Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެކީ ދެވިއްޖޭ…22

Ryn
December 19, 2016
8 Mins Read
40 Comments

ޒާއިން ހިނިތުންވުމެއް ދެމުން ކިއާރާއަށް ބަލައިލާ ގިޓާ ޖަހަންފެށިއެވެ.

“ކައިރިން ދާތީ ބަލަން…. ރުހެވޭތީ ވީ އަހަން….

ހިތް އެދޭތީ ބުނަން… ދެކޭ ހިތްވޭ ނިކަން…”

ޒާއިން ކިޔާލައިފައި ކިއާރާއަށް ނަޒަރުހިންގާލިއެވެ.. ކިއާރާ އިސްޖަހާލަމުން ލޯ މެރިއެވެ.

“އަންނާނީ ދެން ބަހާރު… ރުހެމުން ދާތީ މިހާރު….

“އެކުގާ ވީ މަ ޔާރު… އުފާ ހިތްވޭ ނިކަން…” ކިއާރާ މަރާލެވިފައިވާ ދެލޯ ކަރުނުން ފުރުނެވެ. އޭނާ މިއަދު ރޯކަށް ބޭނުމެއްނޫނެވެ. ހިތްވަރުގަދަ ކުއްޖަކަށް ވާން އޭނާ ވަނީ އަޒުމް ކަނޑައަޅާފައެވެ. އޭނާ ދިރިއުޅުމުގައި ފިރިހެނަކު ބޭނުންނުވާނެ ކަން ސާބިތު ކުރަން ބޭނުންވެއެވެ. ހަމައެކަނި ހިތުގައި އޮތް ލޯތްބާއި އެކު ދިރިހުރެވޭނެކަން އަންގަން ބޭނުންވެއެވެ. ނަމަވެސް އެއިން ކޮންމެ ބައިތަކުންވެސް އެ ހިތުގައި ޖައްސައެވެ. އަޔާން ސިފައެވެ. އަޔާން އާއި ޝާހީނާ ފެނެއެވެ. އޭނާއަކީ ކިހާ އެކަނިވެރިއެއްކަން އިހްސާސްވެއެވެ. ކިއާރާ ހުއްޓާލުމުން ޒާއިން ފެށިއެވެ.

“ތި ފަރި ހީލުމާ… ތި ލަދު ރަކީ ކަމާ…

ހިތާ ކުޅެ ހަދާ މަސްތު އިހްސާސްތަކާ…” ޒާއިން ކިޔާލީ މައިޝާއަށް ބަލަން އިނދެއެވެ. މައިޝާ އިނީ ލަވަޔާއި އެއްވަރަށް އަތް ޖަހާލަ ޖަހާލައެވެ.

“ފުރާނަ އެދޭ ތި ލޮތްބަށްޓަކާ…

ތިބާއޭ ވަނީ ގުޅި މި ހުވަފެންތަ………” ކިއާރާ ހުއްޓުނެވެ. ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗެހީގެ ސަބަބުންނެވެ. ޕްރެކްޓިސް ކުރިއިރުވެސް މިހެން ވިއެވެ. ނަމަވެސް މިއަދު އަޔާން ކުރިމަތީ އިނުމުން އަދި ވަނީ މާ ތަފާތު ގޮތްތަކެކެވެ.. އަވަސް އަވަހަށް މައިކް ދުރަށް ލާފައި އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ. ޒާއިން ކިއާރާއަށް ބަލައިލީ ދެލޯ ބޮޑުކޮށްލާފައެވެ. އޭނާ ގިޓާ ބައިންދާލާފައި ކިއާރާގެ އަތުގައި ހިފަހައްޓާލީ ހިތްވަރެއް ދޭފަދަ ގޮތަކަށެވެ. އެންމެން އެކީހެން ހިމޭންވިއެވެ. މައިޝާވެސް ދެރަވިއެވެ. ކިއާރާ ފުންނޭވައެއް ދޫކޮށްލަމުން ހިނިތުންވެލިއެވެ. އޭނާ އަކީ ހިތްވަރުގަދަ ކުއްޖެކެވެ. މިއަދު ރޮއެފިނަމަ އޭނާ ވާނީ ވަރަށްވެސް ހިތްބަލި ކުޑަވެސް ހިތްވަރެއް ނެތް ކުއްޖަކަށެވެ.

“ތިބާއޭ ވަނީ ގުޅި މި ހުވަފެންތަކާ….” ކިއާރާ ފުރިހަމަކޮށްލިއެވެ. އެނާގެ އަޑަށް އައި ބަދަލު އެންމެންނަށްވެސް ނަގައިގަނެވުނެވެ. އަޑުވެސް ތުރު ތުރުލައެވެ. އޭނާ ނުރޯން ކުރާ ހިތްވަރު ޒާއިން އަށް ފެނުނެވެ. ނަމަވެސް ހަމައެއާއި އެކުވެގެން އޭނާގެ ހިތްވަރާއި އަޒުމްގެ ވަރުގަދަކަން އެ ދެލޮލުން ހާމަވަމުންދިޔައެވެ. އަޔާންގެ މޫނުމަތި ކުޑަކޮށް ހާސްވިއެވެ. ކުއްލިއަކަށް އެވީ ކީއްބާއޭ ހިތަށްއެރިއެވެ.

“އަންގައިދޭން ހިތުގެ ހާލު….” ޒާއިން ބުނެލީ ކިއާރާއަށް ބަލާލަމުންނެވެ. އިރު އިރުކޮޅާ ކިއާރާގެ އަތަށް ޒާއިން ފިތާލައެވެ.

“ތީ ކުރެވޭ ލޯބި ހިޔާލް..” ކިއާރާ ކިޔާލީ ދެލޯ ހުޅުވާލާ މައްޗަށް ބަލާލަމުންނެވެ. މާތް ﷲ ގެ ކިބަފުޅަށް އޭނާ ދުޢާ ކޮށްލީ  އަދިވެސް ހިތްވަރަށް ލިބޭތޯއެވެ. ކިއާރާއަށް ބަލަން އިނދެ ޒާއިން ލަވަ ކިޔައި ނިންމާލީ ކިއާރާގެ ބައިތަށްވެސް ޒާއިން ކިޔަމުންނެވެ. އެ ލަވަ ނިމުމާއި އެކު އެންމެންގެ ތަރުހީބު އޮއްސުނެވެ. ޒާއިން ދާންހިނގާށޭ ބުނެލީ އިތުރަށް އެމީހުން ދަސްކުރި ލަވަތަށް ކިޔަން ނޭދޭތީއެވެ. ކިއާރާ ރަނގަޅު ނޫންވީމައެވެ. “ނޯ ޒާން.. އަމް ފައިން…. ޕްރެކްޓިސް ކުރި ލަވަތަށް ކިޔާފަ ނޫނީ ނުދާނަން..” ކިއާރާ ބުންޏެވެ.

