Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އަހަރެންގެ ވާހަކަ (ސައުރަތިރީސްވަނަ ބައި)

Mysterious Angel
August 5, 2016
5 Mins Read
45 Views
21 Comments

” އަހަރުމެންނަށް އޭނައާއި ބައްދަލުކުރެވިދާނެތަ؟” އެކަރުނުން ފުރިފައިވާ ދެލޯ ފެނުމުން ހާދަ އަސަރެއްކުރެއެވެ. އޭނަ ބޯޖަހާލަމުން އައުމަށް އެދުނެވެ. އޭނަ ހުއްޓުނީ އެންމެ ބިއްދޮށަށްހުރި ކޮޓަރީގެ ދޮރުމަތީގައެވެ. އެތެރެއަށްވަތްއިރު މެޝިނުތަކުގެ އަޑު އިވެމުންދިޔައެވެ. މުޅި ކޮޓަރިތެރެވަނީ ހޮސްޕިޓަލެއްގެ ކޮޓަރިއެއް ފަދައިން ތައްޔާރުކޮށްފައެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި ބެހެއްޓިފައިވާ އެނދުގައި އަންހެންކުއްޖަކު އޮތެވެ. އޭނައޮތް އެނދު ކައިރީގައި ތަފާތު މެޝިންތައް ބެހެއްޓިފައިވެއެވެ. އަހަރެން އޭނަ ކައިރިއަށް ހުއްޓިލީމެވެ. ދެލޯމެރިފައިވާއިރު އޭނަގެ މޫނުމަތިން ފެންނަމުންދަނީ ވީރާނާކަމެވެ.

މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުން އެއްފަރާތެއްގައި ހުރި ބިތުގައި ބޮޑު ފޮތްހަރުގަނޑެއް ބެހެއްޓިފައި ހުއްޓެވެ. އޭގެ ކައިރީގައި ފާރުގައި ފޮޓޯއެއް ހަރުކޮށްފައިވެއެވެ. ރީޝާގެ ކުރީގެ ފޮޓޯއެއްކަންނޭނގެއެވެ. އާދަޔާޚިލާފު ރީތި އަންހެންކުއްޖެކެވެ. ކަޅުކަންފަދަ ކަޅިއާއި ރަންކުލައިގެ އިސްތަށިގަނޑެކެވެ. ރާއްޖޭންކުދިންނާއި ޚިލާފަށް ހުދުދޮންކުލައިގެ ވެރި ކުއްޖެކެވެ. އެމޫނުމަތީގައި ރީތި ހިނިތުންވުމެއްވާއިރު ދެލޮލުގައިވަނީ އާދަޔާޚިލާފު ވިދުމެކެވެ.

“މީ ރީޝާތަ؟” ފޮޓޯއަށް އިޝާރާތްކުރަމުން އަހާލީމެވެ. އޭނަ ބޯޖަހާލަމުން ވާހަކަ ދައްކަންފެށިއެވެ.

” އެރޭގެ ފަހުން ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަރެންގެ ދަރިފުޅު ވޭނުން ތެޅިފޮޅޭ.. އެކަމަކު އަހަރުމެންނަށް އެއްވެސް ކަމެއް ނުކުރެވި ހަމަބަލަން ތިބެންޖެހުނީ.. އަހަރެންގެ ހިތަށް ހާދަ އަސަރެއްކުރޭ އެފަކީރު އެހާލުގައި ތެޅިފޮޅޭތަން ފެނުނީމަ.. އެތައް ބަޔަކު ގާތު އެހީއަށްއެދި އާދޭސްކުރިން.. އެކަމަކު އެކަކުވެސް އެހީއެއްނުވި.. އޭނަގެ ދޮންބައްޕައާއި ދިމާނުވިނަމަ އަހަރުމެންނަށް ވާނެ ގޮތެއްވެސް ނޭނގެ.. އެއީ ވަރަށް ރަނގަޅު މީހެއް.. އޭނައާއި އޭނަގެ އަންހެނުންނަށް އަހަރުމެން އުޅޭ ނިކަމެތި ޙާލުފެނި ހަމްދަރުދީވެގެން އަހަރެންނާއި ކައިވެނިކުރީ.. ޒައިކްއަށް ނުލިބުނު ބައްޕައެއްގެ ލޯބި ހޯދައިދީ ރީޝާއަށް ބޭސްފަރުވާކޮށްދިނީ.. އެމީހުންގެ މުދަލުގެ ދެބައިކުޅަ އެއްބައި އަހަރެންގެ ދެދަރިންގެ ނަމަށް ބަދަލުކޮށްދިނީ.. އެހާ މާތް މީހަކު މިދުނިޔޭގެ ނޫޅޭނެ ކަންނޭނގެ..” އަދިވެސް އެހާ ރަނގަޅު މީހުން އެބައުޅޭ ހެއްޔެވެ؟ އެފަދަ ދެމަފިރިއަކާއި ދިމާވުން އެއީ ރީޝާގެ ނަސީބުކަންނޭނގެއެވެ.

