Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޔާރާއޭ ލޯބިވޭ.. ( 1 )

Princessss
July 28, 2016
4 Mins Read
113 Views
40 Comments

ސިއްރުން މިހިތާ ކުޅެނީހޭ ދީވާނަ މިހިތް ކޮށްފާ …

ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނު ބަލާލާފާ …

ހޫމް ހޫމް ހޫމް ހޫމް ….

ހީވޭ އިޝްގީ އޮއެވަރުގާ މިހިތާ މޭ ޖެހެނީހެން …

ލޯބި ތިދުލުން ހާމަކުރަން އެބަ ހީވޭ އުޅެނީހެން …

ފާޅުގާ ހީވޭ ލޯބިން ބޭނުމޭ ބުނާހެން …

ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނުބަލާލާފާ ..

ސިއްރުން މިހިތާ ކުޅެނީހޭ ދީވާނަ މިހިތް ކޮށްފާ..

ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނު ބަލާލާފާ…

 

– – –

ހޫމް ބޭނުންވާކަން ލޯބި ތިހިތް ބޭނުންވޭ އަންގައިދޭން..

ހާދަ ދެރަވޭ ނުކެރޭތީ ހިތް ރޯވަރު އަންގައިދޭން…

ލޯތްބަށް އެދިގެން ދާހިތްވޭ މިހިތަށް އެހީއެއް ދޭން ..

ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނު ބަލާލާފާ ..

ސިއްރުން މިހިތާ ކުޅެނީހޭ ދީވާނަ މިހިތް ކޮށްފާ..

ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނު ބަލާލާފާ…

——

ހޫމް ލޯބިވާއަށް ހިތްދަތިކަން ދީފާ މަ ނުފިލާނަން…

ލޯބިވާނޫން ކުއްޖެއް ލޯބިން ކައިރި ނުކުރާނަން …

ރުއްސައިގެން ތިޔަހެން އުފަލުން ކަންތައް މަ ކޮށްދޭނަން…

ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނުބަލާލާފާ..

ސިއްރުން މިހިތާ ކުޅެނީހޭ ދީވާނަ މިހިތް ކޮށްފާ..

ސިއްރެއް ބުނެލަން ބޭނުންވީހޭ މޫނު ބަލާލާފާ…

* **  ** ** ** ** ** ** ** ** ** ** **

ރިނީން ގެ ހިތްގައިމު އަޑުން ލަވަ ހުށަހަޅާދީ ނިންމާލުމާއިއެކު މުޅި މާހައުލު އަތްތިލަބަޑީގެ އަޑުން ގުގުމައިގެން ދިޔައެވެ. އެންމެންވެސް އެދެމުން ދިޔައީ މަޝްހޫރު ލަވަކިޔުންތެރިޔާ ރިނީން ގެ މުޅި ހަޔާތުގައިވެސް ދެން ދޭ އެންމެ ފަހު ޝޯ ކަމަށް ވުމުން އެ ހިތްގައިމު އަޑުން އަދި އެއް ލަވަ ހުށަހަޅާ ދިނުމަށެވެ. ނަމަވެސް ކަނޑައެޅިފާވައި ވަގުތު ހަމަވުމާއިއެކު ރިނީން ސްޓޭޖް މަތިން ފައިބަން ދިޔުމުން އެންމެންގެ މޫނުމަތިންވެސް މާޔޫސްކަން ފާޅުވެގެންދިޔައެވެ.

* * * * * *

ވަރުބަލި ކަމާއިއެކު އައިސް ގޮނޑިއަށް ވެއްޓިގެން ރިނީން ގެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ވިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހިފައި ހުރި ކުލަވަރުތަކެވެ. ” ރިނީ ” ލޯ މަރާލައިގެން އިން ރިނީން ސިހިގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ނިއުޝާ އައިސް އޭނާ ގައިގަ އޮޅުލައިގަތުމުންނެވެ. ” ހަހަ ރިނީ ރިނީ އައިމް ސޯ ހެޕީ .. ” އުފަލުން ފުންމަ ފުންމާފާ ނިއުޝާ އުޅޭ ގޮތުން ރިނީން އިނީ ހައިރާންވެފައެވެ. ނިއުޝާ އެހާ އުފާވެފާ ހުއްޓާ މީގެ ކުރިއަކުން އޭނާ ނުދެކެއެވެ. ” ވަޓް ނިޝް ؟؟ .. ކީއްވެ ހާދަ އުފާވެފަ .. ޓެލް މީ ވަޓް ހެޕެންޑް ” ނިއުޝާ އުޅޭ ގޮތުން ވީ ކީއްތޯ ބަލަން ރިނީން ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ” ހަހަ ރިނީ ……. ދޮންބެ އެބަ އާދޭ .. އަޅޭ 8 އަހަރު ފަހުން ދޮންބެ ފެންނަން އުޅޭތީ އައިމް ސޯ ހެޕީ .. އަދި ރިނީ އަށް ދޮންބެ އެއް ނުވެސް ފެންނާނެ ދޯ ..ހިތައް އަރާ ދޮންބެ މިހާރު ހުންނާނީ ކިހިނެތްބާއޭ ..  ނިޝް 5 ގަ އުޅެނިކޮށް ދޮންބެ 7 ނިންމާފަ ބޭރަށް ދިޔައީ ކިޔަވަން .. އޭގެ ފަހުން އެ ފިރިހެނާ ފޮނިކަމުން ޗުއްޓީއެއް ލިބުނަސް ރާއްޖެ ނާދޭ .. އިއްޔެ ބުނީ ކޯސް ނިންމާފަ އަންނަ ވާހަކަ … އޯހް ރިނީ ..” ނިއުޝާ ވާހަކަ ދައްކަމުން ދިޔައިރު ހަމަ އެކަނި އެ އަޑުންވެސް އުފާވެފައިވާ މިންވަރު ހާމަ ކޮއްދެމުން ދިޔައެވެ.

” ވާއު .. އަސްލުތަ .. އައިމް ސޯ ހެޕީ ފޯ ޔޫ ނިޝް ” ރިނީންވެސް ހެވިފާ ނިއުޝާ ގައިގަ ކުޑަކޮށް ބައްދާލިއެވެ.  ” ސޯ އެހެން ވީމަ ވަރަށް ގިނަ ކަން ކަން ރާވަން ވާނެ ދޯ ނިޝް ގެ ދޮންބެއަށް ސަޕްރައިޒް އެއް ދޭން އެހާ ގިނަ ދުވަސްފަހުން އަންނާތީ .. ބައިދަވޭ ކޮން ދުވަހަކުން ތަ އަންނަނީ؟ އޭރަކަންނު އިނގޭނީ ޕްލޭން ކުރަންވެސް ” ރިނީން ނިއުޝާ އަތުގަ ހިފައިގެން އައިސް އެތާ ހުރި ސޯފާގައި އިށީންނަމުން އަހާލިއެވެ. ” ނޭނގެ .. އަދި އަންނަ ދުވަހައްވެސް ނުބުންޔޭ ފޮނި ކަމުން .” ހަށަން ބަނދެލުމައްފަހު ނިއުޝާ މޫނަށް ފޫހި ވައްތަރެއް ޖައްސާލުމުން ރިނީން ގާތަށް ކުޑަކޮށް ހިނިއައެވެ. ” އޯހް .. އައި ލަވް ޔުއަރ ޝޯލް ރިނީ .. އަހަންނަށް ދޭންވީނު .. ” އެހެން އިނދެފައި އެއްލި ކަޅިއަކުން ރިނީން އަޅައިގެން އިން ބުރުގާ ފެނުމުން ނިއުޝާ ބުނެލިއެވެ. ” ހެހެހެ ސާބަސް ނިޝް .. ” ރިނީން މަޑު މަޑުން ނިއުޝާގެ ގައިގާ ޖަހާލިއެވެ.

