Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެ ތޫފާނީ ރޭ (5)

Psenhi Level 410 Stories100 Comments100 Login
July 8, 2017 3 Mins Read
22 Comments

ޝިމްލާއަށް ހުރެވުނީ ބޯ ޖަންގައްޔެއްގެތެރޭގައެވެ. ވަށައިގެން ފެންނަނީ ބިޔަ ގަސްތަކެވެ. ވިނަގަސްތަކާއި ވެޔޮތަކެވެ. ހިނގާ ހިނގާވެސް މީހަކު ނުފެންނަތާނގައި މަގެއްހާހިސާބުވެސް ފެންނަ ހިސާބަކަށް ދެވުން ކަމަކަށް ނުވިއެވެ. އިރު އޮއްސި އަނދިރިވާން އުޅޭކަމުގެ އިޙްސާސް ކުރެވުމުން ޝިމްލާގެ އެތެރެހަށި ރޫރޫ އަޅައިގެން ދިޔައެވެ.

“ގްވަފްފް ގްވަފްފް ގްވަފްފް”

ކަނު އަނދިރީގެ ތެރެއިން ފިޔަވަޅުތަކެއްގެ އަޑު އިވެންފެށިއެވެ. ގަހެއްގެދަށުގައި އިށީނދެއިން ޝިމްލާގެ އަތުން ފައިގެ ވަށައނގެން ހިފަހައްޓާލަމުން ދެކަކޫ ގެނެސް މެއާލާ ފިއްތާލިއެވެ. އިތުރަށް ލޯހުޅުވައިގެން އިންނަން ނުކެރިގެން ދެލޯ މަރާ ތަގުޅިކޮއްލިއެވެ.

“މަންމާ!”

ޝިމްލާ ދެލޯ ތަންމިނަށް ހުޅުވައިގެން އެއްޗެއް ފެނޭތޯ ބަލަންފެށިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ތަންތަން ސާފުވާވަރުވިއެވެ. އޭރު ބެލްކަންޔަށް ނިކުންނަށް ހުރި ދޮރާއި ދިމާގައި ދަމާފައިވާ ދޮރުފޮތިތަކުގެ ތެރެއިން ފޭދިގެން ކޮޓަރިތެރެއަށް އެޅިފައިވާ އަލިވިޔަވާ އިތުރު އަލިކަމެއް ކޮޓަރިއަކު ނެތެވެ.

ޝިމްލާއަށް އޮށޯވެލިތަނާ ނިދުނީކަމާއި އެފެނުނީ ހުވަފެނެއްކަން ރޭކާލީ އޮވެވުނު ތަނަކާއިމެދު ވިސްނާލެވުމުންނެވެ. ޝިމްލާ ނިތްކުރީގައިވާ ދާތިކިތައް އަތުގެ ނުފުށުން ފުހެލަމުން އަވަސް އަވަހަށް ތެދުވެގެންގޮސް ފާޚާނާއަށް ވަނެވެ. އެއަށްފަހު ޖެހިލުންވެހުރެ ކޮޓަރިން ނިކުތީ ތިރިއަށް ފައިބާށެވެ.

ޝިމްލާ މަޑު ހިނގުމެއްގައި އައިސް މަޑުކޮށްލީ ސިޓިންރޫމް ސޯފާގެ ކައިރީގައެވެ. އޭރު ޢުލްޔާ ޓީވީއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ.

“އަހަނ ދަރިފުޅަށް ހޭލެވުނީތަ؟ ނަމާދުކޮށްގެން ދޯ ތިއައީ. ހިނގާ އަވަހަށް ސައިބޯންދާން. ދައްތަވެސް އަދި ސައި ނުބޮއި މަޑުކޮށްލައިގެން މިއިންނަނީ ޝިމްލާ އަންނަންދެން.” ޢުލްޔާ ޓީވީ ނިއްވާލަމުން ބުނެލިއެވެ. ޝިމްލާއަށް ހުރީ ދޭނެ ޖަވާބެއް ނޭނގިފައެވެ.

