Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (19)

layaal
July 28, 2016
9 Mins Read
81 Views
40 Comments

ރޭގަނޑުގެ ހަމަހިމޭން ވަގުތު ވެސް މާލޭގެ މަގުތަކުން ހުއްޓުމެއް ނެތި އިވެމުން ދަނީ ދުއްވާ އެއްޗެހީގެ އަޑެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އައިފާގެ ނަޒަރު ވަނީ މަގުމައްޗަށް ހުއްޓިފައެވެ. އިރުކޮޅަކާއި އަތުގައި އޮތް ފޯނުން ގަޑި ބަލަމުން ދިޔައިރު އޭނާ ހުރީ މީހެއްގެ އިންތިޒާރުގައެވެ.

އައިފާގެ މޫނުމަތި އުޖާލާވީ ދުރުގައި ޕާކު ކޮށްލި ކާރުން ފޭބި ލޫތް ފެނިފައެވެ. ލައިގެން ހުރި ކަޅު ގަމީހާއި ކަޅު ޖިންސުގައި އޭނާ ފެންނަލެއް އެހާމެ ހިތްގައިމެވެ. ލޫތް ވަޢުދުވީ ފަދައިން އޭނާ އެއައީ އައިފާގެ މަންމައާއި ވާހަކަދައްކާށެވެ.

އައިފާގެ ނަޒަރު ހުއްޓުނީ ސިޓިން ރޫމުގައި އިން އަޒުރާއަށްށެވެ. ލޫތް މިރޭ އަންނަ ވާހަކަ އައިފާ އަޒުރާ ކައިރީގައި ނުބުނީ އިތުރު އަރާރުން ވުމަކަށް ދާން ބޭނުން ނުވާތީއެވެ. އޭރު އާލިމް ވެސް ސޯފާގައި ލެޕްޓޮޕް ހިފައިގެން އިނެވެ.

އައިފާ ބެލްކަނިން ނިކުމެ އަވަސް ފިޔަވަޅު ތަކެއްގައި ދޮރު ހުޅުވުމަށް ދިޔައެވެ. ލޫތް ބެލް ނުޖަހަނީސް އައިފާ ދޮރު ހުޅުވާލުމަށްފަހު ހިނިތުންވެލިއެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އަޒުރާ ކަންތަން ކުރާނެ ގޮތަކާއި މެދު އައިފާ ހުރީ ކަންބޮޑުވެފައެވެ.

“އައްސަލާމް އަލައިކުމް..” އައިފާ އެތެރެއަށް ވަންނަން ތަން ދެއްކުމުން ލޫތް އެތެރެއަށް ވަދެ ސަލާމް ގޮވާލިއެވެ. ޓީވީއަށް ގެއްލިފައި އިން އަޒުރާ މީހަކު ސަލާމް ގޮވިއަޑަށް އެދިމާއަށް އެނބުރުނެވެ. “ވައިލައިކުމުށް ސަލާމް..” އަޒުރާ މިހެން ބުނެ ތެދުވި އިރު ދޮރު ކުރިމަތީގައި ހުރި ލޫތް ފެނި އޭނާ ސިހުނެވެ.

ލޫތް އަލަށް މިގޮތަށް އޭނާ ކުރިމަތިން ފެނުމުން އަޒުރާއަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ހުރެވުނެވެ. ލޫތްގެ މޫނުމަތިން އޭނާއަށް ފެނުނީ ޒުވާން ލުތުފީއެވެ. މޫނުގެ ބައްޓަމާއި އެ ލޮލަކީ ހަމަ ލުތުފީގެ ނަކަލެކެވެ. “އަޅުގަނޑު މިއައީ ވާހަކައެއް ދައްކާލަން ވެގެން..” ލޫތް މިހެން ބުނުމުން އަޒުރާ މެހެމާނަށް ކަމޭ ހިތުމުގެ ގޮތުން ސޯފާގައި އިށީނުމަށް ތަން ދެއްކިއެވެ.

ނަމަވެސް ލޫތްގެ އެ ސޫރަ ފެނި މާޒީގެ ހިތި ހަދާންތައް އާވުމުން ހިތުގައި ނަފްރަތުގެ އަލިފާން ރޯވިއެވެ. ލޫތް ސޯފާގައި އިށީންއިރު އައިފާ ދުރުގައި ހުރީ މި މަންޒަރު ބަލަންށެވެ. އޭރު އާލިމް ވެސް ހިނިތުންވެލައި ލޫތްއަށް ތަޢާރަފްވެ ސަލާމް ކޮށްލިއެވެ.

“އަޅުގަނޑަށް އިނގޭ އައިފާގެ މަންމަ މި ގުޅުމާއި ދޭތެރޭ ނުރުހޭކަން.. އެކީއްވެގެން ކަމެއް ނޭނގެ.. އެކަމަކު އަޅުގަނޑުގެ އެދުމަކީ މިކަން ހައްލުވުން..” ލޫތް މަޑުމައިތިރީ ކަމާއި އަދަބުވެރި ކަމާއިއެކު ވާހަކަދެއްކިއެވެ.

އޭރު އާލިމް ވެސް އެވާހަކަތައް އަޑުއަހަން ހިމޭނުން އިނެވެ. “އައިފާގެ އުފާތަކަށް މަންމަ ހުރަސް ނާޅާނެކަމަށް އަޅުގަނޑު ޤަބޫލު ކުރަން.. ޕްލީޒް ތި ނުރުހުންވުން ދޫކޮށްލުން އަޅުގަނޑު އެދެނީ.” ލޫތް މިހެން ބުނުމުން އަޒުރާ ސޯފާ އިން ތެދުވިއެވެ.

ދުރުގައި ހުރި އައިފާގެ ހިތް ތެޅެމުން ދިޔައިރު އޭނާ ހުރީ އަޒުރާ ދޭނެ ޖަވާބަކަށް ކެތްމަދު ވެފައެވެ. “ލޫތް ތިގޮތަށް ވާހަކަ ދައްކާލަން އައިތީ އަހަރެން ވަރަށް ހިތްހަމަޖެހޭ.. އެކަމަކު ތި އެދޭ ކަންތައް ވާކަށް ނެތް.. އައިފާ ކައިރީ މަންމަ ކުރިން ވެސް ބުނެފައި އޮންނާނީ ތި ގުޅުމާއި ދޭތެރޭ މަންމަ ހިތްހަމައެއް ނުޖެހެޔޭ.. އެހެން ވީމަ ވަކި ލޫތް އައިސް ތި ވާހަކަ ދެއްކުމުކުންނެއް އަހަރެންގެ ނިންމުމެއް ބަދަލެއް ނުވާނެ.” އަޒުރާ މަޑުމައިތިރި ކަމާއި އެކު ވާހަކަ ދެއްކި ނަމަވެސް އެއަޑުގައި ވީ ނުރުހުމެވެ.