* * * * *

ގެއަށް ދިޔަ މަގުމަތީގައި ކާޜު ތެރޭގައިވެސް ނިއުޝާ ދިޔައީ ހުއްޓާނުލާ ވާހަކަ ދައްކަމުންނެވެ. ނިއުޝާ އަކީ ވަރަށް އަނގަ ގަދަ ކުއްޖެކެވެ. އެއާއި ހިލާފަށް ރިނީން އަކީ މީހުން ތެރޭގައި އުޅޭ އިރު ވަރަށް ބަސްމަދު ކުއްޖެކެވެ. އެކަމަކު ރައްޓެހިން ތެރޭގައި ރިނީން އަކީ ވެސް އަނގަގަދަ ކަމުގެ މިސާލެކެވެ.

– – – – – –

ގެއަށް އައިސް ވަދެވުމާއިއެކު ރިނީން އަށް އެކަނިވެރިކަން އިހްސާސް ވާން ފެށިއެވެ. ފެންނަ ފެނުމަށް ރިނީން އަކީ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ކުއްޖެއްހެން ހީވިޔަސް ހަގީގަތުގައި ރިނީން ގެ ދިރިއުޅުމަކީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. އޭނާގެ މައިންބަފައިން ހިނގި  ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ފަހުން އުޅެމުން ދިޔައީ އެކަނިމާއެކަނިއެވެ. އެ ބޮޑު ގޭތެރެއިންވެސް ފެންނަނީ ފަޅުކަމެވެ. ފުން ނޭވައެއް ދޫކޮއްލުމަށްފަހު ރިނީން އޭނާގެ ދަބަސް ސޯފާ މައްޗަށް އެއްލާލާފާ ފާހާނައަށް ވަދެ ފެންވަރާ ތާޒާވެލައިގެން ބަދިގެއަށް ވަދެ ކޮފީ ތައްޓެއް ހަދާލިއެވެ.

ކޮފީތަށިން އެތިފޮދަކަށް ފަހު އެތިފޮދެއް ބޮމުން ރިނީން ބެލްކަންޔަށް ނިކުމެލީ ހިތަށް ފިނިކަމެއް ލިބޭތޯއެވެ. ނަމަވެސް މާލޭގެ ހަލަބޮލި މަގުމަތި ފެނުމުން ހިތަށް ހިތްހަމަޖެހުން ލިބުމުގެ ބަދަލުގައި އިތުރަށް ވީ އުނދަގުލެވެ. ކާރުތަކާއި ސައިކަލުގެ ބަރުގޮނުގެ އަޑުން ރިނީންގެ ބޮލުގައި ރިއްސާލިއެވެ. އެހެން ހުއްޓާ ރިނީން ގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލީ ކުއްލިއަކަށް އުޑުމަތި ބައްދާލި ކަޅު ވިލާތައް ފެނިފައެވެ. އިސާހިތަކު ވާރޭ އޮއްސައިގެންއިރު މިހާރު ރިނީން ގެ ތުންފަތްމަތީގާ ވަނީ އުފާވެރި ހިނިތުންވުމެކެވެ. ރިނީން އަކީ އަބަދުވެސް ވާރެއަށް ލޯބިކުރާ ކުއްޖެކެވެ. ކޮންމެ ދުވަހަކުވެސް ރިނީން ހުންނަނީ ވާރޭ ވެހޭތޯ ދުއާ ކޮއްލަ ކޮއްލައެވެ.

