Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 17

Axoo
December 19, 2016
5 Mins Read
10 Comments

އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. ހިބާ އިނީ ލެޕްޓޮޕް ހުޅުވައިގެން މަސައްކަތެއް ކުރާށެވެ. އެހެން އިންދާ ހިބާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނުދަންނަ ނަމްބަރަކުންނެވެ. އެހެންކަމުން ފޯނު ސައިލެންޓަށް ލާފައި ހިބާ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އަނެއްކާވެސް ހަމަ އެ ނަމްބަރުން ގުޅަން ފެށިއެވެ. މިގޮތަށް ތަކުރާރުކޮށް އެތައްފަހަރަކު ގުޅިފަހުން ހިބާ ފޯނުނެގީ މުހިންމު ކޯލަކަށް ވެދާނޭ ހިތަށް އެރުމުންނެވެ. ހިބާ ހެލޯއޭ ބުނުމާއެކު އެކޮޅުން ބުނި އެއްޗަކުން ހިބާގެ ދެލޯ ބޮޑުވެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ފޯނު ކަނޑާލުމަށްފަހު ހިބާ އަަވަސްއަވަހަށް ލޯގަނޑު ކައިރިއަށް ހުއްޓި އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި ކިޔަވާ މޭޒުމަތީގައި ބެހެއްޓިފައިވާ އަތް ދަބަސް ހިފައިގެން ކޮޓަރިން ނިކުތެވެ. މަގުމައްޗަށް ނިކުމެ ޓެކްސީއެއް ލިބޭތޯ މަސައްކަތް ކުރިއެވެ. ޓެކްސީއެއް ހުއްޓުމުން އޭގެއަށް އަރާ ދާންވީތަން ބުނެ ދިނުމުން ޓެކްސީ ދުއްްވާލިއެވެ.

ގެއަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށް އައިޝާ ރެޑްވޭވް ފިހާރަތެރޭގައި އުޅުނެވެ. އެކުގައި އީޝަލްއަށް ނާދެވުމުން އައިޝާހުރީ ފާޑަކަށް ފޫހިވެފައެވެ. ނީމާވެސް ކުޑަކޮށް ބަލިވެ އުޅޭތީ އައިޝާއާއި އެެއްކޮށް އާދެވޭ ގޮތެއް ނުވިއެެވެ. ހަރުގަނޑުގައި ބެހެއްޓިފައިވާ ތަކެތި ބަލަމުން އައިޝާ ކުރިއަށް ދިޔައެވެ. އެހަރުގަނޑުން ކަމުދާކަހަލަ އެއްޗެއް ނުފެނުމުން އެހެން ހަރުގަނޑެއް ކައިރިއަށް ދިއުމަށް އެނެއް ފަރާތަށް އެނބުރުނު ވަގުތު މީހެއްގެ ކޮނޑުގައި ޖެހިފައި އައިޝާ އަތުގައި އޮތް ކޮތަޅު ވެއްޓުނެވެ. އައިޝާ އެމީހަކަށް ބަލާލުމެއް ނެތި ކޮތަޅު ނެގުމަށްޓަކާ ގުދުވެލިއެވެ. އެވަގުތުވީ އެމީހާވެސް ކޮތަޅު ނެގުމަށްޓަކާ ގުދުވި ވަގުތަށެެވެ. އެވަގުތު އައިޝާގެ ބޯ އެމީހާގެ ބޮލުގައި ޖެހުނެވެ. ބޮލުގައި ހިފަހައްޓާލަމުން އައިޝާ އަގައިން މަޑު އާހެއް ނިކުތެވެ. އެމީހާވެސް އެއްއަތުން ބޮލުގައި ހިފަހައްޓައިގެން އޮވެ އަނެއްއަތުން ކޮތަޅުނަގައި އައިޝާއަށް ދިއްކޮށްލިއެވެ.

