މައިލީން ޔުއާން އާ ދުރަށް ޖެހިލިއެވެ. އޭނާ މޫނު ފޮހެލިއެވެ. އެހެންނަމަވެސް ކަރުނަތަކަށް ހުއްޓުމެއް ނަޔެވެ. އޭނާ ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލިއެވެ.
“ލީން… ގެއަށް ދާން ވީ ތަ؟” ޔުއާން އަހާލީ މައިލީން އެ ގޮތް ބޭނުން ވެފައި ހުރިހެން ހީވާތީއެވެ. “ނޫން. ނިމުނީމަ އާރާ އާ އެކީ ދާނީ…” މައިލީން ބުނެލިއެވެ.
“ލީން ޔަޝްމް އާ ބައްދަލުކޮއްދޭނީ ކޮން އިރަކުންތަ؟” ޔުއާން އަހާލީ މައިލީން އާ އެކީ ހިނގައިގަންނަމުންނެވެ. “ޔުއާން ބޭނުން ކޮންމެ އިރަކުންވެސް އަންނަންވީ އަހަރެން ޔުއާން ހުއްޓުވައެއްނުލާނަން…” މައިލީން ހިނިތުނެވެލާފައި ހުއްޓެމުން ޔުއާން ގެ ދެލޮލަށް ބަލާލއެވެ.
“ދެން ދޭ ލީން… އައި ވިލް މީޓް ޔޫ ލޭޓާރ…” ޔުއާން ބުނެލަމުން އޭނާ އިންނަ ތަނަށް ހިނގައިގަތީ ދާ ހިތަކުންނޫނެވެ. އޭނާ ބޭނުމީ މިރޭގެ ހުރިހާ ވަގުތެއް މައިލީން އާ އެކީ ހޭދަކުރާށެވެ. އެހެންނަމަވެސް މިރޭ އަދި ވަރަށް ހާއްސަ އެއްކަމެއް އެބައޮތެވެ. އެކަންތައް އެއީ ވެސް މިހާތަނަށް މައިލީން އަށް ނޭގޭ ސިއްރެކެވެ.
“އައިކަލް ސަރ” ސްޓޭޖް މަތީގައި ހުރި މީހާ ގޮވާލުމާއެކު ގޮނޑީގައި އިށިން ޔުއާން އާއި މައިލީން އެ ދިމާލަށް ނަޒަރު ހުއްޓާލިއެވެ. އައިކަލް ތެދުވުމާއެކު އަނެއްކާވެސް އެތަނުގައި އަޑުގަދަ ކޮއްގަތީ އައިކަލް އަށް ދިން ހޫނު މަރުހަބާ ގެ އަޑެވެ.
އޭނާ ސްޓޭޖް މައްޗަށް އަރާ ވާހަކަ ދައްކަން ފެށިއެވެ.
“މިއަދު އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ހާއްސަ ކަމެއް އަންގަދޭން ބޭނުން… އަޅުގަނޑަށް އެނގޭ ހޮސްޕިޓަލް ގައި މަސައްކަތް ކުރާ ގިނަ ފަރާތް ތަކަށްވެސް މިކަމެއް ނޭގޭނެކަން…” އައިކަލް ސްޓޭޖް މައްޗަށް އެރިއެވެ. އެވަގުތު މައިލީން އެ ދިމާލަށް ބަލަން އިނަސް އަލި މަޑުކަމުން ރަނގަޅަށް އެމީހެއްގެ މޫނު ފެންނަ ގޮތެއްނުވިއެވެ. އެހެންނަމަވެސް އެއީ އާއިކް ގެ ބައްޕަ ކަން އޭނާ އަށް ޔަގީންވިއެވެ.
“މިވަގުތު އަޅުގަނޑު މިގޮވާލަނީ އަޅުގަނޑުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅަށް… އާދެ… މުޙައްމަދު ޔުއާން” މުޙައްމަދު ޔުއާން އަށް” އެހެން ބުނެލުމާއެކު އެކަކު އަނެކަކާ ވާހަކަ ދެއްކުން އިތުރުވިއެވެ.
ކޮންމެ މީހަކުވެސް ވަނީ އިވިގެން ދިޔަ ވާހަކައިން ހައިރާންވެފައެވެ. މައިލީން ވެސް ހައިރާންވިއެވެ. އޭނާގެ ހިތުގައި ތަފާތު ޝުއޫރުތައް ދަތުރުކޮއްލިއެވެ.
އެހެން ވެއްޖެކަމަށް ވާނަމަ ޔުއާން އާއި އާއިކް އަކީ އެއްބަނޑު އެއްބަފާ ދެބެން ހެއްޔެވެ؟ ކޮން ފަދަ އިއްތިފާގެއް ހެއްޔެވެ؟ މައިލީން ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ އެއީ ހޮސްޕިޓަލް ގެ ބޮޑުމީހާގެ ވެސް ދަރިއެވެ.
ޔުއާން އެރުމާއެކު ޔުއާން އާ ދިމާލަށް ބަލާލަމުން އައިކަލް ހީލިއެވެ. އަދި އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “މި ވާހަކަ މިހާ ދުވަހު ބޭއްވީވެސް މި ހަފްލާގައި އިއުލާން ކުރަން ވެގެން..” އައިކަލް އިއްވާލިއެވެ.
އިވިގެން ދިޔަ ހަގީގަތާ އެކު މައިލީން އަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. އެހެނަސް އޭނާގެ ހިނިތުންވުން ފަނޑެއްނުވެއެވެ.
ހަފްލާ ނިމިގެން އެކި އެކި މީހުން ނުކުމެގެން ދިޔައިރު ކޮންމެ މީހެއްގެ މޫނު މަތިން ވެސް ފެނިގެން ދަނީ ހިނިތުންވުމެކެވެ. އާރާ އާ އެކީ މައިލީން ވެސް ނުކުތެވެ.
ޒާރިވާ އާއި އަފްޝީން އަދި ނުސްރާ ކާރަށް އަރުވާފައި ފޮނުވާލުމަށްފަހު އާއިކް އާރާ މެން ގާތަށް އައީ އެ ދެމީހުން ގޮވައިގެން ގެއަށް ލައިދިނުމުގެ ބޭނުމުގައެވެ. މިހާ ދަންވަރުގެ ވަގުތެއްގައި ދެމީހުން އެކަނި ފޮނުވަން އާއިކް ގެ ހިތް އެއްބަހެއް ނުވިއެވެ.
އައިކަލް އާއި ފާއިޒް މެހެމާނުން ނާއެކީ މަޑުކުރުމުން ޔުއާން އާއި އާއިކް ނިންމީ ގެއަށް ދާށެވެ. އާއިކް އާރާ މެންގާތު ދޮރުމަތީގައި ހުރި އިރު އެންމެންތައް ގޮސް މަގުމަތިވެސް މިހާރު އަމާން ވެއްޖެއެވެ. ދުއްވާ އެއްޗެއް ވެސް ވެސް ފެންނަނީ ހާލަކުން ފަހަރަކުއެވެ. އެ ދާ އެއްޗެއް ވެސް ދުއްވާ ބާރުމިނުން މައިލީން އަށް ކުދި ކިޔައިލެވުނެވެ.
ޔުއާން އަށް މައިލީން މެން ލޮލުގައި އަޅައިގަނެގެން އައިސް އާއިކް ގާތަށް ހުއްޓުނެވެ. އޭނާ މަޑު މަޑުން މައިލީން ގާތަށް ޖެހިލަމުން އެކަކަށް ވެސް ނޭގޭ ގޮތަށް މައިލީންގެ އަތުގައި ހިފާލިއެވެ. އެއާއެކު މައިލީން އަށް އަނގައިން އަޑެއްލައްވާލެވުނެވެ. “ކިހިނެތްވީ އިލީ” އާރާ ސުވާލުކޮއްލުމާއެކު މައިލީން ފާޑަކަށް ހުރެ ކަމެއް ނުވާކަމަށް ބުނެލިއެވެ. އެއާއެކު ޔުއާން އަށް ހެވުނެވެ. އޭނާ މައިލީން ގެ އަތުން ދޫކޮއްލިއެވެ. “ދޮންބޭ ކިހިނެތް ވީ” ޔުއާން ހޭން ފެށުމުން އާއިކް އަހާލިއެވެ. “ކަމެއްނުވޭ” ޔުއާން ބުނެލިއެވެ.
“އިލީ… މިހުރީ ޑޮކްޓަރ ޔުއާން…. އިލީ އަށް އެނގޭ ދޯ… މި ޑޮންޓަރެކޭ” އާރާ މައިލީން އަށް ޔުއާން ތައާރަފް ކޮއްދިނެވެ. އޭރުވެސް އާރާ ގެ ހިތުގައި ތަފާތު އެއްޗެހި ދައުރުވަމުން ދިޔައެވެ. އޭނާ ބޭނުންވީ މައިލީނަށް އެހެން ބުނުމުން އިތުރު އަސަރުތަކަކާ ބަދަލްތަކެއް އާދޭތޯ ބަލާށެވެ. އެހެންނަމަވެސް އެފަދަ ކަމެއް އޭނާ އަކަށް ފާހަގަ އެއްނުކުރެވުނެވެ.
