Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހުރީ ވެވިފާ ބާކީ…. (ދެވަނަ ބައި)

Shax Lyn
November 20, 2016
6 Mins Read
96 Views
15 Comments

ކުއްލި ގޮތަކަށް ސިރާޖް އެވާހަކަ ދެއްކުމުން އިކާން ހާސްވާ ގޮތްވިއެވެ. ކަންތައްވީ އިކާން ހީކުރިގޮތާ މުޅިން ހިލާފަށެވެ. ތާރާގެ މައިންބަފައިންނާ ބައްދަލުކުރަން އައި ފުރަތަމަ ދުވަހަށްވުމުން އިކާން ހީކުރީ މިއަދު އިކާނާ ބެހޭ މައުލޫމާތުތައް ހޯދާ އެމީހުން އެކި ކަހަލަ ސުވާލުތައް ކުރާނެ ކަމަށެވެ.

އެ ސިޓިންގް ރޫމުގަ ތިބި އެންމެންގެ ކަޅި އަމާޒުވެފައި ވަނީ އިކާނާ ދިމާއަށެވެ. އިކާންގެ އަތުގައި ހިފާ ތާރާ ފިއްތާލިއެވެ. ތާރާއާ ދިމާއަށް އިކާން ބަލާލި އިރު ހިނިތުންވެފައި ތާރާ ބަލަން އިން ގޮތުން އިކާންގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި އިން ކަހަލައެވެ. ސިރާޖާ ކުރިމަތިލަމުން އިކާން ވާހަކަ ދައްކަން އަނގަ ހުޅުވާލިއިރު ނުތަނަވަސްކަމެއް އޭނާގެ ހިތުގައިވަނީ އަށަގެންފައެވެ.

“އަޅުގަނޑުގެ މަންމަމެން ވީ ސިންގަޕޯރގަ… މަންމަމެން މާލެ ދުރުވާނެ ދެތިން ދުވަސްތެރޭ… ސޯ… ތާރާ ބޭނުންވާ ގޮތެއް އަޅުގަނޑަށް އޯކޭ…”

އިކާންގެ ނިންމުން ހާމަކުރުމުން ތަހުމީނާއާ ސިރާޖް ބަލާލީ ތާރާގެ މޫނަށެވެ. އޭރު އެ ދޮން މޫނު ވަނީ ރަތްވެފައެވެ. އިސްޖަހާލަމުން ތާރާ ވާހަކަ ދެއްކީ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާތީއެވެ. “ތާރާ ބޭނުމީ ވީހާވެސް އަވަހަކަށް ކައިވެނި ކަންތައް ހަމަޖައްސަން…. ސޯ އިކާންގެ މަންމަމެން އައިމަ… މި މަހުގެ 16 ކިހިނެއްވާނީ؟…” ތާރާ ބޭނުންވާ ދުވަސް ބުނެލިއެވެ.

ތާރާގެ ފަރާތުން އެހާ އަވަސް ތާރީޚެއް ބުނުމުން ހައިރާންކަމާއި އެކު ތާރާއާ ދިމާއަށް އިކާން ބަލާލިއެވެ. އިކާން ބަލާލުމުން ތާރާ ރައްދުގައި ހިނިތުުންވެލީ ލަދުރަކި ގޮތަކަށެވެ. ސިރާޖްމެން ބޭނުންވީ ތާރާ ލޯބިވާ ކުއްޖަކާ ކައިވެނި ކުރާށެވެ. ތާރާގެ މޫނުމަތިން ފާޅުވަމުން ދިޔަ ކުލަތަކުން އިކާންދެކެ ތާރާ ލޯބިވާކަން ހާމަވެއެވެ.

