Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 7

Maikaa Level 310 Stories100 Comments100 Login
February 27, 2018 4 Mins Read
12 Comments

” އުޕްސް.. ރައުދާން މަތިން ހަދާން ވެސް ނެތް.. ސޮރީ. ދަންތަ ޕާޓީއަށް؟” ކީވާންއަށް ރައުދާން އެތާ އިންކަން ހަދާންވީ ރައުދާން އޭނާގެ ކޮފީތަށި ތަންކޮޅެއް ބާރަށް މޭޒުމަތީ ބަންދާލުމުންނެވެ.
ރައުދާން ބުމަ އަރުވާލީއެވެ. ސުވާލު ކުރީ ކާކާކަމެއް އޭނާ އަކަސް ނޭނގުނެވެ.
” މިބުނީ ރައުދާން ” ކީވާން އިތުރު ކޮއްލިއެވެ.
” ހީ އިޒް ގޮއިން.. އެހެން ނޫނީ ކިހިނެއް ލޯރާއަށް ތަނެއް ދޮރެއް އިނގޭނީ.. މިތާ އުޅޭ ކުދިން އިންޓްރާ ކޮއްދެން ޖެހޭނެއެއްނުން. ” ރައުދާންއަށް ޖަވާބުނުދެވެނިސް ލައުރާ އަވަސް އަވަހަށް ބުނެލިއެވެ. ލައުރާ އެހެން ބުނުމުން ރައުދާން ފާޑަކަށް ލައުރާއާއި ދިމަ ބަލާލިއެވެ. ލައުރާއަކަސް އެމޫނުގައިވާ އެއްޗެއް ތަރުޖަމައެއް ނުކުރެވުނެވެ. އޭނާގެ ހިޔާލު އޮތީ އެހެން ދިމާއެއްގައެވެ. ލައުރާއާއި ހިލާފަށް ކީވާން އިނީ ރައުދާންގެ މޫނަށް ވެރިވާ ކުލަތަށް ހިސާބުކުރާށެވެ.
” ނުދެވެނީތަ؟ ” ކީވާން ވިސްނުންތެރި ކަމާއިއެކު އަހާލިއެވެ.
” އަމް.. ޔާ.. ނުދެވޭނެ. މި..އަމް.. މިއުޅެނީ މަންމަ ހޮސްޕިޓަލުގައި ބާއަވައިގެން.. އެހެންވެ.. ” ރައުދާން ހާސްވެފައި ހުރެ ހީލިއެވެ. ކީވާންއަށް އެއްޗެއް އެނގޭކަމާމެދު އޭނާގެ ހިތުގައި ޝައްކު އުފެދުނެވެ. އަވަސް އަރުވާލާފައި އަވަހަށް އެތަނުން ދިޔައީ އެހެންވެއެވެ.
ލައުރާ ހުރީ ގޭގެ ދޮރުމަތީއެވެ. ޕާޓީއަށް ދާން ކީވާން ބަލާ އަންނަ ވާހަކަ އޮތީ ކުރިން ބުނެފައެވެ. އެހެންހުރި އިރު ލައުރާ އިރުކޯކޮޅާ ހެދުމަށް ދަމާލައެވެ. ދަނބުކުލައިގެ ކަކުލުން ތިރިއަށް ހުރި ހެދުމުގައި އޭނާ ވަރަށް ރީއްޗެވެ. ޓާތަލް ނެކްއެކެވެ. އަތްދިގު ހެދުމުކެވެ. ހެދުމުގެ ދެއަތާއި މޭމަތީ ހުރީ ކުދިކުދި ޑައިމަންޑްސް ހަރު ކޮއްފައެވެ. ހެދުމެގެ ވަކި ހިސާބަކުން މަޑު ދަނބު ކުލައިގެ ލޭސް ލާފައި ހުއަޓެވެ. ލޭސްބައި އޮތީ ދޫދޫ ކޮށެވެ. ނަމަވެސް އެތެރެއިން އޮތްބައި އޮތީ ފިޓްކޮށެވެ. ކޮއްފާހުރީ ލައިޓް މޭކަޕްއެކެވެ.އޭނާގެ ވޭވީ އިސްތަށިގަނޑު އޮތީ ދޫކޮއްލާފައެވެ. ހަމައެކަނި މޫނުގެ ވާތް ފަޅިއަށް އިސްތަށިކޮޅެއް ވައްޓާލާފަ އޮތް ކަމެވެ.
