Skip to content
އެސްފިޔަ

އެނަމާ…..

އެނަމާ
(މިއަދަކީ މިހާދިޘާއަށް ތޭރަ އަހަރު ފުރުން ދުވަސްކަމުން އަޅުގަނޑު މިހާދިޘާގެ މައްޗަށް ބިނާކޮށް މި ވާހަކަ މިލިޔަނީއެވެ. އަދި ދަންނަވަމެވެ. މިވާހަކައިގައި ވާ އެއްވެސް ނަމަކާ ހިނގާ ހާދިޘާއަކީ އަޅުގަނޑު ހޯދި ހޯދުންތަކުގެ މައްޗަށް ބަލައިގެން ލިޔާއެއްޗިއްސެވެ. އެއްވެސް ހާލެއްގައި އެއްވެސް ފަރާތަކަށް ނިޞްބަތް ކޮށްފަކައިނޫނެވެ.)
އަހަރެން އަބަދުވެސް ވަރަށް ފުޓުބޯޅަ ކުޅޭހިތް ވެއެވެ. ކިޔާވިތް ވިޔަސް އެއަށްވުރެ ބޮޑަށް އަހަރެން ކުރާހިތްވާ ކަމަކީ ފުޓުބޯޅަ ކުޅުމެވެ.އެހެން ކަމުން ގްރޭޑް ދިހައެއް ނިންމުމަށް ފަހު އަހަރެން ދެން އިތުރަށްކަށް ކިޔަވާކަށް ނޫޅެމެވެ. އެންމެން ވެސް އަހަރެން ފުޓު ބޯޅަކުޅެން މޮޅުވުމުން އަބަދުވެސް އެކަމަށް ތަރުހީބު ދީހަދައެވެ. އާއިލާއިންވެސް ފުޓުބޯޅަކުޅެން މާބޮޑު އިސްކަމެއް ދިނީ އެހެންވެ ކަންނޭންގެއެވެ.
އަޑައިގެ މަތިން ފުޓުބޯޅަކުޅެން ދިޔަދުވަހެކެ. ގަޑިން ފަހެއް ޖެހިއިރު އިރުގެ އަވިން ޖައްވު ސަލާމަތްވެ ފިނި ކަމެއް ވަނީ ފެތުރިފައެވެ. އަހަރެންގެ ހަށިގަނޑަކީ އެހާ ފަލަ ނޫނަސް ކަސްރަތީ ހަށިގަނޑެކެވެ. ދިގުމިނުގައި ފަސްފޫޓޫ އަށް އިންޗި ހުންނައިރު ރާއްޖޭ މީހުންނާ ހިލާފަށް ލޮލުގެ ކަޅި ހުންނަނީ އަޅިކުލައިގައެވެ. ސްކޫލުގައި އުޅުންއިރުވެސް އެންމެންވެސް އަހަރެންނާ މުހާތަބުކަރާނީ ތިނަދޫ ޕްރިންސްގެ ނަމުންނެވެ. އަހަރެންގާތަށް އެކަމާ ވަރަށް ހިނިއާދެއެވެ. އޭރުވެސް ކިތަންމެ އަންހެންކުއްޖަކު އަހަރެންގެ ލޯބީގައި ދީވާނާ ވަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ހިތް ދެވިފައިވަނީ މިހިތުގެ މަލަކާއަށެވެ. މިއަދުވެސް އޭނާއެހުރީ ކުޅޭތަން ބަލަން އައިހެވެ.
“އޭ ނިލް..ކިހާއިރެއް ވެއްޖެ އެމަންޖެއަށް ބަލަން ހުންނަތާ…ދޭބަލަ މިއަދު ތިކަން އެއްކޮޅަކު ޖައްސާފަ އަންނަން.. ތިހެން ހުއްޓާ ތި ހިތުގެ މަލަކާ ބާޒެއް ޖަހއިގަނެފާނެ..” އަހަރެންގެ އެންމެ ގާތް އަދި ހުރިހާ ކަމެއް އިނގޭ އެކުވެރިޔާ ގޮވާލިއެވެ. އަހަރެންވެސް ބޫޓު ބެހެއްޓުމަށްފަހު ޖޫލީއާ ދިމާއަށް ހިނގައިގަތީމެވެ. ޖޫލީވަގުތުން އިސްޖަހާލިއެވެ. އޭރުއެންމެން ވެސް ކުޅެ ނިންމުމަށްފަހު އެ މައިދާން ދޫކޮށް ގޮއްސިއެވެ. އަހަންނާ ޖޫލީ އެކަނި ކޮށްލަމުންނެވެ.