” މާފުކުރައްވާ” އެމީހާ އެހެން ބުނަމުން އައިޝާއަށް ކޮތަޅު ދިއްކޮށްލިއެވެ. ކުރިމަތީގައި ހުރި ހުޝާމް ފެނި އައިޝާ ގަނޑުވިކަހަލައެވެ. ކޮތަޅުގައި ހިފަންވެސް ނޭނގިފައި ބަލަހައްޓައިގެން ހުރެވުނީއެވެ. ބަލަހައްޓައިގެން ހުރިގޮތުން ކާކުކަން ނަގައިގަންނަން ހުޝާމަށް މާ އުނދަގުލެއް ނުވިއެވެ. ނޭނގިނަމަވެސް އައިޝާއާއި ހަތަރުކަޅި ހަމަކޮށްލެވުނު ވަގުތު ގައިން ހީބިހި ނަގައިގެން ދިޔައެވެ. އައިޝާ އަވަސްއަވަހަށް ހުޝާމް އަތުން ކޮތަޅު އަތުލަމުން އަނެއްފަރާތަށް އެނބުރުނެވެ.

” އައިޝާ މަޑުކޮށްބާ..” ހުޝާމްގެ އަޑު އިވި އައިޝާ ދާން އުޅެފައިވެސް މަޑުޖެހުނެވެ.

” ޕްލީޒް ހުޝާމް.. މީހެއްގެ ފިރިއަކާ ވާހަކަ ދައްކައިގެން ފާފައެއް ކުރާކަށް އަހަރެން ބޭނުމެއް ނޫން.. ހުޝާމްވެސް ހިލޭ އަންހެނަކާ ވާހަކދައްކައިގެން އެފާފަ ކުރަން ނޫޅުން ރަނގަޅީ…” އައިޝާ ހަމައެގޮތަށް ފަހަތަށް އެނބުރިގެން ހުރެ ބުންޏެވެ.

” އެނގޭ ތިކަން.. އަހަރެން ބޭނުންވަނީ އައިޝާ ކައިރީގައި މާފަށް އެދެން ” ހުޝާމް އިސްޖަހާލަމުން ބުނެލިއެވެ.

” ކޮންކަމަކާ… ހުޝާމް އަހަރެން ކައިރީ މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ކުރިންތަ” އައިޝާ ބުނެލިއެވެ.

” އަހަންނަށް އައިޝާ ކައިރީ ވެވުނު ވައުދު ނުފުއްދުނު.. އެކަމާ އަހަރެން ދެރަވެ ހިތާމަކުރަން.. ” ހަމަ އެގޮތަށް ހުރެ ހުޝާމްވެސް ބުނެލިއެވެ.

” އަހަރެން އެކަމާ ހިތްބުރައެއް ނުކުރަން.. ބުނެލަން އޮތީ ދުވަހަކުވެސް މީހަކު ކައިރީ ކޮށްފައިވާ ވައުދެއް އުވާނުލައްޗޭ.. ވައުދު ނުފުއްދުމަކީ ކިހާވަރެއްގެ ކަމެއްކަން އަހަންނަށް ވުރެވެސް ބޮޑަށް ހުޝާމްއަށް ކަންނޭނގެ އެނގޭނީ.. ބާއްޖަވެރި ކައިވެންޏަކަށް އެދެން..” މިހެން ބުނުމަށްފަހު އައިޝާ ކުރިއަށް ހިނގައިގަތީ ލޮލުގެ އެއްކަނަކުން އައިސްފައިވާ ކަރުނަތައް ފޮހެލަމުންނެވެ. އައިޝާއަށް ދެވަނަ ފަހަރަށް ގޮވާލަން އުޅެފަވެސް އެ ހިތްވަރު ހުޝާމްއަކަށް ނުލިބުނެވެ. ހިންދިރުވާލަމުން މޭގައި މަޑު މަޑުން ދެފަހަރަކު ޖަހާލީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.

