Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސަތާރަވަނަބައި)

Awa Level 4100 Comments10 Stories100 Login
November 26, 2017 7 Mins Read
68 Comments

“ކޮބާ އާޝި ފެނޭތަ. މަކަރު ނަހަދާ ބުނާތި. ހޫދުގެ މަންމި ވަރަށް މޮޅުވާނެ ބްލައިންޑް ފޯލްޑްގަ ޗީޓްކުރަން” މަންހާ ވާހަކަ ދެއްކީ ހޫދުއާއެވެ.
“ހޫޑީ ދަރިފުޅާ ޕްރޮމިސް މަންމި ޗީޓް ނުކުރާނަން. މި މިންނުގަނޑު ކިޔާ އެއްޗެއްސަށް އަޅާނުލާ.” ލޯމަތީގައި ބަނދެވިފައިވާ ފޮތިގަނޑުގައި އަތް ޖައްސާލަމުން އައިޝާބުންޏެވެ. އެޔާއެކު ރާއިން އަހަރުމެންވެސް އެބަތިބީމޭ ބުނި އަޑުއިވިގެން ދިޔައެވެ. އައިޝާގެ ލޯމަތީގައި ފޮތިގަނޑު ބަދެވިފައި ވުމުން ފަހަރަކު މީހަކު އޭނަޔަށް ކޮންމެވެސް ޖެއްސުމެއް ކޮއްލާނެއެވެ. މިކަމުގަވެސް އެންމެ ފޯރިއަރުވާލީ ޒާމިންއެވެ. އައިޝާ އެންމެ ރުޅިއަންނަ ކަންތަށް ކަމުގައިވިޔަސް ދަނޑިކޮޅެއްގެ އެހީގައި ކޮއްޓާލީ މިންނު އެހިޔާލު ދިނުމުންނެވެ. އައިޝާގެ ހުޝިޔާރުކަމުން ޒާމިން ގެންގުޅުނު ދަނޑިކޮޅުގައި އެއްއަތުން ވަރަށް ބާރަށް ހިފިއެވެ. ޒާމިންވެސް ދަނޑިވަޅުބަލާފައި އަތުގައޮތް ދަޑިން ދޫކޮއްލަމުން ފަހަތުގަހުރި ރެހާން އައިޝާއާ ދިމާއަށް ކޮއްޕާލިއެވެ.
“ކޮބާ؟ މިއޮތީ އަތުޖެހިފަ. މިފަހަރު ރަނގަޅައް ކޮއްޓާލާނަމޭ.” ރެހާންގެ ކަރުގަ އެލިގަންނަމުން އައިޝާ އެހެންބުނީ ޒާމިންކަމަށް ހީކޮއްފައެވެ. އަތުން ރެހާންގެ ބަނޑުގައި ކޮއްޓަމުން ދިޔައިރު ރެހާން ކަޅިޖަހާނުލާ އައިޝާއަށް ބަލަށްޓައިގެން ހުއްޓެވެ. އައިޝާ ޖަހާ ސަކަރާތް ބަލަން ރާއިންމެންނަށް ހުރެވުނީ ކުޑައިރުކޮޅަކުއެވެ. ހިނިގަނޑު ފަޅައިގެން ދިޔުމުން ދެން ތިބި އެންމެންނަށްވެސް ބާރަށް ހެންފެށުނެވެ. މިއަޑަށް އައިޝާ ފޮތިގަނޑު ލޯމަތިން ހިއްލާލާ ބަލާލިއެވެ. އެހާގާތުން ރެހާންގެ މޫނުއެހާ ގާތުން ފެނުމުން މުޅި މީހާވެސް ފިނިވި ކަހަލައެވެ. އައިޝާ މިއޮއްހުރިހާއިރު ސަކަރާތް ޖެހީ ރެހާންއާބާއެވެ. އެރުވެސް ހުރެވުނީ ރެހާންގެ ކޮނޑުގައި އަތް އަޅުވާލައިގެންނެވެ. ރެހާންވެސް ހުރީ އައިޝާ އުޅުނުގޮތުން ހިނިއައިސްފައެވެ.
“ކޮބާ. މުޅިންތިކަހަލަ ބޮނޑި ދެމީހުންނަށް ލިބޭނީ. އަހަންނާ ދިމާކުރަން ހަދާތީ ވާގޮތޭތި” އައިޝާއަށް ވެފައި ހުރިގޮތް ފެނުމުން ރާއިން ދިމާކޮއްލިއެވެ. އޭރު ރެހާންވެސް ހުރީ ދުރަށް ދާން ނޭނގިފައެވެ. މިކަން އެންމެ މަޖާކަމަކަށް ހަދައިގެން އުޅުނީ ހޫދުއެވެ. މަންމި އަބަދު ޗީޓް ކުރާތީ ލަނޑުލިބުނިއްޔޭ ކިޔަމުން މުޅިތާގައި ދުވުނެވެ. ހޫދު އެހާ އުފާވެފައި އުޅުނު މަންޒަރު ފެނިފައި އައިޝާއަށް ހުރެވުނުގޮތްމަތިންވެސް ހަނދާންނެތުނެވެ. ރެހާންއައްވެސް ހޫދު އެހާ އުފާވެފަ ހުރިމަ އެމަންޒަރުން ހިތަށް ފިނިކަން ލިބިގެންދިޔައެވެެ.
” ސާބަހޭ ދެމީހުންނަށް. ދުރުވާންވެސް ނޭނގިފަ އެބަތިއްބެއްނު” އެ ވަގުތުކޮޅު މެދުކެނޑުނީ ރާއިންއައިސް ދެމީހުން ދުރުކޮއްލުމުންނެވެ. މިމަންޒަރު ޒާމިންއަށް ސިފަވީ އެހެން ގޮތަކަށެވެ. އައިޝާއާ އެހެން މީހަކު ކައިރިވާން ރާއިން ނޭދެނީބާއެވެ.
“ޒާން….” އޮޅުންބޮޅުންގަނޑެއްގެ ތެރޭގައިހުރި ޒާމިން ސިއްސައިގެން ދިޔައީ މަންހާގެ އަޑަށެވެ. ދުވެފައިދިޔަ ޒާމިންއަސް މަންހާ ބިމުގަ ނުޖެހެނިސް ހިފަހައްޓާލެވުނީ ކިރިޔާއެވެ. އެވަގުތު ދެންތިބި މީހުންވެސް ހާސްވެފައި ޒާމިންމެން ގާތަށް ދިޔައެވެ.
“މިންނު.. ލޯ ހުޅުވަބަލަ… މިންނޫ” ޒާމިން ހާސްވެފަ މަންހާގެ ކޮލުގައި މަޑުމަޑުން ދެތިންފަހަރަކު ޖަހާލުމުންވެސް ލޯހުޅުވައެއްނުލިއެވެ.