“މަންމާ!”

ކާކޮޓަރީގައި ސައިބޯންއިން ޢުލްޔާ އަތްދޮވެލައިގެން އަވަސް ހިނގުމެއްގައި ސިޓިންރޫމަށް ނިކުތީ އޭނާގެ ދަރިފުޅު ގޮވާލިއަޑަށެވެ.

“މަންމާ! އަޅުގަނޑު މިދަނީ ބެންކޮކަށް ދާންފުރަން. ކުއްލިއަކަށް ހަމަޖައްސަން ޖެހުނު ދަތުރެއްވީމަ ކުރިން ނުބުނެވުނީ. ހަފްތާއެއްހާ ދުވަސް ވާނެހެން ހީވަނީ.” ޢުލްޔާ ފެނުމާއިއެކު އަލްވިން ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބުނެލިއެވެ.

“އެހެންތަ؟ އަޅެ ކުރިން އެނގުނުނަމަ ދަރިފުޅަށް ހަދިޔާއެއްވެސް ހެދުނީހީ. ދެން ވަރަށް ބަލައިގެން އުޅޭތި. ރަނގަޅަށް ކައިގެން ހުންނާތި ކިތަންމެ ބިޒީވިއަސް އެނގޭ ދަރިފުޅާ.” އަލްވިންގެ ބޮލުގައި ފިރުމާލަމުން ޢުލްޔާ ބުންޏެވެ. އަލްވިން ލައްބައޭ ބުނެ ޢުލްޔާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ބޭރަށްދާން ހިނގައނގަތެވެ.

ކާކޮޓަރިން ނިކުތް ޝިމްލާގެ ލޯ އަމާޒުވެގެންދިޔައީ ބެކްޕެކެއް އަޅުވައިގެން ގޭގެ ދޮރުއަށިން ނިކުންނަން ދިޔަ ޒުވާނާއަށެވެ. ވައިލެޓް ކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅު ފަޓްލޫނެއްގައި ހުރި އިސްކޮޅުން ދިގު އެޒުވާނާގެ ހަށިގަނޑާއި ހިނގުމުން އެއީ ޝިމްލާއާ ކުރިންވެސް ދިމާވެފައިވާ ޒުވާނެއްހެން ހީވިއެވެ.

“ކޮންޚިޔާލަކަށް ގެއްލިފަ؟” ޝިމްލާގެ މޫނުކައިރީ ހަނާ އަޅާލަމުން ޢުލްޔާ ސުވާލުކޮށްލިއެވެ.

“އެއީ ކާކު؟” ޖަވާބުދިނުމުގެ ބަދަލުގައި ޝިމްލާވެސް ކޮށްލީ ސުވާލެކެވެ.

“އެއީ ދައްތަގެ ދަރިފުޅު. އަލްވިން. ސޮރީ މިފަހަރު އޭނަ މާއަވަހަށް ދާންޖެހިގެން ލަސްވެގެން އުޅޭތީ ދަރިފުޅަށް އޭނަ ތަޢާރަފްކޮށް ނުދެވުނީ. އެދިޔައީ ވިޔަފާރި ދަތުރެއްގަ ރާއްޖެއިން ބޭރަށް. ދެން އަނެއްކާވެސް ހަފްތާއެއް ފަހުން ބައްދަލުވާނީ.” ޢުލްޔާގެ މޫނުގެ ކުލަ އަލިވެގެންދިޔައީ ޝިމްލާ އަލްވިންއާއި ބެހޭގޮތުން ސުވާލު ކުރުމުންނެވެ. ޢުލްޔާ ބޭނުންވަނީ އަލްވިން އަންނަންވާއިރަށް އެމީހުންގެ ޕްލޭނާއި އެއްގޮތައް ޝިމްލާ ބަދަލުކޮށްލާށެވެ. ޢުލްޔާއާއި ޖިހާދު އެމީހުންގެ ދަރިފުޅަށްޓަކާ ހާދަ އުންމީދުތަކެއް އެބަކުރެއެވެ. އެމީހުންގެ އުންމީދުތަކުގައި ކުލަޖައްސައިދެވެންއޮތީ ޝިމްލާއަށެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. ޝިމްލާގެ އުޅުން ހުންނަގޮތް އެކި ގޮތްގޮތަށް ބެލުމަށްފަހު ޢުލްޔާ އަތުކުރި އޮޅާލީ ޝިމްލާއަކީ ދީންވެރި ކުއްޖަކަށް ހެދުމަށެވެ. އަންހެން ކުއްޖެއްގެ ގައިގާ ހުންނަންޖެހޭ އެހެން ހުރިހާ ރިވެތި ސިފަތަކެއް ޝިމްލާގެ ގައިގާ ހުރުމުން މިކަމަށް މަގުފަހިވެގެންދިޔައީ ވަރަށް އަވަހަށެވެ.

