Skip to content
އެސްފިޔަ

ލޯ މެރޭ ހިނދު ހީވޭ ކަލާ ވާހެން…(02)

ކުރިމަތީ ތިބި ދެމީހުންފެނި ސިނާގެ ދެލޯ ބޮޑުވިއެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތީ ތިބީ އަމިއްލަ ފިރިމީހާއާއި ފިރިހެން ދަރިފުޅެވެ. “މަންމަ ކައިރީ ހަމަ މިކިޔަނީ ދިޔާން އޭ.. އެކަމުވެސް މަންމަ އަޑެއް ނާހާވިއްޔަ “ ގުދުގައި ފިރުމާލަމުން ދިޔާން ބުނެލިއެވެ.

“އަޅެ މަގޭ ވައިފް ހާާދަ ލޯބިންނޭ ތި ވެލްކަމްކީ.. މިވެލްކަމްއެއް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ “ ދާނިޝްވެސް ، ތަދުވެފައި ހުރެ ނަމަވެސް ގަދަކަމުން ހީލަމުން ބުނެލިއެވެ. އެވަގުތު މީހަކު އަޑުން އަޑު ނަގާ ހޭ އަޑު އިވުމުން ތިންމީހުންނަށްވެސް ފަހަތަށް ބަލައިލެވުނެވެ.
ދިމްރާ އޭރު ހުރީ ހީހީ ހަލާކުވާ ވަރުވެފައެވެ. ހިނިގަނޑު ކޮންޓްރޯލް ކުރަން އުޅުން ވަރަކަށް އޭނާއަށް ހެވެނީއެވެ. އޭރު ދިމްރާގެ އުނގުގައި އިން ދިފްލާއަށް ވާނުވާ ނޭނގުނަސް ދިމްރާ ހޭތަން ފެނި އޭނާވެސް ހެމުން ދިޔައެވެ. ހެމުން ހެމުން ގޮސް ކައިރީ ހުރި ސޯފާ ގޮނޑި މައްޗަށް ވެއްޓިގަތް އިރުވެސް ދިމްރާގެ ހުނުމަކަށް ބަދަލެއް ނާދެއެވެ.
ވަގުތުން މިއީ ދިމްރާގެ ކަމެއްކަން އެދެމީހުންނަށް ވިސްނުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދިމްރާގެ ލާނެއްކަން ހައްދެއް ނޯންނަކަން އެދެ މީހުންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ.

