Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (17)

layaal
July 23, 2016
10 Mins Read
72 Views
51 Comments

އިރުގެ ރަން ދޯދިތައް ކޮޓަރިތެރެއަށް ވެރިވެގެން ދިޔައިރު އެނދުގައި ނިދިފައި އޮތް އައިފާ ބެޑްޝީޓް ގަޔާއި ކައިރިކޮށްލިއެވެ. އެސްފިޔަތަށް ދުރުކޮށްލުމުން ލޮލުގައި އަޅައިގަތީ އިނގިލީގައި އިން އަނގޮށްޓިއެވެ. އިރުގެ އަލި އެ އަނގޮށްޓިއަށް އެޅިފައި ވުމުން އޭގައި އިން އަގުބޮޑު އަލިމަސް ބަބުޅަމުން ދިޔައެވެ.

މި މަންޒަރު ފެނި އައިފާގެ ތުންފަތަށް ލުއި ހިނިތުންވިމެއް ވެރިވެ ރޭގެ ހަނދާންތައް އާވެގެން ދިޔައެވެ. ލޫތް އެގޮތަށް އިންނަން އަހާފާނެ ކަމަކަށް އައިފާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އޭނާ އެނދުގައި އިށީނދެ އެ އަނގޮއްޓީގައި ބޮސްދިނެވެ. އޭނާ މުޅި އުމުރަށް ލޫތްގެ ހައްޤަކަށް ވަނީއެވެ.

ކުއްލިއަކަށް ފޯނު ވައިބްރޭޓް ވުމުން އައިފާ ފޯނު ނަގައި ހުޅުވާލި އިރު އައީ ލޫތްގެ މެސެޖެކެވެ. އިރުކޮޅަކުން ސައިބޯން ބަލައިދާނެ ކަމަށާއި ފަހަތުގައި ވަރަށް ލޯބިވާ ކަމަށް ބުނެފައި ވެއެވެ.

އައިފާ އުފަލުން ހުރެ ތައްޔާރު ވަނީކަމަށް ބުނެ މެސެޖު ކޮށްލިއެވެ. އެ ތުންފަތަށް ވެރިވި ހިނިތުވުން ފަނޑުވީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އަޒުރާއެވެ.

ތުންފަތުގައި ދަތް އަޅާލަމުން އައިފާ ދެ ޚިޔާލެއްގައި ހުރެފައި ފޯނުނެގިއެވެ. “ކޮންއިރަކުން އަންނަނީ؟” އަޒުރާގެ އަޑުގައިވީ ނުރުހުން އައިފާއަށް ވަގުތުން ނަގައިގަނެވުނެވެ. “މިއަދު ދާނަން. އަދި ފުރާ ގަޑިއެއް ނޭނގޭ.. މަންމަ ސައިބޮއެފިންތަ؟” އައިފާ ރީތިކޮށް ވާހަކަ ދެއްކިއެވެ.

“ހޫމް..” މިހެން ބުނެފައި އައިފާ އިތުރު އެއްޗެކޭ ބުނުމުގެ ކުރިން އަޒުރާ ފޯނު ކަނޑާލިއެވެ. އަޒުރާ ފޯނު ކަނޑާލުމުން އައިފާ ދެރަވެފައި އިސްޖެހުނެވެ. މިހާރު ވެސް ލޫތްއާއި އެކީ މިދަތުރު އައުމުން އެހެރީ އެވަރަށް ރުޅި އައިސްފައެވެ.

އަދި ލޫތްއާއި އިންނަން އެބަސްވި ވާހަކަ ބުނެފި ނަމަ ވާނެގޮތް އަންދާޒާ ކޮށްލަން ވެސް އައިފާ ޖެހިލުންވިއެވެ. އޭނާ މިވާހަކަ ބުނާނީ ކިހިނެތްކަމެއް ނޭނގުނެވެ. އެތަށްގޮތަށް ވިސްނިއިރު ވެސް އެކަން ކުރަން ފަސްޖެހެވުނެވެ. މަންމަގެ ނުރުހުމުގައި ލޫތްއާއި ގުޅެން ކެރޭނެބާއޭ އޭނާ ހިތަށް އެރިއެވެ.

ޖޫސް ބޮމުން ދިޔަ ލޫތްގެ ނަޒަރު ވަނީ އައިފާއަށް ހުއްޓިފައެވެ. ލޫތް ދިން އަނގޮށްޓި އަޅައިގެން އިން އިރު އެ އައިފާގެ އަތާއި ވަރަށް ގުޅެއެވެ. އެއީ ހަމަ ލޫތް ހާއްސަކޮށް އައިފާއަށް ހެއްދި އަނގޮއްޓިއެކެވެ.

އަނގޮށްޓީގެ އެތެރެ ފުށުގައި ވަނީ ލޫތްގެ ނަން ލިޔެވިފައެވެ. ރޭގައި އައިފާއަށް އެތަން ދެއްކުމުން އޭނާ އުފަލުން ފެންކަޅިވިއެވެ. އަދި ލޫތް އަނގޮއްޓި ގަންނަ އިރު އޭގައި އައިފާގެ ނަން ލިއުމަށް އެދުނެވެ.

ނަމަވެސް ރޭގައި ހުރި ގޮތާއި މިއަދު ހެނދުނު އައިފާ މޫޑު ހުރިގޮތް މުޅިން ތަފާތެވެ. ސައިބޮއެ ނިމުނު އިރުވެސް އައިފާ މާ މަޑުން އިނުމުން ލޫތް ވެގެން އުޅޭގޮތް އޮޅުން ފިލުވާލަން ބޭނުންވިއެވެ. “ހޭއި.. ކިހިނެތްވެފައި މާ މަޑުން ތި އިންނަނީ؟ ވަޓްސް ރޯންގް.” ލޫތް މިހެން ބުނުމުން އައިފާ ހަޤީޤަތް ފޮރުވިއެވެ.

“މި ވިސްނަނީ ކިހިނެތްހޭ މިހާ އަވަހަށް މެރީ ކުރާނީ؟” އައިފާ ހިނިތުންވަމުން ބުނެލިއެވެ. “އަވަސްތަ؟ އަނެއްކާ މާ އަވަހަށްތަ އިންނަ ހިސާބަށް މިދެވުނީ؟ މޭބީ އައި ޝުޑް ހެވް ވެއިޓެޑް.” ލޫތް މިހެން ބުނުމުން އައިފާ އޭނާގެ ވާހަކަ ހުއްޓުވިއެވެ.

“ނޫން، ނޫން. މެރީ ކުރަން އަވަހީކީ ނޫން. އައި ނޯ އައި އެމް ޔަންގް. އެކަމަކު އިނގޭ ލޫތް ވެސް އެހައި ގިނަ ދުވަހު މަޑު ކުރަން ބޭނުން ނުވާކަން.. އައި އެމް ފައިން ވިތް އިޓް.. މިދައްކަނީ މެރީ ކުރާނެ ޑޭޓެއްގެ ވާހަކަ.. ނާއިލް ވެސް އެއުޅެނީ މިއަންނަ މަހު މެރީކުރަން. ކިހިނެތް އެހައި އަވަހަށް ދެ ވެޑިން ބާއްވާނީ.. ކިހާ ޚަރަދު ބޮޑުވާނެ..” އައިފާ ބޭނުންވީ ކައިވެނި ލަސްކޮށްލުމެވެ. އަޒުރާގެ ރުހުން ހޯދަން ފަސޭހައި ނުވާނެކަން އޭނާއަށް ރަނގަޅަށް އިނގެއެވެ.

