
ހިތް އެކީ ދެވިއްޖޭ.. 20
މީގެ އަހަރުތަކެއް ކުރީގެ އެ ހިތި ހަނދާން އާކޮށްލުމާއި އެކު މައިޝާ އަދި ކިއާރާގެ ދެލޮލުން ކަރުނަތަށް ފައިބައިގެން ދިޔައެވެ. ކިއާރާ އެތަކެއް ފަހަރު މައިޝާއަށް ޝުކުރު އަދާކުރީ އެވާހަކަތަށް ފޮރުވައިދިނީތީއެވެ. އޭނާ ގެ ވައުދު އުވައިނުލީތީއެވެ. އެތަކެއް ފަހަރު ކިއާރާ މާފަށްވެސް އެދުނެވެ. އޭނާއަށް އިތުރުގޮތެއް ނުފެނުނީކަން ބުނެލިއެވެ. އަދި މައިޝާމަތިން ވަރަށް ހަނދާންވި ވާހަކަވެސް ބުނެލިއެވެ. އެ ތިންމީހުންގެ ގުޅުން ވަރުގަދަ ވި ރެއަކަށް އެރޭ ވީއިރު ކިއާރާގެ ހިތުގައި އޮތީ އަޔާންއެވެ. އަޔާން އެވާހަކަ މައިޝާ ކައިރި އެހީ ޔަޤީނުންވެސް އެރޭ ގުޅީމަ ކަން ޔަޤީނެވެ. އަނެއްކާ މިއަދު އަޔާން އަށް އާލިޔާވެސް މިތާ އުޅޭކަން އެ އިނގުނީއެވެ. އަޔާން ދެކެ ލޯބިވާކަންވެސް އެ އިނގުނީއެވެ. ދެން ވާނީ ކިހިނެއްބާއެވެ؟
ކިއާރާ ގެއަށް ގޮސް ފަތުހީ ކައިރި ހުރިހާ އެއްޗެއް ކިޔައިދިނެވެ. ފަތުހީ އުފާވީ ކިއާރާގެ މޫނުމަތިން ފެނުނު ހިތްހަމަޖެހުމުގެ ސަބަބުންނެވެ އެއީ މައިޝާ އަނބުރާ ލިބުމުގެ ހިތްހަމަޖެހުމެވެ. އުފަލެވެ. ހިސާބަކަށް އޭނާގެ ހިތާމަތަށްވެސް ފިލައިފިއެވެ.
.
އޭގެ އަނެއްދުވަހު ކިއާރާ އޮފީހަށް ދިޔައެވެ. އާދައިގެ މަތިން މަސައްކަތައިގެން އުޅެމުން ކިއާރާގެ ދުވަސް ނިމުނެވެ. ކިއާރާ ޒާއިންއާއި އެކު އޮފީހުން ނުކުމެ ޖޫލިއަންއަށް ބަލައިލިއެވެ. ޒާއިން ކިއާރާގެ ކޮނޑުގައި ޖަހާލިއެވެ. އަދި ކިއާރާގެ އަތުގައި ހިފައިގެން އެ ދިމާލަށް ހިނގައިގަތެވެ. “ހޭ ޒާން ނޯ އޭރުވެސް ބުނީމެއްނު ބޭނުމެއްނޫނޭ ކައިރިވާކަށް އޭނާއަކާއި..” ކިއާރާ ބުނެލިއެވެ. ޒާއިން އެއްޗެއް ނުބުނެ ހިނގަމުންދިޔައެވެ. ކިއާރާ ޒާއިންއާއި އެއްވަރުކޮށްލިއެވެ. ޖޫލިއަންއާއި ކައިރިވާވަރަކަށް އޭނާގެ ހިތް ތެޅެއެވެ. އެތަނުގެ ސިޑިން ފައިބައިގެން އަނބުރާލި އަޔާން ގެ ކުރިމައްޗަށް ކިއާރާއަށް އެރުވުމާއި އެކު ފިޔަވަޅުތަށް ކޮންޓްރޯލްކުރެވުނީ ހަމަ ކިރިޔާއެވެ. އެހެންނޫންނަމަ އޭނާ ގޮސް ޖެހުނީހެވެ. ޒާއިން އެދެމީހުންނާއި ދިމާލަށް ބަލައިލިއެވެ. އެ ދެމީހުންނަކީ އެކަކު އަނެކަކަށްޓަކައި ހެދިފައި ތިބި ދެމީހުންނޭ ޒާއިން ހިތަށް އަރާލިއެވެ. ކިއާރާގެ އެ ބެލުމުގައި ވާ ލޯބި އަޔާންއަށް ނޭނގުނަސް ޒާއިންއަށް އިނގެއެވެ. އަޔާން ކިއާރާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އިސްޖަހާލިއެވެ. ހިތް އެތަކެއް ފަހަރު އާލިޔާގެ ސޫރަ އޭނާގެ ކުރިމަތީ ކުރަހާލިއެވެ. އަޔާން އެމީހުންނަށް ދާން ތަންދައްކާލިއެވެ. ޒާއިން ހިނިތުންވެލިއެވެ. އަދި ހިނގައިގަތެވެ. ކިއާރާ އިސްޖަހާލިއެވެ. “ހީ އިގްނޯރޑް މީ….” ކިއާރާ ބުނެލިއެވެ. ޒާއިން ގޮސް ފިހާރައިން ކިއާރާއަށް އެއްޗެއް ގަނެދީފައި އެކީ ކާރަށް އަރަން ދިޔައެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ކާރަށް އަރައިގެން ނައްޓާލި އަޔާންއެވެ. ކިއާރާ ފުން ނޭވައެއް ދޫކޮށްލާ ކާރު ލޮލުކޮޅަށް ގެއްލެންދެން ބަލަން ހުރީ ފެންކަޅިވެފައި ހުރިހާލުއެވެ.