“އޯ ގޯޑް… ވީހޭވް 10 ޑޭސް ފޯރ ދިޒް ވެޑިންގް…. ކިހިނެއް ހުރިހާ ކަމެއް ޕްލޭން ކުރާނީ އެހާ ކުޑަ ދުވަސްކޮޅެއްގަ؟… ވުމަން ކާންޓް ޔޫ ވެއިޓް ފޯ ނެކްސްޓް އިޔަރ…” އަޒްކާ ބޭނުންވަނީ ތާރާގެ ވެޑިންގް ވަރަށް ބޮޑުކޮށް ބާއްވާށެވެ. ތާރާ ބުނި ތާރީޚަކީ މާ އަވަސް ތާރީޚަކަށް ވުމުން އަޒްކާ ހުރީ ހިތްހަމަނުޖެހިފައެވެ. މޫނު ކުނިކޮށްގެން ތާރާއާ ދިމާއަށް ވަށްކަޅިން ބަލަން އިން އިރު އޭނާ އިނީ ހަށަން ބަނދެގެންނެވެ. އަޒްކާ އުޅޭ ގޮތުން އެންމެން ގާތަށް ހިނިއައެވެ.

“ވެއިޓް…. އައި ވޯންޓް ޔޫ އޯލް ޓު މީޓް މައި ޕޭރަންޓްސް…”

އިކާން އޭނާގެ ފޯނު ނަގާ ނަންބަރަކަށް ގުޅާލިއެވެ. އެކޮޅުން ވާހަކަ ދެއްކީ އިކާންގެ ބައްޕައެވެ. ބައްޕަ ގާތު އިކާންއާ ތާރާ ކުރިއަށް އޮތް ދިހަ ދުވަސްތެރޭ ކައިވެނި ކުރަން ނިންމި ކަމުގެ ޚަބަރު ދެމުން، ފޯނުގެ ވީޑިއޯ ކޯލް އޮން ކޮށްލަމުން ތާރާ ދައްކާލިއެވެ. ތާރާއާ ވާހަކަ ދެއްކުމަށްފަހު ތަހުމީނާއާ ސިރާޖްވެސް އެކޯލަށް ވާހަކަ ދެއްކިއެވެ. އިކާންގެ މަންމަވެސް އެމީހުންނާ ވާހަކަ ދެއްކިއެވެ. އެއީ ވަރަށް ހިތްހެޔޮ ރަނގަޅު ބައެއްކަން އެނގުމުން ތަހްމީނާ ހުރީ ވަރަށް އުފަލުންނެވެ.

“މެޑަމް… ސައިހެދިއްޖެ….” ފޯނު ކޯލް ނިންމާލުމަށްފަހު އެންމެން ވާހަކައިގަ ތިއްބާ ކަމްލާ ބޭރަށް ނުކުމެ ތަހްމީނާއަށް ގޮވާލަމުން ހަވީރުގެ ސަައި ތައްޔާރު ވެއްޖެ ކަމަށް ބުނެލިއެވެ.

“އިކާން ހިނގާ ސައިބޯން…” ތަހުމީނާ ގޮނޑިން ތެދުވަމުން އިކާނަށް ސައިބޯން ދާން ދައުވަތު ދިނެވެ. އިކާނާ އެކީ ސިރާޖާ އަޒްކާއާ ތާރާވެސް ކާގެއާ ދިމާލަށް އަވަސް ވެގަތެވެ.

ކާމޭޒުމަތި ފުރާލާފައިވަނީ ތަފާތު އެކި ވައްތަރުގެ ހެދިކާ ތަކުންނެވެ. އެންމެން އެކީގައި ސައިބޯން ތިބި އިރު ކައިވެންޏާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވުނެވެ. މިހުރިހާ ވާހަކަތަކެއް ދެކެވެމުން ދިޔަ އިރު އިކާންގެ ފަރާތުން އޭނާ ބޭނުންވާ ގޮތްތަކާ ފާޑުކިޔުން ނާންނާތީ ތާރާ އިނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އިކާންގެ އަތުގައި ފިރުމާލަމުން ތާރާ ސުވާލުކޮށްލިއެވެ. “ކިހިނެއްވީ؟… ހާދަ މަޑުން ތިއިންނަނީ… އަސްލު އިކާން ވަރަށް އަނގަ ގަދަވާނެ… ލަދުން އޭނީ…”