“ޚަރަދާއި ދޭތެރެ ނުވިސްނަބަލަ.. އައި ކެން އެފޯޑް އިޓް. އައިފާ ބޭނުމިއްޔާ ނާއިލްމެންނާއި އެކީ އެއްކޮން މެރީ ކުރެވިދާނެ. އެހެން ނޫނީ އޭގެފަހުން ވަކިން ވެސް ކުރެވިދާނެ. ދޫނި ބޭނުން ގޮތެއް. ބަޓް އައި ކާންޓް ވެއިޓް ފޯ ޓޫ ލޯންގް އިނގޭ..” ލޫތް އެއްލޯ މަރާލަމުން މިހެން ބުނުމުން އައިފާ ރަކިވިއެވެ.

“ދެން ލޫތް.. ލެޓްސް ސީ ދޯ. ކޮންއިރަކުން ފުރަނީ؟” ލީނާ މަޢުލޫއު ބަދަލުކޮށްލިއެވެ. “މެންދުރު.. އައި ކާންޓް ވެއިޓް ބައްޕައަށް މިކަން އަންގަން. ހީ ވުޑް ބީ ސޯ ހެޕީ..” ލޫތް ހިނިތުން ވެލަމުން މިހެން ބުނި ނަމަވެސް އައިފާ ތުންފަތަށް ވެރިވީ މަސްނޫއީ ހިނިތުން ވުމެކެވެ. ލޫތްގެ އާއިލާ ރުހުނު ކަމުގައި ވިއަސް އޭނާގެ މަންމަގެ ރުހުން ހޯދުން އަދި އޮތީއެވެ.

****

މެންދުރުގެ ގަދަ އަތްވާއި އެކު ވެހެމުން ދިޔަ ހިމަފޮދު ވާރޭއިން މުޅި މާހައުލުގައި ވަނީ އާތްވެއް އުފެދިފައެވެ. ކާރުން ފޭބި ނާއިލް ދެއަތުން ކުޑަ ދެ ކަރުދާސް ފޮށިގަނޑު ހިފައިގެން ދުވެލާފައި ކަހަލަ ގޮތަކަށް ގެއަށް ވަނެވެ. ލިފްޓުން އޭނާގެ މަންޒިލަށް ދެވުމުން ގޭތެރެއަށް ވައިން އިރު ލައިޝާ މާކަރަކާއި ގަނޑުތަކެއް ހިފައިގެން މޭޒުގައި އެ ފަތުރައިގެން ހުއްޓެވެ.

އޭރު ނާޒް ލެޕްޓޮޕް ކައިރީގައި ފޯނުން ވާހަކަދައްކަން އިން އިރު ސައިލަމް އުޅުނީ ގޭތެރޭގައި ހުރި މާފޮށިގަނޑުތަކެއް ދެތިން ނޯކަރުން ތަކަކާއި އެކު ހަމައަކަށް އެޅުވޭތޯއެވެ.

“ހައު އެބައުޓް ދިސް ޑެކަރޭޝަން؟.” މޭޒުގައި އޮތް ގަނޑަކަށް އިޝާރާތް ކުރަމުން ލައިޝާ ކައިރީގައި ހުރި ބޭރު މީހާއާއި ވާހަކަ ދެއްކިއެވެ.

“ތި ލައިޓް ބަލްބް ތެރެއަށް ފެންއަޅަނީ؟ ދެން ތި އެލުވަނީ؟ އެވީ ކޯއްޗަކަށް؟” ލައިޝާ ކައިރި ހުއްޓިލަމުން ގަނޑަށް ބަލަން ހުރި އާޒިމާ ބުނެލިއެވެ.

“ވަޓް ޑިޑް ޝީ ސޭ؟” ވެޑިން ޕާޓީގެ ޑެކަރޭޝަން އާއި ހަވާލުވެ ހުރި ޑެލިއަލް އަހާލިއެވެ. “މިއަށް ފެންއަޅަނީހޭ؟ ޕުޓިން ވޯޓާ އިން އިޓް؟” އާޒިމާ އިނގޭ ގޮތަކަށް ބުނެލިއެވެ.

“އޯ މޯމް ޕްލީޒް.. ޑޯންޓް މައިންޑް ހާ.. މަންމާ މި މިހާރުގެ ފެޝަންއޭ.. ކިހާ ރީތި. ދޯ ނާޒް.” ލައިޝާ މިހެން ބުނުމުން ނާޒް އާނއެކޭ ބުނުމުގެ ގޮތުން ހިނިތުންވެލިއެވެ. “އައްދެ.. މިހާރު މިއުޅޭ ކުދިން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ.. މަށަކަށް ނޭނގެ ދެން.” އާޒިމާ މިހެން ބުނެ އެތެރެއަށް ވައިން ނާއިލް ކައިރިއަށް ޖެހިލިއެވެ.

“އަނެއްކާ ތީގައި ހުރީ ކޮންއެއްޗެއް؟ ދެން ނުބުނާތީ ކާ ތަށިތައް ވެސް އެލުވަނިއްޔޭ..” އާޒިމާ ބުނި ވާހަކައިން ނާއިލް ގާތަށް ހިނިއައެވެ. “ހެހެހެ.. ނޫނޭ ބޮޑުމަންމާ. މިއީ ކާޑުތައް.. ނާޒް ބަލާބަ.” ނާއިލް ފޮށިގަނޑު ކަނޑާލުމަށްފަހު ކާޑެއް ނަގައި ދައްކާލަމުން ބުނެލިއެވެ.

“ޔެސް. ވަރަށް ސަޅި.. ވެއިޓް އިނގޭ.” ފޯނުން ވާހަކަ ދައްކަން އިން ނާޒް ބުނެލިއެވެ. އެވަގުތު ގޭތެރެއަށް ވަދެގެންއައި ޒުލޭހާގެ ފަހަތުން ވައިން ލުތުފީ ސޯފާގައި އިށީނދެލިއެވެ. “އަހާ ކާޑުތައް އައީ ދޯ.. އިޓްސް ބިއުޓިފުލް.. މިއަންނަ ހަފްތާގައި ވާނެ މި ބަހަން ފަށަން..” ލުތުފީ ހިތްހަމަޖެހިފައި އިނދެ ބުނެލިއެވެ.

ނާއިލްގެ ކައިވެންޏަށް މުޅި އާއިލާ ތައްޔާރު ވަމުން ދިޔައިރު މިވެގެން ދާނީ ވަރަށް ވެސް ފުރިހަމަ ޕާޓީއަކަށްށެވެ. “ކޮބާތަ ލޫތް؟ އައިފާ ވެސް ގެންނަން ވާނުން..” ޒުލޭހާ މިހެން ބުނުމުން އާޒިމާ މޫނު ކުނިކޮށްލިއެވެ. ކޮންމެ މީހަކު ދެނޭވައި ދޭތެރޭ އައިފާގެ ވާހަކަ އެބަ ދައްކައޭ އޭނާ ހިތަށް އެރިއެވެ.

“ގުޅާލިން ދެންމެ.. ބުނި މިހާރު ޕްލޭނަށް އަރަނިއްޔޯ..” ލުތުފީ ހިނިތުންވެލިއެވެ. “ދަރިފުޅާ ނާޒް..ކޭކު ކަންތައް ހަމަޖެހިއްޖެތަ؟” ނާޒް ފޯނު ބޭއްވުމުން ލުތުފީ އަހާލިއެވެ.

“ތިކަމާއި މިއުޅެނީ.. ނާއިލް އާދެބަ މީތި ބަލާލަން..” ލެޕްޓޮޕަށް އިޝާރާތް ކުރަމުން ނާޒް ބުނެލިއެވެ. އާޒިމާ ގޮސް ސޯފާގައި ލުތުފީއާއި ޖެހިގެން އިށީނދެލިއެވެ.

