ލިޝާން ޒަކްޔަންއަށް ލިޔުނު މެސެޖު ފޮނުވާލަމުން ސައިކަލު ދުއްވާލީ ގްލޯރިއާ ޖީންސްއާ ދިމާއަށެވެ. ނިދާފައި އޮތް ޒަކްޔަން ލޯހުޅުވާލަމުން ކަންނެތްކަމާއެކު ލިބުނު މެސެޖު ކިޔާލިއެވެ. “ހައިރާ މަރުވިރޭ ޔައިޝްގެ އެގޭގަ ހުރި. އޭނަގެ ފޯނުގެ ލޮކޭޝަން އަންގަނީ އެހެން. ޒަރީން އަދި ހުސެންވެސް އެރޭ ތިބީ މާލޭގަ. އޯލްސޯ އަހަރެން އިރިން ފްރެންޑަކަށް ހަދައިފިން. މިރޭ ޔައިޝް އާ ސުވާލުކުރަން ފެނޭ” ޒަކްޔަންގެ ނިދި ފިލައިގެން ދިޔައެވެ. “އެހެންވީމަ މިހާރު ގަބޫލުކޮށްފިން އަހަރެންގެ ސޮރީ ގަބޫލުކުރިކަމަށް. ހެހެ..ރިން..އޯކޭ […]
ދެންވެސް އެންމެންގެ ސަމާލުކަން ދަމައިގަތީ އޮޕެރޭޝަން ތިއޭޓަރ އިން ޑޮކްޓަރުން ނިކުތުމުންނެވެ. ޒައިފް އަށާއި ނައިޝަމް އަށްވެސް އެދިމާލަށް ދުއްވައި ގަނެވުނީއެވެ. ޑޮކްޓަރ ދޭނެ ޖަވާބަކަށް ކެތް މަދުވެފައި ވާ ވަރުންނެވެ. ދަރިފުޅު ދެކިލަން ބޭނުންވެފައި ވާލެއް ބޮޑު ކަމުންނެވެ. އަދި ކޮއްކޮއަށް ދެރަގޮތެއް މެދުވެރިވާންވެސް ނޭދޭ ވަރުންނެވެ. މިފަހަރު އެކަކުވެސް ޑޮކްޓަރ ގާތު ސުވާލު ކުރާކަށް ނޫޅުނެވެ. ނަމަވެސް އެންމެންވެސް ތިބީ ޑޮކްޓަރގެ ޖަވާބަކަށް އިންތިޒާރުގައި ކަން ކޮންމެ މީހެއްގެ މޫނަސް ބަލައިލައިފި ނަމަވެސް ދޭހަވެއެވެ. […]
ރާސިލް އައިލީޝް ގާތު އިނދެފައި ޑޮކްޓަރު އިޝާން ބުނެގެން ބައްދަލު ކުރަން ވެގެން ދިޔައެވެ. ވާހަކަ ތއް ދައްކާފައި ރާސިލް އައިސް ރޫމަށް ވަތް އިރު އޭނާއަށް ފެނުނު މަންޒަރުން ހިނދުކޮޅަކަށް ހުއްޓުންއަރާ ގޮތްވިއެވެ. އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އެ ދިމާލަށް ނުހަނު ބާރު ފިޔަވަޅި ތަކުގައި މިސްރާބުޖެހިއެވެ. އޭނާ އަށް ފެނުނީ ދެލޯ ބޮޑު ކޮށްގެން އޮތް އައިލީޝްއެވެ. ރާސިލް ގެ ހިތް އަވަސް ވެފައި ވުމާއެކު އޭނާ އަށް ނުހަނު ބޮޑު އުފާވެރިކަމެއް […]
ކުރީގެ ޕާޓުގެ ތެރެއިން… “އޭ. ޓީ. ޑީ. ޕީ. 7؟ އެއީ ކޯއްޗެއް؟” ލެޕްޓޮޕަށް ނަޒަރު ހުއްޓައިގެން އިން އަރޫން ދެލޯ ހަނިކޮށްލަމުން އަހަރެން ގާތު އަހާލިއެވެ. ** ** “ޒަފަރުގެ ދަރި، އުޒޭލް ކިޑްނެޕްކުރުން.” އޭނާ އެހެންބުނެ އެއްމިޔަކުން ހިނިތުންވެލިއެވެ. ** ** އަދިވެސް ޖެހި ބުދެއްހެން ހުއްޓުން އަރާފައި އަހަންނަށް އުޒޭލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގިޓާގެ ނަރުތަކުން އިވެމުން އެދާ އަޑު އަހަރެންގެ ސިކުނޑި ތޮރުފަމުންދާ ކަހަލައެވެ. މަޑުމަޑުން އަހަރެންގެ ހަނދާނަށް ކޮންމެވެސް އެއްޗެއް އަންނަން […]
ހަފްތާގެ ފުރުތަމަ ދުވަހެވެ. އާދިއްތަ ދުވަހެވެ. ރާއްޖެ ގަޑިން މެންދުރު ބާރަޖެހީއެވެ. އޮފީސް ތަކުގެ ބްރޭކް ގަޑިއާ ސުކޫލް ތަކުގެ ހެނދުނު ސެޝަން ނިމި މެންދުރު ސެޝަން ފައްޓާ ގަޑިކަމުން މާލެގެ މަގުމަތި ވަނީ ތޮއްޖެހިފައެވެ. ޙާއްސަކޮށް ސުކޫލުތައް ކައިރީއާއި އޮފީސްތައް ކައިރީ ބާރުބޮޑެވެ. ކާރުތަކާއި ސައިކަލުތައް އަދި މީގެ އިތުރުންވެސް މަގުމަތީގައި ދުއްވާ ތަފާތު އުޅަނދުތަކުގެ ބަރުގޮނުގެ އަޑު ނޫން އިތުރު އަޑެއް ނީވެއެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލުގައި މަސަތްކަތް ކުރާ ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރު އާއިޝަތު […]