“ރާއިން ދޭބަލަ ކާރު ނަގަން. ބިރުންހުރި ހޫދު އުރާލަމުން ރެހާން ބުނެލިއެވެ. ބަލާކަށް ނުހުރެ ރާއިންވެސް ގެޔާ ދިމާއަށް ދުއްވައިގަތީ މަންހާ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދަން ބޭނުންވާތީއެވެ. ކާރަށް އަރައިގެން މަންހާއާއެކުގަ ދިޔައީ ޒާމިން، އައިޝާ އަދި ރާއިންއެވެ. ހޫދު ބިރުގަނެފަ ހުރުމުން ރެހާންދިޔައީ ހިނގާލާފައެވެ. ރީނާޒްވެސް އެމީހުންނާއެކުގަ ހިނގައިގަތްއިރު ހުރީ ހާސްވެފައެވެ.
ބަލިމީހުން ބަލާ ކޮޓަރީގެ ބޭރުގައި ޒާމިން މަޑުކޮއްލައިގެން ހުރިއިރު އެމޫނުމަތިން ފެންނަމުން ދަނީ އިންތިހާ ދަރަޖައިގެ ހާާސްކަމެވެ. މަންހާއަށް ދުވަހަކުވެސް މިކަހަލަ ގޮތެއް ނުވާތީ ޒާމިން ހުރީ ހާސްވެފައެވެ.
” މީ އަހަރެންގެ ކަންތަކޭ. މިންނު ތެދުވި އިރުވެސް ކިޔާ މިއަދު އެހާ ރަނގަޅެއްނޫނޭ. ދެން އަހަރެން މާ ވަރަކަށް ކީމަ އަތިރިޔަށް ދާން އެއްބަސްވީވެސް” ޒާމިން ހީކުރީ މީ އޭނަގެ ސަބަބުން ވީކަމެއް ކަމަށެވެ.
“ޒާމިންއަށްވެސް މިންނު އެހާ ބަލިކަން އެނގޭނަމަ ނުގެންދާނެ ދޯ. އެވެދާނެ ރޭގަ މާބުރަކޮށް އުޅުނީމަކަމަށްވެސް. ހަމަޖެހިބަލަ. މިންނުއަށް މާބޮޑުކަމެއް ނުވާނެ އިރާދަކުރެއްވިއްޔާ” ރާއިން ބެލީ ޒާއިން ހަމަޖައްސާާލެވޭތޯއެވެ. ޒާމިން މިހާ ހާސްވެފަ ހުއްޓާ އޭނައެއް ނުދެކެއެވެ. މަންހާއަށް އެހެން ވީމަކަމަށްވެސް ވެދާނެއެވެ. ރާއިންވެސް އެންމެ ލޯބިވާ ކުއްޖާއަށް އެހެންވިނަމަ ހާސްވާނެކަން ޔަގީނެވެ.
“މިންނު ހޭއަރައިފިތަ؟” އެތެރެއިްނ ނުކުތް އައިޝާފެނި ޒާމިން އަވަހަށް އަހާލިއެވެ. އޭރު ރެހާާންމެންނަށްވެސް އެތަނަށް އާދެވިއްޖެއެވެ. އެންމެންވެސް ތިބީ މިންނުއަށް ވީގޮތް އެނގެން ބެނުންވެފައެވެ.
” ޒާމިން މިންނުއަށް ކީއްތިކުރީ. ޒާމިންގެ ފަރާތުން އަހަރެން އުއްމީދެއް ނުކުރަން މިހެން ވެދާނެކަމަކަށް.” އައިޝާ ހިތްހަމަނުޖެހިފައި ބުނެލި ޖުމްލައިން އެންމެންނަށް ހައިރާން ކަމެއް ގެނުވިއެވެ.
“މަންމި ސޮރީ. ދެން ހޫދު ހެނދުރު ގަޑީގަ ކުޅެންދާން ނުބުނާނަން. ހޫދު ބުނެގެން ދިޔައިމަކަންނޭނގެ މިންނު ބަލިވީ” އެހެން ބުނެލިއިރު ހޫދުއަށް ހުރީ ރޮވިފައެވެ. ހޫދު ހީކުރި މިންނު ބަލިވި އޭނަބުނެގެން މިގަޑިގައި ކުޅެން އައުމުންނެވެ.
” ދަރިފުޅާ އެހެން ވެގެނެއްނޫނޭ މިންނު ބަލިވީ” އައިޝާއާ ރެހާންއަސް އެހެން ބުނެވުނީ އެކުއެކީގައެވެ. އައިޝާ ރެހާންކައިރިއަށް ޖެހިލުމަށްފަހު ކުޑަކޮށް ފުންނާބު ހިއްލާލައިފައި ހޫދުގެ ކޮލުގައި ބޮސްދިނެވެ.
“އެއީ މި ޒާމިންގެ ކަންތަކޭ. އެކަމަކުވާ ޒާމިންވެސްދޯ” އައިޝާ ޒާމިންއާ ދިމާއަށް އެނބުރިލާފައި އެހެން ބުނެލިއިރު މޫނުމަތީގައި ވަނީ ފުޅާާ ހިނިތުންވުމެކެވެ.
“ޒާން ބައްޕަޔަކަށް ވަނިއްޔޭ” އައިޝާ ވަރަށް ބާރަށް ޒާމިންގައިގައި ބައްދާލަމުން އޭނަޔަށް މަރުހަބާ ކިޔެވެ. ޒާމިންއަށް އެވަގުތު “އަލްޙަމްދުލިﷲ” އޭ ބުނެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. މިޔަށްވުރެ އުފާވެރި ދުވަހެއް އޭނަގެ ހަޔާތުގަ ނާންނާނެޔޭ ޒާމިންގެ ހިތް ބުނެލިއެވެ. އެންމެން އެއްފަހަރާ ޒާމިންއަށް މަރުހަބާކީއިރު ތަނުގެ އަޑުގަދަވެގެން ދިޔައެވެ. މިތިބެވުނީ ހޮސްޕިޓަލެއްގަކަންވެސް ހަނދާނެއް ނެތެވެ.
“ޒާމިން ދެންދޭބަލަ މިންނުއަށް މިހަބަރު ދޭން. އޭނަޔަކަށްވެސް އަދި ނޭނގޭނެ. އަހަރެންނަށްވެސް އިތުރު ޓެސްޓެއް ނަހަދާ އިނގުނީ އިއްޔެ އަހަރެން ބުނެގެން މިންނު ޓެސްޓްތަކެއް ހަދަން ލޭނެގީމަ. މިންނުއަށް އުނދަގޫތަކެއްވާތީ އަހަރެން ގާތުގަ ބުނެލީ ހަކުރު ހުރިތޯ ޓެސްޓް ހަދާލަންވީނުންހޭ. އާއިލާގަ އެކަން ހުންނާތީވެ. ދެންއެކަމަކު މިންނުއށް ވާގޮތް ކިޔާދިނީމަ އަހަންނަށްވެސް އިނގޭނެއެއްނު. އައިހޭވް އެކްސްޕީރިއެންސް” ޒާމިން އެތެރަށް ފޮނުވާލަމުން އައިޝާ ކިޔާދިނެވެ.