” ހޭއި ބަޑީ.. އަވަސް ..” ކީވާން ކަރު މަޑުކޮއްލަމުން ލައުރާއަށް ގޮވާލިއެވެ. އަވަސް އަވަހަށް ލައުރާ ފަހަތަށް އެރިއެވެ. ހަމަ އެރުމާއިއެކު ކީވާން ކާރު ދުއްވާލިއެވެ.
” ވައު. ސަޅި ހެދުމެއް.. ޕާޕަލް މެޗްވޭ ލޯރާއާ.. އެކަމަކު ހެއާ ކުޑަކޮއް އޮޑް.. ދައްކަބަ ރީތި ކޮއްދޭނަން..” ރިއުވީ ކުރީގައި ކީވާން ކައިރީ އިނދެފައި ދެސިޓް ދޭތެރެއިން ލައުރާ ކައިރިއަށް ފަހަތަށް އައެވެ.
” އޭ… ރިވީ.. ތީ މަންކީއެއްތަ؟؟ މޮޔަވެގެން ތިއުޅެނީ..” ކީވާން މަގުމައަޗަށް ބަލަން ހުރެ ބުނެލިއެވެ. ރިއުވީ އަޅައި ނުލައި ލައުރާގެ އިސްތަށިގަނޑު ރީތިގޮތަކަށް އެއްފަރާތަށް ވައްޓާލިއެވެ. އޭނާ އަކީ ރީތި ގޮތްގޮތަށް ބޯ ހެދުމަށް ކުޅަދާނަ މީހެކެވެ. ސަބަބަކީ އެއީ އޭނާ އެންމެ ކުރަން ބޭނުންވި ކަންތަކެވެ. ނަމަވެސް ރިއުވީގެ މައިންބަފައިންގެ އެދުމަށް އޭނާ ބިޒްނަސް ކިޔެވީއެވެ. އޭނަގެ ދެން އެންމެ ބޮޑު އެދުމަކަށްވީ ސެލުންއެއް ހުޅުވުމެވެ. އޭނާ އަދި އެކަން ކުރާނެއެވެ.
” ލޭޑިސް.. މިއޮތީ އާދެވިފަ..” ކީވާން ކާރު ޕާޓީއޮތް ގޭގެ ކައިރީ މަޑުކޮއްލަމުން ބުނެލިއެވެ. ލައުރާއާއި ރިއުވީ ފޭބުމުން ކީވާން ކަރު ޕާކް ކުރަން ދިޔައެވެ. ކީވާން ކާރު ޕާކް ކޮއްފާ އައުމުން ތިން މީހުން އެއްކޮން އެތެރެއަށް ވަނެވެ.
ގޭތެރެވަނީ ކުލަ ބޮކިން ދިއްލާއަޅާފައެވެ. ތިންބުރިއަށް ހަދާފައި ހުރިގެ އެއްކޮންވަނީ ރީތި ކޮއްލާފައެވެ. އެތެރޭގައި އެކި ތަން ތާންގައި ބައެއް ޒުވާނުން އެކިކަހަލަ ބުއިންތަށް ހިފައިގެންތިއްބެވެ.އަނެތްބައި ޒުވާނުން ޖަހައިފަިވާ ލަވައަށް ނަށަމުންދިޔައެވެ. ޖަހައިފައި ހުރި ލަވައިގެ ބާރުކަމުން ވަރަށް ބާރަށް ވާހަކަ ދެއްކުމުން ނޫނީ އިވޭގޮތްވަނީ ނުވެފައެވެ.
އެތެރެއަށް ވަންނަމުން ލައުރާ ރިއުވީގެ އަތުގައި ހިފާލިއެވެ. ރިއުވީއަށް މީ އާ ކަމެއް ނޫނެވެ. އަބަދުވެސް ލައުރާ މީހުން ގިނަތަންތާންގައި އޭނައިގެ އަތުގައި ހިފާނެއެވެ.
” އެބައަންނަން ޑްރިންކެއް ހިފައިގެން… މަޑުކުރަންޗޭ.. ” ކީވާން މިހެން ކިޔާ މީހުންތަކުގެ ތެރެއަށް ގޮސް ގެއްލުނެވެ.
