Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން އަންނާށޭ ކަލާ…

Rau Level 210 Stories100 Comments100 Login
August 8, 2017 4 Mins Read
7 Comments

(ތިންވަނަ ބައި)

07 އޮގަސްޓް 2017 އާ ގުޅޭ…

ވެގެން އުޅޭގޮތް ބަލްޚާއަށް ރޭކާލީ ލޮލުގެ އިޝާރާތުން ވެގެން އުޅޭގޮތް ބަޝީރު އަންގައިދިނުމުންނެވެ. އެވަގުތު ގޮޑީގައި ފޫޖެހޭ ހިސާބުން ބަލްޚާގެ ސްކާޓްގައި ތަތްލަވާފައި އިން ގަނޑުކޮޅު ބަލްޚާ ނައްޓުވާލިއެވެ.

” ވީ އާރ މޭޑް ފޯރ އީޗް އަދަރ….ހިޝާން & ބަލްޚާ” ލިޔެ އެ ގަނޑުކޮޅުގެ ތިރިއަށް އަޅާާފައިވާ ދިޔާ ޕޯސްޓަރ ކަލަރ އިން ރަތް ތައްގަނޑެއް ބަލްޚާގެ ސްކާރޓަށް އަރާފައިވެއެވެ. ޓީޗަރ ރުޅިއައިސްގެން ފަޅައިގެންދާ ވަރަށް ރުޅިއައިސްފައި ހުރެ އެ ލަދުވެތިކަން ކުޑަ އަމަލު ހިންގީ ކާކުކަން ބަލަން ކުރި މަސައްކަތް ދިޔައީ ފަނުފުލުންނެވެ. ކުދިންގެ ގޯސްވެފައިވާ އަހުލާގާއި އިހުތިރާމެއްނެތް މަލާމާތުގެ ކުރިމަތީގައި ޓީޗަރަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ހިނގާދިޔަ ކަންތައް ޕްރިންސިޕަލްއަށް ރިޕޯޓުކުރާނެ ކަމަށްބުނެ އިންޒާރު ދެމުންނެވެ.

އެގަޑި ނިމިގެން ޖެހިގެންއައި ގަޑީގެ ޓީޗަރު ސުކޫލަށް ހާޒިރުނުވާތީ، ބަލްޚާ ރޮއްވާލާވަރަށް ހޭން އަނުމްއަށް ފުރުސަތު ލިބުމުން އަނުމް ހުރީ އުފަލުންނެވެ. އޭނާގެ ކޮންމެ ބުނުމަކަށް ” އާން.. ހޫން..” ކިޔަންތިބޭ ކުދިންތައްވެސް ލިބުނުފުރުސަތުގެ ބޭނުން ހިފައި އަނުމްއާ އެއްބައި ވެލިއެވެ.

” ޗީ ޗީ… ހާދަ ފަކުރޭ.. ލަދުގަނެއްޖެ ދޯ؟! ދެންތަ ޓިޝޫއެއް..” ޖައިޝްގެ ކޮނޑުގައި އަތް އަޅުވާލަމުން މަލާމާތުގެ ރާގެއްގައި އަނުމް ބުނެލިއެވެ. އެއާއެކު ހުނުމުގެ އަޑުން މުޅި ކުލާސްތެރެ ގުގުމާލިއެވެ. މިއަންހެން ކުއްޖާގެ ލަދުވެތިކަމެއް ނެތްކަމާއި ވިޔާނުދާކަމުގެ މައްޗަށް ހައިރާންވެ ހުރެ ބަލްޚާގޮސް އަނުމްގެ ކުރި މައްޗަށް އެރިއެވެ.

” ބުނެބަލަ ލަދު ގަންނަނީ ކިހިނެތްކަން… މަށަށް ހީވަނީ އެ ކަހަލަ “ފަކުރު” ކަންކަން އިޝްތިހާރުކުރާ ހިތުން ތިއުޅެނީ ކަލޭހެން..” ބަލްޚާގެ ޖެހިލުން ކުޑަކަމާއި ސާބިތުކަން ފެނި އަނުމްއަށް ލިބުނީ ސިހުމެކެވެ. އެހާ މަޑުމައިތިރި އަންހެންކުއްޖެއް އެހާ ޖެހިލުން ކުޑަވެދާނެ ހެއްޔެވެ؟ ބަލްޚާގެ އެ އަދާއިން ޖައިޝްގެ ހިތް އިތުރަށް ފިދާކުރުވިއެވެ. ހިނދުކޮޅަކަށްނަމަވެސް އަނުމްގެ އަނގަ ބަންދު ކޮށްލީތީ ހިނިވެސް އައެވެ.

