Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުޖާލާވެގެންދިޔަ ޙަޔާތް (5)

No one Level 210 Stories100 Comments
May 30, 2018 2 Mins Read
32 Comments

ހީހީފައި ދެއެކުވެރިން ވާހަކައިގާ ތިބިއިރު ރިމްޝާއަށް ނޭންގުނުކަމަކީ އެދެމީހުން އެތަނަށް ވަނީންސުރެން އެތަނުގައި އިން ޒުވާނެއްގެ ނަޒަރު ހިނދުކޮޅަކަށްވެސް ރިމްޝާއާ ވަކިނުވާކަމެވެ.

******

” އޭތް މިހާރު ދެން ތިހޯދަން އުޅުނު ލިމްޝާއެއް ފެންނަވަރުވެއްޖެތަ؟” ރެސްޓޯރެންޓެއްގައި އައިހަމްއާއިއެކު ކާންއިން މިޝާލް އަހާލިއެވެ. އަނގަޔަށްލާންއުޅުން އެތިކޮޅުވެސް އަނބުރާ ތައްޓަށްލުމަށްފަހު އިސްދަށަށް ޖަހާލި އައިހަމް ދެފަރާތަކަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެމީހުން ތިބި ހިސާބު ފުދޭވަރަކަށް އަނދިރި ނަމަވެސް އައިހަމްގެ މޫނުމަތިން އަރާ ފައިބަމުންދިޔަ ކުލަވަރު މިޝާލްއަށް ރަނގަޅަށްފެނުނެވެ. އެއޮއްހުރިހާއިރު އުފަލުންގޮސް ދަތްތައްވެސް ފޮރުވަން ނޭންގިފައި އިން އައިހަމްއަށް ލިމްޝާގެ ވާހަކަ އަޑުއިވުމުން މޫނުގެ ކުލަވަރު އޮއްސިގެންގޮސް އިސްޖަހާލިތަންފެނި މިޝާލް ކުޑަކޮން ޖެހިލުންވިއެވެ. އެސުވާލު ނުކުރެވުނު ނަަމައޭ ހިތާހިތުން އޭނާ ކިޔާލިއެވެ. ނަމަވެސް އެކަމާ އަޅާނުލާވެސް މިޝާލްއަށް މިހާރު ހުރެވޭކަށްނެތެވެ. ލިމްޝާ ގެއްލުމުން އައިހަމް ހިތާމަކޮށް ލިމްޝާ ހޯދުމަށްޓަކައި ކުރި މަސައްކަތް ދުރުގައިހުރި ނަމަވެސް މިޝާލްއަށްވަނީ އެނގިފައެވެ. ލޯތްބަކީ ކަނުއެއްޗެކޭ މީހުން ބުނެއުޅޭ އަޑު މިޝާލްވެސް އަހައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް އެވަނީ އެކަނު ލޯބީގައިޖެހި ތަންދޮރުނުފިލާ ހިސާބަށްގޮއްސައެވެ. ލިމްޝާ ކަންތައްކުރި ގޮތަށްފަހުވެސް އޭނަގެ ބޭވަފާތެރިކަން އައިހަމްއަށް ނުވިސްނިގެން އެއުޅެނީ އެކަނު ލޯބީގެ ސަބަބުންނެވެ. ނަމަވެސް މިޝާލްއަށް ނުވިސްނުނީ ނޭންގިނަމަވެސް އައިހަމްގެ ހިތުގެ ހަމަޖެހުމާ ގުޅެމުންދަނީ އެއްސޫރައެއްގައިހުރި ނަަަމަވެސް އެހެން ހިތެއްގެވެރި އަންހެންކުއްޖެއްކަމެވެ.