ޒާއިން މައްސަލައެއްނެތޭ ބުނެފައި ދެން އިން ލަވައިން ފެށިއެވެ.

“ލޮތްބަށްޓަކައި އެދި އެދި ވަމޭ…

ތިޔަ އިންތިޒާރުގައި އަދު ވަމޭ…

ބަދަލެއް ޔަޤީން ނުމެ ވާނަމޭ…

އެ ހަނދާންތަކާއި ގުޅިފައިވަމޭ…

ލޯބިން އެކީ ހިއްސާ ވަމުން….

އޯގާވެ ދެން ފިރުމާލަމުން..

ހިނިތުންވެލާށޭ ކަލާ..” ދެމީހުން ކިޔަންފެށިއެވެ. އެ ލަވައިންވެސް ކިއާރާއަށް ކޮންޓްރޯލްކުރަން އުނދަގޫވިއެވެ. ކުރިމަތީ އެ އަޑުއަހަން އިނީ އަޔާން ކަމުގައިވީމައެވެ. އެ ކޮންމެބައެއްގައިވެސް ވަނީ އެ ހިތުގެ އާދޭހެވެ. އެ ހިތުގެ ކެކުޅުމާއި ރުއިމާއި ޝަކުވާއެވެ.. ނަމަވެސް އޭނާ ހިތްވަރުއެލުވައެއްނުލައެވެ. ފަހަރަކު ބައިތެއް ކިޔަމުން ދިޔައީ ހިތްވަރާއި އެކުގައެވެ. އަޑަށް އަންނަ ބަދަލުތަށްވެސް ރަނގަޅުކުރަމުންނެވެ.

……

“ލޯބިން އެކީ ހިއްސާވަމުން….

މިހިނދަށް ހަނދާން ނައްތާލަމުން..

ހިނިތުންވެލާށެ ކަލާ….” ކިއާރާ ކިޔާ ނިންމާލިއެވެ. ދެން އިނީ އެމީހުންގެ ފަހުލަވައެވެ. އެ ލަވައަކީ އެހާ ހިތާމެރި ލަވައެއްނޫންކަމުން ކިއާރާ ކީ ހިނިތުންވަމުންނެވެ. އިރު އިރުކޮޅާ އަތް ހަރަކާތްކޮށްލާ ބޯ ތަޅުވާލައެވެ. އެ ރީތި ހިނިތުންވުން މޫނުމަތިން ފެންނަމުން ދިޔައިރު ދާދި ދެންމެ ކަމެއް ވިހެންވެސް އެކަކަށްވެސް ހީނުވެއެވެ.

ކިއާރާއާއި ޒާއިންގެ ލަވަ ނިމުނީ އެންމެގެ ތަރުހީބާއި އެކުގައެވެ. އެންމެންނަށް ޝުކުރުއަދާކުރަމުން އެމީހުން ތެދުވެލިއެވެ. “ނޯ ނޯ ނޯ.. ވެއިޓް….” ފައުޒާން ބެކްސްޓޭޖުން އައިސް އެމީހުން މަޑުކުރުވިއެވެ. “ކޮން ނަމެއް ކިޔާ ބިއުޓީއެއްތަ މީ ޒާއިން؟” ފައުޒާން އަހާލީ ކިއާރާއަށް އިޝާރާތްކުރަމުންނެވެ. “އެއީ އަޅުގަނޑުގެ ބެސްޓް ފްރެންޑް.. ކިއާރާ..” ޒާއިން ބުނެލިއެވެ. ކިއާރާ އޭރު ޓިޝޫއަކުން މޫނު ފޮހެލަނީއެވެ. މޭކަޕް ހަޑިނުވާނެހެންނެވެ. “ވަރަށް ސަޅި އިނގޭ ލަވަ… ކިއާރާ… ކިހިނެއްވާނީ އިތުރު ލަވައެއް ކިޔާލުން ކިއާރާގެ އަޑުން؟” ފައުޒާން ބުންޏެވެ. ކިއާރާ ޒާއިންއަށް ބަލައިލިއެވެ. އަދި ބޯ ޖަހާލިއެވެ. “ޒާއިން ގެ އަޑު މިފަހަރު އިވިގެން ނުވާނެ … މިފަހަރު ކިއާރާއަށާއި ޒާއިންގެ ގިޓައަށް ސްޓޭޖް ހަވާލުކޮށްލާނަން..” ފައުޒާން އެހެން ބުނެފައި ފޭބިއެވެ. ކިއާރާ ލަވައެއް ހަނދާންކުރަމުން ޒާއިން ކައިރި ބުނެލިއެވެ. ޒާއިން އެ ލަވައަށް ގިޓާ ސެޓްކުރިއެވެ. ސްޓޭޖް ފަނޑުއައްޔަކަށް ބަދަލުވިއެވެ.

“މްމްމް… ހިތްއުފާވާނެ ހޭ ދެން ކަލާއާއި ނުލާ؟

ހައްޤަކަށް ތީ މަގޭ ވުން ނިކަން ބޭނުމޭ…

ލޯބިވެރިއެއް ތިނޫން މަށެއް ނޭދެމޭ…” ކިއާރާ އަޔާންއަށް ބަލަން އިނދެ ކިޔަމުން ދިޔައީ އެ އިންކޮންމެ ބައިތެއްވެސް އޭނާއަށްހަދިޔާކުރަމުންނެވެ. އޭނާއަށް ނޭނގުނަސް އެ ހިތުގެ ހާލު ހިއްސާކުރީ އެ ލަވައިންނެވެ.

“ހިތްހެޔޮކަމާއި ލޯތްބާއި އުފާ ބޭނުން ވެފާ ވަމޭ…

ލޮތްބަށްޓަކާ އަހަރެން ހުވާ މަރުވެސް ވެދާނަމޭ…

ދިރިއުޅެން އުނދަގޫވާނޭ ކަލާއާއި ނުލާ….

ބޭނުމީ ދާއިމީ ލޯތްބެއް ދިނުން ހަމަ ކަލާ…

ބޭނުމީ ގާތުގައި ލޯބިން އުޅޭށޭ ކަލާ..

ބީވެގެން ލޯ މަތިން ދާން މަ ނޭދެން ކަލާ..

