Skip to content
އެސްފިޔަ

ދިރުމެއް ވިއޭ

ތޫފާނީރެއެކެވެ.ވައިއެހާ ބާރެވެ.ނަމަވެސް މަގުމެދުން ކަހަލަ ގޮތަކަށް އަންހެން ކުއްޖެއް އެކަނިމާއެކަނި ހިގަމުން ދެއެވެ.ގައިގަ ވަރެއް ނެތްފަދައަކުންނެވެ.ކުޑަދޮރު ކައިރީގައި ހުރި ނަވިންއައް ކުއްލިއަކަށް މަގު ހުރަސް ކުރި މި ކުއްޖަ ފެނިއްޖެއެވެ.ނަވިންއަށް އަތުގައި އޮތް ގަޑިއަށް ބޭއިހްތިޔާރުގަ ނަމަވެސް ބެލިއްޖެއެވެ.އަސްތާއެވެ.ގަޑިން އެކެއްވެސް ޖަހައިފިއެވެ.އެވަގުތު ނަވިންއަށް ހިތް ތެޅޭހެން ހީވިއެވެ.މާބަރަށެވެ.ނަމަވެސް ހިންދިރުވައިލިއެވެ.އަދި ހިަށް އަރަމުން ދިޔައެވެ.އަނެއްކާ އަހަރެން ޖިންނި އަވަލަނީ ހެއްޔެވެ.މިހާ ދަންވަރު އެހާ ރީތި ސޫރައެއްގައި ހުރި އަންހެން ކުއްޖެއް މަގުން ފެނިދާނެ ހެއްޔެވެ.ހިތް ކިތަންމެ ސުވަލެއް ކުރަމުން އަޔަސް ނަވިން އަށް އެއީ އިންސާނެއް ކަން ކަށަވަރެވެ.މަޑުމޮޅި ގޮތެއް ހުރިހެން ހީވި މިކުއްޖާގެ އިސްތަށިގަނޑު އުނަގަޑާއި ހިސާބައް އަރައެވެ.ވާރޭއާއި ތެމިގެން ހުރި އިރު އެކުއްޖާގެ ހެދުން ހަށިގަނޑުގައި ފިތި ބާރުވެފައި ވެއެވެ.ލޫޅާފަތި ހަށިގަޑެއްގެ ކުއްޖެކެވެ.
ނަވިންއަށް ނިދުނީވަރަށް ގިނަވަގުތު ވިސްނަން އޮވެފައެވެ.ހެނދުނު ހޭލަންޖެހުމުން އަވަހަށް ނިދަންވެސް ޖެހޭތީ ނަވިން ވަރަށް ފޫހިވިއެވެ.ކުއްލިކަށް ނަވިންއަށް ހެލެވުނީ ފޯނު އެލާމުވިއަޑަށެވެ.ލަހުން ނިދުނީމަ ކަންނެއް ގޮތެއް ހުއްޓެވެ.ނަމަވެސް އަވަސް އަވަހަށް ފެންވަރާލައިގެން އޮފީހަށް ދާން ސައިލުގައި ދުއްވަލިއެވެ.ކުއްލިއަކަށް ނަވިންއަށް ފެނުނު މަންޒަރުން ސައިކަލުން ނުވެއްޓުނީ ކިރިޔާއެވެ.ރޭގަ ފެނުނު ކުއްޖާއައި ވައްތަރު ގޮތެއް ހުި ކުއްޖެއް އިލޮށި ފަތި ހިފައިގެން ރީނާގެ ގެއަށް ވަންތަން ފެނިއްޖެއެވެ.ނަވިންއަށް ވިސްނައިލެވުނެވެ.އަނެއްކާ ފައިސަލުގެ އަންހެނުން ނުންބައެވެ.އެކަމަކު ފައިސަލު ނުބުނެއެވެ.ރޭގަ ދިމާއިރުވެސް ނުބުނެވެ.ނަވިން ކައިރިއަށް ކުޑަކޮށް ރުޅިއައެވެ.ވާނީ އެހެންތާއެވެ.ރަށަށް ނާންނަތާ 6އަހަރު ފަހުން އައިމަ ރަށުމީހުންވެސް ނޭގުނެވެ.
ޥިސްނުމުގަ ހުރެވެސް ސައިކަލު ޕާކު ކޮށްލުމަށްފަހު އޮފީހަށް ވަނެވެ.ވަރަށް ހޫނު މަރުހާބާއެއް އޮފީހުން ކިޔެވެ.އަލަށް އޮފީހާއި ގުޅުމުންނެވެ.
ކުރަންޖެހޭ މަސައްކަތްތައް ކޮންމެވެސް ވަރަކަށް އޮޅުން ފިލުވުމށްފަހު ނަވިން ބުރޭކަށް ގެއަށް ނުކުތެވެ.ހަމައެގަޑިއެވެ.ނަވިންގެ ކުރިމަތިން ކަހަލަ ގޮތަކަށް އެކުއްޖާ ހިގަމުންގޮސް ކައިރި ފިހާރަކަށް ވަނެވެ.ނަވިންއަށް އެމަންޒަރު ބަލަން ހުރެވުނީއެވެ.އެއީ ކޮންފަދަ ރީތި ސޫރައެބާއެވެ.އެލޮލުވެސް އެކަނި ހާސް ވާހަކަ ބުނެދޭ ކަހަލައެވެ.ކޮންމެވެސް ހިތާމައެއް ކުރާހެން ހިވާ އެމޫނުގަ އެއްވެސް އާރޯކަމެއްނެތެވެ.އެރީތި ތުންފަތުގަ ހިނިތުންވުމެއްވެސް ގަދަކަމުންވެސް ނުކުރުމަށް އަމުރު ކޮށްފަހެން ހީވިއެވެ.ނަވިންގެ ހިތަށް ނޭގި ނަމަވެސް ހިތްދަތި ކަމެއް ލިބުނެވެ.ދުވަހަކު އަންހެން ކުއްޖެއް ފެނިގެން މި ގޮތަށް ނުވާ މީހަކު މިއަދު ކުއްލިއަކަށް ބަދަލު ވެއްޖެއެވެ
ނުނިމޭ

Comments (13)

  1. Anonymous

    V reethi vaane hen Heevey.

    1. Sunoo
      Anonymous

      Tnkxxx

  2. Nausha

    V nyc vaane hen heevey

    1. Sunoo
      Nausha

      Tnkxxx

  3. r

    Waiting 4 next part

  4. r

    Kon irakun next part pls bunedeeba

  5. Sunoo

    Daily koh up kohdheveythoa v try kuraanan.mee alhuganduge furathama vaahaka…ummydhu kuran hurihaa kudhinnah ves rwethi vaane kamah

  6. Anonymous

    Heevey reethi vaanehn…ekm thankolheh kuru…unmeedhu kuran dhn huri baithah dhigukn genesdheyne kmh

    1. Sunoo
      Anonymous

      Ok.tnkxxx

  7. no

    Vaahka dhiygu kndhyvey kah nehtha?????? Daily on nege bunanee ehkamaku mah ku ehfaru vx upload eh nukurey vey gina meehunan….

  8. Max

    V reethi … thankolheh kury.. when is the next part? Waitinn…….

  9. nazu

    Vr salhi vaane hen heevany…..

  10. Nish

    Varh salhi Waiting for the next part…

Comments are closed.