” ޒައިކް ކަންތައްކުރި ގޮތް އިނގޭތަ؟” އަހަރެން އޭނަގެ މޫނަށް ބަލާލީމެވެ. އޭނަ ހައިރާންކަމާއެކު އަހަރެންގެ މޫނަށް ބަލާލިއެވެ.

” ޒައިކް ނުބުނޭ އޭނަ ކުރަން އުޅޭ އެއްވެސް ކަމެއް.. ބުނިހާވެސް އެއްޗަކީ ރީޝާއަށް އިންސާފު ހޯދައިދެވެންހުރި ހުރިހާ ކަމެއް ކުރާނަމޭ.. އޭނަ ރީޝާދެކެ ވަރަށް ލޯބިވާނެ.. ކޮންމެ ދުވަހަކުވެސް އައިސް ރީޝާގެ ކައިރީގައި އިނދެގެން ކޮންމެވެސް ފޮތެއް ކިޔައިދޭނެ.. މިހުރިހާ ދުވަސްވަންދެން ރީޝާ ގެންގުޅުނު ކޮންމެ އެއްޗެއް ވަރަށް ފަރުވާތެރިކަމާއެކު ރައްކާކޮށްފަ ބެހެއްޓީ.. ބުނާނެ ދައްތަ ކޯމާއިން ތެދުވާ ދުވަހަކު އެހުރިހާ އެއްޗެއް ދައްކަން ބަހައްޓާނީއޭ.. އެންމެން އުންމީދު ކަނޑާލިއަސް ޒައިކް އުންމީދުކަނޑައެއްނުލާ.. ރީޝާ ރަނގަޅުކުރަން ކުރެވެހެން އޮތްހާ މަސައްކަތްތަކެއް އޭނަ ކުރަމުންއެދަނީ.. ދުނިޔޭގެ އެތައް ޤައުމަކަށް ގެންގޮސްގެން ލައްކަ ބޭސްފަރުވާވެސް ކުރެވިއްޖެ..” އެމަންމަގެ ލޮލުގައި ކަރުނައިގެ އަސަރުވިޔަސް އުފާވެރިކަމުގެ ވިދުވަރުވެސް ފެނެއެވެ.

ޒައިކް ޝާޔަންއާއި ދޭތެރޭ ކަންތައްކުރިގޮތުގެ ވާހަކަ ތަފްސީލުކޮށްކިޔައިދިނީމެވެ. އެމަންމަގެ މޫނުމަތިން ފެންނަމުންދިޔަ ޙައިރާންކަމާއި ކަންބޮޑުވުމުން އޭނައަށް އެއިން އެއްވެސް ކަމެއް ނޭނގޭކަން ހާމަވިއެވެ.

” އަހަރެންގެ ދަރިފުޅަށް ޖެހުނު ނިކަމެތި ޙާލު އެހެން މީހެއްގެ ދަރިއަކަށް ޖެހޭކަން ބޭނުމެއްނޫން.. ފަހަރެއްގައިވެސް އެއީ އަހަރެން ބޭނުންވިކަމެއްނޫން.. ޒައިކް ދުވަހަކުވެސް އެފަދަ ކަމެއް ކުރާނެކަމަކަށް އަހަރެން ކުޑަކޮށްވެސް އުންމީދެއް ނުކުރަން..” އޭނަ ރޮމުން މޫނުގައި ދެއަތްއަޅާލިއެވެ. މަޑު މަޑު ގިސްލުމެއްގެ އަޑު އިވެމުންދިޔައެވެ.