” އެހެންތަ؟! ތިއެއް ދައްކާލާނަން އިނގޭ!” އަނުމް ފަސްދީ ދާން އެނބުރިލުމާއެކު އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަނުމް އެހެންބުނެލުމުން ބަލްޚާ ފަހަތް ބަލައިލިއެވެ.

” ބަލަން މިހުރީ…”

އެމީހުނަށް ފެންނަމުންދާ ބަލްޚާއަކީ ހަމަ ހަގީގީ ބަލްޚާ ބާވައޭ އެ ދުވަހު ޖައިޝްގެ ހިތަށް އެރިއެވެ. ނޫނީ އެ މަޑު މައިތިރިކަމާއި ސާދާ ކަމުގެ ފުރަގަހުގައި ފޮރުވިފައިވާ އެހެން ހަގީގަތެއް ވަނީ ބާވައެވެ؟

*******

ދޮރުގައި ޓަކި ޖަހާލިއަޑަށް ޖައިޝް އެނދުން ތެދުވެ ތުވާލި އެއްވަރުކުރަމުންގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ އިމީއެވެ. އޭނާއާ އެއްވަރުގެ އިތުރު ކުއްޖަކަށް އެރެވޭވަރުގެ ބޮޑު ސްވިޓަރ އެއްގައި، ލައިގެން ހުރި މަޑުނޫން ކުލައިގެ ޖީންސްގެ ޖީބަށް އަތްޖަހާލައިގެން އިމީ ހުރިގޮތުން ޖައިޝް ހިނިއައެވެ. ހީވަނީ ފިނި މޫސުމަށް ރަނގަޅަށް ތައްޔާރުވެލައިގެން ހުރިހެނެވެ.

” ދިވެހިރާޖެއަށް ވިންޓާ އަންނަންފެށީ ކޮން އިރަކު؟” ވަށްކޮށް ކޮށާލެވިފައިވާ އިމީގެ ފަން އިސްތަށިކޮޅުގައި ލުއިގޮތަކަށް ލުތްކެއް ޖަހާލަމުން ޖައިޝް ބުނެލިއެވެ.

“މިއަދު ކިހާ ފިނިތަ ދޮންބޭ! އިމީ ހިތަށް އަރާ ރާއްޖެއަށްވެސް ވިންޓަރ އަންނާނެ ނަމައޭ… ކިހާ ސަޅިވާނެ… އޭރުން ނުޖެހޭނެ ވިންޓަ ބަލަން ފްލައިޓްގަ ޔޫރަޕަށް ދާކަށް……” ޚިޔާލަށް ނުގެނެވުނަސް ފްލައިޓަކަށް ނާރައި ދަތުރުކޮށްލެވޭނެ ދުވަހަކީ އިމީ އެންމެ ދެކެންްބޭނުންވާ ދުވަހެވެ.

ބައިދަވޭ މަންމަ ބުނި ދޮންބެކައިރީ ބުނާށޯ ކާންދާށޭ” އަތުގައި އޮތް ޗިޕްސްދަޅުން ޗިޕްސް ކޮޅެއް ނަގައި، ޖައިޝްގެ ކޮޓަރިއަށްވަދެ ކޮމްޕިއުޓަރ މޭޒު ދޮށުގައި އިށީންނަމުން އިމީ ބުނެލިއެވެ. އިމީއަކީ ޖައިޝްގެ އެންމެ ހަގު އަންހެން ކޮއްކޮއެވެ. ލާނެތް މިޒާޖެއްގެ މަޖާ ކުއްޖެކެވެ. ޖައިޝްގެ ދެލޮލުގެ ނޫރެވެ. އަންހެން ކުއްޖަކަށްވުރެ ބޮޑަށް އިމީގެ އުޅުން ހުންނަނީ ފިރިހެން ކުއްޖެއްގެ އުޅުމާ އެއްގޮތަށެވެ. ލާ ހެދުމާއި އުޅޭ އުޅުމުގައިވެސް ހުންނަނީ “ޓޮމްބޯއީ” އެއްގެ ސިފަގަނޑެވެ.