ހިތް އުފާވާނެހޭ ދެން ކަލާއާއި ނުލާ؟”

ކިއާރާ ޒާއިންއަށް އިޝާރާތްކޮށްލީ ދެން ނިކިޔޭނޭ ބުނާފަދަގޮތަކަށެވެ.  އެންމެންގެ ތަރުހީބާއި އެކު ދެމީހުންވެސް ފައިބައިގެން ދިޔައެވެ. ކިއާރާ ވަގުތުން ވޮޝްރޫމްއާއި ދިމާލަށް ދިޔައެވެ. މިއަދު އެ ކުރި ހިތްވަރުގެ ސަބަބުން އަމިއްލަ ނަފްސަށް އެތަކެއް ފަހަރު ތައުރީފް ކުރެވުނެވެ. އޭނާ ހިތްވަރުގަދަ ފިނޑި ކުއްޖަކަށްނުވާން އެޅި ފުރަތަމަ ސިޑި ކާމިޔާބުކަމާއި އެކު ހުރަސްކުރެވިއްޖެއެވެ. ކިއާރާ ވޮޝްރޫމްގައި ހުއްޓާ މައިޝާ އައެވެ. އައިގޮތަށް އައިސް ކިއާރާގެ ގައިގާ ބައްދައިގަތެވެ. “އަމް ޕްރައުޑް އޮފް ޔޫ..” މައިޝާ ބުުންޏެވެ. އެއަށްފަހު ކިއާރާގެ މޫނު ފޮހެލަދިނެވެ. މިއަދު ކިއާރާ ނުރޯން ކުރިމަސައްކަތް އޭނާ އަށް އިނގުނެވެ. އެކަމާ ފަހުރުވެރިވީ އެ ހިތް މިއަދު އެހާ ބަލިނުވީމައެވެ. ކިއާރާގެ ހިތްވަރު ކުރިއަށްވުރެ ގަދަވެއްޖެކަން އޭނާއަށް އިނގެއެވެ.  ދެމީހުން މޭޒު ކައިރިއަށް ދިޔައިރު ޒާއިންވެސް އިނެވެ. ކިއާރާ ދިޔަގޮތަށް ގޮސް މޭޒުމަތީ ބޯ އަޅާލައިގެން އޮތީ އިވެމުން ދިޔަ މިއުޒިކަށް ސަމާލްކަން ދެމުންނެވެ.

“ވާވް ސިސް.. ހާދަ ސަޅިއޭ ލަވަ ކިޔަން..” ކިއާރާ އެހެން އޮއްވާ ސިހުނީ އަނާން އައިސް އެހެން ބުނުމުންނެވެ. ކިއާރާ ހިނިތުންވެލިއެވެ.

އެމީހުންގެ ޕާޓީ ނިމިގެން ދިޔައީ ވަރަށް ހިތްގައިމުގޮތަކަށެވެ. ކިއާރާވެސް ހިތްހަމަޖެހިފައި ހުއްޓެވެ. އެއީ އޭނާ ބައިވެރިވި ފުރަތަމަ ބިޒްނަސް ޕާޓީއަކަށް ވެފައި އަޔާންގެ ކުންފުނީގެ ވުމުންނެވެ. ކިއާރާ ފެންނަ ކޮންމެމީހަކު އޭނާއަށް ތައުރީފްކޮށްލައެވެ. ކިއާރާ ބެލީ އަޔާން ކުރިމައްޗަށް ނާރާވޭތޯއެވެ. ޕާޓީ ނިމުމާއި އެކު ކިއާރާމެން އަވަސް އަވަހަށް އެތަނުން ނިކުމެގެން ގެއަށް ދާން މިޝްރާބްޖެހިއެވެ. “ކިޓީ މާދަން އޮފީހަކަށް ނުދަން އިނގޭ.. މާލޭން ބޭރަށް ދާން އެބަ ޖެހޭ…” ޒާއިން ބުނެލިއެވެ. “ވަޓްޓް…. ދެން ދޯ… އޯކޭ ދެން އެހެންވިއްޔާ..” ކިއާރާ އެހެން ބުނެލީ ފޫހިގޮތަކަށެވެ.

ޒާއިން ކިއާރާ ގެއަށް ލައިދިނުމަށްފަހު ދިޔައެވެ. ކިއާރާ ވަރުބަލިކަމާއި އެކު ގެއަށް ވަނެވެ. އަދި ފަތުހީ ކައިރިއަށް ގޮސް ގެއަށް އައިކަން އަންގާލާފައި އޭނާ ކޮޓަރިއަށް ވަދެ ފެންވަރާލައިގެން ނިދަން އެރިއެވެ.

……..

އަނެއްދުވަހުގެ އޮފީސް ފެށިގެން ދިޔައެވެ. ކިއާރާ އިނީ ފޫހިވެފައެވެ. ނަމަވެސް ކަންތަށް ކުރަމުން ދިޔައީ ފަރުވާތެރިކަމާއި އެކުގައެވެ. މަސައްކަތް ދެގުނަވިއެވެ. ބްރޭކް އެއްވެސް ނެގޭ ވަރުވީ ބްރޭކް ގަޑި ނިމުމުންނެވެ. އޮފީސް ނިމުމުންވެސް ކިއާރާގެ މަސައްކަތް ނުނިމުނެވެ. ފަތުހީ ކިއާރާ ބަލައިއައުމުން އޭނާ ނޫނެކޭ ބުންޏެވެ. “ނޯ ޑެޑީ… އަޅުގަނޑު މިކަން ކޮށްލާފަ ދާނަން… ޓެކްސީގަ އޯކޭނު..”  ފަތުހީ އަވަހަށް އައުމަށް އެދި ދިޔައީއެވެ. ކިއާރާ ގެންގުޅުނު ފޮތުގައި ގަލަމުން ލިޔަން އިނެވެ.. އިރު އިރުކޮޅާ މޭޒުގައި ބޯ އަޅާލައެވެ. އެހެން އިންދާ އޭނާގެ ހަނދާނަށް އައީ އަޔާންއެވެ. ކިއާރާ ގެންގުޅުނު ފޮތުގެ ފަހަތުގަނޑު ހުޅުވިއެވެ.. އަދި މޭޒުމަތީ ބޯ އެއްފަރިއަކަށް ބާއްވަމުން އެއްޗެއް ލިޔުނެވެ.

“ކިހިނަކުން ދިރިއުޅޭނީ ކަލާއާއި ނުލާ…

މިހިތުގައި ވިންދު އުފެދޭ ނިޝާނާއި ނުލާ..

ބެހި އޮޔާލާ ގެއްލި ދާއިރު އަމާޒާ ނުލާ…

އުފާވެރިކަން ގެންނެސްދޭ ސަބަބާއި ނުލާ…

ރަހުމް ލޯބީގެ ލިބިދިން ކަލާއާއި ނުލާ…

މިހިތުގެ ވެރި އަޔާން އާއި ނުލާ….

