Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެންމެ ފަހު ނޭވާ ލަމުންވެސް… 5 ވަނަ ބައި

Hoody Level 310 Stories100 Comments
July 23, 2016 5 Mins Read
74 Comments

“އައް… އައްސަލާމް އަލައިކުމް” ތުރުތުރު އަޅާ އަޅާ އޮތް އަޑުން އަދުނާން ސަލާން ގޮވާލިއެވެ.

އެއާއެކު ބަދިގެތެރޭހުރި އަމީލިޔާގެ ހަރަކާތްތައް ގަނޑުވިކަހަލައެވެ. އެއީ އޭނާ ދުވަހަކުވެސް ހަނދާން ނެތޭނެ އަޑެއް ނޫނެވެ. އަތުގައި ހުރި ރިހަ ބޯތަށި އަވަސް އަވަހަށް މޭޒުމަތީ ބެހެއްޓިއިރު އޭނާގެ އަތް ތުރުތުރުއަޅަމުން ދިޔައެވެ. ފާރުގައި އަޅުވާފައިހުރި ތުވާލިގަނޑުން އަތް ފުހެލުމަށްފަހު އޭނާ ގޭގެ ފެންޑާއަށް ނުކުތެވެ. އެއާއެކު އޭނާގެ ކަޅިގޮސް ހުއްޓުނީ ގޭގެ ދޮރުމަތީ ހުއްޓިލައިގެންހުރި އަދުނާނަށެވެ. އެއާއެކު އޭނާގެ ހަރަކާތްތައް ހަރު ހިލަފަދައިން ގާ ވެއްޖެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލު ވުމާއެކު މާޒީގެ ކުލަ ފަނޑު ޞަފުހާތަކުގެ ތެރެއަށް ފީނައިގަތް ކަހަލައެވެ.

ދެތިން ހަތަރު މިނެޓްވަންދެން ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިއްބެވެ. ވާނީވެސް އެހެންތާއެވެ. 19 އަހަރު ފަހުން އަނެއްކާވެސް ބައްދަލުވީއެވެ.

ދެމީހުންނަށްވެސް ހަމަބިމަށް ތިރިވެވުނީ ކޮޓަރިން ރިޝްފާ ނުކުތްއަޑަށެވެ. އަމީލިޔާ ނުވާކަމަކަށް ހަދާލުމަށްފަހު ސިއްރު ސިއްރުން ދެލޯ ފުހެލިއެވެ. އެއިރު އަދުނާނުގެ ނަޒަރު ހުއްޓިފައި ހުރީ ރިޝްފާއާ ދިމާއަށެވެ.

ގަޔަށް ދޫ ނިވާކަންބޮޑު ކަޅު ހެދުމާއި ކަޅު ބުރުގާއަކުން ނިވާވެލައިގެންހުރި ރިޝްފާގެ އަލި މޫނުމަތިން ކަޝްފުވެފައިވާ މައުސޫމްކަން ފެނުމާއެކު އަދުނާނުގެ މުޅި ހަށިގަނޑަށް ފިނިގަނޑެއް ފެތުރިގެންް ދިޔަކަހަލައެވެ. މިއީ، އަމީލިޔާ އެކަނި މާއެކަނި ބަލާބޮޑުކުރި ދަރިފުޅުގެ ކިބައިން ފެންނާނެކަމަށް އަދުނާނު އުއްމީދުކޮށްގެން ހުރި ސިފަތަކެއް ނޫނެވެ. އޭނާ ހީކުރިވަރަށްވުރެ، އަމީލިޔާ ރިޝްފާ ތަރުބިއްޔަތު ކޮށްފައިވާލެއް މާ ފުރިހަމައެވެ. އަދުނާނަށް ފުރަތަމަ ފަހަރަށް އައިނާންގެ އުޅުމާއި ރިޝްފާގެ އުޅުން އަޅާކިޔާލެވުނެވެ. ތެދެކެވެ. އެ ދެކުދިންނަކީވެސް އަދުނާނުގެ ލެޔެވެ. އެ ދެކުދިންނަކީވެސް ދާދި އެއް އުމުރެއްގެ ދެ އަންހެންކުދިންނެވެ. ނަމަވެސް ދެކުދިންގެ އަދާތައް އުޑާއި ބިން ހާ ތަފާތެވެ.

“ވަދޭ އެތެރެއަށް” އަޑު ހަމައަކަށް އަޅުވާލަމުން އަމީލިޔާ ބުނެލިއެވެ. މިއާއެކު އަދުނާނަށް ސިހިފައި ހިޔާލުތަކުން ބޭރުވެވުނެވެ. އެއިރު ރިޝްފާ، އޭނާގެ މަންމަ ކައިރީ އިސްޖަހާލައިގެން ހުއްޓެވެ. “ދަރިފުޅާ އެހެރީ އަދުނާނުބޭ އިނގޭ! ދަރިފުޅު މާލެ ގޮސް ހުންނާނީ އެ ބޭބެގެ ގޭގަ!”

އަދުނާނަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ރިޝްފާގޮސް ބަދިގެއަށް ވަނެވެ. އެއާއެކު އަދުނާނު އަމީލިޔާގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. އޭނާގެ ހިތުގައި އުފެދިފައި ވަނީ ކޮން ސުވާލެއްކަންވެސް އަމީލިޔާއަށް އެނގޭ ކަހަލައެވެ. އެހެންކަމުން އެ ސުވާލަށް ޖަވާބު ދިނުމަށްޓަކައި އަމީލިޔާ މަޑުމަޑުން ބޯޖަހާލިއެވެ. އެއާއެކު ދެލޮލަށް ޖަމާވެފައިހުރި ކަރުނަތައް އޮހޮރިގަތެވެ. ހިތް ކިތަންމެ އެދުނު ނަމަވެސް އެ ކަރުނަތައް ފުހެދިނުމުގެ ހައްގެއް އަދުނާނަކަށް މިއަދަކު ނެތެވެ. ވުމާއެކު އަމީލިޔާއާ ދިމާއަށް ބަލަހައްޓައިގެން އަދުނާނަށް ހުރެވުނީއެވެ.

“ކާން ހެދިއްޖެ މަންމާ!” ރިޝްފާ އައިސް ސިއްރު ސިއްރުން އަމީލިޔާގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

***

“އަދިވެސް ހަމަ އެ ރަހަ! ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ! ނާހީ އަކަށްވެސް ނޭނގެ މިހެން ރިހަ ކައްކާލާކަށް!” މޭޒުމަތީހުރި ލޯވަށިން ފެންފޮދެއް ބޯލުމަށްފަހު އަދުނާނު ބުނެލިއެވެ. އެއާއެކު އަމީލިޔާގެ މޫނުމަށްޗަށް ވެރިވެގެންދިޔައީ ލަދުވެތި ހިނިތުންވުމެކެވެ.

“ނާހިދާ ރަނގަޅުތަ؟” އަމީލިޔާ މަޑުމަޑުން އަހާލިއެވެ. އެދެމީހުންގެ އެއްވެސް ވާހަކައަށް ރިޝްފާއަށް އިއްވާކަށް އަމީލިޔާ ބޭނުމެއް ނޫނެވެ. އެދެމީހުންގެ “އަނދިރި ސިއްރު” ރިޝްފާއަށް އެނގިއްޖެނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟ އަމީލިޔާ ބިރުގަންނަ ކަމަކީ އެއީއެވެ.

“އޯކޭ ދެން! ދަރިފުޅުވެސް މިހާރު ރިޝްފާ އެކޭ އެއްވަރު ވާނެ!” އަމީލިޔާގެ މޫނަށް ބަލަހައްޓައިގެން އިނދެ އަދުނާނު ވާހަކަ ދައްކަމުން ދިޔައެވެ. “އަހަރެން ހިތައް އަރާ މިއޮއް ހުރިހާ ދުވަހު ރިޝް ކީއްވެބާއޭ ކިޔަވަން ނުފޮނުވާ ބަހައްޓާފަ އެހެރީ! މަ ބުނީމެއްނު ކަމެއް ބޭނުންވެއްޖެއްޔާ ވަގުތުން ބުނާށޭ! އޭނަ އަކީވެސް އަހަރެންގެ ދިރިއުޅުމުގެ ބައެއް!”

“ދަރިފުޅު އަހަންނާ ދުރަށް ގެންދަން ޖެހޭތީ މިއޮއް ހުރިހާ ދުވަހު ހުރެވުނީ!” ދެއަތް ދެއަތާ މޮޑެލަމުން އަމީލިޔާ އިސްޖަހާލިއެވެ. “އޭނައަށް ކިޔަވައިދޭނެ އެއްވެސް ގޮތެއް ނެތީމަ އަދުނާނަށް ގުޅީވެސް!!”

“އަމީ ކީއްވެތަ ތިހާ ބޯ ހަރީ! ހިނގާބަލަ މަށާ އެއްކޮއް މާލެ ދާން! އޭރުން ހުރިހާ ކަމެއް ހަމައަކަށް އެޅިގެންދާނެ!”

“މިއަދުވެސް އަހަރެން ދޭނީ މީގެ 19 އަހަރު ކުރިން އަހަރެން އަދުނާނަށް ދިން ޖަވާބު! މަ ދުވަހަކުވެސް، ދުވަހަކުވެސް މާލެއަކަށް ނުދާނަން! ސަބަބުންވެސް އަދުނާނަށް ހަމަ ރަނގަޅަށް އެނގޭނެ! މަ ބޭނުމެއްނޫން އަހަރެންގެ ސަބަބުން ތި ދެމަފިރިންގެ ދިރިއުޅުން ހަލާކުވެގެން ދާކަށް!!”

“ކުރާނެ ކަމެއް ނެތް! މަށަކަށް ގަދަ ކަމަކުން އަމީއެއް ނުގެންދެވޭނެ!” ގޮނޑިން ތެދުވުމަށްފަހު އަދުނާނު އަތް ދޮވުމަށްޓަކައި ސިންކް ކައިރިއަށް ޖެހިލިއެވެ. “ދެން ކީއްވެގެންތަ އަދިވެސް އަހަރެންގެ ވާހަކަ ރިޝް ކައިރި ނުބުނެ ތި ހުންނަނީ! އޭނާއަށްވެސް ހަޤީޤަތް އެނގުމުގެ ހައްގު އޮންނަން ވާނެދޯ! ނުބުނެ ހުއްޓާ އެހެން ގޮތަކުން ފަޅާ އަރައިފިއްޔާ މާ ސަކަރާތްވާނެ!”

