Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 32 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
July 29, 2016 10 Mins Read
78 Comments

“ދެމީހުން ދޭތެރޭ ކަމެއް އެބަ ހިނގާ…” އާޒަތު މާނަވީ ގޮތަކަށް ދެމީހުނަށް ބަލައިލަމުން ހިނިތުން ވެލާފައި އެތަނުން ދިޔަ އެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލި އެވެ. ޖަންނަތު އަނބުރާ ބަދިގެއަށް ވަނުމުން ޒައިދާން ވެސް ޓީޝާރޓާއި ދިމާއަށް ބަލައިލާފައި އެނބުރި ކޮޓަރިއާއި ދިމާއަށް ދިޔަ އެވެ.

އެދުވަހު ހަވީރު ޒައިދާންއާއި އާޒަތު ބޭރަށް ދިޔައީ ގެއަށް ބޭނުންވާ ބައެއް ތަކެތި ގަންނާށެވެ. އާޔަތު ޔަޒަން ގޮވައިގެން ނުކުތީ އެގޭ ކުރިމަތީ އޮތް ކުޑަކުދިން ކުޅޭ ކުޑަ ޕާކަށް ދާށެވެ. ޖަންނަތު އެކަނި ވުމުން ގޭ ދޮރު ލައްޕާލާފައި ޖަންނަތު އައިސް ވަނީ ފެންވަރާށެވެ. އެގޭގައި ހުންނަނީ ތިން ކޮޓަރި ކަމުން އާޔަތު ނިދަނީ އެއްކޮޓަރީގަ އެވެ. އާޒަތު ކޮޓަރީގައި ޔަޒަން ނިންދަވާއިރު ޖަންނަތުއާއި ޒައިދާން ނިދަނީ އެއްކޮޓަރީގަ އެވެ. ޖަންނަތަށް އެނދު ދީފައި ޒައިދާން އަބަދުވެސް ނިދަނީ ކޮޓަރީގައި ހުރި ސޯފާގަ އެވެ. އާޒަތުއާއި އާޔަތުއަށް ދެމީހުން ދޭތެރޭ އޮންނަ ދުރުކަން އަންގާކަށް ދެމީހުންވެސް ބޭނުމެއް ނުވެ އެވެ. ނަމަވެސް ޔަޒަން ކިޔައިދީފައި ހުންނަ ވާހަކައިން އާޒަތުއާއި އާޔަތުއަށް ކޮންމެސް ވަރަކަށް އެކަން އިނގެ އެވެ.

ޖަންނަތު ފެންވަރައިގެން މެޔާ ހަމައިން ތުވާލި އަނދެލައިގެން ފާހާނާއިން ނުކުތެވެ. އޭރު ޒައިދާން ކޮޓަރީގެ އަލަމާރިން އެއްޗެއް ނަގަން ހުއްޓިގެން ހުރެފައި ފާހާނާ ދޮރު ހުޅުވުނު އަޑަށް ޒައިދާންއަށް ވެސް އެދިމާލަށް ބަލައިލެ ވުނެވެ. އޭރު އަދި ޖަންނަތުއަށް ޒައިދާން އެތާ ހުރި ކަމެއް ނޭގެ އެވެ. ޒައިދާންއަށް ކަޅި ޖަހާނުލާ ޖަންނަތު އަށް ބަލަން ހުރެވުނީ އެވެ. ޖަންނަތު ފެނުމުން މީން ދުވަހަކު ނުވާ ގޮތްތަކެއް ޒައިދާންއަށް ވަމުން ދިޔަ އެވެ. ޖަންނަތު ހިސާބަކަށް އައިސް ޒައިދާން ފެނުމުން ސިއްސައިގެން ގޮސް ހަޅޭއް ލަވައި ގަނެވުނެވެ. ޒައިދާން ވެސް ދިޔައީ ސިއްސައިގެނެވެ. އެވަގުތު އާޒަތު އައިސް ދޮރުގައި ޓަކި ޖަހަން ފެށީ ޖަންނަތުއަށް ކަމެއް ވީކަމަށް ހިތާ އެވެ.

“ތުއްތާ، އޯކޭތަ؟” އާޒަތު ޓަކި ޖަހަމުން ގޮވާލި އެވެ.

“އާން… ތުއްތަ އޯކޭ… ކު..ކުރަތްޕެއް ފެނިގެން… ” ޒައިދާން އަވަހަށް ދޮރާ ދިމާލަށް ޖެހިލަމުން ވާހަކައެއް ހަދާލި އެވެ. އާޒަތު ހައިރާންވެ ހުރެ ކޮޓަރި ކައިރިން ދުރަށް ދިޔައީ ޖަންނަތު ކުރަފި ދެކެ ބިރުން އުޅޭވާހަކަ ބުނުމުން ގަބޫލު ނުކުރެވިފައި ހުރެގެނެވެ. ޒައިދާން ފުން ނޭވާއެއް ލަމުން ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ. އޭރު ޖަންނަތު ތުވާލި މަތިން ޓީޝާރޓެއް ލަނީ އެވެ.

“ޒައިދާން ކީއްކުރަން… ބޭރަށް ދާކަށްނޫންތަ ގޭން ނުކުތީ؟” ޖަންނަތު ލަދުން ހުރެވެސް ބޭނުންވީ ލަދު ނުގަންނަ ކަމަށް ހަދާށެވެ. އެހެން ކަމުން ޒައިދާންއާއި ދިމާއަށް ޖަންނަތު ހަޅޭއްލަވައި ގަތެވެ. ޒައިދާން ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން އަޑުމަޑުކުރަން ބުނަމުން މަޑުމަޑުން ދޮރާ ކައިރި ވެލި އެވެ. “އަލުން ތި އައީ ކީއްކުރަން؟”

“ލާރި މަދުވެގެން ލާރިއެއް ބަލައި އައީ.” ޒައިދާން ނިކުންނަން އުޅެފައި ވެސް އުނަގަނޑުގައި އަތް ވިއްދާލަމުން ޖަންނަތުއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ. “އަދިވެސް ބަލަން ހުންނަނީތަ؟ ލަދެއްވެސް ނުގަނޭތަ؟” ޖަންނަތު ރުޅިއަންނަގޮތް ވީ ޒައިދާން އަދިވެސް ބޭރަށް ނިކުންނަން ނޫޅުނީމަ އެވެ.

“ބަލާކަށް އާ އެއްޗެއް ނުފެނެޔޭ…” ޒައިދާން އެހެން ބުނުމުން ޖަންނަތު ޒައިދާންއަށް ބަލައިލީ ހައިރާންވެފައި ހުރެ އެވެ. އަދި ޓީޝާރޓް ރީތިކޮށްލި އެވެ. ޒައިދާންއަށް ބުނެވުނު އެތި ރޭކާލީ ޖަންނަތުގެ މޫނަށް ވީގޮތް ފެނުމުންނެވެ. “މި ބުނީ އަހަންނަށް އާއެއްޗެއް ނުފެނެޔޭ… މިބުނީ… ޔޫނޯ …” ޒައިދާންއަށް ބުނާނެ އެއްޗެއް ނޭގިގެން އުޅެން ފެށުމުން ޖަންނަތު ކައިރިއަށް ރުޅިއައިސްގެން އެނދުގައި އޮތް ބާލީސް ނަގައި ޒައިދާންއާއި ދިމާލަށް ހޫރާލި އެވެ.

“ޒައިދާން، ދެން ނުކުމެބަލަ.” ޖަންނަތު ގޮވާލި އެވެ.

“އޯކޭ، އޯކޭ،” ޒައިދާން ދެއަތް މައްޗަށް ނަގަމުން އެހެން ބުނަމުން އަވަހަށް ކޮޓަރިން ނުކުތެވެ. ނުކުމެ ފުންނޭވާއެއް ލިޔެވެ. އޭރު އާޒަތު ހަށަން ބަދެލައިގެން ދުރުގައި ފާރުކައިރީ ލެގިލައިގެން ހުއްޓެވެ. ޒައިދާން އާޒަތުއަށް ބަލައިލުމުން އާޒަތު ނިތް އަރުވާލި އެވެ.

“ވަރަށް ބޮޑު ކުރަތްޕެއް އޮތީ.” ޒައިދާން ފާޑަކަށް ހީލަމުން ބުނެލި އެވެ. “ވަރަކުން މަރާލެވުނީ ވެސް.”

