Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ބީރައްޓެހިޔާ 9

InsaanehMiAAlamGaivAA Level 110 Stories
November 20, 2016 2 Mins Read
2 Comments

“އަހަންނަށް އެނގެޔޭ ތިކަން ޕީޓަރ. ” އަނާ ބުންޏެވެ. “އަދި އަހަންނެއް ބޭނުމެއްވެސް ނޫން ދެމީހުންނެއް. އެކަމަކު އަޑުއަހާބަލަ ޕީޓަރ. އަހަރެން ބޭނުން ޑޭވްއާ ބެހޭގޮތުން ކިޔައިދޭން. އޭނަ އެއީ ވަރަށް އާދަޔާޚިލާފު މީހެއް.”

“ޑޭވް ޑޭވް ޑޭވް!” ޕީޓަރ ހަޅެއްލަވައިގަތެވެ. “ކަލޭ އޭނައާ ބެހޭގޮތުން ވާހަކަނުދައްކާ ވަގުތެއް ނުދާނެ. އަހަންނެއް ބޭނުމެއް ނޫން ދެން އޭނަގެ ނަން އަޑުއަހާކަށް.”

ޕީޓަރ ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. އަނާ މިހާރު ހުރީ އެކަންޏެވެ. އޭނާ ހުރީ އުފަލަކުން ނޫނެވެ. އޭނާ ޕީޓަރއާ ވާހަކަދައްކަން ބޭނުންވިއެވެ. ޑޭވްގެ ވާހަކަ ކިޔައިދޭން ބޭނުންވިއެވެ. ގްރެޓާ ގޯރޑްންއާއި މައިކް ބެއިލީގެ ވާހަކަވެސް މެއެވެ. އެކަމަކު ޕީޓަރ އެދިޔައީއެވެ.

މިއީ އޮކްޓޯބަރު މަހެވެ. ޖައްވު އޮންނަނީ ފިނި އަދި ތެތްކޮށެވެ. އަނާއަށް ފިހާރައިގައި މާ އަވަދިނެތިކޮށް އުޅޭކަށް ނުޖެހެއެވެ. އޭނާ ހުންނަނީ މޮޅިވެރިވެފައެވެ. އަނާ މިހާރު ވަރަށް ތަފާތުވެއްޖެއެވެ. އޭނާ ހީވަނީ އުމުރަށްވުރެ ދޮށީހެންނެވެ. އޭނާ އެހާގިނައިން ބޭރަކަށް ނުދެއެވެ. އަބަދުވެސް ފެންނަނީ ބަލިކޮށެވެ.

އަވަށުގެ ގިނަ މީހުންނަށް އަނާއާއި ޕީޓަރގެ އަރާރުމުގެ ވާހަކަ އެނގެއެވެ. އަދި އަނާ ޑޭވްއާ އެކީ ލަންޑަނަށް ދިޔަކަންވެސް އެމީހުންނަށް އޮތީ އެނގިފައެވެ. އެކަމަކު އެކަކަށްވެސް އޭނާއަށް އެހީތެރިއެއް ނުވެވުނެވެ. އަނާ އެކަކާވެސް ވާހަކައެއް ނުދައްކައެވެ.

މީގެ ކުރިން އަނާއަކީ އުފާވެރި ކުއްޖެކެވެ. އެކަމަކު މިހާރު އޭނާ އަބަދުވެސް ފެންނަނީ ދެރަވެ، އެކަނިވެރިވެފައި ހުއްޓައެވެ.

އޭނާ ކޮންމެ ދުވަހަކުވެސް ފިހާރައަށް ދެއެވެ. އޭނާ އިންތިޒާރުކުރަމުންދަނީ އިތުރު ޚާއްސަ ކަސްޓަމަރަކަށެވެ.

އަނާގެ އިންތިޒާރު މާގިނަ ދުވަހަކަށް ދެމިގެނެއް ނުދިޔައެވެ.

މަހުގެ މެދެއްހާ ތަނެވެ. އަނާ ހުރީ ފިހާރައިގައި އެކަންޏެވެ. މެންދުރުވާން މާގިނައިރެއް ނެތެވެ. މެދުއުމުރުގެ ފިރިހެނެއް އެތެރެއަށް ވަދެގެން އައެވެ. އެއީ ބިޔަކޮށް ހުރި، މަތިމަސްލާފައި ހުރި މީހެކެވެ. އަދި އޭނާ ހުރީ ވަރަށް ރީތިކޮށް ހެދުން އަޅާފައެވެ. އޭނާގެ އަތުގައި ބްރީފްކޭހެއް އޮތެވެ.

