އެހެނަސް ހަމަ ލޯތްބޭ ވެވެނީ (އަށާރަވަނަބައި)
ރޭވުމާ އެއްގޮތަށް ޒަމްރާ މަންހާމެން ގޮވައިގެން އައިޝާމެން ގެޔަށް އައީ ބަރާބަރު 8 ޖެހީރުގައެވެ. މިއަދު ހަތަރުދަމު އައިޝާ ކޮބާހޭ އެހުމުން ޒަމްރާ ދެއްކި ބަހާއަކީ އޭނާ ކުޑަކޮށް ބަލިވެ އުޅޭކަމެވެ. އެހެންވެ ހޫދުވެސް ގެއިން ބެރަށް ނުނެރި ބަހައްޓާފައި ހުރިވާހަކައެވެ. މަންހާއާ ޒާމިންއަށް އެނގިފައި ވާގޮތުން އެމީހުން މިގެޔަށް މިއައީ އައިޝާ ހޮސްޕިޓަލަށް ފޮނުވޭތޯ ބަލާށެވެ. ޒަމްރާ ވަރަށް ކިޔުމުންވެސް އައިޝާ ހޮސްޕިޓަލަށް ނުދިޔަސް ޒާމިންއަށް އެކަންވާނެކަން އެނގޭތީއެވެ.
“މިގެ މިއޮތީ ނުވެސް ދިއްލައެެއްނު. އާޝި މާބޮޑަށް ބަލިވީ ކަންނޭގެ.” ގޭގެ ދޮރުހުޅުވާލިއިރު ގޭތެރޭގައި އަނދިރިކަން ވުމުން މަންހާ ޒާމިންއަށް ބުނެލިއެވެ. ޒާމިންވެސް މަންހާގެ ބަހަށް އާއެކޭ ބުނަމުން އެތެރަށްވަނީ ޑޮކްޓަރަކަށްވެހުރެ އެކަހަލަ ކަންކަމާ އައިޝާ ފަރުވާ ކުޑަކޮއްލުމުން ހިތްހަމަނުޖެހި ހުރެއެވެ. ކަނު އަނދިރީގައިވެސް އެގެޔަށް ފަރިތަ ޒާމިން ސްވިޗް ބޯޑާ ކައިރިވެލަމުން ބޮކި ޖައްސާލިއެވެ. މުޅިތަނަށް ވެރިވެގެން ދިޔަ ހުދު އައްޔާއެކުގައި ‘ ސަޕްރައިޒް’ އެކިޔާ އެންމެންގެ ހަޅޭކުގެ އަޑުއިވިގެން ދިޔައެވެ. އެޔާއެކު މަންހާއާ ޒާމިންގެ ގަޔަށް ‘ޕާޓީ ޕޮޕާއިން’ ކުނޑިތަށް އެޅިގެން ދިޔައެވެ. ދެމީހުންވެސް ތިބީ އުފަލުން ފޮޅިފައެވެެ. މިއަދު ހަތަރުދަމު ނުފެނި އައިޝާ ކުރިކަމަކީ މިއީއެވެ. މުޅި ގޭތެރެވެސް ވަނީ ފިޔާތޮށި ކުލައިގެ ހަމުން ފުރާލައިފައެވެެ. އެކިތަންތާގައި ކުޑަކުދިންގެ ފޮޓޯ ހަރުކޮށްފައި ހުރިއިރި ފާރުގައި ޒާމިންއާ މަންހާއައް މަރުހާބާ ކިޔައި އިބާރަތްކޮޅެއް ހިއްޕާފައި ހުއްޓެވެ. އެންމެން އެއްވެގެން މިދިން ސަޕްރައިން މަންހާމެންނަށް ވަރަށް ކަމުދިޔައެވެ. އެކަމަށް އެންމެންނަށް ޝުކުރު އަދާކުރިއެވެ.
“ދެންހިނގާބަަ އަވަހަށް ކޭކުފަޅަން. މިހާރު އަހަރެން އެކާން އުޅޭތާ ކޮންއިރެއް” މިވަގުތުވެސް މަޖާ އެއްޗެއް ބުނެނުލާ ރާއިންއަށް ނުހުރެވުނެވެ. އައިޝާއާ ރީނާޒް މަޑުކުރާށޭ ބުނެ ކާގެޔަށް ދިޔައީ ކޭކުބަލައެވެ. ދަމުން ވަޅިމަތިން ހަނދާންވުމުން ރާއިން ކައިރީގައި އެ ގެނައުމަށް އެދުނެވެ. ކޭކު ފަޅަން ތައްޔާރުކުރި ވަޅީގައި ރިބަން ކޮޅެއް އައްސާލުމަށް ކޮޓަރިޔަށް ގެންދިޔުމަށްފަހު އެގެންނާކަށް އައިޝާ ހަނދާނެއްނުވިއެވެ. ރާއިން ވަޅިބަލާ ހިނގައިގަތް ނަމަވެސް ހޫދު ބޭނުންވީ ރެހާން ގޮވައިގެން ދާށެވެ. އެހެންކަމުން ރާއިން އެތާގައި މަޑުކޮއްލިއެވެ.