“އެހާ ލަދުގަންނަ އެއްޗެއްނޫން.. މިހާރުތީ މިގޭ ކުއްޖެކޭ…” ޕިއްޒާ ފޮއްޗެއްގައި ދަތްއަޅަމުން ސިރާޖު ބުނެލިއެވެ. އިކާންވެސް އެހިސާބުން ކައިވެންޏާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާގައި އޭނާގެ ހިޔާލު ދެމުން ދިޔައެވެ. އިކާންގެ ހުރިހާ ޖަވާބެއްވެސް ގުޅިފައިވަނީ ތާރާ ބޭނުންވާ ގޮތަށެވެ. އެކަމާ ތާރާ ވަރަށް އުފާވިއެވެ. އިކާންގެ ހިތްހެޔޮ ކަމާއި މީހުންނާ ގުޅޭ މިޒާޖު އެގޭ އެންމެންނަށްވެސް ވަރަށް ކަމުދިޔައެވެ.

ސައިބޮއިގެން ސިޓިންގް ރޫމަށް ނުކުތް ވަގުތު އިކާންގެ ފޯނަށް ކޯލެއް އައެވެ. ފޯނު ނަގާ ސްކްރީނަށް ބަލާލިއިރު އެގުޅަނީ އެކްސްއޯ ޖަހާފައިވާ ނަންބަރުންނެވެ. އިކާން ފޯނު ރިންގް އޮފް ކޮށްލުމަށްފަހު އަނބުރާ ޖީބަށް ފޯނުލިއެވެ. އިކާންގެ ކައިރީގައި އެވަގުތު ހުރި ތާރާއަށް އެ ފޯނުގެ ސްކްރީން ރަނގަޅަށް ފެނުނެވެ. ނަމަވެސް މިވަގުތު ތާރާ ބޭނުންވީ އެކަމާ ބެހޭ ގޮތުން ސުވާލެއް ނުކުރާށެވެ. އިކާންގެ މާޒީއާބެހޭ ގޮތުން ތާރާ އެއްވެސް ކަމެއް އެނގޭކަށް ބޭނުމެއް ނޫނެވެ. މާޒީގައި ކޮންމެ ކަމެއް ހިނގާފައި އޮތަސް އިކާންދެކެ ތާރާވާ ލޯތްބަަކަށް އުނިކަމެއް ނާންނާނެކަން އޭނާއަށް އެނގެއެވެ.

އިކާން އެގެއިން ދާން ހިނގައިގަތީ އޭނާގެ ސްޓޫޑިއޯގައި ބައިވަރު މަސައްކަތްތައް ފުނި ޖެހިފައި ހުރުމުންނާވެސް އެކީގައެވެ. އިކާން ސިޓިންގް ރޫމުގައި ހުރެ ދޮރާ ދިމާއަށް ހިނގައިގަތް ވަގުތު އިކާންގެ އަތުގައި ތާރާ ހިފެހެއްޓިއެވެ. “ހެއި.. ލަވް ދަނީތަ؟ ހާދަ އަވަހަަށް…” އިކާން މަޑުކުރުވަން ތާރާ ބޭނުންވެފައިވާ މިންވަރު ދޭހަވިއެވެ. އިކާންގެ ގާތަށް ޖެހިލަމުން ތާރާގެ އިނގިލިތަކުން އިކާންގެ އަތުގައި ފިރުމާލިއެވެ.

“ސޮރީ… ބައިވަރު މަސައްކަތްތައް ހުރީމަ ދާން މިޖެހުނީ… މިރޭ ރެކޯޑިންގްއެއްވެސް އެބައިން…” އިކާން އޭނާގެ އުޒުރު ހާމަކޮށްލަމުން ޖީބުން ފޯނު ނަގާ ފޯނަށް ބަލާލިއެވެ. އޭރު ތާރާ ހުރީ ތުންފަތް އޫކޮށްގެންނެވެ.