ޔަޝްމް ޔުއާޏް އާ ވައްތަރު ވުމުން އާރާ އެތައް ފަހަރަކަ ޔުއާން ގެ ވާހަކަ މައިލީން ގާތު އެހިވެސް މެއެވެ. އެކަމަކު މައިލީން ކޮންމެ ފަހަރަކު ވެސް ޔުއާން އާ ޔަޝްމް ގެ ލޯ ވައްތަރު ވުމަކި އިއްތިފާގެއް ކަމަށް ބުނެއެވެ. ޔަޝްމް ޔުއާން އާ ވައްތަރު ވާހަކަ ދޮންތައަށް ސިއްރުކޮއްދޭން އާރާ ގާތު މައިލީން އެދުނުފަހުން އޭނާ އަށް އެކަން ޔަގީންވިއެވެ. އެހެންނަމަވެސް މައިލިން އަށް ޓަކައި އޭނާ އެ ހުރިހާކަމެއް ހިންދައިލައިގެން ހުންނަނީއެވެ. އެ ދުވަހު ޔުއާން ހޮސްޕިތަލް އުން ފެނުގެން ވެސް އާރާ އަށް ހިތުން އެއީ ހަމަ ޔްޝްމް ގެ ބައްޕަ އޭ ބުނެވުނެވެ.
އޭނާ އަށް ޔަގިންވިއެވެ. އެކަމަކު ކުރިންވެސް މައިލީން އެކަން ދޮގުކުރީއެވެ. އާއިކް އާ ގުޅިގެން ޔުއާންގެ ގާތުން ހެއްކެއް ހޯދަންވިއެވެ.
ތަފާތު ހިޔާލް ތަކުގައި ހުރި އާރާ ސިހުނީ މައިލީން އޭނަ އަށް ގޮވާލުމުންނެވެ. މިރޭވެސް އޭނަ އެ ހުރި މައިލީން ގެ ފަރާތުން ޔުއާން އައުމުންފެންނާނޭ އަސަރުތަކަށް ސަމާލުވެއެވެ. ޔަޝްމް ގެ ބައްޕަ އަށް ވާ ކަމުގައި ވަނީނަމަ މައިލީން ގެ ފަރާތުން ކޮންމެވެސް ކަހަލަ އިހްސާސް އެއް އޭނާ އަށް ފެންނާނެއެވެ. އެހެންނަމަވެސް އޭނާއަށް އެކަމެއް ފާހަގަ އެއްނުކުރެވުނެވެ.
“ހިނގާ ދަމާ” އާއިކް އައިސް އާރާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ. އާއިކް ކާރު ނެރުމުން އެންމެން ކާރަށް އެރިއެވެ.
މައިލިން އާ އި އާރާ ގެއަށް ލުމަށްފަހު އާއިކް އާއި ޔުއާން ވެސް ގެއަށް މިސްރާބުޖެހީ ވަރުބަލި ވެފައި ހުރިލެއްބޮޑުކަމުންނެވެ.
މައިލީން ދިޔައިރު ޔަޝްމް ގެ އަޑު ޝާލީން ގެ ކޮޓަރީން އިވެމުން ދާތީ އޭނާ ހައިރާން ކަމާއެކު ދޮރުގައި ޓަކި ޖަހާލިއެވެ. “އެއޮއް އައީ މަންމި” ޝާލީން ދޮރާ ދިމާލަށް އިޝާރތް ކޮއްލަމުން ބުނެލިއެވެ. އެއާކެކު ޔަޝްމް ދުވަމުން އައެވެ. އޭނާއައިސް މައިލީން ގެ ފައިގައި އޮލޫލައިގަތެވެ. މައިލީން ޔަޝްމް އުރާލަމުން ޝާލީން އާ ވާހަކ ދެއްކިއެވެ.
“ކީއް ކުރަނީ އަދިވެސް ނުނިދާ”
“ނޭގެ. މީގެ އިރުގަނޑެއް ކުރިން ހޭލި ގޮތަށް އަދިވެސް ނުނިންދެވިގެން މިއުޅެނީ”
ޝާލީން ވަހަކަ ދެއްކިއެވެ. މައިލީން ގެ މޫނުމަތިން ފެނުނު ހިނިތުންވުން އޭނާ އަށް ހަމަޖެހުން ގެނުވިއެވެ.
ޔަޝްމް ގޮވައިގެން ކޮޓަރިއަށް ވަދެ އޭނާ ފެންވަރައިލައިގެން ނިދާ އެއްޗެހި ލައިގެން އައިސް ޔަޝްމް ގާތުގައި އޮށޯތެވެ.
އޭނަ ސިހުނީ ފޯން ރިންގް ވި އަޑުންނެވެ. ގުޅަނީ އޭނާ ނުދަންނަ ނަމްބަރުން ކަމަށް ވުމުން ފޯން ނުނަގަން އޮއްވާ ވެސް ދެވަނަ ފަހަރަށް ވެސް ގުޅިއެވެ. އޭނާ ހިންހަމަ ނުހެހި ހުރެ ފޯން ނެގީ އެމީހަކާ ދިމާލަށް އެއްޗެހި ގޮވާލުމަށެވެ.
“ވަރަށް ލޯބިވޭ” ފޯން ނެގުމާއެކު ކަންފަތަށް އިވުނު އަޑު މައިލީން އަށް ގަބޫލެއް ނުކުރެވުނެވެ. އޭނާ ގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެއްކަމަކު ހައިރާންކަންވެސް ވެރިވިއެވެ.
“ޔުއާން ތަ؟” އަޑުން ޔުއާން ކަން ޔަގީން ވިޔަސް އޭނާ އަށް އަހާލެވުނެވެ. އެއާއެކު ޔުއާން ގެ ލުއި ހީލުމުގެ އަޑު އިވުނެވެ.
މައިލީން ގެ އަޑުގައިވި ހައިރާން ކަމުން ޔުއާން އަށް އަދިވެސް އެ ނަމްބަރަކީ ޔުއާން ގެ ނަމްބަރުކަން ނޭގޭ ކަން އެނގުނެވެ. އޭނާ މައިލީން އަށް ގޮވާލިއެވެ. “އެކަމަކު ޔުއާން މިންބަރު ކިހިނެތް؟” މައިލީން އަށް އަހާލެވުނެވެ. އެއާއެކު ދެން އިވުނީ ޔުއާން ގެ ލުއި ހުނުމުގެ އަޑެވެ.
“ލީން އަށް އަހަރެންކަން އިނގިގެންކަމަށް ހީކުރީ އެދުވަހު ހޮސްޕިޓަލަށް އައިސް ބުނީ ތިކަންތައް ތިގޮތަށް ނުކުރާށޭ. އަހަރެން ހީކުރީ މެސެޖް ގެ ވާހަކަ ކަމަށް” ޔުއާން ބުނެލިއެވެ. “ސާބަސް… އޭރު ހީކުރީ މާ ބޮނޑި އާ އެއްޗެހި ފޮނުވަނީ ވެސް ޔުއާން ކަމަށް. އެކަމަކު ފަހުން އެނގުނު ޖަޒިލް ކަން…” މައިލީން ވާހަކަ ދެއްކިއެވެ.
އެރޭ ޔަޝްމް ނިންދަވާފައި މައިލީން އާއި ޔުއާން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ. ހޮނިހިރު ދުވަހަކަށް ވިޔަސް މިއަދަކީ ޔުއާން ގެ ޑިއުޓީ ދުވަހެކެވެ. އޭނާ ފެނުމުން ހޮސްޕިޓަލް މުވައްޒެފުން ވެސް އޭނާ އަށް ހާއްސަ ސަމާލުކަމެއް ދޭހެން ހީވެއެވެ. ހޮސްޕިޓަލް ގެ ލިފްޓާ ދިމާލުގައި ހުއްޓި ހުރި ޔުއާން ސިހުނީ ގާތުން އިވުނު އަޑުންނެވެ.
“ހޭ… ތޭންކްސް އަ ލޮޓް އެބައުޓް ފޯ ދި އަދަރ ޑޭ” ޔުއާން އަށް ފެނުނީ ކުރިން ދުވަހު ފެނުނު ޒުވާނާއެވެ.
“ހެލޯ އައެމް ޒާން… ވަރަށް އަވަހަށް މި ހޮސްޕިޓަލް ގައިވެސް ވޯކް ކުރަން ފަށާނަން. ރޭގައި އޮތް ހަފްލާއަށް ވެސް ދިޔައީން… ” އެ ޒުވާނާ ތައާރަފްވެލިއެވެ.
“އޯހެ… އައެމް ޔުއާން… ” ޔުއާންވެސް ތައާރަފްވެލިއެވެ. “ވައިފް ތަ އެއީ” ޔުއާން އަހާލިއެވެ. އެއާއެކު ޒާން ހީލަމުން ބޯ ޖަހާލިއެވެ. ޒާން އަކީ ހިތް ހެޔޮ އޯގާތެރި މީހެއްކަން އެންމެ ފުރަތަމަ ބައްދަލުވުމުންވެސް ޔަގީންވިއެވެ. “އެކަނިތަ ތިއުޅެނީ” ޔުއާން އަހާލިއެވެ. “ނޫން. މިހާރު މަންމަ މެންވެސް އެބައުޅޭ… އަދިވެސް ކިޔާ ދޫނުކޮއްލާތީ” ޒާން ބުނެލިއެވެ.
“ހައު އިޒް ޝީ” ޔުއާން އަހާލިއެވެ. އެއާއެކު ޒާން ލޭ މަދީއޭ ބުނެލިއެވެ.
ދެމީހުން ނަށް މާގިނަ ވާހަކަ ތަކެއް ނުދެކެވުނެވެ. ލިފްޓް އައެވެ. އެއާއެކު ދެމީހުންވެސް ލިފްޓަށް އެރިއެވެ. ޒާން ދިޔައީ ވީ އައިޕީ ރޫމްއަކަށެވެ. އޭނާ ދިޔައިރު އާއިލާގެ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ތިއްބެވެ.
