. “ކޮބާ ޖަވާބަކީ” މައުވަން ނިވާވުމާއެކު ވާހަކަފެށީ ލައިހާއެވެ. ނިއަމް އިނީ އިސް ޖަހައިގެން އޭނަގެ ފޯނާއި ކުޅޭށެވެ. ނިއަމް އަޑުއިވުނު ކަމަކަށް ނުހެދިއެވެ. “އަޑުނީވޭ ކަމަށް ހެނދިގެން އިނަސް އަޑުއިވުނުކަން މަށަށް ޔަޤީން” އަނެއްކާވެސް ލައިހާ ވާހަކަ ދެއްކިއެވެ. ” ކޮން ޖަވާބެއްގެ ވާހަކަ އެއްތަ ތިކިޔަނީ؟  ނިއަމް އިނގޭކަމަކަށް ހަދާނުލިއެވެ. އޭރުވެސް އޭނަ އިނީ އެ އިންގޮތަށް ފޯނާއި ކުޅޭށެވެ. ލައިހާ އިނީ ސީދާ ނިއަމްގެ މޫނަން ބަލަހައްޓައިގެންނެވެ. އެކަމުގެ ސަބަބުން ނިއަމް އިނީ އުނދަގޫވެފައެވެ. ލައިހާ ކުއްލިއަކަށް ނިއަމް ގެ އަތުން ފޯން ޖަހައިގަތެވެ. ތީދެން ކޮންކަމެއްހޭ ނިއަމް އަހާލިއެވެ.” އަހަންނާ ސުވާލުނުކޮށް އަހަރެންގެ ސުވާލުގެ ޖަވާބު ދޭންވީނު. އަހަންނަން އިނގޭ ނިއަމަށް އަހަރެން މިކިޔާ އެއްޗެއް އިގޭނެކަން” ލައިހާ އެނެއްކާވެސް ބުނެލިއެވެ. ނިއަމް އިނީ ދުރު ބަލަހަށްޓައިގެންވެ. ދެން ދިޔައީ ހިމޭން ކަމުގެ ވަގުތު ކޮޅެކެވެ. މާއަވަހަކަށް މާލެ އައީ ކީއްވެތޯ ނިއަމް އަހާލިއެވެ. ޖާވާބް ދިނުގެ ބަދަލުގައި އަނެއްކާވެސް ސުވާލެކެވެ. ލައިހާ ބުނެލީ އޭނަ މާލެ އައީ ނިއަމް ކިޔަވާ ނިމިގެން މާލެ އައި ޚަބަރު ލިބިގެން ކަމަށެވެ. އެހިތް ކެއްތެރިކަމެއްނެތި ނިއަމްގެ ޖަވާބަކަށް އިންތިޒާރު ކުރާތީ އެނޫން ގޮތެއް ނެތިގެން އައީކަމަށެވެ. “އަހަރެން ހީކުރީ ތިން އަހަރުވެގެން ދިޔައިރު އަހަރެން މަތިން ހަނދާނެއް ނުހުންނާނެ ކަމަށް” އޭރުވެސް ނިއަމް އިނީ ދުރުބަލަހަށް ޓައިގެންނެވެ. ” ކިހިނެއް ހަނދާން ނައްތާލާނީ. އެއަށްވުރެ ބޮޑަށް ލޯބިވޭ. ނިއަމް އަކަށް ނޭނގޭނެ ވޭތުވެ ދިޔަ ތިން އަހަރު އަހަރެން އުޅުނު ހާލެއް” ލައިހާ ދެރަވެގެން އިސްޖަހާލިއެވެ. ” ސޮރީ ލައި އަހަންނަކަށްނެތް ލައިގެ ލޯބި ޤަބޫލް ކުރެވޭކަށް” މޭޒުމަތީގައި ތޮއް ލައިހާގެ އަތްމަތީ އަތްބާއްވާލަމުން ނިއަމް ބުނެލިއެވެ. ލައިހާ އިސްނަގައި ނިއަމްގެ މޫނަން ބަލާލިއެވެ. އެވަގުތު ނިއަމް އިސްޖަހާލަމުން ލައިހާގެ އަތްމަތިން އޭނަގެ އަތްނެނގިއެވެ. “ކީއްވެ؟” ސަބަބު އެގެން ލައިހާ ބޭނުންވިއެވެ. ލައިހާއަށް ބުނެވުނީ އެލަފްޒެވެ. އޭނައަށް ރޮވުނެވެ. ދެން ލައިހާ ބުނެލީ ތިންއަހަރު ވަންދެން އޭނަ އިންތިޒާރުގައި ބޭންދީ އެޖަވާބު ދޭންތޯއެވެ. ” އެހެނެން ނޫން. އަހަރެންހިޔެއް ނުކުރަން ލައި ތިން އަހަރުވަންދެން އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރާނެކަމަކަށް. އެހެން ނޫނަސް ލައި އަހަންނަން ލޯބި ހުށައެޅީމަ އަހަރެން ބުނީ ކުއްޖަކާ ރައްޓެހިވުމާ ދޭތެރޭ ވިސްނާނީ ކިޔަވާ ނިމިގެނޭ. އަދި އެހެން ބުނެވުމަކުން އެ ބުނެވުނީ އަހަންނަން އިންތިޒާރު ކުރާށެކޭ ނޫނެއްނު” ނިއަމް އޭނަގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. ” އަހަންނަން އަހާލެވިދާނެތަ ނިއަމް އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތޯ ؟ ” ނިއަމް ދެއްކި ވާހަކައަށް އިތުރު އެއްޗެއްނުބުނެ ލައިހާ ކޮށްލީ ސުވާލެކެވެ. ނިއަމް އިރު ކޮޅަކު ވިސްނަން ހުރެލާފައި އާއެކޭ ބުނެލިއެވެ. ނިއަމް ދޮގެއް ހަދާލާފައި އިންތަނުން ތެދުވެ އޭނަގެ ފޯން ހިފައިގެން މައުވަން ދިޔަ ދިމާލަށް ހިނގައިގަތެވެ. އޭރު ލައިހާވެސް ކަރުނަތަށް ފޮހެލާ ހަމައަކަށް އެޅިލައިފިއެވެ.