“އަޅެ އާޒިމާ އުފަލެއް ނުވޭތަ؟ އަހަރެން ހާދަ އުފަލެއް ވެޔޭ.. ހީވަނީ މުޅި އާއިލާއަށް އީދެއް އައިސްގެން އުޅޭހެން. ދެން ހަމަ ލޫތް އާއި އައިފާ އައީމަ އެ ފުރިހަމަވީ. ދޯ؟” ލުތުފީ މިހެން ބުނުމުން އާޒިމާ ނޫން ގޮތަކަށް ހީލިއެވެ. ނާއިލްއަށްޓަކައި އޭނާ އުފާކުރި ކަމަކު އެންމެން އައިފާއާއި ހެދި އުޅޭވަރަކުން އޭނާ ހުރީ ފޫހިވެފައެވެ.

“ޒުލޭހާ.. ޒޭން އަދިވެސް މާލެ ނާދޭތަ؟ މިހާރު ހުރާއަށް ދިޔަތާ ތިން ހަފްތާ ވަރުވަނީ މި.” ލުތުފީ އަހާލިއެވެ. “މިއަދު އަންނާނެ.. އިނގެއެއްނުން މިހާރުގެ ކުދިންގެ ގޮތް.. ރައްޓެހިންނާއި ޖެހިއްޖެއްޔާ އެ ނިމުނީ.” ޒުލޭހާ މިހެން ބުނެ ހީލިއެވެ. އެންމެން ކައިވެނީގެ ކަންތަކުގައި އަވަދިނެތި އުޅުން އިރު އާޒިމާ އަދިވެސް އިނީ މިކަމާއި ގަޔާ ނުވެފައެވެ.

****

ފަޅުން ވަދެގެންއައި ލޯންޗުގައި އިން އައިފާ އިނީ ނިދިފައެވެ. ލޫތްގެ ކޮނޑުގައި ބޯ އަޅާލައިގެން އިންއިރު އެފަން އިސްތަށިކޮޅު ވަނީ ވަޔާއިއެކު މޫނުމައްޗަށް ވެރިފައެވެ.

ވައިޓަރާއި ކައިރި ކުރުމުން ލޫތް މަޑުމަޑުން އައިފާގެ ކޮލުގައި ކޮއްޓާލުމާއި އެކީ އޭނާ ސިހިފައި ތެދުވިއެވެ. “ކާމް ޑައުން އިޓްސް މީ.. މާ ބޮޑަށް ނިދިއައީ ދޯ..” ލޫތް މިހެން ބުނުމުން އައިފާ ކުޑަކޮން ހީލިއެވެ.

ލޯންޗުން ފޭބުމަށްފަހު އެތާ ކައިރިއަށް ހުއްޓާލި ޕްރައިވެޓް ކާރަށް ދެމީހުން އެކީގައި އެރިއެވެ. ލޫތް އެންމެ ފުރަތަމަ ޑުރައިވަރު ކައިރީގައި އެދުނީ އައިފާގެ ގެއަށް ދިއުމަށްށެވެ. ކާރުގައި އިންއިރު އައިފާ އެއްއަތުން އިނގިލީގައި އިން އަނގޮށްޓިއާއި ކުޅެމުން ދިޔައިރު އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ.

އޭނާ ނުބުނި ކަމުގައި ވިއަސް ލޫތްއަށް ވެގެން އުޅޭ ގޮތް ސިއްރެއް ނުވިއެވެ. “އައިފާ މަންމަ ނުރިހި ދާނެތީ ދޯ ތި ކަންބޮޑުވަނީ..” ލޫތް މިހެން ބުނުމުން އައިފާ އަވަސް އަވަހަށް ނޫނެކޭ ބުންޏެވެ.

“ޑޯންޓް ލައި.. އަހަންނަށް އިނގޭ އައިފާގެ މަންމައަށް އަހަރެން ކަމުނުދާކަން.. މަންމަ މިކަމާއި ޤަބޫލު ނުވެދާނެތީ އެކަމާ އެއްނުން ތި ވިސްނަނީ.” ލޫތް ސީޓުގައި ލެނގިލަމުން ބުނެލިއެވެ.

“މަންމަ ސީރިއަސްކޮން ޤަބޫލު ނުވެއްޖެއްޔާޔޯ؟ ނޭނގެ މިވާހަކަ ބުނާނެ ގޮތެއް ވެސް.. މިއަދު ހެނދުނު ގުޅި އިރުވެސް ހުރީ ހިތްހަމަނުޖެހިފައި. އައި ޑޯންޓް ނޯ ވަޓް ޓު ޑޫ..” އައިފާ ދެއަތް ދެއަތާއި މޮޑެމުން ބުނެލިއެވެ.

“ބޭބް.. ހަމަޖެހިބަލަ.. އައިފާ ނުޖެހޭނެ އެއްވެސް ވާހަކައެއް މަންމަ ކައިރި ދައްކާކަން.. އަހަރެން އަމިއްލައަށް މަންމައާއި ބައްދަލުކޮށްފައި އައިފާއާއި އިންނަން އަހާނަން.. އައި ވިލް މޭކް ދިސް ރައިޓް.. ޝީ ވިލް އަންޑަސްޓޭންޑް..” އައިފާގެ އަތުގައި ހިފާލަމުން ލޫތް ބުނެލިއެވެ.

“މަންމަ އަހަރެންދެކެ އެހައި ނަފްރަތު ކުރާނެ ކޮންމެ ވެސް ސަބަބެއް އޮންނާނެ.. އެހެންނޫންނަމަ ނުވެސް ދަންނަ މީހަކާއި ދޭތެރޭ އެހައި ރުޅި އަންނަންވީ ކީއްވެ؟” ވިސްނާލުމަށްފަހު ލޫތް ބުނެލިއެވެ.

“ލޫތް މުއްސަނދިވެފައި ގެދޮރު ހުރި މީހަކަށް ވީމަ މަންމައަށް ހީވަނީ މިއީ ހުސް ލޫތް މަކަރުން ކުރާ ކަންތައްތަކޭ.. ބުނިން ލޫތްއެއީ އެކަހަލަ މީހެއް ނޫނޭވެސް.. އެކަމަކު މަންމަ ޤަބޫލެއް ނުކުރި. އެހެންނޫނީ ދުވަހަކުވެސް އަހަރެން ކުރާ ކަމަކާއި މަންމަ މިގޮތަކަށް ދެކޮޅެއް ނަހަދާއި..” އައިފާގެ މޫނުމަތިން ފާޅުވީ ހިތާމައެވެ.

“ނޫން އައިފާ.. ދެން ހަމަ އަހަރެން މުއްސަނދި ވުން އެއީ މިކަމާއި ދެކޮޅު ހަދަންޖެހޭ ސަބަބެއް ނޫން. ދެއާ ހެޒް ޓުބީ ސަމްތިން އެލްސް ޝީ އިޒް ނޮޓް ޓެލިން.. އައި ޖަސްޓް ޑޯޏްޓް ބްލީވް އިޓް..”  ދެބުމަކައިރި ކޮށްލަމުން ލޫތް ބުނެލިއެވެ.

“އައިފާ ދެން މިކަމާއި ތިވަރަށް ނުވިސްނާ.. އެންޑް މަންމަ ކައިރި އަދި އެއްވެސް ވާހަކައެއް ނުބުނާތި.. އައި ވިލް ޓޯކް ޓު ހާ.. އައިފާ ހަމައެކަނި ބުނާނީ އަހަރެން ބައްދަލުކުރަން ބޭނުން ވާ ވާހަކަ. ޔޫ އާ މައިން.. ރިމެމްބާރ ދެޓް. ކޮންމެ ގޮތަކަށް ކަންތައް ވިއަސް އައި ވިލް ބީ ހިއާ ފޯ ޔޫ..” އައިފާގެ ނިތުގައި ބޮސްދެމުން ލޫތް މިހެން ބުނެލިއެވެ.