ހޫދު ރެހާންގެއަތުގައި ހިފައިގެން އައިޝާގެ ކޮޓަރިޔަށް ވަނެވެ. ލަސްވެދާނެތީ އަވަހަށް ޑްރެސިން ޓޭބަލްމަތީގައި އޮތްވަޅިނަގަން އުޅުނު ރެހާން ހުއްޓުންއެރީ ލޯގަނޑުން ފާރުގަ ހަރުކޮށްފަހުރި ފޮޓޯފެނުމުންނެވެ. މުޅިގޭތެރެއިންވެސް އެފަދަ ފޮޓޮއެއް ނުފެނުނުއިރު މިތާގައި އެފޮޓޯ ހަރުކޮށްފަ ހުރީކީއްވެބާއެވެ؟ ރެހާން އަނެއްފަރާތަށް އެނބުރިލުމަށްފަހު އެނދުގެ މެދަށް ވާގޮތަށް ހަރުކޮށްފައިވާ ދެފޫޓު ތިންފޫޓުގެ ފޮޓޮޔަށް ފުންނަޒަރަކުން ބަލާލިއެވެ. ބޮޑުހުދު ވެޑިންޑްރެސްއެއްގަވާ އަންހެންކުއްޖާ ގާތުގައިހުރި ޒުވާނާ ލައިފައިވަނީ ހުދުގަމީހަކާއެކު ވެއިސްޓްކޯޓެކެވެ. އެޒުވާނާގެ އެއްއަތް އަންހެންކުއްޖާގެ އަތާ ޖޯޑުކޮއްލާފައިވާއިރު އަނެއްއަތްހުރީ ޖީބަށް ޖަހާފައެވެ. ދެމީހުންވެސް ހިކިފައިހުރި ތޮއްޓެއްމަތީގައި ހުއްޓިލައިގެންތިބި އިރުއޮއްސޭ މަންޒަރަށް ބަލާށެވެ. ފަހަތުން ނަގާފައިވާ ފޮޓޮއެއްކަމުން އެކެއްގެވެސް މޫނެއް ނުފެނެއެވެ. ނަމަވެސް އެފޮޓޯ ކިތަންމެރަނގަޅަކަށްވެސް ރެހާންއަށް ފާހަގަ ވެއްޖެއެވެ. ލާން އުޅުނު ނޭވާވެސް އެތެރޭގައި ތާށިވިހެން އެވަގުތު ރެހާންއަށް ހީވިއެވެ. މިފޮޓޯ އައިޝާގެ ކޮޓަރީގައި ހުންނަންވީ ކީއްވެބާއެވެ؟
“ތި ފޮޓޯ ދައްކަންވެގެން އަސްލު ހޫދު ރެއިންބެ ގެނައީވެސް. ރެއިންބެ ބުނީމެއްނު ހޫދު ބުނާ ކޮންމެކަމެއް ކޮއްދެއްވާނަމޭ. ހޫދުއަށް ބައްޕި ހޯދަދީ. އެފޮޓޯއެކަނިން ހޫދުއަށްވެސް ފެނުނީ” ފޮޓޮޔަށް ގެއްލިފަހުރި ރެހާންގެ އަތުގައި އެލިގަންނަމުން ހޫދު ބުނެލީ އާދޭހާ އެކުގައެވެ. ހޫދުގެ އެޖުމަލައިން ރެހާންގެހިތުގެ އެންމެ ފުންމިނަށްވެސް އަސަރު ކުރުވައިފިއެެވެ. މިވީހާތާގައި ދުވަހަކުވެސް ހޫދު އޭނާގެ ބައްޕަގެ ވާހަކައެއް ދައްކާފައެއް ނުވެއެވެ. ދެފަހަރުމަތިން ރެހާން އޮޅުންފިލުވަން އުޅުމުންވެސް ބުނަނީ ބައްޕަގެ ވާހަކަދެއްކީމަ މަންމަ ދެރަވާނެކަމެވެ. ނަމަވެސް ހޫދު އަބަދުވެސް އޭނާގެ ބައްޕަޔަށް އެދޭކަން މިއަދު ރެހާންއަށް އިނގިއްޖެއެވެ. ބޯޖަހާލަމުން ރެހާން ހޫދުގެ އަތުގަ ހިފައިގެން ކޮޓަރިން ނުކުތީ ފުންވިސްނުމަކަށް ގެއްލިފަ ހުރެގެނެވެ.
ކޭކު ހިފައިގެން ސިޓިންރޫމަށް ނުކުތް އައިޝާއަށް ރާއިން ހުރިތަންފެނުމުން ވަޅި ގެނައީތޯ ސުވާލުކޮށްލިއެވެ. އެވަގުތު ހޫދުގެ އަތުގަ ހިފާލައިގެން ސިޑިން ފައިބައިގެން އަންނަ ރެހާން ފެނުމުން އައިޝާއަސް ދެލޯ ބޮޑުކޮއްލެވުނެވެ. ރާއިންގާތުގައި ވަޅިބަލާ ދާން ބުނުމުން ކޮންމެހެން ރެހާން ދާންވެއްޖެހެއްޔެވެ. އައިޝާގެ މޫނުމަތިން ފެނިގެން ދިޔަ ހާާސްކަން ރާއިންއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. އަދި ރެހާންއާ ދިމާއަށްް ބަލާލީ މީ ރެހާން ފެނުމުން ވީގޮތެއްކަން އިނގިގެންނެވެ. ހޫދުއާއެކުގައި ދިޔައިރު ރެހާން މޫނުމަތީގައިވި އުޖާލާކަން މިހާރުގަ ވަނީ ގެއްލިފައެވެ. މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވެފައެވެ. އެދެލޮލުން އެތައްހާސް އިހުސާސްތަކެއް ފާޅުވާން ހުއްޓެވެ.
