އިންސާނުންގެ ހަޔާތަކީ އުފަލާއި ހިތާމަ ކުރިމަތިވާ ހަޔާތެކެވެ.އެ ގޮތުން ރަނާގެ ހަޔާތަށް ވެސް މިދިމާވަނީ ވަރަށް ތަފާތު ކަންތައްތަކާއެެވެ.ރަނާ އަށް ދިމާވަނީ ކޮންކަހަލަ ކަންތަކާމެދު ބަލާލަން ހިނގާށެވެ. ރަނާ ރަނާ އަކި މި ވާހަކައިގެ ބަތަލާއެވެެ.ރަނާ އަކީ ހިއްހެޔޮ މިޒާޖެއްގެެ ކުއްޖެކެވެ. އެޑިކޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ޓީޗަރެކެވެ.ފަސް ވަގުތު ބަރާބަރަށް ނަމާދު ކުރާ ރަނގަޅު ކުއްޖެކެވެ.ދެމަފިރިއަކަށް ލިބިފައިވާ ހަގު ދަރިފުޅެވެ.ދުވަހަކު ވެސް މަންމަމެން ލަދުގަންނަ ވަރުގެ ކަމެއްކުރާ ކުއްޖެއް ނޫނެވެ. ރީނާފް ރީނާފް އަކީ ރަނާގެ ބޭބެއެވެ.ރަނާހެން ރަނގަޅުކުއްޖެކެވެ.އެއާ ޕޯޓްގައި މަސައްކަތް ކުރަމުންއަންނަ ޕައިލެޓެކެވެ.މީހަކާ އިނދެގެން ދަރިއަކުވެސް ލިބިފައިވެއެވެ..ދީނީ ކަންތަކަށް ފަރުވާތެރިވާ ޒުވާނެކެވެ.މަންމަ އާއި ބައްޕަ ފަޙުރުވާފަދަ ކުއްޖެކެވެ. ތުވާ ތުވާ އަކީ ރަނާގެ އެންމެ ގާތް ރަހުމަތްތެރިއާއެވެ.މަންމަ އާއި ބައްޕަ ކުޑައިރު މަރުވެފައިވުމުން މިހާރު އުޅެމުން އަންނަނީ ބޮޑުދައިތއެއް ކައިރީގައެވެ.ތުވާ އަކީ އަބަދުވެސް މީހުންނަށް އެހީތެރިވާ ކުއްޖެކެވެ.ދީނީކަންކަމަށް ފަރުވާތެރިވާ ކުއްޖެކެވެ. މިވާހަކައަށް އިންތިޒާރު ކޮށްލައްވާ………………………………..
ހަތަރު އަހަރު ފަސް……. ސާފު ނޫ އުޑުގައި ވިލާ ރޮއްޖެއްގެ މިންވަރުވެސް ނުވެއެވެ. ގަދައަށް އަވި ދެމުން ދިޔަ ނަމަވެސް ޖެހިލާ ވައިރޯޅިތަކުން އަރާމުކަން ކޮންމެވެސް ވަރަކަށް އިހުސާސްކުރެވެއެވެ. މާލޭގެ މަގުތައް ވަނީ އާދައިގެ މަތިން ހަލަބޮލިވެފައެވެ. ކޮޅު ކޮޅަށް ދުއްވާ ވެހިކަލްތަކާއި ހިނގާާ ބިނގާާވެ އުޅޭ މީހުން އެހާާވެސް […]
“ހައިރާގެ ގެއަށް ރޭގަ ދިޔައީ ކޮންކަމަކު؟”ޒަކްޔަންގެ ސުވާލުތައް ހުސްނުވެއެވެ. “ދޮންތަ ގުޅީމަ.” ހައިލިޔާގެ ޖަވާބު ކުރެވެ. “ދޮންތަ ގުޅީ ކޮންކަމަކު؟” ޒަކްޔަން ލޯ ހަނިކޮށްލިއެވެ. “އަހަރެމެން ދެމީހުންގެ ދޭތެރޭގަ ކުރިން އޮތް މައްސަލައެއް. އެކަމާ މައާފަށް އެދެންވެގެން. ދެން ބުނީ މިއަދު ދެމީހުން އޮފީހަށް ދާނީ އެއްކޮށް ދޯ އޭ.” ޒަކްޔަން ހީލިއެވެ. “ދެން އޮފީހަށް ދިޔަ ގަޑީގަ އެހެންވެ ދޯ ސިޑިން ދިޔައީ..ހައިރާއަށް ގޮވަން..ދޮރު ނުހުޅުވި ދޯ؟ ހުޅުވާކަށް ނޫޅެން ތަ؟ ނޫނީ ފޯނުގަ ހުރީމަ […]
