ކޮޓަރިން ނިކުމެގެން ހިގާފައި  ސިޓިންްގް ރޫމަށް ނިކުތް މާޔާގެ ފިޔަވަޅުތަށް ހުއްޓުނީ އެކޮޅުން ދައްކަމުން ދިޔަ ވާހަަކައިގެ ސަބަބުންނެވެ.

” އަޅުގަނޑަށް އެނގޭ ދައްތަ މާޔާއާއި ދޭތެރޭ ވިސްނާކަން.. އެކަމަކު ދައްތަގެ ތި އެދުން ކިހިނެތް..” އެކޮޅުން އިވެމުން ދިޔައީ ފާރިލްގެ އަޑެވެ.

” ދައްތައަށް އެނގޭ ހުރިހާ ކަމެއްވެސް.. ފާރިލް މާޔާ ދެކެ ލޯބިވާކަންވެސް އެނގޭ… ދައްތަ މާޔާގެ ދިރިއުޅުމާއި މެދު ވިސްނައި މިހާރު ސިކުނޑި ސުމަކަށް ދާވަރު ވެއްޖެ… ދައްތަ އަށް ކަމެއް ކޮށްދެންޏާ މިކަންތައް ކޮށްދީ…” އާރިފާގެ އަޑުގައިވަނީ މޮޅިވެރިކަން އެކުލިފައެވެ. އިވެމުން ދިޔަ ބަސްތަކުން މާޔާގެ ހިތުގައި ބިރުވެރި ކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލި ކަަހަލައެވެ. މަންމަ މިހާ އާދޭހާއި އެކީ ފާރިލް ކައިރީ އެދެމުންދަނީ އަނެއްކާ ކޮންކަމަކަށް ބާވައޭ މާޔާ ހިތަށް އަރަމުންދިޔައެވެ.

” ދައްތާ… މާޔާގެ ހިތުގައި ވަނީ އެންމެ މީހެއްގެ ނަން… ދެން ކިހިނެތް އަޅުގަނޑު…އެމީހާކު މާޔާ ދޭތެރޭ ކިތަންމެ ނިކަމެތިކޮށް ކަންތައް ކުރިއަސް މާޔާ އަދިވެސް އިންތިޒާރު ކުރަމުން އެދަނީ ހަމަ އޭނައަށް… ކައިވެންޏަކީ އެންމެ ފަރާތަކުން ބޭނުންވެގެން ކުރިއަށް ގެންދެވޭނެ ގުޅުމެއް ނޫން ދައްތާ… އަޅުގަނޑު އިރާދަކުރެއްވިއްޔާ އަބަދުވެސް މާޔާ އަށް އެހީތެރިވެދޭނަން…” ފާރިލް ހިތާހިތުން އެތަށް ފަހަރަކު އެ ހުށަހެޅުމަށް އެއްބަސްވުމަށް ބުނަމުންދިޔައެވެ. އެހެންނަމަވެސް އެކަމާ އިންކާރުކުރީ މާޔާގެ އުފަލައްޓަކައެވެ. މާޔާގެ ހިތުން އެ މީހެއްގެ ނަން ފޮހެވެން ދެން އިންތިޒާރު ކުރަން ފާރިލް ބޭނުމެވެ.  ފާރިލް ގެ ޖަވާބުން އާރިފާ މާޔޫސް ވީ ނަމަވެސް ހިނިތުންވެލީ އެދެއްކި ވާހަކައަށް ތާއިދުކުރެވޭތީއެވެ.

މަންމަ ފާރިލްކައިރީ މިގޮތަށް ކައިވެންޏަށް އެދިފާނެ ކަމަކަށް މާޔާ ހީނުކުރެއެވެ. އެހެން ނަމަވެސް ފާރިލްގެ ފަރާތުން ލިބުނު ޖަވާބުން މާޔާ ކޮންމެވެސް ވަރަކަށް ހަމަ ޖެހުން ލިބުނެވެ.އެހެނަސް ހިތަށް ވެރިވެފައިވާ އުދާސް މުޅިން ފިލައިގެން ނުދެއެވެ. ސިޓިން ރޫމަށް ނިކުތީ ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.

” ހިނގާ ދާން…” މާޔާ އަޑުގައިވާ މޮޅިވެރިކަން ފޮރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ފާރިލްގެ ހިތުގައި ވާ ސިއްރު އެނގުމުން މާޔާ ކުޑަކޮށްޖެހިލުންވާ ގޮތް ވިއެވެ.

” ދަރިފުޅު… ހާދަ އިރެއްވީ… ” ކުއްލިއަކަށް މާޔާ އައުމުން އާރިފާ ކުޑަކޮށް ސިހޭގޮތްވިއެއްކަމަކު ހަމަޖެހިލިއެވެ.