” ލޯރާ.. ކީއްވެތަ އަބަދު ތިގޮތަށް އުޅެނީ؟؟ މީހުން ގިނަތަންތަނަށް ދާން ލައު ބިރުގަނޭ.. ކީއްވެ؟؟” ރިއުވީ ކީވާން ލޮލު ކޮޅަށް ގެއްލުމުން އަހާލިއެވެ. އޭނާ އެހެން އަހަން އުޅޭތާ ވަރަށް ދުވަސް ވެއްޖެއެވެ. އެހެން ނޫނީ އަބަދުވެސް ކީވާން ހުންނާތީވެ އޭނާއަށް ވަނީ މިސުވާލު ކުރަން ނުކެރިފައެވެ.
” ޔޫ ނޯ ވަޓް… މެލަޑީ ކަންތަކާ ހަމައެކަނި އޭނަގެ ފެމެލީއެއް ނޫން ލައުއަށް ބޮލޭމް ކުރީކީ.. ފްރެންޑްސްވެސް ލައު އެބޭންޑަން ކޮއްލީ.. ދޮންބެވެސް.. ދޮންބެދައްތަވެސް.. މަމްވެސް.. ބައްޕަވެސް.. އޭރު ލައު ރައްޓެހިވެގެން އުޅުނު ކުއްޖާވެސް.. އެކަމަކު ފަހުން މަމްއަށާ ބައްޕައަށް ހަގީގަތް އެނގުނު. ޓޫ ލޭޓް ވީ.. އެމީހުންވެސް ދިޔައީ..” ލައުރާ އޮސްޖަހާލީ ލޮލުގައި ހުރި ކަރުނަތަށް ނުދައްކާށެވެ. ނަމަވެސް ރިއުވީއަށް އެކަރުނަތަށް ފެނުނެވެ. އިތުރު އެއްޗެއް ނުބުނީ ލައުރާ އިތުރަށް ދެރަނުކުރާށެވެ. ރިއުވީއަށް ވަނީ އަދިވެސް މެލަނީއަށް ވީގޮތުގެ ހަގީގަތް ނޭނގިފައެވެ. އެކަމާގުޅޭ ގޮތިން އެއްޗެއް އަހާލާއިރަށް ލައުރާ ދެރަވާތީވެ ރިއުވީއަކަސް އިތުރު އެއްޗެއް އަހަކަށް ނުކެރެއެވެ.
” ހޭއި.. ގާލްސް.. ކޮންވާހަކައެގައި؟؟ ” ކީވާން ބޯނެއެއްޗެއް ހިފައިގެން އައިސް ކޮންމެ މީހެއްގެ އަތަށް ދިނެވެ.
” ލައުގެ ވަރަށް ކްލޯސް ފްރެންޑެއް އެބަ އާދެ އަންގާރަ ދުވަހު ރޭގަނޑު.. ދާންވަނެ ދޯ..” ލައުރާ ކޯކް ތަށިން އެތިކޮޅެއް ބޮލަމުން ބުނެލިއެވެ.
” ލައުރާ ދޯ.. އަބަދުވެސް ޕްލޭންސް ހަދާފަ ތި ހުންނަނީ ބޭރަށް ދާން.. ލައުއަށް ގޭގައި މަޑެއް ނުކުރެވޭ ސެކަންޑް އަކަށްވެސް ދޯ..” ކީވަން ދެފަރާތަށް ބޯ ހަލުވާލިއެވެ. ރިއުވީވެސް ކީވާން އާއި އެއްބަސްވިއެވެ.
” ނޯ.. ލައު ޕޮލޭންސްއެއް ނުހަދަމޭ.. ބިޒީ ކަމުން ގެއަށް ވަންނަން ވަގުތު ނުވަނީ އޭ.. ބްރޯއެން ސިސްއަށް އަންޑަސްޓެންޑްވޭ.. ސޯ ކޮބަ އޭގަ މައް……” ލައުރާއަށް އޭނާގެ ޖުމްލަ ފުރިހަލައެއް ނުކުރެވުނެވެ. ބޮޑުވެފައިވާ ލޮލަކުން އޭނަ ބަލަމުން ދިޔައީ ތަންކޮޅެއް ދުރުގައި ހުރި މީހަކަށެވެ.
” އަރާން ” ލައުރާއަށް މަޑުމަޑުން ކިޔާލެވުނެވެ. ނަށިބަކުން ޖަހައިފައި ހުރި ލަވައިގެ ބާރުގަދަ ކަމުން ރިއުވީއަކަށް އަދި ކީވާން އަކަށްވެސް މިއަޑެއް ނީވެއެވެ. ފެނުނީ ތުންފަތް ހަރަކާތް ކުރިތަންް އެކަންޏެވެ. އެވަގުތު އަރާން އަށްވެސް ލައުރާ ފެނުނެވެ. ލައުރާއަށް ވީހެން އަރާންވެސް ހުއްޓުން އަރާފައި ލައުރާއާއި ދިމާ ބަލަން ހުރެވުނެވެ.