ފުންނޭވާއެއް ލަމުން ލޯ މަރާލި އައިފާ އޭނާގެ ހިތަށް ހުރިހާކަމެއް ވެސް ރަނގަޅު ވާނެ ކަމަށް ވިސްނައިދިނެވެ. އޭނާގެ އެދުމަކީ އުމުރަށް ލޫތްގެ އެ ބާރުގަދަ އަތުތެރޭ ހިމާޔަތް ލިބުމެވެ.

****

“ހެލޯ. އައި އެމް ބެކް!” ގޭތެރެއަށް ވައިން ޒޭން ކޮނޑުގައި އޮތް ބޭގް ޕެކް ސޯފާ މައްޗަށް އެއްލަމުން ބުނެލިއެވެ. އޭރު މާގަނޑެއް ހިފައިގެން އިން ލައިޝާ އެދިމާއަށް ބަލާލިއެވެ. “ހޭއި ސްޓްރޭންޖާ.. ހާދަހައި ދިގު ދަތުރެކޭ ތި ދިޔައީ.” ލައިޝާ މިހެން ބުނުމުން ޒޭން ހިނިގަނޑެއް ޖަހާލިއެވެ.

“ކޯއްޗެއް ތިހަދަނީ.. ކޮބާ ދޮންބެ؟” އައިސް އަލަމާރިން ފެންފުޅިއެއް ނަގަމުން ޒޭން ބުނެލިއެވެ. އޭރު ގޭތެރޭގައި ދެތިން ނޯކަރުން ލައިޝާއަށް އެހީތެރި ވެދޭން އުޅުން އިރު އާލާ ފޯނުން ސެލްފީ ނަގަމުން ދިޔައެވެ. މިތަން ފެނި ޒޭން ވެސް އާލާ ކައިރިއަށް ޖެހިލަމުން ފޮޓޯއަށް އަރައި ވައްތަރެއް ޖައްސާލިއެވެ.

“ދެން.. ސްނެޕް ކުރަނިއްޔޭ މި.. ޑޯން ރޫން އިޓް..” އާލާ މޫނު ކުނިކޮށްލަމުން މިހެން ބުނެ ގޮސް ސޯފާގައި އިށީނެވެ. “އެޑް މީ އިނގޭ.. ދޮންތަ ނޫޅެންތަ ސްނެޕްގައެއް..” ޒޭން ލައިޝާ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

“ހެހެހެ.. ދެން ތި ހުރިހާ ސޯޝަލް މީޑިއާއެއްގައި އުޅެވޭތަ.. ނާއިލް ދިޔައީ ނާޒް ގެއަށް ލާންވެގެން.. މިއަދު އެއްކޮން މިކަމެއްގައި އޭނަ ވެސް މިގޭގައި އުޅުނީ..” ލައިޝާ ހިނިތުން ވެލަމުން ބުނެލިއެވެ.

“ދިޔައީ؟ އަދި މިއުޅެނީ ފަހަރީ ނުފެނި.. ހެހެ. އަދި އެބަ އޮތޭ ވާހަކައެއް ބުނަންވެފައި.. ހިނގާބަ ބެލްކަންޏަށް.” ޒޭން މިހެން ބުނުމުން ލައިޝާ މޭޒުމަތީގައި ހުރި މާ ބޮނޑިތައް ނެގުމަށް ބުނެ ޒޭންއާއި އެކީ ބެލްކަންޏަށް ނިކުތެވެ.

ދެމީހުން އެކީގައި ބެލްކަންޏަށް ނިކުއިން އިރު އިރުއޮއްސެމުން ދަނީއެވެ. ކުޑަ ލައިޓު ޖައްސާލުމަށްފަހު ލައިޝާ މިސްރާބުޖެހީ ޒޭން ކައިރިއަށް ދިއުމަށްށެވެ. “ހޫމް.. ބުނެބަލަ ދެން. ކޮން ސިއްރު ވާހަކައެއް ބުނަން މިތަނަށް ތި ގެނައީ.” ރެއިލިންގައި އަތް އަޅުވާލަމުން ލައިޝާ ބުނެލިއެވެ.

އޮއްސެމުން ދިޔަ އިރުގެ އޮރެންޖު އަލި ބެލްކަންޏަށް އެޅިފައި ވީއިރު ވެޔޮ ގަސްތަކުގައި އުރި މާތައް ވެސް ވަނީ އެއްކުލަ ވެފައެވެ. ދުރުން މާލޭގެ ގިނަ އިމާރާތް ތަކާއި ކާރުބާރު މަގުތައް ފެންނަމުން ދިޔައިރު އޮއްސެމުން ދިޔަ އިރު ފެނުން ތޮޅެލާ މަންޒަރު ވަރަށް ވެސް ހިތްގައިމެވެ.

“އައި ލައިކް ދިސް ގާލް..” ޒޭން މިހެން ބުނުމުން ލައިޝާ ހިނިގަނޑެއް ޖަހާލިއެވެ. “އޯ ޒޭން. ކޮބާ ކުރިން ގެންގުޅުނު ބިޓު.. ތިދެން އާ ވާހަކައެއް ނޫނެއްނުން. ޔޫ އޯލްވޭސް ލައިކް ސަމް ގާލް.. ހެހެ.” ލައިޝާ މިހެން ބުނުމުން ޒޭން ކުޑަކޮން ސީރިއަސް ވެލިއެވެ.

“ނޮޓް ދިސް ޓައިމް.. ޝީ އިޒް ޑިފަރެންޓް.. އިނގޭތަ އަހަރެން އަދި އޭނަ ކައިރި މިވާހަކަ ނުވެސް ބުނަން.. އިޓްސް ބީން އޯލްމޯސްޓް ޓެން މަންތްސް އޭނަ ފެނުންތާ.. އެކަމަކު އެހަކަށް ދުވަހު އަދި ދެވަނަ ފަހަރަށް ބައްދަލުވީ.. ބަޓް އައި އެމް ސްޓިލް ވެއިޓިން..” ޒޭން މިހެން ބުނުމުން ލައިޝާ ހުނުން ހުއްޓާލިއެވެ.

ޒޭންއަކީ ކުއްޖަކު ކަމުގޮސްފި ނަމަ ވަގުތުން އެކަން ކުރަން އުޅޭނެ މީހެކެވެ. ނަމަވެސް މިފަހަރު އެހައި ދުވަސް ވީއިރު ވެސް އެކުއްޖަކާއި ބައްދަލު ނުކޮށް ނުބެނެ ހުރުމުން ލައިޝާ ހައިރާންވިއެވެ.

“އޯ.. ދެން ޝީ މަސްޓް އިންޑީޑް ބީ ވެރީ ސްޕެޝަލް.. ކޮންއިރަކުން ބުނަނީ؟ ތި ކުއްޖާއާއި ވާނެ ކޮންމެހެން ހަދާފައި ވެސް ބައްދަލު ކޮށްލަން” ލައިޝާ އަހާލިއެވެ.

“އޮފްކޯސް.. ބުނާނަން ވަރަށް އަވަހަށް.. އައި ފަސްޓް ހެވް ޓު މޭކް ހާ އޯލް މައިން..” ޒޭން ވިހަގޮތަކަށް ހީލަމުން މިހެން ބުނިއިރު އެހިތަށް ސިފަވީ އައިފާގެ ހިތްގައިމު ސޫރައެވެ.