“އެކަމަކު އަޅުގަނޑުދެކެ ތިހައި ނަފްރަތު ކުރާ ސަބަބެއް އޮންނަން ވާނެ.. އެ ސަބަބު އިނގޭން ބޭނުން. ހަމަގައިމު ވެސް މީގެ ކުރިއަކުން މިޢާއިލާގެ އެއްވެސް މެމްބަރާކައި ބައްދަލުވެ ހަމަނުޖެހުމެއް ހިނގާފައެއް ނުވޭ.. ވީމަ ތިގޮތަށް ނަފްރަތު ކުރުމުގެ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ.” ލޫތްގެ އަޑުގައި މިހާރުވީ ހިތްހަމަ ނުޖެހުމެވެ.

“ހުރިހާ ކަމެއްގެ ސަބަބު އޮޅުންފިލުވަދޭކަށް ނުޖެހޭނެ.. އަހަރެން ލޫތްއަށް އިޚުތިރާމް ކުރަން. އެކަމަކު ތި އެދޭ ކަންތަން ވާކަށްނެތް.. އެހެންވީމަ ދެން އެންމެ ރަނގަޅުވާނީ ލޫތް މިތަނުން ދިޔައިއްޔާ..” އަޒުރާގެ ދެބުމަ ގޮށްޖަހާލަމުން ބުނެލިއެވެ. “މަންމާ..” އައިފާއަށް އަޒުރާގެ ވާހަކަ ހުރިގޮތް އިވި ދެރަވެފައި ހުރެ ގޮވާލިއެވެ.

“އައިފާ މިދޭތެރެއަށް ނުވަދޭ.. ލޫތްއާއި އިތުރަށް އަހަރެން ދައްކާނެ ވާހަކައެއް ނެތް.” އަޒުރާ މިހެން ބުނެފައި އެތަނުން ދާން ހިނގައި ގަތެވެ. “އެކަމަކު އަޅުގަނޑު އަދި އެއްވާހަކަ ބުނަންވެފައި އެބައޮތް.. އަޅުގަނޑު އައިފާއާއި އިންނަން ނިންމައިފިން.. އައިފާ ވެސް މިކަމާއި އެއްބަސް.” ލޫތްގެ ބަސްތަށް އިވި އަޒުރާގެ ފިޔަވަޅުތައް ހުއްޓުނެވެ.

އައިފާ އެހާ އަވަހަށް ލޫތްއާއި އިންނަން އެއްބަސް ވާނެ ކަމަކަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އަޒުރާގެ ރުޅިވެރި ނަޒަރު އައިފާއާއި ބައްދަލު ވިއިރު އޭނާ ހުރީ ދަތްކުނޑި ވިކާލައިގެންނެވެ. “ތެދެއްތަ އައިފާ؟!” އަޒުރާ އައިސް އައިފާގެ ކުރިމަތީގައި ހުއްޓިލަމުން އަހާލިއެވެ.

ނަމަވެސް އިސްޖެހިފައި ހުރި އައިފާއަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. “އައިފާއާއި އޭ މިވާހަކަ ދައްކަނީ!!! ތެދެއްހޭ އެއީ؟!” އަޒުރާގެ ހަޅޭކުގެ އަޑަށް އައިފާ ސިހިފައި ދެލޯބޮޑުވިއެވެ. މިނޫނީ އަޒުރާ ދުވަހަކުވެސް އޭނައާއި އެހައި ހަރުކަށިކޮން ވާހަކަ ދައްކާފައެއް ނުވެއެވެ.

އަޒުރާ ހަޅޭލައިގަތުމުން ލޫތް ހިތްހަމަ ނުޖެހުނެވެ. “އައިފާއާއި ދިމާއަށް ހަޅޭ ނުލަވައި..” ލޫތް މިހެން ބުނުމުން އަޒުރާ ގާތަށް އިތުރަށް ރުޅިއައެވެ. “ބުނަން މިއީ އަހަރެމެން ދެމައިން ދޭތެރޭ އޮތް ކަމެއް.. މިކަމާއި ކޮންމެހެން ބެހެން އުޅޭނެ ކަމެއް ނެތް! ޖަވާބުދީ! އައިފާ!!” އަޒުރާގެ އަޑަށް ލޫތް ވެސް ހިމޭން ވިއެވެ.

“މަ.. މަންމާ.. އަޅުގަނޑު..” އައިފާއަށް ވާހަކަދެއްކުނީ ވެސް އަޅައަޅައިގެންނެވެ. “އެއީ ތެދެއްހޭ!” އަޒުރާ އަނެއްކާ ވެސް ޖަވާބަކަށް އެދުނެވެ. “ލައްބަ.. ލައްބަ މަންމާ..” އައިފާ މިހެން ބުނުމާއި އެކީ އަޒުރާއަށް ބޭއިޚްތިޔާރުގައި ޖަހަން އަތް މަޅާލެވުނެވެ.

ނަމަވެސް އޭނާގެ އަތްތިލަ ނުޖެހި މުށްކެވުނެވެ. ދަރިންދެކެ ކިތަންމެ ރުޅިއެއް އަޔަސް އޭނާއަކީ އެގޮތަށް ދަރިންނަށް އަތް އިސްކުރާނެ މައެއް ނޫނެވެ.

“އައިފާ ތިހާ ބޮޑު ނިންމުމެއް ނިންމި އިރު މަންމަ ކައިރި އަހާލުން ވެސް މުހިއްމެއް ނޫން ދޯ.. މަންމަ މިއީ މިހާރު އެއްވެސް މީހެއްނޫން.” އަޒުރާ ދެރަވެފައި ވާހަކަ ދެއްކުމުން އައިފާ ހިތުގައި ޖެހުނެވެ. “ނޫން މަންމާ. ތިހެން ނުބުނޭ..” އަޒުރާގެ އަތުގައި ހިފަމުން އައިފާ ބުނެލިއެވެ.

ނަމަވެސް އަތް ފޮޅުވާލުމަށްފަހު އަޒުރާ ދުރަށްޖެހި ލޮލުން ފޭބި ކަރުނަ ފޮހެލިއެވެ. “އައިފާ ބޭނުން ގޮތެއް ހަދައި.. މަންމަ ނޫޅެން އައިފާގެ އުފާތަކަށް ހުރަސް އަޅާކަށް..” އަޒުރާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ. “ނޫން މަންމާ.. މަންމަގެ ނުރުހުމުގައި ނުކެރޭނެ.” އައިފާ ރޮވިފައި ހުރެ މިހެން ބުނެލިއެވެ.