” ލައުރާ … ލައުރާ..” ލައުރާއަށް ހަމަބިމަށް ފޭބުނީ ރިއުވީ ލައުރާގެ މޫނައިދިމަލުގައި އަތް ހޫރުވާލުމުންނެވެ. ރިއުވީ އާއި ދިމާބަލާލުމަށް ފަހު އަރާންއަށް ބަލާލާފައި ލައުރާ މީހުންތަކުތެރެއަށް ވަނެވެ.
” ކިހިނެތް އެވީ؟؟” ކީވާން ލައުރާ ދިޔަދިމާލަށް ބަލަން ހުރެ އަހަލިއެވެ.
” ނޭނގެ. ލޯރާ ބަލަހައްޓައިގެން ހުރީ އެހެރަ ދިމާ.. ނޭނގެ ވަކި ކާކަށް ކަމެއް ނުވަތަ އެއްޗަކަށް ކަމެއް..” ރިއުވީ ލައުރާ ބަލަން ހުރި ދިމާ ދައްކަލަމުން ބުނެލިއެވެ.
” ޝީ ވޯޒް ކްރައިން ދޯ.. ” ކީވާން އިރުކޮޅަކު ހުރެލަފައި ބުނެލިއެވެ.
” ހޫމް. ވާން ކޯކް ބަލާ ދިޔަ ގަޑީގައި ރިވީ އެހީ ކިއްވެތޯ އޭނަ އެހާ ބިރުގަންނަނީ މީހުން ގިނަތަން ތަނުގައި.. އެއީ ހަމަ މެލްގެ ކަންތަކާ.. ލައު ބުނީ ލައު ރައްޓެހިވެގެން އިޅުނު ކުއަޖާވެސް ރުޅި ވިޔޯ އެކަމުގައި.. އޭނަގެ ފެމެލީވެސް.. ޝީ ހޭވް ނޯ ވަން.. ނޯ ފެމެލީ.. ނޯ ފްރެންޑްސް.. ޖަސްޓް އަސް.. އެކަމަކު އަދިވެސް ނޫޅެ ހަގީގަތް ބުނާކަށް .. އަސްލު ވިީގޮތް ބުނީމަދޯ އަހަރުންނަށް އޭނައަށް ހެލްޕް ވެވޭނީ.. އޭނަ އެއުޅެނީ އެހިތު ތެރޭގައި ހުރިހާ އެއްޗެއް ފޮރިވައިގެން.. ވީ އާ ހާރ ފްރެންޑްސް..” ރިއުވީ މޫނަށް ވައްތަރެއް ޖައްސާލިއެވެ.
” ރީވް.. އޭނައަސް ޓައިމް ދީބަލަ.. ތިހާ ކެއްތެރިކަން ކުޑަވާކަށް ނުވާނެ.. ތިބުނިހެން ވީ އާ ހާރ ފްރެޑްސް.. އަހަރުންވެސް އޭނަގެ ފީލިންގްސްއަށް ވިސްނަން ވާނެ ދޯ.. ޓައިމް ދީބަލަ.. އެން ބުންޏެއް ނުން ވަރަށް ކްލޯޒް ފްރެންޑެއް އަންނަ ވާހަކަ.. ރީވްއަށް އިނގޭތަ ކާކުކަން އެއީ؟؟” ކީވާން ރިއުވީގެ ކޮނޑުގައި ހިފާލާފައި ބުނެލިއެވެ. ރިއުވީ ދެރަވާނެ ވަރު އޭނައަށް ވިސްނެއެވެ. ނަމަވެސް ލައުރާގެ އިހުސާސްތަކަށްވެސް ވިސްނަން ވާނެތާއެވެ.
” ނޯ.. ނުބުނެ.. ރީވްއަށް ވެއިޓް ކުރެވިދާނެ މެލްއަށް ވީގޮތް އަޑުއަހަން.. އެކަމް ލައު ވީތަނެއް ނުހޯދައި އައި ކާންޓް..” ލައުރާ ދިޔަ ދިމާލަށް ރިއުވީ ހިނގައިގަތެވެ. ކީވާންވެސް ރިއުވީ ފަހަތުން ދިޔައީ ކުރާނެ އިތުރު ކަމެއް ނެތީމައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