“ކޮބާ އާދެވިއްޖެ؟” ނާއިލްގެ އަޑަށް ޒޭންއާއި ލައިޝާ ދެމީހުން ފަހަތަށް އެނބުރުނެވެ. “މިއައީ އެއްނުން.. ފަހަރީ ވެސް ދައްކާނުލައި ތި ގެންދިޔައީ..” ނާއިލް އައުމުން އޭނާގެ ކޮނޑުގައި ކުޑަކޮން ޖަހާލަމުން ޒޭން ބުނެލިއެވެ.

“އާނ.. ގެންދާނެ އެއްނުން.. ދޮންބެ ހީކުރީ ޒޭން ނާންނާނެ ކަމަށް ވިއްޔަ.” ނާއިލް މިހެން ބުނުމުން ލައިޝާ ދެރަވެފައި ތުންކޮޅެއް ހަދާލިއެވެ. “އޯ ކަމް އޯން.. އިޓްސް ޔުއާ ވެޑިން. އައި ވުޑުންޓް މިސް އަ ތިންގް.. ދޯ އާލާ..” އެތަނަށް އާލާ އައުމުން ޒޭން ބުނެލިއެވެ.

“މިހާ ގްރޭންޑް ވެޑިންއެއް މިސްކޮށްލާނީ ހަމަ ޒޭންބޭބެ ކަހަލަ އިޑިއަޓްއެއް..” އާލާ މިހެން ބުނުމުން ޒޭން އޭނާގެ ފަހަތުން ދުއްވައިގެތެވެ. ބެލްކަނީގައި ދުވެ ގިލިގިލި ކޮއްޓަމުން ގޮސް އެންމެ ފަހުން އާލާ އައިސް ލައިޝާގެ ފަހަތަށް ވަދެ ފިލިއެވެ.

“ނޫން ދެން.. އޯކޭ ލެޓްސް ސްނެޕް..” އާލާ ފޯނު ނަގަމުން މިހެން ބުނި އިރު ލޫތް ގޭތެރެއަށް ވަދެގެން އައިސް ބެލްކަނީގައި އެންމެން ތިބިތަން ފެނުމުން އެތަނަށް ނިކުތެވެ. އެންމެން ފޮޓޯއަކަށް ހުއްޓި ތިބިއިރު ލޫތް ވެސް އެކަމުގައި ބައިވެރި ވާން ބޭނުންވިއެވެ.

“ދެން އަހަރެން ވެސް ލައިގެން ފޮޓޯ ނަގާބަލަ..” ލޫތް މިހެން ބުނެފައި ދުވެލާފައި ކަހަލަ ގޮތަކަށް އައިސް އެމީހުން ކައިރީގައި ހުއްޓެލިއެވެ. އާލާ ފޮޓޯ ނެގުމަށްފަހު އޭގައި ‘ދަ ވެޑިން ސްކުއަޑް’ ޖަހާލުމަށްފަހު ސްނެޕް ސްޓޯރީއަށް ލިއެވެ. “ހާދަ ވަރަކަށް ޓޭން ވެލާފައި ތިހިރީ…” ނާއިލް މިހެން ބުނުމުން ލޫތް ހިނިގަނޑެއް ޖަހާލިއެވެ.

“ދެން ރިސޯޓަކަށް ދިޔައިއްޔާ ޓޭން ވެސް ވެލަން ވާނެދޯ.. އެބަ އަންނަން ފެންވަރާލައިގެން.. އައި އެމް ސޯ ޓަޔަޑް..” ލޫތް މިހެން ބުނެފައި ގޭތެރެއަށް ދާން ހިނގައިގަތެވެ. “އަހަރެން ވެސް ދަނީ.. ސީ ޔާ..” ޒޭން ވެސް އެތަނުން ދިއުމުން އެހެން މީހުން ވެސް ގޭތެރެއަށް ވަނެވެ. އޭޜު އިރުއޮއްސި މުޅި މާހައުލަށް ރޭގަނޑުގެ އަނދިރިކަން ވެރިވެއްޖެއެވެ.

****

ރޭގަނޑުގެ ކެއުމަށް ތަށިތަށް ނަގަން ހުރި އަޒުރާ ހުރީ އާދަޔާ ޚިލާފަށް މަޑުންނެވެ. އައިފާ ގެއަށް އައީންސުރެ އަދި ދަތުރުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ.

ދެތިން ފަހަރަކު ވާހަކަ ދައްކާލި ނަމަވެސް ހަމަޖެހިލައިގެން އިނދެ އައިފާ އާއި ވާހަކަ ދައްކާފައެއް ނުވެއެވެ. ކޮޓަރިން ނިކުއިން އައިފާ މިސްރާބުޖެހީ ކާގެއާއި ދިމާއަށްށެވެ.

ފެންވަރައިގެން ނިކުމެ ރަނގަޅަށް ބޯ ނުހިއްކައި ހުރުމުން އިސްތަށިތަކުގެ ކޮޅުގައި ތެތްކަން ވިއެވެ. މަޑު ހިނގުމެއްގައި އައިސް އަތް ދޮވެލުމަށްފަހު އައިފާ ސައި ހަދައިގެން މޭޒު ކައިރީގައި އިށީނދެލިއެވެ. އަޒުރާ ރިހަތަށި ގެނެސް މޭޒުމަތީގައި ބެހެއްޓި އިރު އާލިމް ވެސް އައިސް ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ.

ދެމައިން އެކަކު އަނެކަކާއި ވާހަކަ ނުދައްކައި މާ މަޑުން ތިބުމުން އާލިމަށް ކޮންމެ ވެސް ކަމެއް ގޯސް ވެއްޖެކަން އިނގުނެވެ. މިއީ އެހެންނޫނިއްޔާ ދެމައިން އުޅޭ ގޮތް ނޫންނަކަން އޭނާއަށް ރަނގަޅަށް އިނގެއެވެ. އަޒުރާ ސައި ހަދަން އެތެރެއަށް ދިޔަ ވަގުތު ބަލައި އާލިމް އައިފާގެ އަތުގައި ކޮއްޓާލިއެވެ.

“ކިހިނެތްވީ؟” އާލިމް މިހެން ބުނުމުން އައިފާ ދެބުމަ ކައިރި ކޮށްލަމުން ކޮންކަމެއްހޭ ބުނާގިތަށް ނިތްއަރުވާލިއެވެ. “ކީއްވެ ވާހަކަ ނުދައްކަ ތި ތިބީ؟ ސަމްތިން އިޒް ރޯންގް.. ޓެލް މީ.” އާލިމް މިހެން ބުނުމުން އައިފާ އެވާހަކަ ބުނަން ޖެހިލުންވިއެވެ.

“ކަމެއް ނުވޭ.. މިއަދު ޓްރެވަލް ކުރީމަ މާބޮޑަށް ޓަޔަޑްވެފައި މިހިރީ..” އައިފާ އޭނާގެ ސައިތަށި ބޮމުން ބުނެލިއެވެ.

އެވަގުތު އަޒުރާ އެތަނަށް އައުމުން އައިފާ ވާހަކަދެއްކުން ހުއްޓާލިއެވެ. ކެއުން ކުރިއަށް ދިޔައިރު ވެރިވެފައި އޮތް ހިމޭންކަމުން އާލިމަށް އުނދަގޫވިއެވެ. “ސޯ ކިހިނެތް ޓްރިޕް؟ ހަމައެކަނި މީޓިން ނިންމާލަފައި އައީތަ؟” އާލިމް އެ ހިމޭންކަން ފިލުވާލުމުގެ ގޮތުން ވާހަކަ ދެއްކިއެވެ.

