Skip to content
އެސްފިޔަ

ކީ ވަދާއޭ ރަންއަލީގާ…….

އޭރު އަހަރެންގެ އުމުރުން ވާނީ 15 ވަރަކަށް އަހަރެވެ. އެއީ އަތޮޅު ޤުރުއާން މުބާރާތަށް އަހަރެމެން ރަށު ސުކޫލްގެ ފަރާތުން އަހަރެން ދިޔަ ފަހަރެކެވެ. އާދައިގެ މަތިން މުބާރާތަށް ގޮސްވެސް އަހަރެން އުޅުނީ ފޮޓޯނެގުމުގައެވެ. އަތުން ކެމެރާ ދޫކޮށްލެވޭ ވަގުތެއް އަހަންނަކަށް ނާދެއެވެ. ވާނީ ވެސް އެހެންތާއެވެ. އެންމެ ކުޑައިރުން ފެށިގެންވެސް އަހަރެން ދެކެމުންއައީ ފޮޓޯ ގުރަފަރ އަކަށް ވުމުގެ ހުވަފެންތަކެވެ.

މުބާރާތް ފެށެނީ ރޭގަނޑުގެ ވަގުތެއްގައި ކަމުން އަހަންނާއި އަހަރެންގެ އުމުރުގެ ކުދިންތަށް ހަވީރުގަޑީގައި ބޭރަށް ނުކުތީ ކުރާނެ ވަކި ކަމެއް ނެތުމުން ފޫހިވެގެންނެވެ. އެރަށުގެ އެންމެ ރީތިތަންތަނަށް ގޮސް އެތަންތަން ފޮޓޯނެގުމުގައި އަހަންނާއި އަހަރެންގެ އެކުވެރިން އުޅުނީމެވެ. މިކަމުގައި އުޅެނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި ޒުވާން ފިރިހެން ކުއްޖެކެވެ. ހަންގަނޑުގެ ކުލަ މާއަލިނޫނަސް ލިބިފައިވާ ދިގުއިސްކޮޅާއި ފަންއިސްތަށިކޮޅުގެ ސަބަބުން ބަލާލަން ވަރަށްވެސް ފުރިހަމައެވެ. އެޒުވާނާގެ ނަޒަރު ހުއްޓިފައި ހުރީ އަހަރުމެންނާ ދިމާލަށް ކަންއެނގުމުން އަހަރެން އަހަރެންގާތުގައި ހުރި ޒިލާގެ އަތުގައި މަޑުމަޑުން ކޮއްޓާލީމެވެ. “ބަލާބަ އެހެރަ ފިރިހެން ކުއްޖާ ކިއުޓްކަން.. މަށަށް ޔަގީން އޭނަ އެބަލަނީ ޒިލާ އާދިމާލަށްކަން” އަހަރެން ޒިލާއަށް އެޒުވާނާ ދެއްކުމުން ޒިލާގެ މޫނުމަތިން ފެނުނު ކުލަވަރުގެ ސަބަބުން އެވަގުތު އަހަރެން ބެނުންވީ ޒިލާ ރުޅި އަރުވާލާށެވެ. އެހެންކަމުން އެޒުވާނާ އަށް ނޭނގި ސިރުން، ޒިލާއަށް ޖެއްސުމަށް އަހަރެން އެޒުވާނާގެ ފޮޓޮއެއް ނެގީމެވެ.

މުބާރާތް ނިމިގެން ދިޔައީ ވަރަށް ވެސް އަވަސްކަމާއެކު އެވެ. އެޒުވާނާއަކީ ވެސް އަތޮޅުގެ އެހެންރަށަކުން މުބާރާތަށް އައިސް އުޅުނު ކުއްޖެއްކަން އަހަންނަށް އެނގުނީ މުބާރާތުގެ ތެރެއިންނެވެ. ނަމަވެސް ފަހުން އަހަރެން އެޒުވާނާ އަށް އެއްވެސް ޝައުގުވެރިކަމެއް ނުބަހައްޓަމެވެ.