ޔުއާން ގޮސް ފުރަތަމަވެސް މައިލީން އަށް ގުޅާލިއެވެ. “ލީން. ޑިއުޓީ ނިންމާލާފައި އަހަރެން މިއަދު ދާނަން… ޔުއާން ބުނެލިއެވެ. އެއާއެކު މައިލީން ދެކޮޅު ހެދިއެވެ، “ލީން އަހަރެން ބޭނުމެއްނޫން ލަސްކުރާކަށް. ލީން ދެ ދޮންތައަށް ވެސް އެނގޭނެ މިހާރު އެއީ އަހަރެންކަން… އާރާ އަށް ވެސް އިނގިފަ އޮތްތާ ކިތަންމެ ދުވަހެއް މިހާރު ލީން. އައި އެމް ޝުއަރ. ލީން އަށް ނޭގުނަސް އާރާ ރޭގައި އަހަރެމެން ދެމީހުނަށް ބެލި ގޮތް ވަރަށް ތަފާތު” ޔުއާން ވާހަކަ ދެއްކިއެވެ. މައިލީން ވެސް އެއްބަސްވިއެވެ. އޭނާ ޔުއާން އާ އެތަކެއް ވާހަކަ އެއް ދެއްކިއެވެ.
“ދަރިފުޅު ކޮބާތަ؟” ޔުއާން ޔަޝްމް ގެ ވާހަކަ އަހާލިއެވެ. އެއާއެކު މައިލީން ގެ އަޑު މަޑުވިއެވެ. “އެބަ އޮތް” “ބަލީތަ” ޔުއާން އަހާލިއިރު އޭނާގެ ހިތް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ.
އާރާ އަށް މެންދުރެއްހާއިރު އޮފީހުން ފޯނެއް އައެވެ. އެއާއެކު އޭނާ ރީތިވެގެން އަވަސްވެގަތީ އޮފީހަށް ދިޔުމަށެވެ. ގޮސް ވަންއިރު އޮފީހުގައި ތަންކޮޅެއް މީހުން ގިނަކަމަށް ފާހަގަކުރެވުނެވެ.
އެވަގުތު އެތަނުގައި ހުރި ރައްޓެހި ކުއްޖެއް ގާތުން އާރާ ވީ ގޮތް އޮޅުން ފިލުވާލިއެވެ. “ނޭގެ. މީޓިން އެކޯ” އެ ކުއްޖާ ބުނެލިއެވެ. އެއާއެކު އާރަ ފުން ނޭވާއެއްލިއެވެ.
ބާރުބާރަށް އޮފިހަށް ވަދެގެން އައި ޔޫލާ ކޮންމެވެސް މީހެއްގެ ގައިގައި ޖެހުނެވެ. އެއާއެކު އޭނާގެ އަތުގައި އޮތް ފައިލް ބިންމައްޗަށް ވެއްޓުނެވެ. އަދި ގަނޑުތައް އެތަން މިތަނަށް ބުރައިގެން ދިޔައެވެ.
“ސޮރީ…” އޭނާ ތިރިވިތަނާ އަންހެން ކުއްޖެއްގެ އަޑު އިވިގެން ބަލާލިއެވެ. އާރާ އެ ކުއްޖާއަށް އެ ގަނޑުތައް ހޮވުމުގައި އެހީތެރިވެދިނެވެ. އޭނާ އެ ގަނޑުތައް ހޮވާދުނުމަށްފަހު އެ ކުއްޖާ އަ ހަވާލުކޮއްލިއެވެ.
“މީޓީން އަދި ނުފަށާދޯ” އެ ކުއްޖާ އާ ރާ އާ ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ޔެސް. އާ ކުއްޖެއްތަ ތީ” އާރާ ސުވާލުކޮއްލީ އެއީ އާއްމުކޮއް ފެންނަ ކުއްޖަކަށް ނުވީމައެވެ.
“އާނ… މިދިޔަ ވީކް ގަ ޖޮއިން ކުރީ… ސޯ ފްރެންޑްސް” ޔޫލާ އަކީ ވެސް އާޝަލް ކަހަލަ އަނގަ ގަދަ ކުއްޖެއްކަން އާރާ ދެނެގަތެވެ. އޭނާ ސަލާމަށް އަތް ދިއްކޮއްލިއެވެ.
ދެމީހުން ސަލާމް ކޮއްލިއެވެ. އަދި އެކުވެރިވެލިއެވެ.
ޔުއާން ޑިއުޓީ ނިންމާލާފައި އެކްސިޑެންޓް ވެގެން ގެނައި އަންހެން ކުއްޖަކުގެ އޮޕަރޭޝަން އަކާ ހެދި ނިމޭވަރުވީ ރޭގަނޑު ވީ ފަހުންނެވެ. ކިތަންމެ ވަރުބަލި ވެފައި ހުރިނަމަވެސް އޭނާ ބޭނުންވީ މައިލީން އާއި ޔަޝްމް އާ ބައްދަލުކޮއްލަންދާ ދޭށެވެ.
ކާރަށް އަރަން ދިޔައިރު ލާވިޔާ އަށް އުއާން ފެނުނެވެ. އޭނާ ދުވެލާފައި އައިސް ޔުއާން އާ އަރާހަމަކުރިއެވެ. އަދި ޔުއާން ކާރު ހުޅުވާލުމާއެކު ގޮސް އަނެއް ފަރާތުން އަރާ އީށީނެވެ. ޔުއާން ގާތަށް ވަރަށް ރުޅިއައެވެ. އެހެންނަމަވެސް އޭޏާ ކޮންޓްރޯލް ކުރަމުން އަރާ އިށީނެވެ. “ލާވިޔާ އަހަރެން ވަރަށް މުހިންމު ތަނަކަށް ދާން ވެގެން މިދަނީ” ޔުއާން ގެ އަޑުގައިވަނީ ހިންހަމަ ނުޖެހުމެވެ.
ފުން ނޭވާއަކާ އެކި ޔުއާން ބޮލުގެ އިސްތަށި ގަނޑު ތެރެއަށް އަތް މަހާލިއެވެ. އަދި ލާވިޔާ އާ ދިމާލަށް ބަލާލިއެވެ. “ޔުއާން… ” ލާވިޔާ ގޮވާލިއެވެ. އެއަޑުން ދެރަވެފައި ހުރި ހެން ޔުއާން އަށް ހީވިއެވެ.
“ޔުއާން… ޔުއާން ތި ކުރަން ދާ ކަމަކީ އެހާ މުހިންމު ކަމެއްތަ؟” ލާވިޔާ އަހާލިއެވެ. އެއާއެކު ޔުއާން އާއެކޭ ބުނަމުން ބޯ ޖަހާލިއެވެ. “އަހަރެން ގެއަށް ލާ ދެވިދާނެތަ؟” ލާވިޔާ އެދުނީ އޭނާ ގެއަށް ލާފައި ޔުއާން ދާ ތާކަށް ދިޔުމަށެވެ. ހަގީގަތުގައި ލާވިޔާ ޔުއާން އާ ދައްކަން ޖެހޭ ވާހަކަ އެއް އެބައޮތެވެ. އެހެންމެ އޭނާ އެހެން ބުނީއެވެ.
“އަހަރެން ވަރަށް ބޮޑު ވާހަކަ އެއް ޔުއާން އާ ދައްކަން ވެފަ އޮބައޮތް” ލާވިޔާ އާދޭހާއެކީ ބުނުމުން ޔުއާން އަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާ ލާވިޔާ އަށް ބަލާލަމުން ބޯ ޖަހާލިއިރުވެސް އޭނަގެ ހިތާ ސިކުނޑީގައިވަނީ ޔަޝްމް އާއި މައިލީންއެވެ.
“ޔުއާން…” ޔުއާން ކާރު ސްޓާރޓް ކޮއްލުމާށްފަހު މަގުމައްޗަށް ކާރު ނެރުމާއެކު ލާވިޔާ ގޮވާލިއެވެ. “ޔުއާން އެއްޗެކޭ ބުނުމުގެ ބަދަލްގައި ހަމައެކަނި ހޫމް އަކުން ފުއްދާލީއެވެ. “ޔުއާން” ދެވަނަ ފަހަރަށް ލާވިޔާ ގޮވާލީ ޔުއާން ކާރު ދުއްވާލީމައެވެ. ލާވިޔާ ގޮވާލުމާއެކު ޔުއާން ލާވިޔާ އާ ދިމާކަށް ބަލާލުމަށްފަހު އަނެއްކާވެސް މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ.
“ޔަޝްމް އެއް ދެނެއް ސަލާމަތެއްނުވާނެ. އައި މީން އިޓްސް ވެރީ…” ލާވިޔާ ހާމަ ކޮއްލި ހަގީގަތުން ޔުއާން އަށް ކާރު ބުރަކި ޖައްސާލެވުނެވެ. އޭނާ އަށް ލާވިޔާ އަށް ބަލާލެވުނެވެ. ލާވިޔާގެ މޫނުމަތިންވެސް ދެރަވެފައި ހުރި ވަރު ހާމަވެގެން ދިޔައެވެ. އެވަގުތު ލާވިޔާ ޔުއާން ގާތު އެ ހަގީގަތް ހާމަކޮއްލީ ކީއްވެބާއޭ ޔުއާން ގެ ސިކުނޑިއަކަށް ނަޔެވެ. އެވަގުތު އޭނާގެ ހިތާއި ސިކުނޑީގައި ވަނީ ނޭގޭ ހުސްކަމެކެވެ. “ލީން އަށް އެނގޭތަ؟” އިރުކޮޅެއް ފަހު ޔުއާން އަހާލިއިރު އޭނާގެ ލޮލަށް ވެސް ކަރުނަ ޖަމާވަމުން ދިޔައެވެ.