ކުރުކޮށް އާދައިގެ ވަރަކަށް ، ރީތިކޮށް ހަށިގަނޑު ހުންނަ ދިމްރާއަކީ ލާނެއްކަމުގެ ހައްދެއް ނޯންނަ ކުއްޖެކެވެ. މޮޅެތި ހިޔާލުތައް އަންނަ ، އަދިހަމަ އެހެންމެ މީހުންނަށް ލަނޑުދިނުމަކީ ދިމްރާގެ އާދައެކެވެ. އުމުރާއި ބަލާއިރު މީހާގެ އުޅުން ހުންނަނީ މާ ކުޑަކުދިންގެ އުޅުމެވެ.
ނަމަވެސް އެންމެންގެ ހިތުން އެ ކުއްޖާޔަށް ޖާގަ ލިބިފައި ވަނީ އެ މަޖާ މިޒާޖުގެ ސަބަބުންނެވެ. ދިމްރާއަކީ ސަމާސާ މިޒާޖެއްގެ އެންމެންނާވެސް ގުޅޭ ކުއްޖެކެވެ. ކަންކަމުގައި ފަސްޖެހުން އެއީ އޭނާގެ ގައިން ވަރަށް މަދުން ފެންނާނެ ކަމެކެވެ. ދިމްރާއަކީ އަނެއްދެކުދިންނާއި ހިލާފަށް ބުރުގާ ނާޅާ ހުންނަ ކުއްޖެކެވެ. އާންމުކޮށް ލާއި އުޅެނީ ދިގު ތިރި އާއި މައްޗެވެ. އެހެނަސް ޒަމާނަށް މާ ލޯބި ކޮށެއްވެސް ނޫޅެއެވެ.
ދިމްރާ ހެމުން ހެމުން ސޯފާއިން ތެދުވެ ދިފްލާ ތިރީގައި ބެހެއްޓިހެން ހީނުވެ ފެނުނީ ކުއްލިއަކަށް ދިޔާން އާއި ގޮތަށް އައިސް ދިމްރާގެ ކަންފަތުގައި ހިފާލިތަނެވެ. “ސަޕްރައިޒް ދިނަސް ތި ނޫން ގޮތަކަށް ނޫނީ ހަމަ ދޭން ނޭނގުނީތަ “ “އައުޗް..އައުޗް..އައުޗް” ދިމްރާ އޭރު ދިޔާންގެ އަތް ނެއްޓުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. “ދެން ތީ އަޅުގަނޑުގެ ލޯބިލޯބި ހޭންޑްސަމް ޔާންބެ އޭނުން..ދެން ދޫކޮށްލަބަލަ ޕްލީޒް” ދިމްރާ ދެ ލޮލުން ވަރަށް މައުސޫމް ގޮތަކަށް ދިޔާންއަށް ބަލަން ހުރެ ބުނެލިއެވެ. “ނުކުރާނަން އެނގޭ އެހާ އަވަހަށް މައާފެއް. އަދިވެސް މަންމަ ތެޅި ތަންތަނުން އެބަ ދިލަ ނަގާ..އެކަމު މިހާ ދުވަސް ކޮށްފަ ފެނުނީމަ ހަގް އެއް ބޭނުންވާނެ އެނގޭ. އަދި ނުބުނެ އައީމަ ވެސް މާފެއް ނުކުރަން އިނގޭ” ދިޔާން މިހެންބުނެ ފެނުނީ ދިމްރާގެ ގައިގައި ބައްދާލިތަނެވެ. ދިމްރާވެސް ހިނިތުންވެލާފައި ދިޔާންގެ ގައިގައި ދެއަތް ވަށާލިއެވެ. “އަދި ދޮންބެދައްތަވެސް އެބަ ހުރީމޭ” ސިނާ އައިސް ދިމްރާގެ ކަންފަތުގައި ހިފާލަމުން ބުނެލިއެވެ. “އަޅެ އެންމެންވެސް ކަންފަތުގަތަ” ދިމްރާ ، ދޮންބެ ދާނިޝް އާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “އާނ! އެވަރުގެ ކަންތައް ކުރަންޏާ ވާނީ އެހެންނޭނުން. އަނެއްކާ ކޮއްކޮއާއި އެއްކޮޅަށް ޕްލޭންގައި ބައިވެރިވީމަ ހުރިހާ ލަނޑެއް ދޮންބެއަށްވިއްޔަ” ދާނިޝް ކޮނޑުގައި ފިރުމާލަމުން ބުނެލިގޮތުން އެ ތިންމީހުންގެ ގާތަށްވެސް އައީ ހިންޏެވެ. “ހޫމް! އެންމެންވެސް އަވަސްކޮށްގެން އިޝާއަށް ގޮވުމުގެ ކުރިން މަޣުރިބު ނަމާދު ކުރަން ދޭ. މިހެން މިބުނީ ދިމްއާއި ދާނިޝްއަށް އިނގޭ” ސިނާ މިހެންބުނެ ދިފްލާ އުރާލައިގެން ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ. ދެންތިބި މިހުންވެސް ވާޖިިބު އަދާކުރަން އަވަސްވެގަތެވެ.
ދިޔާން ހުރީ މަޣުރިބު ނަމާދު ކޮށްލައިގެން ކަމުން އޭނާ މިސްރާބު ޖެހީ ބޭރަށެވެ. އިޝާ ނަމާދަށް މިސްކިތަށް ދިއުމަށްޓަކައެވެ. މިސްކިތަށް އެރުމުގެ ކުރިން ދިޔާން އެހެންޏާވެސް އޭނާގެ ރައްޓެހިން އަންނަންދެން މަޑުކުރާ ތާނގަ ހިނގާފަ އައިސް މަޑުކޮށްލިއެވެ. އޭރު އަދި ބަންގި ގޮވަން ދިހަ ވަރަކަށް މިނެޓު ހުއްޓެވެ. މާކަ ގިނައިރަކު ދިޔާންއަކަށް އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އޭނާގެ އެންމެ ގާތް ދެއެކުވެރިން ކަމުގައިވާ ޝާރިިމް އާއި ޔުއާން އައިސް ކައިރިއަށް މަޑުކޮށްލައިފިއެވެ. “ހާދަ ހީވޭ ވާހަކައެއް ކިޔައިދޭހިތުން އުޅޭހެން” ދިޔާންއަށް ޝާރިމްގެ މޫނު ފެނުމުން އެ މޫނުން ދޭހަވަމުން ދިޔަ ކުލަވަރު ފަސޭހަ ކަމާއިއެކު ދެނެގަނެވުނެވެ. ދިޔާން އެހެންބުނުމުން ޝާރިމް ފުޅާ ހިނިތުންވުމަކާއިއެކު ވާހަކަ ދައްކަން ފެށިއެވެ. “ޔޫނޯ ވަޓް ބްރޯ! މިއަދު އަހަރެންނަށް ވަރަށް ރީތި މަންޖެއެއް ފެނިއްޖެ” “އާ ވާހަކައެއް ނެތްތަ” އޭގެކުރިން އެއްޗެއް ނުބުނެ ހުރި ޔުއާން ޝާރިމްގެ މޫނާ ނަޒަރު ސީދާ ކޮށްލަމުން ބުނެލިއެވެ. ޔުއާން ބުނި އެއްޗަކުން ދިޔާންގެ ގާތަށް އައީ ހިންޏެވެ. “މޭން ހާސްނުވޭ! މިފަހަރު ސްޓޯރީ އަލޭ.މިއަދު ޅިޔަނުމެންގެއަށް ދިިޔައީ މަންމަ ބުނެގެން ތިއްތައަށް ކޮތަޅެއް ހަވާލުކުރަން…އުފް..އެވަގުތު އެމަންޖެ ފެނުނީ. ވީގޮތެއް ބުނަންވެސް ނޭނގެ.ހާދަ ސަޅިއޭ” “މަންޖެ ތިކިޔަނީ ނަން ނޭނގުނީމަ ދޯ” ދިޔާން ބުނި އެއްޗަކުން ޝާރިމް ބޯ ކަހައިލިއިރު ، ޝާރިމްއަށް ވީ ގޮތް ފެނި ދިޔާން އާއި ޔުއާން ޖަހާލީ ޓަޗެކެވެ. ޝާރިމް އިތުރަށް ކަޑަ ކޮއްލަންވެގެންނެވެ. “އޯކޭ އޯކޭ!ދިމާކޮށްބަލަ ދޯ..ތި މީހުން ތިހެން ދިމާ ކުރީތީވެސް އަހަރެން އެ މަންޖެ ހޯދާފަ ނޫނީ ދޫ ނުކުރާނަން. އެ މަންޖެގެ ނަންވެސް” ޝާރިމް އަކީ އަންހެނުން ކަންތަކުގައި ކުރީގައި އުޅޭ ކުއްޖެކެވެ. އެކުދިންނާއިއެކު ގޯސް އަމަލެއް ކޮށް ނޫޅުނަސް އެކިފަހަރު އެކި ދުވަސްދުވަހުން ޝާރިމް ގެންގުޅޭ ކުދިން ބަދަލުވެލާ ގޮތްވެސް ނޭނގޭނެއެވެ. ހަފްތާއެއް ވާއިރު ހުންނާނީ ގިނަފަހަރަށް ގެންގުޅޭ އަންހެންކުއްޖާ ބަދަލުވެފައެވެ.
ވާނީވެސް އެހެންތާއެވެ. ޝާރިމްއަކީ ރީތި މީހެކެވެ. އަންހެންކުދިން ހިތްކިޔާނެ ފަދަ އެތައް ސިފައެއް އޭނާއަށް ލިބިފައިވެއެވެ. 12 ވަނަ ޤުރޭޑުގައި އުޅެމުންދާ ޝާާރިމްއަކީ އިސްކޮޅުން ދިގު ، ފިރިހެންވަންތަ ހަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. އިތުރު ފުރިހަމަ ކަމެއް ގެނައުމަށް އޭނާ އާންމުކޮށް އުޅެނީވެސް އިސްތަށިގަނޑު ސްޕައިކް ޖައްސާލައިގެންނެވެ.އެވެސް އަންހެންކުދިން ކާމިޔާބު ކުރުމަށް އޭނާ ގެންގުޅޭ އުކުޅެކެވެ. އާންމުކޮށް ޝާރިމް ލައި އުޅެނީ ޓީޝާޓާ ޖިންސެވެ. އެއީ އޭނާއަށް މާ ކަމުދާ އެއްޗަކީއެވެ. މިއާ ހިލާފަށް، ޔުއާން އާންމުކޮށް އަބަދުވެސް ލައި އުޅެނީ ގަމީހެވެ. ދިޔާން ގިނައިން ގަމީސް ލައި އުޅުނަސް ޓީޝާޓުވެސް ލައި އުޅެއެވެ. އިސްކޮޅުން އެދެމީހުންވެސް ހުންނަނީ ޝާރިމްއާއި އެއްވަރުގެ އިސްކޮޅެކެވެ. ޔުއާން އަކީ އުޅުމުގައި މަޑުމައިތިރި ބަސްމަދު ކުއްޖެކެވެ. އަދި އަވަސް އަވަހަށް ކަންކަމުގައި ރުޅި އިސްކުރެވޭ ކުއްޖެކެވެ. އުޅޭ އުޅުމުގައި އަންހެންކުދިންނާއި ވީހާވެސް ދުރުން އުޅުން އެއީ ޔުއާންގެ އާދައެވެ. އަންހެންކުއްޖަކާ އަނގައިން ބުނެލާ ތަންވެސް ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. ވާނީވެސް އެހެންތާއެވެ. އަންހެންކުދިން އޭނާއާއި ހެދި މާ ވަރުން އުޅޭތީ އޭނާ އަންހެންކުދިންދެކެ ވަނީ ފޫއްސެވެ. މާ ރީތި ވާކަށް ޔުއާންގެ ޝައުގެއް ނުހުރެއެވެ. ފަން އިސްތަށިކޮޅު ސްޓައިލެއް ހެދުމެއްނެތި އޮންނަނީ ނިއްކުރި މައްޗަށް ދޫކޮށްލާފައެވެ. ގަމީސްވެސް އާންމުކޮށް ލައި އުޅެނީ އަނދިރި ކުލަކުލައެވެ.
ދިޔާންވެސް ޝާރިމްއާއި ހިލާފަށް އަންހެން ކުދިންނަށް މާ ޝައުގުވެރިކަމެއް ނުދައްކައެވެ. އެހެނަސް ޔުއާން އާއި ހިލާފަށް އަންހެންކުދިންނާއި ހިތްހެޔޮކަމާއިއެކު ވާހަކަ ދައްކައި އުޅެއެވެ. މަޑުމައިތިރި ކަމެއް އުޅުމުގައި ހުއްޓަސް މާ ސީރިއަސް ވެރިއެކޭ ވެސް ނުބުނެވޭނެއެވެ. “އޭ މިރޭ ނެތް ދެވޭކަށް. އެނގޭނުން ދިމް..ބައްޕަގެ ކޮއްކޮ. އޭނާ އައިސްގެން އުޅެނީ. އެހެންވެ އަވަހަށް ގެއަށް ދާން ޖެހޭނެ. ނޫނީ މިރޭ އޭނަ އަހަރެން ކާލާނެ” ދިޔާން ހިނިތުންވެލާފައި ބުނެލިއެވެ. “އޯކޭ ޓޭކް ކެއާރ މޭން” ޔުއާން އާއި ޝާރިމްވެސް ވަދާއީީ ޓަޗެއް ޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ދިޔާންވެސް އަވަސްވެގަތީ ގެއަށް ދިއުމަށްށެވެ.