އިރު ނިވާވަމުން ދިޔައިރު ރަންކުލައިގެ ވިދުމެއް މުޅިމާހައުލުގައި ވިއެވެ. ކާޅު ގޮވާއަޑުން ހިމޭންކަން ނަގާލާފައި ވީއިރު އެ މާހައުލާ މަންޒަރު ވަރަށް އިޝްގީއެވެ. އޭރު އަހަރެން ހުރީ ޖޫލީ ކުރިމަތީގައެވެ. “ޖޫ…އަހަރެން ވަރަށް ބު..އަމް..ދުވަސް ވެއްޖެ..މިބުނީ މިހިތުގެ މަލަކާ..އަހަރެން ޖޫލީ ދެކެ ވަރަށް ލައިކް..އޮންހޯ..ލޯބިވޭ…” އަހަރެންނަށް އެހެން ބުނޭވުނީ ވަރަށް ހާލުންނެވެ. ޖޫލީ ރަކި ހިނިތުންވުމެއްގައި ހުރުއިރު އަހަރެންގެ ހިތް ގުޑަނީ އެޔެއް މިޔެއް ބަލާފަކާ ނޫނެވެ.
“ތިނަދޫ ކިންގްގެ ކުއީންއަށްވާން އަހަރެންވެސް ތައްޔާރު..” ހީލަމުން ވަރަށް ފިލްމީ ގޮތަކަށް ޖޫލީވެސް ބުނެލިއެވެ. އަހަރެން ހީލަމުން ޖޫގައިގައި ބައްދާލީމެވެ. ތިންއަހަރު ފާއިތުވެގެން ދިޔައިރު އަހަރެމެންގެ ކައިވެނި ކުރެވުނެވެ. އެދުވަހު އަހަރެމެންގެ ހަޔާތުގައި އެޖެހުނު ލޯބީގެ ސިއްކަ ދާއިމީ ކޮށްލީ މަރުވަންދެންވެސް އެކުގައި ވުމަށް ވައުދު ކުރަމުންނެވެ.
މިއަދަކީ އަންގާރަ ދުވަހެވެ. އަހަރެން ކުޅެންދާން ތައްޔާރު ވަމުން ދިޔައިމެވެ. ޖޫ އައިސް އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އަހަރެންވެސް ޖޫ ގެ ގައިގައި ބައްދާލަމުން ކިހިނެއްވީތޯ އެހީމެވެ.”ނިލް..އިނގޭތަ..މި ކިންގްޑަމް އަށް މެހެމާނަކު އެބައާދޭ.. އެންޑް އިން ސިކްސް މަންތްސް…” އަހަރެން ޖޫ ބުނި އެއްޗެއް ފަހުމު ނުވެގެން އިރުކޮޅަކު ހުރީމެވެ. އެ ބުނި އެއްޗެއް އިނގުމާއެކު ހަޅޭއްލަވައި ގަންނަމުން ޖޫ އުރާލީމެވެ.” އަހަރެން ބައްޕަޔަކަށް ވަނީއޭތަ ތިބުނީ…ޖޫ މަންމަ ޔަކަށް…ވާއު!!!!” އަހަރެން އުފަލުން ފޮޅުނެވެ. މިއަދަކީ ހަޔާތުގެ އެންމެ އުފާވެރި ދުވަސް ކަމުގައި ހަމަ ޖައްސާ އަހަރެންގެ ބޫޓު ގައި 16 މާރިޗް 2004 ޖަހާލީމެވެ. ވަޅިއަކުންނެވެ. ނިކަން އުފަލުންހުރެ އަހަރެން އެދުވަހު ކުޅެން ދިޔައިމެވެ.
