. hadaha ruliadhaya e abee ulaa vatharun mihunga abin fahathu duvani………………… very bad

    1. Zee says:
      July 12, 2016 at 5:22 pm

      Ya right

  21. Mini says:
    July 12, 2016 at 6:35 pm

    Aby aa janna aa wedding koh close kohba. Thi zaidhaan vaki kohlabala. Pls pls pls aasi. Vara beynun vey next part kiyaalan.

  22. Rau says:
    July 13, 2016 at 6:12 pm

    Kon irakun tha next part up vaany!?

  23. shaya says:
    July 14, 2016 at 12:24 pm

    Aasi kobaatha next part…haadha lahey

  24. Ainkko says:
    July 15, 2016 at 3:52 pm

    Vaahaka varah reethi. Ekm vaahaka upload kuraaleh maa lahee. Kiyaa hithun mihun nany kei madhuvefa. Abhee nd janna gulhuvabala. Plx

  25. mary says:
    July 15, 2016 at 9:44 pm

    abhi ge style ehkoh janna ahttaka change koh abhi n janna nulibuniyya vaahakaige nimun v hadi vane. mihaaru kiyanvx foohivey janna zaidhan r marry kuryma

  26. Blue Lady says:
    July 16, 2016 at 9:36 am

    Noo.. hama rovijje. Aby ah ah Janna nulibejjiyaamu mi vaahaka kiyaa hih ves nuvaane. Plx Aasi e dhe meehun dhuru nukurachey plx. Kobaa tha aneh part? once in a week gathaup kuurany

  27. Aphy says:
    July 16, 2016 at 8:30 pm

    Aasi keehvetha rply nukuranee…knirakuntha nxt part up kuranee…

  28. eshar says:
    July 16, 2016 at 11:49 pm

    Mihaathana online kon kiyaa furatha story. Vara habeyx. Dhn oi bai avaha up kohlaba. ?

    1. eshar says:
      July 16, 2016 at 11:51 pm

      I mean furathama* story.

  29. shaya says:
    July 17, 2016 at 2:54 am

    Aaaaaaaaaasiiiiii..vaahaka update kobbala please

  30. Maree says:
    July 17, 2016 at 2:49 pm

    Wowww..avaha up koh dheeba..waiting waiting for the next part.. Plxx avahah up koh dheebala

  31. Aphy says:
    July 17, 2016 at 8:34 pm

    Mihaaru esfiya in genesdhey vaahaka thakun enmme reethi vaahaka thah nimemun miannanee…mee ves vv reethi vaahakaeh,heevanee mivaahaka ves nimen kairivaneehen.ekamu mihaaru alah fashaigen ulhey gina vaahaka thah up vaaleh haadha lahey..mi vaahaka ves mihaaru up kureytho abadhu balan mijehenee….mihen up nuve dhigudhemenyyaa kiyan foohivaathan annaanee..adhi mee rply eh ves annan writer eh nun..so sad

  32. Munaaaa says:
    July 18, 2016 at 9:16 am

    Avahah up kohdheeba..hurihaaa kudhin mithi bhi inthizaar ga..up kureveyney dhuvas buneylaafa ohna nama kohmmey dhuvahaku nukiyaa ney..varah lahun mi vahaka up kuraa kah fahaaga kurevey..feeling sad..vahah up kohdheeba

  33. siree says:
    July 18, 2016 at 10:40 am

    abee ah janna libeyne dho. Janna men kaveni fakeh kanneyge. Valee dheyn jeheynee aazath dho. not the uncle. correct me if im wrong

  34. siree says:
    July 18, 2016 at 8:00 pm

    kobaaaaaaaaaaaaa??????????????????????????????

  35. ha c says:
    July 18, 2016 at 8:35 pm

    Wow nice story avahah aneh part up koh dheebala

  36. Shaa says:
    July 19, 2016 at 6:30 pm

    Kobaa story avahah up kohdhyba nice story love it

  37. Badi edhuru says:
    July 20, 2016 at 10:44 pm

    Vaahaka liyevey fenvaru nethiyyaa nuliyebala.. aharaku baeh genesdheynvynu

  38. shannn says:
    July 21, 2016 at 8:07 am

    haadha lahun story up kurany ..so sad 🙁

  39. shaya says:
    July 21, 2016 at 6:03 pm

    Komme meehakuves fashaairu avahah up koffa vaki hisaabakun lahun up koffa emme fahun vaahaka nunimenis huttaalaanee

  40. siree says:
    July 22, 2016 at 3:11 pm

    kobaatha? haadha lahey dho. avaskollabala.

  41. Munaaaa says:
    July 23, 2016 at 8:15 am

    Avahah upbkoh dheeba..mihaar kihaadhuvaheh up nukuraathaa..waiting waiting for the next part …sad lahun up kuraathi?

  42. Aphy says:
    July 23, 2016 at 9:57 am

    Dhn mivaahaka mathin handhaan nahthaalan vee dhw,dhuvahaku up vaavareh nuvithaa?..kuraane dhuvaheh vez engenee ehnun…v dhera

  43. Naaim says:
    July 23, 2016 at 7:54 pm

    Haadha lahey update vaaleh

  44. Leem says:
    July 23, 2016 at 9:12 pm

    Ekamkuvaa dhw mihaaru foolhi vaavaru vejjeh viya

  45. may says:
    September 6, 2016 at 1:06 am

    koabaa vaahka.

Comments are closed.

All Right Reserved!