Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯތްބޭތީ ހިތްއެދޭ.. (8)

Twitty Level 110 Stories
July 12, 2016 2 Mins Read
8 Comments

“ކިއާ.. އައިލަވްޔޫ..”ލޫހާން ބުނެލިއެވެ. “އައިލަވްޔޫ ޓޫ..” ކިއާ އަވަސް އަވަހަށް ބުނެލިއެވެ. ފެންކަޅިވެފައިވާ ދެލޮލަކާ އެކުގައެވެ. އޭނާ މިއަދު ހުރީ ވަރަށް އުފާވެފައެވެ. “ދިސް އިޒް ދަ ބެސްޓް ބާރތްޑޭ ގިފްޓް އެވާރ..” ކިއާ ލޫހާން ގެ ގައިގާ ބައްދާލިއެވެ. ދުވަހަކުވެސް ދޫ ނުކުރާނެމޭ ބުނާފަދަގޮތަކަށެވެ.

“ވޯހްހްހްހްް…” ކައިލާން އާއި އެހެންކުދިން ހެމުން އެދެކުދިންނާ ދިމާކުރަން ފެށިއެވެ. “ސާބާހޭ.. ދެން ތިވަރަށް މާ ފަޅުވަން ފެށުމުން ކޭކުވެސް ހަލާކުވެދާނެ އެއްނު..ހެހެ..” ހުމާމް ބުނެލިއެވެ. “އަސްލު މީ ކޮންއިރަކު ޕްލޭޏް ކުރި ކަމެއް؟..” ކިއާ ސުވާލުންފުރިގެންވާ ނަޒަރަކުން އެންމެނަށް ބަލަންފެށިއެވެ. ކައިލާން ކިއާ އަށް ހުރިހާ ވާހާކައެއް ކިޔައިދިނެވެ. ކިއާ ދުވެފައިގޮސް ކައިލާންގެ ގައިގައި ބައްދައިލިއެވެ. އަދި ތެންކްސް އޭ ބުނެލިއެވެ. “ދެން އަވަސްކޮއްބާ މާލެ ދާންވެސް ވެޔޭ..”ލިއާ ބުނެލިއެވެ. ހުރިހާކުދިން ލިއާ މެނަށް ‘ކޮންގްރާ’ކިއަމުން ދިޔައެވެ.

**********

(1އަހަރު ފަސް..)

ކިއާ އޮތީއޭނާގެ އެނދުގައެވެ. މަޑު މަޑު ގިސްލުމެއް އިވެމުން ދިޔައެވެ. ހީވާ ގޮތުން އެފަކީރު ރޮނީއެވެ. ވާނީވެސް އެހެންތާއެވެ.މީގެ އެއްއަހަރު ކުރިން ވެދިޔަ ހިތްދަތިކަންތައް ހަނދާނުންފަހެ ފިލާނެހެއްޔެވެ؟ “އަދިވެސް މަގޭ ހިތްއެދެނީ ތިޔަ ލޯތްބަށް”ކިއާ ރޮމުން ދިޔައެވެ.އެހެންކިޔަމުންނެވެ. “ކިއާ..” ކިއާ ސިއްސަައިގެން ދިޔައީ ކިއާގެ ބައްޕަ ވަރަށް ބާރަށްއޭނައަށް ގޮވުމުންނެވެ. އެ ރީތި ލޯ ވަނީ ދުޅަވެ ރަތްވެފައެވެ. ހޭވިފައިވާ އިސްތަށިގަނޑެކެވެ. ކުރަކިވެފައިވާއަޑަކުން ލައްބައޭ ބުނެލުމަށް ފަހު ފާހާނައަށް ވަނދެ މޫނު ދޮވެލިއެވެ.އަދި ފުނާއެޅުމަށްފަހު ބޭރަށްނިކުމެލިއެވެ. “އަދިވެސް ރޮނީ؟.. ސްކޫލަށް ދާން އުޅޭ.. ސްކޫލުންވެސް ކަނޑައިލާނަމޭ މަގޭހިތަށް އަރާ.. ބޮޑުވެގެން  ލޯބީގެގުޅުން ނުހިންގިގެންވިއްޔާ އެއުޅެނީ..” ރަޝީދުގެ ހަރުކަޝި ބަސްތައް މިފަހަރުވެސް ކިއާ އަށް އަމާޒުވިއެވެ. ބައްޕަ މިހެން ކަންތައް ކުރަނީ ކީއްވެ ހެއްޔެވެ؟ ލޯބި ވުމަކީ ކުށެއް ހެއްޔެވެ؟ކިއާ ގެ ހިތުގައި ސުވާލުތައްގިނަ ވިއެވެ.