އޭރު މި މަންޒަރު ބަލަން ހުރި ލޫތް ދެރަވި ނަމަވެސް ދެމައިންގެ ދޭތެރެއަށް ނުވަންނާން އޭނާ ނިންމިއެވެ. “މަންމަގެ ނުރުހުމުގައި މިހާރު ވެސް އައިފާ އެތަށް ކަމެއްކޮށްފި.. އައިފާ ބޭނުމިއްޔާ ދޭ ލޫތްއާއި އިންނަން. އެކަމަކު އެއަށްފަހު އަހަރެންނަށް މަންމަ ނުކިޔާތި!” އަޒުރާގެ މި ހަރުކަށި ބަސްތައް އިވި އައިފާ ބަޑި ފަޅައިގެން ދިޔައެވެ.

“މަންމާ!” އާލިމް ވެސް އަޒުރާގެ ވާހަކަ އިވި ބޭއިޚްތިޔާރުގައި މިހެން ބުނެވުނެވެ. “ނޫން.. ނޫން..” އައިފާ އާދޭސް ކުރި ނަމަވެސް އަޒުރާ އެ އަޑެއް ނޭހިއެވެ. “ދޭ! ނިކުމޭ މިގެއިން..” އަޒުރާ މިހެން ބުނެ އައިފާގެ އަތުގައި ހިފައި ގޭގެ ދޮރާއި ދިމާއަށް ގެންދިޔައެވެ. އޭނާ ވެފައި ހުރި ދެރައިންނާއި އައިސްފައި ހުރި ރުޅި ބޭލީ އައިފާއަށްށެވެ.

ލޫތްއަށް އިތުރަށް ކެތް ނުކުރެވިގެން އައިސް އައިފާ އޭނާ ގަޔާއި ކައިރިކޮށްލިއެވެ. “ކީއްވެ ތިހެން ތި ހަދަނީ.. ކޮންކުށެއް ކުރެވިގެން..” ލޫތް ދެރަވެފައި ހުރެ އަހާލިއެވެ. “ކޮންކުށެއްހޭ؟ ތި ސުވާލު ގޮސް އަމިއްލަ ބައްޕަ ކައިރީގައި އަހާ!” އަޒުރާ މިހެން ބުނެ ލޫތް އައިފާ ގޮވައިގެން ނިކުތުމުން ދޮރު ޖަހައި އެތަނަށް ރޮމުން ތިރިވިއެވެ.

“މަންމާ.. މަންމާ ތިހެން ނަހަދާ.. މަންމާ.” އައިފާ ބޭރުން ދޮރުގައި ތަޅަމުން ދިޔައިރު އަޒުރާގެ މައިވަންތަ ހިތަށް އަސަރު ކުރިއެވެ. “މަންމާ ކިހިނެތް ތި ހެދީ..” އާލިމް އައިސް އަޒުރާ ނަގަމުން ބުނެލިއެވެ. “އައިފާއަކަށް ނުވިސްނޭނެ… ނުވިސްނޭނެ.” އަޒުރާ ރޮމުން މިހެން ބުނެ އޭނާގެ ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތެވެ.

****

އެނދުމަތީގައި އިނދެ ގިސްލަ ގިސްލާފައި ރޮމުން ދިޔަ އައިފާގެ ވިސްނުމުގައި އެނބުރެމުން ދިޔައީ އަޒުރާގެ ބަސްތަކެވެ. އަޒުރާ އެގޮތަށް ކަންތައް ކޮށްފާނެ ކަމަކަށް އޭނާ ފަހަރެއްގައި ވެސް ހިއެއް ނުކުރެއެވެ. އޭނާ އަތުގެ ނުފުށުން ކަރުނަތަށް ފޮހެލި ނަމަވެސް ރުއިމެއް ނުހުޓުނެވެ. ކޮޓަރިއަށް ވައިން ލޫތްގެ ފިޔަވަޅުތައް ހުއްޓުނީ އެނދުމަތީގައި ރޯން އިން އައިފާ ފެނިފައެވެ.

މިވަގުތު އައިފާ ގޮވައިގެން ގެއަށް ނުދެވޭނެތީ އޭނާއައީ ހޮޓެލްގައި އޭނާ ހިފާފައި ހުންނަ ކޮޓަރިއަށްށެވެ. ރިސެޕްޝަންގައި އައިފާ އެއްޗަކަށް އެދެފިނަމަ އެ ގެނެސް ދިނުމަށް ބުނެފައި އޭނަ އެ ކޮޓަރިއަށް އައިރު އައިފާ އަދިވެސް ރޯން އިނުމުން ލޫތް ދެރަވިއެވެ.

“ހޭއި..” އެނދުގައި އިށީނދެ ލޫތް މަޑުމަޑުން އައިފާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. “ދެން ހުއްޓާލާ..” ލޫތް މިހެން ބުނުމުން އައިފާއަށް އިތުރަށް ރޮވެން ފެށުމުން އޭނާ ލޫތްގެ ގައިގައި އޮޅުލައިގަތެވެ. “މަންމަ.. މަންމަ ކީއްވެ އެހެން ހެދީ؟ ބުނީމެއްނުން މަންމަ ޤަބޫލެއް ނުވާނެޔޭ..” އައިފާ ގިސްލަމުން ވާހަކަ ދެއްކިއެވެ.

“އައި ނޯ ބޭބީ.. ދެން އެކަމަކު ތިވަރަށް ރުއިމަކުންނެއް އެއްވެސް ކަމެއް ހައްލެއް ނުވާނެ.. ޕްލީޒް ސްޓޮޕް.. ލުކް އެޓް މީ..” އައިފާގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލަމުން ލޫތް ބުނެލިއެވެ.

ލޫތް އޭނާގެ އިނގިލިތަކުން އައިފާގެ ކޯތާފަތުގައިވީ ކަރުނަތައް ފޮހެލަ ދިނެވެ. “ދެޓްސް އިނަފް ނައު.. އެއްޗެއް ކާލަން ވީނުން..” ލޫތް މިހެން ބުނުމުން އައިފާ ނޫނެކޭ ބުނެ ބޯ ހޫރުވާލިއެވެ.