“ނޫން” ދެފަރާތަށް ބޯ ހުރާލަމުން ލާވިޔާ ބުނެލިއެވެ. އަހަރެން މައިލީން މެން ގެއަށް ދިޔައިން” ލާވިޔާ ބުނެލިއެވެ. “އެނެމް ފަހުން ރީކަލް އާއި އަހަރެން ޑިސްކަސް ކޮއްފަ ދިން ބޭހުންވެސް އަސަރެއްނުކުރި… ސާޖަރީ އެއް ހަދާކަމުގައިވަނީނަމަ އެ ޗާންސް ވެސް ވަރަށް ހަނި” ލާވިޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
ޔުއާން އަށް އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮއް ފަހަތުން ބަރުގޮނު ގެ އަޑުތައް އިވެން ފެށިއެވެ. ކާރު މަޑުކޮއްލައިގެން އޮވެވުނީ މަގު މެދުގައިކަން އެނގުންވެ އޭނާ ކާރު އެއްފަރާތަށް ގެންގޮސް މަޑު ކޮއްލިއެވެ.
އިރުކޮޅަކު އެއްޗެށް ބުނަން ނޭގިފައި ޔުއާން އަށް އިދެވުނެވެ. “އެދުވަހު ލާވިޔާ އެ ގެއަށް ދިޔައީ ޔަޝްމް ގެ ކަމެއްގައިތަ؟” ޔުއާން އަހާލިއެވެ. ލާވިޔާ ބޯ ޖަހާލުމާއެކު ޔުއާން އަށް އޭނާގެ އަތް ހުންގާނުގައ ޖައްސާލަމުން ބޯ ވެސް އެ އަތުގައި ޖައްސާލެވުނެވެ. އޭނާ މިއަދު މައިލީން ގާތަށް އެދަނީ ހާދަ އުންމީދަކާ އެކީގައެވެ. ޔަޝްމް އާ ވާހަކަ ދައްކާލާ މަޖާ ކޮއްލަން އޭނަ ނުހަނު ބޭނުމެވެ. މި ވީ ފަސްއަހަރު އެދަރިފުޅަށް ނުދެވުނު ލޯބި ހޯދައިދޭން އޭނާ ބޭނުމެވެ. އެހެންނަމަވެސް…
“ސާޖަރީ އެންމެ ފަހު އޮޕްޝަން އަކީ.. އެކަމަކު ލެސް ދޭން ޓްވެންޓީ އައި ކެން ގިވް” ލާވިޔާ ބުނެލިއެވެ. ޔުއާންގެ ހިތް ހުއްޓުނު ކަހަލަ އެވެ. މޭ ތެރޭގައި އޮތް ހިތް ޗިސްޗިސްވިފަދައެވެ. އޭނާ އަށް އިސްޖަހައިގެން އޮތް ބޯ ނެގާ ލާވިޔާއަށް ބަލާލެވުނެވެ.
“މަޑުކޮއްބަލަ… ލާވިޔާ އަހަރެން ގާތު ޔަޝްމް ގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟” ޔުއާން ކުއްލިއަކަށް އަހާލިއެވެ.
“ތީ ޔަޝްމް ގެ ބައްޕަ އަށް ވާތީ… މައިލީން އަށް މިފަދަ ހަބަރެއް ދޭނެ ހިތްވަރެއް އަހަރެންގެ ނެތް…” ލާވިޔާ ބުނެލިއެވެ. އެއާއެކު ޔުއާން ގެ ބަސްހުއްޓުނެވެ. އޭނާ އަށް ބުނާނެ އެއްޗެއް ނޭގި ލާވިޔާ އަށް ބަލަން އިނދެވުނީއެވެ.
“ވަޓް ކިހިނެތް ލާވިޔާ އަށް ކިހިނެތް” ޔއުާން އަށް ވާހަކަ ދަނއްކަން އުނދަގޫވިއެވެ. އޭނާ ދެ ދޫ ހަރަކާތް ކުރީ ވަރަށް އުނދަގުލުންނެވެ.
“އަހަރެންވެސް ޔުއާން ދެކެ ލޯބިވޭ. އެކަމަކު… އަހަރެން ދެން ޔުއާން ބޭނުމެއްނޫން.. ގޯ އެންޑް ގިވް އޯލް ޔޯ ލަވް ޓް ހާރ. ޔަޝްމް އަށް ބައްޕަ އެއްގެ ލޯބި ދީ” ލާވިޔާ އެހެން ބުނެފައި މަޑުކުރުމެއްނަތި ކާރުން ފޭބީ އޭނާ ގެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތަށް ޔުއާން އަށް ނުދެއްކުމަށެވެ. އޭނާ ޔުއާން ގާތު ލޯބިވާކަން މިއަދު އެ ހާމަ ކުރީ އެންމެ ފަހު ފަހަރުއެވެ. ދެން ދުވަހަކުވެސް ޔުއާން ގާތު އެހެން ނުބުނަން އަމިއްލަ ނަފްސަށް ވައުދުވަމުންނެވެ.
ދެނެއްއޭނާ ޔުއާން ގާތު އޭނާ ލޯބިވާކަން ހާމައެއް ނުކުރާނެއެވެ. ޔުއާން އާ އެހެން މީހަކާ ދެމެދު އެފަދަ ގުޅުމެއް އޮންނާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ. އެހެންނަމަވެސް އޭނާއަށް ޔުއާން އާއި އެހެން މީހަކާއި ދެމެދު އޭނާ ދުވަހަކުވެސް ހީނުކުރާފަދަ ގުޅުމެއް އޮތްކަން އެނގުނު ދުވަހުން ފެށިގެންއެ ހިތް ދިޔައީ ފިސްފިސް ވަމުންނެވެ. ޔުއާން އޭނާގެ ދަރިފުޅަށް އެދޭވަރު އޭނާއަށް ފެނުނު ދުވަހަށްފަހު އޭނާގެ އުފާތަކަށްވުރެ އޭނާއަށް މުހިންމުވީ ޔުއާންގެ އުފަލެވެ.
ލާވިޔާ ކާރުން ފައިބައިގެން ގޮސް ޓެކްސީއަކަށް އަރަންދެންވެސް ޔުއާން ބަލަހަށްޓައިގެން އިނެވެ. އޭނާ ވިސްނަމުންދިޔައީ ލާވިޔާއަށް އެކަން އިނގުނު ގޮތަކާއި މެދުގައެވެ. އެހެން އިންއިރު އިރުއިރުކޮޅަކާ ބޮލުގެ އިސްތަށިގަނދުގައި އަތް ހިންގައިލާނެއެވެ. އެގޮތުގައި ފަނަވަރަކަށް މިނެޓް ހޭދަވެގެންދިޔައެވެ. ކުއްލިއަކަށް މައިލީންއަށް ގުޅާފައި އެ ގެއަށް ދާވާހަކަ ބުނި ހަނދާން ވުމުން އަވަހަށް ކާރު ދުއްވާލިއެވެ.
ދުއްވަމުން ދިޔައިރުވެސް ޔުއާންއަށް ވިސްނެމުންދިޔައީ ޔަޝްމް އާއި ދޭތެރޭގައެވެ. އަދިވެސް އެއްފަހަރު މައިލީންގެ ކިބައިން މާފަށް އެދެން އޭނާ ބޭނުންވިއެވެ. ތަޤުދީރު އޭނާއާއި މިކުރަނީ ކޮންކަހަލަ ސަމާސާއެއްހެއްޔެވެ؟ އޭނާގެ ލޯބި އޭނާއަށް ލިބުނެއްކަމަކު އޭނާގެ ދަރިފުޅު އޭނާއާއި ދުރައްދާތަން ބަލަން އޭނާއަށް ކެތްކުރެވޭނެހެއްޔެވެ؟ ނޫނެކެވެ. އޭނާގެ ދަރިފުޅައްޓައި އޭނާ ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ.
މައިލީންއަށް އެކަން އަންގަން އޭނާ ބޭނުމެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ އެ ހިތްވަރު ނެރެން ބޭނުމެވެ. އޭނާއާއި އެދަރިފުޅާއި ބައްދަލުވީ އަދި އިހައް ދުވަހުއެވެ. އޭނާ ޔަޝްމް ދެކެ އެހާ ލޯބިވާއިރު މައިލީން އެ ކުޑަކުޑަ ފުރާނަ ދެކެ އަދި ކިހާ ލޯބި ވާނެ ހެއްޔެވެ؟ އެ ހަބަރު އަހާފައި މައިލީންއަސް ކެތް ކުރެވޭނެހެއްޔެވެ؟
ޔުއާންގެ ސިކުނޑީގައި އެތައް ހިޔާލްތަކެއް ދައުރު ވަމުން ދިޔައެވެ. އޭރު އޭނާގެ ލޮލުގައި ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ނަމަވެސް އޭނާ ދިޔައީ ރުއިން ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުންނެވެ. މަގުގެ އެފަރާތުގައި ކާރު ޕާކުކޮށްލީ އެތަނުން ފިހާރައަކަށް ވަދުމުގެ ބޭނުމުގައެވެ. ކާރުން ފޭބުމުގެ ކުރިން އަތުގެ ނުފުށުން ކަރުނަތައް ފޮހެލިއެވެ.
ޔަޝްމް ނިދިއައިސްގެން އުޅޭތީ މައިލީން ޔަޝްމް ނިންދެވިއެވެ. އޭނާ ޔަޝްމް ނުނިންދަވާ އެހާއިރު ވަންދެން ބެހެއްޓީ ޔުއާން އަންނަ ވާހަކަ ބުނުމުންނެވެ.