“ކޮބާ މިޔޮށް އައީނު ވަޅި ހިފައިގެން. ދެންވެސް އަވަހަށް މި ފަޅަން ހިނގާބަލަ.” މަންހާއިނީ ވަޅިނުލިބިފައެވެ. ކޭކު ފެޅުމަށްފަހު އެންމެންވެސް އަވަސްވެގަތީ ކެއުމާވެގެެން ކުރިޔަށް ދިޔުމަށެވެ. މަންހާއަށް ހާއްސަކޮށް އައިޝާ މިއަދުހުރީ ތަފާތު ވައްތަރުގެ މޭވާއާ ތަރުކާރީއިން ކެއުންތަށް ތައްޔާރުކޮށްފައެވެ. އެންމެން ކާގެޔަށް ވަތްނަމަވެސް ރެހާން ކާން ހިޔާލެއް ނުކުރިއެވެެ. އޭނަ ބޭނުންވަނީ މިގަޑީގައި އެކަނި ވެލާށެވެ. އެންމެން ގާތުގައި މުހިންމު ކަމަކު ގެޔަށްދާން ޖެހިއްޖެކަމަށްބުނެ ނުކުމެގެން ދިޔައެވެ. އެކަކަށްވެސް ވީގޮތް ނޭނގިފައި ތިއްބެވެ. ހޫދު ހަމަޖެހިލާފައި ހުރީ ރެހާން އަވަހަށް ދިޔައީ ހޫދު ކުރަންބުނި ކަންތަށް ކޮށްދެންކަމަށް ހީކޮށެވެ. ޒާމިން ރާއިން ގާތުގައި ވީކީއްތޯ އަހާލުމުން އޭނާވެސް ނޭގެޔޭ ބުނެލިއެވެ. މިރޭ ރެހާން ކުއްލިޔަކަށް ގެޔަށްދިޔުމާއި އޭނާގެ މާޒީއާ ކޮންމެވެސް ގުޅުމެއްވެޔޭ ރާއިންގެ ހިތް ބުނެލިއެވެ. އެންމެންވެސް ކައި ނިމިގެން އަވަހަށް ގެޔަށްދާން ނުކުތީ ލަސްވެފައި ވާތީއެވެ. ގެޔަށް ދިއުމުގެކުރިން ރާއިން ރީނާޒް ގާތުގަ ބުނެގެން ތަށިބަރިއެއް ތައްޔާރުކުރީ ރެހާން ނުކައި ހުރުމުންނެވެ. މިހާއިރުވަންދެން ނުކާ އުޅުނީމަ ބަނޑުހައިވެސް ވާނެތާއެވެ.
ރާއިންއާ ރީނާޒް އެކުއެކީގައި ނުކުމެގެން ދިޔައެވެ. ކޮންމެމީހަކުވެސް ދައްކަން ކިތަންމެ ވާހަކައެއް ހުރިކަމުގައި ވިޔަސް ދޫ ތަޅުލެވިފައި ވާކަހަލައެވެ. ހިތުގަ އޮތް އެއްޗެއް ދުލާހިސާބަށް ގެނެސްފިނަމަ ދެން ވާނެގޮތެއް ނޭނގޭތީ އެކަކުވެސް ބަހެއް ނުބުނެ ތިބީއެވެ. ރާއިން އެހާގާތުގައިވުމުން ރީނާޒްގެ ހިތަށް އެތަށް ގޮތްތަކެއް ވަމުން ދިޔައެވެ. ހިތްއެދެނީ އެއަތުގައި ހިފާލުމަށެވެ. ރޭނިމެންދެންވެސް ރާއިންގެ އަތުގަ ހިފާލައިގެން ހިނގާލާށެވެ. ރާއިންގެ ހާލަކީވެސް މިއީއެވެ. އެއަތުގައި ހިފާލަން ކިތަންމެ ބޭނުންވިޔެއްކަމަކު މި އޮޅުންބޮޅުނަގަނޑުގެތެރެއިން ނުނިކުމެ އެކަންވާކަށް ނެތެވެ.
“ނާޒް.” ގޭދޮރޯށި ހުޅުވާލި ރީނާޒް މަޑުޖެހިލީ ރާއިންގެ ޖާދުވީ އަޑަށެވެ. ވަގުތުން މޫނަށް ޖަންބުކުލަ ވެރިވިނަމަވެސް އެތަން މިއަނދިރީގައި ރާއިްނއަށް ފާހަގަނުވާނެކަން އެގޭތި އަނެއްފަރާތަށް އެނބުރުނެވެ. ފަނޑުއަލިކަމުގެތެރެއިންވެސް ސީދާ ރީނާޒްގެ މޫނަސް ނަޒަރު ހުއްޓާލައިގެންހުރި ރާއިންފެނުމުން އޭނަ ލަދުން އިސްޖަހާލިއެވެ.
“އަހަރެން ވަރަށް ބޮޑުވާހަކައެއް ބުނަން ބޭނުން. އެކަމު މާދަމާގަ.” ރީނާޒްއާ ކައިރިވެލުމަށް ހިތް އެދިގޮވަމުންދިޔަނަމަވެސް ރާއިން އޭނާގެ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮއްލީ އެދެމެދުގައި ހިނގާކަމަކުން ފަހުން ދެމީހުންވެސް ލަދުގަންނަން ޖެހިދާނެތީއެވެ. އިތުރު އެއްޗެއް ބުނުމާނުލައި ރީނާޒްގެއަތުން ދޫކޮއްލުމަށްފަހު ރާއިން ހިނގައިގަތެވެ. އެވަގުތު ރީނާޒްގެ މިޔުޒިކެއްފަދަ ފޮނިއަޑުން އިންތިޒާރު ކުރާނަމޭ ބުނެލި އަޑު އިވުނުނަމަވެސް ރާއިން ފަސްއެނބުރިބަލައެއްނުލައެވެ.
