Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެ ވަޢުދު (2)

Nanni Level 210 Stories100 Comments100 Login
May 31, 2018 4 Mins Read
32 Comments

ނޯޓު: އަޅުގަނޑު މިހާރު ލިޔަމުންދާ ވާހަކަ ކަމުގައިވާ އެ ވަޢުދު މެދު ކަނޑާލި ސަބަބު މި ވާހަކައިގެ ފުރަތަމަ ބައިގައި ވާނީ ހާމަކޮށްލާފައެވެ. އަދި މި މެދުކެނޑުމަށްޓަކައި ތިޔަ ލޮބުވެތި ކިިޔުންތެރިންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދެމެވެ.

އެންމެ ކުޑައިރުއްސުރެވެސް އަމްނާ ހަވީރުގެ ވަގުތު ހޭދަކުރާނީ ގޭގެ އުނިގަސް ދޮށު ޖޯއްޔެއްގައި އެކަނިމާ އެކަންޏެވެ. ގެއިން ބޭރަށް ދެވޭ ގޮތް ނުވަނީ އޭނާގެ ރައްކަލަށްޓަކައި އޭނާގެ މައިންބަފައިން ގޭގެ ދޮރު ތަޅުލާފައި ހުންނާތީއެވެ. ބޭރަށް ނުކުމެއްޖެނަމަ މީހުންގެ އަނިޔާ ކުރިމަތިވެދާނެތީއެވެ. އަވަށްޓެރި ކުއްޖަކު ވެސް އަމްނާ ކައިރިއަށް ނާންނަނީ އަމްނާގެ އުޅުން ހުންނަ ނޭދެވޭ ގޮތަކުންނެވެ. ނަމަވެސް އަމްނާ ގެ ކޮންމެ ހަރަކާތަކަށްވެސް ފަރުވާތެރިކަމާއި އެކު ބަލަމުން އަންނަ ފަރާތެއް އަމްނާގެ ކައިރީގައި ހުރެއެވެ.

އެއްދުވަހެއްގެ އިރުއޮއްސެމުން ދިޔަ ވަގުތެވެ. އުޑުމަތު ވީ ރަތް ވިލާތަކުން ފަވާލެވިފައެވެ. އޮއްސެމުން ދިޔަ އިރާއި އެކު ކޮޅުކޮޅަށް ކުދިބޮޑު މީހުން ދާ މަންޒަރަކީ ބަލާ ފޫހި ނުވާނެ މަންޒަރެއްކަން ޔަޤީނެވެ. އިރު އޮއްސި އަނދިރިވުމުގެ ކުރިން އެބައެއްގެ މަންޒިލަށް ދެވޭތޯ ފައިގައި ހުރި ބާރެއްލައިފައި ދާ މަންޒަރެވެ. މުސްކުޅި ފުރާގެ މީހުން މިސްކިތައް ދާ މަންޒަރެވެ. ނަމަވެސް ގޭގައިވާ އުނިގަހުގައި އެލުވާފައިވާ ޖޯލީގައި އުފަލާއި އެކު ހެއްލާލަ ހެއްލާލާ އިން އަމްނާ ގެ ތުންފަތްމަތީ ވަނީ އުފާވެރި ހިނިތުންވުމެކެވެ. އަތްކެނޑި މަތިކޮޅަކާއި ލައިގެން އިން ކުރު ސޯޓު ކޮޅުން އަމްނާގެ ހަށިގަނޑުގެ ބޮޑު ބައެއްވީ ހާމައަށް ފެންނާށެވެ. އުޅަނބޮށްޓާއި ހަމައަށް އަރާ ފަން އިސްތަށިގަނޑު ދޭތެރެއަކުން ޖެހިލާ މަޑުމަޑު ވައިރޯޅިތަކާއި އެކު ސަމާސާކޮށްލާ މަންޒަރަކީ ބަލާފޫހި ނުވާނެ މަންޒަރެކެވެ.