ފިހާރައިން ނިކުމެގެން ހިނގާފައި ދިޔައިރު އައިޝާއަށް ވަނީ ރަނގަޅަށްވެސް ރޮވިފައެވެ. އެމީހަކަށްޓަކާ އަށް އަހަރުދުވަހު އިންތިޒާރު ކުރި މީހާ މިހާރުވަނީ އެހެން މީހެއްގެ ހައްޤަކަށްވެފައެވެ. ކޮންމެ ގޮތެއް ވިޔަސް އައިޝާ ހީކުރީ ހުޝާމްކޮށްފައިވާ ވައުދު ފުއްދާނެ ކަމަށެވެ. ނަމަވެސް އައިޝާ ހީކުރީ ގޮތާ ހިލާފަށް ހުޝާމް އެވައުދު އުވާލީއެވެ. ދެން މިއަދު އައިޝާ ފެނުމުން އެވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އިތުރަށް އައިޝާ ދެރަކުރަން ހެއްޔެެވެ. އައިޝާއަށް ގެއާ ހަމައަށް ދެވުނީވެސް މިފަދަ ހިޔާލުތަކެއްގައި ވަނިކޮށެވެ.

އައި.ޖީ.އެމް ހޮސްޕިޓަލް ކައިރިއަށް ކާރު ހުއްޓުމާއެކު ހިބާ ޑްރައިވަރު އަތަށް ލާރި ދިނުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. އޭރު ބޭސް ފިހާރައިން ނިކުމެގެން ޒަހީން އާދެއެވެ. ހިބާ ބާރު ހިނގުމެއްގައި ގޮސް ޒަހީން ކައިރިއަށް ހުއްޓުނެވެ.

” ޒަހީން.. މިހާރު ޔާން ކިހިނެއްތަ… ކީކޭ ޑޮކްޓަރުން ބުނީ.. ޔާން ހޭއަރާފަތަ އޮތީ..” އެއްފަހަރާ އެތައް ސުވާލެއް ހިބާއަށް ކޮށްލެވުނެވެ.

” ދެން މިހާރު ކޮންވާހަކައެއް ދައްކަންތަ ހިބާ ތިއުޅެނީ.. ހިބާ ބޭނުންވި ގޮތަކަށްނު ކަންތައް އެވީ..” ޒަހީން ހިތްހަަމަ ނުޖެހިފައި ކުރިއަށް ހިނގައިގަތެވެ. ހިބާވެސް ޒަހީން އާއި އެއްހަމައެއްގައި ހުރެ ހިނގަމުން ދެއެވެ.

” ތިހެން ނުބުނޭ ޒަހީން.. އަހަރެން ކީއްވެ ޔާން އަށް ދެރަގޮތެއް ހަދަން ބޭނުންވާންވީ.. ” ހިބާ ރޮމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

” އޯހ ޕްލީޒް ހިބާ.. ވޭތުވެދިޔަ ދެމަސް ތެރޭގައި ޔާން ހިބާއަށް ގުޅަން ކިހާ މަސައްކަތެއް ކުރި.. ސަބަބެއްވެސް ބުނެނުލާ އެގޮތަށް ކަންތައްކުރީމަ އޭނަވެސް ދެރަވާނެ ދޯ.. ފިރިހެނުންނަކީވެސް އިހްސާސްތަކެއް އޮންނަ ބައެއް.. އަހަރުމެން ކިތަންމެ ވަރުގަދަޔަސް އަަހަރުމެން އަތު އޮންނަނީވެސް ހިތެއް.. ” ޒަހީން މުހާތަބު ކުރާ ގޮތުން ހިބާއަށް ރޮވެން ފެށުނެވެ.

” ޕްލީޒް ޒަހީން.. އަހަރެން ބޭނުން އެންމެ ފަހަރަކު ޔާން އާ ބައްދަލުކޮށްލަން.. ޕްލީޒް ޓޭކް މީ ޓު ހިމް” އާދޭސް ކުރާ ފަދަ ގޮތަކަށް ހިބާ ކިޔަމުންދިޔައެވެ.