މަންހާ ބަނޑުބޮޑުވި ހަބަރާއެކު އެންމެންނަށްވެސް ހީވީ އީދެއް އައިސްގެން އުޅޭހެންނެވެ. އައިޝާވެސް ހުރީ ވަރަށް އުފާވެފައެވެ. އޭނާ ބަނޑުބޮޑުއިރުގަ ނުލިބުނު ލޯތްބާ އަޅާލުން މަންހާއަށް ލިބޭނެތީ އައިޝާ ހެއްދެވިފަރާތަށް ޙަމްދު ކުރިއެވެ. މަންހާއަކީ އަމިއްލަ ކޮއްކޮއެއްގެ ގޮތުގައި ދެކޭއިރު މި ދުވަސްވަރުގައި އެންމެންވެސް އޭނަޔަށް އޯގާތެރިވާ މަންޒަރު އައިޝާ ބަލަން ބޭނުމެވެ. ޔަގީނަސްވެސް ފިރިޔެއްގެ ފަރާތުން ލިބިގެނދާނެ އެހީތެރިކަން ޒާމިން އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދޭނެއެވެ. މި ހިޔާލުތަށް އައުމުން އައިޝާާގެ ލޯ ފެންކަޅިވިތަން ރާއިންއަށް ފާހަގަވިއެވެ. އައިޝާގެ ކޮނޑުގައި އަތް ޖައްސާލަމުން ކިހިނެއްވީތޯ އަހާލިއެވެ.
” ކަމެއް ނުވޭ. އުފަލުން ހަމަ ރޮވުނީ. ހިނގާ މިންނުމެންނަށް ބޮޑު ޕާޓީއެއްދޭން. އަހަރެންގެ ގޭގަ ރާވާނީ. އެދެމީހުން ވަރަށް އުފާވާނެ އޭރުން.” އައިޝާއަށް މޮޅުހިޔާލެއް އަޔެވެ. ޕާޓީއެކޭ ބުނި އަޑު އިވުމާއެކު ހޫދު އުފަލުން “ޔޭއި” އޭ ބުނެލިއެވެ.
” ހޫދޫ. މާ ބާރަށް ތިހެން ކިޔަނިކޮށް ސަޕްރައިޒް ޒާންބެމެންނަށް އިނގިދާނެ” ރެހާން ހޫދުއަށް ވީގޮތް ފެނުމުން ބުންޏެވެ. އައިޝާގެ ހިޔާލު ރެހާންއަށްވެސް ވަރަށް ކަމުދިޔައެވެ. އައިޝާ ބަނޑުބޮޑު އިރުގަ އޭނަޔަށްވެސް މިކަހަލަ ސަޕްރައިޒް ލިބިފަ ހުރިއްޔޭ ރެހާން ހިތަށް އެރިއެވެ. ރީނާޒްވެސް އެމީހުންގެ ރޭވުމުގައި ބައިވެރިވެލީ އައިޝާގެ އެދުމުގެ މަތިންނެވެ. އެންމެންވެގެން ޕްލޭންއެއް ރާވާލި ޒަމްރާއަށް ގުޅުމަށްފަހުގައެެވެ. ހަބަރު ލިބުމުން ޒާމްރާވެސް ހުރީ ވަރަށް އުފަލުންނެވެ. މަންހާގެ ކުއްޖާ ވެގެންދާނީ ޒަމްރާގެ ފުރަތަމަ މާމަ ދަރިޔަށް ވިއްޔާއެވެ. ޒަމްރާއަށް ގުޅައިގެން ތިބެ ޕާޓީ ބާއްވާނެ ގަޑިއަކާއެއްޗެހި ކަނޑާއަޅާ ނިންމާލިއެވެ. އައިޝާވެސް މެންދުރުވާއިރަށް މަންހާ ދޫކޮއްލާނެކަމަށް ބުނެ ގެޔަށް ދިޔައީ ރެޔަށް ރޭވިގެންދިޔަ ޕާޓީގެ ކަންކަން ހަމަޖައްސާށެވެ.
” މިގޭގަ މީހަކު އުޅެހެނެއް ހިޔެއް ނުވޭ. އެހެންނޫންނަމަ މިހާވަރަށް ސަލާމްގޮވާއިރުގަ ބޭރަށް ނުކުންނާނެދޯ” އައިޝާމެންގޭ ދޮރުމަތީގައި މާގިނައިރު ހުންނަންވުމުން ޖަނާންހުރި ރުޅިއައިސްފައެވެ. މިޔޮއް ހެދުނަކުވެސް ގެޔަކު އުޅެނީއެއްނޫނެވެ. އާސިމާވެސް ގެޔަށްދާން ނިންމީ އަދި ފަހުން އަންނާނީ ކަމުގައި ބުނަމުންނެވެ.
“މަންމީ. މެގްނަމް ގެންނަންވީނު. އެންމެންނަށް” އާސިމާމެން ހިނގައިގަތްތަނާ ފަހަތުން ހޫދު އެހެން ބުނެލިއަޑު އިވުމުން އެނބުރުނީ ކޮންބަޔެއްތޯ ބަލާށެވެ. އޭރު ރޭ އެމީހުން ފާރަލަމުން އައި އަންހެންކުއްޖާ އަތުގައި ކުޑަފިރިހެން ކުއްޖެއް ހިފައިގެން ހުއްޓެވެ. އެއަންހެން ކުއްޖާ މެގްނަމްބޯނީ މެންދުރުންނޭ ބުނެ ވިސްނާދިނެވެ.
“ދެން އަޅުގަނޑު ގުޅާނީ ރެއިންބެއަށް. އޭރަށް މިގަޑީގަ ލިބޭނެ.” ހޫދު ބެނުމީ މިގަޑީގަ މެގްނަމް ބޯށެވެ.
“މަންމަމެން މިތާ ކީއްކުރަނީތަ؟ އަހަރެން ހޭލިއިރުގަ މަންމަމެންގެ ހަބަރެއްނުވާތީ ދޮންބެމެންނާއެކުގަ އުޅިލާފަ މިއައީ.” އައިޝާ ގާތުގައި އިރުކޮޅަކުން އެގެޔަށް ދާންބުނި ރީނާޒްއަށް އޭނާގެ މަންމަ ފެނުމުން އަހާލިއެވެ. އައިޝާއަށްވެސް އާސިމާއާ ޖަނާން ފެނުނީ އެވަގުތުގައެވެ. ހިނިތުންވުމެއް ދިނުމަށްފަހު ހިނގައިގަތީ ހޫދު ސުކޫލަށްދާ ގަޑި ކައިރިވެފައި ވާތީއެވެ.
