Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… 27 ވަނަ ބައި

writer Level 310 Stories100 Comments
June 17, 2017 5 Mins Read
33 Comments

މައި… ޕްލީސް…. ލޯ ހުޅުވަބަ… ޔޫ ކާންޓް ލީވް މީ އަގެއިން…. ޕްލިސް…” ސްޓްރެޗާރ އެއްގައި މާޔާ އޮޕަރޭޝަން ޓިއޭޓަރަށް ގެންދިޔަ އިރު ނަކީލްވެސް މާޔާގެ އަތުގައި ހިފައިގެން ކުރިއަށް ދިޔައީ އެހެން މިހުންނެކޭ އެއްވަރަށް ހަލުވިމިނެއްގައެވެ. އެއަޑު އެންމެ ފަހަރަކުވެސް ނުކެޑޭ އިރު އެލޮލުން ކަރުނަވެސް ނުހިކެވެ.  ލައިފައިވާ ހުދުކުލައިގެ ގަމީސް މާޔާގެ ލެއިން ތަތްތެޅިފައިވީއިރު ނަކީލްގެ ކަދުރާގައިވެސް ވަނީ ހުސްލެއެވެ. މީހުންގެ ނަޒަރު ނަކީލްއަށް އަމާޒުވަމުންދިޔައެއްކަމަކު އެކަމާއިވެސް އެއްވެސް ފަރުވާލެއް ނެތްފަދައެވެ. މާޔާ އޮޕަރޭޝަން ތިއޭޓަރަށް ވެއްދުމުން ނަކީލްގެ އަތުން މާޔާގެ އަތް ދޫވިއިރު އެކުރެވުނީ ބަޔާންކުރަންދަތި އިހްސާސެކެވެ. މާޔާ ބީވެދިޔަކަމުގެ އިހްސާސްކުރެވުނު އިރު އެހިތުގެ ހަމަޖެހުން ގެއްލިފައިވިތާ މިއީ ކޮންއިރެއް ހެއްޔެވެ. ނަކީލްގެ އެދުމުގެ މަތިން މާޔާ ގެނެވުނީ މާޔާއަށް ފަރުވާކުރަމުންދިޔަ ހޮސްޕިޓަލަށެވެ. މިފަދަ ވަގުތެއްގައި އެ ހިޔާލްކުރެވުނީވެސް ނަސީބެއްކަންނޭގެއެވެ. އޭރު އެތެރޭގައި ޑރ ކިމް މާޔާގެ ފަރުވާގައި އެތެރެހަށީގެ އެހެން ޑޮކްޓަރަކާއި އެކީ މަސައްކަތްކުރަމުންދިޔައީ މާޔާގެ ފުރާނަ ސަލާމަތްކުރެވޭތޯއެވެ. ނިހާލްއާއި މެލިސާއަށްވެސް އެތަނަށް ދެވުނު އިރު މާޔާ ވަނީ އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައެވެ. ނަކީލް އިން ހާލުފެނިފައި ނިހާލްގެ ހިތުގައި ރިއްސާލީ އަމިއްލަ ދަރިފުޅުގެ ހާލަށް ހަމްދަރްދީވަމުންނެވެ. ފައިސާގެ އަވައިގައި ޖެހިގެން މި ނަގައިލެވުނީ ތިމާގެ ދަރިފުޅުގެ އުފަލެވެ. އެދަރިފުޅަށް ލޯބިން ގޮވާލި ދުވަހެއް ހަދާން ނުވިތާގައި ބަލައިލި ދުވަހެއްވެސް ހަދާނަށް ނައުމުން މީހާ ދެރަވެ ލަދުގަތެވެ. މަޑުމަޑުން ގޮސް ނަކީލް ކައިރީގައި ހުއްޓިލައި ކޮނޑުމަތީ އަތްބޭއްވުނީވެސް ދެހިޔާލެއްގައި ހުރެއެވެ. މެލިސާވެސް ދުރުގައި މިމަންޒަރު ބަލައިގެން ހުރީ ފެންކަޅިވެފައެވެ. އެހިތުގައި މާޔާގެ މައްޗަށް އަދިވެސް އުފެދިފައިވާނީ ނަފްްރަތާއި ރުޅިއެވެ. އަދި މިއަދު ހާއްސަކޮށް ނިހާލް މާޔާގެ ސަބަބުން މެލިސާއާއި ދިމާލަށް ރުޅިއައުމުން އެ ނަފްރަތު ދެގުނައަށް އިތުރުވެފައިވާ ފަދައެވެ. ނިހާލްއަށް މެލިސާގެ ހަޤީޤަތް އެނގި މާޔާގެ އެއްވެސް ކުށެއް ނެތްކަން އެނގުން ވެގެންދިޔައީ އެހިތުގައި މާޔާގެ މައްޗަށް އޮތް ނަފްރަތަށް ލޯބޮ ކުރި ހޯދިކަމަކަށެވެ. ކުށެއްނެތް އަންހެންކުއްޖެއްގެ ދިރިއުޅުން އަމިއްލަ އަނބިމީހާ ބަރުބާދުކޮށްލިގޮތް ވެގެން ދިޔައީ ނިހާލްގެ ހތް މެލިސާގެ މައްޗަށް ކިލަބު ވި ކަމަކެވެ.