“ޕްލީޒް.. ނޫޑްލިސްއަކަށް އޯޑާ ކުރަނީ އިނގޭ..” ލޫތް މިހެން ބުނެ އެނދުކައިރީގައި އޮތް ފޯނުނަގައި އޯޑާ ކޮށްލިއެވެ. “ލޫތް..” އައިފާގެ އަޑަށް ލޫތް ފޯނު ބޭއްވުމަށްފަހު އައިސް އެނދުގައި އިށީނދެލިއެވެ.

“ދެން ކިހިނެތް ހަދާނީ؟” އައިފާ މިހެން ބުނި އިރު އެ މޫނުމަތިން ފާޅުވީ މާޔޫސްކަމެވެ. ރުއިމުގެ ސަބަބުން އެ ދެލޯވަނީ ރަތްވެ ކުޑަކޮން ދުޅަވެފައެވެ. “އައިފާ ބޭނުން ގޮތެއް.. ވީ ކެން ސްޓިލް ވެއިޓް އައިފާ މޮމް އޯކޭ ވަންދެން.. ނޫނީ ވީ ކެން ގެޓް މެރީޑް..” ލޫތް މިހެން ބުނުމުން އައިފާ ވިސްނާލިއެވެ.

“ލޫތް ބޭނުމީ ކޮންގޮތެއް؟” އައިފާ ވިސްނާލުމަށްފަހު ބުނެލިއެވެ. “މެރީ ކުރަން.. އިނގޭ އައިފާ މަންމަ ނުރުހޭކަން ވެސް.. ބަޓް އައި ކާންޓް ވެއިޓް މަޗް ލޯންގާ.. އެކަމަކު އައިފާ ބޭނުން ގޮތެއް ހަދާނީ. އޯކޭ ބޭބް..” ލޫތް މިހެން ބުނެ ހިނިތުންވެލިއެވެ. “ޓަރަސްޓް މީ.. އަހަރެން ނޫޅެން އައިފާ ދޫކޮށްލާކަށް.. އައި ލަވް ޔޫ..” ލޫތް މިހެން ބުނެ އައިފާގެ ކޮލުގައި ފިރުމާލިއެވެ.

“އިނގޭ.. އެކަމަކު މަންމައަށް ހީވަނީ މިއީ ލޫތް ކުޅޭ ކުޅިވަރެކޭ.. ޝީ ވޯންޓް އަންޑަސްޓޭންޑް..” އައިފާ ދެއަތް ދެއަތާއި މޮޑެމުން މިހެން ބުނިއިރު އޭނާ އިނީ ކަންބޮޑުވެފައެވެ. “މަންމަ ކީއްވެ އެބުނީ ލޫތް ބައްޕަ ކައިރި އަހާށޭ؟ ވަޓް ޑަޒް ޝީ މީން ބައި ދެޓް. ލޫތް ބައްޕައަށް ކިހިނެތް މަންމަ އިނގެނީ؟ އައި އެމް ސޯ ކޮންފިއުޒްޑް..” އައިފާ ހުއްޓުމެއްނެތި ވާހަކަދައްކަމުން ދިޔައެވެ.

“ހޭއި.. ހަމަޖެހިބަލަ.. އިޓްސް ގޮނާ ބީ އޯކޭ.” ލޫތް މިހެން ބުނެ އައިފާ ގެނެސް އެ ތަނަވަސް މޭމަތީގައި ފޮރުވާލިއެވެ. އޭރު އޭނާ ސިކުނޑީގައި އެނބުރެމުން ދިޔައީ އައިފާ ދެންމެ އެ ދެއްކި ވާހަކައެވެ. އޭނަގެ ބައްޕައާއި މިކަމާއި އޮތީ ކޮން ގުޅުމެއް ބާއޭ ލޫތް ވެސް ހިތަށް އެރިއެވެ.

އެވަގުތު އޭނާގެ ފޯނު ރިންގުވުމުން ބަލައިލި އިރު ގުޅަނީ ލުތުފީއެވެ. “ހަލޯ..” ފޯނު ނަގަމުން ލޫތް ވާހަކަދެއްކިއެވެ. “ދަރިފުޅު ކޮންތާކު؟” ލުތުފީ އެކޮޅުން ވާހަކަ ދެއްކިއެވެ. “ހޮޓެލްގައި..” ލޫތް ދިނީ ކުރު ޖަވާބެކެވެ. “ބައްޕަ އެބަޖެހޭ ދަރިފުޅާއި ވާހަކައެއް ދައްކާލަން.. އާދެ ސީހައުސްއަށް. ބައްޕަ މި އިނީ މިތާ.” ލުތުފީ މިހެން ބުނުމުން މިދަނީ ކަމަށް ބުނެ ލޫތް ފޯނު ބޭއްވިއެވެ.

“ބޭބް.. އެބަ އަންނަން ބައްޕަ ކައިރިއަށް ގޮސްލާފައި.. ނޫޑްލިސް ގެނައިމަ ކައިގެން ރެސްޓް ކޮށްލައި އިނގޭ.. ނުރޯތި ދެން.. ޕްލީޒް. ލަވް ޔޫ.” އައިފާގެ ނިތުގައި ބޮސްދިނުމަށްފަހު ލޫތް އެތަނުން ދާން ތެދުވިއެވެ.

****

ސީހައުސްގައި ކޮފީ ބޮމުން ދިޔަ ލުތުފީގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަސްކަމެވެ. އެއް އަތުން ތުބުޅިއާއި ކުޅެމުން ދިޔައިރު ދެފައި ހަލުވަމުން ދިޔައެވެ. އޭނާ އިނީ މިވާހަކަ ލޫތްއާއި ދައްކާނެ ގޮތެއް ނޭނގިފައެވެ. ނަމަވެސް މިހާރު ލޫތްއަށް މިހަޤީޤަތް ހާމަ ކުރަން ވެއްޖެކަން އޭނާއަށް ވެސް އިނގެއެވެ.

ސީހައުސްއަށް ވަދެގެން އައި ލޫތް ފެނި ދުރުގައި އިން ލުތުފީ ހަނާ އަޅާލިއެވެ. މަޑު ހިނގުމެއްގައި ލޫތް އައިސް ލުތުފީ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. “ކޮފީ އަކަށްތަ އޯޑާ ކުރަންވީ؟” ލުތުފީ އަހާލިއެވެ. “ނޫން.. އެސްކިއުޒް.. ވަން ރެޑް ބުލް.” ކައިރިން ދިޔަ ވެއިޓަރަށް ގޮވާލަމުން ލޫތް ބުނެލިއެވެ.