“މަންމަމެން ފޫހިވެގެން ހަމަ ނުކުމެލީ. ދެންމެ އެއީ ކޮންކުއްޖެއްތަ؟ ކައިރީގަ ހުރީ އޭނަގެ ދަރިޔެއްތަ؟ ” ރީނާޒްއަށް އެއަންހެންކުއްޖާގެ ނަން އެނގޭނެތީ އާސިމާ އަހާލިއެވެ. ރިނާޒް ހަމަޖެހިލާފައި އެއި އައިޝާއާ އޭނާގެ ދަރިފުޅުކަމަށް ބުނެލިއެވެ. އާސިމާއާ ޖަނާންއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮއްލެވުނެވެ.
” ރޭގަ ރެއިންއާ އެކުގަ ލަވަކިޔަން އެރީމަ އަހަރެން ހީކުރީ އަނެއްކާއެއީ ރެއިންގެ..”ޖަނާންގެ ޖުމްލަ ފުރިހަމަވުމުގެ ކުރިޔަށް ރީނާޒް ވާހަކަ ދައްކަންފެށިއެވެ.
” އައިޝާ މެރީކޮށްގެން ހުންނަނީ. ކިޑެއްވެސް އެހުރީނު ” ޖަނާން ބުނަންއުޅުވާހަކަ ރޭކާލުމުން ރިނާޒްވީ ފޫއްސެވެ. އެހެން ބުނީ ރީނާޒްއަށް އެނގިގެނެއްވެސް ނޫނެވެ. ހަމަހިތަށް އެރީމަ ބުނެލީއެވެ. ޖަނާން އޭނަގެ ދޮންބެ ފަހަތުން ނެއްޓެންވެސް ނޫޅުނޭ ރީނާޒް ހިތަށް އެރިއެވެ. މިއޮއް ހުރިހާ ދުވަހުވެސް އެހެން އުޅުނިއިރު ރެހާން އަޅާނުލުމުން ރެހާންގެ ހިތުގައި ޖަނާންއަށް އެއްްވެސް ޝައުގުވެރިކަމެއް ނެތްކަންވެސް އޮންނާނީ އެނގިފައެވެ.
” ހޭއި. ދޮންބެވެސް އަދި އުޅެނީ ސައިނުބޮއި ހިނގާ ދޮންބެޔާއެކުގަ ސައިބޯން” ގެޔަށް ވަންނަންދިޔަ ރާއިންއަށް ރީނާޒް ފެނުމުން ގޮވާނުލައެއް ނުހުރެވުނެވެ. ރީނާޒްވެސް އިރުކޮޅަކުން މިދަނީއޭ ބުނުމަށްފަހު އެތެރަށްވަނީ ފޯނުބަލައެވެ. ދުވާލު ހަތަރުދަމު ރީނާޒް ލޮލަށް ނުފެނުނަސް އެއީ އޭނާގެ މަންމަޔަށް އެހާ ބޮޑުކަމަކަށް ނުވާނެކަންް ރީނާޒްއަށް އެނގެއެވެ.
” ނާޒް މިގޭގަ؟ އާދެ ސައިބޯން” ރާއިންއާއެކުގަ ވަދެގެން އައި ރީނާޒް ފެނުމުން ރެހާން ހައިރާންވިނަމަވެސް ސައިބޯން ދައުވަތުދިނެެވެ. އެބުނި އެއްޗަކުން ރީނާޒް ރާއިންގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.
” އޯކޭ ބަސްޓެޑް. އަސްލުގަ އާސިމާމެންގާތުގަ ރީނާޒް ހުރީމަ ގެނައީ. ސްޕޮއިލްވެދާނެއެއްނު ޖަނާންއާއެކުގަ މާގިނައިން އުޅެންޏާ” ރާއިން މަޖަލަކަށް ހަދައިގެން ބުނެލިބަހުގެ މާނަ ކިތަންމެ ރަނގަޅަކަށްވެސް ރީނާޒްއަށް ވިސްނުނެވެ. އޭނަވެސް ގިނަވަގުތު ބޭނުންވަނީ ޖަނާންމެންނާ ދުރުގަ އުޅޭށެވެ.
” ހަލޯ. ކީކޭ ޗޭމްޕް. އޯކޭ. ހަމަ މިހާރު މިދަނީ” ރެހާން ފޯނަށް ޖަވާބުދިނުމާއެކުު ގޮނޑިންތެދުވިއެވެ.
“ހޫދު ގުޅައިގެން. އޭނަ މަންމަ ކޮންމެސްކަމެއް ކޮއްނުދިނީކަމަށް ވާނީ. އެހެންވެ އަވަހަށް އަހަންނަށް އެގުޅީ. އަހަރެން ކޮށްދޭނެކަން އެނގޭތީ. ކޮކީ ސައިބޮއިގެން އިނގޭދާނީ. ދޮންބެނެތަސް ރާއިން މިތާގަ އިންދާ ފޫއްސެއް ނުވާނެ. ވާހަކަ ވިހާނެ އޭނަ” ރެހާން ހިނގައިގަތީ ރާއިންއާ ދިމާކޮއްލަމުންނެވެ.
“ތިހެން ހޫދު ގުޅާއިރަށް ދާން ހަދައިގެން އަހަރެންނަށް ޖެހޭނީ އޭނަލައްވާ ބުރޯއަށް ޑޭޑް ކިޔުއްވަން އިނގޭ” ރާއިން އެހެން ބުނެލީ ރެހާން ރުޅިއަރުވާލާށެވެ. އެބުނިއެއްޗެއްގެ މާނަ ކިތަންމެފުންވިޔެއްކަމަކު ރެހާންއާ ރާއިން ނޫންމީހަކަށް ނަގައެއްނުގަނެވޭނެއެވެ. ރެހާންވެސް ލޯއަޅާލުމަށްފަހު އިތުރު ކޯޅުންގަނޑެއް ނުހިންގާ ދިޔައީ އެތާގައި ރީނާޒް ބަލަން އިނުމުންނެވެ. ރެހާން ދިޔުމުން ރީނާޒްމެން އެކަނި ވިއެވެ.
“ކޮންއިރަކުން މާލެ ދަނީ؟ ” ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫދުއްވާލި ރާއިންއެވެ. އެދެމެދުގައިވާ ހަމަހިމޭނަކަން ރާއިންއަކަށް ކަމަކު ނުދިޔައެވެ. ރާއިންގެ ހިތުގެ ރާނީ އެހާ ގާތުގައިވުމުން އެހިތް އޮބިނޯންނަވަރަށް ތެޅެމުން ދެއެވެ.