” ދަރިފުޅާ… ނަކީލް..” ނިހާލްގެ އަޑުވެސް ނިކުތީ ކިޔިރާއެވެ. އެއާއި އެކު ނަކީލް ބަލާލީ އެ އިވުނު އެއްޗެއް ޤަބޫލުކުރަންވެސް ދަތިވެފައިވާ ގޮތަކަށެވެ.

” ބައްޕައާއި މަންމަ ކީއްކުރަން މިތަނަަށް ތިއައީ.. މިތާ ބައްޕަމެންނާއި ގުޅުން ހުރި މީހެއް ނޫނެއްނު އޮތީ.. މާޔާއަށް ބައްދުވާ ކުރަން ނަޔަސް އެންމެ ރަގަޅުވާނެ… ” ނަކީލް އަޑުން ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް އެލޮލަށް ދިޔައީ ކަރުނަ ޖަމާވަމުންނެވެ.

” ތިހެން ނުބުނޭ ދަރިފުޅާ… ބައްޕައަށް މިއަދު ހުރިހާ އެއްޗެއްވެސް ވިސްނިއްޖެ.. މާޔާ މިއަދު އެކޮށްލި ކަމަކުން ބައްޕަގެ ކުރިމަތީ ދަރިފުޅު ސަލާމަތުން ތިހުރީ… ބައްޕައަށް މަގު އޮޅުނީ… މާޔާ އެއީ ދަރިފުޅުގެ ނަސީބު..” ނިހާލް ގެ ލޮލުން ފައިބަން ތައްޔާރަށް ހުރި ކަރުނައިންވެސް އެ ބުނި ބަސްތަކުގެ ތެދުކަން ހާމަވެއެވެ. ނަކީލް އަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޑރ ކިމް ބޭރަށް ނިކުތްތަން ފެނުނެވެ. އެއާއި އަވަސް ވެފައިވާ ހިތަކާއި އެކު ފެނުނީ ނަކީލް އެދިމާލަށް ދެވުނު ތަނެވެ.

” ހައު އިޒް ޝީ… ރަގަޅު ދޯ..” ނަކީލް ހާސްވެ ކަންބޮޑުވެފައި ހުރެ ބުނެލީ ހިތްއަވަސްވެފައިވާ ހާލުގައެވެ.

” ބުލެޓް ރީމޫވް ކުރެވިއްޖެ … ސީ އިޒް ލަކީ… އެއްވެސް ބޮޑެތި ނާރަކަށް އޭގެ އަސަރެއް ނުކުރީތީ… އެެކަމްވެސް…” ޑރ ކިމް ގެ މޫނު މަތިން ފާޅުވަމުން ހުރި ސީރިއަސް ކަމުން ނަކީލްގެ ކެތްތެރިކަންވެސް ކޮޅުންލަމުންދިޔައެވެ. ” އެކަމް…” ނަކީލްއަށް ބޭގަރާރު ވެފައިވާ ހާލު އެބަސް ތަކުރާރު ކޮށްލީ ކުރިއަށް ގެންދިޔުމަށް ބުނާ ފަދައަކުންނެވެ.