ދިޔާން އައިސް ގެއަށް ވަތްއިރު މަންމައާއި ދިމްރާ ސިޓިންރޫމް ސޯފާގައި ތިއްބެވެ.ކޮންމެސް މަޖާ ވާހަކައެއް ކިޔާފައި ހެނީއެވެ. “ކޮން ވާހަކައެއް ކިޔާލަނީ.މާ މަޖާ ވާހަކައަކަށް” ދިޔާން އައިސް އެތަނުން ސޯފާއެއްގައި އިށީންދެފައި އަހާލިއެވެ. މިއަދު ހަވީރު ކަންތައް ވީ ގޮތް ކިޔަކިޔާފައި ހެނީކަން އެނގުމުން މިފަހަރު ދިޔާންގެ ގާތަށްވެސް އައީ ހިންޏެވެ. އޭނާގެ މަންމަ އުޅުނީ ހިނި ނާންނަވަރު ގޮތަކަށް ނޫން ވިއްޔާއެވެ. “މަންމަ އަހަރެމެން ގައިގަ ތެޅިއިރު އަހަރެންނާ ބައްޕައާއި ހާދަ ވަރަކަށް ކީމޭ ޔާން އާ ބައްޕައޭ..އެކަމު މަންމައަށް ހީނުވޭ ބަޔަކު އެއްޗެކޭ ކިޔާހެންވެސް” “ ހާހާ! އަހަރެން ގާތަށް އަދި އެންމެ ހިނިއައީ ދޮންބެ ބުނި އެއްޗަކުން..ވެލްކަމް ކީ ގޮތް ހަނދާނެއް ނުނެތޭނެޔޯ ބުނީމަ” އެއާއިއެކު ތިންމީހުން އެއްފަހަރާ ހޭންފެށިއެވެ. އަދި އެވަގުތު ދާނިޝް ފެނުމުން އިހުނަށްވުރެ ގަދައަށް އެ ތިން މީހުންނަށް ހެވުނެވެ. އެރޭ ކާން ތިބެގެންވެސް ދެކެވުނީ އެވާހަކައެވެ.