ވެހެމުން ދިޔަ ވާރޭ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރި ރިނީން ގެ ދެލޯ ފެންކަޅިވެގެން ދިޔައީ އިޙްތިޔާރަކާ ނުލައެވެ. ކުރިން ހުރި އުފާވެރިކަން ފަނޑުވެ އަނެއްކާވެސް އެމޫނުމަތިން ހިތާމައިގެ ކުލަވަރުތައް ފެނިގެން ދިޔައެވެ. ފިރުޝާންމިހާރު ކޮބައި ބާއޭ ރިނީން ގެ ހިތައް އަރަމުން ދިޔައެވެ. އެ ދެމީހުން ހީ ސަކަރާތް ޖަހާ އުޅުނު ދުވަސްކޮޅު ހިތައް އެރުމުން ރިނީން އަށް މަޑު މަޑުން ހީލެވުނެވެ. އެއީ އޭނާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި ދުވަސްކޮޅެވެ. އޭރު އެންމެ ކައިރީގައި ހީ ސަކަރާތް ޖަހާ އުޅުނު ރައްޓެހިންވެސް ވީތަނެއް މިހާރު ރިނީން އަކަށް ނޭނގެއެވެ. ” ފިރުޝާން ” މަޑު މަޑުން އެނަން ކިޔާލެވުނު ހިނދު ރިނީން ގެ ތުންފަތްމަތީގައި ފަނޑުނަމަވެސް ހިނިތުންވުމެއް ވިއެވެ. ފިރުޝާން އަށް އޭނަ އަދިވެސް ފިރުޝާން ދެކެ ލޯބިވާކަން އިނގޭނެނަމައޭ ހިތައް އެރިއެވެ. މިހާރު ފިރުޝާންގެ ގައިގަ އަޅައިގެންފަ ވެއްޓުނަސް އޭނައަކަށް ނޭނގޭނެއެވެ.  ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮއްލަމުން ރިނީން ގޭތެރެއަށް ވަންނަން ހިނގައިގަތް އިރު ކުރިމަތީ ހުރި ގޭގެ ކުޑަދޮރުން ރިނީން ގެ ކޮންމެ ހަރަކާތަކަށް ޝައުގުވެރިކަމާއިއެކު ބަލަމުން ދިޔަ މީހާއެއް ރިނީން ގެ ލޮލަކު އަޅައެއް ނުގަތެވެ.

– – – – – –

އަނެއްދުވަހު އަރައިގެން އައި އިރާއެކު ރަން ދޯތިތައް ކުޑަދޮރުން ފާއްދާލާފާ އައިސް ނިއުޝާގެ މޫނަށް އެޅެން ފެށުމުން ނިއުޝާ މޫނުމަތިން އަތް ހުރަސްކޮއްލަމުން ދެލޯ މަރާ ތަގުޅި ކޮއްލިއެވެ. ކަންނެތްކަމާއިއެކު ކައިރީގައި އޮތް ފޯނު ގެ ސްކްރީން ބަލާލުމާއިއެކު ގަޑި ފެނުމުން ނިއުޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” ޝިޓް ” ވަގުތުން އެނެދުން ފުއްމާލައިގެން ދުވެފައި ގޮސް ފާހަނައަށް ވަދެ ފެންވަރައިލައިގެން ކޮޓަރިން ބޭރަށް ނިކުމެ ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އައިސް ބަދިގެއަށް ވަތްއިރު ބަދިގޭގަ އެކަކުވެސް ފެންނަން ނެތުމުން ނިއުޝާގެ މޫނުމަތިން ހައިރާންކަން ފާލުވެގެން ދިޔައެވެ. ހުކުރު ދުވަސް ވީމަ މަންމަމެން އަދިވެސް ނުހޭލަނީ ބާއޭ ނިއުޝާ ހިތައް އަރަމުން ދިޔައެވެ.