“މަށަށްވެސް އެނގޭ ތިކަން! އެކަމަކުވެސް ޖެހިލުންވަނީ! އޭނާ އަދިވެސް ހީކުރަނީ ފާއިޒަކީ އޭނާގެ ބައްޕަ ކަމަށް!! އެހެންވެ އަހަންނަށްވެސް ހަގީގަތް ނުބުނެ ހުރެވުނީ!”

***

ހަޔާތުގެ ދުވަސްތައް ހަމަ ކުއްލިއަކަށް ބަދަލުވެގެން ދަނީއެވެ. ފަޅުތެރޭ އޮތް ލޯންޗަށް ނަޒަރު ހުއްޓާލައިގެން ހުރި ރިޝްފާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އެއިރު އަދުނާނާއި އަމީލިޔާ ކޮންމެވެސް ވާހަކަތަކެއް ދެއްކުމުގައި ތަންކޮޅެއް ދުރުގައި ތިއްބެވެ. އޭނާގެ މަންމަ އާއި އަދުނާނުގެ އޮންނަނީ ކޮންކަހަލަ ގުޅުމެއްބާއެވެ؟ ރިޝްފާގެ ހިތް އޭނާގެ ނަފްސާ ސުވާލުކޮށްލިއެވެ. އަމީލިޔާ ދުވަހަކުވެސް އެހާ ގާތް އެކުވެރިއަކު މާލޭގައި ހުންނަ ވާހަކައެއް ބުނެފައެއް ނުވެއެވެ. މަންމަ އަކީވެސް “ކަޅު” މާޒީއެއް ސިއްރުކޮށްގެން އުޅޭ މީހެއްކަމަށް ރިޝްފާގެ ހިތް ބުންޏެވެ.

“ޕޮއް!!!” ރިޝްފާއަށް ސިހިފައި ފަހަތް ބަލާލެވުނުއިރު ޝިމާލް ހުރީ ނުހަނު ގާތުގައެވެ. ފެންކަޅިވެފައިވާ ލޮލާއެކު ރިޝްފާ ހިނިތުންވެލިއެވެ. ޝިމާލްގެ މޫނުމަތިންވެސް ފެންނަމުންދިޔައީ “ކުރަހާފައިވާ” ހިނިތުންވުމެއްކަން ބަލާލި ކޮންމެ މީހަކަށް އެނގިގެންދާނެއެވެ. ދެމީހުންގެ ހިތުގައި އުތުރި އަރަމުންދިޔަ ޖަޒްބާތުތައް، ކަރުނަ ތިކިތަކެއްގެ ސިފައިގާ ކޯތާފަތްމައްޗަށް އޮހޮރަމުންދިޔައެވެ. މިއީ، އެދެބައިވެރިންގެ އެންމެފަހުގެ އަލްވަދާޢު ބާއެވެ؟ އެހެން ހިތަށް އެރުމާއެކުވެސް ޝިމާލްގެ ހިތުގައި ހީވީ އެއްޗަކުން ޖެހިހެންނެވެ.

“ޕިނޯކިޔޯ އަހަރެން މަތިން ހަނދާން ނައްތާލާނަންތަ؟” ކުރެހިފައިވާ އަޑަކުން މަޑުމަޑުން ރިޝްފާ ބުނެލިއެވެ.

“އާން! ލޯންޗު ހަމަ ނެރުން ނުކުންނައިރަށް ހަނދާން ނެތޭނެ!!” ހިނިތުންވެލަމުން ޝިމާލު ބުނެލިއެވެ. އެއާއެކު ރިޝްފާ ޝިމާލުގެ ނޭފަތަށް ދަމާލިއެވެ.

“ނޭފަތް ދިގުވީތަ؟؟” ޝިމާލް އަހާލިއެވެ.

“ހޫން ވަރަށް!!” ހިން ދިރުވާލުމަށްފަހު ވައިއަޑުން ރިޝްފާ ބުންޏެވެ. “މަށަށް ގުޅާތި އިނގޭ!!”

“ހީވޭތަ ނުގުޅާ ހުރެވޭނެ ހެން!!”

“ދަރިފުޅާ ލޯންޗަށް އަރަންވީނު!!” އަމީލިޔާ ބުނިއަޑު އިވުނެވެ. މިއާއެކު ރިޝްފާ މަޑުމަޑުން ޝިމާލުގެ އަތަށް ފިތާލިއެވެ. ހަމައެވަގުތު ރިޝްފާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް ޖެހުނީ ޝިމާލުގެ އަތްތިލާގައެވެ.

“ވަރަށް ފޫހިވޭ!!” ރިޝްފާ ބުނެލިއެވެ.

“އަހަރެންވެސް” ޝިމާލު ޖަވާބު ދިނެވެ.