” މާލެ ދާހިތެއްނުވޭ. މިރަށް ކިހާ ރީތި. ނުލާހިކު އަމާންވެފައި ހިތްފަސޭހަ. އަނެއްކޮޅުން ދޮންބެވެސް އުޅެނީ މިތާގައި. އަހަރެންނަށްވެސް މިހާރުމިރަށް މާކަމުދޭ” ހިޔާލަކަށް ގެއްލިފައި އިނދެ ރީނާޒް ވާހަކަ ދައްކަމުން ދިޔައެވެ. ރީނާޒް މިހާރު ބޭނުންވަނީ މިރަށުގަ ހުންނާށެވެ. އަބަދުވެސް ރާއިން ފެންނަ ހިސާބުގައި ހުންނާށެވެ.
“ނާޒްވެސް މިރަށަށް ބަދަލުވެބަލަ މަންމަގާތުގަ ބުނެގެން. އޭރަށް ކިހާ މަޖާވާނެ. މިހާރުގައޮންނަ ގްރޫޕްގަނޑު އިތުރަށް ބޮޑުވާނެ.” ރާއިން ބޭނުންވާގޮތް ހާމަކުރިނަމަވެސް އަސްލުސަބަބު އޮޅުވާލިއެވެ
” މިހާރު ލަސްވެގެން އެޔޮއްގުޅަނީ އައިޝާ. ހިނގާ އަވަސްކޮށް ސައިބޮއިގެން ދަމާ” އައިޝާ ގުޅާކަން އެނގުމުން ރާއިން ފޯނު ބިޒީ ކޮއްލުމަށްފަހު މިދަނީއޭ ބުނެ މެސެޖް ކޮއްލިއެވެ.
“ރާއިންގެ މޮޅުވާހަކައިގަ ޖެހިފަ ތިއިނީ ދޯ. ދެންވެސް ހިނގާ އަވަސްކޮށްދާން. އަހަރެންވެސް ވަރަށް ވަރުން ހޫދު ރުއްސާލައިގެން ސުކޫލަށް ލައިފަ މިއައީ. މެންދުރުގަ އެންމެނަށް މެގްނަމް ގަނެދޭނަމޭ ކިޔާފަ” ރެހާންއާ ރާއިންމެންނަށް އެގެޔަށް ވަދެވުނީ އެކުއެކީގައެވެ.
“ނާޒް އަޅެ އަހަރެން ބުނީ ދޮގެއްތަ. މީނަޔަށް ބައްޕަ ކިޔުއްވާވަރު ނުވޭތަ” ރާއިން އަދިވެސް ހުރީ ރެހާންއާދިމާކުރުން ހުއްޓާލާގޮތަކަށް ނޫނެވެ. އަހަރީ ޝޯވްއަށް ފަހު އަދިވެސް ރެހާންއާ އައިޝާާއޭ ކިޔައިގެން ދިމާކުރުން ނޫންކަމެއް ނުކުރެއެވެ. ރާއިންގެ ވާހަކަޔަށް މާބޮޑު އަޅާލުމެއްނެތި ރެހާން އެތެރެޔަށް ވަދެގެން ދިޔައެވެ.
“އަސްލު އެދެމީހުން ހާދަގުޅެޔޭދޯ.. މިބުނީ ދޮންބެޔާ އައިޝާ” ރީނާޒްއަށް އެހެންބުނެވުނީ ގަސްތުގައެއްނޫނެވެ.
“ކޮންތާކު. އެޔަށްވުރެ އާޝިއާ އަހަންނާވެސް ގުޅޭނެ. ނިކަން ބަލާބަލަ އަހަރެންނާ ހޫދުއާވެސް ވައްތަރުކަން” ރާއިންއެހެންބުނެލީ ރީނާޒްއަށް ވާގޮތް ބަލާލާށެވެ. އިތުރުބަހެއް ނުބުނެ ރީނާޒް އެތެރަށް ވަނުމުން އޭނަވެސް ބޯކަހާލާފައި އެތެރަށް ވަނެވެ.
ރާއިންމެން އެންމެން ހަމަވިއިރު އައިޝާއޮތީ ރެޔަށް ބޭނުންވާ ހުރިހާ ސާމާނެއްގެ ލިސްޓުހަދާފައެވެ. ކެއްކުމަށް ބޭނުންވާ ބައެއް ސާމާނުތަކާއެކު ޒާމިންމެންގެ ދެމަފިރިންނަށް ދޭނެ ރަނގަޅު ހަދިޔާތަށް ނޯޓް ކޮއްލާފައި ހުއްޓެވެ. އައިޝާ އެހުރިހާއެއްޗެއް ގަތުމަށް ހަރަދުކުރަން ބުނުމުން ރެހާންމެންނަށް އެގޮތެއް ކަމަކު ނުދިޔައެވެ. އެމީހުން ބޭނުންވީ އެންމެންވެސް ހިއްސާވެގެން އެތަކެތި ގަންނާށެވެ. އެންމެން އެކުގައި ދިޔުމަށް ނިންމީ ކާރުގައެވެ. އެންމެން އެކުގައިގޮސް ބާޒާރުކޮއްލުމުން މާމަޖާވާނެކަމަށް ރާއިން ކުރުނުކޮށް ކިޔަން ފެށުމުން އެގޮތަށް އެއްބަސްވިއެވެ. ލިސްޓުގަ ހުރި ހުރިހާ އެއްޗެއް ލިބޭވަރުވީ ހޫދު ސުކޫލް ނިމެން ގާތްވެފަ ހުރުމުންނެވެ. އައިޝާ އެވާހަކަ ހަނދާންވެގެން ބުނުމުން ރެހާންވެސް ސުކޫލު ކައިރީގަ ހުންނަ ފިނިއެއްޗެހި ވިއްކާ ފިހާރަޔަކަށްވަދެ މެގްނަމް ގަނެލިއެވެ. ހޫދު ބަލާވެސް ދިޔައީ އެންމެން އެއްކޮށެވެ
” ކޮބާ ރެއިންބެ ބުނީމެއްނު ބަސްއަހަގެން ސުކޫލަށް ގޮސްފަ އަންނަންވާއިރަށް ގެނެސްދޭނަމޭ. މިއޮތީނު އެންމެނަށް” ގެޔަށް ވަތް ރެހާން ހޫދުއަތަށް މެގްނަމް ކޮތަޅުދެމުން ބުނެލިއެވެ. ހޫދުވެސް ފޮނިވެލާފައި އައިޝާއަށް ކޮތަޅުދައްކާލިއެވެ. އަދި ކޮޓަރިޔަށްދާން ދުއްވައިގަތީ ލައިގެންހުރި އެއްޗެހި ބަދަލުކުރާށެވެ. އައިޝާވެސް ހޫދުގެ ފަހަތުން ދިޔުމުން ރެހާންމެން ސޯފާހގައި މަޑުކޮއްލިއެވެ.
” ވަރަށް ރީތި ދޯމިތަން. ” އަލަށް އެގޭތެރެ ރަނގަޅަށް ފެނުމުން ރީނާޒްއަށް ތައުރީފުކޮއްނުލާ ނީނދެވުނެވެ. ގޭތެރޭގެ ކޮންމެ އެއްޗެއްވެސް ވަނީ ތަރުތީބުކަމާއެކުގައި ބެހެއްޓިފައެވެ.