ހެނދުނު ހޭލިގޮތަށް ދިމްރާ ފުރަތަމަވެސް ތައްޔާރުވެލީ އެންމެ ގާތް ދެ އެކުވެރިންނާ ބައްދަލް ކޮށްލަން ދާށެވެ. ނަމަވެސް ދޮންބެ ނެތުމުން ، އެކަނި ދާންވެސް ނޭނގެނެތީ އާއިއެކު ޖެހުނީ ދިޔާން ހޭލައްވާށެވެ. ފަތިސް ނަމާދު ކޮށްގެން ނިދަން ޖައްސާލި މީހާ އޮތީ ގަދަ ނިދީގައެވެ.
ދިމްރާ މަޑުމަޑުން ހިނގާލާފައި ގޮސް އެނދު ކައިރިއަށް ހުއްޓިލިއެވެ. ގޮވަގޮވާވެސް ދިޔާން ހޭލާނެ ގޮތެއް ނުވިއެވެ. އެއްމެފަހުން ބަދިގެއަށް ގޮސް އައީ ފިޔާބުރިއެއް އަތަށް ލައިގެންނެވެ. ދިޔާންގެ ނޭފަތާއި ކައިރި ކޮށްކޮށްވެސް ދިޔާން އަށް ކަމެއް ވާހެންވެސް ހީނުވެއެވެ. އެންމެފަހުން ދިމްރާ ކުރި ކަމަކީ ދިޔާންގެ އަނގަޔަށް އެފިޔާކޮޅު ކޮއްޕާލީއެވެ. ދިޔާންއަށް އެ ހަފާލެވުމާއިއެކު ވީ ގޮތްވެސް ނޭނގުނެވެ. މީހާ ފުއްމައިގެން ތެދުވިގޮތަށް ފިޔާކޮޅު ވައްޓާލީ އަތަށް އެ ކޯއްޗެއްކަން ޔަޤީން ކޮށްލާށެވެ. އޭރު ކައިރީ އަނގަމަތީ ދެއަތް އަޅާލައިގެން ދިމްރާ ހުއްޓެވެ.
ދިޔާން ބަލައިލުމާއިއެކު ދިމްރާ ހަޅޭއްލަވައިގެންފާ ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. ދިޔާންވެސް ފުއްމައިގެން ތެދުވެ ދިމްރާއާއި ދިމާލަށް ދުއްވައިގަތެވެ. ކަންދިމާކުރިގޮތުން ދިޔަބާރުމިނުގައިި ދިމްރާ ލައިގަތީ ދޮރުމަތީ އައިސް ހުއްޓިލި މީހެއްގެ ގައިގައެވެ. އެހެންކަމުން މީހާއަށް ލިބުން ސިހުމުގައި އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. އެމީހަކު ހިފަހައްޓާލުމުން ދިމްރާާ ދެލޯ ބޮޑުކޮށްލާފައި އެމީހެއްގެ މޫނަށް ބަލައިލިއެވެ. ދިމްރާގެ ހިތް ނުތަނަވަސް ވެގެން ދިޔައީ ކުރިން ފެނިފައި ނުވާ މޫނެއް ފެނުމުންނެވެ.ދިމްރާގެ މޫނަށް އޭނާވެސް ހުރީ ބަލަހައްޓައިގެންކަމުން ދިމްރާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމާއިއެކު އޭނާ ކޮއްލި ކަމަކުން ދިމްރާއަށް ލިބުނީ ހައިރާންކަމެކެވެ.
ޔުއާން ދިމްރާ ދޫކޮށްލުމާއިއެކު ދިމްރާ ތަށިމުށިތައް މައްޗަށް ވެއްޓުނީއެވެ. އެވަގުތު ވީ ތަދުން ނުތެދުވަން އޮއްވާއި ދިޔާން އައިސް ކޮށްލީ އަދި ހީ ނުކުރާ ވަރު ކަމެކެވެ.ދިޔާން ، ދިމްރާގެ މޫނުގައި ބާލިސް އަޅާާލާ ހިފަހައްޓާލީ ނޭވާ ހާސްކޮށްލާށެވެ. އިރުކޮޅަކުން ދިޔާން ބާލީސް ދުރުކޮށްލީ ދިމްރާ ނޭވާ ހާސްވެގެން ތެޅިތެޅިފައި ދިޔާންގެ ގައިގައި ފައިން ޖަހާލުމުންނެވެ. ދިޔާން ބާލީސް ދުރުކޮށްލި އިރު ދިމްރާ އޮތީ މައިނޭވާ ލެވިލެވިއެވެ. ދިމްރާއަށް ވެފައި އޮތް ގޮތް ފެނި ދިޔާން ފެށީ ހޭށެވެ.
ދިމްރާ މީހާ ހަމައަކަށް ނޭޅެނީސް ފުންމައިގެން ކޮޅަށް ތެދުވިއެވެ. އަދި ދިޔާން އާއި ދިމާލަށް ދޫ ނެރިލާ ވައްތަރު ކޮއްލަމުން ބޭރަށް ނުކުންނަން ދާން ހިނގައިގަތެވެ.ކުރިމަތީ ދެ ޖީބަށް އަތް ޖަހައިލައިގެން ހުރި ޔުއާންއަށް ދިމްރާ ދެލޯ އަޅާލީ އާއި ރުޅިއެއްގެ ސަބަބުންނެވެ.ދިޔާންއަށް މިއަދު ދިމްރާ އަތުވީ ކުރިމަތީހުރި މީހާ އާއި ހެދި ކަމަށް ވީތީއެވެ.