“ބާއްޖަވެރި ހެނދުނެއް، މިސް” އެމީހާ މަޑުމައިތިރިކަމާއެކީ ބުންޏެވެ.

“ބާއްޖަވެރި ހެނދުނެއް، ސަރ” އަނާ ޖަވާބުދިނެވެ. “އެހީތެރިވެދެންތަ؟”

އަނާ ހުރީ މިމީހާއާމެދު ޝައުޤުވެރިވެފައެވެ.

“އަހަރެން މިހޯދަނީ މިސްޓަރ ޑޭވިޑް ސްޓެޓިން.” އެމީހާ ބުްޏެވެ.

އަނާ ހިނިތުންވެލިއެވެ.

“ތީ ވިޔަފާރިކުރާ މީހެއްތަ؟” އަނާ އެހިއެވެ.

އަނާއަށް އެއި ވިޔަފާރިވެރިއެއް ނޫންކަން އެނގެއެވެ. އޭނާ އެވައްތަރެއް ނުޖަހައެވެ. އެކަމަކު އަނާ ބޭނުންވީ އެމީހާއާ ވާހަކަދައްކާށެވެ.

އެފިރިހެންމީހާވެސް ހިނިތުންވެލިއެވެ.

އާނ އަހަންނަކީ ވިޔަފާރިކުރާ މީހެއް.” އޭނާ ބުންޏެވެ.

އެއީ ތެދެއް ނޫނެވެ. އަނާއަށް އޭނާ އެހަދަނީ ދޮގުކަން އެނގެއެވެ.

“ފަހަރެއްގަ އަހަންނަށް ކަލެއަށް އެހީވެވިދާނެ، ސަރ” އަނާ ބުންޏެވެ. “އަހަރެން އާންމުކޮށް ވިޔަފާރިވެރިންނާ ވާހަކަދައްކަން”

އަނާ، އެމީހާގެ ކޭހަށް ނަޒަރު ހިންގާލިއެވެ. އޭގެ ބޭރުގައި އޭ.އާރް.އައި.ސީ.އެސް ލިޔެފައި އޮތެވެ.

“ޝުކުރިއްޔާ.” އެމީހާ ބުނެލިއެވެ. “އެކަމަކު އަހަރެން ހަމަޖައްސާފަ އޮތީ ޕްރައިވެޓް އެޕޮއިންޓްމެންޓެއް. އަހަރެން މިއައީ ލަންޑަނުން އަދި އަހަރެން އެބަޖެހޭ މިސްޓަރ ސްޓެޓިންއާ ބައްދަލުކޮށްލަން.”

“މާފްކުރޭ.” އަނާ ބުންޏެވެ. “އޭނަ މިގަޑީގަ ވަރަށް ބިޒީ. އަހަރެން އޭނަ ގާތުގަ ބުނާނަން ކަލޭ އައި ވާހަކަ. ކަލޭގެ ނަމަކީ ކޮބައިތަ؟”

“ރޮބަރޓްސް.” އެފިރިހެންމީހާ ހީލިއެވެ. “އަރތަރ ރޮބަރޓްސް.”

އަނާ ޑޭވް ހޯދަން ދިޔައެވެ. ޑޭވް އޭރު ސިޑިން ފައިބަނީއެވެ.

“އެބަހުރި ފިރިހެނެއް ޑޭވް ހޯދަން އައިސް.” އަނާ ބުންޏެވެ. “އޭނަ ބޭނުންވަނީ ހަމައެކަނި ޑޭވްއާ ވާހަކަދައްކަން.”

“ޝުކުރިއްޔާ.” ޑޭވް ބުނެލިއެވެ.

އޭނާ ގޮސް އެފިރިހެންމީހާއާ ބައްދަލުކުރިއެވެ.

“ބާއްޖަވެރި ހެނދުނެއް، މިސްޓަރ ރައިޒްމޭން!” ޑޭވް ގޮވާލިއެވެ.

އަނާ އަޑުއަހަން ހުއްޓެވެ.

‘އޭނަގެ ނަމަކީ ރައިޒްމޭން! ރޮބަރޓްސްއެއް ނޫން! ބޮޑު ދޮގުވެރިއެއް!’ އަނާ ހިތަށް އެރިއެވެ.