” އެކަމް… މާޔާގެ ބޮލުގައި އިން ޓިއުމާރ މިވަގުތުން ވަގުތަށް ރީމޫވް ނުކޮށްފިއްޔާ ފުރާނަައަށް ނުރައްކާވެދާނެ… އެއީ މިހާރު މާޔާގެ ގައިން ވަރަށް ބައިވަރު ލޭ ފައިބާފައި ވުމުންނާއި އެކީ ޝީއިޒް ވެރީ ވީކް… ވަރަށް ސީރިއަސް… ސޯ ވީހާވެސް އަވަހަކަށް ޑޮކިމުންޓްގައި ސޮއެ ކޮށްލަ ދިނުން އެދެން..” ޑރ. ކިމް ނަކީލްގެ އަތަށް ދިއްކޮށްލީ ކޮންސެންޓް ފޯމެއެވެ. އެ ކިޔުމަކާއި ނުލައި ނަކީލް ސޮއިކޮށްލީއަވަސް އަވަހަށެވެ.

“ޕްލީޒް… ސޭވް ހާ…” ނަކީލް ޑރ ކިމް ކައިރީ އެދުނީ އާދޭހައި އެކީގައެވެ.

” ވީ ކެން ޓްރައި އަވަރ ބެސްޓް… އެކަމް މާޔާގެ ހާލު މިހާރު ވަރަށް ސީރިއަސް… އޮޕަރޭޝަނަށް ފަހުވެސް ނުބުނެވޭ މާޔާ ރަގަޅުވެދާނެއެކޭ… އެސް އައި ޓޯލްޑް ޔޫ މިއީ ވަރަށް ރިސްކީ ސާޖަރީއެއް… ކޮންމެ ފަދަ ކަމެއް ދިމާވުންވެސް އެކަށީގެންވޭ… ސަކްސެސް ރޭޓް ކުރިޔާ ބަލާފަ މިހާރު ވަރަށް ދަށް… ބީ ސްޓޯންގް..” ޑރ ކިމް ނަކީލް ކައިރީ ދައްކަން ޖެހޭ މުހިއްމު ވާހަކަތަށް ދެއްކުމަށްފަހު އެތެރެއަށް ވަނީ މާޔާގެ ދެވަނަ އޮޕަރޭޝަނަށް ތައްޔާރުވުމަށެވެ.

ނަކީލް ޖެހު ބުދެއްހެން ހުރެވުނީ މާޔާ ސަލާމަތުން ދެއްވުމަށް އެދި ދުޔާކުރާ ހާލުގައެވެ. ނިހާލްއަށާއި މެލިސާއަށްވެސް މިހަބަރު ވެގެން ދިޔައީ މުޅިންވެސް އާހަބަރަކަށެވެ. އެހެން ނަމަވެސް މެލިސާ ދުރުގައި ހުރި ގޮނޑިގެއްގައި ހަމަޖެހިލައިގެން އިށީންދެގެން އިނީ ހިތް އުފާކުރާ ހާލުގައެވެ. މިބަލާއިން މިންޖުވާން ކައިވިވެއްޖޭ ބުނެ ހިތާއި ހިތުން ދިޔައީ އުފާ ފާޅުކުރަމުންނެވެ.

” ކޮން ޓިއުމަރެއް… ކޯއްޗެއް އެކިޔަނީ…” ނިހާލް ނަކީލް ކައިރިއަށް ޖެހިލާ ސުވާލުކޮށްލީ  ކަންބޮޑުވެފައިހުރެއެވެ. ” ކީއްވެ ބައްޕަކައިރީ ނުބުނީ…” ނިހާލް މިއަދު ކިތަންމެ ޝަކުވާއެއް ކުރިޔަސް އެކަކުން ވަކި ކުރިއެއް ލިބޭނެ ހެއްޔެވެ.