“ކިޓީ… އޭނާ އާއި މީޓް ކުރުވަންތަ؟ ކިއާރާއަށް ވެގެންވެސް ލޯބިވާވާހަކަ އެންގިދާނެ ނު.. ހީ އިޒް ސިންގަލް އޭ..” ހުއްޓިފައި ހުރި ކިއާރާގެ އުނަގަނޑުގައި ހިފާލަމުން ހިނގައިގަތް ޒާއިން ބުނެލިއެވެ. “ހީ އިޒް ސިންގަލް އެކަމް އޭނާގެ ހިތް؟؟ އައި ވޯންޓް އޭނާގެ ހިތުގައި މި ނަން ފޮރުވެން… ހިތުން ޖާގައެއްހޯދަން.. ވަރަށް ކުޑަ… ވަރަށް ވަރަށް ކުޑަ ތަންކޮޅެއް ވިޔަސް ހެޔޮ… ހިތްހަމަޖެހެވޭނެނު ހިތުގައި ކުޑަ ތަންކޮޅެއްގައި އިން ކަންވެސް… އައި ނޯ ދެޓް ވޯންޓް ހެޕަން… އެއީ އޭނާގެ ހިތް އެކީ މިލްކުވަނީ ޝާހީނާއަށް…. އިޓް ވޯންޓް ޗޭންގް….” ކިއާރާ ބުނެލާފައި ކާރަށް އެރިއެވެ. ޒާއިން ކިއާރާއަށް ބަލައިލާފައި ކާރު ސްޓާރޓްކޮށްލިއެވެ. “އައި ގިވް އަޕް…” ކިއާރާ ބުނެލީ މަޑު އާހަކާއި އެކުގައެވެ. “ކިޓީ މި ހުރިހާ އަހަރުވެސް ހުރީނު.. ގިވް އަޕް ކުރިންތަ؟ މި ހުރިހާ ދުވަހުވެސް ހީކޮށްގެން ހުރީ އޭނާ މެރިޑްކަމަކަށް ނޫންތަ އެކަމްވެސް ކިޓީ ހަމަ ލޯބިވީމެއްނު.. މިހާރު އިނގިއްޖެ އެއްނު އޭނާ ސިންގަލް ކަން ދެން ކީއްވެ؟؟ މައި ކިޓީ އިޒް ނޮޓް ސޯ ވީކް ޓު ގިވް އަޕް… ހުރިހާ ކަމަކާއި ވެސް ފޭސްކުރީމެއްނު..” ޒާއިން ބުނެލިއެވެ. ކިއާރާއަށް އުފާވެރިކަން ގެނެސްދެން އޭނާ ވަރަށް ބޭނުންވެއެވެ.
“މިހުރިހާ އަހަރުތަކުގައިވެސް ހުރެވުނީ އޭނާގެ ގޮތް ނޭނގޭތީ.. ދުރުގައި ހުރީމަ ކަންނޭނގެ.. ކައިރި ވީމަ އޭނާގެ ގޮތް އެނގުނީ އައި މީން… އޭނާ ދުވަހަކުވެސް ނުލިބޭނެކަމާއި އެ ހުރިހާ އެއްޗެއް…. ކައިރީގައި އުޅުނީމަ މާ ހާރޓް ވޭ.. ކިތަންމެ ލޯބިވިޔަސް ނުލިބޭނެ.. އެކަން ފީލްވޭ އޭނާ ކައިރި ހުރެވޭއިރުވެސް” ކިއާރާ ބުނެލިއެވެ. އެއަށްފަހު ދެލޮލުން ފޭބި ކަރުނަތަށް ފޮހެލިއެވެ. ޒާއިން އިތުރު އެއްޗެއް ނުބުނެއެވެ. ކިއާރާ އެހެންބުންޏަސް އެހާ ފަސޭހައިން އެ ލޯބި ނުފޮހެވޭނެކަން ޒާއިންއަށް އިނގެއެވެ. ޔަޤީންވެއެވެ. ކޮންމެވެސް ދުވަހަކުން އެމީހުން ގުޅޭނެއެވެ.
ޒާއިން އެދުވަހު ނިންމީ ކިއާރާ ގޮވައިގެން މާލޭގައި ބުރުޖަހާލުމަށެވެ. އެހެންކަމުން ހަވީރު ތައްޔާރުވާން އެދުނެވެ. އޭގެ އިތުރުން ރޭގަނޑު ކައިގެން ނޫނީ ގެއަށް އަނބުރާ ނާދެވޭނެ ވާހަކަވެސް ބުނެލިއެވެ. ކިއާރާ ބޯ ޖަހާލަމުން ގޭ ތެރެއަށް ވަދެލިއެވެ.