މައުވަންއިނީ އިޒާ ގޮވައިގެން ރެސްޓޯރެންޓެއްގައި ކޮފީ އެއްބޯލާށެވެ. އެތަނަން މައުވަން އިޒާ ގޮވައިގެން އައީ އިޒާ ބުނެގެންނެވެ. “ހޫމް ދެންބުނެބަލަ ކޮންވާހަކަ އެއް ދައްކަންށޭ މިތަނަން ތިއައީ؟ މައުވަން ކޮފީ ޖޯޑް ތުންފަތުގައި ޖައްސާލަމުން އަހާލިއެވެ. އޭރު އިޒާ އިނީ މައުވަން ގެ މޫނަން ބަލަހައްޓައިގެންނެވެ. ހިތާހިތުން އެރީތިކަމަށް ތައުރީފު ކޮށްލިއެވެ. ” އަހަރެން ދެން ބޭނުންވަނީ ސީރިއަސް ރިލޭޝަން ޝިޕަކަށްދާން” އިޒާ ދިޔައީ ސީދާ މައުލޫއަށެވެ. “ތިބުނީ؟” މައުވަންއަން އިޒާ ބުނި ޖުމްލައިން އެއްވެސް މާނައެއް ދޭހައެއް ނުވިއެވެ. ” އަހަރެން މިބުނީ ލައިފް އާދޭތެރޭ ސީރިއަސް ވާންވެއްޖޭ. ދެން މިހެން އުޅޭކަށް ބޭނުމެންނޫނޭ. މެރީ ކޮށް ކިޑެއްވެސް ހޯދަންޖެހޭ ނެތްނު.” އިޒާ ތަފްސީލްދިނެވެ. މައުވަން އިޒާއާ ދިމާކޮށްލީ ނުބައިކޮޅަކުން އިރުއަރައިގެން އުޅޭ ދުވަހެއް ހެއްޔޭ ކިޔާފައެވެ. އިޒާ ބުނެލީ އަސްލަށްވެސް އޭނަ ސީރިއަސް ކަމުގައެވެ. “އޯކޭ. އެހެންވިއްޔާ އަހަރެންވެސް ސީރިއަސް” މައުވަން ވެސް ބުނެލިއެވެ. މައުވަން އެކަންތައްތަކާ ނުވިސްނަންތޯ އިޒާ އަހާލިއެވެ. މައުވަން ބުނެލީ އޭނަވެސް ވިސްނާކަމަށާ ނަސީބު ދެރަކަމުން ލޯބިވާ ކުއްޖަކާ އަދި ދިމާނުވާ ކަމަށެވެ. “ކިހިނެތްވާނީ އަހަރެމެން ދެމީހުން ސީރިއަސް ރިލޭޝަން ޝިޕަކަށް ދަޔަށްޔާ؟” ކުޑަ ކޮށް ޖެހެލުންވެ ހުރެ އިޒާބުނެލިއެވެ. ” އަހަރެން އޭރުވެސް ބުނީމެންނު އިޒާދެކެ ލޯތްބެއްނުވެއޭ. އެއްކޮށް އުޅޭތާ މިހާރު ފުދޭވަރަކަށް ދުވަސްވެސްވެއްޖެ. އެކަމަކު އަހަރެންގެ ފީލިންގްސް ތަކަކަށް ބަދަލެއްނާދެ” ފޯނުން ގަޑި ބަލާލަމުން މައުވަން ޖަވާބު ދިނެވެ.އިޒާ ދެރަ ވިއެއްކަމަކު އެކަމެއް ނުދައްކައެވެ. އިޒާ ބޭނުން ވަނީ މިހިސާބުން މި ގުޅުން ނިންމާލަން ކަމަށްވަންޏާ އޭނަ އެކަމަށް އޯކޭ ކަމަށް މައުވަން ބުނެލިއެވެ. ދެން އިޒާ ބުނެލީ އެކުވެރީންގެ ގޮތުގައި އުޅޭނީ ކަމުގައެވެ. މައުވަންވެސް އެކަމަށް އެއްބަސް ވެލިއެވެ. އަދި ބިލް ދެއްކުމަށްފަހު ދެމީހުން އެކީ ތެދުވެގެން ހިނގައިގަތެވެ.