” ބައްޕަކައިރީ ބުނިނަމަ ބައްޕަ މިއަދު ތިވާ ހެން ހަމަ ދެރަވާނެތޯ…. ނުވާނެ… އުފާވާނީ… އަހަރެން ބޭނުމެއްނޫން މާޔާ ގެއްލޭކަށް… އެއްވެސް މީހެއްގެ ބަދު ދުއާއެއް ޖެހޭކަށް…” ނަކީލްވެސް ކޮއްލީ ޝަކިވާއެވެ. ތެދެކެވެ ކުރިން ނަކީލް އެވާހަކަ ބުނިނަމަ ކަންތައްވީވެސް އެހެންނެވެ. އޭރު ނިހާލްގެ ހިތުގައި މާޔާ އަށް ރަހުމް ގެ މިންވަރެއްވެސް ނެތެވެ. ކޮންމެ ކަމެއްވެސް އެގެން ވަކިވަގުތެއް އޮވެޔޭ ބުނަނީ މިހެންވެތާއެވެ. ނިހާލްވެސް އިތުރަށް އެއްޗެއް ނުބުނީ ބުނަންވީ ވާހަކައެއްވެސް ނޭނގުމުންނެވެ. މީހާ ކުއްވެރިވެ އަގަ ބަންދުވެފައިވީއިރު ދެން އިތުރަށް ދެއްކޭނީ ކޮން ވާހަކައެއް ހެއްޔެވެ.

އެތަށް ގަނޑިއިރެއް ވޭތުވެ ދިޔައީ ނަކީލް ހާސްކަމުގެ ތެރޭގައި ހުއްޓައެވެ. އިރު އިރު ކޮޅާ އެދިމާލަށް ބެލެވޭ އިރު ހިތް ދިޔައީ ރޮމުންނެވެ. ލޮލުން އެންމެ ކަރުނަ ތިއްކެތް ނުފޭބިއެއްކަމަކު ނަކީލްގެ ހިތް ވަނީ ފިސްފިސް ވެފައެވެ. މިއަދު މާޔާ ނަކީލްއާއި ވަކިވެ ގޮސްފިނަމަ އަމިއްލަ ނަފްސުކުށްވެރިކުރުމުގައި މުޅި އުމުރު ދުވަސް ހޭދަކުރެވޭނެ ކަން ޔަޤީނެވެ. މާޔާގެ އެހާލަތުގެ ޒިންމާ ވާންޖެހޭ ފަރާތަކީ ހުދު ނަކީލްކަން ވިސްނިފައިއޮތީމައެވެ.

އޮޕަރޭޝަން ތިއޭޓަރގެ ބޮކި ނިވުމުން ޑރ ކިމް ނިކުތްތަށް ފެނި ނަކީލް ދުވެފައި ކަހަލަގޮތަކަށް ގޮސް ހުއްޓިލިއެވެ.

” އިޓް ވޯޒް އަ ސަކްކެސް… ޝީ އިޒް އައުޓް އޮފް ޑޭންޖަރ…. އެކަމް ވަކި އެއްޗެއް ބުނަން އެނގޭނީ ހޭ އެރުމުން… އެއް ގަނޑި އިރު ތެރޭ ހޭނުލެވިއްޖެއްޔާ ކޯމާއަކަށްވެސް ދިޔުމުގެ ފުރުސަތު ބޮޑު… ލެޓްސް ހޯޕް އެވްރީތންގް ގޯސްވެލް…” ޑރ ކިމް ނަކީލްގެ ކޮނޑުގައި ޖަހާލަމުން ބުނެލީ ހިނިތުވުމަކާއި އެކުގައެވެ.

ނަކީލް ހިތާއި ދިމާލުން މޭގައި ފިރުމާލެވުނީ އެހިތުގެ ހިނގުން އަލުން އިއާދަވިހެން ހީވުމުންނެވެ. ތުންފަތްމައްޗަށް ވެރިވި ހިނިތުންވުން ސިއްރެއް ނުވިއިރު ހުރިތަނަށް ސަޖިދައަށް ތިރިވީ ޝުކުރުވެރިވާ ހާލުގައެވެ. ނަކީލްގެ ދުޢާ އިޖާބަ ކުރެއްވީތީއެވެ.