ރިޝްފާ ލޯންޗާ ދިމާއަށް ހިނގައިގަތީ ޝިމާލުގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ. ރިޝްފާގެ އަތުތެރޭ އޮތް ޝިމާލުގެ އަތް މަޑުމަޑުން ލުދެމުން އައިސް ދެމީހުންގެ އަތް ވަކިވެއްޖެއެވެ. މިއީ ދެމީހުންގެ ވަކިވުންބާއެވެ؟ މާލެއަށް ދިއުމަށްފަހު ރިޝްފާގެ ދިރިއުޅުން އެނބުރިގެންދާނީ ކިހިނެއް ކަމެއްވެސް އެނގެނީކީ ނޫނެވެ. ވީއިރު……………

އަމީލިޔާގެ ދެލޮލުން ހޯސްލާފައި އޮހޮރެމުންދިޔައީ މައިވަންތަކަމުގެ ކުލުނާއި ލޯބީގެ ހޫނު ކަރުނައެވެ. އެކަނި މާ އެކަނި ބަލާބޮޑުކުރި ދަރިފުޅު މުޅިން އާ ބައެއްގެ ތެރެއަށް ދޫކޮށްލެވެނީއެވެ. އެއްމިޔަކަނުން ރޮވެމުންދިޔައިރު އަނެއް މިޔަކަނުން ހިނިތުންވެވުނެވެ. ރިޝްފާގެ ހުވަފެންތައް ހަޤީޤަތަކަށް ވާތީއެވެ. އޭނާގެ ކުރިމަގު އުޖާލާ ވާތީއެވެ. އެއީ، މިދުނިޔެމަތިން އަމީލިޔާ އެންމެ ދެކެން ބޭނުންވި ދުވަހެވެ. ވީއިރު މިއަދު ރޮއެގެން ކަމުދާނެ ހެއްޔެވެ؟ އަމީލިޔާ އަވަސް އަވަހަށް ކަރުނަ ފުހެލުމަށްފަހު ހިނިތުންވެލިއެވެ. އޭނާ ރިޝްފާގެ ގައިގާ ލޯބިން ބައްދާލީ ދުވަހަކުވެސް މި މަންމަ މަތިން ހަނދާން ނައްތާ ނުލާށޭ ބުނާފަދަ ގޮތަކަށެވެ.

މި މަންޒަރު ބަލަންހުރި އަދުނާނުގެ މޫނުމަތިން ފެންނަންހުރީ މުޅިން ތަފާތު އިހުސާސްތަކެކެވެ. އާނއެކެވެ. މިފެންނަނީ އޭނާ ދުވަހަކުވެސް ނުދެކޭފަދަ މަންޒަރެކެވެ. ދަރިންނާއި މައިމީހާއާ އޮންނަ ގުޅުމަކީ ހަޤީޤަތުގައިވެސް ހާދަހާ ވަރުގަދަ ގުޅުމެކެވެ. ވީއިރު އޭނާގެ ގޭތެރެއިން މި ގުޅުން ނުފެންނަނީ ކީއްވެބާއެވެ؟ އަދުނާނަށް ގޯސްކޮށް ކުރެވުނީ ކޮން ކަމެއްބާއެވެ؟

***

ލޯންޗު ފަޅުން ނުކުންނަނީއެވެ. އަމީލިޔާއާއި ޝިމާލު ހަމަ އެހުރިތާ ހުއްޓިގެން ހުރީއެވެ. ލޯންޗުގޮސް ލޮލުކޮޅަށް އޮބާލަންދެންނެވެ. ކުރިމަތީ އޮތީ ކޮންފަދަ އެކަނިވެރި ދުވަސްތަކެއްބާއޭ ހިތަށް އެރުމުންވެސް ދެލޯ ފެންކަޅިވާހާވެއެވެ.

ލޯންޗުގޮސް ލޮލުކޮޅަށް އޮބާލުމާއެކު ޝިމާލު ބަލާލީ އޭނާގެ އަތުގައި ހިކިފައި އިން ރިޝްފާގެ ކަރުނަ ތިއްކަށެވެ. އޭނަ މަޑުމަޑުން އެތަނުގައި ތުންފަތްޖައްސާލިއެވެ. އެއީ ރިޝްފާ އޭނާއަޓަކައި ދޫކޮށްފައިދިޔަ އެންމެ ފަހުގެ ހަނދާނެވެ.

***

“މަންމާ!! ގެނެސްދީބަލަ ފެން ފުޅިއެއް!!” ކޮޓަރިން ނުކުމެގެން އައިސް ސޯފާއަށް ޖެހިގަންނަމުން އައިނާން އަޑުގެ ކޮޅަށް ބުންޏެވެ. ރިޝްފާގެ ކޮޓަރި ރީތި ކުރަންހުރި ނާހިދާއަށް ފުރަތަމަ އެ އަޑަށް ސަމާލުކަމެއް ނުދެވުނެވެ. ޖަވާބެއް ނައިސް 2 މިނެޓް ވުމާއެކު އަނެއްކާވެސް އައިނާން ހަޅޭ ލަވައިގަތެވެ.

“އެ ކީއްކުރަނީތަ؟؟ ނީވޭތަ މަ ކިޔާ އެއްޗެއްގެ އަޑެއް!” ސޯފާއިން ތެދުވެގެން އައިސް އައިނާނުގެ ކޮޓަރިިއާ ޖެހިގެން ހުރި ކޮޓަރީގެ އެތެރެއަށް އައިނާން ބޯދިއްކޮށްލިއެވެ.