އޮންލީ އަޔާން’ސް އާލިޔާ… އޯލް ރައިޓްސް ރިސާރވްޑް”

ކިއާރާ އެހެން ލިޔެލާފައި ގަނޑު ކަނޑާލީ ހިނިތުންވުމަކާއި އެކުގައެވެ. ތަޤުދީރުގައި އެގޮތަށް ލިޔެވިފައި ނެތެއްކަމަކު އޭނާއަށް ގަނޑެއްގައި ލިޔެލައިގެންވެސް އުފާވެރިކަން ހޯދިދާނެތާއެވެ. މިކަހަލަ ކުދި ކަންތަކުން އެ ލިބޭ އުފާ މާ ބޮޑެވެ. ރޮއެގެން ވާނެ ފައިދާއެއް ނުވާނެކަން މިއަދު ކިއާރާއަށް އިނގެއެވެ. ކިއާރާ އެ ގަނޑު ގެންގުޅޭ އިތުރު އެހެން ފޮތެއްގެ ތެރެއަށް ލީ އެފޮތުގައި އޮފީހުގެ ބާކީ މަސައްކަތްއޮތީމައެވެ. އަދި ގެއަށް ގޮސް އެކަން ކޮށްލުމަށެވެ.ދަބަހަށް އެ ފޮތް ނުލެވުމުން ކިއާރާ އަތުން ހިފާލިއެވެ. އަދި ގޮނޑި ކައިރިކޮށްލާފައި ކެބިން އިން ނިކުމެ ހިނގައިގަތެވެ. އޭރު އޭނާ ނޫން މީހަކު އޮފީހަކުވެސް ނެތެވެ. އެތެރޭ ސެކިއުރިޓީ ގާޑް އުޅެއެވެ. ކިއާރާ އޮފީހުން ނުކުމެލި ވަގުތު އޭނާ ގޮސް  އެރުނީ އަޔާންގެ ކުރިމައްޗަށެވެ. ސިހުނުލެއް ބޮޑުކަމުން ކިއާރާގެ އަތުގައި އޮތް ފޮތާއި އަޔާން ހިފަހައްޓައިގެން ހުރި ފައިލް ވެއްޓުނެވެ. އަޔާން ކަން އިނގުމާއި އެކު ކިއާރާ ކައިރިއަށް އައީ ހިންޏެވެ. ކުރާނީ ކީއްހެއްޔެވެ؟ އެއީ ތަޤުދީރެވެ. ބަދަލެއް ނުކުރެވޭނެއެވެ. “ސޮރީ ސޮރީ ސޮރީ…” އަޔާން އެހެން ބުނެފައި ތިރިވެލިއެވެ. ކިއާރަ އޭރުވެސް ހުރީ އަޔާން އާއި ދިމާލަށް ހިނިތުންވެލައިގެން ބަލަހައްޓާށެވެ. ކަރުނައިގެ ދެލޮލުން ބަލާއިރު  އެ ފެންނަ އަޔާންއަށް ވުރެ ހިނިތުންވުމާއި ހިތްހަމަޖެހިގެން ބަލާއިރު ފެންނަ އަޔާން މާ ރީއްޗޭ ކިއާރާ ހިތަށް އަރައެވެ. އަޔާން ކިއާރާގެ ފޮތާއި ފައިލް ނަގާފައި ކިއާރާއަށް ދިއްކޮށްލިއެވެ. އަދި އަނެއްކާވެސް މާފަށް އެދުނެވެ. ކިއާރާ ހިނިތުންވުމަކުން ފުއްދާލީއެވެ. އަޔާން ހުރީ ނުރަސްމީއެއްޗެހީގައެވެ. އޭނާ އެއައީ ފައިލެއް ބަލައިކަމަށް ކިއާރާ އަންދާޒަކޮށްލީ މިއަދު ޖޫލިއަންއަށް ބަންދު ދުވަހަކަށް ރޭ ބުނިކަން ހަނދާންވުމުންނެވެ.

ކިއާރާ ހިނގައިގަންނަން ފިޔަވަޅު އަޅާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ބްލޫސް ގެ ކުރިމަތީ އެއްފަޅީގައި ހުރި ސައީދާއެވެ. ސައީދާ ކިއާރާ އަށް އަތުން އިޝާރާތްކުރިއެވެ. ކިއާރާގެ ހުއްޓުނެވެ. އަދި ފަހަތަށް ފިޔަވަޅެއް އަޅާލެވި އަޔާންއާއި އެއްވަރުކޮށްލެވުނެވެ. ހީވީ މީހަކު އޭނާ ބުދަކަށް ހަދާލީހެންނެވެ. އޭނާ ހުރީ އެއްދިމާލަކަށް ގެއްލިފައެވެ. އަޔާން ކިއާރާ ގެއްލިފައި ހުރި ދިމާލަށް ބަލައިލިއެވެ. އޭނާއަށްވެސް ސައީދާ ފެނުނެވެ. އަޔާން އަނެއްކާވެސް ކިއާރާއަށް ބަލައިލިއެވެ. ވަގުތުން ކިއާރާގެ ހުރިހާ ހިތްވަރަކާއި އަޒުމް ތަކެއް ފުނޑުފުނޑުވިކަހަލައެވެ.. އަޔާން ކިއާރާގެ އަތުގައި ހިފައިލީ ސައީދާއަށް ބަލާލަމުންނެވެ. އެއަށްފަހު ހިނގައިގަތެވެ. ކިއާރާ އަޔާން އަށް ބަލައިވެސްނުލައެވެ. އަޔާން އޭނާ ގޮސް ކާރަށް އަރުވަންދެންވެސް އޭނާ ހުރީ ސައީދާއަށް ބަލަންށެވެ. ކިއާރާ ކާރަށް އެރުމާއި އެކު ހޭ އެރުނު ފަދައެވެ. ކާރުތެރެއަށް ނަޒަރު ހިންގާލެވުނެވެ. އޭނާ ސިހުނީ އަޔާން އެތެރެއަށް ވަދެ ދޮރު ލައްޕާލުމުންނެވެ.

“ގެ އިންނަނީ ކޮންތާކު؟” އަޔާން އެހިއެވެ.. ކިއާރާ އަޔާންއަށް ބަލައިލިއެވެ. އަދި ގެ އިންނަތަން ބުނެދިނެވެ. ކިއާރާ އެއަށްފަހު ކުރިމަތީ އިން ފޮޓޯ ފްރޭމްއަށް ބަލައިލެވުނެވެ. މަޑު އާހެއް އަނގައިން ދޫކޮށްލެވުނެވެ. ކުއްލިއަކަށް ޓްރެފިކްއަށް ކާރު ހުއްޓުމާއި އެކު ކިއާރާ ކުރިއަށް ޖެހުނެވެ.. އުނގުގައި އޮތް ފޮތް ކާރު ތެރެއަށް ވެއްޓުނެވެ. ކިއާރާ އެ ނެގިއެވެ. އަނެއްކާވެސް ކިއާރާ އަތުން ފޮތް ވެއްޓުނީ ކާރު ހުއްޓާލުމާއި އެކުގައެވެ. އަޔާން ފޮތް ނަގައި  ފޮޓޯ ފްރޭމް ކައިރި ބާއްވާލިއެވެ. ކިއާރާ ދެއްކި މަގަށް އަޔާން އަޅާލުމަށްފަހު އެގޭގެ ބޮޑު ގޭޓް ކައިރި ކާރު މަޑުކޮށްލީ އެތެރެއަށް ނުވަދެއެވެ.