” އޯކޭ… މިދަނީ…” ކުރު ސޯޓު ބުރިއަކާއެކު ކަޅު ޓީޝާޓެއް ގަޔަށް މަހާލަމުން ޖައިޝް ކޮޓަރިން ނުކުންނަން ހިނގައި ގަތެވެ.

“އަނުމްވެސް އެބައިން….” އިމީ އެހެން ބުނެލުމާއެކު ޖައިޝްގެ ފިޔަވަޅަށް ހުއްޓުންއައެވެ.

” މަންމަ ކައިރީ ބުނޭ ދޮންބެ ނިދާފައޭ އޮތީ….” ފޫހިގޮތަކަށް ބޯކަހާލަމުން  ޖައިޝް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.

“އެކަމަކު ދޮންބެ ތިއޮތީ ނިދާފައެއް ނޫނެއްނު…” ދެކޮނޑުއަރުވާލަމުން އިމީ ބުނެލިއެވެ.

“އޯ މައި ޗައްބީ ޗީކްސް… މައި ޗުމްޕްޓީ…. ގޮސް އެހެން ބުނެވިދާނެއެއްނު…”

“އޭރުން އިމީ ދޮގު ހެދިކަމަކަށްނު ވާނީ… އިމީގެ އިސްލާމް މިސް ބުނި ގިޔާމަތްދުވަހު ކިތައްމެ ކުޑަ ނަމަވެސް ނުބައި ކަމެއް ކޮށްފި މީހާ އެކަމުގެ ރަހަ ދެކޭނެ ކަމުގަ ޤުރުއާނުގަ މާތްﷲ ވަހީކުރައްވާފަ ވާކަމަށް.. ދޮންބެ ތިއުޅެނީ އިމީ ލައްވާ ދޮގެއް ހަދުވާކަށްނު… ދޮގު ހެދުމަކީ ފާފައެއްނު…” ޢުމުރުން ދިހަ އަހަރުގެ މި ކުޑައަންހެން ކުއްޖާގެ އަނގަދަށުން ސަލާމަތް ނުވާނެކަން އެނގުމުން ޖައިޝް ދެލޯ މަރާލިއެވެ.

“ހަމަ އަސްލުވެސް މި ނިދަނީ މިހާރު… ދެން ދޭބަލަ… ދޮރު ތަޅުލާފަ ދައްޗޭ އިނގޭ…”  މުޅިގަޔާ އެއްކޮށް ކްއިލްޓުން މޫނު ނިވާކޮށްގެން އޮތް ޖައިޝްއަށް ސުވާލުގެ ނަޒަރަކުން ބަލަމުން އިމީގެ މައުސޫމް މޫނަށް އެތައް ކުލައެއް ވެރިކުރުވަމުން ގޮސް އިމީ ކޮޓަރިން ނުކުތެވެ.

ތަނަވަސްކޮށް ހަދާފައިވާ ހައިބަތުހެޔޮ ރީތި ގޭގެ ތިރީ ބުރީގައި ޒަމާނީ ކުލަތަކުން ކުލަ ޖައްސައިގެން ހަދާފައިވާ ގޭގެ ތަނަވަސް ލިވިންރޫމުގައި އަތުރާލާފައިވާ ބިޔަ ރަތް މަހުމަލުގެ ސޯފާތަކުގައި އިށީނދެލައިގެން ޠައްޔިބުގެ ދެމަފިރިންނާއި ޠައްޔިބުގެ މަންމަ ހަސީނާ ތިއްބެވެ. ޠައްޔިބުގެ އަނބި އިނާޒާ ގެ މަގަތުން ސޯފާގެ އަތްގަނޑުމަތީގައި އިށީނދެލައިގެން އަނުމް އިންގޮތް، އިނާޒާއާއި އަނުމްގެ ގާތް ކަމަށް ހެކިވެއެވެ.

“މަންމާ ދޮންބެ ބުނީ ބުނާށޯ ނިދާފައޭ އޮތީ..” ސިޑިން ފައިބަމުން އިނާޒާއަށް އިވޭ ވަރަށް އިމީ އެހެން ގޮވާލުމުން އެންމެން އެއްފަހަރާ އެމީހުންގެ ފުރަގަހަށް ވާގޮތަށް ހުރި ސިޑިއާ ދިމާއަށް ބަލައި ލިއެވެ. އެއާއެކު އަނުމް އިންތަނުން ތެދުވެ ސިޑިއާދިމާލަށް ހިގައިގަތެވެ.