ޔަޝްމް ނިންދެވުމަށްފަހު މައިލީން ސިޓިންރޫމަށް ނިކުތީ ޔުއާން އައިސް އޭނާއަށް ގުޅާނެކަމަށް ހީކޮށެވެ. އެހެން އިންދާ ޝާލީން ކޮޓަރިން ނުކުތެވެ. ޝިޔާޒްވެސް ރޭގަނޑު ޑިއުޓީ ކަމުން ގެއަކު ނެތެވެ. މައިލީން ޝާލީން ގާތު އެއްޗެއް ބޭނުން ވީތޯ އަހާލިއެވެ. ޝާލީން ބޯ ދެފަރާތައް ހޫރާލީ ނޫނެކޭ ބުނުމުގެ ބޭނުމުގައެވެ.
” ނިދަންއުޅިއުޅި ނުނިދިގެން މި ނުކުތީ…. އިލީ މިތާ އިންނާނެ ކަމަކަށް ނޫން…” ޝާލީން ވީގޮތް އޮޅުންފިލުވްއިލަދިނެވެ. މައިލީން ހިނިތުންވުމަކުން ފުއްދާލިއެވެ.
އެހެން ތިއްބައި އެޕާޓްމެންޓޮގެ ދޮރު ހުޅުވުނު އަޑައް ދެމީހުންގެ ނަޒަރުވެސް އެދިމާލައް ދަތުރުކުރިއެވެ. ދޮރު ހުޅުވާ ގެއަށް ވަނީ އާރާއެވެ. އާރާ އާއިކްއާއި އެކު ބޭރުގައި އުޅިފައި ގެއަށް އައީ އަދިކިރިޔާއެވެ.
އާރާގެ ފަހަތުން ވަން އާއިކް ފެނި މައިލީންއަށް ސިހުން ގެނުވިއެވެ. ކުއްލިއަކަށް އޭނާއަށް ސޯފާއިން ތެދުވެވުނެވެ. “ނޫން..” މައިލީންއަށް ވީގޮތުން އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ.
“ކިހިނެތް ވީ؟ … ” ޝާލީން އަހާލިއެވެ.
“ކަ…ކަ..ކަމެއްނުވޭ…މި… ފޯން ބަލާދާންވެގެން..” މައިލީން އަށް ރަނގަޅަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. އެހެންވެ އޭނާ ހަދާލީ ދޮގެކެވެ. އަވަސް އަވަހަށް ކޮޓަރިއަށް މިސްރާބު ޖެހީ ޔުއާންއަށް ގުޅުމުގެ ބޭނުމުގައެވެ.
ކޮޓަރިއަށް ވަދެ ޑްރެސިންޓޭބަލް މަތީގައި އިން ފޯން ނަގާ އަވަހަށް ޔުއާން އަށް ގުޅާލިއެވެ. ރިންގްވެފައި ފޯނު ކެނޑުނީއެވެ. އަނެއްކާވެސް ގުލާލިއެވެ. “ފޯން ނަގާބަލަ ޔުއާން.. ޕްލީޒް…” މައިލީންއަށް ބުނެވުނެވެ. މިފަހަރުވެސް ރިންގްވެފައި ކެނޑުނީއެވެ. މައިލީން ހާސްވިއެވެ. އާއިކް އައި ވާހަކަ އޭނަ ޔުއާން ކައިރީ ބުނާނީ ކިހިނެތް ހެއްޔެވެ؟
ކުޑަކޮށް ކޮޓަރި ދޮރު ހުޅުވާލާ އާއިކް ދިޔައީތޯ ބަލާލިއެވެ. އާއިކް އިނީ ޝާލީންއާއި ވާހަކަ ދައްކާށެވެ. އާއިކް ދާނެ އިރެއް ވެސް އިނގެނީކީ ނޫނެވެ. އަނެއްކޮޅުން މި ޔުއާންވެސް ފޯނެއް ނަގަނީކީނޫނެވެ. ކޮންކަހަލަ ފިރެހެނެއްހެއްޔެވެ. އެންމެ މުހިންމުވެގެން ގުޅާ ވަގުތު ފޯނެއް ނުނަގާނެއެވެ. އެހެންނޫނިއްޔާ ފޯނު އަތުގައި ނޯންނަ އިރެއް މަދުވާނެއެވެ. މައިލީން ދިޔައީ ހިތާ ހިތުން ޔުއާންއަށް ކުދި ކިޔަމުންނެވެ.
ފޯން ހިފައިގެން ދެކޮޅަށް ކޮޓަރިތެރޭގައި ހިންގަން ފެށިއެވެ. މެސެޖެއްކޮށްލަން ކުއްލިއަކަށް ހިތައް އެރިއެވެ. އެހެންކަމުން މައިލީން ޔުއާންއަށް މެސެޖެއް ކޮށްލިއެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ ޔުއާންއަށް އެ މެސެޖް ފެންނާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ކަންހިނގާނެ ގޮތް މައިލީންއަށް އަންދާޒާވެސް ކޮށްލެވިފައެއް ނެތެވެ.
ހިތާ ހިތުން ދުޢާ ކުރަމުން ކޮޓަރިން ނިކުމެގެން ގޮސް ސޯފާގައި އިށީނެވެ. އެމީހުންގެ ވާހަކައިގައި މައިލީން އިނީ އާނ ހޫނ ކިޔާލަކިޔާލައެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި ވަނީ އެހެން އެއްޗެކެވެ.
ޔުއާން ފިހާރައަށް ވަނީ މައިލީން ހިތްހަމަޖައްސާލަދިނުމަށްޓާކައި އެއްޗެއް ގަނުމުގެ ބޭނުމުގްއެވެ. އޭނާ ބޭނުންވާ އެއްޗެހި ގަނެލާ ކުންޓަރަށް ލާރި ދެއްކުމަށްފަހު ފިހާރައިން ނުކުތެވެ. ކާރަށް އަރާ ދޮރު ލައްޕާލާ ކާރު ސްޓާޓުކޮށްލިއެވެ. ހުންގާނުގައި ހިފާލި ވަގުތު ލޮލުގައި ފޯނު އަޅައިގަތެވެ. ކާރުގައި ފޯނު ބައިންދާފައި ނިކުމެވުނުކަން ހަނދާންވީ ދެނެވެ. ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
މައިލީންމެން ގެއާއި ހިސާބަށް އާދެވުމުން މަގުގެ އެއްފަރާތުގައި ކާރު ޕާކްކޮށްލުމަށްފަހު އޭނާ ގަތް މާބޮނޑި ހިފައިގެން ފޭބިއެވެ. ގެއާ ހިސާބަށް ދެވުނުތަނާ ފޯނު މަތިން ހަނދާންވުމުން “ޝިޓް” އޭ ބުނެ އަނެއްކާވެސް ކާރާދިމާލަށް މިސްރާބުޖެހިއެވެ. ޔުއާން ދިޔައީ ކުޑަކޮށް ދުވެލާފައެވެ. ފޯނު ނަގާ ޖީބައްލަމުން އިމާރާތައް ނަޒަރު ހިންގާލިއެވެ. ފުން ނޭވާއެއް ލާ އިމާރާތާދިމާލައް މިސްރާބުޖެހިއެވެ.
ޝާލީންމެންކައިރީ އިން މައިލީން އިނީ ފޯނަށް ނަޒަރު ހުއްޓައިލައިގެންނެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވެފައިވާކަން އެނގެއެވެ. އެމީހުން ދައްކާވާހަކައިން އެއްވެސް އެއްޗެއް އޭނާއަކަށް ފަހުމެއްނުވެއެވެ. ނަމަވެސް ބުނާ އެއްޗަކާއި އެއްބަސްވުމުގެ ގޮތުން ބައެއްފަހަރު ބޯ ޖަހާލައެވެ. ޔުއާން ގާތު އޭނާ އަށް އޮތީ އުޅެނީ ކޮން ފްލޯއެއްގައިކަން ވެސް ބުނެފިފައެވެ. އެކަމަކު އެ ފްލޯގެ ކޮން ބައެއްގައިކަމެއް ނުބުނެއެވެ. އޭނާ ބިރުގަންނަނީ އާއިކް ނުކުންނަ ގަޑީގައި ވިޔަސް ޔުއާން އަށް ފެނިދާނެތީއެވެ. ޔުއާން ހުރީ ވެސް ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
އާއިކް ދެފަހަރައްވެސް މައިލީންއާއި ދިމާލަށް އެއްޗެކޭ ބުނެލިއެވެ. އޭނާ އިނީ އިސް ޖަހައި ލައިގެންނެވެ.
“އިލީ… އިލީ…” ޝާލީން އެއްފަހަރު ގޮވާލުމުން އަޑު ނީވުމުން ތަންކޮޅެއް ބާރައް ގޮވާލިއެވެ. ” އާއިކް އެ ވާހަކަ ދައްކަނީ އިލީ އާ އޭ…. ކިހިނެތްވެފަތަ ތިއިނީ…” ސިހުންލިބިފައި ބަލާލި މައިލީންއަށް ޝާލީން ބުނެލިއެވެ.
“އާ… އާއިކް ބުނީ އާރާ ބުންޏޭ މިގޭގަ ވަރަށް ލޯބި ބޭބީ އެއް އުޅޭ ވާހަކަ… ކޮބާތަ ބޭބީ؟؟؟ އާނ… ހަނދާންވެއްޖެ ޔަޝްމް ދޯ ކިޔަނީ..” އާއިކް މައިލީން ގެ ޖަވާބުގެ އިންތިޒާރުގައި އިނެވެ.
