އެވަގުތު ލިޝާން ވެސް ބޭރަށް އައެވެ. “އޭނަ ހާދަ ބަދަލުވެފައޭ ދޯ..ބުރުގާވެސް އަޅާފަ. އަހަންނަކަށް ނުވެސް އިނގުން. އެކަމު އެބައޮތް ކަމެއް. އެދުވަހު ނަރުހުންގެ ޑިއުޓީއަށް އެއްވެސް ބަދަލެއް ނާދޭ…އޭނަވެސް ދޮގު ހެދީ” ޒަކްޔަން ގާތަށް ރުޅިއައެވެ. “އެންމެން މަށަށް ދޮގު ހަދަނީ ކީއްވެތަ؟؟!!!” “ހޭއި..ހިނގާ މިސްކިތަށްދާން. ބުނީމެއްނު މިރޭ ލިބޭ ވާހަކަ. ފޯން ރިކޯޑްސް.” ލިޝާންވެސް މާޔޫސްވެފައި ހުރުމާއެކު ޒަކްޔަން އެދުނެވެ.ދެޒުވާނުން އެކުގައި ދިޔައިރު އެތައް ބައެއްގެ ލޯ އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. […]
“ޒިވް… އެއީ ލަތީފްބެ އާއި ލަތީފްބޭގެ އަންހެނުން ރުފްޝާ… ދެން ތި ތިބީ ލަތީފްބޭމެންގެ ދެކުދިން..” ޒައިފް އޭނާގެ ދަރިފުޅު ޒިވާއަށް ގޮވާލުމަށްފަހު ކުރިމަތީގައި ތިބި މީހުން ކިޔައިދިނެވެ. ޒިވާ އިސްއުފުލާލަން މަޖުބޫރުވުމުން އެވަގުތު ކުރިމަތީގައި ތިބި ބަޔަކަށް ނަޒަރެއް ހިންގާލިއެވެ. އެތާ ތިބި މީހުން ފެނި އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށީ އެޔެއް މިޔެއް ބަލައިފައެއް ނޫނެވެ. އޭނާއަށް ހިން ދިރުވާލެވުނީވެސް ވަރަށް ވަރުންނެވެ. އެއީ އޭނަ މިތަނުން ދެކެން ބޭނުންވި ސޫރައެއް […]
މެންދުރު ކައި ނިމުމުން ތިން ކުދިންވެސް ކޮޓަރިއަށް ވަނެވެ. ވެފާހުރި ވަރުބަލިން ތިން ކުދިންވެސް ކުޑަކޮށް އަރާމުކޮށްލަން ޖައްސާލިއެވެ. އިރުކޮޅެއް ވީތަނާ ބަންގި ގޮވާ އަޑުއިވުމުން ކަންނެއްކަމާއެކުވެސް ތެދުވިއެވެ. ތިން ކުދިންވެސް އުޅެމުން ދިޔައީ އެއް ކޮޓަރީގައި ކަމުން ފަހަަރަކު ކުއްޖަކު ފާޚާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން ނިކުތެވެ. އަދި އަޞްރު ނަމާދުކޮށްލިއެވެ. ނަމާދު ކޮށްގެން ތިން ކުދިންވެސް ލެޕްޓޮޕުން ކޮރެއަން ސީރީޒްއެއް ބަލަން އެނދުގައި ޖައްސާލިއެވެ. މާދަމާ އަކީ ހުކުރު ދުވަހަށް ވެފައި މިއަދު […]
މަލާކް އަވަސް އަވަހަށް ކާންއިން އައިސްކްރީމްތަށި ފްރިޖަށްލުމަށްފަހު އަތްދޮވެލައިގެން ކޮޓަރިއަށްވަނެވެ. އަލަމާރި ހުޅުވާލުމަށްފަހު ލާނެ ހެދުމަކާމެދު ވިސްނާލިއެވެ. ނަމަވެސް އެހާއިރު ވިސްނަންހުރެވޭކަށްވެސް ނެތެވެ. އަލޫކް އަންނަންވާއިރަށް ރެޑީވާން ޖެހޭނެއެވެ. އެންމެ ފަހުން، ކަޅުކުލައިގެ ޑެނިމް ޖިންސަކާއި ކަކުލަށްވުރެ ތިރިޔަށްހުންނަވަރުގެ ޓަޔާރޑްސްލީވް، ގަދަ ނޭވީ ބްލޫ ކުލައިގެ ޓޮޕެއްލުމަށްފަހު، އިސްތަށިގަނޑުގައި ހުޅިއެއްޖަހާލިއެވެ. އަދި ތުންފަތުގައި މަަޑުމަޑު ފިޔާތޮށި ލިޕްގްލޮސްއެއް ޖައްސާލުމަށްފަހު ފޯނުން ގަޑި ބަލާލިއެވެ. އަދި އޭނާގެ ލެދަރ ހޭންޑްބޭގަށް ފޯނާއި ޓިޝޫ ޕެކެޓެއްލުމަށްފަހު ސެންޓު ޖަހާލިއެވެ. އަދިވެސް […]