އުނި ގަހުގެ ފަހަތުގައި ފިލާހުރި ހާތިބު ދިޔައީ އަމްނާއާއި ދިމާއަށް ސިއްރު ސިއްރުން ބަލަމުންނެވެ. އަމްނާގެ ކޮންމެ ހަރަކާތަކަށްވެސް އޭނާ ވަރަށް ފަރުވާތެރިކަމާއި އެކު ބަލައެވެ. އަމްނާގެ ތުންފަތް މައްޗަށް ވެރިވާ ހިނިތުންވުމާއި އެކު ހާތިބަށް ދުނިޔެ މަތިން ހަނދާން ނެތިދެއެވެ. އަމްނާ ފެނުމާއި އެކު އޭނާގެ ހިތުގެ ހިނގުން މަޑުޖެހިލަނީ މުޅި ހަށިގަނޑުގައިވެސް ކަރަންޓުގެ އޮއވަރެއް ދައުރުކުރުވާފައެވެ. ހިތުގައި ކުޅެލާ އިޝްޤީ ތަފާތު މިއުޒިކީ ރާގުތަކާއި އެކު ޚިޔާލީ ފޮލާތައް ކައްކަން ފެށެނީ ބޭއިޚުތިޔާރުގައެވެ. ނަމަވެސް އަދި މިހާތަނަށްވެސް އަމްނާގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އޭނާއަށް ލިބިފައެއް ނުވެއެވެ. ބިރުގަންނަނީ ކީއްވެކަމެއް ނޭނގެއެވެ. އަމްނާގެ ޖަވާބަކީ އޭނާގެ ހިތުގެ އެދުމަށް ކޮޅު ފައިން އެރުން ކަމުގައި ވެދާނެތީ ބާއެވެ؟ ހާތިބަށް ކެއްކުރެވުނީ ވަކި ވަރަކަށެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް އަމްނާ ޙާސިލްކުރާނަމޭ ބުނާފަދައަކުންނެވެ. މަޑުމަޑުން ގޮސް އަމްނާގެ ކަންފަތް ދޮށުގައި އަމްނާގެ ނަމުން ގޮވާލީ ވައި އަޑުންނެވެ. ނުހަނު ލޯބިންނެވެ. “އަމްނާ!” އަމިއްލަ ދުނިޔެއަކަށް ގެއްލިފައި އިން އަމްނާއަށް ސިހުމެއް ލިބުނީ އޭނާގެ ކަންފަތް ދޮށުގައި މީހަކު ހޫނު ނޭވާއެއް ލީހެން ހީވުމުންނެވެ. އަވަސް އަވަހަށް ޖޯލިން ފޭބުމަށްފަހު ފަރާތް ފަރާތަށް ބަލާލީ މީހަކު ފެންނަން ހުރި ތޯއެވެ. އެވަގުތު އުނި ގަހުގެ ކައިރީ އަމްނާއާއި ދިމާއަށް ބަލަން ހުރި ޒުވާން އުމުރުގެ ފިރިހެން ކުއްޖެއް އަމްނާއަށް ފެނުނެވެ. ނަމަވެސް ބިރުވެރި ސިފައެއްގައި ހުރުމުން އޭނާއަށް ހުރިތަނުން ގުޑާލާކަށް ހަމަހިލާ ނުކެރުނެވެ.

އަމްނާއަކީ އަޑު އިވުމުގެ ނިޢުމަތުން މަޙުރޫމުވެފައިވީ ކުއްޖެއްކަން ހާތިބަށް އެނގިިހުރެ އަމްނާއަށް ގޮވާލީ ހިތުން އަމްނާއަށް ނޭންގުމަށެވެ. އޭނާގެ މޭތެރޭ އެވާ ބަސްނާހާ ހިތް އެދެނީ އަމްނާއާއި ކައިރި ވެލުން ކަމުގައި ވާތީއެވެ. ނަމަވެސް ހާތިބުގެ އެ ޢަމަލާއި އެކު އަމްނާ ސިހިގެން ގޮސް ފަރާތް ފަރާތަށް ބަލަމުން ދިޔަ މަންޒަރު ފެނި ހާތިބުގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. އަދި މިއީ ޙަޤީޤަތާއި ކުރިމަތިލާންވީ ވަގުތުކަން އެނގުމުން ފުން ނޭވާއެއް ދޫކޮށްލީ މީހާ ހަމައަކަށް އެޅިލުމަށެވެ. އަމްނާ އޭނާއާއި ދިމާއަށް ބަލާކަން ފާހަގަ ވުމުން ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް އަމްނާއާއި އަރާ ހާމަކުރުމަށްފަހު އަނގަ ހުޅުވާލީ އެއްޗެއް ބުނުމުގެ ނިޔަތުގަ ނަމަވެސް، އެއީ ފޫނެތް ފަޔަށް ފެންފުރުން ފަދަ ކަމެއްކަން ހަނދާންވުމާއިއެކު ދެފަރާތަށް ބޯ ހޫރުވާލީ އެކަން ހަނދާން ނެތުމުން އަމިއްލަ ނަފްސު ދެކެ ހިތްހަމަ ނުޖެހުނު ވަރުންނެވެ. ބުނަން ބޭނުންވި ވާހަކަ އަމްނާއަށް އަންގާނެ ގޮތެއް ވިސްނަ ވިސްނާހުރި ހާތިބު ބަލަން ހުއްޓައި އަމްނާ ފައިގައި ހުރި ބާރެއް ލާފައި ގެއާއި ދިމާއަށް މިސްރާބު ޖެހި މަންޒަރު ފެނިފައި ހާތިބު ހާސްވާ ގޮތްވިއެވެ. އިތުރު މީހަކަށް އެނގުމުގެ ކުރިން އަމްނާ ހުއްޓުވަން ދިޔައެވެ.

