“ހާދަ ލޯބިންނޭ ހިނިތުން ވަނީ އޭނާ… ސިއްރު ސިއްރުންނޭ ބަލަނީ ޒުވާނާ…. ފެނިފާ ލޯބި ވެވިއްޖޭ ދެލޮލާ ރތި މޫނާ….” އެމިލީނިއާ ގެ ރީތި އަޑުން ލަވަ ކިޔަމުން ދިޔައިރު ހީވަނީ ލަވަ ކިޔުންތެރިޔައަކު ލަވަ ކިޔަމުން ދާ ހެންނެވެ. އެ އަޑު އިވުނު ކޮންމެ މީހަކު ވެސް ދެވަނަ ފަހަރަށް އަޑު އަހާލަން ބޭނުން ވާނެކަން ގައިމެވެ. ޢެހާވެސް ފުރިހަމައެވެ. އެމީލީނިއާ އަކީ ކުޑަ އިރުއްސުރެ ލަވަ ކިޔުމަށް ލޯބި ކުރާ އަދި އެ ހުނަރު […]
“ހޫމް. ހަމަ މިހާރު.” ހުޒާމް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ހައިރާންވެފައި ހުރެ ސާރާ ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަދި ހުޒާމްއާއެކު ސިޓިންގރޫމަށް ނުކުތެވެ. “ނިޔާޒްބޭ!” ހުޒާމް ސޯފާގައި އިން ނިޔާޒަށް ގޮވާލިއެވެ. އޭނާ އެނބުރި ބަލާލުމާއެކު ސާރާ ފެނިފައި އޭނާއަށް ކޮޅަށް ތެދުވެވުނެވެ. މިހުރިހާ ދުވަހު ސާރާ މިހުރީ ހުޒާމްގެ ބެލުމުގެ ދަށުގައިތާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާއަށް އޭނާގެ ދަރިފުޅު މި ފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. ފެނުނުއިރު އެދަރިފުޅު އެހުރީ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟ […]
” ޔާ ސޮރީ ކުޑަކޮށް ނިދިއަންނަ ގޮތް ވީމާ އެއްޗެކޭ ނުބުނެވުނީ…” އަލްޔާ މާއިންއަށް ޖަވާބު ދިނެވެ. “ރޭގަ ބުނަން ހަނދާން ނެތުނިއްޔޭ އައި ގޮޓް ދަ ޕްރޮމޯޝަން..” މާއިން އުފާވެފަ ޕްރޮމޯޝަން ލިބުނު ވާހަކައާ ދެން އޭނަގެ ކުޑަ އާއިލާވެސް އުޅޭނީ ހަމަ ޖެހޭ އުފާވެރި ދިރިއުޅުމެއްގަކަން ބުނެލިއެވެ. “އަލް އަށް އިނގޭތަ… އަލްތީ މާއިންގެ ނަސީބު… އަލް މާއިންގެ ލައިފްއަށް އައި ފަހުން ހުރިހާ ކަމެއްވެސް ދަނީ ރަނގަޅުން ރަނގަޅަށް..” މާއިން އުފާވެލާފަ ބުނެލިއެވެ. […]
ވާހަކަ: އެއީ ކީއްވެ..؟ 9 ވަނަ ބައި “ފަރީދާ ދައްތަވީ ރަށަށްގޮސްފަ ދުންޔާ އެކަނި އެގޭގައި ބިރު ގަންނާނެތަ؟” ޝާހިދު ކާރުގައި ދަމުން ދުންޏާއާއި ވާހަކަ ދެއްކިއެވެ. “ޅިޔަންބެ ހުންނާނަމެއްނު ވީއިރު ކޮންބިރެއް” “އެންމެ ރަނގަޅު އަހަރެން ދުންޔާ ވައްޓާލާފަ ދާނީ އޮފީހަށް އާދެވޭނީ ރޭގަނޑު އަހަރެން އަންނާނީ ބޭރުން ކައިގެން” “އެންމެ ރަނގަޅު” މިހެން ބުނެލާފަ ގެޔާއަރާ ހަމަވުމުން ފޭބީއެވެ. މާނަ ވީގޮތަކަށް ހީލާފައެވެ. “ނިޝާ ކަލާއަށް ލިބުނީ ލޯބި އަންހެންކުއްޖެއް. ” ނަރުސް ކުއްޖާ […]
ދުނިޔެ އަކީ ހުވަފެނީ ޢާލަމެކޭ މީހުން ބުނެ އުޅެއެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމަކީ ކޮންމެ ހިނދުކޮޅެއްގެ ޙަޤީގަތެވެ. އުފަންވީއްސުރެ މިއަދާހަމައަށް އަހަރެންގެ ހަމައެކަނި ހުވަފެނީ ޢާލަމަކީ، މީހުންނާއި އެކަހެރިވެ ހޭދަކުރާ ވަގުތުތަކެވެ. މިފަދަ ކޮންމެ ވަގުތަކީވެސް އަހަރެންނަށް އާހުވަފެނެއް ދައްކާފަދަ ޖާދޫއެކެވެ. އުއްމީދުކުރެވެނީ އަދި އިންތިޒާރުކުރެވެނީވެސް، ތަޤްދީރުގެ ފަންސުރުން އެހުވަފެންތަކުގައި ކުލަޖެއްސޭނެ ދުވަހަކަށެވެ. ކޯރުގެ އަނެއްފަރާތުގައި، ދުނިޔެއިން ލިބެން އޮތްހައި އުފަލެއް، އަހަރެންނަށް އިންތިޒާރު ކުރާ ކަހަލައެވެ. އެފަރާތަށް ދެވޭނީ ކޮންދުވަހަކުންބާއެވެ. އެ ހުވަފެނީ ޢާލަމުގައި، އިރުގެ ރަން ދޯދިން ފެންވަރަމުން، އެކިކުލަކުލައިގެ މާތަކުން ޖަރީވެފައިވާ ބަގީޗާއެއްގެ މެދުގައި، ދެއަތް […]