“އެހެންތަ، އެކަމަކު ތުއްތަ ކުރަފި ދެކެ ބިރު ގަންނަން ފެށީ ކޮން އިރަކު؟” އާޒަތު ނިތް އަރުވާލަމުން ހުރިގޮތަށް ހުރެ ސުވާލު ކުރި އެވެ.

“ހެހެހެ… އާންދޯ.. ނޭގެ ކުއްލިއަކަށް ފެނުނީމަ ބިރުގަތީ ކަންނޭގެ… އެހާ ބޮޑު ކުރަތްޕެއް ވީމަ ބިރުގަތީ ކަމަށް ވެސް ވެދާނެނު.” ޒައިދާން އެހެން ބުނެފައި އަވަހަށް އެތަނުން ހިގައްޖެ އެވެ. އާޒަތު ވިސްނާލަން ހުރެފައި ޒައިދާން ފަހަތުން ދިޔަ އެވެ.

ޖަންނަތު ރީތިވެގެން ލޯގަނޑު ކައިރީ ލޯގަނޑަށް ބަލަހައްޓައިގެން އިނެވެ. ޒައިދާން ޖަންނަތުއާއި ދިމާއަށް ބަލަން ހުރިގޮތް ޖަންނަތުއަށް ސިފަވަމުން ދިޔަ އެވެ. އަނެއްކާ ޒައިދާންގެ ހިތުގައި ނުބައި ނިޔެތެއް އުފެދުނީ ބާއޭ ޖަންނަތު ހިތަށް އެރި އެވެ. ނިޔަތް ނުބައި ވާންވީވެސް ކީއްވެ ހެއްޔެވެ. އެއީ ޖަންނަތުގެ ފިރިމީހާ އެވެ. އެކަމަކުވެސް އެގޮތަށް ޖަންނަތުއާއި ދިމާއަށް ބަލަން ހުރުން އެއީ ރަގަޅު ކަމެއް ނޫނޭ ޖަންނަތު ހިތަށް އެރި އެވެ. އަދި ޒައިދާންއަށް ޖަންނަތު ހުރިގޮތް ފެނުންކަން ހިތަށް އަރާފައި ލަދުން އަމިއްލަ މޫނުގައި އަތް އެޅުނެވެ.

އެރޭ އެންމެން ކާންތިބީ އެއްކޮނެވެ. ޔަޒަންއަށް ޖަންނަތު ބިސްގަނޑެއް އަޅައިގެން ގެނެސް ޔަޒަން ތައްޓަށް ލައިދެމުން ޖަންނަތުވެސް ކާން އިށީނެވެ. ޒައިދާން ވެސް ކާން ފެށީ އެވަގުތު އެވެ. ފުރަތަމަ ފެންތަށީގައި ޒައިދާން އަނގަ ޖެހި އެވެ.

“އާޔާއަށް އިނގޭތަ.. މިހާރު ތުއްތަ ކުރަފި ދެކެވެސް ބިރުގަނޭ.” އާޒަތު އިނދެފައި އެހެން ބުނުމުން ޒައިދާން ފެންބޯން އިނދެފައި ކޮށި އަރައި ގަތެވެ. ޖަންނަތު ހައިރާން ވެފައި އާޒަތުއަށް ބަލައިލި އެވެ.

“ކުރަފިދެކެޔޭ.. ކޮން އިރަކު މަ ކުރަފި ދެކެ ބިރުގަތީ؟” ޖަންނަތު ހައިރާން ވެފައި ސުވާލު ކުރި އެވެ. ޒައިދާން އަނގައިން ނުބުނެ އިނީ އޭނަ ހެދިދޮގު ފަޅާ އަރާފާނެހެން ހީވާތީ އެވެ.

“ޒައިދާންބެ ބުނީ ތުއްތަ މިއަދު އޭރުގަ ކޮޓަރީގަ ހުރެގެން ހަޅޭއްލެވީ ކުރަތްޕެއް ފެނިގެނޭ.” އާޒަތު ޒައިދާންއަށް ބަލައިލަމުން ބުންޏެވެ. ޖަންނަތު އެކަންތައް ހަދާން ވުމުން މުޅި މޫނަށް ރަތްކުލަ އަރައިގެން ދިޔައެވެ. ލަދުން ބުނާނެ އެއްޗެއް ނޭގިފައި ޖަންނަތުއަށް ހުރެވުނީ އެވެ.

“އަޖައިބު ވެދާނެ…. ޖަންނައަށް ކުއްލިއަކަށް ވިއްޔަ އެހާ ބޮޑު ކުރަތްޕެއް ފެނުނީ އެހެންވީމަ އެހެން ވެދާނެނު.” ޒައިދާން އަވަސް އަވަހަށް އެންމެންގެ މޫނަށް ބަލައިލަމުން ބުނެލި އެވެ. ލާނެތް ހިންޏެއް އައިސްފައި އިން އާޔަތު ޖަންނަތުއަށް ނިއް އަރުވާލި އެވެ. ޖަންނަތު އާޔަތުއާއި ދިމާއަށް ލޯ އަޅާލި އެވެ.

“އާން…. އެއީ ވަރަށް ބޮޑު އެއްޗެއް… މަ ދުވަހަކުވެސް އެހާ ބޮޑު އެއްޗެއް ނުދެކެން….. އެހެންވެ އެހެންވާނެނު..” ޖަންނަތު ކަންފަތް ކައިރިއަށް ވެއްޓިފަ އޮތް އިސްތަށިކޮޅު ރަގަޅުކޮށްލަމުން ބުނެލި އެވެ. އަދި ސިއްރުން ޒައިދާންއަށް ބަލައިލި އެވެ.

“އާން، އެހެން ވެދާނެ.” އާޒަތުވެސް ކޮނޑު އަރުވާލަމުން ބޯ ޖަހާލި އެވެ. އޭރުވެސް އާޔަތު ހިނިއައިސްފައި ޖަންނަތުއަށް ބަލަން އިނެވެ.

 

ކައި ނިމިގެން އެންމެން ސޯފާގައި ތިއްބެވެ. ޖަންނަތު ވެސް ބަދިގޭ ކަންތައް ނިންމާލާފައި އައިސް އާޔަތު ކައިރީ އިށީނެވެ.

“މިއަންނަ މަންޑޭގަ އަހަރެން ރާއްޖެދާން މިއުޅެނީ.” ޒައިދާން ބުނެލި އެވެ. އެންމެން އެއްފަހަރާ ޒައިދާންއަށް ބަލައިލި އެވެ. “ވީކް އަކަށް ދަނީ… ކުރަންޖެހޭ ބައެއް ކަންތައްތައް ހުރީމަ.” އިތުރަށް ޒައިދާން އޮޅުން ފިލުވައި ދިނެވެ.

“ޔަޒަން ސްކޫލަށް ވަންދަން ކިޔާފަ ތިއުޅެނީ ދާން..” ޖަންނަތު ޒައިދާންއަށް ބަލައިލަމުން ބުނެލި އެވެ.

“އަހަރެން އައިސްސަ ޔަޒަން ސްކޫލަށް ވައްދާނަމޭ… މާ ގިނަ ދުވަހަކަށް ނޫނޭ ދަނީ…. ހަމަ އެކަނި ވަން ވީކްއަށް.” ޒައިދާން ބުންޏެވެ. ޖަންނަތު އިސްޖަހާލި އެވެ.

“މާދަން އުޅޭ ޝޮޕިންއަށް ދާން… ދޮންތަމެނަށް ހަދިޔާ ފޮނުވަން ވާނެނު.” އާޔަތު ނިކަން އުފާވެލާފައި ބުނެލި އެވެ.

“އާން، ސާރާއާއި ދެމީހުނަށް، ބޭބީއަށް ބޭނުންވާ ސާމާނު ކޮޅެއްވެސް ވާނެ ގަނެލަން.” ޖަންނަތުވެސް ހެވިލާފައި ބުނެލި އެވެ. ޒައިދާން ދެމީހުނަށް ބަލައިލާފައި ހިނިތުން ވެލި އެވެ.