އިރުއޮއްސޭ ވަގުތެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހަމަހިމޭން ކަމެވެ. އުޑުމަތީގައި ވިލާތަށް އެއްވިލާގަނޑާ ޖެހި އަނެއް ވިލާގަޑާއި އެކުވެރިކަން ބަދަހި ކުރަމުން ދާއިރު އެފެނިގެންދާ މަންޒަރު ދުލުން ބަޔާން ކޮއްދެވޭ ވަރަށްވުރެ ފުރިހަމައެވެ. ގޮޑުދޮށައް ރާޅުބީއްސާލާ އަޑު މުޅިހިސާބުގައި ހިފާލާފަވެއެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ އުފަލާއި ހިންހަމަ ޖެހުމެވެ. ނަމަވެސް ހިދުކުޅޮކަށް ނަމަވެސް ކޮންމެ މީހެއްގެ ކަޅިހުއްޓެނީ އެއްވެސް ހިޔާލެއް ފިކުރެއްނެތި ހިލަގާތަކުމަތީގައި ދުވަމުން ދިޔަ ދެޒުވާނުނަށެވެ. ދެކުދިން އުޅޭ ގޮތުން ހީވަނީ […]
“ދޮންބޭ….އެހެރީ…ފަހަރި….ވާވް ސަޅި އިނގޭ……..”މާޔާމެންގޭ ކުރި މައްޗަށް އައިސް ވިޝާލް ކާރު މަޑުކޮއްލަން އުޅުނު ވަގުތު ވިޝާލް ގެ ނަޒަރު ވެސް ހުއްޓުނީ އެ އަންހެން ކުއްޖާ އާއި ދިމާއަށެވެ.މެރޫން ކުލައިގެ ހެދުމެއްގައި ހުރި އަންހެން ކުއްޖާ ފެނުމުން ވިޝާލް ގެ ހިތް ހީވީ ފުމެ އަރަން އުޅުނު ހެންނެވެ.މެރޫން ކުލައިގެ ހެދުމަކާއި އައިސް ބްލޫކުލައިގެ ލެގިންސް އެތް ގައި މާޔާ ފެންނަލަތް ކުރިޔަށް ވުރެ ރީތި ހެން ވެސް ހީވިއެވެ. “އާދޭ އަރަން އަވަހަށް…”ވިޝާލް އަމިއްލަ ނަފްސު […]
އޭނާއަށް އެހާ ހިސާބަށް ދެވެން ވީއިރު އެ އަންހެން ކުއްޖާ އެތަނަށް ވެއްޓިއްޖެއެވެ. އެއާއެކު ޔައީޝްވެސް އެހުރިތަނަށް ހުއްޓުން އެރިއެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައިވެސް އެކުއްޖާ ކައިރިއަށް ދުއްވައިގަތެވެ. ޔައީޝް ދުވެފައި ދިޔަގޮތަށް ގޮސް އެކުއްޖާ ގާތު ހުއްޓުނެވެ. އެއިރު އެކުއްޖާގެ ބޯ ފެޅި މުޅި އެސަރަހައްދުގައި ވަނީ ލޭގެ ކޯރު ހެދިފައެވެ. އެކުއްޖާގެ މޫނުވަނީ އަނެއްފަރާތަށް ކަމުން ބިރުންހުރެ ނަމަވެސް ޔައީޝް ގުދުވެލުމަށްފަހު އެމޫނުމައްޗަށް ރަނގަޅަށް ނަޒަރެއް ހިންގާލިއެވެ. ޔައީޝްއަށް ފިޔަވަޅެއް ފަހަތަށް އަޅާލެވުނީ […]
ތިން ކުދިންވެސް ގެއިން ނިކުމެ މިސްރާބު ޖެހީ މިހާރު މާލޭގެ އެންމެ ހިތްގައިމު އެއް މަންޒިލް ކަމުގައިވާ ރަސްރަނި ބަގީޗާއަށް ދިއުމަށެވެ. އެތަނަށް ގޮން ވަތް އިރު ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރިވަމުންދެއެވެ. ބަންދު ދުވަހަކަށް ވެފައި ހަވީރުގެ ހިތްގައިމު ވަގުތުކަމުން މީހުންވެސް ގިނަވާނެ ނޫންހެއްޔެވެ. އެކިއެކި އުމުރު ފުރާއިގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ތިން ކުދިންވެސް ގޮސް އެކި ތަންތަން ބަލައިލާ އެކި ގޮތްގޮތަށް ސެލްފީ ނަގާާ […]