ދުވަސްތަށް ފާއިތުވަމުންގޮސް އެއަހަރުވެސް ނިމިއްޖެ އެވެ. ސުކޫލްބަންދުވެފައި އޮތުމުން އަހަރެން އުޅުނީ ކުރާނެ ވަކި ކަމެއް ނޭނގިގެންނެވެ. ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ އެފަހަރު ޤުރުއާން މުބާރާތުގައި ނެގި ފޮޓޯތަށް މަތިންނެވެ. އަވަހަށް ލެޕްޓޮޕް ނަގައި ޑްރައިވްގައި ސޭވްކޮށްފައި ހުރި ފޮޓޯތަށް ބަލަންފެށީމެވެ. މުބާރާތުން ދިމާވި ޒުވާނާގެ ފޮޓޯފެނުމާއިއެކު ހިތަށް ނޭނގޭކަހަލަ އިހުސާސެއް ކުރެވުނެވެ. މޫނުމައްޗަށް ވެރިވެގެން ދިޔައީ ތަފާތު ހިނިތުންވުމެކެވެ. ނަމަވެސް އެކަމަށް މާބޮޑުފަރުވާލެއް ނުބަހައްޓާ އަހަރެން އެފޮޓޯތަށް ޕްރިންޓުކުރުމަށް ފަހު އަލްބަމެއް ހަދާލީމެވެ.

އޭގެ ދެތިން ދުވަހެއް ފަހެވެ. އަހަރެން އެފްބީ އަށް ވަދެލީ ފޫހިވެގެންނެވެ. އައިސްފައި ހުރި ފްރެންޑު ރިކުއެސްޓްތަށް ބަލާލީމެވެ. އަހަންނަކީ އާންމުކޮށް އައިސްފައި ހުންނަ ރިކުސްޓްތަށް އެކްސެޕްޓު ކުރާމީހެއްނޫންކަމުން އެފަހަރުވެސް ރިކުއެސްޓް ޓެބް ކްލޯޒް ކުރަން އުޅެނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދަންނަހެން ހީވާ ނަމެކެ. “ހަސަން ޒިދާން!’ ދަންނަހެން ހީވާނަމަކަށް ވުމުން އަހަރެން އެނަން ކިޔާލީމެވެ. އެމީހެއްގެ ޕްރޮފައިލް ބަލާލުމަށް އަހަރެން އިތުރަށް ޝައުގުވެރިކޮށްލީ ލާފައި އިން ފޮޓޯ ދަންނަމީހަކާ ވައްތަރު ވުމުންނެވެ. އާންއެކެވެ. އެއީ ހަމަ އެޒުވާނާއެވެ. މިދިޔަ ގުރުއާން މުބާރާތުން ފެނިގެން، އަހަރެންގެ ހިތް އަތުލި ޒުވާނާ އެވެ.

އަހަރެން ޒިދާން ގެ ރިކުއެސްޓު އެކްސެޕްޓު ކޮށްލީމެވެ. އެފްބީ އިން ވާހަކަވެސް ދައްކަން ފެށީމެވެ. މިގޮތުގައި މަހެއްހާދުވަސް ފާއިތު ވެގެން ދިޔައިރު އަހަރުމެން ދެމީހުންނަކީ ގާތް އެކުވެރިންނަށް ވެއްޖެއެވެ.

ދުވަސްތަށް ފާއިތުވެގެން ދިޔައީ ވަރަށް ވެސް ހަލުވިކަމާ އެކު އެވެ. އަހަރެންގެ ގުރޭޑު 10 އެއްގެ ކިޔެވުންވެސް ފެށިއްޖެއެވެ. ނަމަވެސް އެހެން އަހަރުތަކެކޭ އެއްފަދައިން އެ އަހަރުގައި ވެސް އަހަރެން ޤުރާން މުބާރާތުގައި ބައިވެރިވީމެވެ. ނަމަވެސް މިދިޔަ އަހަރު ޒިދާން ކިޔަވާ ނިމުނުކަން އެނގުމުން ކުޑަކޮށް ހިތްނުތަނަވަސް ވިއެވެ. މިފަހަރު ޒިދާން އާދިމާނުވާނެ ހެން ހީވާން ފެށުމުންނެވެ. ނަމަވެސް އެފަހަރު މުބާރާތް އޮތީ ޒިދާންމެން ރަށުގައި ކަން އެނގުމުން އަހަރެންގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބިގެންދިޔައެވެ.

އެފަހަރުގެ މުބާރާތަށް ދާން ރަށުން ފުރީއްސުރެ އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އެއްއަހަރަށްފަހު އަނެއްކާވެސް ޒިދާންއާ ދިމާވާން އުޅޭ ކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔައީތީއެވެ. އެރަށުގެ ފަސްގަނޑުގައި ފައި ބީއްސާލުމާއެކު އަހަރެންނަށް ވަށައިގެން ހޯދާލެވުނެވެ. ޒިދާން އެއްވެސް ހިސާބެއްގައި ފަންނަން ހުރިތޯބަލާލުމަށެވެ. ނަމަވެސް އަހަރެންގެ ހިތް މާޔޫސް ވެގެންދިޔައީ ޒިދާން އެއްވެސް ހިސާބަކުން ނުފެނުނީމައެވެ.

އެރަށަށް ފައިބާފައި އެންމެ ފުރަތަމަ ވެސް ދިޔުމަށް ހަމަޖެހިފައި ވަނީ އެރަށު ސުކޫލަށް ކަމުން އަހަންނާއި ޓީމް އެއްކޮށަް ޕިކަޕަކަށް އެރީމެވެ. އެރަށު ސުކޫލާ އަރާ ހަމަވުމާއެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައީ ވަރަށް ‘އޮފިޝަލް’ ކޮށް ހުރި ޒުވާނެއް ފެނިފައެވެ. އާނއެކެ. އެއީ އަހަރެން އެމީހަކު ދެކިލުމަށްޓަކައި އިންތިޒާރު ކުރި ޒިދާންއެވެ.

ޒިދާން އަކީ އެރަށު ސުކޫލުގެ ޓީޗަރެއްކަން އަަހަންނަށް އިނގުނީ ދެނެވެ. މިއޮއްހުރިހާދުވަހު ވާހަކަ ދެއްކި އިރުވެސް ނުބުނެ އޮތް ވާހަކަ ފަޅާއެރީ އަދި ކިރިޔާއެވެ. އަހަރެން ޒިދާންއާދިމާލަށް ބަލާލުމުން ޒިދާން ގެ މޫނުމަތިން ފެނިގެން އެދިޔަ ހިނިތުންވުން މިއަދުވެސް އަހަރެންގެ ލޮލުގެ ކުރިމަތީގައި ސިފަ ވަމުން ދެއެވެ.

އެފަހަރުގެ މުބާރާތް ނިންމާފައި އަހަރެން ރަށަށް އައިއިރު އަހަންނާއި ޒިދާންގެ އެކުވެރިކން އޮތީ މަންމަ އަށްވެސް އެނގިފައެވެ. ނަމަވެސް އެކަމާ ގުޅިގެން މަންމަ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެހެންކަމުން ކުރިއެކޭ ވެސް އެއްފަދައިން އަހަންނާއި ޒިދާން ގެ އެކުވެރިކަން ދިޔައީ ކުރިޔަށެވެ.

މުބާރާތް ނިމުނުތާ ދުވަސްކޮޅެއްފަހެވެ. ޒިދާން އަހަންނާ ވާހަކަދައްކާލެއް މަދުކަން އަހަންނަށް ފާހަގަ ކުރެވެން ފެށިއެވެ. އަހަރެން ތަކުރާރުކޮށް އަހަންފެށުމުން ވެސް ހަމައެކަނި ދިން ޖަވާބަކީ އެހެން އެވަނީ ވަޒީފާގައި މާ ބުރަކޮށް އުޅެން ޖެހޭތީ ކަމުގައެވެ. ނަމަވެސް އަހަރެން ގަބޫލު ނުކުރުމުން އެންމެ ފަހުން ވީގޮތް ކިޔައިދޭން ޒިދާން ނިންމިއެވެ. ޒިދާން އަހަރެން ދެކެ ލޯބިވާކަން ހާމަކުރީ އެވަގުތު އެވެ.

ޒިދާން އެކޭ އެއްފަދައިން އަހަރެން ވެސް ޒިދާންދެކެ އިންތިހާއަށް ލޯބިވަމެވެ. ނަމަވެސް އެއީ އަހަރެން ގުރޭޑު 10 އެއްގައި އުޅުނު އަހަރު ކަމުން އަހަރެން ޒިދާންގެ ލޯތްބައް އިންކާރު ކުރީމެވެ. އަހަރެން ދެކެ ލޯބިވާ ކަމުގައި ވާނަމަ އަހަރެން ކިޔަވާނިމެންދެން މަޑުކުރަން އަހަރެން ޒިދާން ކައިރީގައި އެދުނީމެވެ. ޒިދާން އެގޮތަށް އެއްބަސްވެ އަހަންނަށްޓަކައި އިންތިޒާރު ކުރަން ނިންމިއެވެ.