ދިޔާންއާއި ޔުއާން ކޮޓަރިން ނިކުތްއިރު ދިމްރާ އިނީ ބޮލުގާއި އައިސްޕެކް ޖައްސާށެވެ. އެތަންފެނި އެމީހުންގެ ގާތަށް ހިނި އާއި ނަމަވެސް ބޭރު ފުށަކުން އެމީހުންނެއް އެކަމެއް ނުދައްކައެވެ. “ދަރިފުޅު ތައްޔާރުވެގެން އަންނަންދެން ދިމް އެއިނީ ސައި ނުބޮއެ” ސިނާ ، ދިޔާން ފެނުމާއިއެކު ބުނެލިއެވެ. އަދި ޔުއާންއަށް ގޮވާލާއި، ޔުއާންވެސް ސައިބޯން ދިއުމަށް އެދުނެވެ. ނަމަވެސް މިއައީ ގެއިން ސައިބޮއެގެން ކަމަށްބުނެ ޔުއާން އުޒުރުވެރިވިއެވެ. ދިޔާން ކާމޭޒު ކައިރީ އިށީންނުމުން ޔުއާން ގޮސް އިށީނީ ސިޓިންރޫމް ސޯފާގައެވެ. އޭރު އައިސްއަލަމާރިއަށް އައިސްޕެކް ލާފައި ދިމްރާވެސް އައިސް ކާމޭޒު ކައިރީ އިށީންދެއްޖެއެވެ. “ދެން ބުނެބަ! މިއަދު މާ މޮޅުގޮތަކަށް ތި ގޮވީ ކީއްވެއޯ. އަހަރެންނަށް އެނގެއޭ ކަމެއް ބޭނުންވީމަ އުޅޭ ގޮތްކަން އެއީ” “އަހަރެން ގޮވާގޮވާ ވެސް ނުހޭލީމައޭ އެހެން ހެދީ. އަދި ކުރެވުނު ވަރު ކުޑައީ…އޫމް! ތިޔެއްނޫނޭ..ޔާން ކޮއްދޭންވީ ކަމަކީ މިއަދު އަހަރެން ގެއަކަށް ގެންގޮސް ދޭންވީ. ބުނީމޭނުން ބެސްޓީީގެ ވާހަކަ.މާލޭގައޭ އުޅެނީ. އޭނަ ކައިރިއަށް ދާންވެގެން” “އޭ ސަޅި ބިޓެއްތަ؟އޭރުން ދެވޭނީ” “ސާބަސް ޔާން..މި ފިރިހެނުންވެސް ދޯ. އަން ކިޔައިފިއްޔާ ހެޔޮވާނެ އަންނާރެއް ވިޔަސް..ހޫމް..ވަރަށް ވަރަށް ކިއުޓް ވާނެ. ނަމަކީ އުޝާ. ސޭމް އޭޖް. އިތުރަކަށް ކިޔައެއް ނުދެވޭނެ” “އުޝާ..އުޝާާ..ސަޅި ނަމެއް” ދިޔާން ވިސްނާލާ ރާގަކަށް އެ ނަން ކިޔާލަމުން ބުނެލިއެވެ. “ދެންވެސް ހިޔާލީ ފޮލާ ކައްކަން ނީންދެ އަވަސް ކޮއްބަލަ.އަވަހަށް ދެވޭތޯ…އަދި ތިޔެއް ނޫނޭ. މިއަދު އަހަރެން ވައްޓާލީ އެ ކާކު؟” ދިމްރާ ކޮފީތަށިން ކޯ ވަރެއް ބޯލަމުން ބުނެލިއެވެ. “އެއީ ޔުއާން…ދިމް ހުރި ގޮތް ފެނިފަ ބިރުން ކަންނޭނގެ އެ ވައްޓާލީ” ދިޔާން ދިމްރާ ރުޅި އަރުވާލުމުގެ ގަސްދުގައި ބުނެލިއެވެ. “އަހަރެން މީ އަރާ ކާ އެއްޗެއް ނޫން އެނގޭ. އަދި އޭނާއަކަށް އެގޮތަށް އަހަރެން ވައްޓައެއްވެސް ނުލެވޭނެ.އެންމެދެރަވެގެން ސޮރީ ވެސް ބުނެ ނުލި.އެހެން ހެދީތީވެސް ހުރެބަލަ އަހަރެން ދޭ ފިލާވަޅު ބަލަން” ދިމްރާ ދަތްކުޑި ވިކާލަމުން ބުނެލިއެވެ. “ މާތްކަލާކޯ! އެސޮރު ފަކީރުގެ ދުވަސްދިޔައީ” ދިޔާން ދެފަރާތަށް ބޯ ހޫރާލަމުން ލާނެއް ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