އަމްނާ ގެއަށް ވަތްއިރު ބަދިގޭގައި އޭނާގެ މަންމަ ހުރުމުން މަންމައަށް ޚަބަރު ދިނުމަށް ދިޔަ ވަގުތު ކޮޓަރިއާއި ދިމާއިން މީހެއްގެ ހިލަމެއް ވިހެން ހީވުމުން ތެޅިތެޅި އޮތް ހިތަކާއި އެކު އޭނާ ދިޔައީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. ފުން ނޭވާ ތަކެއް ލަމުން ދިޔަ އިރު ދެފައި ތުރު ތުރު ލާ ވަރުން ކުރިއަށް ފިޔަވަޅެއްް އެޅުންވެސް ވީ ބުރަ ކަމަކަށެވެ. ދާހިއްލާކަން ހާމަ ވަމުން ދިޔައީ ނިއްކުރި މަތިން ވިދަން ފެށި ފެންތިކިތަކުންނެވެ. ވާނީވެސް އެހެންތާއެވެ. އަޑު ބޭރު ނުވިއެއް ކަމަކު ތުން ތަޅުވަމުން ދިޔައީ ބިރުން ހުރި ވަރުންނެވެ. ކޮޓަރިއާއި ދިމާލުން އެކަކުވެސް ނުފެނުމުން އޭނާ ކޮޓަރިއަށް ވަނީ ދެނަމާދު ދޭތެރޭގެ ވަގުތު ކަމުން އިތުރަށް ބިރުގަންނަން ފެށުމުންނެވެ. އެނދުމަތީ އޮވެލުމާއި އެކު އެތަކެއް ޚިޔާލުތަކެއް ސިކުނޑީގެ ތެރޭގައި އެނބުރެން ފެށިއެވެ. އެއާއިއ އެކު ތެދުވެ ދެއަތުން ބޮލުގައި ހިފާއްޓާލެވުނީ ސިކުނޑިއަށް ވެރިވާނެ ފެށި އެކި ޒާތްޒާތުގެ ޚިޔާލުތަކުގެ ސަބަބުންނެވެ. އިސާހިތަކު އެލޮލުން ކަރުނަ ހިލުނީ އޭނާގެ ނިކަމެތިކަން ހަނދާން ވުމުންނެވެ. މައިންބަފައިން މަތިން ހަނދާން ވުމުން ބޭރަށް ނުކުންނަން ތަޅުގައި ހިފި އިރު ދޮރު ހުޅުވޭގޮތެއް ނުވިއެވެ. ތަޅުލެވިފައި ކަމަށް ނިންމުމަށްފަހު ޑްރެސިންގް ޓޭބަލާއި ދިމާއަށް ދިޔައީ ތަޅުދަނޑި ނެގުމަށެވެ.

