Skip to content
އެސްފިޔަ

ކެތްކުރީމޭ އެހެނަސް…..1 ވަނަ ބައި

 

ކެތްކުރީމޭ އެހެނަސް..

މާޒީގެ ދުވަސްތައް ހިތުގެ އެއް ކަނެއްގައި ރައްކާކޮށް މާލެ އައީ ކުޑައިރުއްސުރެ ދެކެވެމުންދިޔަ ހުވަފެންތައް ހަޤީޤަތަކަށް ހަދާށެވެ. އަހަރެންނަކީ އަނގަ ގަދަ ، ކަންތައްތަކުގައި ހިތްވަރުކުރަން ދަންނަ ނަމަވެސް ތިމާގެ ދިފާޢުގައި ބަސްބުނާ ކުއްޖެއްނޫނެވެ. މިއީ އަހަރެންގެ ގާތް ރަހުމަތްތެރިންނާއި ގޭ މީހުން އަބަދުވެސް ބުނެ އުޅޭ ވާހަކައެކެވެ. ” އިފާ އަކަށް ނުހުރެވޭނެ އަނގަ މަޑުންލައިގެނެއް. މިގޭގައި ރެޑިޔޯ ގެންގުޅޭނެ ކަމެއް ނެތެއްނު” މަންމަ އަބަދުވެސް ބުނާނެއެވެ. ބައްޕަގެ އިފާ ބޮޑުވެގެން ވާނީ ޓީޗަރަކަށް ވާހަކަދެއްކޭނެ އޭރުން” ބައްޕަ ހީލާފައި ބުނާނެއެވެ. ރަށު ސުކޫލުން އޯލެވެލެ ހެދުމަށްފަހު މާލެއަށް ބަދަލުވީ އިތުރަށް ކިޔެވުމުގެ ބޭނުމުގައެވެ.

އަހަރެން ބޭނުން ނަމަ އޭލެވެލް ނޫންނަމަ ކޯހެއް ހެދިދާނެ ކަމަށް ބައްޕަ ބުނުއްވިއެވެ. އޯލެވެލްގެ ނަތީޖާ ރަނގަޅުކަމުން އަހަރެންނަށް ހިތްހަމަޖެހޭ ވަރުގެ ކޯހެއް އިތުރަށް ނުކިޔެވިއެއް ކަމަކު ހެދިދާނެއެވެ. އެދުވަސްތަކަކީ ވަޒީފާއަކަށް ދިއުމަށް އިތުރުވާ ދުވަސްތަކެއް ކަމުގައި ބަލައި މާލޭގެ ކޮލެޖެކަށް ޕްރައިމަރީ ޓީޗިން ހެދުމަށްޓަކައި ބައްޕަގެ ރަހުމަތްތެރިއެއްގެ ގޭގައި ހުންނަން އައީއެވެ.

ގޭގައި ތަން ދަތިވުމުގެ ސަބަބުން ކިޔެވުމަށް އަހަރެން އާއްމުކޮށް ގޮސްއުޅެނީ ލައިބްރަރީތަކަށެވެ. ބޮލަށް ފަސޭހަވެފައި ކަމުގައި ޝާމިލްވެ ސިކުނޑި އެއްކަމަކަށް ދީލާލަން އޭރުން މާ ފަސޭހަކަމުގައި ވާތީއެވެ. މާލޭގެ މަގުތަކުގައި އެކަނި ހިނގާފައި އުޅުމަކީ ރައްކާތެރިކަމަކަށް ނުވިޔަސް އެނޫން އިތުރު ގޮތެއްވެސް ނެތުމާއެކު އަބަދުވެސް އުޅެނީ އެކަނިމާއެކަންޏެވެ. މަގުމަތިން އެކި ދުވަހު އެކި ފަހަރު މަތިން މީހުން ދިމާކޮށް އުޅެއެވެ. އަހަރެން އަޅާނުލާ އާދެވޭތޯ ބަލަމެވެ.