” ވަރަށް ވަރުދެއްކި ނުނިދަން… އެހެންވެ ލަސްވީ… ” މާޔާވެސް ހިނިތުންވެލަމުން ބުނެލިއިރު އަތުގައި އޮތް ފޯނު ބަލާލިއެވެ.

” އެހާ ލަހެއް ނުވެއެއްނު އަދި.. ހިނގާ ދެން އަވަހަށް ދާން…” ފާރިލް ކޮޅަށް ތެދުވަމުން  ބުނެލިއެވެ. މިރޭ ދެއްކި އެއްވެސް ވާހަކައެއް މާޔާއަށް އަނޑު އިވުނު ބާވައޭ ފާރިލްގެ ހިތަށް އަރަމުންދިޔައެވެ. އެހެން އެކަން ވެއްޖެނަމަ މިހުރިހާ ދުވަހު ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު ހާމަވީއެވެ.ނޫނެކެވެ. އެނގުނު ނަމަ މާޔާ މިހެން ނޫޅޭނެއޭ ހިތަށް އަރުވަމުން ހަމަޖެހިލެވޭތޯ މަސައްކަތްކުރަމުންދިޔައެވެ. އެހެނަސް އެކަން ހާމަ ނުކުރެވޭތޯ މަޔާ މަސައްކަތް ކުރަމުން ގެންދިޔައެވެ.  ފާރިލް އާއި މާޔާ ބޭރަށް ދިޔަތަން ބަލަން އާރިފާ އިނީ ހިނިތުންވެފައެވެ. ކޮންމެވެސް ދުވަހަކުން މާޔާގެ ހަޔާތް ބާއްޖަވެރިވާނެޔޭ އާރިފާގެ ހިތްބުނާކަހަލައެވެ.

ރާންބާ ރެސްޓޯރެންޓްގެ ހިތްގައިމު މާހައުލުގައި ކެއުމަށް އިންސާފުކުރަމުން މާޔާ އާއި ފާރިލް ދިޔައިރު ފާރިލްގެ ނަޒަރު އިރުއިރުކޮޅާ މާޔާއަށް ހުއްޓެމުން ދިޔައެވެ.މާޔާ ކޮންމެވެސް ކަމަކާ ވިސްނާކަން މާޔާގެ ހަރަކާތްތަށް ހުރި ގޮތުން ފާރިލްއަށް ހީވިއެވެ. ފާރިލްއަށް ހަދާންވީ އާރިފާ ދެއްކިވާހަކައެވެ. ފާރިލް ވަރަށް ވިސްނާފައި މާޔާއަށް ގޮވާލިއެވެ. މާޔާ އިސް އުފުލާ ބަލާލަމުން ހިނިތުންވެލިއެވެ.

” މާއި.. ކިހާ ދުވަހެއް ވަންދެންތަ މައި އޭނައަށް އިންތިޒާރުކުރާނީ… ކިހާ ދުވަހެއް ވަންދެންތަ ތިގޮތަށް ދިރިއުޅެން ތި ވިސްނަނީ…” ފާރިިލް ވާހަަކަ ދައްކަމުންދިޔަ ސީރިއަސް ކަމުން މާޔާ އަށް ބަލަން ހުރެވުނީއެވެ.

“ފާރިލް… ކޮން ވާހަކައެއް ތި ދައްކަނީ މިހާރު.. ކިހިނެތް ވީ އަނެއްކާ..” މާޔާ ހަމަޖެހެން މަސައްކަތްކުރަމުން ދިޔައެވެ.

” މާއި އަށް އެނގޭނެ މިދައްކަން އުޅޭ ވާހަކަ.. ކީއްވެ ހަޤީޤަތާއި ކުރިމަތި ނުލާން ތިއުޅެނީ..” ފާރިލް މާޔާގެ ލޮލަށް ބަލަން އިދެ ވާހަކަ ދައްކަމުން ދިޔައިރު ނަޒަރު ހުއްޓިފައިވަނީ މާޔާގެ ހަރަކާތްތަކަށެވެ.

” ކޮން ހަޤީޤަތެއް..؟” ފާރިލް ދައްކަން އުޅެނީ ކޮންވާހަކައެއްކަން މާޔާއަށް ރަގަޅަށް އެނގެއެވެ. އެހެންނަމަވެސް ކުއްލިއަކަށް މިކަހަލަ ވާހަކައެއް ދައްކަން ފެށުމުން މާ×ީާޒީގެ ހަދާންތަކުން ހިތަށް އުދަނގީޫކުރުވަމުންދިޔައެވެ.

