Skip to content
އެސްފިޔަ

ހިތް ނުރޮއްވާ…….!!!!!! – 2 -‎

ރޭގަނޑުގެ ކެއުމަށްފަހު އަރާމުކޮށްލުމުގެ ނިޔަތުގައި ކޮޓަރިޔަށް ވަން ލޫކް އޭނާގެ އެނދުމައްޗަށް ޖެހިގަތެވެ. ކައިރީގައި އޮތް ކަންނެޔޮ ބާލީސް ނެގުމަށްފަހު އޭގައި ބައްދާލީ އްރާމުކޮން ނިދުމުގެ ނިޔަތުގައެވެ. އަދި ފުންނޭވާއެއް ލުމަށްފަހު އޭނާގެ އެ ރީތި ލޯ މަރާލިއެވެ. ނަމަވެސް އެތައް ގަޑިއިރެއް އެތައް މިނެޓެއް ފާއިތު ވެގެން ދިޔައިރުވެސް ލޫކް އަކަށް ނުނިދުނެވެ. ލޫކްގެ ސިކުނޑީގައާއި ހިތުގައި ރަނިކަން ކުރަމުން ދިޔައީ މިއަދު ފެނުން އެ ހޫރެއް ފަދަ އަންހެން ކުއްޖާއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކަށް ސަމާލުކަމެއް ނުދިން ލޫކް މިއަދު މިވަނީ އެންމެ ފެނިލުމަކުން ފެނިލި އެ އަންހެން ކުއްޖާގެ ހިޔާލުތަކުގައެވެ. އެނދުދައި ދެ އަތަށް ފުރޮޅި ފުރޮޅި އޮވެވުނީ ކިހާއިރަކުކަން ޙުދު ލޫކަކަށްވެސް ނޭގެއެވެ.
“ ދަރިފުޅާ ލޫކް… ދަރިފުޅާ…. ލޫކް… ދެން ތެދުވަންނަން ވީ ނުން . ހާދަ ވަރަކަށްށޭ ތި ނިދަނީ. މިހާރު އެއޮށް މެންދުރުން އަބުރާ 1 ޖެހީއޭ. ބައްޕަ ވެސް އެބައިންނެވި ދަރިފުޅު އައީމަ ނޫނީ ކޭން ނުބައްލަވަން…. “ ލޫކްގެ ކޮޓަރި ދޮރުގައި ޖަހާލަމުން ނަފީސާ ގޮވާލިއެވެ . “ މޮމް … މިހޭލީއޭ . މިދަނީ ރެޑީ ވެގެން. “ ނިދި އަޑަކުން ލޫކް ގޮވާލިއެވެ. “ އުހުން… ދަރިފުޅު މި ދޮރު ހުޅުވީމަ ނޫނީ މަންމަ ނުދާނަން މިތަނަކުން . މިހާރު އިމަން ވެސް ދަރިފުޅު ހޯދަން ދެތިން ބުރު ގުޅައިފި. “ ލޫކް ދެންވެސް އޭނާ އެތަނުން ދިއުމުން ނިދާނެކަން އިންގޭތީ ނަފީސާ ގޮވާލިއެވެ. “އާރގް “ އަޑެއް ލައްވާލުމަށްފަހު ކަންނެތް ގޮތަކަށް އެނދުން ތެދުވެ ދޮރާދިމާލަށް ލޫކް ހިނަގައިގަތީ މަންމަގެ ގޮއިތް ރަނގަޅަށް އިންގޭތީއެވެ. “ އާދެ އަވަހައް ތާޒާ ވެލައިން ކާން. ހެންދުނު ނާސްތާވެސް ނުކޮށްށެއްނުން ތިހުރީ. “ ދޮރު ހުޅުވި ލޫކްފެނި ނަފީސާ ހިނިތުން ވެލިއެވެ. “ ލައްބަ ! މި ދަނީއޭ އަޅުގަނޑުގެ ލޯބި މޮމް ކޮޅު. “ ނަފީސާ ގައިގާ ކުޑަކޮން ބައްދާލަމުން ލޫކް ބުނެލިއެވެ. އަދި ނަފީސާ ދިއުމުން ދޮރު ލައްޕާލާފައި ފާހާނާއާއި ދިމާލަށް ދިޔައެވެ.
“ މިއޮއް އައީނުން މަނިކުފާނު “ ސިނޑިން ފައިބަމުން ދިޔަ ލޫކް ފެނުމުން ސޯފާގައި ނަފީސާ ކައިރީ އިން އިމަން ގޮވާލިއެވެ. “ އިއްމު!!!!!! ކޮން އިރަކު މާލެ އައީ ؟؟؟؟؟ އަންގާވެސް ނުލާ ………” އިމަން ފެނުމުން ލޫކް ހައިރާން ކަމާއެކު ބުނެލިއެވެ. ވާނީވެސް އެހެނެއް ނޫން ހެއްޔެވެ. ދެ އަހަރު ކުރިން ކިޔެވުން ފުރިހަމަ ކުރުމަށް އިމަން ވަނީ ރާއްޖޭން ބޭރަށް ގޮއްސައެވެ. ދެން ކުއްލިއްކަށް މިއަދު އަންގާވެސްނުލާ ރާއްޖެއިން ފެނުމުން މީހަކު ހައިރާނެއްނުވާނެ ހެއްޔެއެވެ؟؟ “ އަންގާނުލައޯ!!! މިއަދު ހެންދުނު މާލެ އައިސް ކިތައް ފަހަރު ތިބޭފުޅާއަށް ގުޅިފައިންތޯ ބަލާބަލަ. ގައިމު ކުޑައްމަ އަށްވެސް އިނގޭ އަހަރެން އަންނަކަން. “ ރުޅި އައިސް ކަމަށް ހެދެމުން އިމަން ބުނެލިއެވެ . “ ހޫން ތި އެކްޓް ނުކުރިޔަސް ދެން ހެވޭ. އެއްފަހަރެއް ކަމަށް ބަލާފަ މާފުކުރަން ވީ ނުން ؟ “ ލޫކް އައިސް ޢިމަން ކައިރީ އިށީންނަމުން ބުނެލިއެވެ. “ މާފު ކުރެވޭނީ މިރޭ ކާން ދޭ މަތިން . ދޯ ކުޑައްމާ. “ ނަފީސާ އާއި ދިމާލަށް އެއް ލޯ މަރާލަމުން ޢިމަން ބުނެލިއެވެ. “ ހަހަހަ… ލާނެއްގަނޑު . “ ހީލަމުން މިހެން ބުނެލުމަށްފަހު މައްޗަށް އަރަން ދިޔައެވެ. “ ޙޫމް ރެޑީވޭ މިރެ ކާންދާން. “ ސޯފާގައި ޢޮއިތް ކުޟަން އިމަން އާއި ދިމާލަށް އެއްލާލަމުން ލޫކް ހީލިއެވެ.