“މީޓިން ވަރަށް ރަނގަޅު.. ދެން އެ ނިންމާލާފައި ޖެޓް ސްކީ ދުއްވީ.. އެންޑް ޑޯލްފިންތަކެއް ކައިރިއަށް ވެސް ދިޔައިން.. އަދި..” ލޫތް އިންނަން އެހި ގޮތުގެ ވާހަކަ ބުނަން އުޅެފައި އައިފާ ފަސްޖެހުނެވެ. އޭނާ ކިތަންމެ ވަރަކަށް އެވާހަކަ ބުނަން ބޭނުންވި ނަމަވެސް އެކަން ހާމަ ކުރެވޭކަށް ނެތެވެ.

“ދެން ވަރަށް މަޖާ..” އައިފާ މިހެން ބުނެ އެހިސާބުން އެވާހަކަ ނިންމާލިއެވެ. “ލޫތްއާއި އެކީ ދޯ އުޅުނީ.” އަޒުރާ ހިތްހަމަނުޖެހިފައި އިނދެ ބުނެލިއެވެ.

އަޒުރާގެ މި ބަސްތައް އިވުމުން އައިފާ ދެރަވެފައި އިސްޖަހާލިއެވެ. ދެން އޭނާ ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ އާލިމްއަށް ވަގުތުން ވެގެން އުޅޭ ގޮތް ރޭކާލިއެވެ.

އައިފާއާއި ލޫތްއާއި ދެމެދުގައި އޮތް ގުޅުން އޭނާއަށް ވެސް އިނގެއެވެ. ނަމަވެސް މިކަމާއި މަންމަ އެހައި ނުރުހޭކަމެއް އޭނާ ނުދެނެ ހުއްޓެވެ. “ދެން ލޫތްއާއި އެކީ ދިޔައިއްޔާ އޭނައާއި އެކީއެއްނުން އުޅޭނީ.. އައި ޓްރަސްޓް ހިމް.. އެއީ ރަނގަޅު މީހެއް.” އާލިމް ޖެހިލުމެއްނެތި މިހެން ބުނުމުން އަޒުރާގެ ރުޅިވެރި ނަޒަރު އޭނާއަށް ހުއްޓުނެވެ.

“މީހެއްގެ ގޮތެއް، ބަލާލާފައެއް ނޭނގޭނެ. އަދި އެވެސް އެކަހަލަ މުއްސަނދިން.” އަޒުރާ މިހެން ބުނުމުން އައިފާ އެއްޗެކޭ ބުނަން އުޅެފައި ވެސް ފަސްޖެހުނެވެ. “މަންމަ ވެސް ތިބުނީ ތެދެއް.. އެކަމަކު މުއްސަނދިވުން އެއީކީ ކުށެއް ނޫން.. އެންމެން އެއްގޮތެއް ނުވާނެ..” އާލިމަށް އަޒުރާގެ ވާހަކަތަކުން ވެގެން އުޅޭގޮތް ޔަޤީންވިއެވެ.

“މަންމާ.. ލޫތް ބޭނުންވެ މަންމައާއި ބައްދަލު ކޮށްލަން.” އައިފާ ޖެހިލުންވެފައި އިނދެ ބުނެލިއެވެ. އޭރު އޭނާ އިނީ ތުންފަތުގައި ދަތްއަޅައިގެން އަޒުރާ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކީއްކުރަން؟ ލާރިގަނޑެއް ދޭން!” އަޒުރާ ބުނި އެއްޗަކުން އައިފާ އިންތިހާއަށް ހިތުގައި ޖެހުނެވެ. އޭނާ ވަގުތުން އިންތަނުން ތެދުވެ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. އައިފާ ދިޔަތަން ބަލަން އިން އާލިމް ހިތްހަމަނުޖެހުނެވެ.

“ތިދެން ކޮން ކަމެއް މަންމާ.” އާލިމް ނުރުހުންވެފައި އިނދެ ބުނެލިއެވެ. “ކޮންކަމެއްހޭ؟ އާލިމްއަކަށް ނޭނގޭތަ ދެން ވެދާނެގޮތެއް.. ލޫތް ވެސް އެއީ ހަމަ އެކަހަލަ މުއްސަންޖެއް. މަންމަ ނޭދެން އައިފާއަށް އެފަދަ ގޮތެއްވާކަށް..” އަޒުރާ ތަށި ހިފައިގެން ތެދުވަމުން ބުނެލިއެވެ.

“އައިފާއަކަށް އެހެންނެއް ނުވާނެ.. އެއި އެޒަމާން.. މިއީ މިހާރު.. އޭރުގައި ކަންތައްތައް ވާގޮތަކަށް ނޫން މިހާރު ކަންތައްތައް ވާނީކީ..” އާލިމް ގާތަށް މިފަހަރު ރުޅިއައެވެ. އަޒުރާ އެގޮތަށް އައިފާއާއި ދޭތެރޭ ކަންތައްކުރާކަން އޭނާ ނޭދެއެވެ.

“އެކަމަކު ހަމަ ފައިސާވެރިން.. ވާނީ ހަމަ އެއްގޮތެއް.. ދަރިފުޅަށް ހަޤީޤަތް އިނގޭއިރު އިނގެންޖެހޭނެ މަންމަ މިކަމާއި ނުރުހޭ ސަބަބު.. މަންމަގެ ދަރިއަކަށް އެކަހަލަ ގޮތެއް ވިޔަކަ ނުދޭނަން..” އަޒުރާ މިހެން ބުނެފައި އެތެރެއަށް ދިއުމުން އާލިމް ދެފަރާތަށް ބޯ ހަލުވާލިއެވެ. އޭނާ އެގޮތަށް އައިފާގެ އުފާތަށް ވިއްސި ވިހާލެވިގެން ދާތަން ދެކޭކަށް ނުހުރެވޭނެއެވެ.

****

 

ކޮޓަރިއަށް ވައިން އައިފާ އެދުމައްޗަށް ވެއްޓިގަނެ، ބާލީހުގައި ބައްދައި ގަންނަމުން ރޯންފެށިއެވެ. އޭނާގެ މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައިރު ލޮލުން ފޭބި ހޫނުކަރުތައް ބާލީހަށް ފޭދިގެން ދިޔައެވެ. އަޒުރާ އެވަރަށް ލޫތްއަށް ނަފްރަތު ކުރަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.

ފައިސާވެރިއެއް ކަމަކު ލޫތްއަކީ ވެސް ހަމަ ހިތެއް އޮތް އިންސާނެކެވެ. އަޒުރާގެ ނުރުހުމުގައި ލޫތްއާއި ގުޅުމަށް އޭނާ މިހާރު ޖެހިލުންވިއެވެ. ކުއްލިއަކަށް ކައިރީގައި އޮތް ފޯނު ވައިބްރޭޓްވީ އަޑަށް ކަރުނުން ފުސްވެފައި ވީ ލޮލުން ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލިއިރު ގުޅަނީ ލޫތްއެވެ.

ނަމަވެސް އައިފާ ފޯނު ދުރަށް ލިއެވެ. މިވަގުތު އޭނާގެ ކިބައިގައި ލޫތްއާއި ވާހަކަ ދައްކާނެހައި ހިތްވަރެއް ނެތެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. ކޮޓަރީގެ ފަރުދާ ކަހާލާފައި ހުރި ކުޑަދޮރު ކައިރީގައި މަޑުކޮށްލި އައިފާ ބޭރަށް ނަޒަރު ހުއްޓާލިއެވެ. އުޑުގައި ވިއްސާރަ ވިލާތަށް ނަގަމުން ދިޔައިރު ތަރިތަކުގެ ބެބުޅުން ފަނޑުވަމުން ދިޔައެވެ.