” މާޔާ… އަހަންނަށް އެނގޭހާވެސް އެއްޗަކީ މާޔާ ތިމީހަކަށް އިންތިޒާރުކޮށް ދިރިއުޅުން ބޭކާރުކޮށްލުމަކީ މޮޔަކަމެއްކަން… ކިތަށް ދުވަހު އޭނަ މާޔާއަށް ގުޅީ.. މާޔާ ވީތަނެއް ބެލިތަ އެންމެ ފަހަރަކުވެސް… ނަތީޤް.. ނަތީޤް ދުނިޔޭގައި ހުރިތޯވެސް ބެލިތަ މައި ވީތަނެއް ބަލާނުލާއިރު..” ފާރިލް މަޑުން ވާހަކަ ދައްކަމުން ދިޔައިރުވެސް އެއަޑުން ހިތްހަމަނުޖެހިފައިހުރިކަން ހާމަވެއެވެ. ފާރިލްގެ ވާހަކަ ތަކުން މާޔާގެ ލޮލަށް ކަރުނަ ޖަމާވާމުން ދިޔައެވެ.

” މާޔާ އަށް އެނގޭތަ މާޔާއަށް ތިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން.. މާޔާގެ މަންމަ އަށް ކެތެއްނުވޭ މާޔާ ތިއުޅޭ ހާލު ބަލާކަށް… ދެން ހުރީ ނަތިއްކޮ… މާޔާ މިހުރިހާ ދުވަހު ތިވިސްނަމުން ދިޔައީ ހަމަ އެކަނި މާޔާއާއި މެދު ދޯ… މާޔާ ތީ މޮޔައެއްތަ… ނަތިއްކޮ އަށް ބައްޕައެއްގެ ލޯތްބެއް ބޭނުން ނުވާނެތަ…އެހެން ކުދިން ވެސް ބައްޕައާއި އެއްކޮށް އުޅޭތަން ފެނި ބޭނުމެއް ނުވާނެތަ… މާޔާއަށް ހަމަ ރަގަޅަށްވެސް އެނގޭނެ މި އިހްސާސްތަށް.. މީ ދޮގެއްތަ..؟ ” ފާރިލް ވާހަކަ ކުރުކޮށްލިއެވެ. މާޔާ ގަދަކަމުން ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ ކަރުނަތަށް މިނިވަންކަމާއިއެކު ފައިބަމުން ދިޔައީ އެއްވެސް ހިފެހެއްޓުމެއްް ނެތިއެވެ.މާޔާ ރޯތަން ފެނުމުން ފާރިލް ހިތަށް އުދަނގޫވިއެވެ. އެހެންކަމުން މާޔާ ކައިރިއަށް ގޮނޑި ޖައްސާލަމުން މާޔާ ހަމަޔަކަށް އެޅުވޭތޯ މަސައްކުރަން ފެށިއެވެ.

” މައި… އައި އެމް ސޮރީ… އައި ނޯ އައި ހޭވް ނޯ ރައިޓް ޓު ސޭ ދެޓް… އެކަމަކުވެސް އެއީ ހަޤީޤަތް ..ކޮންމެވެސް ދުވަހަކުން އެސުވާލު ކުރާނެ ދޯ ނަތިއްކޮ.. އޭރަށް މާޔާ ކީއްކޭ ބުނާނީ…ތިންކް އެބައުޓް އިޓް މައި.. ޔޫ ނީޑް ޓޫ މޫވް އޮން.. ޕްލީޒް ޑޯންޓް ކްރައި..” ފާރިލްގެ ބަސްތަކުން މާޔާއަށް އިތުރަށް ރޮވުނެވެ. ތެދެކެވެ. މާޔާގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ބޭނުންވެއެވެ. މާޔާގެ ހިތުގައި އެހެން މީހަކަށް އެ މަޤާމު ދެވޭނީ ކިހިނެތް ހެއްޔެވެ.؟ މާޔާގެ އިންތިޒާރުތަކަށް ފޮނި ނިމުމެއް ނުލިބޭނީސް ނިންމާލަންވީ ހެއްޔެވެ. މާޔާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އަތުގެ ނުފުށުން ކަރުނަތަށް ފޮހެލިއެވެ.

” ފާރިލް އަަހަންނާއި އިންނަން ކެރޭނެތަ…؟ ” މާޔާ ޖެހިލުންވެފައި ހުރެ ފާރިލް އަށް ބަލާލަމުން އަހާލި އިރު ފާރިލް އަށް ޤަބޫލުކުރަން ދަތިވެފައި ބަލަން ހުރެވުނީއެވެ. މާޔާ ދެވަނަ ފަހަރަށް ވެސް އެސުވާލު ތަކުރާރުކޮށްލިއެވެ.