ރަނގަޅަށް ގަޑި ބަލާލިއިރު އަދި ކިރިޔާ ފަސްގަޑި ދިހައެއް ހިނގީއެވެ. ނިއުޝާ އަމިއްލައަށް މަޑު މަޑުން ބޮލުގަ ޖަހާލަމުން ކޮޓަރިއަށް ވަދެ ވުޟޫ ކޮށްލައިގެން ނަމާދަށް އެރިއެވެ. ނަމާދުކޮށް އަވަދިވެގެން ދެން ނިއުޝާ ނިދާ ކަހަލަ ހިޔާލެއް ނުކކުރިއެވެ. ބަދިގެއަށް ވަދެ ރޮށި ފިހަން ވެގެން ފުއް މޮޑެން ހުއްޓާ ފަހަތުގައި މީހަކު ހުރިހެން ހީވެގެން ފަހަތް ބަލާލިއިރު އެކަކުވެސް ފެންނަން ނެތުމުން ކޮނޑު އަރުވާލަމުން ނިއުޝާ އަނެއްކާވެސް އޭނާ ކުރަން ހުރި މަސައްކަތައގެން ކުރިއަށްދިޔައެވެ، އެހެން ހުއްޓާ ދެވަނަ ފަހަރަށްވެސް މީހަކު ފަހަތުގައި ހުރިހެން ހީވާން ފެށުމުން އަނެއްކާވެސް ނިއުޝާ ފަހަތް ބަލާލިއެވެ. ނަމަވެސް މިފަހަރުވެސް މީހަކު ފެންނަ ހިސާބުގައި ނެތުމުން ނިއުޝާގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އެހެން ހުއްޓާ ކުއްލިއަކަށް މީހަކު އައިސް ފަހަތުން ސިއްސުވާލުމުން ނިއުޝާ ހަޅޭއް ލަވައިގަތްފައި ކައިރީގައި ހުރި ފުއް އެތިން ފުއްމުށެއް ނަގާ ކުރިމަތީގައި ހުރި މީހެއްގެ މޫނުމަތީގައި ހާކާލިއެވެ.

( ނުނިމޭ )

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Princessss

Other Articles

Previous

އަސަރު 31

Next

ޤުރުބާންވުމީ މިހިތުގެ އުފާ 32 ވަނަ ބައި

Next
July 29, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 32 ވަނަ ބައި

Previews
July 28, 2016

އަސަރު 31

40 Comments

  1. Princessss says:
    July 28, 2016 at 9:23 pm

    i knw .. v v kuru dhw .. bt i hope u all will like it .. n mistakess bunedhehcheyy .. 🙂

  2. manuu says:
    July 28, 2016 at 10:15 pm

    Chiidhi mihaa hadi feshunehh nudhekenn adhi

    1. aff says:
      July 28, 2016 at 10:48 pm

      ar u jealousing mannu .. feshun hama habeys .. nexxt prt ge inthixaarin ga mihury .. pic ga eyny sanam tha

    2. ? says:
      July 29, 2016 at 7:31 am

      Aff tht ix nt sanam…. Sanam ix much cuter dan tht….

    3. ravupinky says:
      July 29, 2016 at 11:08 am

      hama huvaatha manuu!! dhen manuu ah miah vuren reethi feshumeh liyan engeyynama avahah liyeba !!! -_- i m waiting …

      anyways ehm haha hama hevenee mi story ge pic ah balaafa i really miss yesterday princess ….. varah reethi keep going princess hama habeys !! 🙂

    4. Princessss says:
      July 29, 2016 at 11:57 am

      thanks 4 ryding manuu 🙂

    5. Princessss says:
      July 29, 2016 at 11:59 am

      Hehe thanks aff .. nooney e ee sanam eh noon .. hehe e ee thedheh sanam maa rythi vaane 😉

    6. Princessss says:
      July 29, 2016 at 12:02 pm

      Haha hmm dhw pinkyy .. me 2 ..thanks <3

  3. acyler says:
    July 28, 2016 at 10:18 pm

    i think this will be awesome. keep going

    1. Princessss says:
      July 29, 2016 at 12:03 pm

      Thank you acyler 🙂

  4. saee says:
    July 28, 2016 at 10:22 pm

    luv it ?? varah salhi vaane hen hèe vany… waiting for the next part… best of luck ??