” ރީޝާ މަންމާ ހިތްވަރުކުރޭ.. ރީޝާއަށް އިންސާފު ހޯދައިދޭން ކުރެވެހެންހުރި ހުރިހާކަމެއް ޤާނޫނީ އިމުގެ ތެރެއިން އަހަރެން ކޮށްދޭނަން.. ކުށްކުރި މީހުން އަދަބު ހޯދައިދޭން މަސައްކަތް ކުރާނަން.. އަހަރެން ވަޢުދުވަން.. ” ރީޝާއަށް އިންސާފު ހޯދައިދޭން ޒައިކް އިޙްތިޔާރުކުރި މަގަކީ އެންމެ ރަނގަޅު މަގެއްނޫނެވެ. އޭނަ ބޭނުންނަމަ އެނޫން ގޮތްގޮތުންވެސް އެކަން ކުރެވެން އޮންނާނެއެވެ.

“މާތްﷲ ދަރިފުޅަށް ހެޔޮ ރަޙުމަތްލައްވާށި..” އެމަންމަ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

 

އަހަރުމެން އެގެއިން ނިކުމެގެން މިސްރާބުޖެހީ އޮފީހަށް ދިއުމަށެވެ. ރީޝާގެ މަންމަގެ ބަޔާނަކީ އަހަރުމެންނަށް ވަރަށް މުޙިއްމު އެއްޗެކެވެ. އެހެންކަމުން އޭނަ ގޮވައިގެން އޮފީހަށް އައީމެވެ. ޒައިކް ބެހެއްޓިފައިވާ ސެލްގެ ކައިރިއަށް އޭނަގެ މަންމަ ގެންދެވުނެވެ.

” މަންމާ..” ޒައިކް ދަގަނޑު ތޭރިތަކުގައި ހިފާލަމުން އަސަރާއިއެކީ ގޮވާލިއެވެ. އޭނަގެ މަންމަ އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.

“އަހަރެންގެ ދަރިއަކު އެފަދަ ނުބައިކަމެއް ނުކުރާނެ.. ޒައިކްއަށް ފެނުނެއްނު ރީޝާ އުޅުނު ޙާލު.. އެކަންތައްތައް އެނގިހުރެ ކީއްވެ އެހެން މީހެއްގެ އަންހެންދަރިއަކަށް އެފަދަ އަނިޔާއެއް ދިނީ.. އބުނެބަލަ؟ ޒައިކްއަށް ހީވޭތަ ރީޝާއަށް ތިކުރި މުޑުދާރު އަމަލުތައް އެނގުނީމަ އޭނަ އުފާވާނެހެން.. އޭނަ ހިތްހަމަޖެހޭނެހެން.. ކިތަންމެ މަސައްކަތެއް ކުރިޔަސް އޭނަގެ ގެއްލިފައިވާ އަބުރެއް، ހަޔާތުން ބީވެގެން ދިޔަ ދުވަސްތަކެއް ނުހޯދޭނެ… އެއްފަހަރުވެސް ވިސްނާލިންތަ ޒައިކް މިތާ ހައްޔަރު ވެއްޖެނަމަ އަހަރުމެންނަށް ވާނެ ގޮތާއި ދޭތެރޭ.. ރީޝާއާއި ދޭތެރޭ.. އެއްފަހަރުވެސް ހިތަށް އެރިތަ ރީޝާ ރަނގަޅުވެގެން އަންނައިރު ޒައިކް މިތާ ތޭރިތަކުގެ ފުރަގަހުގައި ހުރިތަން ފެނުނީމަ އޭނައަށް ވާނެގޮތް..” ރޮމުން ރޮމުން އޭނަ ބިންމައްޗަށް ތިރިވިއެވެ. އަހަންނަށް އެމަންޒަރު ބަލަން ކުޅަދާނައެއްނުވިއެވެ. ފުރޮޅުލީ ގޮނޑީގެ އަތްގަނޑުގައި ހިފާލަމުން ތެދުވެ އެދިމާލަށް ހިގައިގަތް ވަގުތު އުނަގަނޑަށް ތަދެއްއެރިއެވެ. ނަމަވެސް ލޯމަރާލަމުން ޒައިކްގެ މަންމަނަގާ ކޮޅަށް ބެހެއްޓީމެވެ. އެއްވެސް މައެއްގެ ލޮލުން ކަރުނަ އޮހޮރޭތަން ބެލުމަކީ އަހަންނަށް ފަސޭހަކަމެއްނޫނެވެ. އެމަންމަގެ ހަށިގަނޑުގައި ހިފަހައްޓާލައިގެން ހުރިއިރު އުނަގަނޑުގައި އަޅަމުންދިޔަ ވޭން ބޮޑުވިއެވެ.