މާޔާ އައިސީޔޫއަށް ބަދަލު ކުރީ އެހާ ބޮޑު އޮޕަރޭޝަނަކަށް ފަހު ރަގަޅަށް ގާތުން ބަލަހައްޓަން ޖެހޭތީއެވެ.  އެތަނުން ވަކިން ކޮޓަރިއެއްގައި މާޔާ ބާއްވާފައި އޮތް އިރު ނަކީލްވެސް ޑރ ގެ ހުއްދައާއި އެކު އެތަނަށް ވަނީ މާޔާ  ދެކިލުމަށް ބޭގަރާރުވެފައިވާ ހާލުގައެވެ.އަދިވެސް ލައިގެން ހުރި ގަމީސް ބަދަލުކުރަން ހިޔާލެއްވެސް ނަކީލް ނުކުރާފަދައެވެ. ނިހާލްމެންގެ އާދޭހާއެކުވެސް ގެއަށް ގޮސް ތާޒާވެލައިގެން އަންނަން އެއްބަސްނުވީ އެންމެ މިނިޓަކަށްވެސް މާޔާ ލޯކުރިމަތިން ގެއްލެން ބޭނުންނުވާތީއެވެ. ނޫނީ އެކަމަށް އެހާ މުހިއްމު ކަމެއް ނޫން ހެން ހީވުމުންނެވެ.  މާޔާ އޮތް ހާލުފެނުމުން ނަކީލް ހިތުގައި ރިއްސާލިއެވެ.ގަޔަށް ގުޅާފައިވާ މެޝިންތަކުން މަޑު އަޑުތަކެއް ލައްވަމުން ދިޔައިރު މޫނު މަތީގައި އަޅާފައިވަނީ އޮކްސިޖަން މާސްކެކެވެ. މާޔާގެ ހުދުވެފައިވާ މޫނު މަތިން އެއްވެސް ދިރުމެއް ނެތް އިރު ބޮލުގައިވަނީ ބޮޑު ބެންޑޭޖު ގަނޑެއް އޮޅާފައެވެ. ހުދުުކުލައިގެ ހޮސްޕިޓަލް ގައުންގައި މާޔާ ފެންނަނީވެސް ވަރަށް ބަލިކޮށެވެ. ނަކީލް ލޮލަށް ޖަމާވަމުން ދިޔަ ކުރުނަތަށް ފޮރުވަމުން މާޔާ ކައިރީ އިށީންދެ އެއަތުގައި ހިފައިލީ ބޮލުގައި ފިރުމަން ނުކެރުމުންނެވެ. ކިތަންމެ ބޭނުންވިޔަސް މާޔާއަށް ގެއްލުމެއްވާ ވަރުގެ ކަމެއް ކުރާކަށް ނޭދެއެވެ. ފުރަތަމަ ފަހަރަށް މާޔާ އުމުރަށްޖެއްލިދާނެކަން ހަޤީގަތެއްގެ ސިފައިގައި ތަސައްވުރު ކުރެވުމުން ނަކީލް މާޔާ ދެކެ ވާ ލޯބި އިތުރަށް ފުން ވެފައިވިއެވެ.