ދުވަސްތައް ވޭތުވަމުންގޮސް އޯލެވެލް ފެށެން ހަފްތާއަކަށް ވެއްޖެ އެވެ. އާދައިގެ މަތިން އެދުވަހު ވެސް އަހަރެން އިނީ ޒިދާން އާ ވާހަކަދައްކާށެވެ. އަހަރެން ބޭރު ޖޯލިފަތީގައި ޒިދާން އާ މެސެޖުކުރަން އިން އިރު ފަހަތުގައި މީހަކު ހުރިކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ސިހުނީ އަހަރެންގެ މަންމަ އަހަރެންގެ އަތުން ފޯން އަތުލުމުންނެވެ. ވަގުތުން ޒިދާންއާ ވާހަކަދެއްކުން ހުއްޓާލަން މަންމަ އަހަންނަށް އެންގިއެވެ.

މަންމަ ބުންޏެއްކަމަކު އަހަރެން ޒިދާންއާ ވާހަކަނުދައްކައި ކެތް ކުރާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެން ޒިދާންދެކެ އެއަށްވުރެ މާބޮޑަށް ލޯބިވެއެވެ. ނަމަވެސް ދެން ހެދޭނެ އިތުރު ގޮތެއްނެތެވެ. ދެން އަހަންނަށް ފަސޭހައިން ފޯން ނުލިބޭނެކަންވެސް އަހަންނަށް އެނގެއެވެ. ހަދާނެ ގޮތެއްނޭނގިގެން އުޅެނިކޮށް އަހަރެން ހަނދާންވީ އަހަރެންގެ ދައްތަ މަތިންނެވެ. ދައްތަ އަށް ކަންތައްވީ ގޮތް ގޮތްކިޔައިދިނުމުން ދައްތަ އަހަންނަށް ދައްތަގެ ފޯނުދިނެވެ. އަހަރެން ވަގުތުން ކަންވީ ގޮތް ޒިދާން އަށް ކިޔައިދިނީމެވެ. ޒިދާންގެ ފަރާތުން ޖަވާބެއްނުލިބުނެވެ. ދެންފެނުނީ ޒިދާން އަހަރެން ބްލޮކް ކޮށްލިތަނެވެ.

އަހަރެންގެ ދެލޯ ކަރުނުން ތެމުނެވެ. ހަދާނެ ގޮތް ހުސްވިއެވެ. އަހަރެން ޒިދާންދެކެ ލޯބިވާކަން ޒިދާން އަށް ހަމަ ނޭގެނީ ހެއްޔެވެ؟ ދެންކުރާނެކަމެއް ނެތެވެ. އަހަރެންގެ ހަޔާތުގައި ވެސް ހަމައެކަނި ލޯބިވީ އިންސާނާ އަހަރެން ބާކީ ކޮށްލައިފިއެވެ.

އޯލެވެލް ފެށުނުއިރުވެސް އަހަރެން ހަމަޔަކަށް ނޭޅެއެވެ. އަބަދުވެސް ހުރެވެނީ ވިސްނުމެއްގެ ތެރޭގައެވެ. ޒިދާން ހަމައަސްލުވެސް އޭނާގެ ހަޔާތުން އަހަރެން ނެރެއެއްލާލީ ހެއްޔެވެ؟

އަހަރެން ވަރަށް މަސައްކަތުން ޒިދާން ގެ ހިޔާލުތަކާ ދުރަށްދެވޭތޯ މަސައްކަތް ކުރީމެވެ. އެހިޔާލުތަކާ ކޮންމެވެސް ވަރަކަށް ދުރަށްވެސް ދެވުނެވެ. ނަމަވެސް އޯލެވެލް ނިންމުމަށްފަހު އެފްބީ އަށް ވަދެވުމުން އަނެއްކާވެސް އާވެގެން ދިޔައީ އެހަނދާން ތަކެވެ. ޒިދާން އަހަރެން އަންބްލޮކް ކޮށްފައި އިންތޯ ބެލިއިރު ނަސީބު ރަނގަޅުކަމުން ޒިދާން އިނީ އަހަރެން އަންބްލޮކް ކޮށްފައެވެ. އަހަރެން ފްރެންޑު ރިކުއެސްޓު ނުފޮނުވާ މެސެޖެއްކޮށްލީމެވެ. ޒިދާން އަހަރެން ބްލޮކްކޮށްލީ ކީއްވެގެންކަން ހޯދުމަށްޓަކައެވެ.