” މަންމާ އަހަރެންނަށް މާފުކުރޭ! އަހަރެން އެގޮތަށް ކަންތައް ނުކުރިނަމަ އެމީހުންގެ ކުރި ކުށް ދުވަހަކުވެސް މީހުންގެ ކުރިމައްޗަކަށް ނާންނާނެ.. އެކަން އޮންނާނީ ފޮރުވިފަ.. އަހަރެން ބޭނުންވޭ ކޮންމެ ޙާލެއްގައިވެސް އެމީހުން ކުރި ކުށުގެ އަދަބު ދޭން.. އަހަރެންގެ ދައްތަގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަ ތިއްކެއް އެމީހުންގެ ލޮލުން ވެއްޓެއް.. އެހެންނޫނީ އަހަންނަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ..” ޒައިކް އަނެއް ފަރާތަށް އެނބުރުނެވެ. ފަހަރެއްގައި އޭނަގެ މަންމަގެ ކުރިމައްޗަށް އަރަން އޭނަ ޖެހިލުންވަނީ ކަމަށްވެދާނެއެވެ.

” ޒުހުރީއާއި ޒުހޭރުވަނީ އެމީހުން ކުރި ކުށަށް އިޢުތިރާފުވެފަ.. އިސްމާއިލް ޤާޒީގެ މައްސަލަވެސް މިހާރު ބަލަމުންމިގެންދަނީ..” މާނިއު އޮޅުންފިލުވައިދިނެވެ. ވަގުތު ހަމަވުމުން ޒައިކްގެ މަންމަ ގޮވައިގެން އެތަނުން ނުކުތީމެވެ.

ހަށިގަނޑުގައި އަޅަމުންދިޔަވޭނަށް ކެތްކޮށްލައިގެން ހުރެވުނީ އެހާތަނަށެވެ.

“މާނިއު..” ހަށިގަނޑުގައި އަޅަމުންދިޔަވޭން ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުންދިޔައެވެ. މާނިއު ދުވެފައި އައިސް ވެއްޓުނަނުދީ ހިފެހެއްޓިއެވެ.

“ސަރ ހޮސްޕިޓަލަށް ހިނގާ މިހާރު..” ގޮނޑީގައި ބައިންދަމުން އޭނަ މަސައްކަތްކުރީ އަހަރެން ގޮވައިގެން އަވަހަށް ނިކުމެވޭތޯއެވެ. ހޮސްޕިޓަލަށް ދެވުނުއިރު އަހަރެންހުރީ ވާނުވާ ނޭނގޭވަރުވެފައެވެ.

“ކުރިންވެސް ބުނެފަ އޮންނާނީ ޝިމާލްއަށް ރެސްޓުކުރުން ވަރަށް މުޙިއްމޭ.. އެހެންނޫނީ މިހާރަށްވުރެ ގޯސްވެދާނެއޭ.. މަސައްކަތަށް ސަމާލުކަން ދިނަސް އަމިއްލަ ސިއްޙަތަށްވެސް ތަންކޮޅެއް ބަލައިގެން އުޅެންވާނީ.. އެހެންނޫނީ އެޑްމިޓްކުރަން ޖެހޭނީ..” އިންޖެކްޝަންއެއް ޖެހުމުން ހަށިގަނޑުގައި އަޅަމުންދިޔަވޭން ތަންކޮޅެއް ކުޑަވިއެވެ.

“ތެންކިއު ޑޮކްޓަރ..” ޑޮކްޓަރަށް ޝުކުރުއަދާކުރަމުން އަހަރެމެން ނިކުތީމެވެ. ގެއާއިހަމައަށް ދެވެންދެން މާނިއުގެ ނަސޭހަތްތައް އިވެމުންދިޔައެވެ. އަހަރެން ގާތު އަރާމުކުރުމަށް ބުނުމަށްފަހު އޭނަ ދިޔައީ މަސައްކަތްތަކާއިމެދު ކަންބޮޑުނުވުމަށް ބުނެފައެވެ.