Comments (13)

  1. Shaff

    Hey guys. Sry for the late upload. Its a problem in esfiya. N today wx i bit bxy day for me thts y its short. But next parts willl b long insha allah. So hope u all like it. Tc. C yaa all tmmrw insha allah. Gud nyts???

  2. Its_me

    Good job shaff ?

  3. naju

    Haadha kurey…

  4. Shabyby

    Eyruvea ingey haadha kurey ey kiyaafa knmes reader eh cmmnt kuraanekan. 😛
    Bala ebunynu busy vahaka. :-/ Evarun vx up kohdhyfitha dhw.. 😉
    Grt work Shaff. 😀

    1. Shabyby
      Shabyby

      Haha.. Ei maja
      Kudhin kudhin rulhi naannahchey! 😛
      Btw waitung shaff.. <3

    2. Shaff
      Shabyby

      Hehe thnks shabu love ?

  5. kiya

    Haadha Kurey but v salhi

  6. Chum handi

    it’s ok even if it’s short… cuz you already told you are busy… story salhi….

  7. Samee

    Mi prt ves v nycc.. Bt shaff.. Adhives samee ah feney baeh mistakes thrr.. Kyveh husnoonuga sukun jahaafa… N bunedhee faanah thr shaff thy kon rasheh ge kujje kan… Btw keep it up

    1. Shaff
      Samee

      Hehehe mi kela kuhjeh. Kihineh v baa anehkkaa. ? yea 4n in liyaathy undhaguly. But will try to reduce it

  8. shafu

    waiting for next part………

  9. Sm1

    Ey.. Koba aneh part.. Inthizaruge guitar kulhe kulhe ingilithah halaak vhje..

  10. anaa

    reethi maakuru

Comments are closed.