“ބުރޯ ބަލާބަލަ. މިތާގަ މިހުރީ ހުސް އައިޝާއާ ހޫދުގެ ފޮޓޯ. ދެން ޒާންމެންނާ އެކުގަ ނަގާފަހުރި ފޮޓޯ. އައިޝާގެވެސް ކުރީގެ ފޮޓޮއެއްނެތް. ހޫދުގެ ބައްޕަގެ ފޮޓޮއެއްވެސް” އައިޝާއޭނަ އުޅެނީ މީހަކާ އިނދެގެންނޭ ބުނިހަނދާން ރާއިން އަދިވެސް އެބަހުއްޓެވެ. އެކަމަކު މީހަކާ އިނދެގެން އުޅޭނަމަ އެތަނުން އޭނާގެ ފޮޓޯއެއް ނުފެންނަންވީ ކީއްވެބާއެވެ. ރެހާންވެސް އެބުނި އެއްޗަކާމެދުގަ ވިސްނާލިއެވެ. އެގެޔަށް މަދުން ވަދެ އުޅުނުނަމަވެސް އެތާގައިހުރި ފޮޓޯތަށް އެއިންއެކެއްވެސް އަދި ރަނގަޅަކަށް ބަލާފައެއްނުވެއެވެ.
“ރާއިން. ގެނަ ފުއްޕާހަންތަށް ކޮބާ؟” ހޫދު ގޮވައިގެން ބޭރަށް ނުކުތް އައިޝާ ރާއިންކުރެން އަހާލިއެވެ. ސޯފާގައި ބަހައްޓާފައިހުރި ކޮތަޅުތެރެއިން ހަންޕެކެޓް ނަގާ ދައްކާލަމުން ރާއިން ފުރަތަމަ އެދުނީ ގެނައި މެގްނަމްތަށް ބޯށެވެ. ހޫދުވެސް އެކަމާ މާ ފޯރިއަރުވާލައިފައި ހުރުމުން ފުރަތަމަ އެމީހުން އުޅުނީ އެކަމާއެވެ.
ހަވީރުވެގެން ދިޔައިރުވެސް އެއިން ރެހާންނޫން އެކެއްވެސް ޒާމިންމެންނަށް ފެނިނުލައެވެ. މިކަމާ ޒާމިންއާ މަންހާ ދެތިން ފަހަރަކު ޝަކުވާ ކުރިނަމަވެސް ޒަމްރާ ކޮންމެވެސް އެއްޗެކޭ ކިޔާފަ އެކަން ހަމަޖައްސާލައެވެ. ރެހާން ދެފަހަރަކު ހޮސްޕިޓަލަށް ދިޔަަނަމަވެސް މާގިނައިރަކު މަޑުނުކުރަނީ ރެޔަށް ވާންޖެހޭ ތައްޔާރީތަށް ނުނިމި ހުރީމައެވެ. ހަތަރު މީހުންވެގެން ހަންފުއްޕަމުން ދިޔައިރު ހޫދު އުޅުނީ ހަންތަކާ ކުޅިއެވެ. އައިޝާ ކެއްކުމުގެ ހަރިހާ ކަމަކާ ހަވާލުވަން ބުނިނަމަވެސް ރާާއިންއަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. ރާއިން ބޭނުންވީ އެންމެން އެކުވެގެން ހުރިހާ ކަމެއް ނިންމާލާށެވެ. ހަން ފުއްޕަމުން ދިޔައިރުވެސް ރާއިން ހުއްޓާނުލާ އަނގަތަޅަމުން ދިޔައީ ހޫދުއާއެވެ. އެންމެން ކޮންމެސްވަރަކަށް ވާހަކަދެއްކިނަމަވެސް އައިޝާ ކޮންމެހެން ބުނާންވާ އެއްޗެއް ނޫނީ ބުނެނުލައެވެ. ރާއިންއަށް މިކަން ފާހަގަވިނަމަވެސް އެކަމާ މާބޮޑުކަމެއް ނުކުރެވެއެވެ. އައިޝާކުރެން އެއްޗެކޭ އަހާާލުމުން “އާން. ހޫން” މިނޫން ޖަވާބެއް ނުލިބޭތީއެވެ. އެކަންތަށް ނިންމާލައިފައި ކެއްކުމައިވެގެން އެންމެެންއުޅުނެވެ. އައިޝާއަށް އެހީތެރިވުމަށް ރީނާޒްއާ ރެހާން އެއްޗެހި ކޮށަން އުޅުނު ނަމަވެސް ރާއިންއަށް މިއިން ކަމެއް ކުރަންނޭނގޭތީ މޭޒުދޮށުގައި އަނގަތަޅަން އިނެވެ.
” މިހާރު އަހަރެންމީ އަންހެން ކުއްޖެއްނަމަ ރެހާންކުރެން އިންނަންވެސް އަހަފީމުސް. މީނަޔަށް ގޭތެރޭގަ ކުރަންނޭނގޭ އެއްވެސް ކަމެއް ނޯވެޔޭ” ފަރިތަކަމާއެކުގަ ތަރުކާރީ ކޮށަމުން ދިޔަ ރެހާންއާ ރާއިން ދިމާކޮއްލިއެވެ. ވާނީވެސް އެހެންތާއެވެ. ވޭތުވެދިޔަ ދެތިންއަހަރު ތެރޭގައި ރެހާން ދިރިއުޅުނީ ރާއްޖެއިން ބޭރުގަ އެކަނިންނެވެ. ހުރިހާކަމެއް އަމިއްލަޔަށް ކުރަންޖެހުމުން ކެއްކުމުގެ ބައެއް ކަންކަންވެސް މިހާރުވަނީ ދަސްވެފައެވެ.
“ބަލަ މީކީ އަންްހެނުން އެކަނިން ކުރަންޖެހޭ ކަންކަމެއްނޫނޭ. އަހަރެންނަށް ކިހާފަސޭހަ މިކަަހަލަ މަސައްކަތްތަައް އެނގުނީމަ. ރާއިން ތިހުންނަހެން ގޭގައުޅޭ މަސައްކަތުމީހާ ނެތިގެން އުޅޭކަށް ނުޖެހޭނެ” ރެހާންވެސް އެހެން ބުނެލީ ދެރަނުވާން ވެގެނެވެ. ރެހާން ލިބޭނީ ނަސީބުގަދަ މީހަކަށޭ ރާއިން ބުނެލީ އެކަމުން މީހަކަށް އަސަރު ކުރާނެކަމަށް ބަލާފައެއް ނޫނެވެ. އެބުނި އެއްޗަކުން ރެހާންގެ ހިތުގައިވާ އުދާސްތަށް އުތުރިގަތްހެން އޭނާޔަށް ހީވިއެވެ. ރެހާންއާ ގުޅުނީ ކިހާ ބަދުނަސީބު ކުއްޖެއްހެއްޔޭ އޭނަހިތަށް އެރިއެވެ.