…
ހަވީރު ވުމާއި އެކު ކިއާރާ ބޭރަށް ނިކުމެލިއެވެ. އަދި މަގުމަތީ ހުރީ ޒާއިން އަންނާނެ އިރަކަށެވެ. ޒާއިން ނަމާދުކޮށްލައިގެން އަންނާނަމޭ ބުނިއިރު ކިއާރާއަށް ހުރެވުނީ ތައްޔާރުވެފައެވެ. ބޭރަށް ނިކުމެލީ މަގުމަތި ބަލާލާހިތުންނެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ނިމާލް އާއި ސައީދާއެވެ. ނިމާލް އަދިވެސް އެހާ ނުބައި ވައްތަރު ޖަހައެވެ. ކިއާރާ އެމީހުންނާއި ދިމާ ބަލަން ހުރެފައި މަގު ހުރަސްކޮށްލާފައި އެމީހުންގެ ފަހަތުން ދެވުނީ ބޭއިހްތިޔާރުގައެވެ. ނިމާލް ގެ އަތުގައި ހިފަހައްޓާލައިގެން ސައީދާ ދާއިރު އޭނާ އަދިވެސް ލަނީ ގަޔަށް ބާރު އެއްޗެއްސެވެ. އެ ހަށިގަނޑުގެ ވަނާތަށް ރަނގަޅަށް ފާހަގަވެއެވެ. ކިއާރާ ދެލޯ ފެންކަޅިވެފައި ހުރި ހާލު އެމީހުން ދާ ކޮންމެ ދިމާލަކަށް ދެއެވެ. އެދެމީހުން ގޮސް ވަތް ގޯޅިއަކީ ހިސާބަކަށް މީހުން މަދުތަނެކެވެ. ކިއާރާ އެ ގޯޅިތެރެ ފެށޭ ހިސާބުގައި ހުރީ އެދެމީހުން ދާ ތަނެއް ބަލަންށެވެ. އެދެމީހުން ގޮސް ވަނީ ހަދަން ފަށައިފައިވާ އިމާރާތެއްގެ ތެރެއަށެވެ. ކިއާރާ ނުދާންހުރެފައިވެސް އެ ދިމާލަށް ދާން ހިނގައިގަތެވެ. ލައިގެން ހުރި ކަޅު ސްކާރޓް ހިއްލާލަމުން ކިއާރާ ކުޑަކޮށް ދުވެލާފައި ދިޔައެވެ.
ކިއާރާ އެ އިމާރާތަށް ބަލަން ހުއްޓާ ސިހުނީ އެތަނުން ފައިބައިގެން އައި ސައީދާއާއި ނިމާލް ފެނިފައެވެ. ސައީދާގެ އަތުގައި ދަބަހެއް އޮތެވެ. ކިއާރާ ތެޅިގަނެފައި ނުވާ ކަމަށް ހަދާލާ ފޯނާއި ކުޅެން ފެށިއެވެ. ސައީދާއާއި ނިމާލް ކިއާރާއަށް ބަލައިލިއެވެ. “އޭ… މަންޖެ މިތާ ކީއްކުރަނީ؟” ސައީދާ އަހާލީ ކިއާރާ ކައިރިއެވެ. ކިއާރާ ހިންދިރުވާލިއެވެ. ހީވަނީ ދެންމެ ދެންމެ އެދެމީހުން ކިއާރާ ކާލަފާނެހެންނެވެ. ކިއާރާއަށް ހަނދާންވީ އޭނާ ރޮއެ ހޭރެމުންދާއިރުވެސް އެ ދެމީހުންގެ ހަރަކާތްތަށް ހުރިގޮތެވެ. ދޮންބައްޕައަކަށްވެ ހުރެ ކިއާރާ ގެ ހަށިގަނޑުގެ ބޭނުންހިފާލިގޮތެވެ. “މަ..މަގު އޮޅުނީ..” ކިއާރާ އެހެން ބުނެފައި ހިނގައިގަތެވެ. “އޭ މަޑުކޮށްބަލަ….. ކަލޭ ކެރޭނެތަ މިރޭ މިތަނަށް އަންނަން..؟” ކިއާރާ ސިހުނީ ސައީދާ އެހެން ބުނުމުންނެވެ. އެ ކީއްކުރަންބާއޭ ހިތާ ކިއާރާ ފަސްއެނބުރުނެވެ. “ކީ..ކީއްކުރަން؟” ކިއާރާ އަހާލިއެވެ. “ކަލޭ ހަމަގައިމުވެސް ތި ހަށިގަނޑުގެ ތަންތަން ދައްކައިގެން އުޅެނީ ހިލޭ ބަލާކަށް ނޫނެއްނު… މިރޭ ރަނގަޅުވާނެ ނު… ކަލޭ އެހާ ރީތި.. އެހާ ލާރި ލިބޭނެ…. ލާރީގެ އެއްބައި ދޭގޮތަށް ކިހިނެއްވާނީ؟” ސައީދާ ބުނެލިއެވެ. ކިއާރާ ދެލޯ ބޮޑުކޮށްލެވުނެވެ. ދެލޮލުން ކަރުނަތަށް އޮއްސައިގަތެވެ. ތުރު ތުރު އަޅައިގަތީ ގަތް ބިރެއްގެ ސަބަބުންނެވެ.