“ތާރާ… ބަޓް ޔޫ ގޭވް މީ އަ ހިއުޖް ސަޕްރައިޒް… ތާރާ މަންމަމެން ކައިރީ މެރިއޭޖްގެ ވާހަކަ ދެއްކި ވާހަކައެއް ނުބުނަމެއްނު… އަނެއްކޮޅުން އަލަށް ބައްދަލުވީއިރު އައި ތޯޓް ވަރަށް ސުވާލު ގިނަ ވާނެކަމަށް… ޔޯ ފެމިލީ އިޒް ރިއަލީ ކޫލް…” ތާރާގެ ދަތްދޮޅީގައި ހިފާލަމުން އިކާން ވާހަކަ ދެއްކިއެވެ.

“އައި ޓޯލްޑް ޔޫ އައި ހޭވް ދަ ކޫލަސްޓް ޕޭރަންޓްސް… އަދި ބޭބެއާ ދައްތައާ ދިމާވިނަމަ އިނގޭނީ… ދައްތަ އެންމެ ކޫލްވާނީ… ޝީޒް ސުޕާރ ކޫލް… މިއަދު އަންނައްޗޭ ބުނިން… އެކަމަކު ބިޒީވެގެން ނާދެވުނީ ކަންނޭނގެ… އޭޒް ޔޫޝުއަލް ދޭއާރ ވެރީ ބިޒީ ވިތް ވާރކް…” އިކާނާ އެކީ ތާރާ ހިނގާފައި ދިޔައީ އެޕާރޓްމަންޓުން ނުކުންނަ ދޮރާ ދިމާއަށެވެ.

ކާގެއިން ނުކުތް ސިރާޖްވެސް އެގެއިން ދިއުމަށް އެވަގުތު ހިނގައިގަތެވެ. “ދެކުދިންގެ ވެޑިންގް ހެދުމުގެ ކަންތައް ހަމަޖައްސާނީ ބައްޕަ… ދެން ދަނީ… ބައްޕަގެ ތާރާ… ކަމެއް ބޭނުންވެގެން ނުގުޅާ ނުހުންނާތި… އިކާންވެސް ދާން ދޯ ތިއުޅެނީ.. ހިނގާ ބައްޕައާއެކީ ދާން.. އޭރުން އަދި ވާހަކަ ދައްކާ ލެވޭނީ…” ތާރާއާ ސަލާމް ކޮށްލުމަށްފަހު ސިރާޖް އެގެއިން ބޭރަށް ނުކުންނަމުން އިކާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

“އަނެއްކާ އިކާން ބިރުގަންނުވާ ނުލައްޗޭ… އިކާން ވަރަށް ބިރުގަންނާނެ… ހެހެ…” ދޮރުން ބޭރަށް ބޯ ދިއްކޮށްލަމުން ތާރާ ބުނި ޖުމްލައިން އިކާން ދެލޯ ބޮޑުކޮށްލިއެވެ. ސިރާޖް ހެމުންހެމުން އިކާންއާ އެކީ ލިފްޓް ކައިރިއަށް ގޮސް މަޑުކޮށްލިއެވެ.

ދޮރު ލައްޕާލުމަށްފަހު ތާރާ އެތެރެއަށް ވަތް އިރު ތާރާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ. އޭނާ އެންމެ ބޮޑަށް ދެރަވީ އެތަނަށް އަޒްކާގެ ބައްޕައަށް ނާދެވުނީމައެވެ.

*** *** *** *** *** ***

އިކާންމެން އެރި ލިފްޓުގެ ދޮރު ލެއްޕުމާއެކީ ޖެހިގެންހުރި އަނެއް ލިފްޓުގެ ދޮރު ހުޅުވުނެވެ. އެލިފްޓުން ނުކުތީ ވަރަށް ރީތި މެދު އުމުރުގެ އަންހެނެކެވެ. އޭނާ ލައިގެން ހުރީ ކަކުލާ ހަމައަށް ހުރި ރަތް ގަމީހަކާ ހުދު ކުލައިގެ ޓައިޓެކެވެ. ކޮނޑުގައި އަޅާފައިވާ އަތްދަބަސް ހެޔޮވަރުކޮށްލަމުން އޭނާ ގޭގެ ބެލް ޖަހާލިއެވެ. އެވަގުތު ގޭގެ ދޮރު ހުޅުވީ ގޭގައި މަސައްކަތް ކުރާ ކަމްލާއެވެ.