“ނިދާފަ…” މައިލީންގެ ޖަވާބު ކުރެވެ. މައިލީންގެ މޫނުމަތިން ނުތަނަވަސް ކަން ފާޅުވީ ގޭގެ ބެލް ޖެހި އަޑު އިވުމުންނެވެ. ނަމވެސް ޔުއާންއަށް އޭނާ އުޅޭ ފޮލޯއެއް ނޭނގޭނޭ ހިތައް އަރުވާލާ ހިތްހަމަޖައްސާލިއެވެ. ޝާލީން ތެދުވަން އުޅުމުން މައިލީން މިދަނީއޭ ބުނެ ދޮރާދިމާލަށް މިސްރާބުޖެހިއެވެ.
މައިލީން ސިހުނީ ދޮރު ހުޅުވައިލި އިރު މޫނުމަތި މާބޮނދި އަޅައިގެން ހުރި މީހާ ފެނިފައެއެވެ. ނަމަވެސް އޭނާއަށް ބަލާލާ މައިލީންއަށް އެއީ ކާކުކަން އަންދާޒާކޮށްލެވުނެވެ. ހާސްވެފައި ގޭތެރެއަށް ބަލާލެވުނެވެ. ޔުއާން މޫނުމަތިން މާބޮނޑި ދުރުކޮށްލިއެވެ.
“ޔުއާން… އަވަހަށް ދޭ… ހަމަ… މި..މިހާރު…” މައިލީންއަށް ކިޔޭ ނުކިޔޭ އެއްވެސް ނޭނގުނެވެ. ޔުއާންއަށް އަހާލެވުނީ ތި ކިޔަނީ ކީކޭ ހޭ އެވެ.
“އިލީ…” މައިލީން ނައިސް ލަސްވާތީ ޝާލީން ގޮވާލިއެވެ. މައިލީން އެއަށް ޖަވާބެއް ނުދެއެވެ.
” އާއިކް އެބަ އިނޭ ޔުއާން… ދެންވެސް އަވަހަށް ދޭބަލަ…ފެނިދާނެ… އާއިކްއަށް…” މައިލީންއަށް ބުނެވުނީ އެވަރަށެވެ. ” ކޮންމެސް ދުވަހަކުން އިކްއަށްވެސް އިނގޭނެ މިކަން… ފޮރުވުމުގެ ބޭނުމަކީ ކޮބާ…” ޔުއާން ބުނަން އުޅުނު ވާކަކަ ފުރިހަމަ ނުކުރެވުނީ އަނެއްކާވެސް ޝާލީން ގޮވާލި އަޑު އިވުމުންނެވެ. މައިލީން ގޭތެރެއަށް ބަލާލާ ޔުއާން ހުރި ދިމާލައް ބަލާލިއިރު ޔުއާންއެއް ނެތެވެ.
މައިލީން ހުރީ ދޮރުގެ އެއް ކަނުގައި އަތް ވިއްދާލައިގެންނެވެ. އެހެންކަމުން އެ އަތް ދަށުން އެތެރެއަށް ޔުއާން ދެމިގަތްއިރު މައިލީންއަށް ރޭކާ ނުލީއެވެ.
ޔުއާން ފެނި އާއިކްއަށް ސިހުންލިބި ކޮއްޅައް ތެދުވެވުނެވެ. ނަމަވެސް ޔުއާން އާއިކް އަށް ހަދިޔާ ކޮށްލީ ހިނިތުންވުމެކެވެ. ޝާލީން އާއި އާރާވެސް ސިހުން ލިބިފައި އެކަކު އަނެއްކަކަސް ބަލާލިއެވެ. އާއިކްއަށް އެއްޗެއް ނުބުނެވުނީ ގޭތެރެއަށް ވަދެގެން އައި މައިލީން އާއި ވާހަކަދެއްކުމުންނެވެ.
” ކޮބާ ޔަޝްމް؟؟؟”
މައިލީންއަށް ބުނާނެ އެއްޗެއް ނެނގުނެވެ. އެވަގުތު އެންމެންގެ ނަޒަރުވެސް ހުއްޓިފައި ވަނީ މައިލީން އަށެވެ. އެހެންވެ އޭނާއަށް ވާހަކަދައްކަން އުނދަގޫވީއެވެ.
ޔަޝްމް ހޭލައިގެން ރޮއެގަތީ ހަމަ އެވަގުތުއެވެ. ޔަޝްމް ކޮޓަރިން ނިކުތީ އެކަކުވެސް ނެތުނުންނެވެ. ހޭލެވުނުއިރު އެއްވެސް މީހަކު ނެތުމުން ބިރުގަތީއެވެ. މާބޮނޑި އާ ޕާރުސަލް އާ އެތާހުރި މޭޒުމަތީގައި ބައިންދާފައި ޔުއާން އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ޔަޝްމް އުރާލިއެވެ.
“ދަރިފުޅާ… ކިހިނެތް ވީތަ.. ޑެޑީ މި އައީ އޭ.. ދެން ނުދާނަން ދޫކޮށްފައެއް…” ޔުއާން ޔަޝްމް ހަމަޖެއްސޭތޯ މަސައްކަތް ކުރިއެވެ. އޭރު އެދިމާލަށް ބަލަހައްޓައިގެން ހުރި އާއިކް ހުރީ ހައިރާން ވެފައެވެ. އެ ކުއްޖާއާއި ދޮންބެއާއި ވަރަށް ވައްތަރެވެ. މައިލީންގެ މަދު ސިފައެއް ނޫނީ އެ ކުއްޖާއަށް ލިބިފައެއް ނެތެވެ. އޭރު ޔަޝްމް އުރާލައިގެން ހުރި ޔުއާން އާއި ދިމާލައް ބަލަހައްޓައިގެން ހުރި މައިލީން ހުރީ ފެންކަޅި ވެފައެވެ.
” ދޮންބޭ….” އާއިކް ބުނަން އުޅުނު އެތި ހުއްޓާލީ ޔުއާން އަތުން އިށާރާތް ކޮށްލުމުންނެވެ.
“ފަހުން… މިގަޑިއަކު ނޫން… ޕްލީޒް…” ޔުއާން އާއިކް އާއި ވާހަކް ދެއްކީ ޔަޝްމް އަށް ބަލަހައްޓައިގެން ހުރެއެވެ.
“ލީން” ޝާލީން މައިލީން އަށް ގޮވާލީ އޭނާވެސް ޖަވާބެއް ބޭނުންވާފަދަ ގޮތަކަށެވެ. އެކަމަކު މައިލީން ނޯ ޖަހާލާ ޝާލީން އަށް އިޝާރާތް ކޮއްލީ އިހަށް މަޑު ކުރުމަށެވެ.
އާރާވެސް ހުރީ ބުނާނޭ އެއްޗެއް ނޭގިފައެވެ، އެނާ އަށް ކުރިނެ ވެސް ޔުއާން އާއި މައިލީން އާ އެފަދަ ގުޅުމެއް އޮތްކަން ފަހުމް ވެފައި ވިއެވެ. އެކަކަމު މައިލީން އެކަމަށް ދެކޮޅު ހަދާފައި އެ ވާހަކަ ނުބުނަން ބުނުމުން އޭނާ ވެސް ފަހުން އަލާނުލާ ހުރީއެވެ.
“ޑެޑީގެ ޕްރިންސެސް” ޔުއާން އެންމެންގެ ތެރޭގައި ޔަޝްމް ގެ ކޮލުގައި ބޮސް ދެމުން މައިލީން އެވަގުތު ހިފައްޓައިގެން ހުރި ކަރުނަތައް ބޭރުވެގެން ދިޔައެވެ.
“ދޮންބޭ” ފެންނަމުންދާ މަޒަރު އާއިކް ހުރި ގަބޫލުކުރަން ދަތިވެފައެވެ.
ޔުއާން އަނެއްކާވެސް އެދުނީ އިހަށް މަޑު ކުރުމަށެވެ. “އިކް ޕްލީޒް. ފަހުން. މިވަގުތު އަހަރެންގެ ދަރިފުޅާ އެކީ ވަގުތުކޮޅެއް ހޭދަކޮއްލަން ދީ…” ޔުއާން އެހެން ބުނެ މައިލީން އަށް ބަލާލީ އޭނާ އާ އޭނާގެ ދަރިފުޅަށް އެކަނި ވަގުތު ކޮޅެއް ހޭދަކޮއްލަން ދޭށޭ ބުނާފަދަ ގޮތަކަށެވެ.
(ނުނިމޭ)
103 Comments
Comments are closed.
Wow… nice
Varah wait koffin.. ??
Assalaam’Alaikum. So heres the next part where yuan meets yashm. Lets wait and see what hpns next. I think yuan yashm aa meet nuvegen ulhunu kudhin ufaavaanekamah at the same time sad vaane kamah. Btw do comment ur views on DHEN VAANI KIHINEHBAA???. ? And dont forget to comment on the new cover photo. kuree part ah dhin support ashaa comment kuri hurihaa kudhinnah varah haassa shukuriyya eh. E part ga reply nukoh huri comment thakah ves reply kohlaanan. In Sha Allah. U ufaavehjje ingey asluves. Thankyou All.
Jazakallah Khairan. ?????
Thankiu HiMi
I cried so much
Hama inthizaaru koh koh huhtaa thi up kohlee.. ekamuvx firsteh nulibunu??
Aishath Nasyra
??
Varah reeethii…..varah madhun comment kuriyas i read mi vaahaka gavaidhun……love ur work himi…..love❤?
Alhe ..bunaane anchenvase neyga ..haadhareeche…reyga partan vuranvase mi part reethi han hyvani….vvvvvv reethi…hi mi haadha molhey masha allah…
Hi mi kyva pic ga leen nathey?????akam vase varan reethi….?????????