” ޔާން މިހާރު ދޫކޮށްލައިފި.. ނަސީބެއް މާބޮޑު ގެއްލުމެއް ނުވިކަން.. މިހާރު ގެއަށް ގެންގޮއްސަވެއްޖެ.. ހިނގާ އަހަންނާއެކު ގެންގޮސްދޭނަން.. ” ޒަހީން މިހެން ބުނުމަށްފަހު ގޮސް އޭނާގެ އަމިއްލަ ކާރަށް އެރިއެވެ. ހިބާވެސް ލޮލުން އައިސްފައިހުރި ކަރުނަތައް ފޮހެލަމުން ކާރުގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަދެ އިށީނެވެ.

ވައިގަދަވެ ބޯކޮށް ވާރޭ ވެހެން ފެށީ މަޣްރިބް ނަމާދުގެ ބަންގިއާއި އެކުއެވެ. ލޫޝާ ނަމާދުކޮށްލައިގެން އިރުކޮޅަކު ޤުރުއާން ކިޔަވަން އިނެވެ. އެއަށް ލޯގަނޑު ކައިރިއަށް ހުއްޓުނީ ބުރުގާ އަޅާލަމުންނެވެ. އެހިނދު ލޫޝާއަށް ލޯގަނޑުން އަމިއްލަ ސިފައަށް ބަލާލެވުނެވެ. ހިކި އަނަރޫފަ ވަމުން ދާއިރު ހަންގަޑުވަނީ ކުރަަކި ވާން ފަށާފައެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އަމިއްލަ މީހާއަށް އައި ބަދަލުން ލޫޝާގެ ހިތުގައި ރިއްސާލިއެވެ. ލޫޝާ ބޭނުންވަނީ ހަޔާތުގެ ބާކީ އޮތް ދުވަސްތައް އުފަލުގައި ހޭދަ ކުރާށެވެ. އަދި އާއިލާ އެހެން މީހުންވެސް އުފާކޮށްދޭށެވެެ. އެގޮތުން އެންމެ ފުރަތަމަވެސް ލޫޝާއަށް ވިސްނާލެވުނީ ހުޝާމްއާއި ދޭތެރޭގައެވެ. އަންބަކު ފިރިއަކަށް ދޭންވާ ލޯތްބާ އަޅާލުން ހުޝާމްއަށް ލޫޝާއަކަށް ނުދެވެއެވެ. އެކަމަކު ދެން މީގެ ފަހުން އެހެނެއް ނުވާނެއެވެ. ލޮލުން ފައިބާފައި ހުރި ކަރުނަތައް ލޫޝާ ފޮހެލީ ހިތުގައި އާ އަޒުމެއް ކަނޑައަޅަމުންނެވެ.