ހިނިތުންވެލަމުން ގޭތެރެއަށް ވަދެ ކަމްލާ އަތަށް އޭނާގެ އަތުގައި ވާ އަތްދަބަސް ދިއްކޮށްލިއެވެ. “މެޑަމް… ކޯއްޗެއްތޯ ބޭނުމީ؟… ކޮފީއެއް ގެނެސްދެންތޯ؟…” ކަމްލާ ވާހަކަ ދެއްކީ އަދަބުވެރިކަަމާ އެކީގައެވެ.

“ނޫން… ކޫލް ވޯޓަރ ބޭނުމީ…” ކަމްލާއަށް ޖަވާބު ދިނުމަށްފަހު ސޯފާގައި އިން ތާރާއާ ދިމާއަށް ޒުމްރާ ބަލާލިއެވެ.

“ތަހުމީނާ ބުނި ތާރާ މެރީ ކުރަނީއްޔޯ!.. އެއީ ތެދެއްތަ؟… އަޅޭ ކީއްކުރަން އެހާ އަވަހަށް މެރީ ކުރަނީ؟…” ޒުމްރާގެ ޙިޔާލު އޭނާ ފާޅުކުރަމުން ދިޔައިރު އޭނާގެ އަތުކުރީގައި އަޅާފައިވާ ރަން ގަޑިއަށް ބަލާލިއެވެ. އަދި ކަރުގައި އަޅާފައިވާ ހުދުރަން ފަށުގަޔާ އޭގެ ފުލުގައި އަތް ހާކާލިއެވެ. ޒުމްރާއަކީ ރާއްޖޭގަ ހޮވާލެވޭ މުއްސަނދިންގެ ތެރެއިން އެކަކެވެ. އޭނާ ގެންގުޅޭ ހުރިހާ އެއްޗިއްސަކީ އެންމެ ފަހުގެ ފެށަނަށް ފެތޭ ބްރޭންޑަޑް އެއްޗިއްސެވެ.

ފިނި ފެންތައްޓެއް ތަބަކަކަށް ލައިގެން އައިސް ޒުމްރާ ކައިރިއަށް ކަމްލާ ހުއްޓުނެވެ. ފެންތަށި ނަގާ ޒުމްރާ ތުނބުގައި ޖަހާލި ވަގުތު ތާރާ ވާހަކަ ދެއްކިއެވެ.

“ދައްތާ.. ތާރާ މެރީ ކުރާ ވަރު ވެއްޖެއްނު.. ލުކް އައިމް 23… ސޯ އަވަހެއް ނޫން ދޯ… ޑިސެމްބަރ 16 ގަ މެރީ ކުރަނީ….” ކައިވެނި ހަމަޖައްސާ ތާރީޚް ޒުމްރާ ގާތު ތާރާ ބުނީ ވަރަށް އުފަލުން އިނދެއެވެ.

“ހާދަ ކުޑަ ދުވަސްކޮޅެކޭ ވެޑިންގް އަށް އޮތީ… ކޮންތާކު ޕާޓީ ބާއްވަނީ؟… ކާޑް، ވެޑިންގް ޑްރެސް… އޯ ހާދަ ކަމެއް އެބައޮތޭ…” ކައިވެނި އަވަސްކަމުން ޒުމްރާވެސް އިނީ ހައިރާންވެފައެވެ.

“ސީ.. އައި އީވަން ޓޯލްޑް ހާރ… 10 ޑޭސް ތެރޭ ކިހިނެއް ބޮޑު ވެޑިންގްއެއް ޕްލޭން ކުރާނީ؟….” ތާރާއާ ދިމާއަށް ބުމަ އަރުވަމުން އަޒްކާ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ދެއްކި ވާހަކަ ގަބޫލު ނުކުރީތީ އެކަމާ އަޒްކާ އިނީ ހިތްހަމަ ނުޖެހިފަކަން އެނގެއެވެ.