ރީނާޒް ގެޔަށްލުމަށްފަހު ރާއިން ގެޔަށްދިޔައިރު ގޭތެރެއިން މީހެއްގެ ހިލަމެއް ނުވެއެވެ. ކާގޭ މޭޒުމަތީގައި ތަށިބަރި ބޭންދުމަށްފަހު ހިނގައިގަތީ ރެހާން އިންނާނީ ކޮންތަނެއްގައިކަން އެނގޭތީއެވެ. ފެނޑާއަށް ނުކުތްއިރު ބޮކި ދިއްލާފައި ނުވިނަމަވެސް ރެހާންގެ ހިޔަނި ސާފުކޮށް ފެންނަން ހުއްޓެވެ. ރާއިން ބޮކި ޖައްސާލުމާއެކު ތަނަސް ވެރިވެގެންދިޔައީ މަޑު އޮރެންޖު އައްޔެކެވެ. މަޑުހިނގުމެއްްގައިގޮސް ރެހާންގެ ކުރިމައްޗަށް ވާގޮތަށް އިށީނދެލިއެވެ.
“ބުރޯ ކިހިނެއްވީ؟ ކުއްލިޔަކަށް ނުކުމެގެން އައީ.. ޒާމިންވެސް ހުރީ ކަންބޮޑުވެފަ” ރެހާންގެ މޫނުމަތިން ފެނުނު ކުލަވަރުން މިއީ ޔަގީނަށްވެސް މާޒީއާ ގުޅުންހުރި ކަމެއްކަން އެނގުނެވެ. ރާއިންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރެހާން ދައްކާލިން މީގެ ގަޑިއިރެއްހާއިރު ކުރިން ރެހާން ނަގާފައިވާ ފޮޓޮޔެކެވެ. އެއީ އައިޝާގެ ކޮޓަރީގައި ހަރުކޮއްފައި ހުރި ފޮޓޮއެވެ. ރާއިންމީކޮންއެއްޗެއްހެއްޔޭ ސުވާލުކުރުމުން ދެންވެސް ރެހާން ހިޔާރުކުރީ ހަމަހިމޭންކަމެވެ. ކައިރީގައި ބާއްވަފައި އޮތް ވޮލެޓުން މަޅާލައިފައިވާ ފޮޓޮކޮޅެއްނަގާ ރާއިންއަށް ދައްކާލިއެވެ.
” އެއްފޮޓޮޔެއް ތިދައްކަނިއްޔޯ؟ މިތާ އިނދެގެން އަނެއްކާ އެއްޗެއް އަވަލީތަ؟ ” ރެހާން ދެއްްކި ދެފޮޓޮއިން ނަގާނެ މާނަޔެއް ރާއިންއަކަށް ނޭގުނެވެ. އެއްވައަތަރު ދެފޮޓޮ ދައްކާފައި އަނގައިން ބަހެއް ނުބުނެ އިނަކަސް ވީގޮތެއް ނޭގޭނެނޫންހެއްޔެވެ.
“މީ އަހަރެންގެ ކައިވެނީގެ ފޮޓޮއެއް. ބައްޕަމެން ބުނެގެން ރިޒޯޓަކަށް ގޮސް ނަގާފައި” ކުޑަކޮށް ރޫޖެހިފައިވާ ފޮޓޯގައި ޝަހާދަތްއިނގިލި ޖައްސާލަމުން ރެހާން ބުނެލިއިރު ރާއިން އަދިވެސް އިނީ ވިސްނަންވި އެއްޗެއް ނޭނގިފައެެވެ. މީގެ ކުރިން ރެހާންކުރެން ކައިވެނީގެ ފޮޓޮޔެއް ދައްކާލާށޭ ބުނީމަ އަތުގަ ނުހުންނާނެކަމަށް ބުންޏެވެ. ދެން މިހާރު ކޮންތާކުން ގެނަ ފޮޓޮއެއްބާއެވެ.
” މީއަހަރެން މިރޭގަ ނެގި ފޮޓޮއެއް. އައިޝާގެ ކޮޓަރީގަ ހަރުކޮއްފަހުރީ” ރެހާން އެހެން ބުނެލިއިރު ހީވީ އޭނާގެ އަނގައިން އެބަސްތަސް ނެރުނުހެންނެވެ. ރާއިންވެސް އެދެފޮޓޮޔަށް ފުންކޮށް ބަލާލިއެވެ. ރެހާންގެ ފޮޓޮއެއް އައިޝާާ ގެންގުޅެންވީ ކީއްކުރަންހޭ އަހާލިއެވެ. މީހަކާ އިނދެގެން އުޅޭއިރު އައިޝާގެ ކޮޓަރީގަ ހުންނަންވާނީ އެދެމަފިރިންގެ ފޮޓޯނޫންހެއްޔެވެ.