އަމްނާ ހާސްވާގޮތްވީ ތަޅުދަނޑިން ވެސް ދޮރު ހުޅުވޭގޮތް ނުވުމުންނެވެ. ގޮތަކަށް އަނބުރާލުމާއި އެކު ތަޅުދަނޑި ވެސް ދިޔައީ ބިންދައިގެންނެވެ. ގޮތް ހުސްވެފައިވާ މީހެއް ފަދައިން ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަމްނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ދެން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ކޮޓަރީގެ ކުޑަ ދޮރު ހުޅުވަން މަސައްކަތް ކުރަން ފެށި ތަނެވެ. އޭރުވެސް އޭނާގެ ހިތް ބިރުން ރޫރޫ އަޅަމުން ދިޔައީ ކުޑަދޮރުން ބޭރުން ފެންނަމުން ދިޔަ ބިރުވެރި މަންޒަރުންނެވެ. ހަނދުވަރުދޭ ރެއެއް ކަމުން ދަން ނުވިއެއް ކަމަކު އެ ހަނދުގެ އަލިކަމުން ވަނީ ގޭގައި ހައްދާފައިވާ ގަސްތަކަށް އާ ރޫޙެއް ގެނުވާފައެވެ. ވަޔާއި އެކު މަޑުމަޑުން ގަސްތައް ހެލިލާ ގޮތް އޭގެ ހިޔަނިން ދައްކަމުން ދިޔައީ ބިރުވެރި ގޮތަކަށެވެ. އަމްނާ ފަހަތަށް ޖެހިލި މަންޒަރު ފެނުނު ކޮންމެ މީހަކުވެސް ސުވާލު އުފެދޭނީ އޭނާ ކުއްލި އަކަށް ފަހަތަށް ޖެހެން ޖެހުނު ސަބަބާއި މެދުކަން ކަށަވަރެވެ. އަނެއްކާ ބޭރުން އެއްޗެއް ފެނުނީ ބާވައެވެ؟ ނޫންނަމަ ގަސްތަކުގެ ހިޔަނި ފެނުމުން ހެއްޔެވެ؟ ނޫނެކެވެ. އަމްނާ ގެ ހަމަހިމޭންކަމާއި ބިރުވެރިކަން ރުޅިއަށް ބަދަލުވާން ފެށީ ކުޑަދޮރުވެސް ހުޅުވޭ ގޮތް ނުވުމުންނެވެ. ރުޅި ފިނި ކުރުމަށްޓަކައި އޭނާ ކުރާކަމަކީ ފެންވެރުން ކަމުން ފާޙާނާއަށް ވަދެ އެއްޗިހި ބޭލުމަށްފަހު ފެން މާގަނޑު ދޮށުގައި ހުއްޓިލީ ފެން ވަރާލުމަށެވެ. އެތައް އިރެއް ވަންދެން އެހެން ހުރި އިރުވެސް އޭނާގެ ހިތް ފުރޭގޮތެއް ނުވިއެވެ. ގުނާ އަދަދު ނުކުރެވޭ ވަރަށް ފެން ތިކިތައް އޭނާގެ ހަށިގަނޑުގައި ބީހެމުން ގޮސް ބިމަށް ތިރިވަނީ އެ ނަލަ ނަލަ ޕަރީގެ ހަށިގަނޑުގައި ފިރުމާލުން އެއީ ޝަރަފެއް ކަމުގައި ބަލައި އެކަމަށް ޝުކުރު އަދާ ކުރާ ޙާލުގައެވެ.

އަމްނާ ފާޙާނާއިން ނުކުތް އިރު ވަނީ މެއާއި ކަކުލާއި ދެމެދު ތުވާއްޔަކުން ނިވާކުރެވިފައެވެ. ހީވާގޮތުން ފެން ތިކިތައް އޭނާގެ ހަށިގަނޑުގައި ރޯވި ރުޅިވެރި ކަމުގެ އަލިފާންގަނޑު ނިއްވާލީއެވެ. އަމްނާގެ ހަމަ ޖެހިލައިފައިވާ މޫނަށް ހާސްކަން ގެނުވީ އެނދުމަތީ އޮތް ޒުވާނާ ފެނިފައެވެ. އެއީ ހަމަ އެ ޒުވާނާއެވެ. އުނި ގަސްދޮށުން ދިމާވި ބިރުވެރި ޒުވާނާއެވެ. އަމްނާ މަޑު ފިޔަވަޅުތަކެއްގައި ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާޙާނާއަށް ވަނުމަށް ދިޔައީ ބިރުގަތް ވަރުންނެވެ. ނަމަވެސް ހާތިބު މާ ހުށިޔާރެވެ. އެދިޔަ ބާރު މިނުގައި އަމްނާ ގެނެސް މެޔާލާ ބޮނޑި ކޮށްލީ އަމްނާ ގަދަ ހަދަ ހަދަ ހުއްޓައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

For my beloved readers

Next

އެހެނަސް…(9)

Next
May 31, 2018

އެހެނަސް…(9)

