Skip to content
އެސްފިޔަ

ކަލާ ހަނދާން ނުވޭ ހެއްޔެވެ…

އަހަރެމެން އެންމެ ފުރަތަމަ ބައްދަލުވި ރޭ އަހަރެމެންގެ،

ހިތްތައް އުފާވެ ތެޅެން ފެށިކަން ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެން އެންމެ ފުރަތަމަ ދިން ބާއްޖަވެރި ރޭގަނޑުގެ ދޮންތަކާއި،

އެރޭގައި އެކަކު އަނެކަކާ ބައްދާލައި ހެދިކަން ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެންގެ ހުވަފެން ތަކުގައި ހަޤީޤީ ކުލަ ޖެއްސުމަށް،

އެކުގައި ގޮނޑު ދަށުގައި ހިނގާ ހެދި ދުވަސްތައް ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެން ކަލާއާއި އެކުވި ދުވަހު، ކަލާ އަހަރެންނާއި އެކުވި ދުވަހު،

އަހަރެމެން ދެމީހުން އުޅުނު ގޮތް ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެން އަތުގުޅާ ލައިގެން ދިގު ހިނގާ ލުމަކަށް ގޮސް،

ވާހަކަ ދައްކާ ހެދިކަން ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަވިދޭ ދުވަސް ތަކުގަޔާއި ވާރޭ ވެހޭ ދުވަސް ތަކުގައި،

އެ ދުވަސްތައް އަހަރެމެން ހޭދަކުރި ގޮތް ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެން އެންމެ  ބޭނުންވި ކަމެއް ކުރުމުގެ ފުރުސަތުގައި،

އަލިފާން ރޯކޮށް އޭގެ ކައިރީގާ ހީސަމާސާކޮށް ހެދި ދުވަސްތައް  ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެންގެ ހިތްތަށް ބަންޑުން ޖަހާލި ވަގުތު ތަކުގައި،

އަހަރެމެންނަށް އެކުރުވި އިހުސާސްތައް ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެން ކަލާ އަށް ބެލުމުން އަހަރެން މީ ކަލާ ދެކެ ލޯބިވާނެ މީހާ ކަމަށް،

އަދި އަހަރެން މީ ކަލާ އެންމެ ބޭނުންވި މީހާ ކަމަށް ކަލާ ބުނި ހަނދާން ނުވޭ ހެއްޔެއެވެ؟

ކަލާ އަހަރެންނާ ބައްދަލު ވުމަށް ފަހު،

އުމުރަށް ވެސް އަހަރެނާ އެކީގަ ވާނެ ކަމަށް ކަލާ ބުނި ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެންގެ ލޯބި އަލަތު ލޯތްބަކުން ފެށުނު ދުވަސް ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެން ދެމީހުން ވެސް ލޯބި ޤަބޫލު ކޮށްފީމޭ ބުނި ދުވަސް ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެން އެކުގައި މިފެށި ޚަޔާތުގެ ފެށުން ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެންގެ ލޯބި އަބަދަށް ދެމިގެންވާނެ ކަމަށް ކަލާ ބުނި ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެން އެކުގައި އެކަކު އަނެކަކު ދެކެ ލޯބިވާން،

އަޅާލަން އޯގާތެރިވާން ކުރި ވަޢުދުތައް ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

ރަނގަޅު ވަގުތު ތަކުގަޔާއި ގޯސް ވަގުތު ތަކުގައި އަހަރެމެން މިކުރި ވަޢުދު ހަނދާން ކޮށް،

އަދި މިހުރިހާ ކަމަކުން ދެރަވުމުގެ ބަދަލުގައި އުފާ ކުރާނަމޭ ކަލާ ބުނި ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެން ވަރުބަލި ވެފައިވާ ވަގުތު ތަކުގައި އަހަރެމެންގެ ދަރިފުޅު އުރާލައި،

ދަރިފުޅާއި އެކު ކުޅެ ސަކަރާތް ޖެހިކަން ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެންގެ މި ހިތް ގައިމު އުފާވެރި ވަގުތުތައް،

ލޯބި އާއިލާ އަކަށް ބަދަލު ވެގެން ދިޔަގޮތް ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އަހަރެމެން އެކަކު އަނެކަކަށް ހިފަހައްޓައިގެން ހީ ސަކަރާތް ޖެހި އިރު،

މުޅި ދުނިޔެ އުޖާލާ ކުރުވިކަން ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

ދަތި އުނދަގޫ ދުވަސް ތަކުގަޔާއި ދުލުން ބަހެއް ބޭރު ނުކުރާ ދުވަސް ތަކުގައި،

އަހަރެމެންގެ ހިތްތަށް ކުދި ކުދި ވިކަން ކަލާ ހަނދާން ނުވޭ ހެއްޔެއެވެ؟

އެކަމަކު މިއިން އެއްވެސް ކަމަކަށް ވިސްނައި ނުލައި އަހަރެން ދޫކޮށް މާދުރުގައި ކަލާ ގޮސް ހުރި އިރު،

އަހަރެންނަށް ތިގޮތަށް ދުވަހަކު ވެސް ބޭވަފާތެރި ނުވާނަމޭ ކަލާ ބުނި ހަނދާން ނުވޭ ހެއްޔެއެވެ؟

ނިމުނީ

&nbsp ;

Comments (16)

  1. nizam

    assalaam alaikum… miothy alhu ganduge aa lhen…. alhu ganduge liyun thakah saport kurahvaa hurihaa faraaih thakah ves alhu gandu ge furathama aalhen kamudhaane kamah ummeedhukuran… adhi mi lhen ithurah furihama kurumahtakaa alhu ganduge varah gaaih rattehsehge ahee libunu kamahtakaa afaaathah varah haassa shukureh dhannavan… shukuriyyaa… gudnyt all my friends….

  2. Amina

    Salhi and Great work ?

    1. nizam
      Amina

      thanks amina…

  3. Ismail Far had ( FAREY )

    Obinest the max. Vvvvvvvvv furihama lhemei thee. Thanks nizam. Vvv salhi igey
    Adhives mikahala molhu lhemei, noonee vaahaka eh up kuraane kamah heekuran.
    Dhen kondhuvahakun vaahaka eh up kuraanee

  4. mary

    Maashaa allah v furihama lhemeh

    1. nizam
      mary

      thanks mary…

  5. naushal

    ??

  6. Adha?

    Aaaawwww! It’s so heart touching…?? great work nixam. Hope to see more from you ❤?

    1. nizam
      Adha?

      thanks adha….

  7. HARLEY quinn

    Wooooowww amazingly gorgeous… Keep it up bro ??

    1. nizam
      HARLEY quinn

      thanks harley quinn….

  8. Aimal

    Alhe ha adha heart touching….! Hama rove. ..

    1. nizam
      Aimal

      he he he aslu ves dhow…. thanks aimal…

  9. maroon

    Thihaa varah bunyma hadhaan vejje ?
    V loabi and touching ?
    Hope to see more ?

  10. SoMe1

    Dhivyanka❤?
    Vivek❤?

  11. Pinky

    Nizam akee landhoo kujjehtha..?

Comments are closed.