” މާއި .. ތިކިޔޭ އެއްޗެއް އެބަ އެނގޭތަ… ނަތިއްކޮ އަށް ބައްޕައެއްގެ ލޯބި ހޯދައިދޭށޭ ބުނީމަ އޭގެ މާނައަކީ ކޮންމެ މީހެއް ކައިރިން ކައިވެންޏަށް އެދުމެއް ނޫނެއްނު..” ފާރިލް  މާޔާއަށް ވސްނުވައިދެވޭތޯ މަސައްކަތްކުރިއެވެ. މިއީ މާޔާގެ ފަރާތުން ދުވަހަކުވެސް އިވިދާނެ ކަމަކަށް ފާރިލް އުއްމީދުކުރިި ބަސްތަކެއް ނޫނެވެ. ހިތުގެ ކަނެއްކައި އުފާވެރިކަމުގެ މިއުޒިކު ކުޅެވެމުން ދިޔައިރު މާޔާ ނުވިސްނާއި ބުނެވުނު އެއްޗެއްކަމަށް ފާރިލް ގަބޫލުކުރަން ބޭނުންވިއެވެ.

” ފާރިލް އަހަރެން ދެކެ ކޮން އިރަކުން ފެށިގެން ލޯބި ވާން ފެށީ..” ފާރިލްގެ ހައިރާންކަން އިތުރުވެގެން ދިޔައީ ފާރިލްގެ ސިއްރު މާޔާއަށް އެނގޭކަން ހާމަ ވުމުންނެވެ. ކުށްވެރިއަކު ފަދައިން އިސްޖަހާލީ މާޔާއަށް ބަލާނެ ހިތްވަރެއް ނެތުމުނެންނެވެ.

” ފާރިލް އަހަރެން ދެކެ ލޯބި ވާރަކަށް އަހަންނަށް ނުވެނުނަސް … އައި ކުޑް ޓްރައި… އެނގޭ މާބޮޑަށް މީހަކު ދެކެ ލޯބި ވެވުނީ …ވިލް ޔޫ މެރީ މީ..” ރޮއެފައި ހުރުމުގެ ސަބަބުން މާޔާގެ އަޑު ކުރަކި ވެފައި ހުއްޓެއްކަމަކު މާޔާ މަޑުމަަޑުން ވާހަކަދައްކަމުންދިޔައީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައިހުރެއެވެ. މާޔާ ފާރިލްގެ އަަތުގައި މަޑުމަޑުން ހިފާލުމުން ފާރިލް މާޔާއަށް ބަލާލިއެވެ. މާޔާ އަމިއްލައަށް ކައިވެންޏަށް އެދުނީއެވެ.

” ޔޭސް އައި ލަވް ޔޫ.. ފްރޮމް ދަ ފަސްޓް ޑޭ އައި ސޯ ޔޫ އޮންވާޑް… ޔޭސް އައިވުޑް ލަވް ޑު މެރީ ޔޫ.. އެކަމަކު މާޔާ ކޮންމެހެން މަޖްބޫރެއް ނޫން އަހަރެން ދެކެ ލޯބިވާކަށް… އެދުވަހަކަށް އިންތިިޒާރުކުރާނަން… އައި ވޯންޓް ފޯސް ޔޫ..” ފާރިލް މާޔާއާއި ހަތަރުކަޅި ހަމަކުރަމުން ބުނެލިއެވެ. މާޔާ ހިނިތުންވެލިއެވެ. އިރާދަ ކުރެއްވިއްޔާ މާޔާގެ ހުރިހާ ހިތާމާއަށް ލޯބިން ދުރުކުރުވާނަމެވެ. ދެން އިތުރަކަށް އެވޭނުގައި އުޅުނު ނުދޭނެ ކަމަށް ފާރިލް ހިތާހިިތުން އަޒުމް ކަޑައެޅިއެވެ.

އެންމެންގެ އުފަލަށްޓަކައި މާޔާ މިފަދަ ނިންމުނެއް ނިންމީ ހިތް ރޮއްވާލަމުންނެވެ. ހިތުގައި އެމީހަކަށްޓަކައި ރައްކާކޮށްފައިވާ ލޯބި ކަފުންކުރަމުންނެވެ. ނަތީީޤްެއަށް މިއަށް ވުރެ ރަގަޅު ބައްޕައަކު ނުލިބޭނެކަން މާޔާއަށް އެނގެއެވެ.ދަރިފުޅުގެ އުފަލަށް ޓަކައި ކޮންމެ ކަމެއްވެސް މާޔާ ހުރީ ކުރަން ތައްޔާރަށެވެ. ދެން މާޔާ އިންތިޒާރެއް ނުކުރާނެއެވެ.