ފުރަތަމަ ކަމަކަށް ޢުލްޔާގެ އެދުމުގެ މަތިން ޝިމްލާ ބުރުގާއަޅާ ބޯ ނިވާކުރިއެވެ. އަދި އިސްލާމީ ޙިޖީބުން އައުރަ ނިވައިކުރަން އޭނާ ނިންމީ ޢުލްޔާގެ އެހީތެރިކަމާއިއެކު އޭނައަށް އެކަމާއިބެހޭގޮތުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބުރަވެއެވެ. މީގެ އިތުރުން ނަމާދުކުރާނެ ގޮތް ދަސްކޮށް ކީރިތި ޤުރުއާން ކިޔެވުންވެސް އާދަކުރިއެވެ. އަދި އެހެނިހެން ދީނީ ކަންތައްތަކަށްވެސް ސަމާލުކަން ދޭންފެށިއެވެ. ކުރިން އުޅެވުނު ގޮތް ހިތަށްއަރާ އެކަމާއިދެރަވިއެވެ. ނަމާދުތައް އެޅުނީތީ އެކަމީއި ހިތާމަކޮށް ތަޢުބާވިއެވެ. ޝިމްލާ ދީނީ ކަންކަމަށް ސަމާލުކަން ދޭންފެށުމުން އެންމެ އުފާވި އެއްބަޔަކީ ޖިނާހުއާއި ޢުލްޔާއެވެ.

ޖިހާދުއާއި ޢުލްޔާ ޝިމްލާއަށް ބަހައްޓާ އޯގާތެރިކަމުން އޭނާ ނުހަނު އުފާވެއެވެ. ޚީއްސަކޮށް ޢުލްޔާގެ ފަރާތުން ލިބޭ އަޅާލުމުގެ ސަބަބުން އޭނާއަށްކުރެވެނީ އެތަށް ދުވަހަކަށްފަހު މަންމައެއްގެ ލޯބި ލިބެމުންދާކަހަލަ އިޙްސާސެކެވެ. ނަމަވެސް ހިތުގެ އެއް ކަނަކުން ޖަވާބު ނުލިބޭ ސުވާލުތަކެއް އުފެދެމުން އާދެއެވެ. އެއީ މީގެކުރިން ޝިމްލާ ނުވެސް ދަންނަ ބަޔަކަށްވާއިރު އެމީހުން އޭނާއަށް އެހާ އަޅާލަނީ ކީއްވެހެއްޔެވެ؟ އެމީހުން އޭނާގެ ފަރާތުން ބޭނުންވެގެން އެއުޅެނީ ކޮންކަމެއް ހެއްޔެވެ؟