 

އެރޭ ނިދަން ކޮޓަރިއަށް ވަދެފައި ޖަންނަތު އަވަހަށް އެނދަށް އަރާ އޮށޯތެވެ. ޒައިދާން ފާހާނާއިން ނުކުމެ އައިސް ސޯފާގައި ޖައްސާލި އެވެ. ޖަންނަތު ސިއްރުން ޒައިދާންއަށް ބަލައިލި އެވެ. ޒައިދާން ފުރުމުން ވަރަށް ފަޅުވާނޭ ޖަންނަތު ހިތަށް އެރިއެވެ. ޒައިދާން ދެފަރާތައް ފުރޮޅި ލާފައި ތެދުވެ އިށީނެވެ. ޒައިދާން ކައިރިއަށް އެއްގޮތަކަށް ވެސް ނިންޖެއް ނައެވެ. ޒައިދާން ވަށްކަޅިން ޖަންނަތުއާއި ދިމާއަށް ބަލައިލީ ޖަންނަތު ހޭލައޮތްކަން އިނގޭތީ އެވެ. ޒައިދާން ތެދުވެގެން ބެލްކަންޏަށް ނުކުތެވެ. އެއީ ވަރަށްވެސް ފިނި ރެޔެކެވެ. ބޭރު ވަރަށް ފިންޏެވެ. ދުރުދުރުން ދިއްލާފައިވާ ބޮކިތައް ފެންނަލެއް ވަރަށް ހިތްގައިމެވެ. ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރޭގައިވެސް ފެންނަން އޮތް ބޮޑުމަގުން ދުއްވާ އެއްޗިހި މަދެއް ނުވެ އެވެ. ބާރަށް ދުއްވާފައިދާ އުޅަނދު ތަކުގެ އަޑު އިވެމުން ދިޔަ އެވެ. މިފަހަރު ރާއްޖެ ގޮސްފައި އައިސް ޒައިދާންވެސް ދުއްވާއެއްޗެއް ގަންނާނެ އެވެ. އެއީ ޒައިދާން އަމިއްލައަށް ކުރާ ހިޔާލެކެވެ. އޭރުން ރޭގަނޑުގެ ހަމަ ހިމޭން އެވަގުތުގައި ވެސް ދުރަށް ދުއްވާލަން ދެވޭނެ އެވެ. ގޭގައި ވިސްނަން އިންނާކަށް ނުޖެހޭނެ އެވެ. މިހާރު ޒައިދާން ވަނީ ސިނގިރޭޓް ބުއިންވެސް ވަރަށް މަދުކޮށްފަ އެވެ. ޒައިދާން ބޭނުންވަނީ ސިނގިރޭޓް ބުއިން އެއްކޮން ހުއްޓާލާށެވެ. ޔަޒަންއަށް ފެނިދާނެތީ އެވެ. ޒައިދާން ލައިގެން ހުރި ހަރުވާޅަށް އަތްކޮށްޕާލީ ފިނިވާން ފެށުމުންނެވެ.

އިރުކޮޅަކު ބޭރުގައި ހުރެފައި ޒައިދާން ކޮޓަރިއަށް ވަނެވެ. އޭރު ޖަންނަތު އޮތީ އަރާމު ނިންޖަކުން ނިދާލާފަ އެވެ. ޒައިދާން ޖަންނަތުއަށް ބަލަން ހުއްޓެވެ. ކިހާ މައުސޫމު މޫނެއް ހެއްޔެވެ. ރީތިކަމުގެ ވެސް ލާމަސީލު މިސާލެކެވެ. ލޮލުގެ ދިގު އެސްފިޔަތަކުން ބޮޑު ދެލޯ ފޮރުވިފައި ވާއިރު މަޑު ފިޔާތޮށި ކުލަ އަރާފައިވާ ތުންފަތަށް ހީވަނީ ހިނިތުން ވުމެއް ވެރިވެފައި ވާހެނެވެ. އެ މައުސޫމު ކުއްޖާއަށް ހުރިހާ އުފަލެއް ހޯދައިދޭން ޒައިދާން ބޭނުން ވެއެވެ. މިހާރަކަށް އައިސް ޒައިދާންއަށް ޖަންނަތުއާއި ދިމާއަށް ބަލަން ހުރެވެނީ ކީއްވެ ހެއްޔެވެ. އެހެން ވެގެން ނުވާނެނޫން ހެއްޔެވެ. ޒައިދާން އަދިވެސް ލޯބިވަނީ ވަރުދާ ދެކެ އެވެ. މިއަދުވެސް ޖަންނަތުގެ ހާމަވެފައިވާ ހަށިގަނޑުގެ އެއްބައި ފެނުމުން ބުނަން ނޭގޭ ގޮތްތަކެއް ޒައިދާންއަށް ވީ ކީއްވެ ހެއްޔެވެ. އެއީ އޭރު ވަރުދާ ފެނުމުން ވެސް ޒައިދާންއަށް ކުރާކަހަލަ އިހުސާސް ތަކެކެވެ. އެހެން ވެގެން ނުވާނެ އެވެ. ޒައިދާން ހަމަ އެކަނި ލޯބިވަނީ ވަރުދާ ދެކެ އެވެ. އެނޫން މީހެއްދެކެ ލޯބިވާކަށް ޒައިދާން ބޭނުމެއްވެސް ނޫނެވެ. މިވަނީ ކިހިނެއް ހެއްޔެވެ. ޒައިދާން ފުންނޭވާއެއް ލިޔެވެ. އަދި އައިސް ސޯފާގައި ޖައްސާލި އެވެ. ވިސްނުމުގައި އެތަކެއް އިރު ވޭތިވެގެން ދިޔަ އިރުވެސް ނުނިދިފައި ޒައިދާން އޮތެވެ. ނިދުނީ ކޮން އިރަކު ކަމެއްވެސް ޒައިދާންއަށް ނޭގުނެވެ.

 

މިހާރު އަރީކާ އައި ފަހުން ހިދާޔާއަށް ވަރަށް ފަސޭހަ އެވެ. ގޭގައި އެއްވެސް ކަމެއް ހިދާޔާއަށް ކުރާކަށް ނުޖެހެ އެވެ. އަރީކާ ހުރިހާ ކަމެއް ކުރެ އެވެ. އަރީކާއަށް ކުޑަކޮން ދިވެހި އިނގޭތީ ހިދާޔާއަށް ވަރަށް ފަސޭހަވި އެވެ. އަބްޔާންއާއި ނަސީރު ވެސް މިހާރު ގިނައިން އުޅެނީ ފެކްޓްރީގަ އެވެ. ނަސީރު ނިކަން ގިނައިން ރަށަށް އާދެ އެވެ. ނަމަވެސް އަބްޔާން ރަށަށް އަންނަނީ ނިކަން މަދުންނެވެ. އަބްޔާން ބޭނުންވަނީ ހިޔާލުތަކުން ދުރުވާށެވެ. ބުރަކޮން މަސައްކަތް ކުރާށެވެ. އެހެންކަމުން އަބަދު ފެކްޓްރީގައި އަބްޔާން އުޅެމުން ދިޔަ އެވެ. އެެހެން އުޅޭ އިރު ދޭތެރެއަކުން އާޔަތުއަށް އަބްޔާން ގުޅާލަ އެވެ. އާޔަތު އޮސްޓްރޭލިޔާއަށް ދިޔަ ފަހުން އަބަދުވެސް ދޭތެރެ ދޭތެރެއިން އާޔަތުއަށް ގުޅާ ހާލުބަލާ ހަދަ އެވެ. ނަމަވެސް މިހާރު ތަންކޮޅެއް ގިނައިން އާޔަތުއަށް ގުޅަ އެވެ. އެއީ އެކޮޅަށް ޖަންނަތުމެން ދިޔަ ފަހުންނެވެ.

އިރުއޮއްސެމުން އައި އިރު އާޔަތު އިނީ ގޭގެ ފެންޑާގައި ހުރި ސޯފާގައި ދެފައި ވައްކޮށްލައިގެން އިށީދެގެންނެވެ. އާޔަތު ހީހީފައި ދިޔައީ އަބްޔާންއާއި ވާހަކަ ދައްކަމުންނެވެ. އާޔަތުގެ ކްލާހުގެ ހުރިހާ ވާހަކަ ތަކަކާއި ގެތެރޭ ހިނގާ ހުރިހާކަމެއް ބަރާބަރަށް އަބްޔާންއަށް އާޔަތު ކިޔައިދެ އެވެ.

“އަބީބެއަށް އިނގޭތަ..” އާޔަތު ޖަންނަތުއަށް ކުރަފި ފެނިގެން ބިރުގަތް ވާހަކަ ކިޔައި ދިނުމުން އަބްޔާން ހައިރާން ވި އެވެ.