އެންމެންވެސް އެދުވަހު ދައްކަމުން ގެންދިޔައީ މާދަމާގެ މެޗުގެ ވާހަކައެވެ. އަހަރެންއަވަސް އަވަހަށް ދެވެން ނެތްކަމުގައި ބުނެލީ ޖޫގޮވައި ކަނޑު މައްޗަށް އަރަން ބޭނުން ނުވީތީއެވެ. ނަމަވެސް ބާކީ އެންމެން އެންޖެރީގައި ތިބުމާއެކު ދާން މަޖުބޫރުވީއެވެ. ގެއަށް ދިޔުމުން ޖޫވެސް އަހަންނަށް ވިސްނާ ދިނީ ހުރިހާކަމެއް ވެސް ރަނގަޅުވާނެ ކަމަށެވެ. އަދި އެހެންނޫނަސް ބަނޑަށް އަދި ތިންމަސް ކަމަށް ބުނެ އަހަރެން ހިތްހަމަ ޖައްސާދިނެވެ.
މިރެއަކު އަހަންނަކަށް ނުނިދެއެވެ. ހަމަ ހާސް ވަނީއެވެ. އަނެއްކާ މިވާން އުލޭ ގޮތެއް ނޭންގިގެން އަހަރެން ނަމާދުކޮށްލަން ނިންމީމެވެ. ނަމަވެސް ނަމާދަކަށް ނާރާތާ ވީ ކިތަށް ދުވަސްކަމެއްވެސް ނޭންގެއެވެ. ޖޫ ކިތަންމެ ވަރަކަށް ކިޔަސް ހަމަ ކުރާހިތް ނުވަނީއެވެ. އެކަމަކު މިރޭ ނަމާދުކޮށް ލުމުން މިލިބުނު ހިތްހަމަ ޖެހުން ބުނެދޭކަށްވެސް ނޭންގެއެވެ. އެރޭ އަހަރެންނަށް ނިދުނީ ގަޑިން ބާރަގަޑި ބައިވަނިކޮށެވެ.
“ނޫން..އަހަރެން ދޫކޮށްފަ ނުދޭ..އަހަރެން ޖޫ ދެކެ ވަރަށް ލޯބިވޭ….ވަރަށް ވޭ…ޖޫ!!!…” ފުންމައިގެން އަހަންނަށް ތެދުވެވުނެވެ. އަދި ކަންބޮޑުވަފައި އަހަންނަށް ބަލަންއިން ޖޫގެ ގައި ގައި އަހަރެން ބާރަށް ބައްދާލީމެވެ. މިހާރު އަހަރެން ދެންމެ އެ ފެނުން ހުވަފެން ހަނދާނެއްވެސް ނެތެވެ. ކޮންމެއަކަސް އެހުވަފެނުގައި ޖޫ ގެއްލެނީކަން އިނގުނެވެ. އެވަގުތު އަހަރެން ކޯޗަށް ގުޅަން ފޯނު ނެގީމެވެ. “ނިލް..ތި ހަމަޖެހިބަލަ…. ހުވަފެނަކީ ބިލާހެކޭ…ހިނގާ ދާން މެންދުރު ނަމާދުކޮށްގެން އަވަހަށް ފުރަންދާން.” އަހަރެން އަނެއްކާވެސް ނަމާދުކޮށްލީމެވެ. މިހިތަށް މިފަހަރުވެސް ލިބުނީ ހަމަޖެހުމެވެ.
ބޯޓަށް އެރިއިރި ޖޫ އަހަރެންގެ އަތުގައި ހިފާލައިން ހުއްޓެވެ. ނަމަވެސް ފަހުން އަހަރެން އުޅުނީ ޓީމު މީހުންނާ އެކުގައެވެ. ގއ. ވިލިނގިލިން އަހަރުމެންނަށް ކީ ވަރަށްވެސް ހޫނު މަރުހަބާއެކެ. ނަމަވެސް ތަފާތު ގޮތަކަށް އަހަންނާ ދިމާއަށް ބަލަން ހުރި ކުއްޖަކު އަހަރެންނަށް ފެނުނެވެ. ކިތަންމެ ބޭނުން ނުވިޔަސް އަހަރެން އޭނާއަށް ހިނިތުން ވުމެއް ރައްދުކުރުމަށްފަހު ޖޫ ހޯދާލީމެވެ. އޭނާވެސް އަންހެން ވެރިންތަކަކާއެކު އުޅުނެވެ. އެހެންވެ އަހަރެން އަޅާނުލީއެވެ.