އިރުކޮޅަކު މިހެން ހުރެފައި އޭނާ ބޭރަށް ދިއުމަށް ތައްޔާރު ވެލައިގެން ކޮޓަރިން ނިކުތެވެ. ގޭތެރޭގައި އާލިމް އިން އިރު އައިފާ ހުއްޓުވާކަށް އޭނާ ނޫޅެއެވެ. މިވަގުތު އެންމެ ރަނގަޅު ވާނީ އައިފާ އެކަނި ވެލުން ކަން އޭނާއަށް ވިސްނުނެވެ.

ފިނި ރެއެއް ކަމުން ލައިގެން ހުރި ސްވެޓާ ގަޔާއި ކައިރި ކޮށްލަމުން އައިފާ ވަކި މިސްރާބެއް ނެތި ހިނގައިގަތެވެ. ކާރުބާރު ގިނަ މަގުތަކުން ދިޔައިރު އޭނާ ހުރީ ހިމޭން ތަނަކަށް ދިއުމަށް އެދިއެދިއެވެ. އައިފާގެ ގޭ ކުރިމަތީގައި އަނދިރި ގޯޅިއަކުން ނިކުއިން ޒޭން މިސްރާބުޖެހީ ސީދާ އައިފާގެ ފަހަތުންނެވެ.

އޭނާއަށް އައިފާ އުޅޭތަން އިނގުމުން އެތަނަށް އައިސްލީ ކޮންމެހެން އައިފާ ފެންނާނެކަމުގެ އުއްމީދުގައެއް ނޫނެވެ. ނަމަވެސް އެކޮޓަރީގެ ކުޑަދޮރުން އައިފާ ފެނި ޒޭން އެތަނުން ދާހިތެއް ނުވިއެވެ.

އައިފާ އެ ކުޑަދޮރު ކައިރީގައި ހުއްޓެލި އިރު ޒޭންއަށް ކަޅި ޖަހާނުލައި އެ ހިތްގައިމު ސޫރައަށް ބެލުނެވެ. އެއަށްފަހު އޭނާ ގެއިން ނިކުތުމުން ޒޭންއަށް ކެތްނުވެގެން އެދިމާއަށް ދާން ފެށުނެވެ. އޭނާ ލައިގެން ހުރި ކަޅުކުލައިގެ ހޫޑީ ބޮލުގައި އަޅާލަމުން އައިފާ ފަސްފަހަތުން ހިނގަމުން ދިޔައެވެ.

އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔަ އައިފާއަށް ފަހަތުން ޒޭން އަންނަކަމެއް ނޭނގެއެވެ. އޭނާގެ ޚިޔާލުތަކުގައި އެނބުރެމުން ދިޔައީ ލޫތްއެވެ. އަޒުރާއެވެ. އެކަމާއި ވިސްނިވަރަކަށް ބޮލުގެ ރިހުން އިތުރުވިއެވެ. ފަހަތުންއައި ޒޭން އިންތިޒާރު ކުރަމުން ދިޔައީ އައިފާ މީހުން މަދު ހިސާބަކަށް ދާނެ އިރަކަށްށެވެ. އޭނާ ބޭނުންވީ އައިފާއާއި ގާތްވެލާށެވެ.

މީހުން މަދު ހިސާބަކަށް ދެވުމުން އައިފާ ހިނގުން ލަސްކޮށްލިއެވެ. ޖެހެމުން ދިޔަ ބާރު ފިނި ވައިރޯޅިތައް އެފަން އިސްތަށިގަނޑަށް އެކިގޮތްގޮތުން ގޯނާ ކުރަމުން ދިޔައެވެ. ފަހަތުގައި ހުރީ ޒޭން ތަންކޮޅެއް ކައިރިއަށް ޖެހެލީ އައިފާއަށް ނޭނގޭނެވަރު ބަލާފައެވެ. “އައިފާ..” ޒޭން ވަރަށް މަޑުން މިހެން ބުނެލި އަޑަށް އައިފާ ސިހިފައި ފަސްއެނބުރި ބަލާލިއެވެ.

ނަމަވެސް ފަހަތުގައި ތިބީ ހިނގަމުންއައި ދެތިން މީހުންނެވެ. އެއީ ހީވި ކަމަކަށް ނިންމައި އައިފާ ކުރިއަށް ހިނގައިގަތެވެ. ޒޭން ލައިގެން ހުރި ހޫޑީއިން އައިފާއާށް އެ ގޮވާލީ ކާކުކަން ނޭނގުނީއެވެ. ނަމަވެސް ދެން ކައިރިވާ ފަހަރަކުން ގޮވާލީ ކާކުކަން އޭނާ ރަނގަޅަށް އަންގައިދޭނަމޭ ޒޭން ހިތަށް އެރިއެވެ. މިހާރު ވަރަށް ކެތް ކުރެވިއްޖެއެވެ.

މަގު ހުރަސްކުރި އައިފާ މިސްރާބުޖެހީ ކައިރީގައި އޮތް އަނދިރި ގޯޅިގަނޑަށްށެވެ. ހިނގަމުން ދިޔައިރު މިވަދެވުނީ މީހަކު ފެންނަން ނެތް ހަނި ގޯޅިއަކަށް ކަމެއް އޭނާއަކަށް ރޭކާއެއް ނުލިއެވެ. އަތުގައި އޮތް ފޯނަށް ލޫތް ގުޅަމުން ދިޔަ ނަމަވެސް އޭނާ އެއަށް ދިނީ ބީރު ކަންފަތެކެވެ. ޖެހެމުންދިޔަ ވަޔާއި އުޑުމަތީގައި ބޯކުރަމުން ދިޔަ ވިލާތަކުން ހީވަނީ ހަމަ ދެންމެ ދެންމެ ކެރިގަނޑު އޮއްސާލަފާނެ ހެންނެވެ. ހިނގަމުންދިޔަ އައިފާގެ އުނަގަނޑުގައި މީހަކު ހިފައި ފަހަތަށް ދަމާލި އިހުސާސް ވުމުން އޭނާގެ ހަޅޭކުގެ އަޑު އެގޯޅި ގަނޑުތެރޭގައި ހިފާލިއެވެ. ނަމަވެސް ހަމަ އެސިކުންތުގައި އައިފާގެ އަނގަމަތީ ބާރުގަދަ އަތެއް އެޅުނެވެ.

-ނުނިމޭ-

64
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

ހިތް ރޮއްވާލަދިން ފަރިކަމޭ 1

Next

ޤުރުބާންވުމީ މިހިތުގެ އުފާ 31 ވަނަ ބައި

Next
July 23, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 31 ވަނަ ބައި

Previews
July 23, 2016

ހިތް ރޮއްވާލަދިން ފަރިކަމޭ 1

51 Comments

  1. layaal says:
    July 23, 2016 at 10:15 pm

    hey so i’m back. enjoy. let me know how it is. next part on Tuesday in sha allah.
    Love

  2. havvu says:
    July 23, 2016 at 10:21 pm

    Wow nice waiting for next part

    1. lolx says:
      July 23, 2016 at 10:23 pm

      U idiot thi meehaa first ahh v keehkurann???

  3. lolx says:
    July 23, 2016 at 10:22 pm

    Wow varahh rewthi.me second?

  4. Miu says:
    July 23, 2016 at 10:59 pm

    Alhey Ifa ah dheravey gotheh nuhadhahchey.. N Zeyn pls stay away from her.. she’s lots property ey now..

  5. Same says:
    July 23, 2016 at 11:04 pm

    V nice

  6. Rish says:
    July 23, 2016 at 11:10 pm

    Haadha inthixaaren knfeemey

  7. maiha says:
    July 23, 2016 at 11:19 pm

    wooow.. v interesting…loved it..?