” ބުރޯ. އަނެއްކާ ސަނާޝްއާ އައިޝާއާ ގުޅުމެއް ވަނީތަ؟ ” މިއޮއްހުރިހާ ދުވަހު ހިތުގައި ފޮރުވަމުން އައިޝައްކު ރާއިން އަދިވެސް ބޭނުންވީ ފޮރުވާލާށެވެ. ނަމަވެސް އެސިކުނޑީ ރާއިންއަށް ވިސްނާދެމުންދިޔައީ ވާހަކަތަށް ރެހާންއަށް ކިޔާދިނުމަށެވެ. ހީއެއްކަމަށް ދެކިގެން އުޅޭކަންތައްތައް ޔަގީނަކަށްް ވެއްޖެނަމަ އާބާދުވެގެން ދާނެ އެތަށް ދިރިއުޅުމެއް ވާނެއެވެ.
” ރާއިންއަސް އެނގޭތަ. ހޫދު އަހަރެންނަސް މިފޮޓޯ ދައްކާފަ ބުނީ އެއީ ބައްޕަޔޯ. ހޫދުއަށް ބައްޕަ ހޯދާދޭށޯ.” ރެހާންގެ އެޖުމްލައިން ރާއިންއަށްވެސް ވަރަށް އަސަރު ކުރުވިއެވެ. ރާއިން ދުވަހަކުވެސް ހޫދު އޭނާގެ ބައްޕަގެ ވާހަކަ ދެއްކި އަޑެއް ނާހައެވެ. އެކަމަކު އެޅަހިތް ބައްޕަޔަކަށް ބޭނުންވާނެވަރު މިއަދު އަންދާޒާ ކޮއްލެވިއްޖެއެވެ.
“އެ ދެމީހުންއެއީ އެކެއްކަމަށްވެސް ވެދާނެ. އައިޝާއަށް ރެހާން ފެނުނީމަ އަންނަ ބަދަލުތަށް އަހަރެންނަށް މީގެ ކުރިން ވަނީ ފާހަގަ ކުރެވިފަ.” ރާއިން ޝައްކުވާފަދަ ގޮތަކަށް ބުނެލިނަމަވެސް އެހިތް ބުނަނީ ރެހާންއަށް އޭނާގެ ސަނާޝް ފެނުނީ ކަމަށެވެ. ރެހާން އެހެނެއް ނުވާނެޔޭ ބުނެލިއެވެ. ސަނާޝްއެހާ އަންހެންވަންތައެއް ނުވާނެއެެވެ. އަދި އަމުދުން ކެއްކުމަކީ ސަނާޝްއަށް އެނގޭނެކަމެއް ނޫނެވެ.
“ރާއިން ކޮންމެ ގޮތެއްވިޔަސް ސަނާޝްގެ އެރީތި ދެލޯ އަހަރެންނަކަސް ނޯޅޭނެ. އެދެމީހުން ލޮލުގެ ކުލަ ޔަގީނަށްވެސް ތަފާތު” ސަނާޝްއާ އައިޝާއަކީ އެކެއްކަން ގަބޫލުކުރާކަށް ރެހާން ބޭނުމެއް ނުވެއެވެ. އެހެންނޫނަސް އައިޝާ އުޅެނީ މީހަކާވެސް އިނދެގެންނެވެ. ރެހާން ސަނާޝް ވަރިނުކުރާހާ ހިނދަކު އޭނަ އެހެން މީހަކާ ނީންނާނެޔޭ ރެހާން ހިތްބުނެއެވެ.
“ބުރޯ ތިހުރިހާ ބަހަނާއެއް ތިދައްކަނީ ގަބޫލުކުރަން ބޭނުން ނުވާތީ. ބަލަ ފަސްހައަހަރުވާއިރު މީހާ ހުރިގޮތަކަށް ނުހުންނާނެ ދޯ. މިޒަމާނުގައި ލޮލުގެ ކުލަ އޮޅުވާލުމަކީ އެހާ އުނދަގޫކަމެއް ނޫނެއްނު. ދެން އަނެއްކޮޅުން އައިޝާގެ ފުރިހަމަނަންވެސް އަހަރުމެން ދެމީހުންކުރެ މީހަކަށް އެނގެނީއެއްނޫން.” ރެހާން ދެއްކި ފޮޓޯފެނި ރާއިންއަށް އައިޝާއަކީ ރެހާން ހޯދަމުންދާ ކުއްޖާކަން ޔަގީންވިއެވެ. އެހެންނޫންނަމަ ހޫދު އެހާ ޔަގީންކަމާއެކުގަ އެއީ މަންމަޔާ ބައްޕަޔެކޭ ނުބުނާނެއެވެ. ރާއިންބޭނުންވީ ރެހާންއަށް ވިސްނަދޭށެވެ. ރެހާން ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއް އައިކަން އަންގަދޭށެވެ. ދެންހަމައެކަނި ކުރިޔަށް އޮތީ އެކުއްޖާގެ ކިބައިން މާއާފު ހޯދުމެވެ. ލޯބިވަންޏާ މައާފުވެސް ލިބޭނެއެވެ.
“ރާއިން. ޔަގީން ނުކޮށް އަހަރެން ބޭނުމެއްނުވޭ އުންމީދުތަކެއްކުރާކަށް” ރެހާން އެހެން ބުނެލިއިރުގައި އެއަޑުގައިވަނީ ހިތާމަވެރިކަމެވެ. އެއުފާތަށް ކިތަންމެ ބޭނުންވިޔަސް ކުލައެއްނެތް ހުވަފެންތަކެއް ދެކެން ބޭނުންނުވަނީއެވެ.