“ކީކޭ ދަރިފުޅާ!!” އެނދުގައި ބެޑްޝީޓް އަޅަން ހުރި ނާހިދާ އައިނާނާ ދިމާއަށް ބަލާލިއެވެ. “މަންމަ ވަރަށް ބިޒީކޮށް މިއުޅެނީ! ރިޝް އަންނަންވާއިރަށް ރޫމް ރެޑީކޮށްލަން!!”

“ރިޝް އޭ!!” ދެބުމަ ގޮށްޖަހާލަމުން އައިނާން ބުނެލިއެވެ. “ކޮން ރިޝްއެއް!”

“ބައްޕަ ނުބުނޭތަ!!” ނާހިދާ އަނެއްކާވެސް ބެޑްޝީޓް އެޅުމައިގެން މަޝްޢޫލުވިއެވެ. “އެއީ ބައްޕަގެ ފްރެންޑެއްގެ ދަރިއެއް! މިގެއަށް ކިޔަވަން އަންނަނީ!”

“ބައްޕަ ފްރެންޑެކޭ!! ރާއްޖެ ތެރެ؟؟” އައިނާން މޫނަށް ގޮތެއް ހަދާލިއެވެ. “ޖީޒް!”

“ކީއްތަ ވީ؟ ރާއްޖެ ތެރެ ވީމަ އެއީ އިންސާނުންނެއް ނޫންތަ؟”

“ހުހް! އެހާ ބޯރިންގް ބައެއް! ފެޝަން އަކީ ކޯންޗެއް ކަމެއް އެމީހުންނަކަށް ނޭނގޭނެ! މީހުންނާ ސަޅިކޮށް ޓޯކް ކޮށްލާކަށް ނޭނގޭނެ!” އައިނާން މަލާމާތުގެ ރާގެއްގައި އަމުނާލިއެވެ. ނާހިދާ ހުރީ އައިނާނުގެ ވިސްނުމުގެ ދޯހަޅިކަން ފެނި ހައިރާންވެފައެވެ.

“ދަރިފުޅު ތި ވިސްނަނީ ކޮންތާކު އޮތް ސިކުނޑިއަކުންތަ؟ ރިޝްފާ އަކީ ވަރަށް ރަނގަޅު ކުއްޖެއް! ދަރުފުޅު ޖެހޭނެ އޭނާއަށް ރެސްޕެކްޓް ކުރަން! ރިޝް ފޫހި ވިޔަ ދީގެން ނުވާނެ! އޭނަގެ ކަންކަމުގަ ހެލްޕްވާން ޖެހޭނެ!” ނާހިދާ ވިސްނައިދެވޭތޯ މަސައްކަތްކުރަމުންދިޔައެވެ.

“އޯ ޕްލީޒް!! ހައު ލޭމް!! މަށަކަށް ނުވާނެ!!” ތުން އަނބުރާލުމަށްފަހު ފްރިޖުން ފެންފުޅިއަކާއި ކިވީ ފުރުޓް ތައްޓެއް ނަގައިގެން އައިސް އައިނާން އަނެއްކާވެސް ޖައްސާލީ ސޯފާގައެވެ. އަދި ފާރުގައިހުރި 50 އިންޗީގެ ބޮޑު ‘އެލްސީޑީ’ ޓީވީން ފިލްމެއް އަޅުވާލުމަށްފަހު ވޮލިއަމް ބާރުކޮށްލިއެވެ.

***

ހަވީރު 5 ގަޑި ބައި ހާކަށްހާއިރު ލޯންޗް އައިސް މަލޭގެ ފަޅުތެރެއަށް ވަނެވެ. މާލޭގެ ތަހުޒީބީ ކުލަވަރު ފެނި ރިޝްފާ އިނީ އަނގަ ހުޅުވިފައެވެ. ދިމަ ދިމާއަށް ދަތުރުކުރަމުންދިޔަ ތަފާތު ވައްތަރުތަކުގެ ވެހިކަލް ތަކާއި މާމަށްޗަށް ހިއްލާފައިވާ ބޮޑެތި އިމާރާތްތަކަކީ ރިޝްފާއަށް މުޅިން އާ މަންޒަރުތަކެކެވެ. ވާޓަރު މައްޗަށް ފޭބުމަށްފަހު ދިމަދިމާއަށް ރިޝްފާ ކަޅި ހިންގަމުންދިޔައީ ބިރެއް ފެނިގެން އުޅޭފަދައިންނެވެ. ރިޝްފާގެ ލަގެޖް ލޯންޗުން ބޭލުމާއެކު އެތަނަށް ކާރެއް ގާތްކޮށްލިއެވެ. އެއަށް އެރުމަށްފަހު ގެއަށް ދިއުމަށްޓަކައި މިސްރާބު ޖެހިއެވެ.

އޮއްސެމުން ދިޔަ އިރާއެކު އަނދިރިކަން ވެރިވަމުންދިޔަ މަގުތަކަށް ބަލަހައްޓައިގެން އިން ރިޝްފާގެ މުޅިހަށިގަނޑުން ހީބިހި ހިލުވާލާފައިިވަނީ ކާރުގެ ތެރެއަށް ފެތުރިފައިވާ އޭސީގެ ތެތް ފިނިކަމުގެ ސަބަބުންނެވެ. މަގުތަކުން ފެންނަމުންދިޔަ ތަފާތު މަންޒަރު ތަކަށް ނަޒަރު ހުއްޓާލައިގެން އިން ރިޝްފާއަށް ސިހުން ގެނުވީ ކުއްލިއަކަށް ކާރު ހުއްޓުމުންނެވެ. އަދުނާނު ކާރުން ފޭބުމަށްފަހު ރިޝްފާއަށް ދޮރު ހުޅުވާލަ ދިނެވެ.