“ތާރާ ބޭނުމެއްނޫން ބޮޑު ޕާޓީއެއް.. ޖަސްޓް ފެމިލީ އެންޑް ކްލޯސް ފްރެންޑްސް… އެންޑް ޕާޓީ ބާއްވަން ބޭނުމީ މިގޭގަ…” ތާރާ އޭނާ ބޭނުންވާ ގޮތް ހާމަކުރަމުން އަޒްކާއާ ދިމާއަށް ލޯ އަޅާލިއެވެ.

“އޯކޭ.. ތާރާގެ ވެޑިންގް ވީމަ ތަރާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ދާނީ… ސޯ ވަޓް ވިލް އައި ގިވް ޔޫ…. ހުމްމްމް… ހައު އަބައުޓް ދަ ހަނީމޫން.. އަ ޓްރިޕް ޓު ޑުބާއީ…” ފެންތަށި ތަބަކުގައި ބަހައްޓަމުން ޒުމްރާ ތެދުވިއެވެ. ޒުމްރާ ދޭން ބުނި ހަދިޔާ އެނގުމުން ތާރާއަށް އުފަލުން ރޮވުނެވެ. ދެއަތުން އަނގަމަތި ނިވާކޮށްގެން އިންދާ އަޒްކާ އައިސް ތަރާގެ ގައިގާ ބައްދާލިއެވެ. ދެކުދިން އެކީ ތޫލިއަޑަކުން އެއްފަހަރާ ހަޅޭއްލަވައިިގަތެވެ. “ޑުބާއީ……. ޔޭ…”

“އޯ… އައި ވޯންޓު މެރީ ޓޫ… ސޯ އައިކެން ގޯ ޓު ޕެރިސް….” އަޒްކާ ޚިޔާލީ ފޮލާތައް ކައްކަން ފެށިއެވެ.

“ދަރިފުޅާ އަޒްކާ… އަޒްކާ ބޭނުމީ ޕެރިސްއަށްތަ ދާން… އަޒްކާގެ ޕްރިންސް ޗާމިންގް ލިބުނީމަ ތިކަން ކޮށްދޭނަން… ދައްތަ މިއައީ އަސްލު ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން… އަންނަ އަހަރު އަޒްކާ އާ ތަހުމީނާ ސިންގަޕޫރަށް ބަދަލުވަމާ… ތަހުމީނާވެސް އެމަންޖެ ގޮވައިގެން އެކޮޅަށް ބަދަލުވިއްޔާ އެ މަންޖެއަށް ރަނގަޅުވާނީ… މާލެއަށް ވުރެއް ހިތްފަސޭހަވެފަ އަރާމުވެފަ ރަނގަޅުވާނެ… ތަހްމީނާ ނުލާހިކު ބަލިކޮށް ތިއުޅެނީވެސް… އަންނަ އަހަރު އެކޮޅުން ކޮލެޖަކަށް އަޒްކާ ޖޮއިންކުރާ ގޮތަށް ހިނގާ ބަދަލުވާން…” ތަހްމީނާއަށް ބަލާލަމުން ޒުމްރާ އެގެއަށް އައި މަގްސަދު ހާމަކުރިއެވެ.

“ވާއު… މަންމާ… އަޅެ ބުނޭ ޔެސްއޭ….ޕްލީސް ޕްލީސް…” އަޒްކާ އައިސް ތަހުމީނާގެ ކަރުގައި އެލިގަންނަމުން ވާހަކަ ދެއްކީ ތުއްތު ކުއްޖެއް ހެންނެވެ.

“ބައްޕަ ބުނާ އެއްޗަކުން އެނގޭނީ… ދޯ… މަންމަގެ މައްސަލައެއް ނެތް…” ތަހުމީނާ އޭނާގެ ދެ ދަރިންގެ މޫނަށް ބަލާލަމުން އެހެން ބުނީ އޭނާގެ ކުދިންގެ އުފަލަށާ މުސްތަގްބަލަށް ވިސްނާފައެވެ.