……………………………………………………………………………

ޖަހާފައިވާ މަޑު މިއުޒިކީ ރާގުންނާއި މީހުންގެ އަޑުތަކުން ވަނީ މާހައުލުގެ ހަމަހިމޭންކަން ކެނޑުފައެވެ. ބޮޑު ހޯލު ރަންކުލައާއި ހުދުކުލައިން ޒީނަތްތެރިކުރެވިފައިވާ ގޮތުން ޕާޓީއަށް ހާޒިރުވެތިބި މެހެމާނުންގެ ފަރާތުން ތައުރީފުގެ ބަސްތަށް އޮހެމުންދިޔެވެ.އިންތިޒާމުތަކުގެ ފުރިހަމަކަމުންވެސް މެއެވެ. އެހެންނަމަވެސް މި ޕާޓީީ އެހެން ޕާޓީތަކާއި ތަފާތުވެފައިވަނީ އެއްފަހަރާ ދެއުފާ ގެނުވާއިދޭ ޕާާޓީއަކަށް ވުމުންނެވެ. މަލީސާއާއި ނިހާލްގެ އިންތިޒާރުތަކަށް މިރޭ ނިމުމެއްއައީއެވެ.ހީވަނީ ދެއީދު އެއްފަަހަރާ ލައިގެން އުޅޭހެންނެވެ. ނީލްގެ ކައިވެނި ލިލީއާާއި ކުރެވުނީއެވެ.

ނީލް އާއި ނަކީލް އެމީހުންނަށް ހާއްސަ ކުރެވިފައި ތާގައި ތިބި އިރު ކައިރީގައި ލިލީ އާއި ޖެނީ މަޑުކޮށްލައިގެން ތިއްބެވެ. ލައިފައިވާ ހުދުކުލައިގެ ޖަރީ ވެޑިން ޑްރެސްގައި ހުރި އިރު ޖެނީ ހީވަނީ ޕަރީއެއްހެންނެވެ. ނަކީލްގެ އަތުގައި އެއްއަތުން ހިފައިގެން ހިނިތުންވެ ހުރި އިރު އެ މޫނު މަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ނަކީލްވެސް ހިނިތުންވެލައިގެން ހުރީ ވަރަށް ހިތްވަރުކޮށްލައިގެންނެވެ. ކިތަންެމެ ބޭނުން ނުވިއެއް ކަމަކު ނަކީލްގެ އަތްބަކަށް ވުމުގެ ހައްޤު އެހެން މީހަކަށް ދެވުނީއެވެ.

ޕާޓީ ނިމުމުން ނަކީލް އަށް ހީވީ ބޮޑު ލުޔެއް ލިބުނު ހެންނެވެ. އަވަސް އަވަހަށް އެތަނުން ގެޔަށް ދާން ބޭނުންވިއެވެ. އެހެންނެކަމަކު އަދިވެސް އެއްފަހަރު ނީލްއަށް މަރުހަބާ ކިޔާލުމަށް ނަކީލް ހިގައިގަތެވެ. ނީލް އާއި ލިލީ ކައިވެންޏަށް ފަހު ވަކި ގެއަކަށް ދިރިއުޅުން ބަދަލުކުރަން ހަމަޖެހިފައި ވުމުން، ކޮއްކޯއާއި ވަދާއީ ސަލާން ކޮށްލީ އުފާވެރި މުސްތަޤްބަލަކަށް އެދި ދުއާ ކުރަމުންނެވެ.

……………………………………………………………………………..

ފުރިހަމައަށް ފަރުމާކޮށްފައިވާ މާސްޓާރ ބެޑްރޫމް ވަނީ ވަރަށް ހިތްގައިމު ގޮތަކަށް ޒީނަތްތެރި ކޮށްފައެވެ. އެދުގައި އިށީންދެލައިގެން ދެއަތް ދެއަތާ މޮޑެން އިން ޖެނީ އިންތިޒާރުކުރަމުން ދިޔައީ ނަކީލް އަންނާނެ އިރަކަށެވެ. ޖެނީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން މިއަދު ހަޤީގަތަކަށް ވުމުން މިރޭ ލިބިފައިވާ އުފާވެރިކަން ބާޔާންކޮށްދޭންވެސް ދައްޗެވެ. ކައިވެނީގެ ފުރަތަމަ ރެއަށް ވުމާއިއެކު މިރޭ ކަންތައް ވެގެން ދާނެ ގޮތް ހިތަށް އަރުވާާލިއަސް ޖެނީ ގައިން ހީބިހި ނަގައިގެންދެއެވެ. ޖެނީ ބަލާލީ ދޮރުހުޅުވާލެވުނު އަޑަށެވެ. ކޮޓަރިއަށް ނަކީލް ވަދެގެން އައިތަން ފެނުމުން ހިތުގައި މަޑު މިއުޒިކީ ރާގެއް ކުޅެލިއެވެ.

ނަކީލް ހިގާފައި އައިސް ކުޑަދޮރުކައިރީ ހުއްޓުނެވެ. ޖެނީ އަށް ބަލާވެސް ނުލައެވެ.

“ކީލް… ” ޖެނީ ނަކީލްއަށް ގޮވާލުމުން ނަކީލް ބަލާލިއެވެ.