ކޮންމެއަކަސް މެޗު ފަށައިފިއެވެ. އެއްކަލަ އަންހެން ކުއްޖާގެ ސަބަބުން އަހަރެންނަކަށް އެއްވެސް ވަރަކަށް ކުޅުމަކަށް ސަމާލުކަމެއް ނުދެވެއެވެ. ނަތީޖާއަކަށްވީ އަހަރެމެންގެ ޓީމު ބަލިވުމެވެ. ކުޅެ ނިމުމުން އަހަރެން ބޫޓު އަތަށްލައިން ހިނގާފައި ދިޔައީ އަތިރިޔާ ދިމާއަށްށެވެ. ދަނޑު އޮންނަނީ އެތާ ނުހަނު ކައިރީކަމުން މަގު އޮޅި އުނދަގޫތަކެއް ނުވެއެވެ. އެހެންނޫނަސް އަހަންނަށް ޖޫވެސް އެތަނަށް ދަނިކޮށް ފެނުނެވެ. އެތަނަށް ދިއުމުގެ އަސްލު ސަބަބަކީ އެއީއެވެ.
އަހަރެން އެތަނަށް ދިޔައިރު އެކަކުވެސް އެތާކު ނެތެވެ. ނަމަވެސް މޫދަށް ބަލަން ހުރިއިރު އަހަރެންނަށް ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. ހިތުގައިވީ ނޭންގޭ ބިރުވެރި ކަމެކެވެ. އެހެން ހުއްޓާ ފަހަތުން މީހަކުއައިސް ބައްދާލިއެވެ. އަހަރެން ހީކުރި ޖޫ ކަމަށްށެވެ. އެހެން ހުއްޓާ ދުރުން ޖޫލީ އަހަންނަށް ގޮވާލިއެވެ. ސިހިފައި އަހަރެންނަށް ފަހަތް ބަލާލެވުންއިރު ޖޫ ހުރީ މާ ދުރުގައެވެ. ގައިގައި ބައްދައިގެން ހުރީ އެއްކަލަ އަންހެން ކުއްޖާއެވެ.އަހަރެން އައި ރުޅިމަތީ އެ ކުއްޖާ ދުރަށް ފޮޅާލީމެވެ. ނަމަވެސް އެއްޗެކޭ ނުބުނެވެނީ ކަރުނަ ފޮހެމުން ދިޔަ ޖޫލީ ލޮލޮގައި އަޅައިގަތެވެ. އަހަރެންވެސް އޭނާގެ ފަހަތުން ދުއްވައިގަތީމެވެ.
ޖޫގޮސް އެރީ ބޯޓަށެވެ. އޭރު އެހެން މީހުންވެސް އަރަނީއެވެ. ފަހުން އަހަރެން ހޯދާ ހޯދާވެސް ނުފެނުނެވެ. އަހަރެންވެސް ދެން އެވަރަކުން ނޫޅެމެވެ. ބޭނުންވީ ހަމަޖެހި ލައިން ރަށަށްގޮސް ވާހަކަ ދައްކާށެވެ. އަހަރެމެން ގިނަ ޒުވާނުން އެރީ ބޯޓުގެ އެންމެ މައްޗަށެވެ. ލަވަޖަހައިން ނަށަންވެސް ފަށައިފިއެވެ. އަހަރެންވެސް ހިނދުކޮޅަކަށް ޖޫ މަތިން ހަނދާން ނެތުނެވެ. މަޖަލާ ސަކަރާތުގައި އަހަރެމެން ވަގުތުތަށް ދުއްވާލަމުން ގެންދިޔައިމެވެ. ކުއްލިޔަކަށް ބޯތު ވަރަށް ބޮޑަށް ރޯލް ކޮށްލިއެވެ. އަހަރެން ހީކުރި އެއްކޮށް ބަންޑުން ޖަހާނެ ކަމަށެވެ. ތާސް ކުޅެން އިނދެފައި އަހަރެންވެސް ކެޕްޓަނާ ވާހަކަ ދައްކާލަން ތިރިއަށް ފޭބީމެވެ.