“ޖަންނަ ކުރަފި ދެކެ ބިރެއް ނުގަންނާނެ.” އަބްޔާންއަށް ބުނެވުނެވެ.

“އާން އެކޭ… އެއީ އެހެން ކަހަލަ ކަމެއްހެން ހީވަނީ… މިހާރު ޒައިދާންބޭ ވެސް ނިކަން ފާޑަކަށް ތުއްތައަށް ބަލަންވެސް ހުންނަނީ. މަށަށް ހީވަނީ އެދެމީހުން ދޭތެރޭ ކަމެއް ފެށެނީހެން.” އާޔަތު ނިކަން ހެވިލާފައި ބުނެލި އެވެ. އަބްޔާން ވިސްނާލަން އިނެވެ. ވެދާނެ އެވެ. އެއްކޮން އުޅެންޏާ ލޯބިވެސް ވެވިދާނެ އެވެ. އަބްޔާން ހިތަށް އަރަމުން ދިޔަ އެވެ. އަބްޔާންގެ ހިތަށް ދަތު އިހުސާސް ވުމުން އަވަހަށް ފަހުން ގުޅާނަން ކަމަށް ބުނެ ފޯނު ކަނޑާލީ އެވެ.

އާޔަތު ފޯނާއި ދިމާއަށް ބަލަހައްޓައިގެން ވިސްނާލަން އިނެވެ. އަބްޔާން ކައިރީ އެކަހަލ ވާހަކައެއް ދައްކައިގެން ނުވާނެކަން އާޔަތުއަށް ވިސްނުނީ މާ ފަހުން ނެވެ. އަބްޔާން ވާނެ ދެރަ ހިތަށް އަރާފައި އާޔަތު ދެރަވި އެވެ. ދެން ޖަންނަތުގެ ވާހަކަ އަބްޔާން ގާތު މާގިނައިން ނުދައްކަން އަޒުމު ކަނޑަ އެޅި އެވެ.

 

ބާޒާރުކުރަން ޖަންނަތުއާއި އާޔަތު ގޮސް އުޅުނީ ބޮޑު މޯލް އަކަށެވެ. އެންމެނަށް ވަކިވަކިން އެއްޗިހި ގަނެގެން އައިސް އެތާތެރޭ ހުރި ކެފޭއެއްގައި އިށީދެގެން ދެމީހުން ތިބީ އެއްޗެއް ބޯލާށެވެ.

“ތުއްތާ!” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު އާޔަތު ގޮވާލި އެވެ.

“ހޫނ؟”

“ތުއްތަ އަދިވެސް އަބީބެ ދެކެ ލޯބިވޭތަ؟” އާޔަތު ކުއްލި އަކަށް އެކުރި ސުވާލުން ޖަންނަތު އާޔަތުއާއި ދިމާއަށް ބަލަން އިނެވެ. “މިހާރުވެސް އަބީބެ މަތިން ހަދާން ވޭތަ؟” އާޔަތު ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ. އޭރު ވައިޓަރު އައިސް ދެ ޖޫސްތަށި ގެނެސް އެމޭޒު މަތީ ބެހެއްޓި އެވެ.

“ހަދާން ނައްތާލާނެ ގޮތެއް ނޭގެ.” ޖަންނަތު ޖޫސްތަށި ކައިރި ކޮށްލަމުން ބުނެލި އެވެ.

“ޒައިދާންބެ ވެސް ނުލާހިކު ރަގަޅެއްނު. ދެން އަބީބެ މަތިން ހަދާން ނައްތާލަން ވީނު.” އާޔަތު ބުންޏެވެ. ޖަންނަތު ޖޫސް ތަށި އިން ހޮޅީގައި އަނގަ ޖަހާ ދަމާލި އެވެ.

“ތިހެން ވޭތޯ މި އުޅެނީ… ޒައިދާން ވަރަށް ރަގަޅު. އެކަމަކު ވެސް ނޭގެ ވާގޮތެއް.” ޖަންނަތު ބުންޏެވެ.

“އަދި ޒައިދާންބެ ދެކެ ތުއްތަ ލޯބި ވާނެ. އަހަރެން ހިތް ބުނަނީ އެހެން.” އާޔަތު ވެސް ހޮޅީގައި އަނގަ ޖަހާ ކޯވަރެއް ބޯލި އެވެ. “އަނެއްކާ ކުރިން ދުވަހު ކުރަފި ދެކެވެސް ބިރުގަތީނު… ދެން ޒއިދާންބެ ހުއްޓާ ބިރުގަންނާނީ ކޯޗެއް ދެކެ ކަމެއްވެސް ނޭގެ.” ލާނެތް ރާގަކަށް ހީލަމުން އާޔަތު ޖަންނަތުއާއި ދިމާކޮށްލި އެވެ. ޖަންނަތު ފާޑަކަށް އާޔަތުއަށް ބަލައިލި އެވެ.

“އާޔާ، އާޔާ ކުއްޖެއް ދެކެ ލޯތްބެއް ނުވޭތަ؟” ޖަންނަތު ބޭނުންވީ އަވަހަށް މަޢުލޫ ބަދަލުކޮށްލާށެވެ.

“އަދި ނުވޭ…” އާޔަތުގެ ޖަވާބު ވަރަށް ކުރެވެ.

“ލައިކްވާ ކުއްޖެއް ހަމަ ނުފެންނަނީތަ؟” އާޔަތުއާއި ދިމާއަށް ބަލަން އިނދެފައި ޖަންނަތު އެހި އެވެ. އާޔަތު ޖަންނަތުގެ މޫނަށް ބަލައިލި އެވެ. އަދި ފުންނޭވާއެއް ލަމުން ބޯ ހޫރާލި އެވެ.

“ލައިކްވާ ކުއްޖެއް ވެސް އަދި ނުފެނޭ.” ޖަންނަތު އާޔަތުއަށް ބަލައިލި އެވެ.

“ތުއްތަ އަބީބެ އާ ލައިކްވާން ފެށީ ކުޑައިރުން ފެށިގެނޭ ބުނީމެއްނު… އެކަމަކު އެހާ ފަސޭހައިން އަބީބެ ދޫކޮށްލީ ކީއްވެ؟ އަހަރެންނަމަ ހިދާޔާއްތަ މަރުވިޔަސް އަބީބެ ދުލެއް ނުކޮށްލާނަން.” އާޔަތު ބުނެލި އެވެ. ޖަންނަތު ހައިރާން ވެފައި އާޔަތުއަށް ބަލައިލި އެވެ. “އަބީބެ ހާދަ ދެރަވާނެޔޭ… މިހާރުވެސް އަބީބެ ދެރަވެފަ ހުންނީ… މަށަށް ވެގެން ވާނަމަ އަބީބެ އުފާކޮށްދޭން އަބީބެއާ އިނީމުސް.”

“ދާންވީނު އިންނަން… ކާކު ހުއްޓުވަނީ.” ޖަންނަތު ހިނިތުން ވެލާފައިި އާޔަތުއާއި ދިމާއަށް އެހެން ބުނީ މަޖަލަކަށެވެ.  އާޔަތު ސީރިއަސް ވެލާފައި ޖަންނަތުއާއި ދިމާއަށް ބަލައިލި އެވެ.

“އަހަރެން ވިޔަސް ހިދާޔާއްތަ ރުޅި އަންނާނެނު.. އަހަރެންވެސް މީ ހަމަ ފިޔާތޮށިގޭ ކުއްޖެއްނު… ފިޔާތޮށިގޭ ކުދިންދެކެ ހިދާޔާއްތަ އެހާ ރުޅި އަންނަންޏާ މަގޭ ދެކެ ވެސް އަންނާނެނު.” އާޔަތު ވިސްނާލަމުން ބުންޏެވެ.

“ކޮންމެހެން ފިޔާތޮށިގޭ ކުދިންނަށް ވެގެނެއް ނޫނޭ ހިދާޔާއްތަ ރުޅި އަންނަނީ… ޒާހިރާގެ ދަރިންނަށް ވީތީ ރުޅި އަންނަނީ.” ޖަންނަތު ބުނެލި އެވެ.