 

“ތިއްތީ..” ޝާލީ އައީ ކުޑައިރުކޮޅެއްފަހުންނެވެ. އޭނަގެ ހަރަކާތްތައް ހުރި ގޮތުން ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ހީވެއެވެ.

” ހޫމް ބުނެބަލަ ތި ބުނަން އުޅޭ ވާހަކައެއް..” އޮތް ގޮތަށް އޮވެފައި އަހާލީމެވެ. ނަމަވެސް އޭނަ އެއްޗެއް ނުބުނެ ދެއަތްދެއަތާއި މޮޑެލަ މޮޑެލާ ހުރީއެވެ. އެމޫނުމަތީގައި ވަނީ ލަދުރަކިކަމެވެ.

” ލައިކް ވާ ކަހަލަ ކުއްޖެއް ފެނުނީތަ؟ އެއީ އެއްކަލަ ކުއްޖާތަ؟” ވަރަށް ސްމާރޓް ފިރެހެންކުއްޖަކާއި ޔުނިވާރސިޓީއިން ދިމާވާ ވާހަކަ އޭނަ ދައްކާތާ ދުވަސްކޮޅެއްވެއްޖެއެވެ.

” ތިއްތިއަށް ކިހިނެއް އެނގުނީ އެވާހަކަ ކަމެއް ދައްކަން މިއުޅެނީ؟” އޭނަހުރީ އިސްއުފުލާލަންވެސް ނުކެރިފައެވެ.

“ދެންވެސް ބުނެބަލަ.. ކޮންއިރަކުން ތިކުއްޖަކު ގެއަށް ގެންނަނީ؟” އަހަރެން ބޭނުންވީ އަދިވެސް ބޮޑަށް އޭނަ ރަކިކޮށްލާށެވެ.

” ހާދަ އަވަހަކަށް.. އަހަރެން އަދި އޭނައަށް އާންސާވެސް ނުދެން..” އެމޫނުމަތީގައިވަނީ ޙައިރާންކަމެވެ.

“ޝާލް.. ރަނގަޅު ކުއްޖެއް ވެއްޖިއްޔާ ލަސްކުރާކަށް ތިއްތިއަކަށް ނުފެނޭ.. ފަހުންވާނެ ގޮތެއް އެނގެނީއެއްނޫން..” ރީޝާއާއި ޝާޔަންއަށް ޖެހުނު ޙާލު ހަނދާނަށް އައެވެ. އެހެން އަންހެންކުއްޖަކަށް އެފަދަ ޙާލެއް ޖެހުމަކީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ.

” އޭނަ ރަނގަޅު ކަމެއް ކިހިނެއް އެނގެނީ؟ މިންމިހެން..” އަދިވެސް އޭނަގެ ހިތުގައި ވިންދުޖަހަމުންދަނީ މިއުވާންއަށްޓަކައި ހެއްޔެވެ؟ އޭނަގެ ހިތުގައި މިއުވާންއަށް ދީފައިވާ މަޤާމަށް ބަދަލެއް ނާދޭ ހެއްޔެވެ؟

” ބައެއް ފަހަރު އަހަރުމެން ކުރަން ބޭނުންނުވާ ކިތަންމެ ކަމެއް ކުރަންޖެހޭ.. ހީނުކުރާފަދަ އެތައް ކަންތައްތަކާއި ކުރިމަތިލާންވެސް ޖެހޭނު.. އެކަމަކު އޭގެ މާނައަކީ އަހަރުމެން ދިރިއުޅުން ދޫކޮށްލާށެކޭ ނޫން.. އެއީ އަހަރުމެންނާ ކުރިމަތިވާ އިމްތިޙާނެއް..” މިއުވާން ކަންތައްކުރި ގޮތް ކޮންމެވެސް ދުވަހަކުން ޝާލީއަށް އެނގެންޖެހޭނެއެވެ.