” މައި… އިޓްސް މީ.. މައި ގެ ކީލް… ވޭކް އަޕް ބޭބީ… ދެން އިތުރަށް ނުތަޅުވާ … މިއަދު ވަރަކަށް ތަޅުވައިފީމެއްނު…. އޭގެ އަދަބުވެސް ލިބޭނެ އިނގޭ… ބުނަމެއްނު ކީލް އަބަދުވެސް އަދަބު ދެނީޔޭ… މައި އަދަބު ލިބޭކަހަލަ ކަންތައް ކޮށް އުޅެންޏާ ވާނީ އެހެންދޯ… ދެން ދުވަހަކުވެސް މިއަދު ކުރި ކަހަލަ ކަމެއް ނުކުރައްޗޭ މައި… ކިރިޔާ ހިތްވެސް ނުހުއްޓުނީ…. މައި ހާދަ މޮޔައޭ.. ނުވިސްނޭތަ މައި އާއި ނުލާ ކީލް އުޅޭނެ ހާލެއް… ޖަސްޓް ވޭކް އަޕް… އޭރުން ދޯ ޑްރީމްޕެލަސް ގަ ދެމީހުން ކިންގްޑަމްއެއް ބިލްޑްކުރެވޭނީ.. ޕެލަސް އެއްގަ ކިންގް އަކާއި ކުއީން އެއް ބޭނުން ވާނެއެއްނު… ތިއީ މައި ކުއީން… ސޯ ވޭކް އަޕް ބޭބީ… އައި މިސްޔޫ މޯ ދެން އެނީތިންގް..” ނަކީލް މާޔާގެ އަތްތިލައިގައި ބޮސްދެމުން ވާހަކަދައްކަމުން ދިޔައީ މާޔާއަށް އަޑުއިވޭނެކަމަށް އުއްމީދުކުރާ ހާލުގައެވެ. އެކަހަލަ ބަލިމީހުންނަށް މީހުން ދައްކާ ވާހަކަ އަޑުއިވޭނެއޭ މީހުން ބުނެއުޅެއެވެ. އެކަމުގައި ހުރި އަޖުމައެއް ބަލާލަން ނަކީލްވެސް މިއަދު ބޭނުންވިއެވެ. މާޔާ އަބުރާ ނަކީލްއަށް ލިބޭނެ ނަމަ އެ ތަނުން ކޮންމެފަދަ ކަމެއްވެސް ކުރަން ނަކީލްހުރީ ތައްޔާރަށެވެެ. އެކިއެކި ވާހަކަ ދައްކަމުން ނަކީލް ދިޔައީ އެދެމެދުގައި ހިނގި ހުރިހާ އުފާވެރި ވާހަކަތައް ހިއްސާކުރަމުންނެވެ.

……………………………………………………………………………..

” ޖަސްޓް ޑޫ އުޔަރ ވޯކް… އައި ވިލް ޕޭ ޔޫ … އުމުރަށް މަސައްކަތެއް ނުކޮށް އުޅެވޭ ވަރަށް ލާރި ޖަމާކޮށްދޭނަން… ޖަސްޓް ކިލް ހާ… އާން އައިސީޔޫ ރޫމް ނަންބަރ 3…. އަދި ބުނަން މިއީ އަހަރެން ބުނެގެން ކުރިކަމެކޭ އެއްވެސް މީހަކަށް އެނގިގެން ނުވާނެ… މިއޮތީ ފޮޓޯ… ” މެލިސާ ހޮސްޕިޓަލް ބޭރުން ގޭޓް ކައިރީ ހުރެގެން ވާހަކަދައްކަމުން ދިޔައީ ސީރިއަސް ކަމާއި އެކުގައެވެ. މޫނު ނިވާވާގޮތަށް ހުޑީއެއް ލައިގެން ހުރި އެމީހާ ޑީލްއޭ ކިޔައި ސަލާންކުރުމަށް އަތްދިއްކޮށްލީ ނުލަފާ ހިނިތުންވުމެއް ވެރިކުރުވައިގެންނެވެ.

…………………………………………………………………………….

ނަކީލް ފޯނެއް އައުމުން ބޭރަށް ނިކުތީ މާޔާގެ އަތުގައި ބޮސްދިނުމަށް ފަހުގައެވެ. އޮޕްރޭޝަން ކުރިތާ ހަަތަރުު ގަނޑިވީއިރުވެސް މާޔާ ހެޔެއް ނޭރުމުން ނަކީލްގެ ހިތް މާޔުސްވެފައިވީ ނަމަވެސް އުއްމީދުކަނޑައިނުލައެވެ. މާޔާ ހޭލާނޭއޭ އެހިތްބުނާތީއެވެ.  ފަނަރަ ވަރަކަށް މިނިޓް ފަހުން ނަކީލް އާދައިގެ ހިނގުމެއްގައި އައިސް ވަތް އިރު ފެނުނީ ޤަބޫލުކުރަން ދަތި މަންޒަރެކެވެ. ކުރަންވީ ކީއްކަމެއް ނުވިސްނިފައި ހުރެވުނީ ހާސްވެފައި ހުރިވަރުންނެވެ.