“ބައްޕައަކަށް ނޭނގެ މިވާހަކަ ފަށާނެ ގޮތެއް ވެސް.” ލުތުފީ ކޮފީތަށީގައި އިނގިލި ހާކަމުން އިނދެ ބުނެލިއެވެ. “އަޅުގަނޑު ފަށައިދީފާނަން.. ބައްޕައާއި އައިފާގެ މަންމައާއި އޮތީ ކޮން ގުޅުމެއް؟” ލޫތް ސީދާ އެހެން އެހުމުން ލުތުފީ ސިހުނެވެ. ލޫތްއަށް އެކަންތައް އިނގުނީ ކިހިނަކުން ބާއޭ ލުތުފީ ހިތަށް އެރިއެވެ.

“އަޅުގަނޑު މިތަނަށް އައިރު ވެސް އިނގޭ ބައްޕަ މިވާހަކަ ދައްކަންކަން ތި ގެނައީ.. މިއައީ އައިފާމެން ގެއަށް ގޮސް އޭނަގެ މަންމައާއި ވާހަކަ ދައްކާފައި.” ލޫތް ހަމަޖެހިލައިގެން އިނދެ ބުނެލިއެވެ. “ކީކޭ ބުނީ؟” ލޫތުފީ އިނީ އަޒުރާ ކިޔައިދިން ވަރު އެނގެން ބޭނުން ވެފައެވެ.

“މާ ގިނަ ވާހަކައެއް ނުބުނޭ.. ބުނީ ބައްޕަ ކައިރީ އަހާށޯ ކުރެވުނު ކުށަކީ ކޮބައިކަން.. ސޯ ޓެލް މީ ޑޭޑް.. ކޮން ކުށެއް ބައްޕަ ކުރީ؟” ލޫތްގެ އަޑުގައިވީ ހިތްހަމަ ނުޖެހުމެވެ. “އާނ ދަރިފުޅާ. ބައްޕައަށް ކުށެއް ކުރެވުން.. ބައްޕަގެ ސަބަބުން އަޒުރާ ބަރުބާދުވީ.. އެކަންވީ ބައްޕައަށް އެނގިހުރެ..” ލުތުފީ ބުނެލިއެވެ.

“ޑޭޑް ޕްލީޒް.. ކަމް ޓު ދަ ޕޮއިންޓް.” ލޫތް އިނީ ލުތުފީ މާ ދުރުދުރުން ވާހަކަ ދައްކާތީ ހިތްހަމަ ނުޖެހިފައެވެ. “އެއީ ބައްޕަމެން ޒުވާން އިރު.. ރިޔާޒްބެ ހަނދާން ހުރޭ ދޯ؟” ލުތުފީ އަހާލިއެވެ. “ޔެސް ބައްޕަގެ ބޭބެއެއްނުން.. ކުޑައިރު އުޅުން ހަނދާންވޭ.. ބަޓް ހީ އިޒް ނޯ މޯ.” ލޫތް ޖަވާބު ދިނެވެ.

“އާނ.. ލައިޝާ ބޮޑަށް ހަނދާން ހުންނާނީ.. އެއީ ދަރިފުޅު ވަރަށް ކުޑައިރު. ކުއްލި ގޮތަކަށް ހާޓް އެޓޭކެއް ޖެހިގެން ބޭރު ގައުމެއްގައި ހުއްޓައި ރިޔާޒް ނިޔާވީ.. އެއީ ބައްޕަގެ ބައްޕަ.. ދަރިފުޅުގެ ކާފަ ބަލަން ގެނައި ކުއްޖެއް. އެދުވަސްވަރު ކާފަގެ ވަރަށް ގާތް ރަޚުމަތްތެރި އެއްގެ ހުރި ހަމައެކަނި ދަރި ރިޔާޒްއަކީ.. ދެން އެ ރަޚުމަތްތެރިޔާ މަރުވުމުން އެއާއިލާގައި އޭނާ ބަލާނެ އިތުރު މީހެއް ނެތުމުން ކާފަ ރިޔާޒް ގެނެސް އަމިއްލަ ދަރިއެއް ގޮތަށް ބަލީ.. އެއަށްފަހު އަދި ކާފަ މާމައާއި އިނދެގެން ބައްޕަ ލިބުނީ. ދެން އޭރު ބޭބެއެއްގޮތުގައި ހުންނާނީ ރިޔާޒް އެކަނި.. ބައްޕަމެން ދެމީހުން ހަމަ އެއްބަޑު އެއްބަފައި ދެދަރިންހެން އުޅުނީ..” ލުތުފީ ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭރު ލޫތް އޭނާގެ ރެޑްބުލް ދަޅު ބޮމުން ޝައުޤުވެރި ކަމާއި އެކު ލުތުފީގެ ވާހަކަ އަޑު އަހަމުން ދިޔައެވެ.

“ދެން މިކަމެއްވީ ބައްޕަމެން ޒުވާން ދުވަސްވަރު.. އޭރު ކާފައަކީ މާލޭގައި ހުރި އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އެކަކު.. ބައްޕަމެން ނިކަން ފޮނި ވާނެ އެކަމާއި އޭރު.. އެދުވަސްވަރު ވެސް ސްކޫލް ނިންމާފައި ދާނެ ގޭގެއަށް ޓިއުޝަން ނަގަން.. މިހެން ދިއުމުގެ ތެރެއިން އަޒުރާއާއި ބައްޕަ ދިމާވީ.. ދެން ކީކޭ ބުނާނީ.. ބައްޕައަށް އޭނަދެކެ ލޯބި ވެވުނީ.. އެކީގައި ޓިއުޝަނަށް ގޮސް ރަޚުމަތްތެރިވެ ބޭރަށް ވެސް ދާން ފެށީ.. އަޒުރާ ވެސް ނިކަން ގަޔާއި ވިހެން ބައްޕައަށް ހީވީ.. ވަރަށް އުފާވި އިރެއް އެއީ.” ލުތުފީ މާޒީ ހަނދާން ކުރަމުން ހިނިތުން ވެލިއެވެ.

“މިހެން އުޅުމުގެ ތެރޭގައި ބައްޕަ ރިޔާޒްއާއި އަޒުރާ ތަޢާރަފް ކޮށްދިނީ.. އޭރު ބައްޕައަކަށް ނޭނގެ މިކުރެވުނީ ކިހާ ބޮޑު ކުށެއް ކަމެއް.. ބައްޕަ އެހައި ލޯބިވި އަޒުރާ ހިތްކީ ރިޔާޒުއަށް.. އެހައި ދުވަހު ބައްޕައަށް ކުލަ ހުވަފެންތަކެއް ދައްކައި އުޅުން އިރު އަޒުރާ ދުވަހަކު ވެސް ބައްޕަދެކެ ލޯތްބެއް ނުވި..” ލުތުފީ ދެރަވެފައި އިނދެ ބުނެލިއެވެ.