“އެއީ ކީއްވެ ވަކި މަންމަ ދެކެ އެހާ ރުޅި އަންނަނީ؟” އާޔަތު ހައިރާން ވެފައި ސުވާލު ކުރި އެވެ. ޖަންނަތު އާޔަތުއަށް ހުރިހާ ވާހަކަތަކެއް ކިޔައި ދިނެވެ. އާޔަތު ހައިރާން ވެފައި ބުނާނެ އެއްޗެއް ނޭގިފައި އިނެވެ.

“ދެން ހިދާޔާއްތަގެ ލޯބި ހިދާޔާއްތައަށް ނުލިބުނީމަ އޭނަ ދަރިއަށްތަ ހުރިހާ ދެރައެއް ދެނީ… އަޖައިބު ވެދާނެ.” އާޔަތު ކައިރިއަށް ރުޅި އައިސްގެން ބުނެލި އެވެ.

“ހިނގާ ގެއަށްދާން… ގޭގަ ތިބި ފިރިހެނުންތައް މިހާރު ތިބޭނީ ހާންތި ވެފަ.” ޖަންނަތު ހިނިތުން ވެލަމުން ތެދުވި އެވެ.

 

ދެމީހުން ގެއަށް ގޮސް ވަންއިރު ޔަޒަން އިނީ ޓީވީ ކައިރީ ކެރެޓު ގާނާ އެތިން ތައްޓަކަށް ކެރެޓު ގާނާށެވެ. ޖަންނަތުއާއި އާޔަތު ހައިރާން ވެފައި ކޮތަޅިތައް ބަހައްޓާފައި ޔަޒަން ކައިރިއަށް އައިސް ހުއްޓުނެވެ.

“ޔަޒަން، ކޮންކަމެއް ކޮށްލަނީ؟” އާޔަތު ޔަޒަން ކައިރިއަށް ތިރިވެލަމުން އެހި އެވެ.

“ޔަޒަން މިއުޅެނީ އަންހެނުންތައް އަންނަން ވާއިރަށް ކައްކާލަން ވެގެން.” ބޮޑު މީހެއް ބުނާފަދަ ގޮތަކަށް ޔަޒަން އެހެން ބުނުމުން ޖަންނަތުއަށް ވެސް މަޖާވެގެން ޔަޒަން ކައިރިއަށް ތިރިވެލި އެވެ.

“ކޯޗެއް ކައްކަން ތި އުޅެނީ؟” ޖަންނަތުވެސް މަޖާ ވެފައި ސުވާލު ކޮށްލި އެވެ.

“ނޭނގެ.. ބޮޑުކައްކާއަށް އިނގޭނީ… ޔަޒަން މި ހެލްޕް ކޮށްދެނީ.” ޔަޒަން އެހެން ބުނުމުން އާޔަތުއާއި ޖަންނަތު އެކަކު އަނެކަކަށް ބަލައިލި އެވެ.

“ކާކު ބޮޑުކައްކާއަކީ؟” ޖަންނަތު އަހާލި އެވެ.

“ބައްޕައެއްނު.” ޔަޒަން ބުންޏެވެ.

“އެހެންތަ… ” އާޔަތު ހެވިލާފައި ބުންޏެވެ. “ތިހެން ވިއްޔާ މިއަދު ތުއްތައާ އަހަރެން ފްރީވީނު…. މާ އަވަހަށް މި އާދެވުނީ… ހިނގާ އަލުން ދަމާ.” އާޔަތު ތެދުވަމުން ހިންދެމިލި އެވެ. ޖަންތަތުވެސް ހިނިތުން ވެލަމުން ތެދުވި އެވެ. އަދި ބަދިގެއާއި ދިމާއަށް މިސްރާބު ޖެހި އެވެ.

އާޔަތުއާއި ޖަންނަތު ބަދިގެއަށް ވަންއިރު އާޒަތު ހުރީ މަސް ކޮށާށެވެ. ކޮންމެސް އެއްޗެއް އުދައގެން އުނދުން ކައިރީ ޒައިދާން ހުއްޓެވެ.

“އައްދޭ، ހާދަ އަވަހަކަށް އިއައީ،” ޒައިދާންއަށް ދެމީހުން ފެނުމުން އެހި އެވެ. އާޒަތުވެސް އެދެމީހުނަށް ބަލައިލި އެވެ.

“އަވަހޭތަ؟ އަލުން ދާންވީތަ؟” ޖަންނަތު ސަމާސާ ކޮށްލި އެވެ.

“އާން ދޭ، މިއަދު މީ އަހަރުމެން ކައްކާ ދުވަސް. ދާ ތާކަށް ގޮސްފައި ޑިނަރ އަށް ރެޑީ ވެގެން އާދޭ.” އާޒަތު ބުނެލި އެވެ. ޖަންނަތުއާއި އާޔަތު އެކަކު އަނެކަކަށް ބަލައިލަމުން އަވަހަށް ދެމީހުން ބޭރަށް ދުއްވައި ގަތެވެ. ދެމީހުން ދިޔަ ގޮތުން ޒައިދާންއާއި އާޒަތު ހޭން ފެށި އެވެ.

 

އެރޭ ކެއުމުގައި ޒައިދާންއާއި އާޒަތު ކައްކާފައި ހުރި އެއްޗިހި ވަރަށް ގިނަ އެވެ.

“ވާއޮ ހާދަ މީރޭ.” އާޔަތު މީރުވެގެން ބުންޏެވެ. “މިތާ ރެސްޓޯރެންޓެއް ހުޅުވަން ފެންނަނީ.”

“އަސްލުވެސް ވަރަށް މީރު… ކޮންމެ ދުވަހަކު މިހެން ކާން ލިބޭނެ ނަމަ ދޯ.” ޖަންނަތު އިނދެފައި ބުންޏެވެ.

“އޮހޯހޯ… ތިހެން ހިތަށް ނާރުވާތި. މަށަކަށް ކޮންމެ ދުވަހަކު ބަދިގެއަކަށް ނުވަދެވޭނެ.” އާޒަތު ބުނެލި އެވެ.

“ޖަންނަ އަހަންނަށް ހެލްޕް ކޮށްދެންޏާ މީ އެއްވެސް ކަމެއްނޫން… އޭރުން ހަމަ ތަފާތު ޑިޝްއެއް ރަހަބަލަން ލިބޭނެ.” ޒައިދާން ޖަންނަތުއަށް ބަލައލަމުން ބުންޏެވެ. އާޔަތު ހިނިއައިސްފައި އެދެމީހުނަށް ބަލައިލި އެވެ.

“ވޫހޫ…” އާޔަތު ދިމާކޮށްލި އެވެ. ޖަންނަތު އާޔަތު ބޮލުގައި ޖަހާލި އެވެ.

“ތުއްތާ، އެއީ ވަރަށް ސަޅި އައިޑިއަ އެކޭ… އޭރުން ތުއްތައަށް ވެސް ވަރަށް ފަސޭހަ ވާނެނު.” އާޒަތު ބުނެލި އެވެ.

“އެއުޅެނީ ފުރައިގެން ދާކަށްނު. ދެން ކޮން ކެއްކުމެއް ކެއްކޭނީ.” ޖަންނަތު ޒައިދާންއަށް ވަށްކަޅިން ބަލައިލަމުން ބުނެލި އެވެ. ޒައިދާން ހެވިފައި ގޮނޑީގައި ލެނގިލި އެވެ.

“އަހަރެން އެއްކޮން ދާކަށް ނޫނޭ މި އުޅެނީ… އަހަރެން ރާއްޖެ ގޮއްސަ އައިސް ބަދިގެއަށް ވަންނާނަމޭ… އޭރުން ހަމަ އެއްގޮތެއްނު ވާނީ.” ޒައިދާން ބުންޏެވެ.

“ޒައިދާންބެ ރަށަށް ގޮސްފައި އަންނަމުން މަށަށް އެއްޗެއް ގެނެސް ދެއްޗޭ.” އާޔަތު ބުނެލި އެވެ.

“ކޯޗެއް؟”

“ރާޅު ބިސްކޮޅެއް.”

“އެއީ ކީއްކުރަން؟”

“ދެން ފެށޭ ޕްރޮޖެކްޓް ޔުނީކް ކޮށްލަން… އަހަރެން ބޭނުމީ ވަރަށް ދިވެހި ވަންތަ ގޮތަކަށް އެ ޕްރޮޖެކްޓް ހަދަން އެހެންވެ.”