Share Article

Follow Me Written By

Awa

Level 4100 Comments10 Stories100 Login

author of "ehenas hama loibey veveny"

Other Articles

Previous

ނޫރު (ދެވަނަ ބައި)

Next

ނޭނގިހިތޭ ތި އަތުލީ (3)

Next
November 27, 2017

ނޭނގިހިތޭ ތި އަތުލީ (3)

Previews
November 26, 2017

ނޫރު (ދެވަނަ ބައި)

68 Comments!

  1. Awa says:
    November 26, 2017 at 2:38 pm

    Salaam all..so here is 17th part. Hope you guyss will like it..n mistakes huredhaane. Varah avaskollaign upkollii. So im sorry for any mistakes.
    Love you all?????

  2. Riii says:
    November 26, 2017 at 2:39 pm

    Awa….. Vvvvv salhi….
    Kon irakun nxt prt….. Waiting…

    1. Riii says:
      November 26, 2017 at 2:41 pm

      I first dhw….

    2. Awa says:
      November 26, 2017 at 6:42 pm

      Thankss rii??
      InshaAllah tmrwga next

    3. Awa says:
      November 26, 2017 at 6:43 pm

      Yes dear you first

  3. sham says:
    November 26, 2017 at 2:52 pm

    alhey v kiyaahithun indhaa e nimunee .. story v rythi…

    1. Awa says:
      November 26, 2017 at 6:45 pm

      Thanks dear??

  4. Shh says:
    November 26, 2017 at 2:55 pm

    Varah varah reethi

    1. Awa says:
      November 26, 2017 at 6:46 pm

      Thanks darling???

  5. Yum says:
    November 26, 2017 at 2:59 pm

    Whn is next part. .

    1. Awa says:
      November 26, 2017 at 6:48 pm

      InshaAllah tmrw

  6. syle says:
    November 26, 2017 at 2:59 pm

    Meega mivany kihinehtha. Rehaan akah Aisha eh neygeytha fenuneemaves

    1. Chim says:
      November 26, 2017 at 3:15 pm

      Aisha badhal vefa huryma neyngenyehnu but aisha ah engenvaane ehnu dhw..

    2. Awa says:
      November 26, 2017 at 6:50 pm

      Kekkolla dear.. adhi engeyne kan v goiyy??

    3. unaal says:
      November 26, 2017 at 11:21 pm

      yeah.. I aslo doubt that point.. even aisha also didn’t recognise who that rehaan is o but they feel something weird when they come closer dhw .. I don’t think rehaan changed that much… but maybe it will dhw ..coz this was after 6 years.. so maybe there is…ok Awa will wait ingey…story vrh lwbi.. specially the dialogues

    4. Awa says:
      November 27, 2017 at 8:19 am

      Thankyou so much unaal..lets see dhw vaa goiyy???

  7. Yaloo says:
    November 26, 2017 at 3:01 pm

    Vvvv reeeeeethi stry…whn nxt prt??

    1. Awa says:
      November 26, 2017 at 6:51 pm

      Thankss.. inshaAllah tmrw

  8. Choppi says:
    November 26, 2017 at 3:03 pm

    I’m second dhw.. ? Plx aisha ge secret reveal kohbala… Ekamkuves story Varah Reethi.. ???

    1. Awa says:
      November 26, 2017 at 6:54 pm

      Heheheh.. thankss choppi

  9. Chim says:
    November 26, 2017 at 3:13 pm

    Aisha ah neyngeytha rain fenunyma ae aisha ge husband kan??
    Story vv reethi ❤ keep it awa..
    Waiting next part??

    1. Awa says:
      November 26, 2017 at 6:56 pm

      Lets see dhw…
      Thankss chim darling???

  10. Aki says:
    November 26, 2017 at 3:28 pm

    varah reethi mi part ves…. adhi mirey one part up kohla dheebaa

    1. Awa says:
      November 26, 2017 at 6:58 pm

      Thanks???inshaAllah tmrw

  11. Juvey says:
    November 26, 2017 at 3:31 pm

    WOw vvvvv nice..adi 1 part mirey genes dhevidhaane tha pls awa doonee ly ? ? ?.

    1. Awa says:
      November 26, 2017 at 6:59 pm

      Thanks juvey darling????tmrw ga next inshaAllah..ly???

  12. Ur fan says:
    November 26, 2017 at 3:55 pm

    Awwn…stry vvv rythi
    ..cnt wait to read nxt part..ur the best awa…???

    1. Awa says:
      November 26, 2017 at 7:01 pm

      Thanks fan??ly??????❤❤❤

  13. annoying reader says:
    November 26, 2017 at 4:14 pm

    awesome wonderful, superb 😀 <3 so excited for the next part. alhey varah reeeeeeeeeethi :* thankyou darling Much love! waiting for the next part

    1. Awa says:
      November 26, 2017 at 7:03 pm

      Thanks darling???lymm?????

  14. Huya says:
    November 26, 2017 at 4:26 pm

    Next part awaha up kohdehchey nge plx plxx . Story hama varah reethi❤️

    1. Awa says:
      November 26, 2017 at 7:04 pm

      Thankyou huya❤❤ inshaAllah tmrwga next

  15. Black beauty says:
    November 26, 2017 at 5:05 pm

    Pls mirey adhi one part awa ?