“ބައްޕަ ލޯބިވާ ވާހަކައެއް ވެސް ނުބުނަންތަ؟” ލޫތް އަހާލިއެވެ. “އެޒަމާނުގައި ސީދާ އެހެން ބުނާކަށް ނުކެރޭނެ ދަރިފުޅާ.. އަނެއްކައި ރިޔާޒު އައިސް ބައްޕަ ކައިރި ބުނެފި އޭނައާއި އަޒުރާ ގުޅެން އުޅޭ ވާހަކަ.. ދެން އޭރު ވަގުތު ފާއިތުވެއްޖެ. ބައްޕަ އެކަމާއި ރުޅިއައީ އަޒުރާދެކެ.. ބައްޕަ ހިތުން އޭނަ ވެސް ލޯބި ވާކަމަށް ހެދިގެން އުޅުނީ.. ދެން ކޮންމެ އަކަސް ރިޔާޒް އަޒުރާއާއި އިންނަން އުޅުން އިރުވެސް ބައްޕައަށް އިނގޭ ރިޔާޒްގެ ކުޅިގަނޑު.. އޭނާ ބުނަން ވެސް ބުނި މިއީ ހަމަ ޖަހާލާ ކުޅިގަނޑެކޭ.. ފަހުން ވަރި ކޮށްލީމަ ނިމުއްނިއްޔޭ.. ބައްޕަ ބޭނުންވި ނަމަ އެކަން ހުއްޓުވުނީސް.. އެދުވަހު އެކަން ހުއްޓުވި ނަމަ ފަހުން އެ ހިތްދަތި ކަމުގައި އުޅޭކަށް އަޒުރާއަކަށް ނުޖެހުނީސް.. އެކަމަކު. އެކަމަކު ބައްޕަ ހަމަ ހުރީ. ރިޔާޒް ބޭނުން ގޮތެއް ހަދާލުމަށްފަހު އަޒުރާ ވަރިކުރުމުން ދުރުގައި ހެވިފައި އެތަން ބަލަން ހުރީ..” ލުތުފީގެ އަޑުން ވެސް މިހާރު އެކަމާއި އޭނާ ހިތާމަ ކުރާކަން އިނގެއެވެ.

“ފަހުން އަޒުރާއާއި ދިމާއަށް ބުނިން ބައްޕަ ކަންތައް ކުރިގޮތުގެ ވާހަކަ.. ވަރަށް ހަޅޭވެސް ލެވިން.. ބުނިން މިއީ ބައްޕައާއި ދޭތެރޭ އެގޮތަށް ކަންތައް ކުރުމުން ދިން އަދަބޭ.. އެކަމަކު މިހާރު ދެރަވޭ.. އަޒުރާ އޭނާގެ ފިރިހެން ދަރިއަށް ބަލިވެ އިންދާ ވަރި ކުރީ ވެސް.. ބައްޕަ ރިޔާޒްގެ ކުޅިގަނޑު ސިއްރު ކުރުމުން މިހެން ވީ..” ލުތުފީ އެވާހަކަ ނިންމާލިއެވެ.

ލޫތް އެވާހަކަތައް އަޑުއެހި އިރު އޭނާ އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “އަޒުރާ ފަހުން ވެސް ރިޔާޒުއާއި ގުޅެން ބޭނުންވި ނަމަވެސް ބައްޕަ ރިޔާޒުގެ ބޮލަށް އެރިގެން އެކަމާއި ދެކޮޅު ހެދުވީ.. އޭގެފަހުން އަޒުރާ ނާޒިމްއާއި އިނީ. ނާޒިމް އޭނަ ބަލައި އާލިމް ވެސް އަމިއްލަ ދަރިއަކަށް ހެދީ.. ދަރިފުޅު ކުރީ ދުވަހު އައިސް އައިފާގެ މަންމައަކީ އަޒުރާއޭ ބުނީމަ ބައްޕައަށް ޝައްކުވީ ހަމަ. އެހެންވެ އެއީ ހަމަ އެ އަޒުރާތޯ ބަލާލި އިރު އައިފާގެ މަންމައަކީ އޭނަ.. ކީއްކުރާނީ ތަޤުދީރުގެ ނިއާ.” ލުތުފީ ކޮފީތަށި ހުސްކޮށްލަމުން ބުނެލިއެވެ.

“ބައްޕަގެ ތި ކުށާއި ހެދި އައިފާގެ މަންމަ އަޅުގަނޑަށް ނަފްރަތު ކުރަނީ.. ތެދެއް.. އެ ހުރިހާ ކަމެއް ވުމުން ކިހިނެއް އަމިއްލަ ދަރި އަނެއްކައި މި އާއިލާއަށް ފޮނުވާނީ.. މިރޭ އެގެއަށް ދިއައީމަ އައިފާ ގެއިން ވެސް ބޭރު ކޮށްލައިފި..” ލޫތް ދެރަވެފައި ނިއްކުރީގައި އިނގިލަތަކުގެ ކޮޅު ހާކާލަމުން ބުނެލިއެވެ.

“ބައްޕައަށް މަޢާފްކުރޭ.. ބައްޕަމެންގެ ސަބަބުން ދަރިފުޅެ ދިރިއުޅުން ހަލާކުވިޔަކަ ނުދޭނަން.. މާދަން ބައްޕަ އަމިއްލައަށް އަޒުރާ ކައިރިއަށް ގޮސް ވާހަކަދައްކައި މިކަން ހައްލު ކުރާނަން.. ހާސް ނުވޭ.” ލުތުފީ ވިސްނައިދިނެވެ. ލޫތް ހިމޭނުން އިން ނަމަވެސް އޭނާ ހުރި މިއެނގުނު ކަންތަކާއި ހެދު ބޯ ހާސްވެފައެވެ.

****

ނިދި ތާއްޔާއި ޖެހެމުން ދިޔަ އައިފާއަށް ސިހިފައި ހޭލެވުނީ އޭނާގެ ކޮލުގައި މީހަކު ބީހިލުމުންނެވެ. އައިފާ ދެލޯ ބޮޑުކޮށް ތެދުވި އިރު ކައިރީގައި އިން ލޫތް ފެނި އޭނާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ. “ލޫތް.. ކޮންއިރަކު އައީ؟” އައިފާ އެނދުގެ ހެޑްބޯޑުގައި ލެނގިލަމުން އަހާލިއެވެ.