ދިމްރާ ގޭ ދޮރު މައްޗަށް ނިކުތްއިރު ދިޔާން އާއި ޔުއާން ދޮރުމަތީ މަޑުކޮއްލައިގެން ތިއްބެވެ. “އޯކޭ! ދަނީ އެނގޭ..ފަހުން އަންނައްޗޭ” ދިޔާން އެހެން ބުނުމުން ޔުއާން ބޯޖަހާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.އެވަގުތު ހީ ނުކޮށް ހުއްޓާ ދިމްރާ ފައި ދިމާކޮއްލުމުން ޔުއާން ދިމްރާގެ ފައިގައި އަޅައިގެންފާ ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އެވަގުތު ޔުއާންގެ ރުޅިވެރި ނަޒަރު ދިމްރާއާއި ސީދާވެގެން ދިޔައެވެ.ދިމްރާ ޖަހާލީ ހިނިގަނޑެކެވެ.ދިމްރާގެ މި އަމަލުން ޔުއާންގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަން ގައިމެވެ. ޔުއާންގެ ރުޅިވެރި ނަޒަރުން އެކުއްޖާގެ މޫނުމަތިން ކުޑަ ކޮންވެސް ބިރުގަތްކަމުގެ އަލާމާތެއް ފެންނަން ނެތުމުންނެވެ. އެކަމާ ޔުއާން އެއްޗެއް ބުނަން އުޅެފައިވެސް އަޅާނުލާ ހިނގައިގަތީ ކުރިއަށެވެ. “ދިމް! ކީއްތިކުރީ” މަންޒަރު ބަލަން ހުރި ދިޔާން އަހާލިއެވެ. “އަދަބު ދިނީއޭނުން މިއަދު ކުރި ކުށުގެ” ދިމްރާ މިހެންބުނެ އަނެއްކާވެސް ހޭންފެށިއެވެ. “ހޫމް! ދެން ހިނގާ ދާން” ދިމްރާ ޔުއާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭރުވެސް ދިމްރާގެ ހުނުމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ތަންކޮޅަކަށް ގޮސް ދިމްރާގެ ހުނުން ހުއްޓިގެން ދިޔައީ ކުއްލިއަކަށެވެ. ހިތަށް އެވަގުތު އަރައިގެން ދިޔަ އެއްޗަކުންނެވެ. ދިމްރާއަށް ވީގޮތުން ދިޔާން ދިމްރާގެ މޫނަށް ބަލައިލިއިރު ދިމްރާ ހުރީ ދެލޯ ބޮޑުކޮށްލައިގެން ހުއްޓުން އަރާފައެވެ. “މިހާރު ކިހިނެއްވީ؟” “ދިޔާން އަނެއްކާ އެއީ…އެއީ..” ދިމްރާއަށް ވާހަކަ ދެއްކުނީ އަޅައި އަޅައި ގަންނަމުންނެވެ. “ކޯއްޗެކޭ ތިކިޔަނީ. ކޮން އެއީ އެއީއެއްތަ” ދިޔާންއަކަށް ދިމްރާ ދައްކާ ވާހަކަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. “އެއީ މަންމަނު ކުއްޖެއް ދޯ.އެހެންވެ ދޯ އޭނަ ވާހަކަ ނުދައްކަނީ” ދިމްރާ ބުނެލި އެއްޗަކުން ދިޔާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.ބާރުބާާރަށް ހޭންފެށިއިރު ދިމްރާ ހުރީ ދިޔާންގެ މޫނަށް ބަލަހައްޓައިގެންނެވެ. “ކީއްވެތަ ތިހެނީ. އެކަހަލަ ކަމެއް ހުރިއްޔާ ބުނީމަ ދޯ އެނގޭނީ” “އޯކޭ…ސޮރީ ސޮރީ..އަސްލު ހިނިއައީ ކުރިން ތި ހިޔާލު ނައިސް ފަހުން ތި ވިސްނުން އައީމަ” ދިޔާން ބޭނުންވީ ދިމްރާ އެ އޮޅުމުގެ ތެރޭގައި ބަހައްޓާށެވެ.އެހެންވެ ތެދަށް ބުނާކަށް ދިޔާން ހިޔާލެއް ނުކުރެއެވެ.