އެސުވާލުގެ ޖަވާބެއް އަދި އަދަށްވެސް އަހަންނަކަށް ނޭނގެއެވެ. ހަމައެކަނި ލިބުނު ޖަވާބަކީ ޒިދާން އަދިވެސް އަހަރެންދެކެ ލޯބިވާ ކަމެވެ. ނަމަވެސް އަހަރެންގެ މައިންބަފައިންގެ ނުރުހުމުގައި ޒިދާންއާ ގުޅެންބޭނުންނުވާތީ އަދި ކުޑަދުވަސްކޮޅަކު މަދުކޮށްލަދޭން ޒިދާން ކައިރީ އެދުނީމެވެ. އަހަރެން އެކި ގޮތްގޮތުން މަސައްކަތް ކޮށްގެން އަހަރެންގެ މައިންބަފައިން އެއްބަސްކުރުވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ހުރިހާ މަސައްކަތެއްވީ ނާކާމިޔާބެވެ.

އަހަރެންގެ މައިންބަފައިން ގަބޫލު ނޫންނަމަވެސް އަހަންނަކަށް ޒިދާން އާ ވަކިންނެއް ނޫޅެވޭނެއެވެ. އެހެންކަމުން އޯލެވެލް ނިންމާފައި މާލެ ބަދަލުވުމަށްފަހު އަހަރެން އަހަރެންގެ މައިންބަފައިންނަށް ސިއްރުން ޒިދާން އާ ރައްޓެހި ވީމެވެ.

ޒިދާންއާ ރައްޓެހިވުމަށްފަހު އަހަރެން އުޅެމުން ދިޔައީ ވަރަށްވެސް އުފަލުގައެވެ. ޒިދާން އަހަރެންގެ ހުރިހާކަމެއްގައި ވެސް އަހަންނަށް ވަރަށް ހިތްވަރު ދެއެވެ. އަހަންނަށް ރަނގަޅު ނުކުރެވުން އެތައް ކަމެއް ޒިދާންގެ ސަބަބުން އަހަންނަށް ރަނގަޅު ކުރެވުނެވެ. ނަމަވެސް މި އުފާވެރިކަން މިގޮތުގައި ދެމިގެން ދިޔައީ ދެމަހެއްހާ ދުވަސްވަންދެންނެވެ. ދެމީހަކު އުފަލުގައި އުޅޭމަންޒަރު ބަލަން ‘ހަޖަމް’ ކޮށްގެން ނުތިބެވޭ މީހުން އަހަންނާއި ޒިދާންގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށްވެސް ވަދެގަތީއެވެ. އަހަރެންގެ މަންމަ ކައިރީގައި ތަފާތުވާހަކަތައް ދައްކައިގެން އަހަންނާ ޒިދާން އާ ދުރުކުރަން މަޖުބޫރު ކުރުވީއެވެ.

އަހަރެން ޒިދާން އާ ވަކިވީ ބޭނުންވެގެނެއްނޫނެވެ. ހުދު ޒިދާންވެސް އަހަންނާ ވަކިވާކަށް ބޭނުމެއްނޫނެވެ. ނަމަވެސް ތަގުދީރު ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެންގެ މައިންބަފައިން މި ގުޅުމާ އެއްބަސް ވަންދެން އަހަރުމެން އެކަކު އަނެކަކަށް އިންތިޒާރު ކުރަން ވައުދުވަމުން ވަކި ވީއެވެ.