“ކީއްވެތަ ބައްޕަ ނައީ…. ބައްޕަގެ ފޯނަށް ވަރަށް ގުޅިން… ސިސްގެ މެރިއޭޖްގެ ވާހަކަ ދައްކަން އުޅޭތީ… ސިސް ބޭނުންވީ ބައްޕަވެސް މިތާހުންނަން…” ޝަކުވާގެ ރާގަކަށް އަޒްކާ ވާހަކަ ދެއްކީ ޒުމްރާއާއެވެ.

“ބައްޕަ ހުރީ ބޯޑް މީޓިންގް އެއްގަ…. ރިސޯޓްގަ ވީވެސް… ބައްޕަ ބުނީމަ ދައްތަ މިއައީ… ބިޒްނަސް ކަންކަމުގަ މިދުވަސްކޮޅު ދައްތަވެސް ވަރަށް ބިޒީވާނެ.. އެކަމަކު ދައްތަމެންގޭގަ ތިބި ހުރިހާ ނޯކަރުންތައް މިގެއަށް ފޮނުވާނަން… އެއްވެސް ކަމަކަށް ދަތިވަންޏާ ބުނާތި… ދެން ދަނީ… އައިލް ކަމް ސޫން އިނގޭ…” ސޯފާއިން ތެދުވެ ތާރާއާ އަޒްކާގެ ގައިގާ ޒުމްރާ ބައްދާލިއެވެ.

ޒުމްރާ އެކުދިން ދެކެނީ އޭނާގެ އަމިއްލަ ދަރިންގެ ގޮތުގައެވެ. ޒުމްރާއަށް ބަލާ މީހަކު އޭނާއަކީ އުމުރުން 45 އަހަރު ވެފައިވާ މީހެކޭ ނުބުނާނެއެވެ. އުމުރުން އެހާ ދުވަސް ވީ އިރުވެސް އޭނާއަށް ކުއްޖަކު ނުލިބި ހުންނާތީއާ އެކީ އޭނާގެ ހަށިގަނޑު ހުންނަނީ ވަރަށް ޒުވާންކޮށެވެ.

“ހާދަ އަވަހަކަށް ދާން ތިއުޅެނީ.. މިއަދު ސައިބޮއިގެން ދާންވާނީ…. މިގޭގަ ވަރަށް މީރުކޮށް ސައި ހަދައިގެން މިއުޅެނީ…” ސޯފާއިން ތެދުވަމުން ތަހުމީނާ ވާހަކަ ދެއްކިއެވެ.

“ނޫނޭ.. އަހަރެން މިހާރު މިއުޅެނީ ވަރަށް ސްޓްރިކްޓް ޑައެޓެއްގަ… މާ ބޮޑަށް ފަލަ ވާތީ މިއުޅޭނީ.. ތާރާ ވެޑިންގް ދުވަހު ހުންނަން ޖެހޭނީ ވަރަށް ފިޓްކޮށެއްނު… ދެން ދަނީއޭ… މިދަނީ ރައްޓެއްސެއް ގުޅައިގެން…” ޒުމްރާ ލައިގެން ހުރި ގަމީސް ކޮޅު ރީތި ކޮށްލުމަށްފަހު ބޭރަށް ނުކުންނަން ދިޔަވަގުތު ޒުމްރާގެ އަތްދަބަސް ކަމްލާ ގެނެސް ދިނެވެ. އެގެއިން ޒުމްރާ ނުކުމެގެން ދިއުމުން ތާރާއާ އަޒްކާއާ ދިޔައީ އެކުދިންގެ ކޮޓަރިއަށެވެ.