“އައްސަލާމް އަލައިކުމް” އުޝާމެން ގޭ ދޮރުމައްޗަށް ހުއްޓިލާފައި ދިމްރާ ސަލާން ގޮވާލީ ދޮރު ތަޅުނުލާ ހުރުމުންނެވެ. “ވާލައިކުމް ސަލާމް” ސަލާމް ބަލައިގަތީ އުޝާގެ މަންމަ ފާތިނާއެވެ. “އަނހަ…ދިމްމެން ދޯ..އާދޭ އާދޭ…ދައްތަ ހަމަ ބޭރަށް ދާން އުޅެނިކޮން ތިއައީ..އުޝާވެއްޖެ ކޮޓަރީގަ.ގޮވާލާ އެނގޭ..ދައްތަ ދަނިއްޔޭ ދެން” ފާތިނާ މިހެން ބުނެ ނިކުންނަން ހިނގައިގަތީ ދިޔާންއަށްވެސް ހިނިތުންވެލާފައެވެ. “ޔާން މަޑުކުރޭ..އެބަ އަންނަން ގޮވައިގެން..އިންޓްރޯ ވާން ޖެހޭނޭނުން ދޯ” ދިމްރާ މިހެންބުނެފަ މައްޗަށް އެރުމުން ދިޔާން އެތަނުން ސޯފާއެއްގައި އިށީނދެލިއެވެ.
އޭގެ ފަސްވަރަކަށް މިނެޓު ފަހުން ދިޔާންއަށް ސިޑިއާއި ދިމާލަށް ބަލައިލެވުނީ ދިމްރާމެން ފައިބާ އަޑު އިވުމުންނެވެ. އެވަގުތު ކުރީގައި ހުރެގެން ފައިބަމުން އަންނަ އުޝާ ފެނުމުން ދިޔާންއަށް ވީ ބުނެދޭން ނޭނގޭ ކަހަލަ އިހްސާާސެކެވެ. ބަލަހައްޓައިގެން ހުރެވުނީއެވެ. މޫނު އަނބުރާލާކަށް ހަނދާނަކަށް ނައެވެ. ހޭވެރިކަން ވީ ދިޔާން ބަލާވަރުން އުޝާ ލަދުން އިސްޖަހާލީމައެވެ. ހޭވެރިކަން ވުމާއިއެކު ނޫން ކަމަށް ހަދާފައި ދިޔާން ދުރު ބަލައިލިއެވެ. އަދި މީހާ ހަމަޔަކަށް އެޅިލިއެވެ.ނަމަވެސް ހިތް އޭރުވެސް ހަމަޔަކަށް ނޭޅޭއެވެ.
އުޝާ ފެނުމުން ދިޔާންއަށް އެއީ އަލަށް ފެނުނު މޫނެއް ކަމަކަށް އިހްސާސެއް ނުކުރެވުނެވެ. ހިތް އެދެމުން ދިޔައީ އަދިވެސް އެ މޫނަށް ބަލައިލާށެވެ. އުޝާގެ ހުރި ލަދުވެތިކަމާއި ހިތްހެޔޮކަން ދިޔާންއަށް ވަރަށް ކަމުދިޔައެވެ. “އުޝާ” އެ ނަން ކިޔާލެވުނީ ހިތުގެ އިހްސާސުތަކަށް ބަދަލެއް އައިސްފިކަން އިހްސާސްވުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (51)

  1. Shahittey

    V v v salhi mivaahaka genes dhyfa vaagoiy. Aneh part kondhuvahakun genes dheny

    1. ithoo
      Shahittey

      Thanxxx dearr… In sha allah maadhamaa ah kureveythw mi balanee.. ☺

  2. Yaax

    Varugadha tache dw mimiyhun mijahaniy!!!
    But varah reeeethi?
    I love it❤?

    1. ithoo
      Yaax

      Dwww… Thanxx dearr…

  3. Ibbe

    Bahuge fenvaru varah dhah. Kiyan varah undhagoo

    1. ithoo
      Ibbe

      Thanxx dear..bunela dhineema.. Rangalhu kuran masaihkaih kuraanan.. ☺

    2. Hau
      Ibbe

      Kn gothakun bahuge fenvaru dhashy… mi ah vuren reethi adhi hiygaimu story eh adhi miah vuren bahuge gothun fenvaru mathi story eh adhi hau akah nukiye..??
      Gud luck ithoo… next time vx thihen gud kn liyamun gendhey.. gud luck for the next part..

    3. Hau
      Ibbe

      Wow… story ge idea v reethi… n heehee halaaku vehje… ???
      Gud luck for the next part..

    4. ithoo
      Ibbe

      Thanxx hau.. Adhi kuriah vx varaa majaa vaa kanthah thah ahnaane.. Nimendhen kiyaalahcheyy ☺

  4. Aish

    Varah reeeeeethi l love ??

    1. ithoo
      Aish

      Thanxx dearr.. Happy to hear that.. ☺

  5. Shewish

    Idea salhi
    Bahuge hamathakah balaigen fenvaru ragalhu kollumun v furihama vaane
    Dhen beykaaru baives thankolheh gina
    Ekam salhi

    1. ithoo
      Shewish

      Thanxx dearr.. I will try my best rangalhu kurumah.. ☺

  6. hidhaa

    Varah reethi story eh. Waiting 4 next part..??