ޒަހީން ދުއްވަމުން ގޮސް ކާރު ހުއްޓީ ހަނި ގޯޅިގަނޑެއްގެ ކުރިމައްޗަށެވެ. ދެމީހުން އެއްކޮށް ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ގޯޅިގަނޑު ތެރެއަށް ދުއްވައިގަތީ ވެހޭ ވާރޭއިން ސަލާމަތްވުމަށްޓަކައެވެ. ވަކި ހިސާބަކުން ޒަހީން ހިބާގެ އަތުގައި ހިފާލިއެވެ. އެއީ މާބޮޑުކަމަށް ނުހަދާ ހިބާވެސް ޒަހީން ގެންދާތަނަކަށް ދިޔައެވެ. ހިބާ ގޮވައިގެން ގޮސް ޒަހީން ނޫކުލައިގެ ދޮރެއްލާފައިވާ ގެއެއް ކައިރިއަށް ހުއްޓި ދެފަހަރަކު ޓަކި ޖަހާލިއެވެ. އެއާއެކު އެތެރެން  ދޮރު ހުޅުވާލިއެވެ. ޒަހީން ހިބާ އަތުހިފައިގެން ގޮސް ވެއްދީ ކުޑަ ކުޑަ ކޮޓަރިއަަކަށެވެ. އެކޮޓަރީގެ އެއްދިމާލެއްގައި ބާ އަލަމާރި އެއް ހުއްޓެވެ. ތަޅުން ގަނޑު މަތީގައި ބައެއް އަންނައުނާއި އެހެނިހެން ތަކެތި އެގޮތްމިގޮތަށް އުކާފައި ހުއްޓެވެ. ކޮޓަރީގެ ދެފަރާތުގަައި ދެބަންކްބެޑް ބެހެއްޓިފައި ވެއެވެ. އޭގެއިން އެއް އެނދުގެ ތިރީ ބައިގައި ޔަނިޝް ބާއްވަފައި އޮތެވެ. ދޮރުހުޅުވާލި ހަކަމް އެއްކައިރިއަށް ޖެހިލަމުން އެނދުމަތީގައި އޮތް ޔާނިޝް ހިބާއަށް ދައްކާލިއެވެ. ނިދިފައި އޮތް ޔާނިޝް ފެނުމާއެކު ހިބާ ދުވެފައި އެދިމާއަށް ދިޔައެވެ. އެނދުކައިރީ ކުޑަކަކޫ ޖަހައިގެން އިށީނުމަށްފަހު ހިބާ މަޑުމަޑުން ޔާނިޝްގެ މޫނުގައި ފިރުމާލިއެވެ. އެވަގުތު ހިބާ ސިއްސައިގެން ދިޔައީ ފަހަތުގައި ތިބި ޒަހީން އާއި ހަކަމް ހޭން ފެށުމުންނެވެ. ހިބާ އިންތަނުން ތެދުވަމުން އެދެމީހުންނަށް ބަލާލީ ހައިރާންވެފަ ހުރެއެވެ.

” ކަލޭމެން ކީއްވެ ތިހެނީ” ހިބާއަށް އަހާލެވުނެވެ. އެހިނދު ދެން އިވުނީ އެނދުމަތީގައި އޮތް ޔާނިޝް ހޭންފެށި އަޑެވެ. ހިބާ ސިހިފައި އެދިމާއަށް ބަލާލީ ގަބޫލު ނުކުރެވިފައި ހުރެއެވެ. ތިން މީހުން ބާރަށް ހެމުން ދިޔައިރު މެދުގައި ހުރި ހިބާ ހުރީ ބިރުގަނެފައެވެ. އަވަސް ނޭވާތަކެއް ލަމުން ހިބާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ. ބިރުވެރިކަން ހިބާ ވަށާލި ވަގުތު ދުވެފައި ދޮރާއި ދިމާއަށް ދާން ހިބާ އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޒަހީން އާއި ހަކަމް ދެފަރާތުން ހިބާ ގައިގާ ހިފެހެއްޓިއެވެ.

” ޔާން ކިހިނެއްތަ މިވަނީ.. ޕްލީޒް އަހަރެން ދިޔަދީ” އާދޭހުގެ ރާގެއްގައި ހިބާ ބުންޏެވެ.