I thin zaan a aeee yashoo an treat kuran dhw hi mi…….yashoo an ahen nahadha..????
Wow my luving Hi Mi… Anehbai up kohly dhw… Thanks a lot… Story kiyaalaairu hama hyvany asleh hen… Ehaaves rythikoh ebahuri sifakohla dhyfa… Hama ehvaney bunelaany… Ehaaves furihama… Story kiyamun dhaairu rythikamun n furihama kamun sonivehttey varuvey… Haadha haavaa molhey Hi Mi story liyelan
Wow hi mi
V reethi
Hama wait kuranikoh thi up kohla dhiny. .
Thank u..??
But yashm ah gotheh nuhadhaathi..?
❤❤
Speechless… Story is just awesome… ??
Hi meeeeeeeeeeeeee
Haadha reechey mi episode ves
Story hama vv habeysss
Nw the cover was superb
with yashoo
???
Omg ?…waiting for next part ❤ ❤
Hey Hi Mi.. I’m much better after reading this part ?? how are you??? Vrh reethi ❤️ its amazing ? Hi Mi konthaakun tha thi haa molhah sifa kuran dhaskury?? ?? Fabulous ? yuaan n yashm ??? their bond… uhhh… Vrh vrh happyy at the same time sad.. cuz yashm ge medical condition… Yashm ah dhera gotheh nuhaadhathi….. Or else maileen n yuaan moyavedhaane ?? plz plz save yashm ❤️?❤️?❤️ yuaan jeheyne dhw emmenaa face kuran… Their questions ? but I know yuaan is ready to face it…???? I love the cover pic ingey ? when next part??? Eagerly waiting… Story nimen tha e ulheny????? Good luck Hi Mi?❤️?❤️ nyts ?
Woww… I love this part.. Yuaaan take Ur time with yashmu.. Next part Knirakun… V beynun kiyaalan avahah..
Hi Mi yashmuah dhera gotheh nahadhaathi inge.. Vaahaka varhlwbi.. Keep it up.. But kuriyah oih part thankolheh dhigukohla dhehchey
Zoya dheranuvey yashmuah dheragotheh viyaka nudheynan
avahae denoebaa up kohdeeba plx plx himi
haadha reethi ey mi part ves ekamu thankolhe kuree
Wow v salhi
Alheyyyyyy
?????
Enme reeethi vy hisabun thi ninmaaalyyy
V v v salhi
Welldone
Hospital thereyn aaraa aa dhimmavi furolhulee gondeega ineee kaaku kan adhi neynge dhw HiMi
Waiting for next part
ލާވިޔާއަށް އެހެން ނަަހަދާ އެ ކޮޔާ އަޅާލާ އެ ކޮޔަށް ލޯބިދީ ?
Laaviyaa dhee mashah varah loabin gengulheynan
Adhi eh part plxx ??
Haadha reehcheyy? ehaa avahah up kolla dhinythy v v v bodah shukuriyya.. Iyye ge cover pic fenunyma hithaheri yashm in nama adhi maa rythivyhey.. Mihaaru ekan ves a othy Vefa..hehehe? v salhi!
Adhi alah mi comment kuree but Story kiyan v v v teethi?????
Wow. Masha Allah haadha reehchey. ?. Waiting..vvv Kiya hithun mihiree next part..avas kollahchey hi mi.. ?????
Alhe himi haadha reehchey.. Hama rovihhje.. Mi part vrh vrh nice. Keep it up grl.. Yasm ah dhera gothwh nuahdhhachey. Nice
Finally long awaited day is here dhw. hi mi ge kurige story vaananhe ekuva story and mi story connect kohllitha? zaan and kiya ge bai hurima v happy. anyway varah reethi mi part ves. so laavi ah inguny dhw yuan ge daughter kan yashm mi. i am glad she loves yashm too. but hi mi as happy as im for finally yuan and yashm meeting plus ik meeting his neice it saddens me to know her condition is gettibg worse ?? pleaze i waited for this moment so long yet when it finally happened yashm gendhan ulheni tha himi? please save her ilove little yashm,i want her to have the best family with both loves from parents. but ur going to worsen her condition?? so seyd but hi mi i want u to save her ur the best eh nu. love it soo much waiting fr the nxt part. daddy and daughters moment is so emotional
H mi ……varan reethi aahaka gandhaa goi…varannreethi.
Vvvvvvvv reethi…yasum an ahen nahadhaaa????????
Alhee…??..haappy konfa anenkaa dhera konlan tha thi ulani…yashoo ….noooo…avahan ragalhuvey….pls…leen a uan a kihaa dheravaaane….so emotion…hivany filman balaalavehan..ahaa vase reethi
Haadha reehcheyy ???yasham ah dhera gotheh nahadhaathi ????Pls. Van nxt part
Wow.. Varah salhi yuan n yashm bai.. Vv ufaavehje.. Dheraves vehje.. Plx Himi yashm ah dheragotheh nahadhahchey.. Yuan yashm save kohdhenyaa vaahaka v ??habeys vaane
When next part??
just amazing. fahu thankolhu haadha reechey. alhey yash aa dady dhurunukurahchey. himi haadha molhay. mibai heevany kurimathee fennaheh. hama outstanding. waiting for next part
Wow wow wow wow❤❤❤❤❤❤❤ haadha Haadha Haadha reechey mi part. . Ufalun roveny hama ?. . Himi alhe haadha reechey mi story. . Mihaaru asarugadha loabi vaahaka eh adhi mi dhuvaskolhaku nukiye. .. vvv salhi mi story. .. thy hama no 1 ?????thi gothah abadhu ves kuri ah dhaathi. .tc.. ??? thikuraa hiyvarah hama saabas. .???????
awnn ?? this is the only story to which i am commenting. hama rythi kamun comment kohnulaa nuhurevuny. Yashm dhen save eh nuvaanetha? alhe so sad. mi part ves 2faharu kiyaifin. last part ves kiunu adhadheh neyge! so so amazing. v rythi mi story mistakes fenunas ignore kohlaafa correct gothah read kureveny. ?☺ v rythi. keep it up ?? next part anekka mirey fenidhaanekamah mi balany ? like a surprise ??
Yashm baby ah gotheh nahadhahchey.. shafaakillah yashm baby.. ?? cover page ga kobrr maileen?? As usual mi part vx Habeys.. keep going… Nd 400 vehyaa more than enough dhw book akah.. plz publish kurahchey book eh gotheh.. let me know if u r going to publish it… Plxx… I will buy In Sha Allah.. sure.. ?❤? tc
Hi mi dhoonee ekuda aailaa ehaa avahah vaki nukohlaathi eyrun enmen ves varah Dheravaane vaahaka varah reethi keep it up
Varah Reethi
Wow ??mihaa reethi story eh adhi nukiyan dhan next part kon irakun up kohlaaney
Asth Ali Uxu Mode Hajja Zara
Wow wow ❤❤❤❤❤❤❤❤❤❤❤????????
Wowww.. rovihjje.. soo beautiful.. waiting for next episode…………….?❤
Oh mg god … Just wow …??????? nice twist harrdha reecheyy … Kepp it up … Alheyy himi he fan akah vrhjje miharru mate bodah …. Cant wait to for the next part …. V v v curious…. V nice
mihaa reethi vahaka eh adhi nukiyan. thanks himi.vahaka nimeneedho….
Maasha Allah.. v v v reethi mi story kuriah dhaa goh…ur da best..waiting waiting…..keep it up dear…much love???
Alhe haadha reeiichey..bunaane ehcheii neyngifa meenee❤hama perfect story ?when is the next part
???????dheravanee yashmu serious v ma …… HI MI haadha haa ragalhey story ves v nice….. varah ufaavehje maileen maaf kureema…. ok keep it up…???????????????????
Wow varah reethi. Hi Mi Yuaan aa Yasham ehaa avha dhuru nukurahche?ehen noonee Yuaan kihaa dheravaane. Yuaan hurihaa ehmen kairee ehaama kohli hagee gathun mihitha aranee dhen e meehun bunaane ehchakaa dhey there?alhe Maileenge dhontha menves Yuaan ah maafu koh dhehche
Thy adhi mihaa thanah fenun emme magubool eh vaahaka liyun theriyaa..
Thnks n v ufaavey adhives vaahaka kuriyah dhaathy ginamyhunge nuves hunna hivvareh thy..
Commnt thakah reply dhey iruga ves v bodah ehnmeehunge ihusaas thakah visnaa kan ingey!!
Thi liyuntheriyaa aharen ah emme thaaidhu kurevunu kamaky eii!
You have capacity to do anything you want!!
Thy no.1
Habeys hama. Just, masha allah
… Avahah upkohdhehchy
Vaahaka vvvvv reeethi medukedumennethi genes dey kamattaka vv bodha shukuriyya?????
Alhea Finally. Rovihj ?.
Finally yasham n yuaan badhaluvee..❤❤ HiMi dhn yasham ah kameh viya nudhehchey ?? love the story. .. waiting waiting. ……..
Alheyyyyyyy
Masha Allah .. varah varah reethi…….
Waiting….❤❤❤❤❤❤
Superb……vvvvvv reethi..filman balhaalhumakey anvase thafaathen nai…ahaa vase molhu hi mi….