ސައީދާ ކިއާރާއާއި ކައިރިވެލިއެވެ. ކިއާރާ ފަހަތަށް ޖެހެވުނެވެ. އަދި ބޯ ހަރަކާތްކޮށްލިއެވެ. ނިމާލް ހުރީ ވަރަށް ނުބައި ވައްތަރަކަށް ހޭންށެވެ. އެއަށްފަހު ކިއާރާއާއި ދިމާލަށް ނިމާލް ޖެހިލާ އޭނާގެ ދޮން އޮމާން އަތުގައި ފިރުމާލިއެވެ. ކިއާރަ ރޫރޫއަރައިގަނެފައި ފަހަތަށް ޖެހެވުނެވެ. “ރީތި ކުއްޖެއް ލިބުނިއްޔާ ލާރިވެސް ލިބޭނެ.. މީގެ އިތުރު ފުޅިވެސް..” ސައީދާ ބުނެލީ ދަބަހުގައި ޖަހާލަމުންނެވެ. ކިއާރާ ހިންދިރުވާލިއެވެ. “ކަލޭ ވިސްނާބަލަ ލާރި ލިބޭނޭ… މަދެއްނޫނޭ ހެސްކިޔާފަ ލާރި ލިބޭނެ.. ދެބައި ކުޅަ އެއްބައި ނުހަދަންޏާ ތިން ބައި ކުޅަ ދެބައި ކަލެއަށް…” ސައީދާ ބުނެލިއެވެ. ކިއާރާ އަށް ބަލަންހުރި ނިމާލް ހުރީ ކުޅު ދިޔާވެފައެވެ. “އަހަރެން ބޭނުން އެ މަންޖެ..” ނިމާލް ބުނެލިއެވެ. “އަމައްޔާތް.. އަހަރެންވެސް މިހުރީނު..” ސައީދާ ބުނެލީ ޗޮކެއް ކަނޑާލާފައެވެ. “އެކަމް އޭނާ……….” ނިމާލް ބުނެލީ ހިނިގަނޑަކާއި އެކުގައެވެ. ސައީދާވެސް ހޭންފެށިއެވެ. ކިއާރާ އަވަސް ނޭވާތަކެއް ލަމުންދިޔައެވެ. އޭނާ ބިރުން ހަލާކުވިއެވެ. ފަހަތަށް އަނެއްކާވެސް ޖެހިފައި ކިއާރާ ދާން އުޅުނެވެ. ނަމަވެސް ކުރިމަތިން ފެނުނީ ތިން ފިރިހެނެކެވެ. ކިއާރާ ދެލޯ ބޮޑުކޮށްލާފައި ނިމާލްމެންނާއި ދިމާލަށް ބަލައިލިއެވެ. އެމީހުން ތިބީ ހޭންށެވެ. ކިއާރާ އަނގަމަތީ އަތްއަޅާލިއެވެ. މާޒީ އަނެއްކާވެސް ތަކުރާރުވަނީއެވެ. އެ ވޭން ލިބެންއުޅެނީއެވެ. ކިއާރާ ގެ ފަހަތުން އައި ސައީދާ ކިއާރާ ކޮށްޕާލިއެވެ. ކިއާރާ ގޮސް ޖެހުނީ އެ ތިން މީހުންގެ ފައިބުޑަށެވެ. ކިއާރާ އަޑުން އަޑުނަގާ ރޯންފެށުނީދެނެވެ.
އަދިވެސް އެ ހިތަށް ގަބޫލެއްނުކުރެވުނެވެ. އޭނާގެ މަންމަ އެއީ ކިހިނެއް އުޅޭ މީހެއްހެއްޔެވެ؟ ކިއާރާ ރޯންފެށުމުން އެތަނުން މީހަކު ކިއާރާގެ އަނގަމަތީ އަތް އަޅުވާފައި ނެގިއެވެ. އޭނާ އެމީހުންނާއި ދިމާ ބަލައިލިއެވެ. އެތަނުން މީހަކު ކިއާރާގެ ދޮން މޫނުގައި އަތް ބީއްސާލިއެވެ. ކިއާރާއަށް ހީވީ ފިނި އެއްޗެއް އޮއްސާލިހެންނެވެ. މުޅިގައި ތުރު ތުރުއަޅައިގަތެވެ. އެ އެންމެން ސިހުނީ ބަޔަކު އަންނަ އަޑަށެވެ. ކިއާރާ ގެ ގައިން ދޫކޮށްލާފައި އެ އެންމެންވެސް ފިލައި ދުއްވައިގަތީއެވެ. ކިއާރާ ހުރިތަނަށް ތިރިވެވުނެވެ. އަދި ދެއަތުން ހިލަތަށް މަތީ އަތްއަޅާލިއެވެ. “ކީއްވެ..؟؟؟ ކީއްވެ؟؟” ކިއާރާ ބުނެލިއެވެ. އެމީހުން އޭރުގޮސް ވަތްތަނެއްވެސް ނޭނގެއެވެ. ކިއާރާ ދަބަހުގައި އޮތް ފޯނު ވައިބްރޭޓް ވާ ކަންވެސް އޭނާއަކަށް ނޭނގެއެވެ. ކިއާރާ ހިތްވަރުކޮށްފައި ތެދުވެލިއެވެ. އެވަގުތު އަނެއްކާވެސް އެމީހުން ފަހަތުން އައި އިހްސާސްވެގެން ކުއްލިއަކަށް ފަހަތް ބަލައިލިއެވެ. ކިއާރާ ގެ ކުރިމަތީ އެ މީހުން ތިބުމުން ކިއާރާ ފަހަތަށް ފިޔަވަޅެއް އަޅާލާފައި ދުއްވައިގަތެވެ. އެމީހުންވެސް ދުއްވައިގަތެވެ. ކިއާރާ ދާނެ ނުދާނެ ދިމާލެއް ނޭނގުނެވެ. އެމީހުން އައިސް ކިއާރާގެ އަތުގައި ހިފަހައްޓާލިއެވެ.