މާލޭގެ މަގުމައްޗަށް ނުކުމެވޭ ހަމަ ކޮންމެ ފަހަރަކު އަހަރެންގެ ލޯ އެތައް މިތަނަށް ކަޅިއުކެވެ. ގެއްލިފައިވާ އެއްޗެއް ހޯދަން އުޅޭ އުސޫލުންނެވެ. ތިހާވަރަށް ކީކުރަން މަގުމަތީގައި އުޅޭ  މީހުނަށް އިފޫ ބަލަނީ.؟ އެސުވާލު ފުރަތަމަ ކުރެވުނީ ކޮލެޖުން އައި މަގުމަތީ ކުލާސްކުއްޖެކެވެ. އެތެދެކެވެ. އަހަރެންގެ ދެލޯ ހޯދަމުން މިދަނީ ކޯޗެއް ހެއްޔެވެ؟ ކޯޗެއް ފެންނާނެ ކަމަށް ހެއްޔެވެ؟ ފެނުނަސް ކުރެވޭނެ އިތުރު ކަމެއް އެބަ އޮތް ހެއްޔެވެ؟ އަހަރެންގެ ޟަމީރު އަހަރެންނަށް ވިސްނާދެއެވެ. އެއިން ކޮންމެ ފަހަރަކު އަހަރެން އިސްދަށަށް ޖަހާލަމެވެ.

އަހަރު ދެބައިވެ ފުރަތަމަ ސެމިސްޓަރ ފެށުމާއެކު ރޭގަނޑު ގެއިން ބޭރަށް ގޮސްވެސް ޓެސްޓުތަކަށް ފަރިތަ ކުރާންފެށީމެވެ. އަހަރެން އުޅެނީ ހެންވޭރުގައެވެ. ރޭގަނޑު ގަޑީގައި މަދުމަދުން ޓެކްސީ ބޭނުންކުރި ނަމަވެސް ބައެއް ފަހަރަށް ފައި މަގުގައި ހެންވޭރުން މާފަންނަށް ގޮސް އުޅެމެވެ. އެފަދަ ރޭން ރެއެކެވެ. ވައިޖެހި، ވާރޭ ތިކި ތިކި ޖަހަން ފެށީ އަހަރެންނަށް ލަމްހާމެންގެ ގެއިން ނިކުމެގެން ފުދޭވަރަކަށް ދުރަށްވެސް ދެވުނު ފަހުންނެވެ. ޓެކްސީ ސެންޓަރާ ގުޅަން ކުރި މަސައްކަތްވެސްވީ ނާކާމިޔާބެވެ. އަތުގައި ހުރި ފޮތްތައް ބުރުގާއިން ފޮރުވާލެވޭތޯ ބެލީމެވެ. ހިޔާވާން ތަނަކަށް ނުވަދެއްޖެނަމަ ފޮތްތައް ތެމޭނޭކަން ވިސްނާ ފިހާރައެއްގެ ކައިރީ ނިވާވެލާން މަޑުކޮށްލީ އިތުރުގޮތެއް ނެތިގެނެވެ.

” އީޝް…” ދާދިކައިރިން އިވުނު އަޑާއެކު އަހަރެންގެ ދެލޯ ބޮޑުކޮށްލެވުނެވެ. ފަހަރެއްގައިވެސް އަހަރެންނަށް އެއަޑު އިވިދާނެކަމަށް ޤަބޫލެއްނުކުރެވުނެވެ. އެހެނަސް ޔަޤީންވީ އެއްކަމެއްވެއެވެ. އަހަންނަށް އީޝްއޭ ކިޔާފައި ވާހަކަ ދައްކާނޭ ދެވަނަ މީހަކު ނުހުންނާނެއެވެ. ޤަބޫލުކުރަން ކިތަންމެ ދަތިވިނަމަވެސް އެއީ ހަމައެއަޑެވެ.

 

 

Comments (16)

  1. Icy♡

    Nice
    ♡☆

    1. heeraa
      Icy♡

      thank u icy… my first fan kamah mi belee…. hehe

  2. Angle

    V reethi waiting wairing

    1. heeraa
      Angle

      ޝުކުރިއްޔާ އެންޖަލް

  3. thuhoo

    Nice❤️

  4. Pinky shifoo

    Varah varah reethi… Waiting for next part ??

    1. ހ
      Pinky shifoo

      ޝުކުރިއްޔާ ތުހޫ

  5. Xaaan

    މާޝާﷲ ރީތި

  6. azoo

    reethi haadha kuruko thi funuvee

  7. Jeyz

    Kurey dear Heera

  8. AN

    Reethi but maa kurukoh thi genasdhiny??

  9. heeraa

    ޝުކުރިއްޔާ އެންޖަލް

  10. heeraa

    ޝުކުރިއްޔާ ތުހޫ

  11. HEERAA

    ހުރިހާ ކުދިންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ….. ކުރިއަށް ހުރި ޕާޓުތައް ވެސް ކިޔައްޗޭ

  12. HEERAA

    ވަކިވަކީން ކުދީންނަށް ކޮމެންޓުކޮށް ނުލެވުނަސް ހަމަ ވަރަށް ބޮޑަށްޝުކުރިއްޔާ

  13. jousha

    Nice

Comments are closed.