ސްކޫލަށް އާދެވުމުން ޒިވާ އޭނާގެ ބައްޕަ ގާތު ދަނީކަމަށް ބުނެ ހިނިތުން ވެލައިގެން ހުރެ ކާރުން ފައިބައިގެން ދިޔައީ ދެން ވާނީ ކިހިނެއް ކަމާމެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. ޒައިފްވެސް ހިނިތުންވެފައި ކާރުގައި އިރުކޮޅެއް ވާންދެން އޭނާގެ ލޯބިވާ ދަރިފުޅު ދިޔަ ތަން ބަލަން އިނެވެ. އެއަށްފަހު އަތުުކުރީ ގަޑިއަށް ބަލާލުމަށްފަހު އޭނާގެ ކަޅުކުލައިގެ ކާރު ސްޓާޓް ކޮށްލައިފައި އެތަނުން ދިޔައެވެ. ޒިވާ ކްލާހަށް ވަދެގެން ދިޔައިރު އެހެން ކުދިންގެ ލޯތައް އޭނާއާއި އަމާޒުވިއެވެ. އެއީ ގިނަ […]
“އީތަން!!!!”.. މިޝްކާ އަޑުގެނެއްތަނަށް އީތަން އަާށް ގޮަވަާލިއެވެ. “ދަރިފުޅާ!” ހޭލަބަލަ މިހާރު ގަޑި ވެސް ޖެހެނީ އޮފީހަށްދަާ.ކާކަށްތަ މާވަރަކަށް ތިގޮވަނީ!.. މިޝްކާ ރަކި ހިނިތުންވުން ފޮރުވަމުން ދުވެފައި ގޮސްވަނީ ފަހަނައަށް ފެންވަރާށެވެ. އެ ރީތި ހިނިތުންވުން ، އަދިވެސް ވަަނީ މިޝްކާގެ ހިތުގައި ފޮރުއިފައެވެ. ލޮލުން ކަރުނަ އަންނަކަން އިހުަސާސްވީ މަންމަ ގޮވާލުމުންނެވެ. އެ ހިތްދަތި މާޒީ ގެ މަތިން އަދިވެސް މިޝްކާ ހަނދާންވެއެވެ……………. ނުނިމޭ……………….
ރިސެޕްޝަންގައި މަޑުކޮށްލައިގެން އިރުކޮޅަކު ހުރުމަށްފަހު، ރިޒާރވްކޮށްފައިވާ މޭޒު ކައިރިޔަށް ދެވުމާއެކު އަލޫކް ގޮނޑިދަމާދިނުމުން މަލާކް އިށީނެވެ. މަލާކްގެ ކުރިމައްޗަށްވާގޮތަށްހުރި ގޮނޑީގައި އަލޫކްވެސް އިށީނދެލިއެވެ. މެނޫ ގެނައުމުން ދެމީހުންވެސް އޯޑަރުކޮށްލުމަށްފަހު، ހަމަޖެހިލިއެވެ. މަލާކް ވަށައިގެން ނަޒަރު ހިންގާލިއެވެ. ވީއައިޕީ އެސަރަހައްދުގެ ފާރުގައި ލައިފައިވަނީ ވަރަށްގަދަ މެޓް ރަތްކުލައެކެވެ. އެކިކަހަލަ ކުރެހުންތަކުން ފާރުތައް ޒީނަތްތެރިކޮށްފައި ވެއެވެ. އިށީނދެލައިގެންތިބި މަޑުމަހުމަލުގެ ކަވަރެއް ލެވިފައިވާ ރަންކުލައިގެ ގޮނޑިތަކުގެ ސަބަބުން އެތަނުގެ ފެންވަރު ވަރަށް ރަނގަޅަށް ފެނިގެންދެއެވެ. އޭސީގެ ފިނި މުޅިމާޙައުލަށް ފެތުރިފައިވީނަމަވެސް، މަލާކްެ […]