“ބުރޯ. އިރާދަކުރެއްވިއްޔާ މާދަން އެއީ ހަމަ ސަނާޝްކަން އަހަރެން ސާބިތުކޮށްދޭނަން.” ރާއިންބެލީ ރެހާންގެ މާޔޫސްވެފައިވާ ހިތަށް ތަސައްލީއެއް ދެވެތޯއެވެ. އެހެން ބުނެގެންވެސް ރެހާންއަށް ކުޑަކުޑަ އުފަލެއްނަމަވެސް ލިބޭނެނަމައެވެ.
“ދެން މިހެން ތިބެވިދާނެ ކިތަންމެ އިރެއްވަންދެންވެސް. އަހަރެންގެ ވާާހަކަ ހުއްޓާލާފަ ދެން އެެހެން ވާހަކައެއް ދައްކަބަލަ.. މަންމަ އަންނަ ވާހަކަ ބުނީމެއްނު. ކޮންއިރަކުން އަންނަނީ؟ އަނެއްކާ އަހަރެން މިގޭގަ އުޅޭކަން އިނގޭތަ؟ ” ރެހާން މައުލޫ ބަދަލުކޮއްލީ މިރެޔަށް ވާވަރަށް މާޒީގެ ހަނދާން ކުރެވިއްޖެޔޭ ހިތަށް އަރުވަމުންނެވެ. ރާއިންވެސް އިތުރަށް އެވާހަކަޔާއިގެން ކުރިޔަކަށް ނުދެއެވެ. މަންމަ އަންނަންކިޔާފަ ލަސްވުމުން އޭނާވެސް ހުރީ އެކަމާ ދެރަވެފައެވެ. އިތުރު ޓެސްޓައް ހަދަން މަންމަ އެކޮޅުގައި މަޑުކުރަން ނުޖެހުނުނަމަ މިހާރި އަންނާާނެތާ ކޮންދުވަހެއް ހެއްޔެވެ. މަންމަމެންނަން ރެހާން ގޭގަ އުޅޭނެކަން އިގޭނެޔޭ ރާއިން ބުނެލިއެެވެ. ނިދި އައިއްސިކަމަށް ބުނެ ރާއިން އެތެރަށް ހިނގައިގަތީ މާދަމަޔަށް މޮޅު ޕްލޭންއެއް ރާވާލަމުންނެވެ.
“ރޭގަ ކީއްވެ މާ އަވަހަކާ ދިޔައީ؟ ކަމެއް ދިމާވީތަ؟ ” ކެބިންއަށް ވަތް ރެހާން ފެނުމުން ޒާމިން ހުރީ ވީގޮތް އޮޅުނަފިލުވަން ކެއްމަދުވެފައެވެ. ރަހާން މާބޮޑަށް ބޮލުގަ ރިއްސާތީއޭ ބުނެ ހަމަޖައްސާލީ އަދި ޒާމިންއަށް އެވާހަކަތަށް އެނގެން ބޭނުންނުވާތީއެވެ. ރެހާންއަސް މާބޮޑުކަމެއް ދިމާނުވެޔޭ ހިތާހިތުން ކިޔާލަމުން ޒާމިން ނުކުންނަންދިޔައީ އައިޝާއާ ހަވާލުކުރަންވެފަ އޮތް ލިޔުމެއް ހިފައިގެންނެވެ. އެވަގުތަަކީ ރާއިންވެސް އެ ކެބިންއަށް އައިސް ވަތްވަގުތެވެ. ޒާމިން ‘ހައި’ ޖަހާލުމަށް ފަހު ނުކުމެގެން ދިޔުމުން ރާއިންއަށް މޮޅު ހިޔާލެއް އަޔެވެ.
“މިވީ މާ ސަޅިކޮށެއްނު. ދެން ހިނގާ އެހެރަ ފައިލުތަށް ޗެކްކޮއްލަން. އައިޝާގެ ނަން ޔަގީންކުރަން ވެއްޖެޔެއްނު މިހާރު” އަތުގަ އޮތް ފޮޓޯގަނޑު ރެހާންއަށް ފޮރުވުމަށް ޖީބަށްލަމުން ރާއިން ހިނގައިގަތީ ޒާމިންގެ މޭޒާ ދިމާއަށެވެ. އެފައިލުތަކުގަ ވާލިޔުންތަކުގެ ސޮފްޓް ކޮޕީއެއް އޭނާގެ ކޮމްޕިއުޓަރުގައި ހުންނާނެކަމަށް ބުނުމުން އަވަހަށް ޑޮކްޓަރުންގެ ތަފްސީލްތަށް ހުޅުވާލުމަށް ރާއިން އެދުނެވެ. ރެހާންވެސް އަވަސްވެފަވާ ހިތަކާއެކު އެ ފައިލް ހުޅުވާލުމަށްފަހު ސްކްރޯލް ކުރަން ފެށިއެވެ. ހޮސްޕިޓަލާ ގުޅުނު ތާރީހާ އެއްގޮތަށް ތަރުތީބު ކޮށްފައިވުމުން އައިޝާގެ ނަން ފެންނާކަށް މާާއުނދަގުލެއް ނުވިއެވެ. ފުރިހަމަ ނަން ފެނުމާއެކު މޭޒުގައި އެއްއަތް އަޅުވައިލައިގެން ރެހާާންގެ ކޮނޑުމަތިިން ވާގޮތަށްއޮތް ރާއިންއަށް ‘ކޮބާ’ އޭ ބުނެލެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ރެހާންއަށްވެސްވީ ހަމައެވަރެވެ. ފުރިހަމަ ނަމަކަށް އައިޝާތު ސަނާޝް ޖަހާފައި އޮތުމުން ރެހާންގެ ހިތުގައި ނޭނގެ ބިރުވެރިކަމެއް އުފެދުނެވެ. އަނެއްކާ އެއީ ހަމަ އޭނާގެ ސަނާޝްބާއެވެ. ސަނާޝްގެ ފުރިހަމަ ނަމަކީވެސް އެޔެވެ. ރާއިން ރަނގަޅަށް ހިންދެމިލުމަށްފަހު އަނެއްފަރާތުގަ ހުރި ގޮނޑީގަ އިށީނުމަށް ހިނގައިގަތްވަސުތު މޭޒުގަ އަޅައިގަނެފަ އޭނަގެ ޖީބުގައޮތް ފޮޓޯގަނޑު ވެއްޓުނެވެ. އަވަސްއަރުވާލައިގެން އުޅުމުން ފޮޓޯގަނޑުހުރީ ރަނގަޅަށް ޖީބަށް ނުލެވިއެވެ. އެފޮޓޯގަނޑު ނެގުމަށްޓަކާ ރެހާން ގުދުވެލުމުން ރެހާން އެއްޗެއް ބުނަން އުޅިފަވެސް ހުއްޓާލިއެވެ. ރެހާންއަށް ފޮޓޯގަނޑު ފެނުމުގެ ކުރިން އަތުލަން އުޅުނު ނަމަވެސް އެކަން ރާއިންއަށް ކާމިޔާބުވާގޮތްނުވީ ރެހާން މާބާރަށް ހިފަހައްޓައިފައި ވުމުންނެވެ.