ޖިހާދު ޝިމްލާގެ އެދުމުގެ މަތިން ގެއާއި ކައިރީ ކޮލެޖަކުން ޕްރީސްކޫލް ޓީޗިން ހެދޭނެ ގޮތް ހަމަޖައްސައިދިނެވެ. ޝިމްލާއަކީ ކުޑައިރުއްސުރެ ކުޑަކުދިންނާ މާ ގަޔާވާ މީހަކަށްވެފާ ކުޑަކުދިންނަށް ކިޔަވައިދީ އެކުދިންނާއިއެކު މަޖާކޮށް ހެދުމަކީ ޝިމްލާގެ ހިތަށް ފިނިކަމެއްލިބޭ ކަމެއްކަމުން އޭނާ އެކޯހަށް ދާން ނިންމީއެވެ. ނަމަވެސް ކިޔެވުން ފެށެން މަހެއްހާދުވަސް އޮތުމުން ޝިމްލާ ފޫހިފިލުވުމުގެ ގޮތުން ދީނީ ފޮތްތައް ކިޔަންފެށިއެވެ. އަދި ޢުލްޔާ އޭނާއަށް ގަނެދީފައިވާ ފޯނު ބޭނުންކުރާނެގޮތް ދަސްކުރުމަކީވެސް ކޮންމެދުވަހަކު އޭނާ ފިލާވަޅެއް ނަގާހެން ކުރަންޖެހިފައިވާ ކަމެކެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. މެންދުރު ނަމާދު ކޮށްލައިގެން ޝިމްލާ ބޭނުންވީ ބެލްކަންޏަށް ނިކުމެލާށެވެ. މާލޭގެ ހަލަބޮލި މަގުތަކާއި އުސް އިމާރާތްތަކަށް ބަލަހައްޓައިގެން ޝިމްލާ ހުރިއިރު އޭނާގެ ޚިޔާލަށް އަންނަމުންދަނީ ރައްފުށުގެ ދިރިއުޅުމެވެ. އޭނާގެ ރަށުގައި އުޅުނު ހިތަދަތި ދުވަސްތަކެވެ. އެއަށްފަހު އޭނާގެ ދިރިއުޅުމަށް ސާޝާ އައިގޮތެވެ. ސާޝާގެ ސަބަބުން އެމޫނުމައްޗަށް ހިނިތުންވުން އަންނަންފެށި ތުވަސްތަކެވެ.

ސާޝާގެ އޯގާތެރިކަމާއި ސާޝާގެ ފަރާތުން ލިބުން ލޯބި ޝިމްލާގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެހެނެއް ހިއެއް ނުވެއެވެ. ސާޝާ ނެތްކަމުގެ ފަޅުކަން އެހިތަށް އަބަދުވެސް އިޙްސާސްވެއެވެ. ސާޝާގެ މަތިން ހަނދާންވުމުން ޝިމްލާގެ ދެލޯ ފެންކަޅިވިއެވެ.

“ސާޝާ!” ގޭޓުން ވަދެގެންއައި ޒުވާނީއަށް ނަޒަރު ހުއްޓާލައިގެން ހުރެ ޝިމްލާއަށް މަޑުމަޑުން ކިޔާލެވުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ޝިމްލާއަށް ދުއްވައިގަނެވުނީ ތިރިއަށް ފައިބާށެވެ.

“ލަބް ޑަބް ލަބް ޑަބް”

ލިފްޓަށް އެރިއިރުވެސް ޝިމްލާގެ ހިތް ނެގިނެގިފާ ޖެހެއެވެ. އެހާ ދުވަހަށްފަހު ސާޝާއާއި ބައްދަލުވާތީ ޝިމްލާ ހުރީ އުފަލުން ރޮވިފައެވެ.

“ސާޝާ!” ލިފްޓުގެ ދޮރު ހުޅުވުމާއިއެކު ކުރިމަތީހުރި ޒުވާނާގެ މެދުހަށީގައި އޮޅުލައިގަންނަމުން ޝިމްލާއަށް ބުނެވުނެވެ.