” ދިޔަދޭށޭ  އެބަ ބުނެއެއްނު.. ހީކުރީ އަހަންނަށް ފިލައިގެން އުޅެވޭނެ ކަމަށްތަ.. އަހަރެން ހިބާ ކައިރީ އެދުނީ އެންމެ ކަމަކު.. މިވީހަ ދުވަހު ފިލައިގެން އުޅުނީ އަހަންނަށް އެކަން ނުކޮށްދެންވެގެނެއްނު.. ހިބާ ރުހުމުގަ އެކަން ނުކޮށްދިނީމަ ދެން އަހަރެން އެކަން ކުރާނީ ހިބާގެ ނުރުހުމުގަ” ޔާނިޝްގެ އެންމެ ފަހު ޖުމްލައާއި އެކު ހިބާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެމީހުން އަތުން ސަލާމަތްވުމަށް ހިބާ ތެޅެމުން ފޮޅެމުން ދިޔައެވެ. އެހީއަކަށް އެދި ގޮވަންފެށީ ދެން ވާނެ ގޮތް ހިބާއަށް އެނގޭތީއެވެ. ނަމަވެސް އެބޯވިއްސާރައިގައި ހިބާގެ އަޑު އިވޭނީ ކާކަށް ހެއްޔެވެ. ޔާނިޝް އަތުން ދިއުމަށް އިޝާރާތް ކުރުމާއެކު ހަކަމް އާއި ޒަހީން ހިބާ އެނދާ ދިމާއަށް ކޮއްޕާލުމަށްފަހު އެތަނުން ނިކުންނަން ހިނގައިގަތެވެ.

” އޭ ޔާން.. ކަލޭ އަވަހަށް ނިންމައްޗެ.. އަހަރުމެންނަށްވެސް ކެތްވަނީކީނޫން” އެތަނުން ނިކުންނަމުން ހަކަމް ބުނެލި ޖުމްލައިން އިތުރަށް ހިބާ ބިރުގަތެވެ. ހިބާގެ ނިމުން އައިސް ޖެހުނީއޭ ހިތަށް އެރުމާއެކު ބާރަށް ގިސްލާފައި ރޯންފެށުނެވެ. މިކަމުން ސަލާމަތްކޮށްދިނުމަށް އެދި ފުރަތަމަ ފަހަރަށް ހިބާއަށް ﷲގެ ކިބައަށް ހިތާ ހިތުން ދުއާ ދެންނެވުނެވެ.