އަނދިރިފަރާތް (ކިއު&އޭ)

Next

އިންތިހާ -13

Next
February 27, 2018

އިންތިހާ -13

Previews
February 27, 2018

އަނދިރިފަރާތް (ކިއު&އޭ)

12 Comments!

  1. Mai says:
    February 27, 2018 at 6:26 pm

    Yey me first v reethi and love you???

    1. Maikaa says:
      February 28, 2018 at 2:33 pm

      congratulations Mai.. n thanks.. love you too

  2. Reader says:
    February 27, 2018 at 7:47 pm

    When next part. Mi part habeyss.. Ekam thankolheh kury… Awwwlheyyy.

    1. Maikaa says:
      February 28, 2018 at 2:35 pm

      thanks Reader.. sorry kuru v ma.. next part maybe tomorrow …

  3. sham says:
    February 28, 2018 at 10:31 am

    nice story bro

    1. Maikaa says:
      February 28, 2018 at 2:36 pm

      Thanks sham..

  4. Pinky shifoo says:
    February 28, 2018 at 12:04 pm

    Nice ???… Waiting for next part

    1. Maikaa says:
      March 3, 2018 at 9:14 am

      thanks

  5. Unique says:
    February 28, 2018 at 12:54 pm

    Varah reethi but too short

    1. Maikaa says:
      February 28, 2018 at 2:39 pm

      Thanks Unique.. n sorry kuru v ma

  6. Unique says:
    February 28, 2018 at 12:55 pm

    Varah reethi…… But too short

    1. Maikaa says:
      February 28, 2018 at 2:41 pm

      sorry kuru v ma .. thanks

Comments are closed.

Next Episodeކެތްކުރިން ކުރަން އަދިވެސް ކުރާނަން… 8←


All Right Reserved!