އެދުވަހަށްފަހު ނިއަމް މައުވަންމެން ގެއަކަށް ނުދެއެވެ. ދާން ބޭނުން ނުވާތީ އެއްނޫނެވެ. އެކަމަކު ލައިހާގެ ކުރިމައްޗަށް އަރަން ޖެހިލުން ވާތީއެވެ. ނަމަވެސް މިއަދު ނިއަމް  އެގެއަށް އެދަނީ މައުވަން ގުޅާފައި އައުމަށް ބުނުމުންނެވެ. އިންކާރު ކުރަން ނުކެރުނީ ލައިހާ އައިފަހުން ނިއަމް އެގެއަށް ދާދިއުން މަދު ކޮއްފައިވާކަން މައުވަން އަށް ފާހަގަ ވެދާނެތީއެވެ. ގެއަށްވަތްތަނުން ފުރަތަމަވެސް ބައްދަލުވީ އެއްމެ  ބައްދަލުވާން ބޭނުން ނުވާމީހާއާއެވެ. ދެމީހުންނަންވެސް އެކަކު އަނެކަކުގެ މޫނަން ބަލަން ތިބެވުނީއެވެ. އިރުކޮޅަކުން ނިއަމް އަހާލީ މައުވަން ކޮބައިތޯއެވެ. “ދޮންބެ އެވަނީ ދެންމެފެންވަރަށް. ބުނި ނިއަމް އައިއްސިއްޔާ ބުނާށޭ މަޑުކޮށްލާށޭ. އިށީންނަންވީނު” އަތުން ސޯފާއަށް އިޝާރާތްކުރަމުން ލައިހާ ބުނެލިއެވެ. އަދި ނިއަމް އިށީނުމުން އޭނަގެ ކުރިމަތީން ހުރި ސޯފާގައި ލައިހާވެސް އިށީނެވެ. ދެން ހޭދަވީ ހިމޭން ކަމުގެ ވަގުތު ކޮޅެކެވެ. ދެމީހުންވެސް ތިބީ އިސްދަށަށް ޖަހައިގެން ފޯނާއި ކުޅޭށެވެ. “އަހަރެން ދެދުވަސް ފަހުން ފުރަން” ލައިހާ ބުނެލިއެވެ. އެއާއެކު އިސް އުފުލާލާފައި ނިއަމް ލައިހާގެ މޫނަން ބަލާލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ އަނެއްކާވެސް ފޯނަން ނަޒަރު ހުއްޓާލިއެވެ. ” ފުރުމުގެ ކުރިން ޖީއެފް އިންޓްރޮޑިއުސް ނުކޮއްދޭނަންތަ؟ ހާދަ ދެކިލަން ބޭނުމޭ އެ ލަކީ ގާލް” ދެންވެސް ވާހަކަ ދެއްކީ ލައިހާއެވެ. އެވަގުތު މައުވަން ސިނޑިން ފައިބައިގެން އަންނާތީވެ ނިއަމް އެއްޗެއް ނުބުނެއެވެ. ނިއަމް މެން ކައިރީ ސޯފާގައި އިށީންނަމުން ކާކުދެކިލަން ބޭނުންވެގެންހޭ ތިއުޅެނީ މައުވަން އަހާލީ އޭނަގެ ކޮއްކޮއަށް ބަލާލަމުންނެވެ. އެއްޗެއް ނުބުނަން ހުރެފައިވެސް ލައިހާ ބުނެލީ ނިއަމްގެ ގާލްފްރެންޑް ކަމަށެވެ. މައުވަން ހީލާފައި އޭނަވެސް ވަރަށް ބައްދަލުކޮށްލަން ބޭނުންކަމުގައި ބުނެލިއެވެ. އަހަރެމެން ކިތައްމެ ދެކެން ބޭނުންވިއަސް އަދި ނެތްމީހެއް ނުދެއްކޭނެންނޫންހޭ ބުނެ މައުވަން އިތުރު ކޮށްލިއެވެ. އެވަގުތު ލައިހާ ބަލާލީ ނިއަމްގެ މޫނަށެވެ. ނިއަމް އަވަހަށް އިންތަނުން ތެދުވަމުން ދަމާ ހިނގާށޭ ބުނެލިއެވެ. އިތުރަށް ބޭޒާރު ވެދާނެތީ އޭނަ އެތާ އިންނަން ބޭނުން ނުވީއެވެ.