ލަގެޖް ހިފައިގެން އައިސް ދެމީހުން އެރީ ލިފްޓަށެވެ. ލިފްޓްގައި ހަރުކޮށްފައި ހުރި ބޮޑު މޫނުބަލާ ބިއްލޫރިގަނޑަށް ރިޝްފާ ބަލާލިއެވެ. އެ ބިއްލޫރިގަނޑުން ފެންނަންހުރީ ރިޝްފާގެ އަމިއްލަ ސޫރައެވެ. އޭނާ އެ ސޫރައަށް ބަލަހައްޓައިގެން ހިތާ މުހާތަބުކުރަންފެށިއެވެ.

ހަޔާތުގެ އާ ބާބެއް މި ފެއްޓުނީއެވެ. ކުރިއަށް އޮތީ ކޮންކަހަލަ ދުވަސްތަކެއް ކަމެއް ކުޑަކޮށްވެސް ތަސައްވުރުކޮށްލަން ރިޝްފާއަކަށް ނޭނގުނެވެ. އޭނާގެ ބާރުވެފައިވާ ހިތުގެ ތެޅުމުގެ އަޑު އެ ކުޑަ ލިފްޓުގެ ތެރޭ ގުގުމާލާފައިވާކަހަލައެވެ.

މާ ގިނައިރުތަކެއްނުވެ 8 ވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓިއްޖެއެވެ. އަދުނާނު ލަގެޖް ހިފައިގެން އޭނާގެ ގެއަށް ވަނެވެ. ފަހަތުން ކަހަލަގޮތަކަށް ރިޝްފާވެސް ވަނެވެ. ފުރަތަމަވެސް އޭނާގެ ކަންފަތުގައި ޖެހުނީ ބާރުކޮށްލާފައިވާ ފިލްމުގެ އަޑެވެ. އެއާއެކު އޭނާއަށް ބަލާލެވުނީ ސޯފާާގައި އޮތް އައިނާނަށެވެ. ކޮނޑުކެނޑި ޓީޝާޓު ބުރިއަކާއި ކުޑަކުޑަ ޓައިޓް ކޮޅެއް ލައިގެން އޮތް އައިނާނު ފެނުމާއެކު ރިޝްފާ ލަދުން މަރުނުވީ ކިރިޔާއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ކަޅި (ހަވަނަ ބައި)

Next

ހިތް ރޮއްވާލަދިން ފަރިކަމޭ 1

Next
July 23, 2016

ހިތް ރޮއްވާލަދިން ފަރިކަމޭ 1

Previews
July 23, 2016

ކަޅި (ހަވަނަ ބައި)

74 Comments!

  1. Hoody says:
    July 23, 2016 at 5:27 pm

    Here is the 5th one!!! kamudhaane kamah ummeedhu kuran!! 🙂

  2. Ameesha❤ says:
    July 23, 2016 at 5:40 pm

    Wow hoody… Varah nice mi part… Dhn e ainaa gandhu vx dhw??!!! Eynayah visnadheyn v.. Neynge rish ah kihineh kameh hadhaanee vx… ???

  3. shima says:
    July 23, 2016 at 5:45 pm

    Warah habeys… when next part… hoody warah molhu…

  4. Zaee says:
    July 23, 2016 at 5:48 pm

    V nics thankolheh digu koladheeba pls pls pls..

  5. Shaai says:
    July 23, 2016 at 5:56 pm

    V kamudhey. . Konirakun dhen up load kohdheyni? ?

  6. Shin says:
    July 23, 2016 at 6:08 pm

    V salhi

  7. story reader says:
    July 23, 2016 at 6:09 pm

    V habeys… But shimaal and rishfaa dhuru nukuraathi

  8. Saajidh says:
    July 23, 2016 at 6:18 pm

    WOW… V v v reethi… kiyamun dhaairu v reethikoh manzaruthah sifavey… next part ah eba v inthizaaru kurevey… next part avahah up kollahchey…

    1. hichki says:
      July 24, 2016 at 9:34 pm

      seriously??dhnn lalala.

    2. hichki says:
      July 24, 2016 at 9:36 pm

      Ladhu ganna vahhtharahh ulheny keehkurann..dhnn lala

  9. Hoody says:
    July 23, 2016 at 6:30 pm

    Thank you all…. Next part vex veehaavex avahakah up kohdheynan…

    1. lol says:
      July 23, 2016 at 10:07 pm

      wow varahhhhh reethi varahh varahhh varahhhh varahh varahhh varahhh varahhh varahh reethi..keep it up..hoody thy girl or a boy?

    2. Lalla says:
      July 23, 2016 at 11:21 pm

      Hoodh ibrahim iny jahaafa…aeee boy name ehnu…Anyways story v nys…Bt rish n shimal vaki nukurahchey hooodyy…

    3. Hoody says:
      July 24, 2016 at 5:40 am

      Ahaha… Lol, alhugandu mee boy eh… Hehe thnx..