“ދެންމެ.. ކައިފިންތަ؟” ލޫތް މިހެން ބުނިއިރު އެއަޑުގައި ވީ މާޔޫސް ކަމެވެ. އޭނަ ގަމީސް ބޭލުމަށްފަހު އެނދަން އެރުމުން އައިފާ ކުޑަކޮން ދުރަށް ޖެހިލިއެވެ.

“ކައިފިން.. ލޫތް މިތާތަ ނިދަނީ؟” އައިފާ ޖެހިލުންވެފައި އިނދެ އަހާލިއެވެ. “އާނ. އަހަރެން ނޫޅެން މިރޭ ވީ ކަންތަކަށްފަހު އައިފާ މިތާ އެކަނި ބަހައްޓާފައި ދާކަށް..” ބާލީހުގައި އޮށޯވެލަމުން ލޫތް ބުނެލިއެވެ.

“އެކަމަކު..” އައިފާގެ ވާހަކަ ލޫތް ހުއްޓުވިއެވެ. “ނޫޅެމޭ ކަމެއް ކުރާކަށް.. ޕްރޮމިސް. އައިފާގެ ނުރުހުމުގައި ގައިގައި އިނގިލި ކުރި ވެސް ޖައްސާ ނުލާނަން.. މިތާ އޮވެބަލަ. އައިފާއަށް ނިދުނީމަ އަހަރެން ދާނަން ސޯފާއަށް.. ޓަރަސްޓް މީ.” ލޫތް މިހެން ބުނުމުން އައިފާ އޭނާ ކައިރީގައި އޮށޯތެވެ.

“ބައްޕަ ކީކޭ ބުނީ؟” ލޫތް ކަންބޮޑުވެފައި ހުރިކަން އިނގުމުން އައިފާ އަހާލިއެވެ. ލޫތް ފުން ނޭވާއެއް ލަމުން ލުތުފީ ކިޔައިދިން ހުރިހާ ވާހަކައެއް އައިފާއަށް ކިޔާދިނެވެ.

ލޫތްގެ ވާހަކަތައް އަޑުއަހަން އޮތް އައިފާގެ މޫނުމައްޗަށް އެތަށް ކުލަވަރެއް އަރައި ފައިބަމުން ދިޔައެވެ. “މަންމަ ކިހާ ދެރަވާނެ.. އެހެންވެ ދޯ މިކަމާއި މަންމަ އެހައި ނުރުހުނީ..” އައިފާ ދެރަވެފައި އޮވެ ބުނެލިއެވެ.

“ޔާ.. އަހަރެން ވެސް ހިއެއް ނުކުރަން ބައްޕަ އެކަހަލަ ކަމެއް ކޮށްފާނެއެކޭ.. ބަޓް ޕީޕަލް މޭކް މިސްޓޭކްސް.. ބައްޕަ ބުނި މާދަން ތިގެއަށް ގޮސް އައިފާ މަންމައާއި ވާހަކަދައްކާނެމޭ.. އޭރުން މި ހުރިހާ ކަމެއް ވެސް ރަނގަޅު ވެދާނެ” ލޫތް އައިފާ ހިތްހަމަޖައްސައި ދެމުން ބުނެލިއެވެ.

“ސޯ ދޮންބެ އެއީ އައިފާގެ ހާފް ބްރަދާ ދޯ.. އެހެންވީމަ ލޫތްގެ ބޭބެއައްތަ ވާނީ؟ އަހަރެމެންނަށް މެރީ ކުރެވޭނެތަ؟” އައިފާ މިހެން އެހުމުން ލޫތް ގާތަށް ހިނިއައެވެ. “ޔެސް ބޭބް.. މެރީ ކުރެވޭނެޔޭ.. ރީޔާޒްބެ އެއީ ބައްޕަގެ އަސްލު ބޭބެއެއް ނޫނޭ.. ދޭއާ ނޮޓް ބަލްޑް ރިލޭޓެޑް.. އެހެންވީމަ މެރީ ކުރެވޭނުން..” ލޫތް މިހެން ބުނެ އައިފާ ބޮލުގައި ބޮސްދިނެވެ.

“ދެން ނިދާލާ އިނގޭ..” އައިފާގެ އިސްތަށިކޮޅާއި ކުޅެމުން ލޫތް ބުނެލިއެވެ. ލޯ މެރިފައި އޮތް އައިފާ ފުން ނިންނަޖަކުން ގެނބުނީ ދާދި އަވަހަށްށެވެ.

****

މެންދުރުގެ ކެއުން ތައްޔާރު ކުރަމުން ދިޔަ އަޒުރާ ހުރީ އައިފާ ނެތުމުން އެކަމުގެ ފަޅުކަން އިހުސާސްވެފައެވެ. މިހާރު އެގޮތަށް އޭނާ ގެއިން ބޭރު ނުކޮށްލެވުނު ނަމައޭ އޭނާ ހިތަށް އެރިއެވެ. އުނދުން މައްޗަށް ރިހަ ކަންކަން އުނދާފައި ހުރިއިރު އޭނާ ކުޅިމަސް ހެދުމަށް ފިޔާ ކޮށަމުން ދިޔައެވެ.

އައިފާ ނެތުމުން މިއަދު ބަދިގެ ތެރޭގައި އަތް ގާތް ކޮށްދޭނެ މީހަކު ވެސް ނެތެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރި އަޒުރާ ސިހުނީ އިނގިއްޔަށް ތޫނު ތަދެއް ވުމުންނެވެ. ސިހިފައ އަތުން ވަޅި ދޫވިއިރު އިނގިލި ކަނޑައިގެން ގޮސް ލޭ އަންނަނީއެވެ. އޭނާ އަވަސް އަވަހަށް ސިންކުން އަތްދޮން ނަމުން ދިޔައިރު ގޭގެ ބެލް ޖެހި އަޑު އިވުނެވެ.

“އާލިމް.. އާލިމް ދަރިފުޅާ. ކާކުތޯ ބަލާލަބަލަ..” އަޒުރާ މިހެން ބުނެފައި މަލަން ކޮޅެއް ހޯދަން ބަދިގޭގައި ހުރި ކަބަޑުތައް ހާވަން ފެށިއެވެ. އާލިމް ދޮރު ހުޅުވި އަޑު އިވުން ނަމަވެސް އައީ ކާކުކަމެއް އަޒުރާއަކަށް ނޭނގުނެވެ.