ކިއާރާ އަވަސް އަވަހަށް ކާރުން ފޭބިއެވެ. އަދި ހިނގައިގަތްވަގުތު އަޔާން ގޮވާލުމުން ހުއްޓި ފަސް އެނބުރުނެވެ. އަޔާން ފޮތް ދިއްކޮށްލިއެވެ. ކިއާރާ ކުޑަކޮށް ހިނިތުންވެލާފާ ފޮތުގައި ހިފައެވެ.. އަދި ގޭޓުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އަޔާން ކިއާރާ ދިޔަ ދިމާލަށް ބަލަން ހުރެފައި ކާރު ސްޓާރޓް ކޮށްލަން އުޅުނެވެ. އެވަގުތު ލޮލުގައި އަޅައިގަތީ ކިއާރާގެ ސީޓު ކައިރިއަށް ވެއްޓިފައި އޮތް ގަނޑެވެ. އަޔާން އެ ނެގިއެވެ.. އެއީ ކިއާރާގެ ފޮތުން ވެއްޓުނު ގަނޑެއްކަމަށް އޭނާއަށް ހީކުރެވުނީ އޭނާ މިކަހަލަ ގަނޑު ނުވެސް ގެންގުޅޭތީއެވެ. އަޔާންއެ ގަނޑު ބަލާލާ ހިތްވީ ކީއްވެކަމެއް ނޭނގެއެވެ. އެ ނިއުޅާލާފައި ކިޔަންފެށިއެވެ.

ކިހިނަކުން ދިރިއުޅޭނީ ކަލާއާއި ނުލާ…

މިހިތުގައި ވިންދު އުފެދޭ ނިޝާނާއި ނުލާ..

ބެހި އޮޔާލާ ގެއްލި ދާއިރު އަމާޒާ ނުލާ…

އުފާވެރިކަން ގެންނެސްދޭ ސަބަބާއި ނުލާ…

ރަހުމް ލޯބީގެ ލިބިދިން ކަލާއާއި ނުލާ…

މިހިތުގެ ވެރި އަޔާން އާއި ނުލާ….

އޮންލީ އަޔާން’ސް އާލިޔާ… އޯލް ރައިޓްސް ރިސާރވްޑް” އަޔާން ދެލޯ ބޮޑުކޮށްލެވުނު ދެއަތް ވެސް ތުރު ތުރުލައިގަތެވެ. އަނެއްކާވެސް ފަހު ލައިން ކިޔާލެވުނެވެ.. އެއަށްފަހު ކިއާރާ ދިޔަ ދިމާލަށް ނަޒަރު ހިންގާލިއެވެ. “ކިއާރާ؟؟ އާލިޔާ؟” އަޔާން އަށް ބުނެވުނެވެ. ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ބުރުޖަހަމުން ދިޔައެވެ. އަޔާން ހަނދާނަށް އައީ އާލިޔާ ލިޔުނު ލެޓަރ އެވެ. އެ ލިޔުމާއި މި ލިޔުން އެއްވައްތަރު ތޯ ބަލަން އަޔާން ބޭނުންވިއެވެ. އެހެންކަމުން ކާރުގައި ހަލުވިކަމާއި އެކު ދުއްވާފައި ދިޔައީ ގެއަށެވެ. އޭނާ އެ ގަނޑު ފޮރުވާފައި ބޭއްވީ ކޮންމެވެސް ގޮތަކުން އާލިޔާ ހޯދަންށެވެ. އެހެނީ އޭނާއަށް ގެއްލުނު ކުއްޖަކު އެބައުޅޭކަން ޔަޤީންވުމުން ހޯދަން ބޭނުންވާނެތާއެވެ.

ކާރު ދުއްވަން އިން އިރު އަޔާންއަށް ސިފަވަނީ ކިއާރާއެވެ. އެރޭ ކިއާރާ ބީޗްގައިވެސް ހުއްޓެވެ. އެއީ ކިއާރާއަށް ވެއްޖެއްޔާ ވާނީ ކިހިނެއްބާއެވެ؟ އާލިޔާ އަކީ ކިއާރާބާއެވެ؟ އެހެންވާނަމަ ކިއާރާ އަޔާން ދެކެ ލޯބި……… އަޔާން ދެކޮޅަށް ބޯ ހަރަކާތްކޮށްލިއެވެ. އޭނާ ސިކުނޑި އޭނާއަށް ދައްކަމުން ދިޔައީ ކިއާރާއާއި އަޔާންގެ ކޮންމެ ބައްދަލުވުމެކެވެ. އެ ބަލާލުމެވެ. ކިއާރާ އަޔާންގެ ގައިގާ ބައްދާލިގޮތާއި ރޯންފެށިގޮތެވެ. ކޮންމެ ދިމާލަކުންވެސް ދެމީހުން ބައްދަލުވާގޮތެވެ. އެއަށްފަހު އާލިޔާގެ ކަންތަކެވެ. އާލިޔާ ފަހުރޭގައި ކީ އެއްޗެއްސެވެ. އޭނާ އެކަނި ކޮށްލިކަމާއި ޝާހީނާއާއި އަޔާން އެކީ އުޅޭކަމެވެ. އަޔާން ގެއަށް ވަދެ އަވަސް އަވަހަށް ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އަދި ކަބަޑު ތެރޭ ފޮރުވާފައި އޮތް ނޯޓް ނަގާލައިފައި ދެންމެ ލިބުނު ނޯޓާއި އެކު ޖައްސާލިއެވެ.

“އިޓްސް ސޭމް… އިޓް މީންސް.. އާލިޔާ…. ކިއާރާ…. ނޯ.. އާލިޔާ ކީއްވެ ކިއާރާއަށް ވާންވީ؟ ނޯ ނޯ.. މީ އެހެންކަމެއް… އެކަމް މިހެން ވާންވީ ކީއްވެ؟؟.” އަޔާން ހިތާހިތުން ކިޔަމުންދިޔައެވެ. އޭނާއަށް ގަބޫލެއްނުކުރެވުނެވެ. އެހެނީ އާލިޔާ ކިއާރާއަށް ވާންވީ އެއްވެސް ސަބަބެއްނުފެނުނެވެ. އަޔާން އެ ގޮތުގައި ވިސްނަމުން ގޮސް ޒާއިންއަށް ގުޅާލިއެވެ. ދެތިން ފަހަރު ރިންގް ވުމާއި އެކު އެކޮޅުން ފޯނު ނެގިއެވެ. “ޒާއިން… ބިޒީތަ؟” އަޔާން އެހިއެވެ. “މިހާރު ބިޒީއެއްނޫން މާލެއަށް މިލެފީ ހަމަ..” ޒާއިން ބުންޏެވެ. “ބައްދަލުކޮށްލަންވެގެން…” އަޔާން ބުނެލިއިރުވެސް އޭނާގެ އަޑުގައިވަނީ ހާސްކަމެވެ.. “އޭނ އާނ އެހެންވިއްޔާ އެބަ ދަން ފްރެޝް ވެލައިގެން ތި ގޭ ދޮށަށް..” ޒާއިން ބުނެފައި ކަނޑާލަން އުޅުނެވެ. “އުނހު…. ޒާއިން ގުޅާލާ އޭރުން އަހަރެން ދާނަން..” އަޔާން ބުންޏެވެ.. ޒާއިން އެންމެ ރަނގަޅޭ ބުނެފައި ފޯނު ކަނޑާލިއެވެ. އެއަށްފަހު ގެއަށް ގޮސް ތާޒާ ވެލައިގެން އަޔާން އަށް ގުޅިއެވެ..