ރަސްފަންނަށް ދެވުނުއިރު ނުވައެއް ޖަހަން ފަސް މިނެޓް ހުއްޓެވެ. އޭރު މަމްދޫހު އޭނާގެ އިންތިޒާރުގައި ހުއްޓެވެ. ސާރާއާއި ހުޒާމް ފެނުމާއެކު މަމްދޫހު އެމީހުންނާ ދިމާއަށް އަންނަން ފެށިއެވެ. ސާރާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައީ ވާންއުޅޭ ގޮތެއް ނޭނގޭތީއެވެ. މަމްދޫހު އައިސް ހުއްޓުނީ ސާރާގެ ކުރިމަތީގައެވެ. “ވަރަށް އުފާވެއްޖެ ސާރާ އައީމަ. އަހަރެން ހިއެއްނުކުރަން އަންނާނެ ކަމަކަށްވެސް.” މަމްދޫހު ބުނެލިއެވެ. “އަހަރެންނަކީ ވަޢުދެއް ވެފަ އެކަން އުވާލާ މީހެއްނޫން. ދެން ބުނެބަލަ. ކީއްކުރަން މިތަނަށް އަންނަން ބުނީ؟” […]
އެއަށްފަހު އޭގައި ހުރި ގަނޑުތައް ނަގައި އެ އެއްޗެހިތައް ނިއުޅާލިއެވެ. އެ ގަނޑުތައްވީ ސާފު ދިވެހި ލިޔުމަކުން ފުރިފައެވެ. އައިމަން ޙައިރާންކަންމަތީ އިނދެ ސީދާވެލަމުން އެ ލިޔުން ކިޔަންފެށިއެވެ. “ލޯބިވާ ވިސާމަށް…..އަހަރެން މި ސިޓީ މި ލިޔަނީ ވިސާމާއި ހަމައަށް މި ސިޓީ ލިބޭނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތިއެވެ. އެހެނަސް ވިސާމާއި ހަމައަށް މީތި ފޯރުން ﷲ ގެ އިރާދަފުޅުގައިވާނަމަ އެކަން ހުއްޓުވޭނެ ހަމަ އެކަކުވެސް ނުވެއެވެ. މި ސިޓީ ކިޔަން ވިސާމް […]
ސުމާ އަށް މާޒިންއާއި ދެކޮޅަށް އެއްޗެއް ބުނަން ނުކެރުނަސް ހިތުން އެތަކެއް ފަހަރު ޔާއިން އެ ނިންމި ނިންމުން ބަދަލުކުރުމަށް އާދޭސްކުރަމުންދިޔައެވެ. މާޒިން ހިތްހަމަޖެހުނުތަން ފެނުނެވެ. އޭނާ އަބަދުވެސް ޔާއިންދެކެ ލޯބިވާއިރު މިފަހަރުވެސް ޔާއިން އޭނާ ގެ ނަން ވެއްޔާއި މޮޑުމުގެ ފުރުސަތު ލިބުނަކަ ނުދިނެވެ. މާޒިން އަށް އެ ނިންމުން ކިތަންމެ ހިތްދަތިވިޔަސް އޭނާ އެ ގުޅުމަށް ކިތަންމެ އާބަސް ބުންޏަސް މި ދުނިޔޭގައި އެދެމީހުންނަށް އެކީ އުޅެން އުނދަގޫވާނެކަން މާޒިންއަށް އިނގެއެވެ. ޔައިނާ ދެދުވަސްފަހުން […]
“ޒާމް! ރިޒޫއާ ދިމާއަށް އެއްޗެހި ނުކިޔައްޗޭ.” ސާރާ ކާރުގައި އިނދެފައި ބުނެލުމުން ހުޒާމް “ހޫމް”އެކޭ ބުނެލިއެވެ. މާދިގު ދަތުރަކާނުލާ ގެއަށް އާދެވިއްޖެއެވެ. އެ ބޮޑު ގޯތިތެރެއިން ކުރިއަށް ގޮސްގޮސް ހުރެފައި ސާރާ ހުއްޓުނެވެ. ހުޒާމްއަށް ސާރާގެ ހާލަތު ދެނެގަނެވިގެން އެއަތަށް ފިތާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް ބުނަމުންނެވެ. ދެމީހުން އެކުގައި ގޮސް ދޮރުގެ ބެލް އަޅާލިއެވެ. ސާރާ ނޭވާ ހިފަހައްޓާލީ އެއީ ރިޒްނާއަށް ވެދާނެތީއެވެ. ދެފަހަރަކު ބެލް އަޅާލުމާއެކު ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލީ ޝަރީފާއެވެ. “އަނހަ […]