“އައްމަޓޭ ކިތަށް ރުފިޔާ؟” އެކަކު ބުނެލިއެވެ. “2 ލައްކަ؟” އެހެން މީހަކު ބުނެލިއެވެ. “އުނހު 3 ލައްކަ.. އެހާ އަގުހުރި މުދަލެއްނު މީ…” ދެން ހުރި މީހަކު ބުނުމުން ތިން މީހުން އެކީ ހޭންފެށިއެވެ. “އޭ އެހެން އެހެނެއް ނުވިއްކޭނެ އަހަރެމެން ނެތީހެއް….” ސައީދާ ކުރިމައްޗަށް އަރަމުން ބުނެލިއެވެ. ކިއާރާ ހުރީ ހަރަކާތެއްވެސް ކުރާނެ ގޮތެއް ނޭނގިފައެވެ. ނިމާލް އައިސް ކިއާރާގެ މޫނުގަޔާއި އަތުގައި ފިރުމާލިއެވެ. އަދި އިސްތަށިފަނޑު އެއްކޮށްލައިގެން ޖަހާފައި އިން ދަތިތަށް ނައްޓުވާލުމާއި އެކު އޭނާގެ ދެލޯ ކުރިމައްޗަށް އިސްތަށިތަށް ވެއްޓުނެވެ. ހަމައެއާއި އެކު ބޯވެސް ނިއުޅުނެވެ. ނިމާލް ދެން ކިއާރާގެ ފައިން ފެށިގެން މައްޗަށް ބަލައިލިއެވެ. “5 ލައްކަ..” ނިމާލް ބުނެލީ ތުނބުޅީގައި އަތް ހާކާލަމުންނެވެ.”އާނ… ރަނގަޅު..” ސައީދާ ބުނެލިއެވެ. “އޭނާ ގެންދޭ ވޭނަށް އަރުވަން…” ސައީދާ ބުނެލިއެވެ. ކިއާރާ ހަޅޭލަވައިގަންނަން އުޅުމުން މީހަކު އޭނާގެ އަނގައިގާ ހިފަހައްޓާލިއެވެ. ގަދަކަމުން ކިއާރާ އެމީހުން ގެންދިޔައެވެ. ނަމަވެސް ކިއާރާ އެމީހުންގެ އަތުން ވީއްލިގެން ދުއްވައިގަތެވެ. އޭނާ ކުދި ގޯޅިތަކުން ސަލާމަތްވެގެން މަގުމައްޗަށް ނިކުތުމާއި އެކު ކުރިމައްޗަށް އެރުނީ އަޔާންގެއެވެ. ކިއާރާ ފެނިފައި އަޔާން ގެ ހިތުގައޮ ސުވާލުތަކެއް އުފެދުނެވެ. ކިއާރާ އަޔާންގެ ގައިގާ އޮޅުލައިގަތީ ގަތް ބިރެއްގެ ސަބަބުންނާއި އެމީހުން ކައިރިން ސަލާމަތް ވާންށެވެ. އަޔާން ރޯންފެށި ކިއާރާއަށް ބަލައިލަމުން އެމަގަށް ބަލައިލިއެވެ. ތިން މީހަކު ދުވެފައި އައިތަން ފެނުނެވެ. އަޔާން ފެނުމުން އެ ތިން މީހުން މަޑުކޮށްލިއެވެ. އަދި ފަސްއެނބުރި ދާން ހިނގައިގަތެވެ. އެއީ ސައީދާ ވެސް ބުނެފައި އޮންނަކަމެވެ. މީހަކަށް އެނގި ރިޕޯޓު ކުރުމުގެ ކުރިން އަވަހަށް އެތަނުން ފިލައިގެން ދިޔުމަށެވެ. އެމީހުން ގެ ކަންތަށް ފަޅާ އަރައިފިނަމަ އެމީހުންނަށް އުމުރުދުވަހު ޖަލުގައި ހޭދަކުރަން ޖެހޭނެއެވެ.
އަޔާން ކިއާރާއަށް ބަލައިލިއެވެ. އޭނާގެ ތެޅެމުންދިޔަ ހިތް އަޔާންއަށް އިހްސާސްކޮށްލެވުނެވެ. ވީގޮތް އެނގުނުކަހަލައެވެ. އަޔާން ކިއާރާ ދުރަށްލިއެވެ. “އެމީހުން ގޮއްސިއޭ މިހާރު…” އަޔާން ބުނެލުމުން ކިއާރާ އަޔާންއަށް ބަލައިލިއެވެ. އަޔާންއަށް ނޭނގޭ ކަމަކީ ކިއާރާ އެ ރޮނީ އެމީހުންދެކެ ބިރުންނެއް ނޫންކަމެވެ. ކިއާރާ އެ ރޮނީ އޭނާގެ މަންމަގެ ސަބަބުންކަމެވެ. ރޮވިފައިވާ ކިއާރާގެ މޫނުން އަޔާންއަށް އަނެއްކާވެސް ސިފަވީ އާލިޔާއެވެ. އާލިޔާ ކަރުނައިގެ ދެލޮލުން އަޔާންއަށް އެ ދުވަހު ބަލާލި ގޮތެވެ. “ނޫން.. ނޫން.. އަދި އަންނާނެ.. އެމީހުން އަންނާނެ….” ކިއާރާ ރޮއެގަނެފައި ބުނެލިއެވެ. ސައީދާއަކީ އެހާ އަވަހަށް ބަލި ގަބޫލުކުރާމީހެއްނޫންކަން އެންމެ ރަނގަޅަށްވެސް އިނގެނީ ކިއާރާއަށެވެ. ހިޔާލެއްގައި ހުރި އަޔާން ސިހުނީ އެވަގުތުއެވެ. ކިއާރާއާއި މެދު ހަމްދަރުދީވެވުނެވެ. އަޔާން ކިއާރާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. “އެމީހުން ދެން އަޔަސް ކަމެއް ނުކުރެވޭނޭ… ހިނގާ ދާން..” އަޔާން ބުނެލިއެވެ. ކިއާރާ އިތުރަށް އެއްޗެއް