“ދޮން ވެއްޔާ ރާޅުބިހާ ބޮއްޔާ… އަދި އިލޮއްޓާ ރުކުގެ ފަނާ ބޭނުން ކޮށްގެން ހަދަން އުޅޭ އެއްޗެއް އެއީ ދޯ.” އާޒަތު އެހި އެވެ.

“އާން…”

“ސަޅިވާނެ.” ޒައިދާން ކައިނިމިގެން ތެދުވަމުން ބުންޏެވެ. “ގެނެސްދޭނަން އިނގޭ.”

 

ބޭރު ޖޯލީގައި ފަރުޒާނާއާއި ހިދާޔާ ތިބީ ނިކަން އޮލަ ވާހަކައެއް ދައްކާށެވެ. އެދުވަހު ހެދުނު ރަށަށް އައި ގޮތަށް ނިދި އަބްޔާން ހޭލައިގެން ތައްޔާރު ވެލައިގެން ބޭރަށް ނިކުންނަން އުޅެފައި ދެފައި ހުރިތާ ހަރުލީ ހިދާޔާމެން ދައްކަމުންދިޔަ ވާހަކަ އަޑު އިވިފަ އެވެ.

“ފަރުޒާނާ މިހާރު އެ ސާރާއަށް މާފުކޮށްގެން މާ ގާތް ކޮށްލައިގެން ތި އުޅެނީ… މަށަށް ޔަގީން ތިހެން އުޅެވޭނީ ދުވަސްކޮޅަކުކަން.” ހިދާޔާ ބުނާއަޑު އިވުނެވެ.

“ހިދާޔާ ބުންޏަކަސް ތިބުނަނީ ތެދެއް ކަންނޭގެ. އަސްލު ސާރާ ބަނޑުބޮޑު ވީމަ ދެން ދުރުކޮށްލައިގެން އުޅެން އަހަންނަށް ނުކެރުނީ. ކޮންމެ ގޮތެއް ވިޔަސް މުޒައްފަރުގެ ދަރިއެއް ސާރާގެ ބަނޑުގަ އޮތީމަ އަހަރެން އަޅާލަން ޖެހޭނެތާ.” ފަރުޒާނާ ބުނާއަޑު އިވުނެވެ. “ދެން މިހިން އުޅޭ އިރުވެސް ބައެއް ފަހަރު ސާރާ ދެކެ ރުޅި އާދެވޭ. އެކަމު އެކަން ނުދައްކާ ވޭތޯ މަ މި ބަލަނީ.”

“އަހަރެން ހެދި ގޮތަށް ކަލެއަށް ހަދާކަށް ނޭގުން ވިއްޔާ.” ހިދާޔާ ރުންކުރުކޮން ބުނެލި އެވެ.

“ހިދާޔާ ކުރިން ތިކަހަލަ ހިޔާލެއް ދިންނަމަނު. އޭރުން އަހަރެން ވެސް އަބަދު މުޒައްފަރާއި ދިމާއަށް އެއްޗިހި ނުކިޔާ މުޒައްފަރުއަށް ނޭގި ގޮސް ސާރާ ގާތު ރޮއެ އާދޭސް ކުރީމުސް.” ފަރުޒާނާ ބުނާ އަޑު އިވުނެވެ. “އެކަމަކު އަހަރެން ހިތަށް އަރާ ހިދާޔާ ކުރި ކަންތައް އަބީއަށް އިނގިއްޖެއްޔާ ވާނީ ކިހިނެއް ބާއޭ.” އަބްޔާން ކައިރިއަށް ޖެހިލި އެވެ. ދޮރު ބުޑުގައި އެމީހުނަށް ނުފެންނާނެހެން މަޑުކޮށްލައިގެން އަބްޔާން ހުއްޓެވެ.

“އިނގުނިއްޔާތާ. އެހެން ނޫނަސް ދެން އިނގުނަސް އޭނައަށް ކުރެވޭނެ ކަމެއް ވެސް ނެތެއްނު. ދެން ބަލަން ހުރޭ އަހަރެންގެ އަބީ އިންނާނީ އަހަރެން ބޭނުން މީހަކާ…” ހިދާޔާ ބުންޏެވެ.

“އެހެން ނުވެއްޖެއްޔާޔޯ… ކަލޭ ބުނާ މީހަކާ އެސޮރު ކައިވެނި ނުކޮށްފިއްޔާޔޯ؟” ފަރުޒާނާ އެހި އެވެ.

“އޭނަ ކުރާނެ. އަހަރެން ދެކެ އޭނަހާ ބޮޑަށް ލޯބިވާ ދަރިއަކު ނެތް. އަހަރެންގެ ބަސްއަހާ ހަމަ އެކަނި ދަރިއަކީ އެއީ. އަހަރެން ޖަންނަތުއާއި އޭނަ ދުރުކުރީވެސް އެހެންވެ. އެ ޖަންނަތުއާ އިންނަމަ އަހަންނާ އޭނަ ދުރަށް ދާނީ. އެގޮތެއް އަހަރެން ބޭނުމެއްނޫން. މިއަދު ކިހާ ރަގަޅު. ޖަންނަތު އެހެރީ މިހާރު އަހަރުމެނާ ވައިވެސް ނޭޅޭ ހިސާބަށް ގޮސް.”

“ހިދާޔާ ތީ ނަސީބު ވެރިއެކޭ ބުނެވޭނީ… އެކަމަކު ކަލޭ ކިތައް ދުވަހު ޖަންނަތުއާއި ދިމާކޮށްލީ؟” ފަރުޒާނާ އަހާލި އެވެ.

“އޭނަ އެކަނި ފެންނަ ކޮންމެ ތާކުން އަހަރެން އޭނައާ ދިމާކޮށްލަން. އަހަރެން ރޮއެފަ ކޮންމެ ފަހަރަކުވެސް ވާހަކަ ދައްކަނީ. ޖަންނަތުގެ ގޮތް އަހަންނަށް އިނގޭ ވިއްޔަ. ނުލާހިކު ހިތް ތިރި ކުއްޖެއް އެއީ… އަހަރެން އެކަމުގެ ފައިދާ ނެގީ… އަބީއާ ދުރުވާން މާގިނަ ފަހަރު އޭނަކައިރީ އާދޭސް ކުރާކަށް އަހަންނަކަށް ނުޖެހުން. ނިކަން އަވަހަށް އޭނައަށް ވިސްނުން. އަދި އެހާމެ އަވަހަށް އަބީއާ ދުރުގައި ހުންނާނެ ގޮތެއް ވެސް ހޯދީނު.” ހިދާޔާ ހިނިތުން ވެލައިގެން އިނދެ ބުނެލި އެވެ. ފަރުޒާނާ ވެސް އެއްބައި ވެލަމުން ހިނިގަނޑެއް ޖަހާލި އެވެ.

“މަންމާ!” ފަހަތުން އަބްޔާން ނިކަން ބާރަށް ގޮވާލުމުން ހިދާޔާއާއި ފަރުޒާނާއާއި ދެމީހުން ވެސް ސިހިފައި ފަހަތަށް ބަލައިލި އެވެ. އަބްޔާން ފެނުމުން ދެމީހުންވެސް ތިބީ ވަރަށް ޖެހިލުންވެ ބިރު ގަނެފަ އެވެ. “ތީ ހަމަ އަހަރެންގެ މަންމަތަ؟” އަބްޔާން އައިސް ހިދާޔާ ކުރިމައްޗަށް ހުއްޓެމުން ބުންޏެވެ. އޭރު އަބްޔާންގެ ލޮލަށް ކަރުނަ ފުރެމުން އާދެ އެވެ. ހިދާޔާ އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް އަބްޔާން ހިތަށް ވެސް ނާރަ އެވެ. ނޫރު ބުނުމުން ވެސް އަބްޔާން ގަބޫލު ނުކުރީ އެހެންވެ އެވެ. ނަމަވެސް މިއަދު ހިދާޔާގެ ދުލުން އަމިއްލައަށް އިއުތިރާފްވެ އެގޮތަށް ވާހަކަ ދައްކާ އަޑު އިވުމުން އަބްޔާންއަށް ނުހުރެވުނެވެ. ދުވަހަކު ރުޅި ނާންނަ ވަރަށް ހިދާޔާ ދެކެ އަބްޔާން ހުރީ ހުޅި އައިސްފަ އެވެ. އެތައް އެއްޗެއް ކިޔާލަން ހިތަށް އަރަމުން ދިޔަ އެވެ. ނަމަވެސް އޭނަ މަންމައާއި ދިމާއަށް އަޑުލައި ބާރަށް ވާހަކަދެއްކުމަކީ އަބްޔާންއަށް ވާނެ ކަމެއް ނޫނެވެ. ދުވަހަކު ވެސް އެގޮތަށް ރުޅިއައިސްގެން ބާރަށް މަންމައަށް ގޮވާލާފައި ވެސް އަބްޔާން ނެތެވެ. ނަމަވެސް މިއަދު އައި ރުޅިން މަންމައާއި ދިމާއަށް މާބާރަށް ގޮވާވެސް ލެވިއްޖެ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ޔާރާއޭ ލޯބިވޭ.. ( 1 )

Next

އަސަރު 32

Next
July 29, 2016

އަސަރު 32

Previews
July 28, 2016

ޔާރާއޭ ލޯބިވޭ.. ( 1 )

78 Comments!

  1. Same says:
    July 29, 2016 at 9:13 am

    V reethi. But thankolheh lahy up vaaleh..!!!!