” ތިކަން އެނގޭ.. އެކަމަކު އެހަނދާންތަކާއި ދުރަަށް ދާކަން ފަސޭހައެއް ނޫން.. ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އެނޫން ކަމަކާ ނުވިސްނޭ.. އެއުފާވެރި ވަގުތުތައް.. މިހާރުވެސް ހިތަށް ހިތްހަމަޖެހުން ލިބިދެނީ އެހަނދާންތައް އާވާތީ.. އެހެން މީހަކާ ލައިކްވާ ކަހަލަ ގޮތެއް ހުއްޓަސް އެފަދަ ނަޒަރަކުން ނުދެކެވޭ.. ތިއްތިއަކަށް ނޭނގޭނެ.. ކިޔައިދިނަސް ނުވިސްނޭނެ..” އޭނަ ތެދުވެގެން އަހަރެންނަށް ފުރަގަސްދިނެވެ.

އަހަރެންގެ ހިތުގައިވާ އެއްޗެއް އެހެންމީހުންނަކަށް ނޭނގޭނެއެވެ. ޝާޔަންއަށްޓަކައި އަހަރެންގެ ހިތުގައިވާ މަޤާމާއި ލޯތްބެއް އެހެންމީހަކަށް އިޙްސާސެއްނުކުރެވޭނެއެވެ. ގާތުގައިނެތަސް، އެކުގައި އުޅެވެން ނެތަސް އެލޯބި ހިތާއި ރޫހުގައިވެއެވެ. އެކުގައި ހޭދަކުރެވިފައިވާ މަދު ވަގުތުތަކުގެ ހަނދާންތައް އަބަދުވެސް ސިކުނޑީގެ އެއްކަނެއްގައިވެއެވެ. ދުނިޔޭގައިނެތަސް އަހަރެންގެ ހިތުގައި ޝާޔަންއަށްޓަކައިވާ ލޯތްބަކަށް ފަޑުކަމެއް ނާދެއެވެ. އެހެންމީހުންގެ ލޯތަކަށް ނުފެނުނަސް، އިޙްސާސް ނުކުރެވުނަސް މިހިތުގައިވެސް އިންތިހާ ދަރަޖައިގެ ލޯބިވެއެވެ. ދުވަހަކު ހާސިލުވުމެއްނެތް ލޯތްބަކަށްޓަކައި މިހިތް ތެޅިފޮޅޭވަރު އެހެންމީހަކަށް ނޭނގޭނެއެވެ. އަހަރެންނަކީވެސް ހިއްސުތައް ފުރިހަމައަށް ހުރި އިންސާނެކެވެ. ލޯތްބަށްޓަކައި މިހިތްވެސް ރޮމުންދެއެވެ. ނަމަވެސް އަހަރެންނަށް ޖެހޭނީ ކެތްތެރިވެލައިގެން ބޭރުފުށުން އެހެންމީހުންނަށް އުފާވެރިކަން ދައްކައިގެން އުޅޭށެވެ. އެއްވެސް އިޙްސާސެއްނުވާ މީހަކުފަދައިން ހަޔާތުގެ ބާކީ ދުވަސްތައް ކަޑަތުކުރާށެވެ. ދުވަހަކުވެސް އެހަނދާންތައް ހިތުން ފިލާނެކަމެއް ނޭނގެއެވެ.

” ފަހަރެއްގައި ޝާލްގެ އިޙްސާސްތައް ނޭނގުނަސް ތިއްތިއަށްވެސް ވިސްނޭ.. އެކަމަކު ވަގުތާއެކީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. އެހެންމީހަކަށް ތިހަޔާތުން ފުރުސަތު ދިނީމަ ޝާލްއަށްވެސް ވިސްނޭނެ މޫވްއޮން ކުރެވިދާނެކަން.. ފަހަރެއްގައި ޝާލްދެކެ ވަރަށް ލޯބިވާނެ މީހަކުވެސް ލިބިދާނެހަމަ..” ޝާލީއަށް ވިސްނައިދެވޭތޯބެލީމެވެ.

” އެބަވިސްނަން ތިކަމާ.. އަހަރެންވެސް ބޭނުމީ އަވަހަށް މެރީކޮށްގެން ލައިފްއެއް ފަށަން.. މުސްކުޅިވާންވާއިރަށް ބޮޑެތި ދަރިން ބޭނުން..” ސީރިޔަސްކަމާއެކު ދައްކަމުންދިޔަ ވާހަކަ ނިމުނީ ސަމާސާއިންނެވެ.