    4. lol says:
      July 24, 2016 at 5:50 am

      Hehe..magey loa andhiri bala?

    5. lol says:
      July 24, 2016 at 5:51 am

      Hoody ge age kihaavarehh tha?

    6. Hoody says:
      July 24, 2016 at 6:31 am

      Im 18.. ☺

    7. hichki says:
      July 24, 2016 at 9:18 pm

      Hoody kommehenn nujehey e lol ekey kiyaa meehaa yahh javaabu dheykahh privacy onnan vaanennnu?mashahh heevany lol e ulheny hoody yaa hedhihenn ey dhnn bodu varu dhw?lol,thy dhnn meehunn ulheny vahhtharu tha dhn..chii varahh foohi..

    8. lol says:
      July 24, 2016 at 9:23 pm

      Hoody ge number dheebala

    9. Dhenn Lalala says:
      July 24, 2016 at 9:32 pm

      Ey hichki lol ladhu nugannavaba dhenn ???

    10. hichki says:
      July 24, 2016 at 9:35 pm

      Konn numberehh hoadhaakahh thiyaa thana kunn meehaku nufebifaa huri meeheh tha??aharennahh heevany mihaaru hoody single ehh nuvaane henn

    11. Dhenn Lalala says:
      July 24, 2016 at 9:49 pm

      Hichki dhenn alhey bodu vareyy …ma vaaladhunn halaaku?

    12. hichki says:
      July 24, 2016 at 9:53 pm

      Ma vss ladhu ganey dhnn lala?

    13. lol says:
      July 24, 2016 at 10:01 pm

      Unbeleavable mee keekey kiyaa bayehh tha?nubehey kann thakaa keehkurann beheny thiyohh hichkii eh dhuu u stay out of it lol komme ehchekey kiyaa thyna ahh keeh tha..???????????lol noolhen hoody yaa hedhyku..hichki kanneynge ulheny..dhnn lala varahh foohi?2 of u guys are stipid crows..hhh gotohellllllllll..it will be better for me..mees meehunn kuraa coment akaa beheyne kamehh neh

    14. hehe says:
      July 25, 2016 at 8:43 am

      u go 2 helllllllll……stuuuuuupiiiiiiiddddd lol……thy ehnu crowwww….n thndhigu maaakana….

    15. assadh says:
      July 26, 2016 at 3:40 pm

      pis pis! hoody ah hiy kiyaa kudhin dhw. dhen number ves e manje ah dheebala ?

  10. theen says:
    July 23, 2016 at 6:35 pm

    v reethi nxt part ah inthixaaru kiranyy

  11. Same says:
    July 23, 2016 at 7:04 pm

    vvvv reethi mi part ves

  12. Lim says:
    July 23, 2016 at 7:26 pm

    Just wow….??
    Ainaan Rish ah kihaavareh kollaanebaa???
    Next part ge inthuxaaruga …

  13. nym says:
    July 23, 2016 at 7:29 pm

    wohhhh .. furathama faharah vaahaka ehga rythi nun firiheneh ulhenikoh fenihje 😛 hahaha .. i like this stryyy v muchhhhh .. v salhi mi vaahaka hama asluvess .. anehbai avahah upload kohdheyne kamah unmeedhu kuran 🙂

  14. nashi says:
    July 23, 2016 at 7:42 pm

    V teethi vaahaka

  15. ifaa says:
    July 23, 2016 at 8:12 pm

    i luv this story keep it up hoody

  16. ifaa says:
    July 23, 2016 at 8:13 pm

    hoody birth day kndhuvaheh thr????

    1. Hoody says:
      July 24, 2016 at 5:20 am

      3rd july.. ☺

  17. Faathee says:
    July 23, 2016 at 8:19 pm

    Masha Allah.. haadha reehchey.. v v furihama. Hama sifa kurevey.. kobaa tha adhunaan ge Maazee. Maazee ga vee goi vara ingen beynun

  18. Mizna says:
    July 23, 2016 at 9:13 pm

    Wow.. Amazing..

  19. Goyye says:
    July 23, 2016 at 11:14 pm

    v v v salhi,..avahah upkohdheche pls…

  20. Hooo says:
    July 24, 2016 at 12:48 am

    Varah salhi.

  21. Hoody says:
    July 24, 2016 at 6:35 am

    Thanyu all…

  22. lubu buluuu says:
    July 24, 2016 at 7:02 am

    v v salhi..waitin 4 da next prt

  23. Mini says:
    July 24, 2016 at 8:13 am

    Salhi

  24. Appy says:
    July 24, 2016 at 11:46 am

    V rythi mi bai vx …haadha vareh kohlaane e ainaan. …hooodh eynayahh varugadha landehh dhybala v foohi vey ulhey gothakun huh…hehe story v salhi ingey waiting ga

  25. Hoody says:
    July 24, 2016 at 12:47 pm

    Thankx all!!

    1. boahalaaku says:
      July 25, 2016 at 8:46 am

      thy maxeeena dhwwww

  26. Faathee says:
    July 24, 2016 at 1:20 pm

    Hey hoody.. fb page eh ves hadhan veenu.. hoody ge stories tha laan.. wats say

  27. visnuntheri meeha says:
    July 24, 2016 at 4:30 pm

    Lol ge age vx mi v githunn bunelann feney dhw guys???