” ޖެނީ.. އަހަރެން ބޭނުން ޖެނީ ކައިރީ ވަރަށް ބޮޑު ވާހަކައެއް ބުނަން…” ނަކީލްގެ އަޑުގައިވާ ސީރިއަސް ކަމުން ޖެނީގެ ހިތް ތެޅިލިއެވެ. މިވާން އުޅެނީ ކީއްބާއެވެ.  މަޑުމަޑުން ހިގާފައި ގޮސް ނަކީލް ކައިރީ  މަޑުކޮށްލިއެވެ. ނަކީލް ފުން ނޭވާއެއް ލިއެވެ.

” ލުކް ޖެނީ…. އައި ނެވަރ ވޯންޓް ޓު ހާރޓް ޔޫ… ޖެނީއަށް އެނގޭނެ ކަންނޭގެ އަހަރެން އެހެން މީހަކު ދެކެ ވަރަށް ބޮޑަށް ލޯބި ވިކަން… ދެން ފަހުން ކަންތައް ވެދިޔަ ގޮތްވެސް… އެކަމަކު އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް އައި އެމް ސްޓިލް ވެއިޓިން ފޯ ހަރ..” ނަކީލްގެ މި ޖުމްލަައާއި އެކު ޖެނީގެ ދުނިޔެ ހުއްޓުނު ކަހަލައެވެ.

” ދެން ވައި ޑިޑް ޔު މެރީ މީ… އައި ތޯޓް ޔޫ ލަވް މީ…” ޖެނީއަށް ބޭ އިހްތިޔާރުގައި ބުނެވުނެވެ. ޖެނީއަށް އެނގިފައިވާ ގޮތުގައި މިކައިވެންޏަށް އެދިފައިވަނީ ހުދު ނަކީލްއެވެ. ބިނާކުރަމުން ދިޔަ ހިޔާލީ ދުނިޔެ އެއްފަހަރާ ފުޑުފުޑުވީއެވެ.

” ބައްޕަގެ އެދުމުގެ މަތިން… އަހަރެންގެ ހިތުން ދުވަހަކުވެސް އެހެން މީހަކަށް އެމާޤާމެއް ނުދެވޭނެ ކަންނޭނގެ ޖެނީ.. ސޯ ޑޯންޓް އެކްސްޕެކްޓް މަޗް ފޮރްމް މީ… އަހަންނަކަށް މިކައިވެންޏެއް ޤަބޫލު ނުކުރެވޭނެ އަދިއެއް… އައި ނީޑް މޯ ޓައިމް…” ނަކީލް ފުރަތަމަ ފަހަރަށް ޖެނީއަށް ބަލާލިއެވެ. އެ މައުސޫމް ދެލޮލުން ހާމަވަމުން ދިޔަ ކަރުނައިން މިކުރެވުނު ކަންތަކާ ހުރެ އަމިއްލަ ނަފްސަށް މަލާމަތް ކުރެވުނެވެ.

ޖެނީ ގަދަކަމުން ކަހަލަ ގޮތަކަށް ނަކީލްައަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ބޯ ޖަހާލީ އެއްޗެއް ބުނާނެ އިތުރު ހިތްވަރެއް ނެތުމުނެްނެވެ.  ޖެނީ ފާހަނައަށް ވަނުމުން ނަކީލް ގޮސް ބެލްކަންޏަށް ނިކުމެ ދޮރު ތަޅުލިއެވެ. ހިތަށް ލިބިފައިވާ އުދާހުން ހަމަ ޖެހުމެއް ލިބިގަތުމަށްޓަކައެވެ. ކަކޫ މައްޗަށް ތިރިވެ އިސްޖަހާލެވުނީ ގޮތް ހުސްވެފައިވާ މީހަކުފަދައިންނެވެ. އިތުރަށް ކޮޅަށް ހުންނާނެ ހިތްވަރެއް ނެތީ ކަންނޭނގޭއެވެ. ހިތުގައި ފޮރުވާފައިވާ އުދާސް ކަރުނައިގެ ސިފައިގައި ބޭރުކުރަމުންދިޔައެވެ. އެންމެ ފަހަރަކުވެސް މިކަައިވެނި ނުކުރާށޭ ބުނި ނަމަ ނުކުރީމުހެވެ. އެންމެ ފަހަރަކު ނަމަވެސް ގުޅާނެނަމައެވެ. އެންމެ ފަހަރަކު ނަމަވެސް އަންނާނެނަމައެވެ. ދުރުގައިވިޔަސް ހާދަ ދިގު އިންތިޒާރެއް ކުރެވިއްޖެވެ. އަދި އެންމެ ފަހަރަކު ނަމަވެސް ފެންނާނެ ނަމައެވެ.