 

ހަފްތާ ފާއިތުވެގެން ދިޔައީ ހަމަހިމޭންކަމާއެކުގައެވެ. ޒުހުރީއާއި ޒުހޭރު އެމީހުން ކުރި ހުރިހާކަމަކަށް އެއްބަސްވެ ކުށުގެ އަދަބު ލިބެމުންދަނީއެވެ. އެއްވެސް ކޮޅަކުން ސަލާމަތްވާން ނެތްކަން އެނގުމުން ކުށަށް އިޢުތިރާފުވާން މަޖުބޫރުވީއެވެ. ޝާޔަންގެ ކާފަވެސް ވަނީ އޭނަކުރި ކުށް ޤަބޫލުކޮށް ހައްޔަރުކުރެވިފައެވެ. އެއާއިލާގެ ހުރިހާ ކަމެއް އެނގުމުން ޝާޔަންގެ ބައްޕަވެސް ވަނީ އޭނަ މަންމަ ދޫކޮށްލާފައެވެ. ފަހަރެއްގައި ޝާޔަންގެ މަންމަ އާއިލާގެ ސަބަބުން އެމީހުންގެ އަބުރާއި ޢިއްޒަތަށް ހުތުރުނަމެއް އަރާފާނެތީކަމަށްވެދާނެއެވެ. ޝާޔަލްވެސް އަމިއްލަ ޙާލަށް އުޅެލެވޭވަރުވުމުން ލަންކާއަށް އެނބުރި ދިޔައީއެވެ. އޭނައަށް މިދިވެހި ފަސްގަނޑުން ލިބިފައިވާ ހިތާމަތަކުގެ ސަބަބުން އިތުރަށް ހުންނަން ބޭނުންނުވީ ކަންނޭނގެއެވެ.

” ދަރިފުޅާ މިއަދު ހޮސްޕިޓަލަށް ދާންޖެހޭނެ ހަނދާން އެބަހުރިތަ؟” ހެނދުނުގެ ނާސްތާއަށްފަހު މަންމަ ހަނދާންކޮށްދިނެވެ.

“ހަނދާން އެބަހުރި..” ތައްޔާރުވެލައިގެން ނިކުތްއިރު ދޮންބެ އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ.

“ނޫރު ނިމޭނެ ގަޑިއަށް ނާދެވުނަސް މަންމާ ހަނދާންކޮށް ނޫރު ގެންނައްޗޭ..” އަހަރެން ގޮވައިގެން ނިކުންނަމުން ދޮންބެ މަންމައަށް ހަނދާންކޮށްދިނެވެ.

ހޮސްޕިޓަލުން ނިކުމެ ޓެކްސީއެއް ހޯދުންވީ އުދަނގޫކަމަކަށެވެ. ނޫރު ނިމޭގަޑި ކުޑަތަންވަމުންދާތީ ދޮންބެ ބޭނުންވީ ހިގާފައި ނަމަވެސް ދާށެވެ. ދޮންބެއަކީ ކިހާ މާތް އިންސާނެއް ހެއްޔެވެ؟ އަމިއްލަ ދަރިއެއްނޫންކަން އެނގޭއިރުވެސް ނޫރުގެ ހުރިހާ ކަމަކަށް އެހާ ސަމާލުކަންދެއެވެ. އެއްވެސްކަމެއް އެކުއްޖާފުޅަށް އުނިވިޔަކަ ނުދެއެވެ. އެހާ ކެތްތެރިވެވޭނީ މަދު މީހަކަށެވެ.

ނޫރުގެ ސުކޫލާއި ހަމައަށް ނުދެވެނީސް ގަޑި ޖެހިއްޖެއެވެ. އޭރު އަހަރުމެންނަށް ތިބެވުނީ ސުކޫލާއި ވަރަށް ކައިރީގައެވެ. އެހިސާބަށް ދެވުނުއިރު ކުދިންތައް ނިކުންނަންފަށައިފިއެވެ. ދުއްވާ އެއްޗެހި ދުއްވަމުންދާތީ އަހަރުމެން ތިބީ މަގު ހުރަސް ނުކުރެވިފައެވެ. ދުވެފައި ބޭރަށް ނުކުތް ނޫރުއަށް ދޮންބެ ފެނުމުން އެމޫނުމަތިން އުފާވެރިކަން ފެނުނެވެ. އޭނަ އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް މަންމަ އޭނަ އަތުގައި ހިފެހެއްޓިއެވެ. ގަދަދައްކާލަމުން ނޫރު ދުއްވައިގަތީ މަގާއި ދިމާލަށެވެ. މަންމައާއި ދޮންބެ އެދިމާލަށް ދުއްވައިގަތެވެ. ބާރު ސްޕީޑެއްގައި ދުއްވާފައި އައި ލޮރީއެއްއައީ އެވަގުތެވެ. އޭތީގެ ފުރޮޅުތައް ކެހުނުއަޑާއިއެކު ފެނުނީ މުޅިތަނަށް ބުރައިގެންދިޔަ ލޭތަކެވެ.