ނޯޓު: އަޅުގަނޑު މިހާރު ލިޔަމުންދާ ވާހަކަ ކަމުގައިވާ އެ ވަޢުދު މެދު ކަނޑާލި ސަބަބު މި ވާހަކައިގެ ފުރަތަމަ ބައިގައި ވާނީ ހާމަކޮށްލާފައެވެ. އަދި މި މެދުކެނޑުމަށްޓަކައި ތިޔަ ލޮބުވެތި ކިިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ. އެންމެ ކުޑައިރުއްސުރެވެސް އަމްނާ ހަވީރުގެ ވަގުތު ހޭދަކުރާނީ ގޭގެ އުނިގަސް ދޮށު ޖޯއްޔެއްގައި އެކަނިމާ އެކަންޏެވެ. ގެއިން ބޭރަށް ދެވޭ ގޮތް ނުވަނީ އޭނާގެ ރައްކަލަށްޓަކައި އޭނާގެ މައިންބަފައިން ގޭގެ ދޮރު ތަޅުލާފައި ހުންނާތީއެވެ. ބޭރަށް ނުކުމެއްޖެނަމަ މީހުންގެ އަނިޔާ ކުރިމަތިވެދާނެތީއެވެ. އަވަށްޓެރި ކުއްޖަކު ވެސް އަމްނާ ކައިރިއަށް ނާންނަނީ އަމްނާގެ އުޅުން ހުންނަ ނޭދެވޭ ގޮތަކުންނެވެ. ނަމަވެސް އަމްނާ ގެ ކޮންމެ ހަރަކާތަކަށްވެސް ފަރުވާތެރިކަމާއި އެކު ބަލަމުން އަންނަ ފަރާތެއް އަމްނާގެ ކައިރީގައި […]
Hey guys!! I am so sorry that i did not update my new story yet.. The reason is that, my computer is dead and i lost all the episodes i wrote ? but again i am planning to write a new story so what kind do you want? My readers will know what type i […]
އެހުރިގޮތަށް ހުރެ އޭނާ އެއްފައި މައްޗަށް ތިރިވިއެވެ. އެއަށްފަހު މޫނުމަތިން އެ މާބޮނޑި ނެގިއެވެ. ޒިވާ ސިހުނީ ކުރިމަތީގައި އެހުރި ސޫރަ ފެނިފައެވެ. އޭޏާއަށް ޤަބޫލުކުރަންވެސް ދަތިވިއެވެ. އޭނާ އެފަދަ ކަމެއް ކޮށްފާނެކަމަށް ޒިވާ ހުވަފެނުންވެސް ދެކެފައި ނުވެއެވެ. އޭނައަށް ހައިރާން ކަމާއެކު ބަލަހައްޓާއިގެން ހުރެވުނެވެ. “ޒިވާ.. ފުރަތަމަ ނަޒަރުން ވެސް އަހަންނަށް ޒިވާދެކެ ލޯބިވެވުނު.. ކުރިންވެސް އެހެން އަންހެން ކުދިން އަހަންނަށް ފެނޭ.. އެކަމަކު ޒިވާ ފެނުމުން ކުރެވެނީ ތަފާތު އިޙުސާސެއް.. އަންހެން ކުއްޖަކާއި ދޭތެރޭ މިގޮތަށް ވިސްނުނު […]
ހީހީފައި ދެއެކުވެރިން ވާހަކައިގާ ތިބިއިރު ރިމްޝާއަށް ނޭންގުނުކަމަކީ އެދެމީހުން އެތަނަށް ވަނީންސުރެން އެތަނުގައި އިން ޒުވާނެއްގެ ނަޒަރު ހިނދުކޮޅަކަށްވެސް ރިމްޝާއާ ވަކިނުވާކަމެވެ. ****** ” އޭތް މިހާރު ދެން ތިހޯދަން އުޅުނު ލިމްޝާއެއް ފެންނަވަރުވެއްޖެތަ؟” ރެސްޓޯރެންޓެއްގައި އައިހަމްއާއިއެކު ކާންއިން މިޝާލް އަހާލިއެވެ. އަނގަޔަށްލާންއުޅުން އެތިކޮޅުވެސް އަނބުރާ ތައްޓަށްލުމަށްފަހު އިސްދަށަށް ޖަހާލި އައިހަމް ދެފަރާތަކަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެމީހުން ތިބި ހިސާބު ފުދޭވަރަކަށް އަނދިރި ނަމަވެސް އައިހަމްގެ މޫނުމަތިން އަރާ ފައިބަމުންދިޔަ ކުލަވަރު މިޝާލްއަށް ރަނގަޅަށްފެނުނެވެ. […]
“ހެެއި..” މަލާކް ސިއްސައިގެން ދިޔައީ އަލޫކް އައިސް ގޮވާލުމުންނެވެ. ދާދި ގާތުގައި އަލޫކް ހުއްޓިލުމުން މަލާކް ގެ ހިތްތެޅިގަތެވެ. ދުވި މީރު ސެންޓުވަހުން މަލާކްގެ ސިކުނޑި ތާޒާވެގެން ދިޔައެވެ. “އަނެއްފަރާތަށް އެނބުރިބަލަ!” އަލޫކްގެ އެނުސީދާ އަމުރާއެކު މަލާކް އަނެއްފަރާތަށް އެބުރުނެވެ. އަލޫކްގެ އެދުމުގެ މަތިން އިސްތަށިގަނޑު އެއްފަރާތް ކޮށްލިއިރު އޭނާގެ ހިތް ހީވަނީ މޭފަޅާފައި ނުކުންނަން އުޅޭ ހެންނެވެ. “އޯން..އަލޫކް..ވަރަށް ލޯބި…” މަލާކްގެ ކަރުގައި އަލޫކް އަޅުވައިދިނީ ރިހި ކުލައިގެ ރީތި “ލޮކެޓް” އެކެވެ. އޭގެ ފުލުގައި […]