ހިޔާލުތަކަށް ގެއްލިފައި އިން މިޝާލްއަށް ސިހުންގެނުވީ އައިހަމް ވާހަކަ ދައްކަންފެށުމުންނެވެ. ” އަސްލު ތެދަށް ބުނަންތަ؟މިހާރު ޙުދު އަހަރެންނަށްވެސް ނޭނގެ އަހަރެން ބޭނުންވަނީ ކޮންކަމެއްކަން. މާލެއަށް އައުމާ ހަމައަށްވެސް އަހަރެންނަކީ ހޭވެރިކަމެއްނެތް މީހެއްފަދަ. ލިމް އެގޮތަށް ކަންތައްކުރީ ކީއްވެކަމާމެދު ވިސްނާލާކަށް އަހަރެންނަކަށް ރޭކާއެއްނުލަ. އަހަރެންގެ އަޒުމަކަށްވީ ލިމް ހުރިތާކުން ހޯދުން. އެހާވެސް އަހަރެން އޭނަދެކެ ލޯބިވިން. އެކަމަކު މާލެ އައިސް ދިމާވި ހާދިސާއަކަށްފަހު އަހަރެންނަށް ކިރިޔާ ހަމަހޭވެރިކަންމިވީ. ލިމް ފިލައިގެން އެދިޔައީ އެހެން ފިރިހެނެެއްގެ ކައިރިޔަށް ނޫންކަމެއްވެސް ނޭންގެ. ހަމަޔަޤީނުންވެސް އަހަރެންނާއެކު އުޅެން ބޭނުންނުވާތީތާ އަހަރެމެން މެރީކުރަން އެހާ ކައިރިވެފަ އޮއްވަ އެފިލީ. ވީއިރު އަހަރެން އޭނަ ހޯދަން މިހުރިހާ މަސައްކަތެއްކުރަންވީ ކީއްވެ؟ އަހަރެން ކިތަންމެ ލޯބިވިޔަސް އަނެކާގެ ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްނޫން. އަހަރެން ކުރިން ހީކުރީ ލިމްވެސް އަހަރެންދެކެ ވަރަށް ލޯބިވާކަމަށް. އެކަމަކު ލިމް އެދިޔައީ އެއީ މުޅިން ކުށްހީއެއްކަން ޘާބިތުކޮށްދީފަ. ދެން ޝާލް ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް؟” މާޔޫސްވެފައި އިނދެ އައިހަމް ކިޔައިދިނެވެ. އައިހަމްގެ އަޑުއަހަން އިން މިޝާލް ހައިރާންވިއެއްކަމަކު އެކުވެރިޔާއަށް ވިސްނުމުން އޭނާ ނުހަނު ހިތްހަމަޖެހުނެވެ. ” އަލްޙަމްދުލިﷲ. ހާދަ އުފާވެއްޖެއޭ އައީއަށް ވިސްނުނީމަ. އަހަރެންބުނާނެ ވާހަކައެއްނެތް. އައީއަށް ބޭވަފާތެރިވި ކުއްޖަކަށްޓަކާ ހިތާމަނުކޮށް އާޙަޔާތެއްފެށޭތޯބަލަންވީ. ފައިނަލީ ލިމްޝާގެ ޗެޕްޓާ އައީގެ ޙަޔާތުން ނިންމާލާ ދި އެންޑް ޖަހަންވީ.” އައިހަމްގެ ކޮނޑުގައި ޖަހާލަމުން މިޝާލް ބުނެލިއިރު އެމޫނުމަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. ވާނީވެސް އެހެންތާއެވެ. އެލިމްޝާއަކާހެދި އައިހަމް ހާދަ ވޭނެއް ތަޙައްމަލްކޮށްފިއެވެ. އެކުވެރިޔާ އެނުލަފާ އަންހެންކުއްޖާގެ މަޅިން ސަލާމަތްވެ ހެޔޮ ވިސްނުން ލިބުމުން އުފާނުވާނީ ވަކިކާކުހެއްޔެވެ؟ ކޮންމެއަކަސް އައިހަމްވެސް ރައްދުގައި ހިނިތުންވެލިނަމަވެސް ހިތުގައި ނޭންގޭ ނުތަނަވަސްކަމެއްވަނީ އުފެދިފައެވެ. އައިހަމްއަށް ރޭކާވެސް ނުލާ ޙާލު އޭނަގެ އެ ބަސްނާާާހާ ހިތުގައި ދަނީ އެހެންކުއްޖެއްގެ ނަން ލިޔެވެމުންނެވެ. ” އަދިވެސް ނުކިޔާދެމެއްނު މާލެ އައިސް ތިދިމާވި ޙާދިސާއެއް.” މިޝާލް ހީވަނީ އުފަލުންގޮސް އެހެންފަދަކަމެއްހެންނެވެ. އޭނަގެ އަޑުގައިވި ފޯރިންވެސް އެކަމުގެ ހެތްކަކަށްފުދެއެވެ. ” ދެން އެވާހަކަ ފަހުން ދޯ. އިހަށް ދެން ތިކެވޭތޯ ބަލާބަލަ. މިރޭ އަށެއްޖެހީންސުރެން ފްރައިޑް ނޫޑުލްސް ނުކެވިގެން ކެތްނުލަވައިގެން އުޅުން މީހަވިއްޔަތީ. ދެން މާގިނައިރުވަންދެން އިންނަންޔާ އަހަރެން ތިތަށިވެސް ހުސްކޮށްލަފާނަން.” ހެމުންހެމުން އައިހަމް ބުނެލިއެވެ. އެއާއެކު މިޝާލްވެސް ހިނިގަނޑެއް ޖަހާލާފައި ކާންފެށީ ބަނޑުހައިވެފައިހުރި ވަރުންނެވެ. އައިހަމް މިޝާލްއަށް ބަލާލުމަށްފަހު ދެފަރާތަކަށް ބޯހޫރާލިވަގުތު އަރިމަތީގައި ހުރި މޭޒެއްގެ ކައިރީ އިން ޒައިން ލޮލުގައި އަޅައިގަތެވެ. ޒައިންގެ ކުރިމަތީގައިވެސް ޒުވާންވަރެއްގެ ފިރިހެންކުއްޖަކު އިނެވެ. ފަރުވާތެރިކަމާއެކު އައިހަމް ބަލާލީ ޒައިންކަން ޔަޤީންކޮށްލުމުގެ ގޮތުންނެވެ. ކައިރީގައި ހުރި ޖޫސްތަށީގައި އިން ހޮޅި ހަލުވާލަހަލުވާލަ އިންއިރު ކުރިމަތީގައި މީހަކު އިންކަންވެސް ޒައިންއަށް ރޭކާވެސްނުލާކަހަލައެވެ. ޒައިންގެ ނަޒަރު ހުއްޓިފައިވާ ފިމާއަށް އައިހަމް ބަލާލިއިރު ފެނުނީ އުންމީދުވެސްކުރިފަދަ މަންޒަރެއްނޫނެވެ. އަނދިރީގެ ތެެރެއިންވެސް ސާދަވިލޭރޭގެ ހަނދު ފަދައިން ދިއްލިފައިވާ އަލި މޫނަކީ އައިހަމްއަށް ދުވަހަކުވެސް އޮޅޭނެ މޫނެއްނޫނެވެ. ކައިރީގައި އިން ކުއްޖާޔާ ކޮންމެވެސް ސަމާސާއެއް ކުރަމުންދިޔަ ރިމްޝާގެ ހިނިތުންވެފައިވާ މޫނުފެނި އައިހަމްގެ ހިތުގެ ހިނގުން މަދު ސިކުންތުކޮޅަކަށްނަމަވެސް މަޑުޖެހިލިއެވެ. އެހެން ދުވަސްތަކާ ހިލާފަށް މިރޭ ރިމްޝާ ފެންނަލެތް އެތައް ގުނައެއް ފުރިހަމައެވެ. އެއްވެސް މޭކަޕަކާނުލާވެސް އެމޫނަކީ ޤުދުރަތީ ރީތިކަމުގެ ފުރިހަމަ މިސާލެކެވެ. އިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލާފައިވާއިރު ލާފައި އިނީ ރަތްކުލައިގެ އަތްކުރުޓޮޕަކާއި ގަދަ ނޫކުލައިގެ ޖީންސްއެކެވެ. އެތައްބައެއްގެ ކަތިނަޒަރު ރިމްޝާއަށް އަމާޒުވެފައިވާއިރު އެކަމުގެ ހިލަމެއްވެސް އޭނައަށް ވާހެނެއް ހިއެއްނުވެއެވެ. އެދުވަހު ފެނުނު މަންޒަރުން އައިހަމް ހީކޮށްގެން ހުރީ ރިމްޝާއާއި ޒައިންގެ މެދުގައި ގުޅުމެއް އޮންނަ ކަމަށެވެ. ނަމަވެސް މިރޭ ޒައިންގެ އަމަލުތައްހުރިގޮތުން އެއީ ކުރެވުނު ކުށް ހީއެއްކަން އައިހަމްއަށް ޔަޤީންވެއްޖެއެވެ. އެދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއްވާނަމަ ޒައިން އެގޮތަށް މާދުރުގައި ރިމްޝާއަށް ބަލަން ނީންނާނެކަމަށް އައިހަމްއަށް ޤަބޫލުކުރެވުނެވެ. ސިކުނޑިތެރޭގައި އެނބުރެމުންދިޔަ ހިޔާލުތަކުން އައިހަމްއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ.

…ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

No one

Level 210 Stories100 Comments

I'm a 18 year old girl who have always loved to read and write stories

Other Articles

Previous

އެ ދަތުރު…

Next

ހުުޅުކޮޅު 14

Next
May 30, 2018

ހުުޅުކޮޅު 14

Previews
May 30, 2018

އެ ދަތުރު…

32 Comments!

  1. Leo3910 says:
    May 30, 2018 at 3:52 pm

    Woww..just amazing…

    1. Leo3910 says:
      May 30, 2018 at 3:53 pm

      Me first

    2. No one says:
      May 30, 2018 at 4:35 pm

      Yes congrats leo3910.. vr happy vehje story kamudhiyaiima♥️♥️

  2. unique says:
    May 30, 2018 at 4:24 pm

    omg i have waited a lot to read this story……… will comment later

    1. No one says:
      May 30, 2018 at 4:36 pm

      It’s alright unique dear.. ♥️♥️

  3. No one says:
    May 30, 2018 at 4:38 pm

    Hiii all the readers.. here’s the second part.. nd vr bodah sry mi part maa bodah kurukoh liyevuniima… Actually vaahaka up kohli iru i didn’t realise ehaa kurukon kamh liyevifa iny.. next part will be long enough.. insha allah

  4. No one says:
    May 30, 2018 at 4:39 pm

    Sry sry 5th part

  5. unique says:
    May 30, 2018 at 4:46 pm

    vvv reethi but its v short

    1. unique says:
      May 30, 2018 at 4:47 pm

      its okey No one…. we appreciate it…….just make next part long thats enough

    2. No one says:
      May 30, 2018 at 4:50 pm

      Thank u so much unique dear for ur support..♥️♥️.. i will try my best to make next part long

  6. Tushaa says:
    May 30, 2018 at 5:42 pm

    Very short hope next part will be long and will upload next part fast anyway this part is nice

    1. No one says:
      May 30, 2018 at 10:48 pm

      Sry tusha dear…nd anyway thanks story kiyaalyma?❤️♥️♥️

  7. Mishy says:
    May 30, 2018 at 7:08 pm

    Woww?????????.. vrh vrh reethi.?????????.. nxt prt dhigu khladhhchey… ???????… waitinn..❤❤❤❤❤❤
    ❤???????⚘⚘⚘⚘
    ⚘⚘

    1. No one says:
      May 30, 2018 at 10:50 pm

      Thank u so much mishy dear.. next part dhigukohlaanan insha allah..❤️???♥️♥️

  8. Xuvaana says:
    May 30, 2018 at 7:52 pm

    Mihaa dhuvas kohfah haadha kurey than kohleh ahvas ahvaha up kohka dhee bala

    1. No one says:
      May 30, 2018 at 10:51 pm

      I’m extremely sry for that.. next part tmrw insha allah

  9. Anonymous says:
    May 30, 2018 at 8:31 pm

    avahah up kohdhehchey next paart ???/v kuru mi part bt reethi ……

    1. No one says:
      May 30, 2018 at 10:53 pm

      Anonymous dear.. I’m really sry… Mi part asluvx maa kury dhw… Next dhigukohlaanan ingey dear

  10. Hairaan says:
    May 30, 2018 at 11:53 pm

    Asl vaahaka varah reethi.
    Maa ginadhuvas vany next part kiyaalanlibeyleh.

    1. No one says:
      May 31, 2018 at 11:03 am

      thanks dear.. im sorry vaahaka lahun up kohleveythy..

  11. She says:
    May 31, 2018 at 11:05 am

    This part is also amazing. Waiting for next part ???

    1. No one says:
      May 31, 2018 at 12:51 pm

      Thank u so much she dear❤️♥️??

  12. Someone says:
    May 31, 2018 at 11:52 am

    Wow mi part ves vrh salhi..??

    1. No one says:
      May 31, 2018 at 12:53 pm

      Thanks someone.. vr happy vehje story kamudhiyaiima??♥️❤️???

  13. Neih bunaa hitheh says:
    May 31, 2018 at 11:53 am

    Mi part ves vrh reethi

    1. No one says:
      May 31, 2018 at 12:54 pm

      Thanks nei bunaa hitheh..

  14. Someone says:
    May 31, 2018 at 12:21 pm

    Hama ekani kuruthankolhu dhen hama vrh furihama ??

    1. No one says:
      May 31, 2018 at 12:55 pm

      Yh i apologise for that dear.. nd thank u so much story kiyaalaafa comment kohlyma❤️♥️?❣️♥️♥️

  15. Shaaa... says:
    June 1, 2018 at 1:33 am

    When next

    1. No one says:
      June 2, 2018 at 6:47 pm

      Next part innaane up kohlaafa dear

  16. Roxy says:
    June 1, 2018 at 11:37 am

    No one dear stry hama amazin nge lved it buddy????????

    1. No one says:
      June 1, 2018 at 1:33 pm

      Thank u so much roxy dear❤️♥️♥️???

Comments are closed.

Next Episodeއުޖާލާވެގެންދިޔަ ޙަޔާތް (6)←


All Right Reserved!