“ނޫން ބައްޕާ”ކިއާ ކުރަކިވެފައިވާ އަޑަކުން ބުނެލިއެވެ. އަދި ދާން ހިނގައިގަތެވެ. ލޫހާާން އުޅޭނީ ކޮން ހާލަތެއްގައި ހެއްޔެވެ؟ މިއަދު ސްކޫލަށް ދާނެ ހެއްޔެވެ؟ ކިއާ ގެ ސިނކުނޑި ސުމަކަށް ދާ ވަރު ވެއްޖެއެވެ. ބޯ ގޮވާނެ ނަމައެވެ. ކިއާ އަމިއްލަނަފްސު ދެކެ ރުޅިއައެވެ. ދުނިޔޭގައި އިން އެންމެ ބަދުނަސީބު އަންހެން ކުއްޖާކީ ހަމަ އަހަރެން.. ކިއާ މިހެން ހިތަށް އަރުވަމުން ދިޔައެވެ.ކިއާ މައްޗަށް އަރަން ދިޔަވަގުތަކީ ކައިލާން އަދި އޭނާގެ އަނބިމީހާ މިޝްރާ ތިރިއަށް ފައިބަން އައި ވަގުތެވެ. “ކީ..ޕިސް އަދިވެސް ހަމަ އެހާލުގަ..އައިނޯ ޔޫ ކާންޓް ފޮގެޓް އިޓް..ބަޓް ޕްލީޒް ނުރޮއެބާ..” ކައިލާން އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ. “ބަޓް ތިއްތިބޭ.. ބައްޕަ ވަރަށް ހާރޝް ގޮތަކަށް ކީ އާއި ވާހަކަދައްކަނީ.. ކީ ވަރަށް ހިތުގައި ޖެހޭ..” ކިއާ އަށް ރޮވުނެވެ. ތެދެކެވެ. މިދިޔައަހަރުގައި ހިނގައިދިޔަ ކަންތަކަށްފަހު ރަޝީދު ކިއާ އާއި ލޯބިން ވާހަކަ ދައްކާފައި ނުވެއެވެ. “ކީ..އައިނޯ..ބަޓް ތިއްތިބެ ވެސް ގޮތް ހުސްވެއްޖެ ތިކަމާ މެދު ވިސްނަމުން ގޮސް..ޕިސް..ޑޭޑް އެހެން ކަންތަށް ކުރާކަށް ނުވާނެ.. އައިވިލް ޓްރައި އަގައިން.. އައި ޕްރޮމިސް..” ކައިލާން ކިއާ ހިތްހަމަޖައްސާ ދިނުމަށް ފަހު ދިޔައީ ރަޝީދުއާއި ވާހަކަދެއްކުމުގެ މަގުސަދުގައެވެ.

“ޑޭޑް..ވީ ނީޑް ޓު ޓޯކް..” ކައިލާން ބުނެލިއެވެ.

“މިހާރުއެއްއަހަރު ވެއްޖެ.. އަދިވެސް ކިއާ ފަކީރައަށް ބައްޕަ ކަންތައް ތިކުރަނީ ވަރަށް ގޯސްކޮށް..” ކައިލާން ފެށިއެވެ. “ކައިލާން.. ކިއާ ނުޖެހޭނެ އެއްބަނޑުއެއްބަފާ ބޭބެ ގޮތަށް އުޅުނު މީހަކާ ލޯބީގެ ގޮތުން ގުޅެން..” ރަޝީދު ދެބުމަގޮށްޖަހައިލަމުން ބުނެލިއެވެ. “އެކަމް ބައްޕާ ލޯބިވުމަކީ ކުށެއްނޫނެއްނު.. އެހެންނޫނަސް ލޫހާން އެއީ އަހަރުމެންގެ ކޮއްކޮއެއް ނުވަތަ ބޭބެ އެއް ނޫން އެކުގައި ކުޑައިރުއްސުރެ އުޅުނަސް ބައްޕަމެން ގެ ލޯތްބާއި އަޅާލުން ލިބުނަސް..” ކައިލާން ބުނެލިއެވެ. ހީވާގޮތުން ކައިލާން އިނީ އެއްވެސް އެއްޗަކަށް ދޫކުރާ ‘މޫޑެއް’ގައެއް ނޫނެވެ. “ކައިލާން.. ހުއްޓާލާ!.. ކޮންމެގޮތެއް ނޫން އެއްގޮތެއްވެސް ނޯންނާނެ.. ކިއާ އަކާ ލޫހާން އަކާ ނުގުޅެވޭނެ..މީހުން އަހަރުމެނަށް އެއްޗެހި ގޮވާނެ.. މުޅި ދުނިޔޭގެ ނަޒަރުގައި އަހަރުމެން ދަށް ވެދާނެ.. ކައިލާން ތިވާހަކަ ހަމަ މިހާރު ހުއްޓާ.. މައި ޑެސިޝަން ވޯންޓް ޗޭންޖް..” ރަޝީދުގެ އަޑުގައިވަނީ ހަރުކަށިކަމެވެ. ކައިލާން މީގެ ކުރިންވެސް އެތަށް ގޮތަކަށް އެވާހަކަ ފަށައެވެ. ނަމަވެސް ކޮންމެފަހަރަކު އެ ކަން ވަނީ ފޫނެތްފަޔަށް ފެންފުރުން ކަހަލަގޮތަކަށެވެ. އޭނަގެ ބައްޕަ އަަބަދުވެސް ގޮތުގައި ހިފަހަށްޓައެވެ. ކައިލާން މާޔޫސްވިއެވެ. އަދި ނިކުމެގެން ދާން ހިނގައިގަތެވެ.