އެރޭ ކައިނިމިގެން މަޒްހަރުގެ ކުޑަ އާއިލާތިބީ ސިޓިންރޫމްގައި ވާހަކަ ދައްކާލާށެވެ. އަދި އެކި ވާހަކަ ދެއްކުމުގެ ތެރެއިން މަޒްހަރު ބުނެލީ ރާއްޖެތެރެ ރަށަކަށް ވިޔަފާރި  ކަމަކު ދާންއުޅޭވާހަކައެވެ. އަދި މިފަހަރުގެ ދަތުރުގައި ނަސީމާވެސް ބައިވެރި ވާނެކަން އަންގާލިއެވެ. ލައިހާ އޭނަވެސް ދާހިތްވާކަން ހާމަކުރިއެވެ. މަޒްހަރު ބުނެލީ ލައިހާ ގޮވައިގެން އެހެން ފަހަރަކުން ދާނެކަމަށެވެ. މިފަހަރު ޗުއްޓީގައި ދުވަހެއްނެތެއްނޫންހޭ ބުނެލީ އޯގާތެރި ކަމާއެކުގައެވެ. ” ބައްޕާ އަންނަމުން އަހަންނަން ވަރަށް މުހިއްމު އެއްޗެއް ގެނެސް ދޭންވާނެ” އަކްޔަން ބުނެލިއެވެ. މަޒްހަރު ކޯންޗެއްހޭ އަހާލިއެވެ. ” ދޮންބެ އިންނާނެ ކުއްޖެއް” މައުވަންއާ ދިމާލަށް އެއްލޯމަރާލަމުން އަކްޔަން ބުނެލިއެވެ. އަދި އެޔާއެކު އެއްމެން ހޭން ފެށިއެވެ. ރައްދުގައި މައުވަން ބުނެލީ އޭނަ އިންނާނެ ކުއްޖެއް ހޯދަން އަކްޔަންއާ ހަވާލު ކުރެވުނުކަން އޭނައަށް ނޭނގޭކަމަށެވެ. “ހަވާލު ނުކުރިއަސް ތިއުމުރަށް ދިޔައީމަ މީހަކާ ނީނދެ ތިހެން ހުންނަންޏާ އެޒިންމާ  އެހެންމީހަކު ނަގަންޖެހޭނެންނު. އެހެން ނޫނަސް މަމި ހުންނަނީ ދޮންބެ މީހަކާ ނީންނަނީސް ކުއްޖަކާ ރައްޓެހިވެސް ނުވާން. އަސްލު ދޮންބެއަށްވުރެ ކުރިން މެރީކޮށްފިއްޔާ ވަރަށް އޮޑްވާނެތާ” އަކްޔަންވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ. އެކަކު އަނެކަކާ ދިމާނުކޮށް ނިދަން ދިއުމަށް ނަސީމާ ބުނެލިއެވެ. މަޒްހަރުމެން ދެމަފިރީން އެންމެ އުފާވާ އެއްސަބަބަކީއެއީއެވެ. އެމީހުންގެ ތިންކުދިން އެކަކު އެނެކަކާއި ގުޅިގެން އެކުވެރިން ފަދައިން އުޅޭތީއެވެ.