ނުބުނެއެވެ. އޭނާ އެ ގޯޅިއަށް ބަލައިލިއެވެ. އެއާއި އެކު ފެނުނީ ސައީދާއާއި ނިމާލް އެގޯޅިތެރެއިން އަންނަތަނެވެ. ކިއާރާ ނޭވާ ހުއްޓުނުކަހަލައެވެ. އޭނާ އަޔާންގެ ގައިގާ އޮޅުލައިގަތީ އެމީހުންކައިރިއަށް ނުދާންށެވެ. އެމީހުންދެކެ ގަތްބިރުންނެވެ. އަޔާން އަށް އެ ކުއްލިން ފަހަތަށް ޖެހެވުނެވެ. ނަމަވެސް އަމިއްލަ ނަފްސް ކޮންޓްރޯލްކުރެވުނެވެ. “ހޭ…. ހިނގާ ދާން…. ” އަޔާން އަށް އުނދަގޫވިއެވެ. އެ ހިތަށް އުނދަގޫތަކެއް ވިއެވެ
އެހެންކަމުން ކިއާރާ ދުރަށް ލާފައި ކިއާރާގެ އަތުގައި ހިފައިލިއެވެ. އަދި ދާން ހިނގައިގަތެވެ. ކިއާރާ ކަރުނަތަށް ފޮރުވުމުގެ ގޮތުން އިސްޖަހާލިއެވެ. މޫނުމަތި ވަނީ ފޭދުނު މަސްކަރައިގެ ސަބަބުން ކަޅުކުލައިން ފެވިފައެވެ. އަޔާންގެ ދަނބުކުލައިގެ ޓީސާޓުގައިވެސް އެ ކަޅުކުލަ ޖެހުނެވެ. ކިއާރާ ކަރުނަ ފޮހެލުމުންވެސް ކަރުނަ އަންނަނީއެވެ. އޭނާގެ ހިތަށް ތަދުވީއެވެ. މަންމަ އަދިވެސް ބަދަލުނުވާތީއެވެ. އޭނާ ގެ މާޒީ ތަކުރާރުވާން އުޅުނީމައެވެ. އެ މާޒީ ހިތަށް އެރުމާއިއެކު އެ ވޭނާއި ކެކުޅުން އިހްސާސްކޮށްލެވުނެވެ. އަޔާން ހިފަހައްޓައިފައި އިން އަތަށް ކިއާރާ ބަލައިލިއެވެ. އަޔާން ގޮސް ކާރު ކައިރި މަޑުކޮށްލަމުން ޒާއިންއަށް ގުޅާލިއެވެ. ކިއާރާ އިސްޖަހާލައިގެން ހުރިގޮތަށް ހުރިއިރުވެސް ރޮނީއެވެ.
“ހަލޯ؟ އޭ އައިސްބަލަ މިބުނާ ތަނަށް ވަރަށް އަވަހަށް..” އަޔާން އެހެން ބުނެފައި އަންނަންވީ ތަން ބުނެދިނެވެ. “އޭ.. މިއުޅެނީ ކިޓީ ފޯނު ނުނަގައިގެން. އޭނާ ގެއިން ނުކުމެއްޖެ އޯ އެކަމް ނެތް އެހިސާބުގައިވެސް… ކިހިނެއްވީ އަނެއްކާ؟” ޒާއިން ބުނެލިއެވެ. “މިހިރީއޭ އޭނަ.. އައީމަ އިނގޭނެ.. އަވަހަށް އާދޭ..” އަޔާން ބުނެލުމުން ޒާއިން މިދަނީއޭ ބުނެ ފޯނު ކަނޑާލިއެވެ. އަޔާން ރޮމުން ދިޔަ ކިއާރާއަށް ބަލައިލިއެވެ. އިރު އިރުކޮޅާ އޭނާ ކަރުނަފޮހެލައެވެ. އަޔާން ކުރާނެކަމެއް ނޭނގުނެވެ. އޭނާ ރުއިން ކޮންޓްރޯލް ކުރުވަން ބޭނުންވިއެވެ. ކިއާރާ އަށް އެއްލި ކަޅިން ފެނުނީ ސައީދާއެވެ. ސައީދާ ހުރީ ކިއާރާއަށް ބަލަންށެވެ. އޭނާ ކިއާރާ ފަހަތުން ނުނައްޓާނެކަން ކިއާރަ އަށް އިނގުނެވެ. ކިއާރާ އަޔާންއަށް ބަލައިލިއެވެ. “ޕްލީސް ޕްލީސް ޕްލީސް އަޔާން މިތަނުންގެންދޭ.. ޕްލީސް..” ކިއާރާ ތުރު ތުރުއަޅަންފެށިއެވެ. ބޮލަށް އެނބުރުންވެސް އަރައިގަތީ އެ ސިކުނޑިއަށް ކެތް ނުވާވަރުވީމައެވެ. “މަޑުކޮށްލާ ޒާއިން އެބަ އާދޭ..” އަޔާން ބުނެފައި ކާރުގައި ލައްގަނެލިއެވެ. “އަޔާން ޕްލީސް.. ޕްލީސް..” ކިއާރާ ސައީދާ އެތާ ހުރިކަން އިނގޭތީ އަނެއްކާވެސް ބުނެލިއެވެ. “މިހާރު އެ އަންނަނީ އޭ ޒާއިން… ޒާއިން އައިއްސިއްޔާ ދެން އަނެއްކާ ޖެހޭނީ ދާ ތަން ބުނާކަށްނު ދޯ… ބިރުނުގަނެބަ އެއްވެސް ކަމެއް ނުވާނޭ..” އަޔާން ބުނެލިއެވެ. ކިއާރާ އިތުރަށް އެއްޗެއް ނުބުނެ ސައީދާއަށް ބަލަމުންދިޔައެވެ. ސައީދާ އަޔާން ފޯނަށް ބަލައިލިވަގުތު ކިއާރާ ކައިރި އައުމަށް އެދުނެވެ. ކިއާރާ އިސްޖަހާލިއެވެ. “މަޑުކުރައްޗޭ… ޒާއިން އައިއްސި.. އެބަ އަންނަން އޭނާ މި ހިސާބު ދައްކާފަ..” އަޔާން ބުނެފައި ހިނގައިގަތެވެ