އަހަންނާއި ޒިދާން ވަކިވީކަމަކު އަހަރެމެން ދެމީހުންގެ މެދުގައި އޮތް އެކުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ޒިދާން މާލެ ދޫކޮށްފައި އެހެން ރަށަކަށް ބަދަލުވީ ހިސާބުންފެށިގެން ޒިދާން އަހަންނާ ދުރުވާން ފެށިއެވެ. ވާނީ ވެސް އެހެންތާއެވެ. އަހަންނަށްޓަކައި އިންތިޒާރު ކޮށްގެން މުޅި ދިރިއުޅުން ބޭކާރު ކުރާނީ ކާކުހެއްޔެވެ؟

މިއަދުވެސް އަހަރެންގެ ހިތުގައިވަނީ ޒިދާންގެ ނަމެވެ. އަހަރެންގެ ހިތުގައި ކުރެހިފައި ވަނީ އެސޫރައެވެ. ނަމަވެސް މިއަދު ކުރާނީ ކީއްހެއްޔެވެ؟ އެހިޔާލުތަކާއެކު ދިރިއުޅުން ނޫން ގޮތެއް މިއަދު އަހަންނަކަށް ނެތެވެ. އަދިވެސް އަހަރެން އެލޯތްބަށް އިންތިޒާރު ކުރާނަމެވެ.

Comments (21)

  1. Saandy

    V reethi… ekam vaahaka nimuneetha??

  2. imagination

    wow.. v reethi.. nimuni tha?

  3. aish

    V nice

  4. Iskaa

    Nimunytha????

  5. Shiba

    Wow ?
    Keep it up

  6. Nasra..

    Samee… gud job… v.ufaavehje miadhu… insha Allah ur dreams come true

    1. YaM mU
      Nasra..

      Thanks all… Adhi nunimey 🙂

  7. thoo

    YaM mu ah nulibunu loabetha zidhaan akee. kurin ves liyefa ini zidhaan ge vaahaka eh.

  8. zeee

    Wow yammu..
    keep it up..
    vaahaka varah reethi..☺

  9. Ashraq.shakir

    Ehves reehcheh noon?

    1. YaM mU
      Ashraq.shakir

      Thank You So Much…
      I’ll try to make it better next time 🙂

    2. gayyoom
      Ashraq.shakir

      Hajam nuvaa meehun dhuniyey ga ulheyey dhw.. ? Amaa nan jahaagen comment kobba dhw.. ? maa reethi vaane eyrun.. ..

  10. Nooha

    Nice

  11. Shamweel

    Vrh salhi??

  12. gayyoom

    Ahareng hithaamey fiss ve kudhi kudhi vejje ey
    Manzaru milolah adhu dhekkevee fahe keeh vebaa??
    Mithuraage thi haalu dheken mihithah kevvaane hey..?
    Midhe hiyy gulhumah Thagudheeru nuruhenee aee keeh vebaa???
    Thi hayaathaa mulhi umurah aharen vaki vejje ey….??
    Thiya handaan mihithun fileehey fahe kalaa ah heevanee hey
    Hiyy fanaave dhiyas mi loibbeh mihithakun nufilaane ey
    Thelhi folhey varu hiyy magey adhu
    Neyngunas thedhekey kalaa ah
    Hazrathah keerithi ilaahi sirru numevaaney me’ey
    Ekugaa vaguthu heydha kurevunu thanakee me ey..
    Heyonuvaaney..
    Ehandhaanugaa dhirihuremey Hithugaa vaneee
    Hama kalaa ey
    Neyngey ihusaaseh mihithugaa ufedhijje ey
    Meehaku thihithaa adhu gaai vumun biru heeveyey
    Adhivex thiyaee magey haggeh hen heeveyey.
    Adhi vex thiya nala thasweeru kurehifaavey mi hithugaa
    Thiya loabeega adhi veX hiremun hihh dheyey.
    Inthihaa ah loabi viyakas
    Ekaku anekaku dheke bunan hey
    Ahare mnnan dhen eloaibbeh mi dhuniyein libumeh nethey…

  13. zaina

    varah reethi. 2 vana bai avahah nerehchey

  14. iraa

    wow dear… keep it up.. :*

  15. shamma

    keehvetha aa vaahakaeh upload koh fa nubunee..btw v. salhi vaahaka

  16. Anonymous

    Wow yammu….. U remembered everything… Thts wat love is… Hope u wil get him back.. ???

  17. Arif

    Wow yammu….. U remembered everything… Thts wat love is… Hope u wil get him back.. ???

  18. Aesha

    Wowww..varah salhi thi vaahaka ingey?Finally that are together..❤

Comments are closed.