*** *** *** *** *** ***

ލިފްޓު ތެރޭގައި އިކާން އިނީ ނޭވާ ހިފަހައްޓައިގެންނެވެ. ސިރާޖާ އެކު އެވީ ކުޑަ ވަގުތު ކޮޅުގައި އިކާނަށް ވަމުން ދިޔަ ގޮތްތައް ސިރާޖަށް ފާހަގަ ވަމުން ދިޔައެވެ. އެންމެ ތިރީ ބަޔަށް އައިސް ލިފްޓުގެ ދޮރު ހުޅުވުމުން ލިފްޓުން ފުރަތަމަ ނުކުތީ ސިރާޖެވެ. ސިރާޖް ލިފްޓުން ނުކުތުމުން އިކާން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. މަޑު ހިނގުމެއްގައި ލިފްޓުން ނުކުމެ އިކާންގެ ފޯނު ނަގާ އޭނާގެ ޑްރައިވަރަށް ގުޅާލިއެވެ. ގ.ރޯޒްވިލާ ކައިރިއަށް އަންނާށޭ ބުނެ ކަންފަތުން ފޯނު ދުރުކޮށްލުމަށްފަހު އިކާން ގޭޓާ ދިމާއަށް ދާން އެނބުރިލީ ހަމަޖެހެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭރު މޫނާމޫނު ޖެހޭހާ ކައިރީގައި ހުރި މީހާ ފެނި ސިއްސައިގެން ދިޔުމުން އިކާނަށް ހަޅޭއް ލަވައިގަނެވުނެވެ.

“ވަޓް ދަ…”

(ނުނިމޭ)

31
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shax Lyn

Other Articles

Previous

ވާލޯބި އެނގޭނަމަ… 17

Next

ކަތިފިޔަވަޅު…

Next
November 21, 2016

ކަތިފިޔަވަޅު…

Previews
November 20, 2016

ވާލޯބި އެނގޭނަމަ… 17

15 Comments

  1. Anonymous says:
    November 20, 2016 at 3:52 pm

    Ekaakubaa anehkaa
    –konmes kuhjeh–

  2. mysterious says:
    November 20, 2016 at 3:53 pm

    very intrstingg… its a very nice story.. mihaaru esfiya ga liyaa ehen writers hen vaahaka medhu kandaa nulache..

  3. XO says:
    November 20, 2016 at 4:33 pm

    I have a feeling that XO is thaara’a sister. Hmm. ?

  4. XO says:
    November 20, 2016 at 4:34 pm

    I have a feeling that XO is thaara’s sister. Hmm. ?

  5. maaishahil says:
    November 20, 2016 at 5:09 pm

    XO aee thaaraage sis dho? v interesting. avahah up kurahchey

  6. **M!n!!** says:
    November 20, 2016 at 5:18 pm

    Avahaha up kohdheh chey next part.. Varah salhi

  7. Feelings says:
    November 20, 2016 at 6:03 pm

    Reethi

  8. Badboy :p says:
    November 20, 2016 at 6:52 pm

    So ikaan has a varugadha past… Wonder ikaan kuree keeh baaey… Varah interesting….

    1. Badgirl :p says:
      November 20, 2016 at 10:59 pm

      Hmmm yuh r right ??

  9. ken? says:
    November 20, 2016 at 8:13 pm

    may its tara’s sis…dn neynge dhw…hehehe…v interesting bt thakolhei kuruhen heevi..may interest vee varun ehen heevee kanneyge…

  10. Siha says:
    November 21, 2016 at 8:15 am

    V salhi…..

  11. malee says:
    November 22, 2016 at 4:03 pm

    Wow

  12. LOL says:
    November 22, 2016 at 5:34 pm

    Kithah Dhuvahuntha meege episode eh nereny?? waiting for episode 3

  13. ##ss says:
    November 23, 2016 at 8:22 am

    Esfiya ga ulhey liyun therin kyhve tha vaahaka up nukurany eyyn..
    2 part liyefa dhn neynge e vaahaka yakah vaagotheh.. Vaahaka oiyh gothah onnanyy..
    Mi dhn kihaai bodu kameh..

    1. Anonymous says:
      November 23, 2016 at 7:41 pm

      Hehehe anehbai upkoffi.. Shaz akee vaahakabekkoh genesdhey writer eh… Ehen writers aa comapre kuraairu shes better… Baraabarah up kuraane… ???

Comments are closed.

All Right Reserved!