-ނުނިމޭ-

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ނަވާރަވަނަބައި)

Next

ބުނާށެ ލޯބި ނުވަނީހޭ

Next
July 8, 2017

ބުނާށެ ލޯބި ނުވަނީހޭ

Previews
July 8, 2017

އެދެމޭ ކަލާޔާ ގާތުގާ ވުމަށް (ނަވާރަވަނަބައި)

22 Comments!

  1. Psenhi says:
    July 8, 2017 at 3:39 pm

    Sorry readers. Mifahar episode kurukohly Dhen Anna episode interesting kohlanvegen. Hope you don’t mind. Mi episodevs kamudhanekamah hykuran. Thank you for your support. Dhen psenhige huriha vaahakathah fb in fennane v avahah. Psenhi PsenHi’s Storytime in

  2. Adha? says:
    July 8, 2017 at 3:41 pm

    Varah reethi mi part ves.. ?ekam thankolheh kuruhen heevey.. .. i think saasha ge badhaluga alvin hen hunnaany ethaa… ?
    Waiting❤??

    1. Psenhi says:
      July 8, 2017 at 3:43 pm

      Thank you Adha. Hmmm psenhi ahves hyvany thihen 😉

    2. Adha? says:
      July 8, 2017 at 3:43 pm

      Oops! U told dw kuruvaane ey.. i didn’t saw it…. ?

    3. Psenhi says:
      July 8, 2017 at 4:06 pm

      Its k

  3. khajja says:
    July 8, 2017 at 4:09 pm

    Oh wow masha allah stry v rythi superb ?? shaashaa ge badhaluga ethaa ehury alvin dhw alvinge sifa jehigen dhw shaashaa e ulheny anyway stry v awsome when nxt prt❤❤❤????

    1. Psenhi says:
      July 8, 2017 at 4:51 pm

      Thnkx khajja. Good kidney 😉

  4. Reader says:
    July 8, 2017 at 4:32 pm

    Alhe please normally 3 days varu koffa genesdhey iru thankolheh dhigu koh genesdheebala

    1. Psenhi says:
      July 8, 2017 at 4:52 pm

      Hmm. Let me try 2 make u lil happy

  5. nux says:
    July 8, 2017 at 7:20 pm

    just wow wow v loabi mi story interesting well done psenhi

    1. Psenhi says:
      July 9, 2017 at 3:27 am

      Thnkx nux 🙂

  6. nux says:
    July 8, 2017 at 7:20 pm

    just wow wow v loabi mi story interesting well done psenhi?????

  7. ahu says:
    July 8, 2017 at 10:25 pm

    ooh haadha reeachay mi part vess lvu ????????????????????

    1. Psenhi says:
      July 9, 2017 at 3:28 am

      Thnkx ahu 🙂

  8. zuu says:
    July 8, 2017 at 10:28 pm

    Sound effects gennaathy ehaa kamaku nudhei because aslu sound ivei gothakah ves noon dho liyeveny and imagine eh nukurevei eheneh. But story is nice waiting for next park ? kon dhuvas thakehga story upload kurany

    1. Psenhi says:
      July 9, 2017 at 3:31 am

      Thnkx zuu. Thikama visnaanan. Baeh readers ah rythy egothah written sounds laafa huryma. :-). Satday Tuesday n thursdayga kamah mibalany

  9. Nish says:
    July 8, 2017 at 11:46 pm

    Aslu sound effects hunnaathy odd gotheh hunnany

    1. Psenhi says:
      July 9, 2017 at 3:32 am

      Hmm. Thikama visnan EBA. Thnkx Nish

  10. Ish says:
    July 9, 2017 at 6:42 am

    Excellent…. This story is wonderful… Keep it up ? Can’t wait!!!

    1. Psenhi says:
      July 9, 2017 at 8:29 am

      Thnkyou Ish

  11. Beauty says:
    July 9, 2017 at 12:48 pm

    Varah Reethi Eba vey mi vaahaka.. ??

  12. hamaahaalee says:
    July 18, 2017 at 3:49 pm

    lab dab lab dab aee koachetha

Comments are closed.


All Right Reserved!