Skip to content
އެސްފިޔަ

ހިތް އެދެނީ

ވަށައިގެން ވެރިވެފައިވަނީ އަނދިރިކަމާއި ނާމާންކަމެވެ. ބޯކަށް ވެހެމުންދިޔަ ވާރޭގެ އަޑާއިއެކު އިވެމުންދަނީ މީހުންގެ ރުއިމާއި ހަޅޭކުގެ އަޑެވެ. ވިދާލާ ކަންމެ ވިދުވަރަކާއިއެކު ކޮންމެ މީހަކުވެސް އެމީހަކާއި އެންމެ ގާތުގައި އިން މީހެއްގެ އަތުގައި ބާރަށް ހިފަހައްޓާލެވެނީ ދެން އިވިގެންދާނެ އަޑަކަށް ބިރުވެރިކަމާއިއެކު އިންތިޒާރު ކުރާ ހާލުގައެވެ. މިގޮތުގައި ހޭދަވީ ކިހާ ވަގުތެއްކަންވެސް އެއިން މީހަކަށް ނޭނގެއެވެ. ކޮންމެ މީހަކުވެސް ހެއްދެވި ފަރާތަށް ވަކީލުކޮށްލައިގެން އިނީ އެ ބިރުވެރިކަމުން ސަލާމަތްވޭތޯއެވެ.

ބޯޓަށްއައި ކުއްލި ލޮޅުމާއިއެކު ކަނާތްފަރާތުން ބިންދާލި ރާޅުގެ ލޮނުގަނޑު އެއްވެސް ހިފެހެއްޓުމެއްނެތި ބޯޓުގެތެރެއަށް ވަދެގެން ދިޔައެވެ. ލިބުނު ސިހުމާއިއެކު ބައްޕަގެ އަތުގައި ބާރަށް ހިފަހައްޓައިގެންއިން ލައިބާގެ އަތް ދޫވިއެވެ. މީހުންގެ ހަޅޭކުގެ އަޑުވެސް ބާރުވެގެންދިޔައެވެ. އެއްބަޔަކު އަނެއްބަޔަކަށް ސަލާމަތަށްއެދި ރޮއި ހޭރޭ އަޑުން މާހައުލު ހަލަބޮލި ވެގެން ދިޔައެވެ. ލޮނުގަނޑުގެ ތެރޭގައި ބަކަތަޅަމުންދިޔަ ލައިބާގެ ކަންފަތުގައި އެވަގުތު ޖެހުނީ އޭނާގެ ލޯބިވާ ބައްޕަގެ ވޭނުންފުރިގެންވާ އަޑެވެ. ލައިބާ!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Littu

    Haadha kurey story v nice

    1. Anonymous
      Littu

      Mi site ah new writer eh vyma ehnves vedhaane. Unmeedhu kuran dhigu koh kuriah huri part thah genes dhynekamah..

  2. ސޯލިހު

    މިސައިޓްގަ ގެންނަ ވާހަކަތައް ގަވައިދުން ނުގެނެސްދެވޭ ނަމަ ވާހަކަ ނުގެނެސްދިނިއްޔާ މާރަގަޅުވާނެ. އޭގެ ބަދަލުގަ ބޮޑުތަކުރުފާނު ވާހަކަ ނުހުއްޓާ ލިޔެވޭނެ..ވަރަށް ވެދުން..

  3. Saandy

    Feshun v interesting… Dhen huri baithah dhigukolladhehchey… Kon dhuvas thakehgatha mivaahaka up kurany?? Waiting for the next part 🙂

  4. azoo

    v reethi.ekhamakhu maa kuryy..

  5. shafu

    v reethi….. next part dhigu kolladhechey……..waiting for next part..

  6. maree

    vvvv reethi vaahaka

  7. xim

    hidhoo sis story kithahme haavx reethii….bt thankholheh kuree…..

Comments are closed.