ކިއާރާ ތެޅިގަނެފައި އަޔާންގެ އަތުގައި ހިފައިލިއެވެ. ކިއާރާ ބޯ ދެކޮޅަށް ހަރަކާތްކޮށްލީ ނުދާށޭ ބުނާފަދަ ގޮތަކަށެވެ. “ޒާއިން އެ މަގުގައޭ އެހެރީ….. އެބަ އަންނަމޭ… ވަރަށް އަވަސްވާނެ.. ކާރުގަ އިނދޭ އެހެންނޫނީ..” އަޔާން ބުނެލިއެވެ. ކިއާރާ ހިނގައިފައި ގެންދަން އޭނާ ބޭނުންނުވީ ކިއާރާ ހުރިގޮތުންނެވެ. އޭނާ ރޮންޏާ މީހުން ސުވާލުކުރާނެތީއެވެ. ކިއާރާ ކާރަށް އަރާލީ އަޔާން ތަޅުދަނޑި ދިނުމުންނެވެ. “އައީމަ ނޫނީ ނުހުޅުވައްޗޭ..” އަޔާން އެހެން ބުނެފައި ހިނގައިތެވެ. ކިއާރާ އަޔާންގެ ކާރަށް ބަލައިލިއެވެ. އެއާއި އެކު އޭނާގެ ލޮލުގައި އަޅައިގަތީ ކާރުގައި ބައިންދާފައި އިން ޝާހީނާގެ ފޮޓޮއެކެވެ. އަދިވެސް އަޔާން ލޯބިވަނީ ޝާހީނާ ދެކެކަން ކިއާރާ އަށް އިނގުނެވެ. ކިއާރާ އެއަށް ބަލަންއިނެވެ..
އެވަގުތު އޭނާ ސިހުނީ މީހަކު ދޮރުގައި ޓަކި ދިނުމުންނެވެ. ކިއާރާ ބަލާލިއިރު އެއީ ސައީދާއެވެ. އޭނާ ދެލޯ ބޮޑުކޮށްލިއެވެ. ސައީދާ އަތުން ނިކުތުމަށް އެދުނެވެ. ކިއާރާ ބޯ ދެކޮޅަށް ހަރަކާތްކޮށްލިއެވެ. ސައީދާ ރުޅި މޫނު ހަދާލިއެވެ. އަދި ލޯގަނޑުގައި ތަޅަން ފެށިއެވެ. ކިއާރާ ސީޓުން ފަހަތަށް ޖެހެވުނެވެ. އޭނާ ފޯނު ނަގައި ޒާއިންއަށް ގުޅާލިއެވެ. ޒާއިންގެ މިސްކޯލްތަށް ވަރަށް ގިނައެވެ. ޒާއިން ފޯނު ނެގުމާއި އެކު ކިއާރާ ސައީދާއަށް ބަލަން ހުރެ ރޮއެގަތެވެ. “ޒާން ޒާން… މަންމަ… މަންމަ … ޒާން.. ޕްލީސް… ޕްލީސް އާދެބަ އަވަހަށް.. ޒާން..ޒަން ޕްލީސް..” ކިއާރާ ރޮމުން ރޮމުން ކިޔަމުންދިޔައެވެ. “އެބަ ދަން…. ކިޓީ ފޯނު ކަނޑައިނުލާތި….. އަޔާން…. އޭނާ ކާރުތެރޭތަ ބޭންދީ؟ އެކަމް… އަވަހަށް ހިނގާބަލަ..” ޒާއިން އެހެން ބުނެލިއަޑޫ ކިއާރާއަށް އިވުނެވެ. ކިއާރާ ފޯނު ކަނޑައިލުމެއްނެތި އިނެވެ. ސައީދާ ހީވީ ލޯގަނޑު ތަޅާލަން އުޅުނުހެންނެވެ. މީހަގު ހިލަމެއް ވެލާއިރަށް އޭނާ މަޑުން ކާރު ދޮށުގައި ހުރެފައި އަނެއްކާވެސް ޖަހާލައެވެ. “ޒާން… އޭނާ ހަލާކުކޮށްލަނީ…. ޒާން…” ކިއާރާ ބުނެލިއެވެ. ޒާއިން ދެންވެސް ބުނީ މިދަނީ ކަމުގައެވެ.
ނިމުނީ…..
56 Comments!
Comments are closed.
Good morning. Hama kiriyaa up kurevuny lol I’m going class ah bye tc.. And as I said before if I b late to up in the morning than wait till afternoon. Bye bye. ????? c u guys tonight.
Hey. Kitty ah dhera gotheh nugadhacche dhen. Pls pls.
wow
Mihaaru vaa varu vehjey kitty ah dhen ehn nahadhahchey plx . Mi story kiyaafa Hama rivet varu vey
Shelton ah fahun nunnu ah ehme kamudhr story akah fenunu mi story
Mihaaru vaa varu vehjey kitty ah dhen ehn nahadhahchey plx . Mi story kiyaafa Hama rovey varu vey
Shelyn ah fahun nunnu ah ehme kamudhr story akah fenunu mi story
wow. salhi
adhi mihaathanah kiyamun anna enme rythi vaahaka.
Ryn ur too good keep it up
Nimunee jahaafa e iny. Btw v reethi
Nimuneetha. Kyvve nimuneeee jahaafa. Vaahaka vvvvg nice. Eagerly waiting for next part. Avahah up koh dhehchey.
Nimunee ey ???
Wow just wow mi story hama ???