    1. Awa says:
      November 26, 2017 at 7:06 pm

      InshaAllah tmrw ga darling

  16. Friends says:
    November 26, 2017 at 5:05 pm

    Wowwwww.salhi.
    rehaan&aisha.not rain dhw awa…waiting 4 next part….plx mirey one more part.??????

    1. Awa says:
      November 26, 2017 at 7:08 pm

      Thankss friendss?? lets see dhw fahun vaa goiyy??

  17. Lil guy says:
    November 26, 2017 at 5:35 pm

    Reenaz and raain vaany ehbafaa bayakahnu? Dhen kyhve emeehunnah gulheven vee??

    1. Awa says:
      November 26, 2017 at 7:09 pm

      Letss see dhw??

  18. nishi says:
    November 26, 2017 at 5:52 pm

    aisha ah neyngeythy ehnuney ehunnany dhw awaa

    1. Awa says:
      November 26, 2017 at 7:15 pm

      Hehehe… vaahaka kuriyah dhaa varakah ingeynee dhw nishi??

  19. Rsh says:
    November 26, 2017 at 5:53 pm

    WoW V Reethi…..?

    1. Awa says:
      November 26, 2017 at 7:17 pm

      Thanks dear??

  20. Firoo says:
    November 26, 2017 at 6:10 pm

    Very nice☺☺☺☺?❤?

    1. Awa says:
      November 26, 2017 at 7:18 pm

      Thanks darlingg???

  21. Ree says:
    November 26, 2017 at 6:27 pm

    Aslu hama nujehey.. Aisha ahves adhi rehaan ahves neygeythee..Aisha badhaluvinamaves rehaan nuvey.. Dhen aasima and janaa fenuneemaves Aisha ah get vaane. Story varah reethi.. Hama ekani e dhemeehunah fenuneema neygeythee massala akee.

    1. Awa says:
      November 26, 2017 at 7:20 pm

      Hii ree??dhn huri part thah vx kiyaaleema engeyne v gina kankan. Hope u will??n thankyou????

  22. Reehaan says:
    November 26, 2017 at 6:47 pm

    Aslu aharennaa raain akee ehbandu dheben.dhn aishaa akee aharenge wife hood e ee aharenge dhari.

    1. Awa says:
      November 26, 2017 at 7:22 pm

      hey reehaan.i think u can make them understand??

  23. syle says:
    November 26, 2017 at 6:54 pm

    Vaahaka varah reethi… Ekam suvaalaky Aisha& rehan keehvehey ekaku anekaku neygeny

    1. Awa says:
      November 26, 2017 at 7:31 pm

      Thankss syle???lets see dhw vaane goiyy??

  24. PRINCESS AFU says:
    November 26, 2017 at 7:40 pm

    Woww Vv furihama ??
    MASHA ALLAH
    Kyp it up dear ??

    1. Awa says:
      November 26, 2017 at 8:10 pm

      Thanks afu??

  25. Xaaaan says:
    November 26, 2017 at 7:48 pm

    Masha Allah v reethi vaahaka

    1. Awa says:
      November 26, 2017 at 8:10 pm

      Thanks xaaan ??????

  26. Xxxx says:
    November 26, 2017 at 9:16 pm

    V.nice??

    1. Awa says:
      November 26, 2017 at 10:44 pm

      Thanks dear??

  27. Reehaan says:
    November 26, 2017 at 9:33 pm

    Awa maadhan avahah up kohlahche.good nyt ?

    1. Awa says:
      November 26, 2017 at 10:46 pm

      Reehaan ah mihaaru kekkureveny ennoon dhw emmenah angaa hithun?? ofcourse dhn rehan buneema avas kollan jeheyne ennu??good night??

    2. Reen says:
      November 27, 2017 at 12:36 pm

      Reehaan tha noony Rehaan tha..????

  28. Friends says:
    November 27, 2017 at 12:06 pm

    Kobaa today part Awa…

  29. Shuza says:
    November 27, 2017 at 12:25 pm

    This is amazing.??? whn next part waiting ?? dear avas knbah can’t wait.,………?? Love you????❤

    1. Awa says:
      November 27, 2017 at 4:47 pm

      Thanks dear

  30. Anonymous says:
    November 27, 2017 at 1:30 pm

    baivaru questions ebahuri. okay aisha ge full name aky aishath sinaash latheef oa, but mihaaru rehan ah enan ingey varu vejje dhw bc hes aisha ge boss.
    dhen aisha ah keeve rehan fenunyma neyngen vy, aisha change vefa huryma neynguny kamah gabool kurevey bc she was fat kuryga and now she’s not so ethan kolhu okay but keeve rehan ah neyngenvy?
    adhi aisha akah neyngun janaan and aasima fenunyma ves, so hus olhun bolhun. mikan thah rangalhu kollaafa olhun filaa goi hadhaidheyne kamah unmeedhu kuran, awa please dont take this as a negative comment, alah story liyaa kujja kaa balaafa story varah ves reethi inge, i mean sifa kurun and all, but like kuda koh hurey mistakes hedhifa but eventually rangalhu vaane liyan feshyma. goodluck and keep up the good work awa.

    1. Awa says:
      November 27, 2017 at 3:55 pm

      thankyou so much dear???kuriyah dhaa varakah olhun gandy filaane???

  31. unaal says:
    November 27, 2017 at 1:36 pm

    kbr tha next part ?

  32. unaal says:
    November 27, 2017 at 1:51 pm

    I think aisha ah ingey enmmen vc n rehaan ah shanaash aa aisha vrh vahtharu vey.. aisha ge ulhumah ehaa bodethi changes thakeh aima vaki kuran undhagu vany
    … it was mentioned that shanaash ge eye colour. hair.. mi hurihaa sifathah aisha ge change vefa iny so maybe rehaan ah negeny mihn ve dhw.. n kuryga aisha akah neygeyne atleast kakkan vc …so ehn vedhaane hama..
    janaan aa aasima fenunyma aisha ehaa bodu attention emyhunnah nudhiny coz she never won’t them to know that she is shanaash .. n
    eynayah rehaan first fenunyma ruyeh nu kury dhuvahu …am I right

    1. Anonymous says:
      November 27, 2017 at 3:23 pm

      i guess so, but like ehaa bodah vaanuvaa neyngey gothah liyefa mi iny thats why i said it, olhun bolhun gina so i hope writer ekan rangalhu kollaane kamah

  33. Limsha says:
    November 27, 2017 at 3:20 pm

    Nice

Comments are closed.


All Right Reserved!