Mi part ves v v v reethi. Yashm ah dhera gotheh nuhatdhaathi please please. Eyrun vaahaka hadi vaane❤️❤️
Yey yey yuaan aa yasm dhimaaveeyow????????vvvv bodah ufaavejje?????? wow wow himi dhooni haadha reechey mi part masha allah vvvv furihama????????himi dhooni plx plx yasoo ah dhera gotheh nahadhahchey ingey xaan vv sad vaane????? himeeeeee haadha molhey ehpartah vure aneh part reethi vv ufaavey waiting next part vvvvv kiyaa hithun mi inny kehvaavarehves nun?♀️?♀️avahah up kohlahchey ingey mis u luv u????????????????
Assalaam Alaikum
Mee varah reethi story eh coement nukuriyas kiyan varah inthizaaru kurevey story up kohlaane vaguthakah. Hi mi story genesdhenee varah interesting keep it up v. nice i love this story
V v v salhi himi wow bunaane ehcheh hama neygey ehaaves perfect…….
Finally yuan n yashm myt vejje dhw…so happy???kon irakun nxt prt..
WONDERFUL ❤️❤️❤️… FABULOUS ❤️❤️❤️… It’s AMAZING hama ???… Hi Mi hithah araane kanneynge pinky abadhu ekahchekey kiyany… Heheheh ???… Hama bunaane ehcheh vx neynge… Mifaharu vx buneveyny mi part vx hama v v v v reehchey ???… V v v furihama ???… Hama heeveenee filmeh balaalevey henn ???… Ehaavx reethi koh sifakohlevey ???… I’m soooooo happy yuan n yashm meet v ma ??? bt at the same time v v v dheravehje laaviyaa dhin habarakun ???… Alhey plxxxxx plxxxxx Hi Mi yashm save kohdhy… I love her soooooo much ❤️❤️❤️… Finally enmenahvx truth ingen ulheny dhw ???… I think zaan kanneynge yashm ah treatment dheynee ???… Yashm anehkaa dhaanebaa yuan gaathah??? ???… Shaalin n shiyaaz gaboolu vaanebaa??? Yuan ah maafukohdheyne baa??? Aikal ah mikan ingunyma kihineh baa vaanee??? ?????… Soooooo many questions… Heheheh ???… Dhn laaviyaa n rivam gulhunyma ok vaane…. Yuan n ilee… Aaik n aaraa… Jazil n afsheen… Rivam n laavee… Heheheh ???… Story hama superb ???… Maasha Allah Hi Mi v v v molhu ???… Keep up the good work ???… U are a great great writer ???… Love you soooooo much Hi Mi ❤️❤️❤️❤️???????… Yashm n yuan meet kohdhinyma these flowers are for you from pinky ?????????????… Heheheh ???… Next part kiyaalaahithun kehmadhuvefa mihiree ???… Waiting ingey…
Vvvvv reethi hama rovihja himi haadha molhay
Alheyyy. … v rythi eyy. .. dn aikk vs ihah angamadullaign hunna nama … ??? yuan haadha ufaleh vaaney yashm aa meet v ma .. ekam that bad news dhw??? maileen ah ingunyma roelaa dhakkaalaane dhw. .. hi mi. .. that party ga kn secret eh baa yuan e buny. .. nasybehnu laaviyaa yuan ge life aa dhurah dhiya kann. .. alhe hama v rythi vaahaka. .. n cover photo vs v rythi. . Waiting waiting next part ah. … love you Hi mi ???❤
Anma fahun meet vy….ekam ???? dhen buna veyni varannreeche….hi mi thanku mihà reethi vaahakaen ganase dheythi…i love this storyyy…thanku ?????
Hii Hi Mi again ???… Eyru cover pic aa behey gothun ehvx ehcheh nubunevunyma again mi comment kohlee ???… Cover pic hama v v loabi ❤️❤️❤️ bt where is ilee… Ileevx laabala cover pic ah ???… Love you Hi Mi ❤️❤️❤️…
ހިތާ ފުރާނައިން މި ވާހަކަ އަށް ރުހި ގަބޫލް ވެވިއްޖެ ވާހަކަ ގެނެސްދީފައިވާގޮތް ވަރަށް ކިޔާލަން ފަސޭހަ ވަރަށް ރީތި ޖުމްލަކޮށް ބަސްތަށް އަތުރާލެވިފައިވާގޮތް ވަރަށް ކަމުދޭ ?
Wow?????????????????????????????????????????????? just speechless……. Waiting for the next part…….thanks himi luv u biiiiiiiiiiig koh ?? mi mi story in eneme inthizaaru kuri vagutht. But next part ah vvv inthizaaru……… V emotional vaanehen suney ah heevey…
Mihaaru mi part athan faharaku kiyaafin….ahaaa vase reethi…hi mi dhooni story hama awesome…..??????????kon eraku next part…i am waiting…❤❤❤❤????
Hi mi.konirakun next part up kohdhayny. Kiyahithun iruirukolha balaalevsy up vaytho . Vaahaka vvvvvvvvvv reethi.avahah up kohdhybala.
Just Wooooowww ???
Hey hi mi kihinen….mi vaahkaaige baaki kithan part iny….mihaaru nimanngai vanche dhw..alhe hi mi ysum a ahen nahadha,,,next part varan kiyaa hin vaaba…avahann up konla dhenche…
Bunaane echeh neii….speechless… obines to the max?????
Wow…….wow….wow…wow ….varan reethi…excellent….vvvvv bodan reethi mi part…when next ep….??????
Pls next part avaskoh up koh dheeba.mi part ves vvv reethi.
Vaahaka varah varah reethi.. kiyaahithun kehnuve.. Hi Mi avass kohla dheeba plx
Mi vaahaka mi 1 vanaage vaahakaen ….thanku hi mi….vaan reethi??
Haadha reethi vaahaka ekey…Hama baraabara kiyan comment nukuriyas. Hama habeys vaahaka ei. …I love this story. Abadhu mihaaru mi story AAA dheytherey vishneneeee??next part when.. ,?? waiting for next part so badely…?ur the best story writer…ryn a fahu dhen Emmen reeeethi vaahaka liya❤❤❤❤
Himi u r the best …. V salhi himi vaahaka kuriahh gendaa goii..??. I have read your stories frm the beginning. And I’ve loved all of them. Comment nukuriakas …v compliment kuran ingey?. V happy vejje yuaan yashm aa meet v ma v wait kurevijje edhuvahakahh. … But himi please save yashm….u r my most favorite writter…. Waittin 4 the next part….?????????
Alhey..yashm ah dhera..gotheh nahadhachey..???.dhen surgery tha hadhani..so saaad..???.eoh loabi loabi yashm baby..???.yashm haadha cute…n her eyes maabodah ves loabi vaane.?..ufaaves vehje yashm aa yuaan aa dhimaavima…???mihaaru miothi enmenah haageegai egenvi vaguthu ais jehifa..hama enme curious vi hisaabun thi ninmaali.☺..varah intresting aa eku kiyan indhaa story nimije…hehe..??.how would they react when leen n yuaan tell the truth.??.anehkaa shaaleen men rulhi aisiaa kijinehbaa vaani…cover pic ga yashm ge maroon hedhumeh li photoeh leblveynetha???..eyrah varah match vaane…varah loabi ekam cover pic…m in love with it..???hehe..waitting..loves???
Alheyyy finally here u are Hi mi? varah reethi mi part ves. Dhn vaane gothakaa medhu visnenee . Dhigu koh genesdheythee varah ufaa vey asluga?? cover photo is nice??
Hi Mi kn irakutha next part up kohdheny??
Mihaaru kiyaa hithun mihunnany keh madhuvefa
Mi vaahaka haadha reechey
Varh molhu Hi Mi
Masha Allah
himeeeeee. alhey konirakunthaupvaany. up vi thoa belunu adhadhenves naygay. kiyaahithun hama
Masha Allah ❤
Alhey HiMi dhooni herdha rangalhey… Vvv reethi… Yashm ah dhera gotheh nuhadhaathi.. Save her. Plyxx.. Daddy and Princess ge part v emotional ???shaalyn and shiyax kihineh baa react kuraany truth ingunyma???and aaraa and aaik react kuraany kihineh baa?????? Few questions adhives answer nulibey ebahuri dhww??? And himi plyxx save her.???
Oh …oh…a nimuny….adhi beynun kiyaalan…anma kiyaa hinvi hisaabun a nimuny..wow…nice ,,,beautiful,,,hi minhaadha molhey masha allah…thi gothugae abadhuvase kuriyan dhaathi…hi mi keep it up…alhenkon erakuth anen part pls soon…kiyaa hithun huravaneeky noon….i love this story,,????
Woww ❤❤ vvvvvvv nyc yashmu kihine baa hadhaani dw waitingggg
haadha lahey avahah up kohdheeba next part HI MI haadha reehchey mivaahaka. yashmu ah fhera gotheh nahdhahchry… so beautiful story .. lv u.. ???
Hi mi….kobaa anen part up konlaani kon erakun……plss avse kondheyba varnnkiyaa hinveyba .,,,alhe i cannt wait,..
Wow…its beautiful..???????
Well done…..sppeechbless…nice.?????????????????????when next ep….
Speechless ? ? ? ? ? ? ? ? ?
Hey…varan dhera vanche…yashoo an ahen nahadhaa ..loabi loabi yashooo…noo nooo…cry ???????..beautiful …
Kobaa mirey haada lahey……………
Story varah nice.. yashum ge reaction genai nama varah reethivaane yooan dady ey buneema.. cox yashum huree dady beynun vefa ehnnu…
Varah salhi mi story
Hi mi dhooni???konerakun nex ep…mihaar up konfithoo balhunu adhadhen vase neyga….ahaa inthizaaru aba kureveyyy…….reply vase nukuraathi varan miss vey aba….avahan up kon dheyba..,,,
Oh no…varannreethi…wow?????
Mi story 52 vana part eh nufeney?