” މާޔާ…” އަޑުގެ ކޮޅަށް ހަޅޭލަވައިގަނެވުނީ ބިރުގެންފައިވާ ހާލުގައެވެ. މީވީ ކިހިނެތްހެއްޔެވެ. މިއީ ކޮންފަދަ ބޮޑު ސަމާސާއެއް ބާއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ސިއްރު – 1

Next

ލޯބިވާވަރު ބުނަން ހާދަ ބޭނުންވެޔޭ! 2

Next
June 18, 2017

ލޯބިވާވަރު ބުނަން ހާދަ ބޭނުންވެޔޭ! 2

Previews
June 17, 2017

ސިއްރު – 1

33 Comments!

  1. writer says:
    June 17, 2017 at 11:51 pm

    vvv kuru dhw… sorry ingey.. avas kohlan hadhaigen ….. vv busy koh ulheythy las vany… keep reading.. hurihaa comment akah ves reply kuraa hiy vey ekam vaagothaky eh comment eh 4 fas faharu fonuwaa iru ves submission fail kamah arany…. ehnve.. sorry… hope u like it

  2. annoying reader says:
    June 18, 2017 at 12:00 am

    grr hate this. finally u killed her and that witch Melissa ge plan success. varah foohivey. like i said always the enemies get their way. hmph sorry but i hate the new twist. ?

    1. writer says:
      June 18, 2017 at 12:09 am

      Hehe… ekam ves kuriyah oi part thah kiyachey…. vaagotheh balan…

  3. ????❤ says:
    June 18, 2017 at 12:01 am

    Am i frst?maya is dead?noo.plx dnt kill her.story v nice.

    1. writer says:
      June 18, 2017 at 12:10 am

      Thank you…next time in try kohlachey… lets see dhw …

  4. Appy says:
    June 18, 2017 at 12:01 am

    Yah like it .. but it’s tooo short ….anyways thanks. …I wanna read next part …Please upload next part ASAP. …

    1. writer says:
      June 18, 2017 at 12:13 am

      Vvv busy aslu semester nimeythy mihaaru maa burakoh ulhen jeheny… i ll try dhigu koh genesdheveytho.. sorry ingey

  5. song joong ki..KOREAN says:
    June 18, 2017 at 12:01 am

    kuru. but reethi!!!

    1. writer says:
      June 18, 2017 at 12:14 am

      Sorry. i ll try dhigu koh genesdheveytho..

  6. Adha? says:
    June 18, 2017 at 12:12 am

    Nooooooooooooooooooo?
    Alhey! Alhey ekuhjaa ah thi hadhany kihineh… ?aaaarrrgghh! Hate this malisa gandu..? hithehves onna meeheh noon kanneynge…? alhe maayaa maraa nulahchey pls dnt do it. Roe roe goss lolah ves thadhuvey eba??? avahah up kohdhehchey writer???

    1. writer says:
      June 18, 2017 at 12:18 am

      Adha nurohchey…eyrah maa sakaraatheh nu dhw… keekurany maya dheke jelous vaa meehun maa gina v ma…writer try kuraanan ingey..cant promise a date ekam…v busy..

  7. Eeny says:
    June 18, 2017 at 12:13 am

    Kureh nooney, hama rangalhu, varah reethi vaahaka, good luck for your studies☺

    1. writer says:
      June 18, 2017 at 12:21 am

      Thank you?

  8. Aisha says:
    June 18, 2017 at 12:22 am

    Maaya maraanulah chey

    1. writer says:
      June 18, 2017 at 9:50 am

      Lets see dhw

  9. nonns says:
    June 18, 2017 at 12:23 am

    Subuhanallah. Emme hiyy thelhey hisaabun thi nimmaaly. Alhe writer heyo nuvaane thihen hadhan ves. Furathama kolhu kiyaafa ufalun rovifa fahu thankolhu kiyaafa dheravegen rovunee. Writer dhuvahakuves nonns ah kameh kohdhenyaa maaya ge furaana salaamaiy kohdhee. Aadheys koffa mibunanee. Nakeel fakeerah ehaalu nujassaa. Ekkujjaa dhuniye in moya vedhaane. 🙁 Anyways story is hama obiness to the max. Amazing job. Keep it up writer.:D alheyyyyy next part varah avaskolla dhechey. Konirakun up kohdheyny

  10. §ama? says:
    June 18, 2017 at 12:36 am

    Oh waiting for the next part❤❤

  11. Azuna says:
    June 18, 2017 at 1:29 am

    V nice alhey mai killed nukurah chey pls?

