ދެވަނަ ސިކުންތުގައި ސާއިރާ އުނދުން ކައިރިއަށްގޮސް ދަގަނޑު ދޭފަތް ދޮންކުރުމަށް ފަހު ޒީކް ގެ އަތުގައި ޖެއްސިއެވެ. ޒީކްގެ އަނގައިން ވޭނީ އާހެއް ނިކުތެވެ. ****** އެވަރުންވެސް ސާއިރާގެ ހިތެއް ނުފުރުނެވެ. ކޮޓަރިއަށް ދަމުންވެސް ދިޔައީ ޒީކްގެ ބަނޑުގައި ކޮޅު ފައިން ޖަހާފައެވެ. ދުވަހަކުވެސް ޝަކުވާ ނުކުރާ ޒީކްގެ ހިތް ޝަކުވާއިން ފުރުނެވެ. އެ ލޯބި ލޯބި މޫނުމަތިން ފެންނަމުން ދިޔައީ ސުވާލު މާކު ތަކެވެ. އޭނާ ނެތް ހިތްވަރުން ތެދުވެގެން ގޮސް ކޮޓަރިއަށް ވަތްއިރު އެ […]
“އޭތް! ކަލޭއަށް ހަމަ ކަމެއް ކުރަން ނޭނގެނީތަ؟ ހުވާ މިބުނީ ތީ މަށަށް ޖެހިފަ ހުރި ބޮޑު ކަމެއް! ދެންވެސް މިހުރި ތަށިތަށް ނަގާބަލަ!” 18 އަހަރުގެ ޒީކް އިސްޖެހިފައި ވާ މޫނަކާއެކު މިއަދު މެންދުރަށް ހެދި ބަތާ، ކުކުޅު ތަށް ބިންމަތިން ނެގިއެވެ. ޔަޤީނެވެ. ޒީކް ގެ މަންމަ ސާއިރާ އަށް އެ އެއްޗިހި ކަމުނުދިޔައީއެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ސާއިރާ އަކީ ޒީކްގެ އުފަން މަންމަ އެވެ. ނަމަވެސް ޖަނަވާރަކަށް ނުކުރާ ނަފްރަތް […]