    1. Princessss says:
      July 29, 2016 at 12:04 pm

      Hehe thanks saee … will upload the nxt prt soon .. thanks once again 🙂 😉

  5. Hooo says:
    July 28, 2016 at 10:44 pm

    Varah salhi vaaney henheevey.
    Update sooooooooooonnnnnn

    1. Princessss says:
      July 29, 2016 at 12:06 pm

      Thank uuu hooo .. hehe yah v avahah aneh bai upload kohdheynan insha allah 🙂

  6. easy says:
    July 28, 2016 at 11:26 pm

    So borin

    1. Princessss says:
      July 29, 2016 at 12:07 pm

      Thanks fr ryding 🙂

  7. manuu n easy says:
    July 29, 2016 at 12:10 am

    Vr vr rythi vaahaka akah vaane.. kyp it up

    1. Princessss says:
      July 29, 2016 at 12:34 pm

      Thanks manuu n easy 😀

  8. shim says:
    July 29, 2016 at 12:16 am

    i like it

    1. Princessss says:
      July 29, 2016 at 12:36 pm

      Thanks shim 🙂

  9. ?? says:
    July 29, 2016 at 6:10 am

    Ehves reecheh noon stry ehn. Copy eh hen heevany

  10. Aaf says:
    July 29, 2016 at 7:35 am

    Konirakun nxt part up kohdhyny mi part vs v reethi

    1. Princessss says:
      July 29, 2016 at 12:38 pm

      Thnks aaf .. nxt prt iraadha kurehviyya v avahah upload kohdheynan insha allah 🙂 😀

  11. raani says:
    July 29, 2016 at 8:14 am

    Vvvvvv reethi avaha up kodheyne kama mihiree

  12. raani says:
    July 29, 2016 at 8:14 am

    Vvvvvv reethi avaha up kodheyne kama mihiree

  13. Maalhu? says:
    July 29, 2016 at 8:59 am

    Alhey that SONG one of the best of ali ramyx thankolheh ginain ali ramyz songs kolhey genas dheefaanan tha?And this story was really gud .in my favorites list i☺️and i hope yu will comment back hurihaa kudhinge comments ah???and vaahakagai ney maavarakah mistakes eh? gud luck princesss ❤️

    1. Princessss says:
      July 29, 2016 at 12:40 pm

      Hehehehehe .. thank you soo much maalhu .. hehe haha yah mi kurynu.. hehehe thanks once again 🙂 😀

    2. Black roze says:
      July 29, 2016 at 4:17 pm

      I thought mii song eh kamah

    3. Maalhu? says:
      July 29, 2016 at 5:31 pm

      Yeah black rose its a song ali ramyx ge varah reethi lava eh☺️☺️

  14. Meesha says:
    July 29, 2016 at 9:46 am

    Vvvv nice

    1. Princessss says:
      July 29, 2016 at 12:41 pm

      Thanksss meesha 🙂

  15. ravupinky says:
    July 29, 2016 at 11:15 am

    princess varah reethi …i m waiting for the next part ..varah reethi mi feshun ,,,.,., eyy dhen update kuraairu pinky kairy bunaathi ingeyy ehem ehem ehkala thanun okay!! update fast !! ~xoxo love u sis !!

    1. Princessss says:
      July 29, 2016 at 12:44 pm

      Hehehehehe thanksss ravupinkyy .. myns alt to me .. haha yah bunaanan ehkala thanun dhw .. ok 😉 .. hehe yah v avahah aneh bai upload kuraanan .. luv u mrrree <3<3 🙂 😀

  16. zee says:
    July 29, 2016 at 2:59 pm

    5:10 ga iru araatha? Iruge dhoadhi rum ah elhunu vaahaka liyefa inyma…. Bt story nice

  17. imoo says:
    July 29, 2016 at 4:41 pm

    vvvvv reethi.. hama habeyss..

  18. Someone says:
    July 29, 2016 at 5:40 pm

    Feshumugai alhaiganna gotheh ehaa bodakah neh

  19. Nik says:
    July 29, 2016 at 8:57 pm

    Mifeshun cbeedi eh nooon……. Vvvvvv reeethi… Next part konirakun…

  20. Youme says:
    July 29, 2016 at 10:20 pm

    Feshun vvvv reethi…..mi vaahaka up kohdheyny kn days thakehga kan bunedhyfaanantha

  21. Malko says:
    July 31, 2016 at 11:52 am

    wowwww vvv reethi feshume princesssss… Good Luck … next part kn irakun .. vvv avaha up kohdhecheyyy . ♥♡♥♡

  22. Kia says:
    August 1, 2016 at 8:42 am

    Kon irakun next part. Vv nice

Comments are closed.

All Right Reserved!