ގައިން ޓީޝާޓު ވަކިކޮށްލުމަށްފަހު ޔާނިޝް ހިބާއާއި ދިމާއަށް އަންނަންފެށީ ބުޅާ މަސްގަނޑަށް ބަލާހެން ބަލަން ހުރެއެވެ. ހިބާ އެހެން ނުހެދުމަށް ޔާނިޝް ކައިރީގައި އާދޭސް ކުރަމުން ފަހަތަށް ޖެހެމުން ދިޔައެވެ. ފާރުގައި ހިބާ ޖެހުމާއެކު ހިބާއަށް ގޮތްހުސްވި ކަހަލައެވެ. ޔާނިޝް ހެމުން ހެމުން އައިސް ހިބާ ކައިރީގައި އެއްފައި މައްޗަށް އިށީނދެލިއެވެ. އެންމެ ފުރަތަމަވެސް ޔާނިޝް ހިބާގެ ކޮނޑުގައި އަޅާފައި އޮތް ދަބަސް އަތުލައި ދުރަށް އެއްލާލިއެވެ. އެވަގުތު އެދަބަސް ތެރޭގައި ހުރި ބައެއް ތަކެތި ތިރިއަށް ވެރުނެވެ. ހިބާ ފައިކަރިއަށް ވެއްޓުނު ގަލަން ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ޔާނިޝް ވިހަ ގޮތަކަށް ހީލަމުން ހިބާގެ މޫނުގައި ފިރުމާލިއެވެ. ހިބާ ވަރަށް ވިސްނައިގެން އިނދެ ޔާނިޝްއަށް ނޭނގޭނެހެން އެގަލަން ނަގާ ގަލަމުގެ ދޯރި ނައްޓާލިއެވެ. އޭރުވެސް ހިބާ ގައިގާ ތުރުތުރު ލަމުން ދިޔައެވެ. ޔާނިޝް ހިބާގެ ހެދުމުގެ ކަރުވަޅުގައި ހިފުމާއެކު ހިބާ ބަލާކަށް ނުހުރެ ގަލަމުގެ ތުނޑު ޔާނިޝްގެ ފައިތިލައަށް ހަރާލިއެވެ. އެވަގުތު ވޭނީ އާހަކާއެކު ޔާނިޝްއަށް އަޑުގަދަކޮށްލެވުނެވެ. ތަންވަޅު ބަލާފައި ހިބާ އެނދު ދަށުގައި ބަހައްޓާފައި ހުރި ޔާނިޝްގެ ބޫޓުން ޔާނިޝްގެ ބޯމަތީގައި ގައިގާ ހުރި ބާރެއް ލާފައި ޖެހިއެވެ. ޔާނިޝް ތިރިއަށް ވެއްޓުމާއެކު ހިބާ ދުވެފައި ނިކުންނަން ދިޔައެވެ. ނަމަވެސް އޭގެ ކުރިން ޔާނިޝް ހިބާގެ ކަނާއަތު ފައިގާ ހިފެހެއްޓިއެވެ. އެހިނދު ބެލޭންސް ކަޓައިގެން ހިބާ އަނގަވަތަށް ވެއްޓުނެވެ. ދެންވެސް ހިބާ ހިތްވަރުކޮށްފައި އަނެއްފައިން ޔާނިޝްގެ މޫނުމަތީގައި ޖެހިއެވެ. އެވަގުތު ޔާނިޝްއަށް ވީތަދުން ހިބާ ފައިން ދޫކޮށްލެވުނެވެ. ތަންވަޅު ބަލާފައި ހިބާ ބާރަށް ދުވެފައިގޮސް ދޮރުހުޅުވާލާފައި ބޭރަށް ދެމިގަތެވެ. ވެހެމުންދާ ވާރެއަކަށް ބެލުމެއްނެތި ހިބާ މަގުއޮތްގޮތަށް ދުވަމުން ދިޔައީ ޔާނިޝް އާއި އޭނާގެ ބައިވެރިން ފަހަތުން އަންނާތީއެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުވަމުން ގޯޅިއެއް އެޅިވަގުތު ފިރިހެނެއް ގައިގާ ޖެހިފައި ހިބާ ވެއްޓުނެެވެ.

-ނުނިމޭ-

41
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Axoo

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…22

Next

ކަލާޔާނުލާ ދިރުމެއްނެތެވެ. (2)

Next
December 20, 2016

ކަލާޔާނުލާ ދިރުމެއްނެތެވެ. (2)

Previews
December 19, 2016

ހިތް އެކީ ދެވިއްޖޭ…22

10 Comments

  1. Hooooo? says:
    December 19, 2016 at 11:11 pm

    Waiting for next part.

  2. Sweetie says:
    December 19, 2016 at 11:13 pm

    Wow. Amazing. But haadha kurey.
    Hayyu. Plz thankolheh dhigukoh, thankolheh avas avahah upload kohdheeba.

  3. raasi says:
    December 19, 2016 at 11:14 pm

    masha allah
    varah reethi

  4. zurry says:
    December 19, 2016 at 11:18 pm

    masha allah vv reethi next plx… avass

  5. Vaahaka foshi says:
    December 19, 2016 at 11:27 pm

    Vara reethi. Avaha up kolla dhechey .plz. v kiyahi vey. Thnx

  6. saj says:
    December 20, 2016 at 10:39 am

    vvv Reethi vahaka.ekam maa bodah kury

  7. Xaara says:
    December 20, 2016 at 11:26 am

    Ma sha allah varah reethi ekm vaahaka kury

  8. shieem says:
    December 20, 2016 at 8:00 pm

    Masha Allah! 🙂 vaahaka varah reethi!

  9. Flower says:
    December 21, 2016 at 12:18 pm

    Plzzzzzzz nxt part avahah up kohdhyba…

  10. mal-mal says:
    August 31, 2017 at 12:51 pm

    woowww!! an ameh-zing story!! MashaAllah!! ????

Comments are closed.

All Right Reserved!