  12. naju says:
    June 18, 2017 at 2:42 am

    Haadha kurey..Alhey mai kill nukurahchey…

  13. yaanaa says:
    June 18, 2017 at 3:43 am

    Varah sali ingey but…. don’t kill Mai instead Mai kill that mellisa

  14. Ssss? says:
    June 18, 2017 at 4:15 am

    Varah rythi…. Plx writer maayaa numaraathi ingey….. Kon irakun next part up kohlanii

  15. Cuty says:
    June 18, 2017 at 4:27 am

    Alhe mai maraanulhchey….eyrunn nakeel haadha dheravaane.. he si so cute.

  16. sam♥ says:
    June 18, 2017 at 4:29 am

    weiter hama happy part eh naanaanethaa vvv sad igey .. rovaathilyy … mayaa maraaleetha hama thiyaa … haaadhaa gooos mom ekey dhwww… dharinge ufalahtaka konme kameh kuran jehunas mom men kohdheyne … ekm nakeel ge mom mi visnanyy amihlaa dharii fulhuge happines vess fanaakohlan … ihate nakeel mom …. anyways stryy hama perfect igey …lovely ♥ … mayaa n nakeel aky lobii lobii couple eh …..

    1. sam♥ says:
      June 18, 2017 at 4:32 am

      waiting next part … when next .. thankx stry up kohladhinymaa … love u writer♡

  17. Reader says:
    June 18, 2017 at 4:48 am

    Den badah 6 vazan n 6 valhi haruvaalaafa emme fahu vaguthuga dhiru vaalaa. Kudakoh real gothah vaahaka liyun.edhen. buhdhi gabul kurevey gothah. Maayaa ah handaane ehcheh hadaafa emme fahun dhiruvaalaany. Dhivehi gina liyun teringe fenvaru

    1. writer says:
      June 18, 2017 at 9:42 am

      Medically beliyas adhi budhi hama jehwy gothah vaahaka midhany kuriyah…. vazaneh jehiyas valhi eh heriyas maruwaany emyhaku maru ais jehuneema… adhi judge kuran maa avas reader.

  18. Song Hye-Kyo..KOREAN says:
    June 18, 2017 at 4:59 am

    Oh its really very nice!!!

  19. Khadheeja says:
    June 18, 2017 at 5:18 am

    Mayaa maraanulaathi??

  20. Sinaa says:
    June 18, 2017 at 8:22 am

    Wow mi prt vx loabi ekm maayaa marainulaathi haha plz

  21. Khajja says:
    June 18, 2017 at 9:39 am

    Wow masha allah mi stry v v v rythi miee khajja mi stry ah kuraa 1st comment ekam ves mi stry kiyan massala aky week aku effaharu up koh dhinumaai up kuraaleh kuruvyma so sad dhigu inthizaarevvyma ??? kykkuraany ekam maayaa ah dheregothennuha dhachchey plx plz ehen vejje nama nakeel kihineiy dhuniyeyga ulheyny n aee kaakuge kamekkanves nxt prt ga engi emyhaage faraathun maayaa maraalan beynun vany nakeel ge mom kan angaidhybala adhi nakyge mom ah heyovisnun dhevvaa maafan edhi emyhunnaa eku ulheynenama konfadha eh dhw I hate maleesa?? maleesa aee insaanetha e hurihaakamekkuri iruves nakeel dheravaanekan neynguntha?anywa stry v v v touching v v v salhi masha allah ?????keep it up ly writer????❤❤❤❤????????????

    1. writer says:
      June 18, 2017 at 9:48 am

      Thanks… higaa dhw next part in vaane gotheg balamaa… aslu writer v busy vaane… story liyaane vaguthu ves hoadhany kuran huri muhimmu baeh kanthah nukoh….ehn noon nama thi hurihaa sharutheh furihama vees kanneyge…hehe..thank you

  22. Anonymous says:
    June 18, 2017 at 10:52 am

    vvv nice mi part.. hiyy thalhuvaalaafa a ninmaaly.. melissa haadha goahey.. bitch..waiting for another part…

  23. Fathun says:
    June 30, 2017 at 1:13 am

    Haadhaha lahey writter

Comments are closed.


All Right Reserved!