” ރެހާން. ތިދީ. މީހުންގެ ފޮޓޯ ހުއްދަނެތި ބަލާކަށް ނުވާނެ” ރާއިން މޫނުމައްޗަށް ހިތްހަމަނުޖެހޭފަދަ ކުލަވަރެއް ގެނަކަމަކު އެއީ ހުސް ދަޅަކަން ރެހާންއަށް އެނގުނެވެ. ރާއިން އަތުގަ އޮންނަ ފޮޓޮއެއް އޭނަޔަށްފެނިގެން ވާނެ މާބޮޑު ގެއްލުމެއް ނޯންނާނެޔެ ކިޔާ ފޮޓޮޔަށް ބަލާލިއެވެ.
“ރާއިން ކޮންތާކުން މިފޮޓޯ ހޯދީ. މީއަހަރެންގެ ފޮޓޮއެއްނު” ހައިރާންވެފަ ހުރި ރެހާން އަހާލިއެވެ. ރެހާންގެ ކުޑައިރުފގެ ފޮޓޮއެއް ރާއިންއަށް ލިބެންވި އެއްވެސް ސަބަބެއް އޭނަޔަކަށް ނޭނގުނެވެ. ރެހާންގެ ކުޑައިރުގެ ފޮޓޯތަށް އޭނާވެސް ނުގެންގުޅެނީ އެފެނުމުން މަންމަ މަތިން މާބޮޑަށް ހަނދާން ވާތީއެވެ.
” ބުރޯއަށް އެކަނިތަ ފޮޓޯ ފޮރުވައިގެން ގެންގުޅެވެނީ.. އަހަރެން އަސްލު ހީކުރީ ތީ ހޫދުގެ ފޮޓޮއެއްކަމަށް. ” ރާއިން ނުވާކަމު ހެދިލާފައި ބުނެލިއެވެ. ރެހާާންއަށް އެހެން ނުވާނެޔޭ ބުނެލިއެވެ. އެފޮޓޯގައިވާ ކުޑަކުއްޖާ ހޫދުއާ ކިތަންމެހާވެސް ވައްތަރެވެ. އެކަމުއެއީ ހޫދުއެއް ނޫނެވެ. ލައިގެންހުރި އޮރެންޖް ޓީޝާޓުން ރެހާންއަށް އެއީ އޭނަގެ ފޮޓޮއެއްކަން ޔަގީނެވެ.
” ހީވަނީ ހަމަ ހޫދުގެ ފޮޓޮއެއްހެން ދޯ. އަހަރެންނަސްވެސް ފުރަތަމަ ފެނޫނީމަ ހީކުރީ އޭނަގެ ފޮޓޮއެއްކަމަށް. އެކަމު މިހާރު ޔަގީން ވެއްްޖެ ބުރޯގެ ފޮޓޮއެއްކަން. އަދިވެސް ޔަގީނެއް ނުވޭތަ ހޫދުގެ ބައްޕަޔަކީ ކާކުކަމެއް. އެހެންކަމަށް ވަންޏާ މިއަދު ހަވީރު އަހަރެންނާއެކުގަ ދާންވާނެ ތަނަކަށް.” ރާއިންއަށް ވީ އުފަލުން ރެހާން ގައިގައި ބައްދާލެވުނެވެ. ރެހާންއަށް ހަޤީގަތް ނޭނގުނަސް ރާއިންއަށް މިހާރު ހަޤީގަތް އިނގި ސާފުވެއްޖެއެވެ. އައިޝާއައިސް ހޫދު އެއީ ރެހާންގެ ދަރިޔެއް ނޫނޫ ބުންޏަސް އޭނަ ގަބޫލެއް ނުކުރާނެއެވެ. ރެހާން އަދިވެސް ހުރީ މިވާހަކަތަސް ގަބޫލުކުރަން ބޭނުން ނުވެފައެވެ. ސަނާާޝް ބަނޑުބޮޑުވިނަމަ އޭނަކައިރީގައި ނުބުނެޔެއް ނުހުންނާނެއެވެ. އެޔަށްވުރެ ސަނާޝް ރެހާންދެކެ ލޯބިވާނެއެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
78 Comments!
Comments are closed.