އެމީހާ އަނާއާ ދިމާއަކަށް ނުބަލައެވެ.

“އަހަރެން ކަލެއާ ބައްދަލުވީތީ ވަރަށް އުފާވެއްޖެ، މިސްޓަރ ސްޓެޓިން” އޭނާ ބުންޏެވެ.

“އަހަންނާއެކު އާދޭ.” ޑޭވް އެދުނެވެ.

މިސްޓަރ ރައިޒްމޭން، ޑޭވްގެ ފަހަތުން ގޮސް ސްޕެޝަލް އޯޑަރ ކޮޓަރިއަށް ވަނެވެ.

މިނެޓެއް ފަހުން ޑޭވް ނުކުމެގެން އައެވެ.

“މެންދުރުވަނީ، އަނާ.” އޭނާ ބުންޏެވެ. “މިހާރު ކަލެއަށް ގެއަށް ދެވިދާނެ.”

“ޝުކުރިއްޔާ ޑޭވް.” އަނާ ޖަވާބުދިނެވެ. “އަހަރެން އިރުކޮޅަކުން މިދަނީ.”

ޑޭވް އަނެއްކާވެސް އެކޮޓަރިއަށް ވަނެވެ.

އަނާ ފިހާރައަކުން ނުދެއެވެ. އޭނާ މަޑުކޮށްގެން އިނީއެވެ. އޭނާ ގަނޑެއްގައި އޭ.އާރް.އައި.ސީ.އެސް ލިޔުނެވެ.

އޭނައަށް އޭ.އާރް އަކީ އަރތަރ ރައިޒްމޭންކަން އެނގުނެވެ. އެކަމަކު އައި.ސީ.އެސް އަކީ ކޯއްޗެއްކަމެއް ނުވިސްނުނެވެ.

އެއްގަޑިބައިގައި އަނާއަށް އަޑުތަކެއް އިވެން ފެށިއެވެ. ޑޭވް ވާހަކަދައްކަނީއެވެ.

“ޝުކުރިއްޔާ، މިސްޓަރ ރައިޒްމޭން.”

“ކަލެއަށްވެސް.” މިސްޓަރ ރައިޒްމޭޏް ބުންޏެވެ. “ކަލޭ އަހަންނަށް ތިވެދިނީ ވަރަށް ބޮޑު އެހީއެއް”

“ރަނގަޅު.” ޑޭވް ބުނެލިއެވެ.

“ގުޑްބާއި.” މިސްޓަރ ރައިޒްމޭން ބުންޏެވެ.

“އަހަރެންގެ އެސިސްޓެންޓް މިވަގުތަކު ފިހާރައަކު ނެތް. އެކަމަކު ކަލެއަށް ދޮރު ހުޅުވާފަ ދެވިދާނެ. ގުޑްބާއި.” މިހެން ބުނުމަށްފަހު ޑޭވް އެރީ މައްޗަށެވެ.

މިސްޓަރ ރައިޒްމޭން ފިހާރައިގެ ކުރިއަށް އައެވެ.

އަނާ އިނީ މަޑުމަޑުން ގޮނޑީގައި އިށީނދެގެންނެވެ.

“އޯ!” މިސްޓަރ ރައިޒްމޭނަށް ބުނެލެވުނެވެ. “އަހަރެން ހީކުރީ ކަލޭ ގެއަށް ދިޔައީކަމަށް.”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InsaanehMiAAlamGaivAA

Level 110 Stories

Other Articles

Previous

ޢަޞްރު (ދެވަނަ ބައި)

Next

މަންމަ އަށްޓަކައި….. (2ވަނަ ބައި)

Next
November 20, 2016

މަންމަ އަށްޓަކައި….. (2ވަނަ ބައި)

Previews
November 20, 2016

ޢަޞްރު (ދެވަނަ ބައި)

2 Comments!

  1. Aish says:
    November 20, 2016 at 1:42 pm

    Alhe haadha kurey….miahvure dhigukosheh naannaanetha dhuvahakuvex…bt v reethi mi story..v kiyaa hiyvey…i hope next part thankolheh dhigukoh genesdheyne kamah…?

  2. Nikamethi meehe says:
    November 20, 2016 at 11:13 pm

    Mi vaahaka heevany diary eh hen.. Abadhuves dhuvahaai gadi handaan kohdheythee

Comments are closed.

Next Episodeބީރައްޓެހިޔާ 10←


All Right Reserved!