“ކިހާ ހިތްފަސޭހަ މިތަން.. އެ ރަސްފަންނަށް ގޮއްސިއްޔާ ސައްވީސް ގަޑިއިރު ކޮށްޅަން ހުންނަން ޖެހޭނީ.. އިށީންނާނެ ތަންކޮޅެއް ނުލިބޭނެ..” ޒިވާ އޭނާގެ ޕްލޭން ކާމިޔާބު ވުމުން ނިކަން ހެވިލައިފައި ބުންނެވެ. އެކުދިން އެކި ވާހަކަ ތަކުގައި އެތާ ތިބެ ހިނގައި ގަތް އިރުވެސް އެމީހުންނަށް ބަލަހައްޓައިގެން އެޔޮށް ހުރިހާއިރު އެތަނުން ބެންޗެއްގައި މީހަކު އިން ކަމެއް ނޭނގެއެވެ. އަނެއްކާ އެއީ ކީއްކުރާ މީހެއް ބާވައެވެ؟ އޭނާގެ އޮތީ ކޮންބޭނުމެއް ބާވައެވެ؟ އަމާން ކަމާއިއެކު އެކުދިންނަށް ގެޔާއި ހަމައަށް […]
“ހުޅުވާ!” މަލާކް ޓަކި ޖަހާލުމުން އެތެރެއިން ޖަވާބުއައެވެ. ނުހާއާއި ދެމީހުން ވަންއިރު މޭޒު ކައިރީގައިހުރި ބޮޑު ފޮތް ހަރުގަނޑެއް ކައިރީ އަންހެނަކު، ފުރަގަސްދީގެން ހުއްޓެވެ. “އިށީނދެ..” އެއަންހެންމީހާ އެދެކުދިންނަށް ކައިރީގައިހުރި ގޮނޑިތަކަށް އިޝާރާތް ކޮށްލަމުން މުޚާތަބު ކުރީ އިނގިރޭސިންނެވެ. ދެކުދިންގެ ސްޓޫޑެންޓް އައިޑީ ދިނުމުން އެމީހާ ހައިރާންވެފައި އެއީ ރާއްޖެ ކުދިންތޯ އަހާލީ ސާފު ދިވެހި ބަހުންނެވެ. މަލާކްއާއި ނުހާވެސް ހައިރާންވެ އިނދެ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ޢެއަންހެންމީހާ ހިނިތުންވެލާފައި ސަލާމްކޮށްލުމަށްފަހު މޭޒުކައިރިއަށްޖެހި ލެޕްޓޮޕް ހުޅުވާލިއެވެ. […]
“ދާން… އައި ތިންކް އައި އޭމް ޕްރެގްނެންޓް” ޒީޝާ މަޑުމަޑުން ބުނެލިއެވެ. ދާނިޝް އަށް ސިހިފައި ދުރަށް ޖެހިލެވުނެވެ. “ވަޓް އަސްލު” އެހެންނަމަވެސް ދާނިޝް ގެ އަޑުގައިވަނީ އުފާވެރިކަމެވެ. އޭނާ އަށް ބުނެވުނެވެ. “ކިހާ ދުވަހެއް” “މިހާރު ވީކްއެއް ވެއްޖެ އެކަމަކު ޔަގީނެއްނޫން….” “އެހެން ވިއްޔާ އެންމެ ރަނގަޅުވާނީ ޑޮކްޓަރެއް ގާތަށް ގޮސް ބްލަޑް ޓެސްޓެއް ހަދާލިއްޔާ” ދާނިޝް ބުނެލިއެވެ. މީގެ ކުރިން ދަރިއަކު ހޯދުމަށް އެ ދެމަފިރިން ވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަދި ވެސް […]