And Maa Sha Allah ryn akee mi site ga ves emme ithubaaru kurevey eh liyuntheriya
Miveni varakah up kohdheynamey bunefa kameh dhimaanuvanyaa hama up koh dhey
And that’s why we love you ?
Uh sorry guys for that “nimuny” e olhumakun and I’m in class so can’t remove it from phone as I told u kurin vx can’t edit phone in cx of the new update. And thank you so much. ????????
Maasha Allah. V reethi. Ekamku alun past ga vee kantha viya nudhechey pls. Ehen vehjeyaa foohi vaane story. Loabi ge vaahaka eh veema boda loabi ge baa aama reethi vaanee
Alhe dhn e saeedha kairinn kiyara save koh dheeba ayaan menn..
Plx kiyara ahh anehkaa dheragotheh nuhadhahcheyy..she have already been in enough pain…
Story is fab..
Vvvv salhi..
Midhen kihaa drama bodu vaahakaeh. Ekamakuves baeh meehunah mivareh netho.mihaaru mihen dhigulaidhanee ayaange sidun kameh nuvey.iruirukolhun ayaan fenileema nimuneedho.kiara romun dhuva konme gadiehga ayaan anaany. Really funny
It’s not only drama… Kamu nudhannaa nukyma nimunynu… Knmehen kiyumaky majboor kameh nuney negative comments dheykah.. U ah Kamu nudhiyas mi vahaka kamudheyey aharunnah.. Aharen Kiya fanamey.. I love thz story 😛
Alhe dhn kitty dhaaan jeheyytha enulafaaa saeedhaa fenunekeyy kiyaafr.. hama kitty ah ragalhu meehun libuneenun e….?? mai vx… kitty ah dhera gotheh nahadhaathi… saeedhaa mn burst konllaafr jalah lai… eyrun emeehun nah visneyni… waiting fr nxt part
v v nicw
Thi firihenetha anonymous. …?
Den alhey Ayaan kayri bunenba eyiy Alia ey. ?
Kuriyah oi bayah vrh inthixaaru kuran…..vrh vrh vrh reethi….
Ma sha allaah. Vvvv nice bt efakeeru ah kurin v gothah viyya nudhey thi
Wow nice mi part vs pls save knhdhehchey kiyaa e nimaal mn ge faraathun thanks ryn next part ge inthixaaru
Ryn abadhu up kurey thw beleny vvv reethi ehenve plx awas kohba
Habeyys. …… 🙂
Ryyn mi baives vrh reethi. please please kiyara ah dhera gotheh nahadhacchey.
ryn kiya ah dhera gotheh nahadhathi mifaharu plxxxxxxxxxxzz
Duu tudey heyvu thury paartus??
Alhe ehaa kada mamma eh dhn alhe bust kohlanvy nun?
I love this story so much, but kiara needs to stop crying all the damn time. She is always depending on someone to save her from something. It’s time she stood up for herself. Just my opinion. 🙂
Plx awahah up kohba. Thedhey ekahala mom mennah jeheyne adhabh liben. KiyAa ah insaaf hoadha dhy. . . .
Asluves kiara maa varah rony.. Roa myhunnakah kameh nuvaane.. Nikan tgi ruingadu huhtaalaafa thikankamaa kurimathi laabala.. Amaa ves dhn jalah laa.. Kiara thi car ga thihen indhegen polihah gulhaabala.. Ehn noony mashah gulhaaa madhaanan salamaiykuran
Kalhu handi.. Kaley eyna salaamai kurumuge kurin ma e manje salaamai kuranan.. Ma nufuppache.. Ma emanje dheke v loabi vey.. E manje ah echehi nukiya..
Mashah ingey kaleyaky v foni kanda myhehkan.. Hey dhakkalanan mi faharu..
Hey dhakkabala.. Loabeege handi hehe..
kae men ekakuves kiyaa gaaga igili kuri ves jahsaaliiyaa nimuny kae men nudupahchey kiyaa akee magey myheh i Love her A lot a lot
#@#@#@#@#@#@#@@#@#
i love saieedhaa lol
vv reethi
Vvvvv nyc story kyp it up
abadu rony myga uley kitty eh..kiyan vx foohi..maa draamaa gandu gina ee..ekam story v nice
Nce waiting for next part… ?
Kn irakun upkurany Ryn.. Avahah upkohdheche
Kiaa thiulheny moyavegentha mamma viyas kusekkuriyyaa eyge haggu adhabu libenjeheyne kiaa ah aneffaharu thifennany eyge kanthah aahirathuga kiaa ah kiaage mamma salaamai koh dheveynetha? Mihaarussure mammage hagygaiy kiyaadhy mamma ah adhabudhy eyrun mamma ah heyovisnun libi thaubaavedhaane kiaa beynumennoontha kiaa ge mamma rangalhuvegen mujuthamau ah nikume ulheythan dheken? Ehennoonas kiaa sirrukuraa iru emyhun ekuraa hurihaa nubaikameh kiaa ge bolugaves elheyne kan neyngeytha kiaa sirru koh dheythy hithuga aiy alhaafaviyas mamma rangalhumyhegge gothuga dheken beynun nama n mamma rangalhukuranbeynunnama avahah mamma ah adhab libeyne goiy hadhaa ehennoony dhen thi avvure dheragothevvedhaane pls pls ryn stry vvv salhi v hiyhamajehey n waitin waitin nxt part
Reen avas…keh madhuvefa
Ryn kobaa……. avaskoh upkohladheebala
avas next part
Koba Reen
Avaha up kohlaba
Vara salhi
Ryn kobaaaaa
Hadha lasvany Mirey…
Waiting….
Kihineh v yo miadhu 2 parts up nuvanytha??
wt hpnd waitn avahah up koh dhyba