“ނިލް… މައި މޭން..ޗިލް.. މިރާޅުތަކަކުން ބޮއްކުރަލަކަށްވެސް އަސަރެއް ނުކުރާނެ. ދެން އަދި މިއޮއް ބޮޑު ބޯޓަކަށް ގޮތެއް ނުވާނު…ހެހެހެ” އަހަރެންވެސް ހިނިގަނޑެއް ޖަހާލަމުން އަނެއްކާވެސް މައްޗަށް އެރީމެވެ. އޭރު ޖޫ ވެސް އިނެވެ. އަހަރެން މަޑުމަޑުން ޖޫ ކައިރީ ގޮސް ޖައްސާލީމެވެ. “އަހަންނަށް ހެޔޮ…ދާން އުޅޭ އެއަންކުއްޖާ ކައިރިޔަށް..” ޖޫ އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އަހަރެން ވީ ގޮތް ކިޔާދިނީމެވެ. ޖޫލީވެސް ގަބޫލުކުރީހެން ހީވެއެވެ. އަހަރެން ޖޫލީގެ އަތުގައި ހިފާލީމެވެ. އެވަގުތު ބޯޓު އެއްފަޅިއަށް ރޯލް ކުރިގޮތަށް އަނެއް ފަރާތަށް ގޮސް ބަންޑުން ޖަހާލިއެވެ. އަހަރެންގެ މޭގަނޑު އައީ އަތަށެވެ. ޖޫލީއަށް ގޮވަމުން އެ ކަނު އަނދިރީގެ ތެރޭގައި އަހަރެން ނަށް އުޅެވުނު ގޮތެއްވެސް ނޭންގެއެވެ. އިރު ކޮޅަކުން މީހަކު ވަރަށް ބާރަށް އަހަރެންގެ އަތުގައި ހިފައިފިއެވެ. ބަލާލި އިރު އެއީ ޖޫއެވެ.
އަހަރެންމވެސް އޮތީ ފިލާގަންޑެއްގައި އެލިގަނެގެންނެވެ. ޖޫސަލާމަތް ކުރުމަށް އަހަރެން ފިލާގަނޑުގައި ބަނޑުވަތަށް އޮވެ ދެއަތުން އަހަރެން ހިފަހައްޓާލީމެވެ. ކަންކަން ރޭކާލަންފެށީވެސް ދެނެވެ. ބޯޓު ބަނޑުން ޖަހާލީއެވެ. މައިންނާ ދަރިން ވަކިވެގެން އެންމެންގަނޑު ރޮނީއެވެ. އަހަރެންގެ ކުރިމަތީގައި އަހަރެންގެ އެންމެ ގާތއް އެކުވެރިޔާވެސް ޣަރަގުވެގެން ދިޔައީއެވެ. އެ ކަނު އަނދިރީގައި މުޅިންވެސް އިވެމުން ދިޔައީ ވޭނީ ރުއިމުގެ އަޑެވެ. އަހަރެންވެސް އަހަރެންގެ ލޯބިވާ އަނބިމީހާއާއި އަދި މިދުނިޔެއަށް ނޭވާވެސް ނުލާ ކުޑަކުޑަ ފުރާނަ ސަލާމަތް ކުރަން އެތަކެއް މަސައްކަތެއްކުރީމެވެ. ނަމަވެސް މަޑުމަޑުން އަހަރެންގެ އަތާ ޖޫގެ އަތް ވަކިވަނީއެވެ. ޖޫލީ އަޑިޔަށް ދަނީއެވެ. އެ ލޮލުންވެސް ހުއްޓުމެއްނެތި ކަރުނަ ފައިބަން ފެށިއެވެ.
ވަދާއީ ބެލުމަކުން އަހަރެންނަށް ބަލާލަމުން ޖޫ އަހަރެން ދޫކޮށް ދިޔައީއެވެ. އަހަރެންގެ ކުރިމަތީގައި ނޭވާ ނުލެވިގެން ތެޅިފޮޅުމަށްފަހު މިދުނިޔެއާ އަލްވަދާއު ކީއެވެ. އަހަރެންގެ ދަރިފުޅާމެދު ހުވަފެން ދެކިދެކި ހުއްޓާ އެ ދަރިފުޅުވެސް އަހަރެން ދޫކޮށް ދިޔައީއެވެ. އަހަރެންގެ ލަނގޮނޑި ފިސް ފިސް ވި ކަހަލަ އެވެ. “ޖޫ……!!!!!!!އަހަރެން ނަށް މާފުކުރޭ..” އަހަންނަށް ބާރަށް ރޮއެ ގަނެވުނެވެ. އަހަރެންގެ މަލަކާ ސަލާމަތް ކޮށްދިނުމަށް އެދި އާދޭސް ކުރީމެވެ. އޭރުވެސް މުޅިމާހައުލުން އިވެނީ ގިސްލުމާ ރުއިމުގެ އަޑެވެ. އަހަރެންވެސް އެއްވެސް އުއްމީދެއްނެތި އޮތީ ލޮލުން ކަރުނަ ނުހިކޭ ހާލުއެވެ.