“ނޫން..” ލެއިން ކަޅިވަމުންދިޔަ ހަށިގަނޑު ފެނުމުން އަޑުނެތްތަނަށް ހަޅޭއްލަވައިގަންނަމުން އެދިމާލަށް ދުއްވައިގަނެވުނެވެ.

(ނުނިމޭ)

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mysterious Angel

Other Articles

Previous

ކިޔުން ތެރިންނަށް….

Next

އެދުނީމޭ ލޮތްބާއި އުފާ 3

Next
August 5, 2016

އެދުނީމޭ ލޮތްބާއި އުފާ 3

Previews
August 5, 2016

ކިޔުން ތެރިންނަށް….

21 Comments

  1. Mysterious Angel says:
    August 5, 2016 at 12:52 pm

    އެންޖަލުގެ ފައިނަލް އެގްޒާމުކުރިއަށްދާތީ ވާހަކަ ގެނެސްދިނުން ލަސްވީ..

  2. Same says:
    August 5, 2016 at 1:11 pm

    Salhi.

    1. Mysterious Angel says:
      August 5, 2016 at 9:28 pm

      Thankss Same 🙂

  3. Angel says:
    August 5, 2016 at 1:19 pm

    Haadha kureyy

    1. yyyyyyyyy says:
      August 5, 2016 at 1:28 pm

      Don’t complain girl.. we never know how busy she is.. Maybe she has kids and a family to take care..

    2. Mysterious Angel says:
      August 5, 2016 at 9:29 pm

      Hmm mifaharu thankolhe kuru dw Angel

  4. sabeeha says:
    August 5, 2016 at 1:35 pm

    nice

    1. Mysterious Angel says:
      August 5, 2016 at 9:29 pm

      Thankss 🙂

  5. Heheh says:
    August 5, 2016 at 1:50 pm

    Varah reethi….??
    Keep up the good work…???

    1. Mysterious Angel says:
      August 5, 2016 at 9:31 pm

      Thankss 🙂

  6. Shoked......... says:
    August 5, 2016 at 1:54 pm

    Kaaku accident vee??????

    1. Mysterious Angel says:
      August 5, 2016 at 9:32 pm

      Next part kiyaalyma igeyne kaaakukan 🙂

  7. Nern.. says:
    August 5, 2016 at 2:58 pm

    Owwhh my god??????.. Avahah up kohdhehcheyyy..

    1. Mysterious Angel says:
      August 5, 2016 at 9:33 pm

      Yhh try mi kurany avaha up kurevey thw 🙂

  8. aff says:
    August 5, 2016 at 3:45 pm

    kaaku baa accident vee… haadha inthixaaru vaane dhuvahakah angelooo
    .. Next part avahah genesdhehcheyy .. keep going & Exam ah best of luck angel .. ☺☺☺

    1. aff says:
      August 5, 2016 at 3:46 pm

      kuramey up vaane *

    2. Mysterious Angel says:
      August 5, 2016 at 9:34 pm

      Aslu vx mifaharu maa boda vx las v dw.. Next part avaha up kurevey thw mibalany.. Thankss aff 🙂

  9. Hooo says:
    August 5, 2016 at 5:35 pm

    Salhiiiiiiiiiii

    1. Mysterious Angel says:
      August 5, 2016 at 9:35 pm

      Thankss Hooo 🙂

  10. roomy says:
    August 6, 2016 at 10:28 am

    varah salhi cant even wait

  11. Yaalu says:
    August 6, 2016 at 9:48 pm

    Intresting….

Comments are closed.

All Right Reserved!