“ކައިލާން.. ކޮންތަނަކަށް؟..” ކައިލާންދާން ހިނގައިގަތުމުން މިޝްރާގޮވައިލިއެވެ. “ޑިޔުޓީއަށް..ބާއި..ލަވްޔޫ..” ކައިލާން ޖަވާބުދިނެވެ.

*******

ސްކޫލްގެ މާހައުލުވަރަށް ތަފާތެވެ. އެއްއަހަރު ފަހުން ކިއާ އަށް އާދެވެމުން ކަންނޭނގެއެވެ. މިއަހަރަކީ އޭނާ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ އަހަރުކަމުގައި ވުމުން އޭނާ ދާންޖެހެނީ އެންމެ މައްޗަށެވެ.އެހެން ކަމުން އެކަނި ހިނގަމުން ދިޔައެވެ. އެއްބަޔަށް ދެވުނު ތަނާހެނ ފަހަތުން މީހަކު ގޮވައިލިއަޑަށް ކިއާ އެދިމާލަށް އެނބުރުނެވެ. ފިރިހެންވަންތަ އަޑެކެވެ. “ލު..ލު..ލޫ..ހަ..ހާ..ން..” ކިއާ އަށް ގަބޫލުކުރަން ދަތިވިއެވެ. “އާންން.. ލޫހާން.. ” ލޫހާން ކިއާ އާއި އެއްހަމަ ކުރަމުން ބުނެލިއެވެ. “ބަޓް ކޮންތާކު މިހާދުވަހު އުޅުނީ؟..ކިހިނެތް އުޅުނީ..؟ ކީއްވެ ކިއާ އާއި މީޓް ނުކުރީ؟.. ކީއްވެ ނުގުޅީ..؟ އައވޯޒް ސޯ ވޮރީޑް..” ކިއާ ހައިރާން ކަމާއެކު ސުވާލްކުރިނަމަވެސް ހިތުގައި ހުރި ހުރިހާ ސުވާލްތަކެއް އޮއްސައިލިއެވެ. “ކިއާ..ސާބަހޭ..ފަހުން ކިޔައިދޭނަން ހުރިހާ ވާހަކައެއް..އެކަމް ފުރަތަމަ ހިނގާ ކްލާހަށް..” ލޫހާން ބުނެލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Twitty

Level 110 Stories

Other Articles

Previous

ހުޅުކޮޅު

Next

ޓެކްސީ(ހަވަނަ ބައި)

Next
July 13, 2016

ޓެކްސީ(ހަވަނަ ބައި)

Previews
July 12, 2016

ހުޅުކޮޅު

8 Comments!

  1. Twitty says:
    July 12, 2016 at 9:35 pm

    Sorry mifaharu vrh lass vyyma n v kuru vyyma.. 🙁 🙁 fyyl free n leave ur cmmnts.. 🙂

  2. Akki says:
    July 12, 2016 at 9:37 pm

    Awwnnnnnnnn ??
    This is so interesting❤
    Next part avahah up koh dhechey
    And than kolheh dhigu koh liyachey ?
    Keep it up ?????

    1. Twitty says:
      July 12, 2016 at 10:09 pm

      ThnQs Akki.. 🙂

  3. Same says:
    July 12, 2016 at 10:23 pm

    v intresting

  4. Any says:
    July 13, 2016 at 5:24 am

    Nice

  5. Haly says:
    July 13, 2016 at 10:20 am

    Nice.

  6. Maain says:
    July 13, 2016 at 10:04 pm

    Thankolhe dhigu kohladhy

  7. Mini says:
    July 13, 2016 at 10:06 pm

    Vara reethi. Dhen vara avaha genes dhey ne kama ummeedhu kurani. Thank u Twitty.

Comments are closed.

Next Episodeލޯތްބޭތީ ހިތްއެދޭ.. (9)←


All Right Reserved!