    1. Haha says:
      July 24, 2016 at 4:33 pm

      Thibunii hama thedhehh?!!any ways story vvvvv loabi hoody…i just LUV it??

    2. shina says:
      July 24, 2016 at 9:10 pm

      Aan thiya buny thedhehh hama..mi rifaa yahh varahh vissney..hii riffaa mahh ingey thy riffa kann

    3. Haha says:
      July 24, 2016 at 9:28 pm

      Mah engey thy INNaaSH kann …so just stay out of this…..adhi maa shinaa vegenn huh?

    4. shina says:
      July 24, 2016 at 9:29 pm

      Konn inash ehh thiyaa kaaku?

    5. shina says:
      July 24, 2016 at 9:30 pm

      hehe thy asslu vss riffaa tha??

    6. Haha says:
      July 24, 2016 at 9:45 pm

      Aharenn nuvx dhannan riffaa eh….enankiyameehunn vx ulhey thr?Nd yeah aharenn bunii innaash hey..dhen konn inash eh thikiyany

    7. maxii says:
      July 24, 2016 at 10:14 pm

      Hahahaha inaash nd rifaa haaadha varakahh tholheny??

    8. boahalaaku says:
      July 25, 2016 at 8:44 am

      maxxii thavxxx dhwwww

    9. visnuntheri meeha says:
      July 25, 2016 at 8:45 am

      kudhn kudhn nutholhe thibey……

  28. Rifa says:
    July 24, 2016 at 4:37 pm

    Hoody ……stry is amazing. …. waiting 4 sixth prt….avahah upkohdheythi plx

  29. Naanaa says:
    July 24, 2016 at 4:58 pm

    Waiting for the next ep… I just loved it…..

  30. baekii says:
    July 24, 2016 at 8:19 pm

    Awww??
    Story is sooo nice..love it
    Hoody thee hama no.1 writr in esfiya???

  31. lilli says:
    July 25, 2016 at 8:40 am

    mi stry ah comment kuraa thane k ….miis myhnnaa chat kuraa thaneh nooney……hoody…keep it up….stry vvvv reeethi….

  32. misbaaaah says:
    July 25, 2016 at 8:49 am

    maxeeeeeeeenaaaaaaaaaaaaaaa……..dhn lalala…………

  33. miohkameh says:
    July 25, 2016 at 8:56 am

    miiiii dhnnn boduvaru…….vaahaka ah thr thi kudhn kommnt thi kuranyyyy……

  34. sofie says:
    July 25, 2016 at 9:18 am

    Beykaaru comment kuraa kudhinnah… Please mi site ge agu vattaanulaa… Comment kuranyaa heyo gothuga comment kurey… Personal vaahaka dhekkumattakai esfiya chat log use kurey… Plx plx plx…..

  35. Hichki says:
    July 25, 2016 at 9:36 am

    Sofiya u’r right??

  36. Rafa says:
    July 25, 2016 at 9:49 am

    Yea..Aslu vxx thi gothah comment kurumuge beynumeh neh dhw???hoody..mi bai vxx varah reethi.??

  37. agagadu says:
    July 25, 2016 at 9:58 am

    midhen bodukamehnu …… hichki ge num dhyba n lol ge ves …..

  38. Marsh says:
    July 25, 2016 at 12:39 pm

    Hoody ge vaahaka ehme gnain kiyany kandoodhoo kudhin dhw….. miulhey lol n rifa men maxi msbaah enmen meee mirashu kudhin dhw…

  39. Rish says:
    July 25, 2016 at 3:17 pm

    i loved this story…. dhen v avahah nxt prt up koh dheythi.. just cant wait.. v v v loabi vaahaka eh.. keep going like this…

  40. Janet says:
    July 25, 2016 at 10:30 pm

    Mi 5 part vx v obi …. Kiyuntherin ge hiyy rangalhah vx thalhuvaaleveyne varuge vaahaka akah vaaekamah yageen kuran…bst of luck… Vaahakaige nan ehnmeehun liyefa hunna vaahaka henn ” INTHIZAARAKAH” badal nukuraathi… ?

  41. ifaa says:
    July 26, 2016 at 9:05 am

    hoody kobaa nxt part??????????

  42. Faathee says:
    July 26, 2016 at 12:34 pm

    Hii hoody where are u.. next part ge inthizaaru ga. Pls avas

  43. Oppo says:
    July 26, 2016 at 3:37 pm

    hoody vaahaka thakuga abddhuves kudhin chat kuraani. ? kurin liyun strories ga ves. lol ???? its like hoody your stories are updated so ppl can chat. majaa kame mee ??

  44. Rsy says:
    July 26, 2016 at 9:35 pm

    VVVV REETHI….
    Thi anaka mirasa kiyavan ai hoodtha…… dont mind…….

  45. Faathee says:
    July 27, 2016 at 8:06 pm

    Kobaa tha story he new part ?. Kiyaa hithun v eba inthizaaru kurevey

  46. Aaf says:
    July 27, 2016 at 10:10 pm

    Hoody kobaa nxt part konirakun dhen up koh dheny

Comments are closed.

Next Episodeއެންމެ ފަހު ނޭވާ ލަމުންވެސް… 6 ވަނަ ބައި←


All Right Reserved!