ޒާއިން ބޭރަށް ނިކުމެ ހުރީ އަޔާން އަންނަންދެންނެވެ. ދައްކަން އުޅެނީ ކޮންވާހަކައެއްބާއޭ ހިތާއެވެ. އަޔާން ކާރުގައި އައިސް ހުއްޓުނީ ހަމަ ޒާއިންގެ ކުރިމައްޗަށެވެ. ޒާއިން އެ ކާރަށް އަރާލުމުން އަޔާންކާރު ސްޓާރޓް ކޮށްލިއެވެ. ޗީބޯ ކައިރިއަށް އައިސް ކާރު ހުއްޓާފައި ދެމީހުންވެސް އެކީ ނިކުމެލައިގެން ވަނެވެ. ޒާއިން އާއި އަޔާން ވަކިން އިން މޭޒެއްގައި އިށީނދެލާފައި ދެ ކަޅު ކޮފީއަކަށް އޯރޑަރ ދިނެވެ. “ހޫމްމް އަޔާން ދެން ބުނެބަލަ ކިހިނެއްވީތަ ކުއްލިއަކަށް؟” ޒާއިން މޭޒުމަތީގައި ދެއަތް ބައިންދާލަމުން އެހިއެވެ.

އަޔާން ޖީބުން ދެ ގަނޑުކޮޅު ނަގާ ޒާއިން އާއި ކައިރިކޮށްލިއެވެ. ޒާއިން ނިތް އަރުވާލަމުން އަޔާންއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އަދި އެތަނުން އެއް ގަނޑުކޮޅު ނެގިއެވެ. އެއާއު އެކު އޭނާ ސިހިފައި އަޔާންއަށް ބަލައިލިއެވެ. އެއީ ކިއާރާ ޕޭޕަރ ޕްލޭން ހަދާފައި ދޫކޮށްލި ގަނޑުކޮޅެވެ. ޒާއިން ހަމަޖެހިލީ އޭނާ ހާސްވާކަން އިނގިއްޖެއްޔާ އަޔާންއަށް ޝައްކުވާނެތީއެވެ. ނަމަވެސް ސިކުނޑިތެރޭ އެނބުރެމުން ދިޔަ ކަންތަކުން އޭނާ ހިންދިރުވާލިއެވެ. އަޔާންއަށް އިނގުނީބާއޭ ހިތާ އޭނާ ދެން އިން ގަނޑުކޮޅުވެސް ނަގާލިއެވެ. އެ ކިޔާ ނިންމާފައި ޒާއިން އަޔާންއަށް ބަލައިލިއެވެ. “މިއޯ؟” ޒާއިން ބުނެލީ ހަމަޖެހިލަމުންނެވެ. “ޒާއިން… މި ގަނޑުކޮޅު މީ އާލިޔާ ފޮނުވި ގަނޑުކޮޅެއް. ޔަޤީން… އެކަމް މި… މީ ކިއާރާ ގެ ފޮތުން ކާރުތެރެއަށް ވެއްޓުނު ގަނޑުކޮޅެއް..” އަޔާން އެންމެ ފަހުން ލިބުނު ގަނޑުކޮޅަށް އިޝާރާތްކުރަމުން ބުންޏެވެ. ޒާއިން ދެބުމަ ގޮށްޖަހާލީ އޭނަގެ ހާސްކަން ނުދައްކާށެވެ. “ދެން ތިބުނަނީ….؟؟” ޒާއިން ބުނެފައި އަޔާންއަށް ބެލިއެވެ. “ބުނަނީކީ ނޫން ސުވާލެއް….ކިއާރާ އަކީ އާލިޔާ ހެއްޔޭ؟؟” އަޔާން އެހިއެވެ.

“ކިހިނެއް އިނގޭނީ… އަޔާން ތި ވެދާނެ އާލިޔާ ކޮންމެވެސް އިރަކު ލީ އެއްޗެއް ކަމަށް؟؟ އެހެންނޫނަސް އަޔާން ކީއްކުރަން އާލިޔާ ހޯދަންވީކީ ބުރޯ.. އޭނާ ލޯބިވިޔަސް އަޔާން ލޯބިނުވަންޏާ އެއީ ބޭކާރުކަމެއްކަން އިނގޭތަ؟” ޒާއިން ބުނެލިއެވެ. އޭނާ ވާހަކަ ކިއާރާ އާއި ދުރަށް އަނބުރާލަން ބޭނުންވިއެވެ. “ނޭނގެ ޒާއިން.. ނޭނގެ އާލިޔާ ހޯދަން އެހާ ޝައުގުވެރިކަން ހުރީ ކީއްވެކަމެއް… ވެދާނެ އޭނާ ގެއްލުނު ދުވަހު އެތަކެއް ޖަވާބު ނުލިބޭ ސުވާލުތަކަކާއި އެކު ގެއްލުނީމަ އެ ޖަވާބު ހޯދަން ބޭނުންވަނީ ކަމަށް… އާލިޔާ ހޯދަން ހަޤީޤަތުގައި އެންމެ ބޭނުންވީ އޭނާ މިހުރިހާ އަހަރު ވާނުވާ ނޭނގިފަ އެންމެންނަށް ގެއްލިފަ ކުއްލިއަކަށް މި އެއްޗެހި ފެންނަން ފަށާތީވެ…” އަޔާން ބުނެލީ ގަނޑުކޮޅުތަށް ދައްކާލަމުންނެވެ.