އިރުކޮޅަކުން ވަރަށް ކައިރިން ދޯންޏެއް ދާއަޑު އިވުނެވެ. އެމީހުންނަށް އަހަރެމެން ފެނުނެވެ. ނަމަވެސް ހަމަ އަޅާނުލާ ދިޔައީއެވެ. އަހަރެންގެ ހިތަށް އެވަގުތު އެރިއެވެ. އަޅެ އެއީ އިންސާނުން ހެއްޔެވެ؟ މީހުންތަށް ޣަރަގުވެ މަރުވެގެން އެދަނީ އެމީހުންގެ ކުރިމަތީގެއެވެ. ރަހުމެއް ކުލުނެއް ނެތީބާވައެވެ. އެމީހުންގެ މީހަކަށް މިހެން ވިނަމަ އަހަރެމެންނަށް މި ލިބޭ ހިތާމަޔާ ބިރުވެރިކަން އިނގުނީހެވެ. އަނެއްކާވެސް އަހަރެންގެ އަތުގައި މީހަކު ހިފާލިއެވެ. ޖޫކަމަށް ބަލާލިއިރު ލޯބިލޯބި ހަތަރު އަހަރަށް ދާވަރުގެ އަންހެން ކުއްޖެކެވެ.
“ބޭބޭ…ކޮއްކޮ އޮޔާ ދަނީ…ހެލްޕ…ހެ..ހެލްޕް…މަންމި ވރަށް ރޯނެ ކޮއްކޮ ގެއްލިއްޖެޔާ..ޕްލީޒް” އަހަރެންގެ އަތްވެސް އެ ފިލާގަނޑުން ނެއްޓި އެކުއްޖާއާއެކު ކަނޑޫގެ އަޑިއަށް ވެއްޓުނެވެ. ހަނދާން ހުންނަނީ އެންމެ ފަހުން އެކުއްޖާ މަރަށް ތެޅުންތަނެވެ.
އަހަރެންނަށް ލޯހުޅުވާލެވުނެވެ. އޭރު އަހަރެންގެ ކައިރީގައި މަންމަޔާ ބައްޕަ ހުއްޓެވެ. އަހަރެންނަށް އެކަކުވެސް ސަލާމަތެއް ނުކޮށްދެވުނެވެ. ގައިމު އެދޯނީ މީހުން އެހީވިނަމަ ޖޫވެސް ހުރީހެވެ. ވަގުތުން ހަނދާނަށް އައީ ޖޫލީ އާއި އެ ކުޑަކުއްޖާ މަރު ވިގޮތެވެ. ނޭވާ ނުލެވިގެން އެކަނު އަނދިރީގައި ތެޅުނު ގޮތެވެ. އަހަރެންގެ ހޭބުއްދި ފިލާދިޔައީ ކަންނޭންގެއެވެ. މިއަދު އަހަރެން މި އިންނަނީ ކޮންމެސް ހުދު ކޮޓަރި އެއްގައެވެ. ނަމަވެސް އަހަރެންނަށް އިނގޭހާވެސް އެއްޗަކީ އަހަރެން މިއުޅެނީ އެންމެން ސަލާމތް ކުރަން ކަމުގައެވެ. އަހަރެން މިދަނީއެވެ. އެމީހުންއެ ގޮވަނީއެވެ. އަހަރެންމވެސް ހަޅޭއްލަވައިގަނެފައި ކުރިއަށް ދުއްވައި ގަތީމެވެ. އައިނައި ތަނެއް ނޭނގި މީހަކު ވަދެއްގެއެވެ. އަދި ތިނޯހެއްކަހަލަ އެއްޗެއް ހަރާލައިފިއެވެ.
އަނެއްކާވެސް މިދެލޯ މިރެނީ ކަންނޭންގެއެވެ. އެމީހުން ސަލާމަތް ނުކޮށްދެވި އުޅެނިކޮށެވެ.
ނިމުނީ