“ދޮންބެ އޮތީ ނިދާފަ” ސިޑީގެ ފުރަތަމަ ހަރުފަތާ ހަމައިން އިމީގެ ވާއަތުން އަނުމްއަށް ހުރަސްއަޅަމުން އިމީ ބުނެލިއެވެ.

“އިމީ ތިބުނީނު ދޮންބެ ބުންޏޭ ނިދާފައޭ އޮތީ ބުނާށޭ… އޭގެ މާނައަކީ ނުނިދައޭ ނު… މޮޔަގަނޑު” އިމީއާ ދިމާއަށް ދޫނެރެލަމުން އިމީގެ އަތް ތިރިކޮށްލައި އަނުމް ސިޑިން މައްޗަށް އެރިއެވެ.

“ސޮރީ ދޮންބޭ…” އަނުމް ދާ ދިމާއަށް ބަލަން ހުރުމަށްފަހު، ދުވެލާފައިގޮސް އިނާޒާގެ އުނގަށްް އިމީ ވެއްޓިގަތެވެ.

ދޮރުގައި ޓަކި ޖަހަން ފެށުމުން އިމީ ބުނީ ޖައިޝް ބުނި ގޮތަށް ނޫންކަން ޖައިޝްއަށް އެނގުނެވެ.

” އިމީ ދުވަހަކުވެސް ބުނާ އެއްޗެއް އެ ބުނާ ގޮތަކަށް ނުބުނާނެ…” ޗޮކެއް ކަނޑާލަމުން ޖައިޝްގޮސް ދޮރު ހުޅުވިއެވެ. ކުރިމަތީ އަނުމް ހުރިތަން ފެނުމުން ހިސާބަކަށް ޖައިޝްގެ މޫޑު ޚަރާބުވިއެވެ.

“އެންމެ ހިނދުކޮޅަކަށްވެސް މަ އެކަނި ދޫނުކުރާތި…” އަނުމްއަށް ނީވޭހާ ސިއްރުން ޖައިޝް އެހެން ބުނެލަމުން ގަދަކަމުން ހިނިތުން ވެލައި އެތެރެއަށްވަނުމަށް ދަޢުވަތުދިނެވެ.

“އޭން.. އެއްޗެއް ބުނިންތަ؟” ޖައިޝް އެއްޗެއް ބުނިހެން ހީވެގެން އަނުމް އެހެން އެހުމުން ޖަވާބުގައި ނޫނެކޭ ބުނާހެން ޖައިޝް ބޯހޫރާލިއެވެ.

“ހޭ ނެސްޓް ފްރައިޑޭ ނައިޓްގަ ފެއަރވެލް ޕާޓީ އެބަ އޮތެއްނު… މަ ކޮން ކުލައިގެ ހެދުމެއް ލިއްޔާ މަށާ ގުޅޭނީ؟!…” އަނުމް ކޮޓަރިއަށްވަދެ އެނދުމަތީގައި އިށީނަމުން، އެހެން ބުނެލުމާއެކު ޖައިޝް ރަނގަޅަށް އަނުމްއާ ދިމާއަށް ބަލައިލިއެވެ. ހަގީގަތުގައި އަންހެން ކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭ ފިރިހެނެއްގެ ހިތް ދަމައިގަންނަ ފަދަ އެއްވެސް ސިފައެއް އަނުމްގެ ކިބައިގައި ނެތެވެ. ކުލަގަދަ މޭކަޕާއި ނިވާކަން ކުޑަ ހެދުންތަކުން އަންހެން ކުދިން ރީތި ވާކަމަށް ގަބޫލު ކުރެވުނަސް ޖައިޝް އެއަށްވުރެ ފޫހިވާ ކަމެއް ނެތެވެ. އަނުމް އަކީ ހެޔޮވަރު ވަރެއްގެ އިސްކޮޅެއް ލިބިފައިވާ ލޫޅާފަތި ހަށިގަނޑެއްގެ ވެރިއެއްނަމަވެސް އޭނާގެ އެ ލޫޅަފަތިކަން ހާމަވާފަދަ ގަޔަށްބާރު ހެދުންތަކާއި، ކުލަ ގަދަ މޭކަޕް ޖައިޝްއަށް އެއްވެސް ވަރަކަށް ކަމަކު ނުދެއެވެ.