    1. layaal says:
      July 24, 2016 at 8:05 pm

      thank you ?

  8. Julie says:
    July 23, 2016 at 11:20 pm

    Story varah nice…plx avahah up kohdhehchey

    1. layaal says:
      July 24, 2016 at 8:12 pm

      Thanks Julie ❤️

  9. abc says:
    July 23, 2016 at 11:26 pm

    layaa… kyhve Sunday ga up nukohdheny?? mi part vxx vrh salhi…. waitin

    1. layaal says:
      July 24, 2016 at 8:06 pm

      i wanted to let the readers see the new episode for the first thing in the morning if they check. so no delay. ?

  10. mary says:
    July 23, 2016 at 11:41 pm

    Nice

  11. Ary says:
    July 23, 2016 at 11:52 pm

    Finally!!! alhey e zayn dhuruga hurebala! loot ah igunima foari hunaane. amd we missed you layyaal. yeyyy your bavk ❤️??? and varah salhi hama as usual.

    1. layaal says:
      July 24, 2016 at 8:06 pm

      thank you Ary ?

  12. Saajidh says:
    July 23, 2016 at 11:54 pm

    WOW… V v v reethi… ekam mihaaru maa las up kuraaleh… miahvure avahah up kolleveyne gotheh noannaanetha?? Next part ah eba v inthizaaru kurevey… next part avas kollahchey…

    1. layaal says:
      July 24, 2016 at 8:07 pm

      Thanks ??

  13. mooon says:
    July 24, 2016 at 12:11 am

    Story hama best

  14. aish says:
    July 24, 2016 at 12:50 am

    Varah reethi. Ekam up vaaleh lahee ? thankolheh avahah up kohdhehchey

    1. layaal says:
      July 24, 2016 at 8:07 pm

      thank you. it will be up every other day. next part on Tuesday in sha allha as usual ??

  15. lyn says:
    July 24, 2016 at 1:43 am

    Story hama baraabaru…keep it up..

  16. Meeko says:
    July 24, 2016 at 7:28 am

    Story hama baraabaru. Ekamaku not zeyn layaa. Looth please ethanah aa dhe bala. Haadha best vaaney next bai. Missed u layaal. Love u

    1. layaal says:
      July 24, 2016 at 8:08 pm

      Thank you dear ❤️❤️

  17. Laali says:
    July 24, 2016 at 8:56 am

    Kmaku. Nudhe abadhu eh geye ge meehun ehkak dheke lobi vehgen ulheythi…..kurin fahar loth,naail&nax…..noww zan,looth&aifaa…dhen aifaa pregg vaani

    1. Faathi says:
      July 24, 2016 at 9:44 am

      if you read the story correct ehen neh noo v ki. tue main plot of looth and leena and naail was lulu. it was how she hid the truth and how that turned out. hiyaalaki thafaathu ehche. in my opinion even though they love the same girl the whole concept is different. and this story is much better than what laraa and aisha writes. just saying.

  18. Popo says:
    July 24, 2016 at 10:20 am

    varah furihama. layaal ge story mathin vara miss vi. glad your back. thee hama best writer on this site. thanks layaa ❤️❤️

    1. layaal says:
      July 24, 2016 at 8:08 pm

      missed you readers too ?? thanks

  19. Anon says:
    July 24, 2016 at 1:00 pm

    wow! varah salhi igey. dhen avaha looth and aifa marry kuruvaa. get zayn out of the way. love it layaal ❤️❤️

    1. layaal says:
      July 24, 2016 at 8:11 pm

      thanks Anon ??

  20. Aroo says:
    July 24, 2016 at 1:37 pm

    varah nice waiting hama

    1. layaal says:
      July 24, 2016 at 8:10 pm

      thanks ?

  21. Marsh says:
    July 24, 2016 at 2:01 pm

    Maa slow up kuraaleh…..dhen mivaahakaeh nukiyeyne bye

    1. Yool says:
      July 24, 2016 at 3:00 pm

      She was busy last two weeks and had some personal problems. kame dhimaa vedhaane dhw hama. writers ge ves ammila life eh onaane. abadhu story liyaani kee noon dhw. etha ireh heydha kohagen dhw konme part eh ves liyaani. nuliyevey fahareh ves aisdhaane. and layaal clearly said what happened and the readers should respect that. she is one of the few writers on this site who updates the story regularly. just because she other priorities that doesn’t mean you have to be rude about it. nukiyaa kudhin nukiyaani. ammila ah vaahaka eh liyuni ma igeyni ekamuge burakan. so let’s appreciate what these writers are doing. thibeyfulha nikuyas layaal ah support kuraa etha bae ebathibi and we won’t leave just because she couldn’t update due to her own reasons. we love her ❤️❤️❤️❤️❤️❤️❤️

  22. aimin mau says:
    July 24, 2016 at 2:21 pm

    Hey everyone!!! Our best writer is back!!!! Yayyyyy!!!!!Vr nice n cnt wait until nxt part!!!! I missed u layaa!!!! ?

    1. layaal says:
      July 24, 2016 at 8:09 pm

      hehe. thanks aimin for the welcome back. ❤️❤️

  23. Ameesha❤ says:
    July 24, 2016 at 3:47 pm

    Its really wonderful… But why aaxima is not agreeing??? Anehkkaa loot bahphatha ehn hedhee… Oh poor aifa…

    1. layaal says:
      July 24, 2016 at 8:09 pm

      we have to see about that. btw thanks ??

  24. Ilu says:
    July 24, 2016 at 7:54 pm

    varah furihama❤️❤️ love it

    1. layaal says:
      July 24, 2016 at 8:10 pm

      thank you

  25. Shau says:
    July 24, 2016 at 8:14 pm

    Dhigu intizaareh ge nimun. oh layaal we MISSED YOU ❤️❤️ Finally my favorite story is back. hama hiy thalhuvaalafa thi ninmaali. can’t wait for Tuesday ??

  26. Faathee says:
    July 24, 2016 at 8:29 pm

    Yeay finally layaal is back. Story hama haabeyss as usual. Masha Allah. V furihama. Alhe enme kurin up kuramun aa gotha up koh nudheveyne tha. Eyru up kuraane as I remembered Saturday Sunday Tuesday Thursday ga..

  27. Faathee says:
    July 24, 2016 at 8:33 pm

    Yayyy finally layaal is back. Story hama haabeyss as usual. Masha Allah. V furihama. Alhe enme kurin up kuramun aa gotha up koh nudheveyne tha. Eyru up kuraane as I remembered Saturday Sunday Tuesday Thursday ga. V v inthizaaru kurevey mi story ah

    1. layaal says:
      July 24, 2016 at 11:38 pm

      yes the story will be updated on those days as usual in sha allah. thanks ??

  28. Faroo says:
    July 24, 2016 at 8:34 pm

    varah furihama. wonder why azura is so against looth ??

  29. Aathi says:
    July 25, 2016 at 10:57 am

    waiting waiting for tomorrow ??

  30. Ishaan says:
    July 25, 2016 at 12:58 pm

    Thafaathu ingey next episode neren ulhey dhen avahah.. ???

  31. ???? says:
    July 26, 2016 at 11:45 am

    Layaa kobaa thr storyy itss tuesdayy

  32. shaya says:
    July 26, 2016 at 12:10 pm

    Haadha lahey

  33. layaal says:
    July 26, 2016 at 12:28 pm

    hey guys so i’ll update it today around 2 igey. in progress right now.
    Love ❤️

  34. Faathee says:
    July 26, 2016 at 12:32 pm

    Waiting….

Comments are closed.

All Right Reserved!