މަލަން ފޮޗެއް ނަގައިގެން އިނގިލީގައި އަޅަމުން އަޒުރާ ސިޓިން ރޫމަށް ނިކުންނަން ދިޔައީ އައީ ކާކުތޯ ބެލުމަށްށެވެ. “ކާކުތަ ދަރިފުޅާ؟” އަޒުރާ ވާހަކަދައްކަމުން ސިޓިން ރޫމަށް ނިކުއިން އިރު ދޮރުމަތީގައި ހުރި ލުތުފީ ފެނި އޭނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ސައްބީސް އަހަރުފަހުން ލުތުފީ އެގޮތަށް ހަމަލޮލަށް ފެނުމުން އަޒުރާއަށް ހިންދިރުވާލަން ވެސް އުނދަގޫ ވިއެވެ.

-ނުނިމޭ-

59
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

layaal

Other Articles

Previous

އެންމެ ފަހު ނޭވާ ލަމުންވެސް… 6 ވަނަ ބައި

Next

އަސަރު 31

Next
July 28, 2016

އަސަރު 31

Previews
July 28, 2016

އެންމެ ފަހު ނޭވާ ލަމުންވެސް… 6 ވަނަ ބައި

40 Comments

  1. layaal says:
    July 28, 2016 at 2:19 pm

    enjoy guys. next part on Saturday in sha allah. let me know how it is.

  2. Miky says:
    July 28, 2016 at 2:26 pm

    V nice

    1. layaal says:
      July 28, 2016 at 6:22 pm

      thanks

  3. leem says:
    July 28, 2016 at 2:36 pm

    V v reethi mi story. Keep it up..

    1. layaal says:
      July 28, 2016 at 6:23 pm

      thank you leem ❤️

  4. Twinkle says:
    July 28, 2016 at 2:41 pm

    One of the best story.. ♡♡

    Thanx layaa
    Waiting patiently for the next pary

    1. layaal says:
      July 28, 2016 at 6:23 pm

      thank you dear ??

  5. Shaai says:
    July 28, 2016 at 2:44 pm

    Wow layaal nice story n superb. Dhen konirakun up kohdheyni

    1. layaal says:
      July 28, 2016 at 6:24 pm

      thanks ?? on Saturday in sha allah

  6. Sandy says:
    July 28, 2016 at 2:57 pm

    V nice. Kiyaa hithun next part. Aslu hithah araa hama mihaaru saturday ah vaane nama ey. Vvvvvvvvvvvvvvvvvvvvvvvv nice. Superb

    1. layaal says:
      July 28, 2016 at 6:24 pm

      thank you ❤️

  7. Anonymous says:
    July 28, 2016 at 3:07 pm

    Masha Allah…wat a nyc story…? so interesting…konme part eh ninmaalaafa hunnany nxt part kiyan kehmadhuvaavaru kohfa..keep it up layaal… waitin 4 nxt prt…

    1. layaal says:
      July 28, 2016 at 6:24 pm

      thank you Anon ???

  8. Saajidh says:
    July 28, 2016 at 3:13 pm

    WOW… V furihama… Dhen vaane gotheh balaalan keiymadhuvejje… Next part ah eba v inthizaaru kurevey… Saturday naisgen mihury…

    1. layaal says:
      July 28, 2016 at 6:25 pm

      Thanks Saajidh ??

  9. ba c says:
    July 28, 2016 at 3:23 pm

    v salhi mibaives……

    1. layaal says:
      July 28, 2016 at 6:25 pm

      thank you

  10. fatima says:
    July 28, 2016 at 3:34 pm

    Wow . waiting,…

  11. shaya says:
    July 28, 2016 at 3:57 pm

    Wow…Thank you Layaa… Thee hama best…bunaa dhuvahu bunaa vaguthuga vaahaka update kuraathee varah ufaavey…

    1. layaal says:
      July 28, 2016 at 6:26 pm

      Thank you shaya ❤️

  12. muniyaa says:
    July 28, 2016 at 5:03 pm

    Salhi

    1. layaal says:
      July 28, 2016 at 6:26 pm

      thanks ?

  13. Rafa says:
    July 28, 2016 at 5:04 pm

    Wow v nice

  14. Xaan says:
    July 28, 2016 at 7:29 pm

    Wow salhiyey salhiyey

  15. Alaa says:
    July 28, 2016 at 9:04 pm

    Vaahaka varah reethi… aifa ge dhombe akee looth ge uncle ge dhari akah viyas ves kaiveni hudha vaane noontha… ebai kudakon hama jassaala bala.

    1. layaal says:
      July 29, 2016 at 2:13 pm

      yes kaiveni hudha vaane because there is no blood relations between riyaz and looth’s family. he was kind of an adopted kid to the family. so they can get married ??

  16. Blue Lady says:
    July 28, 2016 at 9:54 pm

    Superb. LAYA u r da best.

    1. layaal says:
      July 29, 2016 at 2:13 pm

      thanks ??

  17. Faathee says:
    July 28, 2016 at 10:47 pm

    Yes layaal is the best hama ??. Hama superb. Luthfee mihaaru ves azuraa dheke loabi vey baa.. vara salhi ingey thi genna twist tha. V v furihama. Zeyn and Leena aifaa men ge dhiri ulhun there ah vana nu dhechey alhe. Eyrun foohi. Heheh

    1. layaal says:
      July 29, 2016 at 2:14 pm

      thank you Faathee ❤️

  18. Sana says:
    July 28, 2016 at 11:11 pm

    V v v reethi??

    1. layaal says:
      July 29, 2016 at 2:14 pm

      thanks ??

  19. aimin mau says:
    July 29, 2016 at 12:37 am

    It ws fab!!!!! U r the bst layaa!!!! ? ?

    1. layaal says:
      July 29, 2016 at 2:14 pm

      thank you ?

  20. Youme says:
    July 29, 2016 at 7:34 pm

    Layaaaaaaaaaaaaaaaaaaaaaaaaaaaa
    Stryyy vvvvv reeethi

  21. maain says:
    July 30, 2016 at 9:24 am

    kobaa story layaal

  22. maiha says:
    July 30, 2016 at 10:46 am

    layaaa…. kobaatha story…mmmmmm… kehtherikan kolhunlany ?

  23. layaal says:
    July 30, 2016 at 10:55 am

    hey guys. i’ll update the new part around 3 today in sha allah. ?

  24. aimin mau says:
    July 30, 2016 at 11:46 am

    Ok layaa ?

  25. Nauher says:
    July 30, 2016 at 3:50 pm

    Kobaa stry?
    waiting waiting

Comments are closed.

All Right Reserved!