    1. ithoo
      hidhaa

      Thanxx dearr…☺

  7. Sanu

    Vvvv loabi mi vaahaka. Next baige inthizaaruga. I really luv this story. Gud luck dear.

    1. ithoo
      Sanu

      Thanxx sanoo.. ☺

  8. Sunu

    Vvvv nice….avahah up kohla dhehchey…..kiyaahithun inthizaaruga mi hiry….

    1. ithoo
      Sunu

      Thanxx dearr..in sha allah maadhamaa up kohleveythw miulheny…☺

  9. Someone

    Wowww…waiting for next part.. I luv it

    1. ithoo
      Someone

      Thanxx dearr.. ☺

  10. Unko

    V v reethi… Ehaa avahah vaahaka nimmaa nulahchy…v interest vejje .. i like it… lov lov lovvvvv… next avahah up kurahchey…

    1. ithoo
      Unko

      Aslu fudhey varakah dhigu vaahaka eh mee hama..ethan kanthah thakakaa kuri mathilaan jehey.. So ehaa kureh nuvaane dearr.. N thanx a lot my dearr..☺

  11. nizam

    mi part ves vvvvv rythi….

    1. ithoo
      nizam

      Thanxxx dearr

  12. munni

    Haha.. this is getting interesting… hama obi ingey sithooo.. waiting for next part

    1. ithoo
      munni

      Thanxxx munni ☺

  13. Joo

    its soo intresting… v salhi ingey

    1. ithoo
      Joo

      Thanxxx joo☺

  14. Mal

    Aslu dhimra aky sina ge kokko tha? Dhiyaan n dhaanish aee 2 brws dhw…. Feeling vaanuvaa ?

    1. ithoo
      Mal

      Dhimraa aky dhaanish ge ehbandu ehbafaa kokko.. sina aee dhaanish ge wife..so dhimraa ge dhonbe dhahtha ahsheynun vaanee.. Dhen dhiyaan aee dhaanishaa sina ge dhari..ehen v ma dhimraage cousin akah sheynun dww dhiyaan vaanee..

    2. ithoo
      Mal

      Mal ah mihaaru vaanuvaa ingihje kamah heekuran.. ☺

    3. Ruby
      Mal

      Noon ithoo. Dhiyan aky dhim ge nephew..and dhim aky dhiyan ge aunt…. siblings ge dharinnaky nephews boy eh nama…adhi niece girl eh nama….so dhaanish and dhim aky siblings vyma dhiyan rhim ge nephew ah vaani

    4. ithoo
      Mal

      Hehe.. Confuse vaa gothah dww mibunevuny..well said ruby.. Ekamu dhimraa dhen one year kuda vaane dhiyaan ah vure.. ☺

  15. You

    Vahaka kiyaa hie vaaa nice

    1. ithoo
      You

      Thanxx dearr ☺

  16. Aishoo

    Varah interesting ❤ ekamaku kudakoh undhagu gotheh hurey kiyaalaairu basthah genesdhyfa huri gothun. Ekanthah improve kohleema hama perfect vaane.?? wish you best of luck ? waiting for next part

    1. ithoo
      Aishoo

      Awwhh..thanxx dearr.. Thikan rangalhu kuran masaihkaih kuraanan.. N thanxx dearr.. ☺

  17. Sharu

    Wowww.. just luv it dear :* its an awesome story… n yh langugage improve kohlanikoh hama best vaane… n i luv wot dhimraa has been doing :* jst luv ur work.. keep it up :* :*
    Waiting for nxt part

    1. ithoo
      Sharu

      Awwwhh.. Thanxx sharu..yaa i’ll try… ☺

  18. shy girl

    Wow.. ithoo.. u r the best.. miyah vuren kiyaa hithun kiyaa story eh adhi nufeney… ithoo v molhu vaahaka liyan… hiyeh nuve mee ithoo ge first story kameh vx… v v v v v v v v v reethi mi story…. gud luck n kn irakun next part up kohlaany…???

    1. ithoo
      shy girl

      Awwhh.. Really shy grl…v ufaa vehje..thanxx my dear.. Miadhu up kureveythw miulhenyy.. ☺

  19. Unko

    Alhey kobaatha story… plxxxx avas… ?????

    1. ithoo
      Unko

      Hehe.. Kuda kuda inthixaareh kohlaa.. ☺

  20. Afy

    Haadhahaa inthizaarekey kuranmijeheny ekani in us hevenee mivaahakaigai vaagothun pls pls pls up kolla dheebala heyonuvaane

    1. ithoo
      Afy

      In sha allah mirey up vaane dearr.. Ekani inas hehvaalevunythy me ufaavehje..hehehe.. Thigothah view bunelan dhinumaky varah edhey kameh

  21. Afy

    Thankolheh avahah up kolla dheebala hibbeigaraaru vejje thiyahen nuhahdhavashey lobivaa then hihnurovvabala mihithah lobi dheyshey hama hitthelhenee meygameyga mihithey thelhenee reyrey fikuraa vevenee pls pls pls up kolla dheebala avahah

    1. ithoo
      Afy

      Up vehje dearr

  22. neysha

    Hehe.. heehee halaaku vehje.. adhives hama heveny.. varah ufave thiha bxy koh ulhemun ves up kohdheythy v

    1. ithoo
      neysha

      Hehehe.. Dww.. Thanxx dearr..thanx a lot ?

  23. Ssaammiioo

    V fahkaa

Comments are closed.