ހިތަށް އަރާ ކިއާރާ އަކީ އާލިޔާ ބާއޭ. ލިޔުން ވައްތަރު.. ކިއާރާ ބީޗްގަ ހުރި.. ކިއާރާ ފޮތުން މި ގަނޑުކޮޅުވެސް ވެއްޓުނީ.” އަޔާން ބުނެލީ ޒައިންއަށް ބަލަން އިނދެފައެވެ. ޒާއިން އެއްޗެއް  ފޮރުވާކަން އަޔާންއަށް އިނގެއެވެ. ޒާއިން ވަގުތުން އަޔާންއަށް ބަލައިލެވުނެވެ. “ނޫނޭ ބުރޯ… އޭނާ ރާއްޖެ ދުވަހަކުވެސް ނާދޭ.. އެހެންނޫނަސް އާލިޔާ ކީއްކުރަން ކިއާރާއަށް ވާންވީކީ.. ތީ ހުސް މޮޔަ ވާހަކަ.. މިހާރު ހޯދަންޏާ އާލިޔާ ހޯދަންވީ.. ކިއާރާ އަކަށް ނޫނޭ ޝައްކުކުރަންވީ ބަޑީ…” ޒާއިން ބުނެލީ ހިނިތުންވެލާފައެވެ. ހާސްކަން ހިންދާލަމުންނެވެ. “ޒާއިން…. ހަމަ އަސްލަށްވެސް މިބުނަނީ ކިއާރާ އަކީ އާލިޔާ ޒާއިން ގަބޫލުނުކުރިޔަސް ކުރިޔަސް މިކަން ޒާއިންއަށް ސާބިތުކޮށްދޭނަން… އެތަށް ދުވަހަކު އެހެންވެއްޖޭ… މައިޝާ ވެސް ދެއްކި އެއްނު އޭނާއާއި އާލިޔާ ވައްތަރުވާހަކަ..” އަޔާން ބުންޏެވެ. ޒާއިން ބޯކަހާލިއެވެ. އެއްގޮތަކުން އެވީ ރަނގަޅަށެވެ. އަޔާންއަށް އެކަން އެނގިއްޖެއްޔާ ފަހަރުގައި ކިއާރާގެ ލޯބި ގަބޫލުކޮށްފާނެއެވެ. ނަމަވެސް ޒާއިން މިކަމުގައި އުޅެން ބޭނުންނުވީ އޭނާ އަށް ކުރެވުނު ވައުދުގެ ސަބަބުންނެވެ. އަޔާން ތެދު ހޯދައިފިއްޔާ ކިތަންމެ ހާވެސް ރަނގަޅެވެ.

“މައްސަލައެއްނެތް…. މިހާރު އަހަރެންވެސް ބޭނުންވެއްޖެ ތި އާލިޔާއެއް އިނގެން..” ޒާއިން ބުންޏެވެ. އަޔާން ވިސްނާލިއެވެ. ދެމީހުންގެ ދޭތެރޭ ދެން ދެކެވުނީ ތަފާތު އެހެން ވާހަކައެވެ. ނަމަވެސް އަޔާންގެ ސިކުނޑީގައި ދިޔައީ އެތައް ކަމެއް ރާވަމުންނެވެ. ޒާއިންއަށް ޝަކޫރުގުޅުމުން  ދަނީކަމަށް ބުނެ އެތަނުން ނިކުތެވެ. އަޔާން ފުން ނޭވައެއް ދޫކޮށްލާފައި އޭނާވެސް ހިނގައިގަތެވެ. ދެން އޭނާ ބޭނުންވީ ކިއާރާ ކައިރިއަށް ދާންށެވެ. މި ވާނުވާ އޮޅުންފިލުވާށެވެ.

116
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ryn

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އަނިޔާ

Next

އައިޝާ 17

Next
December 19, 2016

އައިޝާ 17

Previews
December 19, 2016

އަނިޔާ

40 Comments

  1. Aika says:
    December 19, 2016 at 9:19 pm

    Thanxs ryn????

  2. sadh says:
    December 19, 2016 at 9:25 pm

    Omg omg omg. Mirey huvafenun ves fennaane. Haadha reechey.

  3. Salhi says:
    December 19, 2016 at 9:28 pm

    Me first

  4. Ryn says:
    December 19, 2016 at 9:29 pm

    Sorry late v ma. Kuda edit eh khly.. And omg guys I was like so emotional seeing the comments 21 part ga. You know u guys r the best. You guys r why I’m improving and doing what I always love. You know when I’m in class I always check u guys ge comments but I don’t reply cx I think u guys may not check it . So my classmates b like why do u write stories they always say it’s so boring thing and all so I just show them u guys ge comments they don’t understand the dhivehi parts but they do appreciate what u guys write in English and I always say I do what I love for them ey and tbh I’m here like this cx of u guys, I don’t know any of u but u guys r like my stranger kind besties. Ily guys. ??
    The mistakes u find the things u want me to improve it’s actually making me a better writer I never and will never ever feel bad about a negative comment unless it’s about something I care n related to me. So do comment negative things say what u don’t like in it.. I will try to change them (if I can I will) so guys tc nights lots love. ????

  5. Ryn says:
    December 19, 2016 at 9:31 pm

    Uh! Ehaa dhigu comment ehkhfa balaali iru ryn ah thuren kurin khfi comment thah lol anyway thankyou u 3 and thankyou enmn vx aaaand thankyou for being the best best best ppl 😉

    1. Shy says:
      December 19, 2016 at 10:04 pm

      Ryn mirey adhi two prts.. LOL
      Guuuuud night Ryn..
      Tc
      ly. mwah

    2. Shy says:
      December 19, 2016 at 10:05 pm

      Ryn mirey adhi two prts up kohdhyyy.. LOL
      Guuuuud night Ryn..
      Tc
      ly. mwah

  6. Hooooo? says:
    December 19, 2016 at 9:34 pm

    Woooooooowwwwwww. Can’t wait for tomorrow’s part.

  7. Aika says:
    December 19, 2016 at 9:35 pm

    Omg omg speechless. Hurymey inthizaarugaa next partge. Gud nit ryn

  8. Mi says:
    December 19, 2016 at 9:37 pm

    Gud… eba rangalhu vey…ryn ur best hama…ayaan e shaaheena ge pic carun nerelaba..
    Aaliyaa ….

  9. Malaa says:
    December 19, 2016 at 9:38 pm

    Ma sha allaah

  10. Faathee says:
    December 19, 2016 at 9:38 pm

    Maasha Allah.. v v reethi.. hama wow. Dhen avaha ayaan ah ingeyne nama dhw. Alhe dhen saeedha men ge ai dhashuga aliya vaane gothakah story nugen dhachey ingey. And also one more thing, Kurin aliya school ga ulhunu baraabarah Namaadhu koh hedhi ennu. But mihaaru vara naadhey kiyara Namaadhu kuraa vaahaaka eh. Dhen adhi ayaan ge baatha thankolhe madhu hen heevanee. Ayaan ge visnumaa feelings tha adhi ulhey goi ves thankolhe boda genesdhey nama story enme furihama vaane hen heevanee

  11. Kaatey says:
    December 19, 2016 at 9:45 pm

    Nice

  12. Bestie.... says:
    December 19, 2016 at 9:48 pm

    Wow…speechless… btw ayaan ah kiyaaraage goiyh engen eulheni…ayaan vx kitty dheke lwbi vaane dhww.. ekm plx e saeedhaa gandah eii eyna dhari kan noon dhari eh noon.. eyna laari hoadhan gengulhey kuhjja gadu kan naangaathi… pls pls pls
    .. waitinf fr nxt part…??