Hello guyss. Salaam. Miothy 18th up kollevifa. Mistakes huredhaane.. hope u guyss will like it. Nd maadhamaa up kuteveyne heneh hiyeh nuvey.i’ll be out of network area. Ekm up kurevey varu vaairah up kollaanan. Sorry t dissapoint you guyss… lysm????
Hey guyss inshaAllah mireyga next part up kolla dheynan ingey??ly all??????
Yey mi first
Yes dear you first??
Maashaa Allah vvvv reethi dhenkonirakun next part
Thanks dear.
Salhi
Thanks??
Alheyyy.. I want next part sooonnnn… ????
Heu thuhthi. I’ll upload soon inshaAllah??
pfft aslu v kuru.. vedhaane kiyaa hithun ineema kamahves? v reethi mihaaru mi vaa goi.. i really guess aisha is sanaash… alhe ehen vaanama kihaa rangalhu??when next parttt….. i m in luv with
the story. ??? bye awa anyways if u dont mind whats ur real name? dont mind im a lil karazy…. ly??
lysm???* bwaghahahahahah?
Heheh. Thankss darling.. dhn huri part thah kiyaaleema engeyne vaa goiyy..ly too????n real name mithaaga nubuneveyne dhw. Mail ingeynama fonuvaalevuni. So for time being asume awa ei real name kamah???
haadha kurey mi part .. vaahaka v rythi..
alhey kuruthaa. Ehennoonas up kuraa varey?? n thankyou
vaahaka nimeneetha????
Yageenahvx dhn othy last eh noon??
waiting
inshaAllah mireyga
Mi part vx varah reethi.. up kohdehchey awaha drln
Thankss huya???
Alhey awa avaha next part ves up kohdhey chey varah varah kiyaa hiyvey eba enme intrest vi hisaabun vihyaa thi nimaalee hehehe waiting waiting??❤❤
Thanks ree???dhn adhi kuriyah oiyy baithah maa interest vaane inshaAllah??
Varah Dhigu vhk ehtha mii?
Dhigu vaahakaeh??
If um nt wrng raain’s mom is rehaan’s mom too…So they r brothers… I guess twins …
Lets see dhw??
wow awesome❤️??✌️
Thanks dear??
V rythi
Thankss limy darling
Alhey next part avahah up kohdheebaa plxxx…. Can’t wait….
inshaAllah tnight????
Waiting.. Very v v marvellous story…
????
Thakyou dhoonii
story varah reethi awa.. ehenve maa avahah nimey hen ves heevany… waiting for next part…
Thank dhee??inshaAllah tnight??
Alhey… Next part please update soon… Plz plz..
???
LUSM???
Avaha up kolleveythw balaanan??lymm????
awesome… ?????????????
Thanks unaal????
Can’t wait for nxt prt…plxxx vhaa avahakah up khdhehcheyy ingeyy..
Alheyy??inshaAllah tnight
Vaahaka varah reethi akamu next part thahkolheh dhigukoh lahchey???
Thanks??? inshaAllah
Adhi mireyga 1 part genes dheveynetha awa
Tnight vandhn kehkolla dear??
V v reethi. ..waitting. .awa doonee ly ??
Thanyou juvey dhoonii??❤❤????
Masha Allah v reethi
Thanks xaaan
alhey vara reethi mi part ves, finally getting some answers 😀 so i was right aisha is sanash and hoody is their son 😀 btw rain and rehan is twins dhw. lets see wat happens next. love it
Dhn dhaanee ans thah libemun??
Thankss dear??? lets see dhw fahun vaa goiyy???
alheey, i wanna read another part
Awwwwn.. mireyga inshaAllah????
Finally.. ????
Alhey awa?? this story is awesome ?? I love it n whn nxt part??❤❤? waitingssss ??
Thanks jumaa. Tnight ga next inshaAllah??
I don’t think they are twins … ehbandu dhw raain aa rehan aa???❤❤
lets see dhw jum
Rain n rehaan are nt twins i guess…bt their mother is the same…rain ge bappa hure ennu…so naaz n rain can be together…n aisha is intentionally ignoring rehaan bcox he evn cannot recognize her…sorry awa…fr the prediction…bt hama dhn vaa goiyy ngey hithun keiyymadhuvma vaa goiyy mee…???
Hehehehe. Thanks dear fan??? lets see dhw vaa goiyy
V v v reethi next part thankolheh avahah up kohdhy nd thakolheh dhigukoh geness dhyba plzzzzz
Thanks mia. InshaAllah avahah up kollaanan
V Reethi…..?
Thanks dear???
Vv reethi mi story…btw how many prts left
Thanks dear??neingey kithah part kameh…. ekkoh liyefa ineema. Jeheynee vakikollan?
Awa vaahaka kiyaa hithun kehmadhuvany
Kekkollaa xaaan. Mirein inshaAllah??
Pls awa miadhu upkohla dheeba???????????????
Vara reeti .. waiting
thanks ishaa darling??????
mirey kihaairaku baa??????? :s
Whn next prt
v reethi story..❤ waiting for the next part?
ishaa mihaaru mi part vex kiyaafin 4 faharu… hama next part reethi vaane varu hithah araa varun… mirey kihaa iraku next part up kohlany???…. avahah up kohlaba… pls…
Kudakh badhal kollaafa up kollaanan v emme avahakah inshaAllah?