“ކީއްވެ ތި ބަލަނީ މާވަރަކަށް…؟ ދެން ބުނެބަ…” ލަދުން އިސްޖަހާލަމުން އަނުމް އެހެން ބުނެލުމާއެކު ޖައިޝް ވަނދުގޮތަކަށް ހިނިތުން ވެލިއެވެ.

“އަނުމްއަށް ރީތި ކޮންމެ ކުލައެއްވެސް އޯކޭ ވާނެއެއްނު… މަށަކަށް އަސްލު ނޭނގޭ އަންހެންކުދިންގެ ހެދުމާއި މޭކަޕާ ގުޅޭ އެއްވެސް އެއްޗެއް….” ޝައުގުވެރިކަން ކުޑަ ރާގެއްގައި ޖައިޝްބުނެލިއެވެ. އެ ހިނދުވެސް އޭނާގެ ހިތުގައި ކުރެހެމުންދިޔައީ އެރޭ ބަލްޚާ ހުންނާނެ ގޮތުގެ ސޫރައެވެ. މެރޫން ކުލައިގެ ގައުން އެއްގައި އެ ރީތި އިސްތަށިގަނޑު ހާމައަށް ދޫކޮށްލެވިފައިވާ ގޮތުގެ ސޫރައެވެ. ހިތުގައި ތަސްވީރު ވަމުންދިޔަ އެ ހުވަފެނުގައި ކުލަ ޖެހޭނެ ކަމާމެދު ޖައިޝް ހުރީ ޝައްކެއްގައެވެ. އެރޭގެ ޕާޓިއިން ބަލްޚާ ފެންނާނެ ކަމާމެދުއެވެ. ސްކޫލު ނިމުމާއެކު ބަލްޚާގެ މަތިން މާބޮޑަށް ހަނދާންވެ ބޭގަރާރުކަން އޭނާ ވަށަލާފައިވާލެއް ބޮޑުކަމުން ކުރިމަތީގައި އިނދެ އަނުމް ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް ޖައިޝްއަކަށް ސަމާލުކަމެއް ނުދެވުނެވެ.

ރެއަކީ މިއަހަރު ސްކޫލު ނިންމި ކުދިންގެ ޝަރަފުގައި ބާއްވާ ހާއްސަ ފެއަރވެލް ޕާޓީ އޮތް ރެއެވެ. މުޅި ސްކޫލުގެ ހޯލްތެރެ ފަނޑު ނޫންކުލައިގެ އައްޔަކުއް ދިއްލާފައިވާއިރު، ޖަހަމުންދިޔަ ހިތްގައިމު ލުއި މިއުޒިކުން އެރޭގެ ޕާޓީއަށް ހާޒިރުވި ހުރިހާ ޒުވާނުންގެ ހިތްތައްވެސް ލޯބީގެ ތޫފަނެއްގައި ޖެހި ގަރަގުވަމުން ދިޔަކަހަލައެވެ. މާހައުލު އެހާވެސް ހިތްގައިމުވެފައި ރޮމޭންޓިކެވެ. ޕާޓީ ފެށުނު އިރު އެހެން ހުރިހަ ހިތަކަށް ވުރެ ބޭގަރަރު ކަމުގައިވި ދެ ހިތެއް އެޕާޓީގެ ހާޒިރީންތަކުގެ ތެރޭގައި ވިއެވެ. ޖައިޝްއާ އެއްވަރަށް ހިޝާންވެސް އަތުގައި އަޅާފައިވާ ރޮލެކްސް ގަޑިއަށް އިރު އިރުކޮޅުން ބަލައިލައެވެ. ހިޝާން ގެ ހުރިހާވެސް އުއްމީދަކީ ކޮންމެވެސް ގޮތަކުން ބަލްޚައަށް އެނގިފައިވީނަމަވެސް އޭނާގެ ދުލުން ވަންހަނާ ކުރިވިފައިވާ ހިތުގެ ޙަޤީގަތް މިރޭ އެއްވެސް ފަސްޖެހުމެއްނެތި ބަލްޚަގެ ކުރިމަތީގައި ބަންޑުންކޮށްލުމެވެ.