ދުވަސްތަށް މާޒީއާއި އެކުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ނަކީލް އާއި ޖެނީ އެއްކޮޓަރީގައި އުޅުނުކަމުގައި ވިޔަސް ދެ ބީރައްޓެހިން ކަހަލައެވެ. އެހެންނަމަވެސް ނަކީލްގެ ކަންތައްތައް ބަރާބަރަށް ފުރިހަމަ ކޮށްދެވޭތޯ ޖެނީ ބަލައެވެ. ކައިވެންޏަށް ދެހަފްތާ ވީއިރުވެސް މެލީސާ އާއި ނިހާލްގެ މޫނުމަތިން ފެންނަމުން ދިޔައީ ކައިވެނި ކުރި ދުވަހު ފެންނަމުން ދިޔަ ހިތްހަމަޖެހުމެވެ. ނީލް އާއި ލިލީވެސް މަދު މަދުން ޒިޔާރަތް ކޮށް ހަދާތީ ކަންނޭނގެއެވެ.

ނީލް އާއި ލީލީ ބޭނުންވީ ހަނީމޫނަށް ރާއްޖެ ދިޔުމަށެވެ. ޖެނީވެސް ރާއްޖެ ދާހިއްވާތީ އާއި އެކު އެންމެންގެ އެދުމުގެ މަތިން ނަކީލްވެސް އެމީހުންގެ ނިންމުމާއި އެއްބަސްވިއެވެ.

އިބްރާހީމް ނާސިރް އިންޓަރނޭޝަނަލް އެއާރޕޯޓްގައި ފްލައިޓް ޖެއްސުމާއިއެކު ނަކީލްގެ ހިތް ބާރަށް ތެޅިލިއެވެ. ކިތަންމެ ރީތި ނަމަވެސް ރާއްޖެއަކީ ނަކީލް އެއްގޮތަކަށްވެސް އަންނަން ބޭނުންވާ ތަނަކަށް ނުވާތީއެވެ.އެންމެންގެ އުފަލަށްޓަކައި ކެތްކޮށްލައިގެން ނަކީލް ހުރީ ރާއްޖެއިން ކޮރެޔާއަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ނަމަވެސް މިކަން އެއްވެސް މީހަކަށް ހާމަކުރާކަށް ބޭނުމެއް ނުވެއެވެ.

……………………………………………………………………………..

މިއަދަކީ ނަކީލް ރާއްޖެއައިތާ ތިން ވަނަ ދުވަހެވެ. ނީލް އާއި ލިލީ ރިސޯޓެއްގައި މަޑުކުރަން ބޭނުން ވިއެއް ކަމަކު ނަކީލް ބޭނުންވީ މާލޭގައި މަޑުކުރާށެވެ. ނަކީލްއާއި ޖެނީ ވެސް އެހެން ދުވަސް ތަކެކޭ އެއްގޮތަށް ބޭރަށް ނިކުމެލީ ހިގާލުމަށެވެ. ރާއްޖޭގެ ހިތްގައިމު މަންޒަރު ފެނިފައި ޖެނީ އުޅޭގޮތް ފެނި ނަކީލް ހުންނަނީ މަޖާވެފައެވެ. އެކަނި ބޭރު ގައުމެއްގައި އުޅެން ޖެހުމުން ނަކީލް އާއި ޖެނީއާއި ދެމެދު ގައި އޮތް ބީރައްޓެހިކަންވަނީ ކެނޑިފައެވެ. ކުޑަކުދިންގެ ބަގީޗާގައި ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުތަކުގެ ފޮޓޯނަގަން ހުރި ޖެނީއަށް ބަލަހައްޓައިގެން ހުރި ނަކީލް ފަހަތް ބަލާލީ މީހަކު އަތްލުމުންނެވެ.

ކައިރީގައި ހުރި ދޭއް ނުވަަތަ ތިން އަހަރަށް ދާ ކުޑަ ފިރިހެން ކުއްޖަކު ހެވިފައި ހުރިއިރު އަތުގައި ކުޑަ ބޯޅައެއް އޮތެވެ. އެކުއްޖާ ފެނުމުން ނަކީލް ކުޑަކޮށް ސިހުނެވެ. ނަކީލްއަށް ހީވީ ނަކީލްގެ ކުޑައިރުގެ ތަސްވީރަކަށް ބަލާލެވޭ ހެންނެވެ. އެހާ ވެސް ވައްތަރެވެ. ހަމަ ކޮރެއާ ދެލޮލެވެ. ފަންފަން އިސްތަށިކޮޅެކެވެ. މޫނު މަތިން ކޮންމެވެސް ވަރަކަށް ދިވެހި ވައްތަރު ޖެހިއެއް ކަމަކު ބޮޑަށް ވައްތަރީ ބޭރުކުއްޖަކާއެވެ. ނަކީލް ތިރިވެލާފައި އެ ކުއްޖާއާއި ވާހަކަ ދައްކަން ފެށިއެވެ. ނަކީލްއަށް ދިވެހިބަހުން ފަރިތަކަމާއި އެކު ވާހަކަ ދައްކަން އެނގެއެވެ.