    1. Girlyyy says:
      July 29, 2016 at 9:17 am

      Dhw??? I agree with u Same.. Mi vaahaka ah v inthixaaru kureveyyy. Aasi plxx upload it soon.. N vaahaka vvvv salhi

  2. Zaaya says:
    July 29, 2016 at 9:21 am

    Salhi ingey

  3. Bad girl says:
    July 29, 2016 at 9:29 am

    Wow salhi ingey dhen ulhey xaidaan and janna gulhuvan eyrun dhen story reethi vaannee

  4. Someonez says:
    July 29, 2016 at 3:30 pm

    Aby n janna gulhuvaany plx… zaidhaan janna dheke loabiviyas e loabi gurubaan kuraany… eyrun vaahaka reethi vaane….

    1. Ivy says:
      July 29, 2016 at 4:27 pm

      No aby loabi gurubaan kuraanee eyru salhi vaane ??

  5. Rsy says:
    July 29, 2016 at 4:24 pm

    VVVVVV Reeth …..
    Dhen avaha jana and zaidhan guluvala…….

  6. Youme says:
    July 29, 2016 at 7:32 pm

    Aaassiiiii…….
    Next part avahah up kohdhyba

  7. Happy says:
    July 29, 2016 at 7:41 pm

    Dhen abee and janna gulhuveema reethi vaanee…dhen ehennoonas ehaa gina dhuvahu loabi vegen ulhefa abee ge evves massala e nethi janna dhuraggos ehen.meehakaa gulhuneema dhen vara hadi

  8. ...... says:
    July 29, 2016 at 9:21 pm

    Abhi n janna gulhuvyma rythi vaany ….janna n zaidhan viyya haiiii …mee aharenge hiyaalu….plx janna n aby gulguvadhy janna dhn zaidhan dheke loabi v ma ..rycheh nuvaane abhi ge eh vx kushehneh janna ah hurihaa kameh ingey n zaidhan aj vx

  9. ninaa says:
    July 29, 2016 at 11:10 pm

    Please Janna and zaidhaan gulhuvadhee . Divorce v ma reecheh nuvaane. And pls avahah up kohdhechey

  10. Sharu says:
    July 30, 2016 at 11:07 am

    Aasi thihen nadhadha.. Abi n Janna gulhuvadhy plxxxxxx.. abi n janna gulhinyma mivaahaka reethi vaany vex.. mihaaru v vai mivaagothun..

  11. PrinceSs says:
    July 30, 2016 at 4:20 pm

    Aasi plxxx plxx abi and janna gulhuvaa.. abee janna dheke ehaa lwbi vefa janna kuda dhuvas kolhu therey change v ma ehaa real eh vx nun dhw aslu.. plx janna and abee hama gulhenee

  12. ???????????☀???⛄ says:
    July 31, 2016 at 1:16 am

    Thanaa eynage loabi gurubaan kohfi. Dhen Aby n Janna gulhuveema reethivaany

  13. Shaa says:
    July 31, 2016 at 1:18 am

    v reethi kuriyah gendhaahoth.. janna n faizan gulhu v ma story reethivaanee.. adhives e dhemeehun close kobaa avahaa.. ❤❤❤

  14. Naanaa says:
    July 31, 2016 at 11:32 am

    Mivaahaka avahah up kohdheebaa aasi… Ekam mihaaru story dhaa goii ehaa reethi eh nun… Aby nd janna gulheny….. Aby ah janna nulibenyaa v foohi dhnn….

  15. ss says:
    August 2, 2016 at 7:21 am

    Alhey assi haadha lahey

  16. shaya says:
    August 3, 2016 at 9:09 am

    Please next part avaskollaba…mihaaru dhen maa lahee?

  17. Ishu says:
    August 3, 2016 at 9:29 pm

    Haadha lahun up kurani .

  18. ais says:
    August 5, 2016 at 3:22 pm

    Plx next up kohdhyba avahah

  19. ha c says:
    August 5, 2016 at 11:38 pm

    Haadha Lahey up vaaleh Mihaar inthizaar kohko varu Bali vehje ;-);-):-D

  20. Aisha says:
    August 6, 2016 at 8:26 pm

    Aharaku ehfaharu mivahaka up kuranvnu

  21. looloo says:
    August 6, 2016 at 9:20 pm

    please give a date to when this will be updated

  22. BEHEM says:
    August 8, 2016 at 8:06 am

    ALHEY AASI KONIRAKUNTHA VAAHAKA UPMKURANEE
    PLZ DO LEAVE A REPLY WHEN IT WILL BE PUBLISHED

  23. Saashaa says:
    August 8, 2016 at 11:18 am

    mi vaahaka dhen up nuvanytha

  24. Afy says:
    August 8, 2016 at 11:24 am

    Pls pls pls mi vaahaka avahah upkolladhee bala aasi kudu pls pls pls pls

  25. shaya says:
    August 8, 2016 at 12:18 pm

    Aasi please please vaahaka up kollabala

  26. Aphy says:
    August 9, 2016 at 8:36 am

    Knirakun up kuranee mi vaahaka…haadha dhuvaheh vehjjeye mihaaru..?

  27. Princess says:
    August 10, 2016 at 8:33 pm

    Kn iraku up kuranee dhen o mivaahaka dhen nugen nanee tha some one plx ans

  28. hmmm says:
    August 12, 2016 at 7:19 pm

    Aasi koba meege dhen huri part thah. Haadha lahey. Mihenvathi aslu vahaka kiyaa hih kendeny.

  29. ninaa says:
    August 13, 2016 at 12:51 am

    Alhe mi vaahaka Kon irakun tha up vanee . Dhen nugenes dheneetha .pls date eh bunelaba v inthizaaru kurevey story eh ?

  30. Amm says:
    August 13, 2016 at 10:58 pm

    Mi vaahaka mihaaru ninmaalee tha??
    Waiting for next part
    Pls upload fast

  31. Aphy says:
    August 14, 2016 at 8:07 pm

    Mee v kiyaa hithun kiyan feshi vaahaka eh,ekamu mihaaru vvv foohivehjje..lasvaathaa fonuvaa msg akah rply eh ves kurevey kamah nuvey..mikahala madhu liyun theringe sababun mi site mathin ves v foohivey mihaaru..lasvaa goiy buneladheefa noonee genesdhenee hafthaa aku muveni dhuvahekey bunelan ves nengey..vaahaka genesdhinun lasvee keehve kameh ves angaeh nulevey.. kiyun therin msg kuraavarun kurey ekamu rply eh naadhey..dhn buneveynee mivarun nuliyunas maa rangalhuvaaneye..esfiya in ves mikahala liyuntherinnaa medhun visnaalun rangalhu..ehen noonee mi site in vaahaka kiyaane meehakuves nuvun gaathy..mihen comment kuran dheraves vey ekamu mihen liyan jehenee liyun theringe ves gothun..

  32. aysha says:
    August 15, 2016 at 1:00 am

    Mi sitege admin namaves reply eh kohlaanama. Eyrun dho ingeyni vaanuvaa. Mi gothah gina vaahaka medhu kedifa hun nanyaa mi site in vaahaka kiyaa hiy nuvaani dho. Konmes varakah reply libeynama dho liyun theringe. Very sad ?