Previews
May 30, 2018

For my beloved readers

32 Comments!

  1. Shaai says:
    May 31, 2018 at 1:56 am

    Superb

    1. Nanni says:
      May 31, 2018 at 3:37 am

      Thn q Shaai darlin…… happy vejje vhk ge mi part kamudhiyaeema…

  2. unique says:
    May 31, 2018 at 4:35 am

    vvv reethi i love scary stories so hama habeys

    1. Nanni says:
      May 31, 2018 at 4:47 am

      Thn Q unique dear… for the lovely cmmnt of yours……

  3. No one says:
    May 31, 2018 at 9:25 am

    Asluvx i loved it… Vr vr vr rythi.. maasha allah..waiting for next part

    1. Nanni says:
      May 31, 2018 at 6:25 pm

      Thn Q No one…. new experience eh mee adhi… so happy readers ah kamudhiyaeeema..

  4. Nobody says:
    May 31, 2018 at 11:16 am

    Wow. Vr rythi. Waiting for next part. ??

    1. Nanni says:
      May 31, 2018 at 6:22 pm

      Thn Q Nobody darln…. ummeedhu kuran mi part gothah next part vs kamudhaane kamah

  5. Nathoo says:
    May 31, 2018 at 11:19 am

    V reethi.
    Ekam maa kuree.

    1. Nanni says:
      May 31, 2018 at 6:24 pm

      Thn Q Nathoo… awwwwn… next part dhigukolleveythw balaaanan inge insha allah

  6. Naz says:
    May 31, 2018 at 11:24 am

    Let’s see what happens next

    1. Nanni says:
      May 31, 2018 at 6:26 pm

      Thn Q Naz… labba.. hingaa balamaa dhw dhn vaane gotheh….

  7. Tushaa says:
    May 31, 2018 at 1:00 pm

    I don’t like this story

    1. Nanni says:
      May 31, 2018 at 6:27 pm

      i saw ur lot of comments.. i noticed tht u never liked a story of anyone… i guess u should write one… its nt easy as u think tushaaaa dear… btw thn q tushaaa

  8. Scarlet says:
    May 31, 2018 at 1:19 pm

    Nice❤

    1. Nanni says:
      May 31, 2018 at 6:28 pm

      Thn Q Scarlet…. m glad to knw tht u really luved my story scarlet darlin…..

  9. suty says:
    May 31, 2018 at 6:39 pm

    varah varah reethi..is this 18+?

    1. Nanni says:
      May 31, 2018 at 6:47 pm

      Hehehe.. no 16+…. cx m only 16….. btw thn q suty drlin ah story kamudhiyaeeema…..

  10. Star dust says:
    May 31, 2018 at 6:49 pm

    I love this story. Eagerly waiting for the next part. ?

    1. Nanni says:
      May 31, 2018 at 7:39 pm

      Thn Q Star dust…….. ufaavejje vhk ge mi part kamudhiyaeema…..

  11. Anonymous says:
    June 1, 2018 at 11:44 am

    Woe nannnniii hama fantastic nge v slhi mi vrhaka ???????

    1. Roxy says:
      June 1, 2018 at 6:37 pm

      Well im roxy nge sis ??

    2. Nanni says:
      June 1, 2018 at 9:03 pm

      Thn q anonymous darlin… ufaaavejje vhk kamudhiyaeema…….

    3. Nanni says:
      June 1, 2018 at 9:05 pm

      Ehehe… Thn q roxy sweety…… <3 ly drlin

  12. unique says:
    June 1, 2018 at 12:00 pm

    nanni… whn next part dear???? eagerly waiting……

    1. Nanni says:
      June 1, 2018 at 9:06 pm

      Hopefully 2morrow….

  13. Shaira says:
    June 1, 2018 at 7:47 pm

    When is next part….. waiting

    1. Nanni says:
      June 1, 2018 at 9:32 pm

      insha allah maadhan

  14. Saadhu says:
    June 1, 2018 at 9:43 pm

    Maashaa Allah v furihama?.kondhuvahakun baa dhen kiyaalan libeni

    1. Nanni says:
      June 1, 2018 at 10:25 pm

      Sooon…. ufaaavejje Saadhu ah vhk kamudhiyaiiima……..

  15. Naju says:
    June 1, 2018 at 11:23 pm

    Nice

    1. Nanni says:
      June 2, 2018 at 12:05 am

      Thn Q Naju darlin……

Comments are closed.

Next Episodeއެ ވަޢުދު (3)←


All Right Reserved!