Comments (23)

  1. imagination

    everytime i hear this story..it makes me feel so uneasy. may god give them all jannathul firdhaus. aameen

  2. Xaiba

    Varah asaru gadha.
    mee kiyaafa hama lolun Karina ves ai.
    varah rythi

    1. Xaiba
      Xaiba

      Yayy mee first

  3. Thinadhu kuhjaa

    Alhey hama rohvaalaafi ??

  4. imagination

    @xaiba.. thanks <3

  5. imagination

    @thinadhu kuhjja.. thanks <3

  6. Girl

    Enamaa boat ge vaahaka adu ivunee hadhaan v hamzeel mathin enmme furathama vx hithah ery hamzeel akah fathaakah neygeye…rulhi aisa hutta kuli gothakah hamzeel vakive dhiyumun varh dhera vi…ey mulhi lyf ga vx dhimaavi enmme ragalhu kujjaa i him a lot

  7. Girl

    I miss him a lot *

  8. Shaaz

    Alhe aslah vs eyna hama hey buhdhi filaadjiya eetha????
    Alheyyyyy v dera vehje aslu vs…v dhera vey mikahala hageegee haadhisaa thah kiyaaleema….may Allah bless their souls n grant them jannath ul firdhaus…

    1. imagination
      Shaaz

      shaaz. mee hageege vaahaka eh gge mahchah binaa koh liyunu hiyaali vaahakaeh. ekm adu ehi gothuga v gina anbinnna firinna vakive mamma yaa bappa maruve dharin ves salaamai vi .. ekahala haalathuga vedhaane kamakah base koh liyefa eyni.. thanks kiyaali ma.. hope u liked it

  9. Shehey

    Vvv reethi

  10. xeyboo

    Hih halaaku wehjje hama..:'(

  11. Zaain

    V iburaiyteri…. i feel realy cry .. Insaa Allah…. Maruvegen tiya ehmeha ahunna uhutunnah suvarugeyge daaimee niumaiy minvaru kurahvaashiye…. Aaameen… Fainaly thanks for uploding….

    1. imagination
      Zaain

      ur welcome.. <3
      aameen

  12. Shau

    Maruvi enmennah suvarugeyge dhaaimy niumai minvaru kuravvaashi! Aameen. I cried after reading this! It was really touching….????

    1. imagination
      Shau

      thanks.. <3
      aameen

  13. Ah

    miss u soo much hamzil may allah suvarugeyge dhaaimy niumah dheh va vaashi .Aameen ??

    1. imagination
      Ah

      aameen

  14. Aik

    Vahaka varah reethi. Ekamaku liyuntherikamuge massala varah bodah eba huri. Kuh bas beynun kohfai hurumaai, imlaa kuhthah varah gina. Dhen faharakun ekamah samaal kan dheyne kamah ummeedhu kuran.

  15. S

    Hamzeen was my classmate.He came to Thinadhoo for holidays n see what happened to him.Thagudeeruge niya kihineh badalujurevayny. HAMZIL ashaai emmenan suvarugayge maaf niumai minvarukuravvashi.

  16. Shara

    Aww… v reeti hama rovunu…marvi enmena suvarugeyge daaimy niumayy devaandeyv Ameen…its really touching… v reeti

    1. imagination
      Shara

      aameen. thank you shara <3

  17. zekzio ?

    varah hithaamaveri vaahakaeh ekamaku
    v reethi ! Thank u imagination

Comments are closed.