” ކާކަށް ތި ވެއިޓް ކުރަނީ…. ހާދަވަރަކަށޭ ތި ގަޑިއަށް ބަލަނީ…” ޖައިޝްގެ ބަދަލުވެފައިވާ ހަރަކާތަކަށް ފާރަލާންހުރެ އެންމެ ފަހުން ހިމޭންނުން ނުހުރެވިގެން އަނުމް ބުނެލިއެވެ. އެހިނދު އަންހެން ގުރޫޕެއް އައިސް ޖައިޝްއާ އަނުމް ވަށާލިއެވެ.

“އޭތް… ދެން ސްކޫލްވެސް ނިމުނީނު… ލަވްބާރޑްސް ކޮން އިރަކުންތަ ދެން މެރީ ކުރަނީ….” އަނުމް ގައިގައި ކުޑަކޮށް ވިކާލަމުން ޝަފީބުނެލިއެވެ.

” ހަހަހަ… އަދި ކިރިޔާ ސްކޫލް މިނިމުނީ…. އުމުރުން 18 އަހަރު… ހާދަ އަވަހަކަށޭ ތިއުޅެނީ އަހަރެމެން ދެވަން” އަނުމް ގަދަ އަޑުން ހިނިގަޑެއް ޖަހާލަމުން ރަކި ގޮތަކަށް ބުނެލިއެވެ.

“އެހެން ނޫނަސް އެހާ އަވަހަށް ކައިވެނި ކުރުން އެއީ އަހަރެމެން ގަބޫލުކުރާ ކަމެއް ނޫން ދޯ ޖައިޝް” ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަމެއް ނުދީ ޖައިޝް ކެތްތެރިކަމެއްނެތި ބަލަމުން ދިޔައީ ވަންނަ ދޮރާ ދިމާއަށެވެ. ޖަވާބުގައި ބުނާނެ އެއްޗެއް ނޭނގުމުން އަނުމްއަށް ބަލައިލަމުން ޖައިޝް ހީލިއެވެ.

“އޯހް ސަޅި ބިޓެއް…!” ޖައިޝްމެންނާ ދާދި ގާތުގައި ތިބި ފިރިހެން ގްރޫޕްގެ އެންމެން އެއް އަޑަކުން ކަހަލަ ގޮތަކަށް އެހެން ބުނެލުމާއެކު ޖައިޝް ދޮރާ ދިމާއަށް ބަލައި ލިއެވެ.

އެހިނދު މުޅި މާހައުލު ފުސްވެ ޖައިޝްގެ ލޮލުގެ ފޯކަސް ދޮރާ ދިމާއަށް އަމާޒުވެ، މުޅިތަން ހިމޭން ވި ކަހަލަ އިހްސާސެއް ޖައިޝްއަށް ކުރެވުނެވެ.

(ނުނިމޭ…)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rau

Level 210 Stories100 Comments100 Login

ވާހަކަ ލިޔުމަކީ ރައުގެ ޕެޝަންއެކެވެ ކިޔުންތެރިންގެ ޚިޔާލަކީ ވާހަކަ ލިޔުމަށް ރައު އަށް ލިބޭ ވަރަށްބޮޑު ހިއްވަރެކެވެ..

Other Articles

Previous

ދިހައެއް ( އަށްވަނަ ބައި )

Next

ކެތްކުރީމޭ …

Next
August 8, 2017

ކެތްކުރީމޭ …

Previews
August 8, 2017

ދިހައެއް ( އަށްވަނަ ބައި )

7 Comments!

  1. Sallu says:
    August 8, 2017 at 2:56 pm

    Story is really nice.. But please thankolheh dhigukoh genesdheeba 🙂

  2. click a shot ? says:
    August 8, 2017 at 3:46 pm

    Wow…mi part ves varah reethi?Awww balha kaneyge ai ?

  3. Anans says:
    August 8, 2017 at 4:48 pm

    Good

  4. aish says:
    August 8, 2017 at 4:59 pm

    Wow..

  5. merr says:
    August 8, 2017 at 5:23 pm

    wowww
    next part thankolheh dhigu koh genesdheyne kamah ummedhu kuran

  6. Ram says:
    August 9, 2017 at 10:51 am

    Wow v salhi.. next part avahah upp kohla dhehcheyy..

  7. bulhaa says:
    September 15, 2017 at 8:09 pm

    fhfhfhf

Comments are closed.

Next Episodeލޯބިން އަންނާށޭ ކަލާ….←


All Right Reserved!