*****

ނިދަންއެނދުގައި ޖައްސާލުމަށްފަހު ނަސީމާ މަޒްހަރަށް ގޮވާލިއެވެ. އަދި އަކްޔަން އެދެއްކީ ރަނގަޅު ވާހަކައެއް ކަމުގައި އޭނަ ދެކޭކަމުގައި ބުނެލިއެވެ. އާއިލީ ދެތިން މީހުނާ މައުވަންގެ ކައިވެނީގެ ވާހަކަ އޭނަ ދެއްކި ކަމަށްބުނެލިއެވެ. އެކަމަކު މައުވަން އާ އެމީހުންގެ އަންހެންދަރީން ހަވާލުކުރަން ބޭނުން ނުވާކަން އެމީހުންގެ ވާހަކަތަކުން އެނގޭކަމަށް ނަސީމާ ބުނެލިއެވެ. “ރާއްޖެތެރޭގައިވެސް މިހާރު ތިބޭނެ ކިޔަވައިގެން ތިބި މޮޅެތި ކުދިން. އަހަންނަންފެނޭ އެތަނުން ކުއްޖަކު އަތުއަޅުވާލަން” ދެންވެސް ވާހަކަ ދެއްކީ ނަސީމާއެވެ. ” ނުކިޔަވާ ހުއްޓަސް ރިވެތި އަޚުލާޤެއް ހުރެއްޖިއްޔާ އެވީ” މަޒްހަރު ބުނެލިއެވެ. އަދި ދެން އެވާހަކަ ދައްކާނީ ފަހުން ކަމަށާއި މިރޭ ދެން ނިދަންއުޅެން ހިނގާށޭބުނެލިއެވެ.

 

57

6 Comments

  1. [email protected]

    November 28, 2017 at 1:53 am

    Wow me first..yaaay..loves it

  2. Lam

    November 28, 2017 at 6:02 am

    Nice..waiting

  3. Kyaara

    November 28, 2017 at 11:49 am

    Wow!!!!! Salhi ekamu maa kuru!!!! Unmeedhu kuran dhen anna part thankolheh dhigu vaane kamah….. Story is fab!!!!! Luv ya Star!!!!

  4. Some 1?

    November 28, 2017 at 7:57 pm

    Plx answer my question
    Loabi vaamyhun nukiyavaa hureemayey kiyaafa reject kuraanetha..does not well educated matters in true love?

    • Star

      November 28, 2017 at 8:23 pm

      not only education. every thing does matter according to situation.

  5. Star

    November 28, 2017 at 8:24 pm

    thanks all

Comments are closed.