    1. Admin says:
      August 15, 2016 at 2:09 pm

      sorry about this. aslu vaahaka upload kuranee vaahaka loyaa kujjaa amilla ah.. and esfiya ge rules ga ves bunaa gothah esfiya akee vaahaka liyan beynun kudhinnah hulhuvaalevifa vaa platform eh.. so we cant force anyone to complete the story or anything.. it must be their own will.. but still we do check up on the authors. ekam hurihaa authors ge contact information eh ves nuhunnaane. so konme faharaku egothah contact eh ves nukureveyne.. sorry everyone. 🙂

  33. hasee says:
    August 15, 2016 at 9:17 am

    mihaaru dhen aasi beynun varah cooment libunukamah ummedhu kuran. dhen avahah upkolla

  34. Aphy says:
    August 15, 2016 at 5:17 pm

    Thnx for the rply…

  35. Bumble Bee says:
    August 18, 2016 at 1:19 am

    Ajaaabeh.. Mee Up Nukuraane Vaahaka Akee Tha?? ????

  36. ff says:
    August 18, 2016 at 2:13 pm

    ;'(

  37. meesha says:
    August 18, 2016 at 2:14 pm

    aasi kobaatha? its been lyk almost 20 days……….im missing this…… 🙁 🙁 ;-(

  38. mal says:
    August 20, 2016 at 10:17 am

    maheh vany mihaaaru…pis pis

  39. vaahaka kiyaa kuhjjeh says:
    August 21, 2016 at 8:38 pm

    Misitun mihaaru kiyaa hamaekani vaahaka miee… plx mivaahakaige author make it fast.. konmmedhuvahaku mi site check kohllan ekam hama hiy maruvefa dhaan jeheny.. so plxx make it fast dear

  40. janna says:
    August 22, 2016 at 10:15 am

    kobatha mi vahaka . haadha slow a dhw . plsss thankolhe avas

  41. BEHEM says:
    August 22, 2016 at 10:31 am

    alhey………. kndhuvahakuntha vaahaka up kuraneee………

  42. Aphy says:
    August 22, 2016 at 12:37 pm

    Mivaahaka liyun huhttaaleetha?

  43. Booooo says:
    August 26, 2016 at 11:05 am

    AAAAAAAAAAAASIIIIIIIIIIIIIIII.!!!!!!!!!!!!!!
    Where are you????????
    R u ok ??????????
    Where is the next part?????????
    Vaahakaige anebbai kiyaahithun mithiba maruvaneeeee.!!!!!!!!
    Pleas next part up kodhdheebala. Please please. Please.

  44. shaya says:
    August 26, 2016 at 6:26 pm

    Mi vaahaka avahah update kuran vehjjenu….haadha dhuvahekey… Emme reethi 1 vaahaka mee. Ehen meehunhen huttaaleetha

  45. mary says:
    August 27, 2016 at 9:12 am

    Asssiiii plx plx up kondhybaa next part noony bunebaa konthaakun libeyny mivaahaka kiyan

  46. Chum chum girl says:
    August 27, 2016 at 2:19 pm

    Haadha haa lahey if ur sick GWS and vee enme avahakah story up kohdhechey. Aee maagina dhuvas vejje wait kuraa thaa

  47. Readers says:
    August 27, 2016 at 4:55 pm

    waiting waiting and waiting

  48. Saashaa says:
    August 28, 2016 at 12:38 pm

    this is so selfish

  49. Saashaa says:
    August 28, 2016 at 12:38 pm

    meenage vaahaka eh dhen nukiyaanan. nimuny dhen

  50. ainth says:
    August 29, 2016 at 4:49 pm

    Aaaasi koba vaahaka. Baleetha

  51. naxnaxoo says:
    September 2, 2016 at 2:07 am

    Aasi kon irakun upload kurany story….jst waiting for the next part…so plx upload sooon ???

  52. saaraa says:
    September 3, 2016 at 11:43 am

    aasee maru v tha

  53. Looloo says:
    September 5, 2016 at 12:03 am

    Admin please can you check.if this story will be uploaded or not. Aasi please mi vahaka nimmaalaafa huttaba, you should respect the readers.

    1. Admin says:
      September 9, 2016 at 10:24 pm

      ive requested aasi to upload as soon as possible

  54. naax says:
    September 5, 2016 at 4:12 pm

    Up kohdhyba plx

  55. Sobi says:
    September 7, 2016 at 7:17 am

    Aasi dhn mivaahaka up nukuranytha? V kiyaahiyvaa hisaabakun vaahakathi medhukadaalee.. Aasi plx habareh vebala. Vaahaka lasvaa sababeh angaalaba. Hurihaa kiyun therin inthixaaruga..

  56. shaya says:
    September 8, 2016 at 9:33 pm

    Please Admin mi vaahaka up kuraane gotheh hadhai dheeba…kommes gothakun liyun theringe phn number hoadhaigen migothah vaahakathah huttuna nudheebala. Admin in ves thankolheh harukashi vebala..mihaaru mi site ge Gina vaahakathah nunimmaa huttaalaafa hunnanee. Ehen hadhanyyaa kiyun therin kihaa dheravaane,foohives vaane adhi trust ves gelleyne

  57. xenn says:
    September 9, 2016 at 9:39 pm

    Alhe vegen ulhey gotheh angaalaa nama dhw…myhun aadheyheh nukuraane…varh fooohivey thi gothah kanthah kuraathy…up nukuranya vx bunebaaa

  58. nax says:
    September 18, 2016 at 11:55 am

    alhey haadha dhera ey. v kiyaa hiy thun kee vaahaka eh. ekam v nun vee eh ves egeny ye nun

  59. Athoo says:
    September 19, 2016 at 2:40 pm

    Aasi… pls vaahak up kohla bala v.nice story eh mee…. pls aasi ???

  60. shaya says:
    September 20, 2016 at 7:51 pm

    Gaimu 2 month mi vanee keehtha vaanee vaahaka update nukurevey sababeh buneliyyaa… Mihaaru v foohi liyun therin hadhaa gothun

  61. Yeah says:
    September 21, 2016 at 1:56 pm

    Admin dhen aasi buny kykey thr where is her what is wrong with her ..is she ill ….Admin say something

  62. Mimmi says:
    September 21, 2016 at 3:10 pm

    Mi vaahaka dhivehi vaahaka eba oii

  63. foohi says:
    September 24, 2016 at 3:08 am

    Alhey aasy thihen nahadhaa heyonuvaane vaahaka up kolladhybala pls pls pls pls pls aasy

  64. shaya says:
    September 25, 2016 at 5:03 pm

    Dhivehi vaahaka sitega ves hama mivarah update koffa inee…. Haadha varakah beleye mi vaahaka update vefathoa inee… Pls avas kolladheeba

  65. ken? says:
    September 25, 2016 at 10:34 pm

    this story is awesome but i guess de writer is not so friendly to readers…nyways hope u ll upload it ASAP…

  66. Lonely girl says:
    October 2, 2016 at 8:43 am

    Mi vaahaka up koh bal aasy … Waiting vvv kiyaahive

  67. lifaz says:
    October 2, 2016 at 11:22 pm

    Aasi v gotheh ves bunea dhow egeynee uplode nukurevigen ulheu gotheh……

  68. Anonymous says:
    October 8, 2016 at 4:36 pm

    Plz update de next part ASAP… waiting… & Story iz awsomme.. GUD JOB ?

  69. Amm says:
    October 13, 2016 at 10:08 pm

    Hi aasi mi vaahaka kiyaa hithun hunnathaa kondhuvaheh dhen vaahaka nuliyanee tha??pls aasi updateh vebala v r waiting

  70. xenn says:
    October 24, 2016 at 7:56 am

    Mi vahaka liyun huhtaaly tha….comment thakah reply kohlaaa nama vx enme rangalheh nun…habareh vx vany ky ehnoon

  71. koo says:
    October 24, 2016 at 11:00 am

    alhe mi vaahaka next kobaatha janna n zaidhaan ves salhi ekam ves abi ves dhw 0lz up kohbala

  72. koo says:
    October 27, 2016 at 3:03 pm

    alhe kobaatha mi vaakage next v inthixaaru kurevey eba plz up koh dheebala

  73. sss says:
    October 30, 2016 at 3:34 pm

    Wait kohla aasi vaahaka upkuraane

  74. kkk says:
    March 8, 2017 at 9:43 am

    mi vaahakaige next part upload kuraanee knirakunthw..

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 33 ވަނަ ބައި←


All Right Reserved!