” ހާއި…ބޭބީ..ކޮން ނަމެއް ކިޔަނީ..” ނަކީލް އެ ކުއްޖާގެ ކޮލުގައި ކުޑަކޮށް ކޮށްޓަލަމުން ސުވާލު ކޮށްލިއެވެ.

” ބޭބޭ.. ހާދަ ވައްތަރޭ ކޮއްކި އާ..” އެކުއްޖާގެ ފަރާތުން ނަކީލްއަށް ލިބުނީ އެންެމެ ބޭނުންވި ޖަވާބަށް ނުވިއެއްކަަމަކު މައުސޫމްކަމުން ހެވުނެވެ.

އަދިވެސް އެއްފަހަރު ސުވާލު ތަކުރާރު ކޮށްލީއެވެ. ހިތުގެ ކޮންމެ ވެސް އެއްކަނަކުން މިކުއްޖާ އުރާލުމަށް އެދެމުން ދިޔައީ ކީއްވެ ކަމެއް ހުދު ނަކީލްއަށްވެސް ނޭނގެއެވެ.

” ނަތީޤް” ނަތީޤް މައުސޫމު ރާގަކަށް ނަން ބުނެލުމަށް ފަހު ދުއްވައިގަތީ  ފާރިލް އައިސްކްރީމް ހިފައިގެން އަންނަ ތަން ފެނުމުންނެވެ.

ފާރިލް ކައިރިއަށް ނަތީޤް ދިޔަތަންފެނުމުން ނަކީލް ގެ ހިތުގަިއ އެތަށް ސުވާލެއް އުފެދުވެ. ނަތީޤް އެއީ ނަކީލް އަށް އެންމެ ރީތިވި ނަމެވެ. ހިތުގައި ނަތީޤް އާއި މެދު އެތަކެއް ޝައްކުތަކެއް އުފެދުނެވެ. ފާރިލް އާއި މިކުއްޖާއާއި އޮތީ ކޮން ގުޅުމެއްތޯ ބަލަންވެސް ބޭނުންވިއެވެ. މިކުއްޖާއާއި ނަކީލް އާއި ކޮންމެވެސް ގުޅުމެއް ވެޔޭ ހިތް ބުނާކަހަލައެވެ.

9

20 Comments

  1. Cutie handi

    April 7, 2017 at 1:27 pm

    Nice.waiting for the next part.keep it up

    • Cutie handi

      April 7, 2017 at 1:36 pm

      Yay.i commented fiirst.

  2. Layaal ali

    April 7, 2017 at 1:44 pm

    Writer ge name ah click kohlyma 11 th part aa Hama ah kiyan beynunvaa kudhinnah kiyey nehnu so please continue kohba alun up nukoh?

    • Anonymous

      April 7, 2017 at 1:53 pm

      Yaa. Mi vaahakaige 12th part avahah genesdhyba. Alhugaduves mi vaahaka kiyan feshy kurin dhuvahu. Mihaaru mi inthizaaru kurany 12 part ah

  3. writer

    April 7, 2017 at 4:26 pm

    ok i ll consider doing that 🙂 thankyou for reading

    • Anonymous

      April 7, 2017 at 10:50 pm

      ohh really thanks

  4. sadh

    April 7, 2017 at 5:13 pm

    I loved this story and have been waiting for the latest part. Thank you for continuing. Pls share the latest parts soon pls. ❤️

  5. just a human

    April 7, 2017 at 5:32 pm

    writer pls alun part thah up nukoh 12th part in feshigen up kobba… please consider this

  6. shafu

    April 7, 2017 at 6:01 pm

    waiting 4 next part………..

  7. Asi

    April 7, 2017 at 6:43 pm

    12th part in feshigen up kobba pls mireygha up kodheeba

  8. Dhimra and Yuan shipper

    April 7, 2017 at 7:23 pm

    Pls prt 12 in feshigen up koh dhybw..Nd past avahah ninmaala dhybw

  9. Sham cham

    April 7, 2017 at 8:49 pm

    Keep it up…waiting 4 the next part….

  10. Shaa

    April 7, 2017 at 11:11 pm

    Writer.. mii vaahakaiga kithah episodes ovey tha??

  11. Aish

    April 7, 2017 at 11:20 pm

    Aley kurin ninmi hisaabun geneba please

  12. writer

    April 7, 2017 at 11:51 pm

    maadan 12th part in feshigen upload kohdheynan… Thankyu for reading

  13. Aish

    April 8, 2017 at 1:33 am

    Thankoo

  14. Zaanaa

    April 8, 2017 at 3:51 pm

    Kobaa miyadhu ge bai

  15. Aki

    April 8, 2017 at 8:36 pm

    thanks.. writer

  16. Aki

    April 8, 2017 at 10:25 pm

    koba konirakun up koh dhey nee..v inthizaaru kohfin pls pls

  17. Meemi

    April 8, 2017 at 10:52 pm

    KobaathA part 12

Comments are closed.