  13. sonaalee says:
    December 19, 2016 at 9:49 pm

    Vv reethi..ehaa avahah ehaa fhigu koh part thah up kuraathee mi story v kiyaa hithun mikiyanee..thee rangalhu liyuntherinnakee..readers alhugadu v trust kuraa liyuntherieh thee.. gavaadhun story up kuraathy v v v ufaavey

  14. Hello says:
    December 19, 2016 at 9:52 pm

    Yayyy
    Ayaan and kiyaara gulheynee
    Woohoo

  15. Shamx says:
    December 19, 2016 at 9:53 pm

    Guitar nueh jahaane.. Guitar kulheynee.. Story v reethi..??

  16. yalvee says:
    December 19, 2016 at 9:58 pm

    story vvv reethi maasha allah ur da best?…ryn ehn v ma knme night akun 2 part libeyne dhw kiyaalan

  17. shahu says:
    December 19, 2016 at 10:00 pm

    Thanks ryn.. mirey 2 part up kohdhineethee…. v v v v nice story…

  18. Ikan says:
    December 19, 2016 at 10:01 pm

    Waaau ryn!! Speechless.. Keep the great work up!! I love it! You be the best.. :-*

  19. silver shine says:
    December 19, 2016 at 10:02 pm

    Konmeves konmeves kiyaara dhen saeedha ge athuga jehuna nudheahcheyyyy

  20. Booooo says:
    December 19, 2016 at 10:06 pm

    Mmmmmmm
    Mihaaru midhanee rangalhah. Ehfaharaa kiyaa ninmaalaahiy vanee.
    Speachless.
    Shahin and Iyaange vakivun interest gothakah genesdhechchey.

  21. Sanaa says:
    December 19, 2016 at 10:08 pm

    Woww…nice story

  22. Stranger says:
    December 19, 2016 at 10:16 pm

    Yea…she’s the best?….I’m in love with this story….v interesting….hardly waiting for next prt…do upload soon?…..tgc….nyts….?

  23. shaina says:
    December 19, 2016 at 10:22 pm

    V salhi…ayaan avaha dheyba kiyaara kairi ah..kiyaara ves dhn hagy gai kiya dhyba..hehe..

  24. Ain says:
    December 19, 2016 at 10:23 pm

    V v v salhi Mireya up kohllathi

  25. Paree says:
    December 19, 2016 at 10:33 pm

    Vaahaka vvvv reethi ekamaku adhives aruvaalaifi vadhelaifi kahala laifi ginakamun kiyan undhagoo

  26. Fin says:
    December 19, 2016 at 10:41 pm

    Alhe… Mi part vvvv vv salhi.. Ayan 2 notes ge handwriting match kuri iru iny neyva hifahattalaigen.. Thz story is awesome.. Waiting for next part.. Thnku mirey 2 parts upkohdhinyma.. Gudnyt ryn….

  27. Kalhu handi says:
    December 19, 2016 at 10:52 pm

    Ohh im so happy.. N you r the best… Thigothah hihvaraaeky story up kohdheythi. Aharemen kiyuntherin migothuga thibeynan. Ryn ah hihvaru dheyn..

  28. xaf says:
    December 19, 2016 at 11:04 pm

    this is an awesome story ryn….
    varah salhi mi part vex…
    next part vex kiyaalaa hithun hurevenykee nun mihaaru… hama vvv furihama story eh meeee…
    loved the story ryn

  29. Vaahaka foshi says:
    December 19, 2016 at 11:05 pm

    Wòooow! Hama rangalla ves hi dhevijje. Nunidhifa mi innanee vaahaka kiya hithun.thx

    1. Mop says:
      December 19, 2016 at 11:18 pm

      Varah vvvv salhi mi part.. Thz is a special part.. Right??

  30. Mop says:
    December 19, 2016 at 11:20 pm

    Varah vvvv salhi mi part.. Thz is a special part.. Right??

  31. naaaaaanu says:
    December 19, 2016 at 11:38 pm

    Vvv reeethii… Avahah ayaan ah aaliyaa ge truth angaa
    .. Vvvv reethi… Waiting …..

  32. naaanu says:
    December 19, 2016 at 11:40 pm

    Ooohaa ?.ryyn.yo.yo yo??.kihinehtha haalu ?.long time no see ?.vallah aulam.ayaan ah enguny dho.
    Buuuuuut ?ayaan nuvey loibbeh ely dheke??nehyyyyyyy ???btw vaahaka varah salhi ingey.and those songs.dhekey hih vey nikan ❤??hama kiyeny e lava.varah reethi lavathah.touched ?.brw heevany ryn ge life hen mee.anekka ehentha rtn ulheny?hurihaa vaahaka eh thafseel koh.wooow ??oks see ya.rangalhah kiyavaathi.claahuga indhegen comment eh nooney kiyan v. Foiy kiyan vee dharifulhaa ryyyn.bas ahaabala ???see ya ❤

  33. Aisha says:
    December 19, 2016 at 11:41 pm

    Vara rethi mi partves Ababa up kolaathi

  34. Faxoo says:
    December 19, 2016 at 11:48 pm

    vvv reethi mibaives. Ryyn. 🙂 waiting fr the next part

  35. tara says:
    December 20, 2016 at 4:40 am

    YAAAS, I’m so proud of Kiara. She handled her emotions so well in this part. I’m so looking forward to reading about her transition from her old self to an emotionally strong person. Good job, author!

  36. Nittu says:
    December 20, 2016 at 6:51 am

    Ryn girl ur the best ..!!
    This story is just AWESOME

  37. Neel says:
    December 20, 2016 at 12:04 pm

    Waahakaige maigadu haadhisaa v reethi
    Massala aky liumuge fenvaru dhah vefa dhivehi bas dheke loabi waa jujjakah alhugadu waathy kiyaalan udagu waathy mee eh gothakah vx dherakohllan bunaa ehcheh nu n sry to say this mee hama liun ragalhu kohllan bunela dhey waahaka ummedh kuran ryn dhera nuwaane kamah n mi faadu kiumaky ryn ah libeyne kuri erumeh kamuga balaigannane kamah
    Kaarah aruwzeh nulaane dhw kaarah aruwaanee e v bodah udagu vaa baheh v ma faahaga kohlla dhiny mi kahala v v gina liumuge kuh eba huri ummeedhaky kuriah oi thaaga mikan kan ragalhu kurun…n dua aky ryn aky molhu liun theri eh kamuga lehvvun..

Comments are closed.

All Right Reserved!