ޝިވާން އެރޮނީ ނިޔާލް ކޮޓަރީގައި އިނީމާކަން ޝިވާއަށް އެނގެޔެވެ. ޝިވާންއަށް ވެސް ނިޔާލް މިހާރު އެހާ އަނިޔާ ކުރެޔެވެ. އެކަމުގެ ސަބަބުން ނިޔާލް ފެންނަން ހުއްޓަސް ޝިވާން ބިރުން ރޮއެއެވެ. “ނިޔާ އިނީމަ… ބިރުން…” ޝިވާ އަށް ބުނެވުނެވެ. ނިޔާލް ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. “އަހަރެން މިއީ އަޅެ ބިރުވެރި ފުރޭތައެއްތަ؟ އަހަރެން ފެނިގެން ބިރުން އުޅެން” ނިޔާލް ބުނެލިއެވެ. އަދި ފޮތާއި ގަލަން ބާއްވާލަމުން ރަބަރު އަންގި އަތަށް ލައްވާލިއެވެ. އެއާއި އެކު ތެޅި ގަތީ […]
* “ލެޓްސް ގޯ.. ދައްތަ އެބައުޅޭ ތަނެއްގައި ނުވެސް އިށީނދެވިގެން މިއާ ނާންނަނީސް.. ކައްކާލިވަރުން އަވަށަކަށް ކާންދޭން ޖާފަތެއް ތައްޔާރުކުރީހެން ވެސް ހީވެދާނެ..” ޝަފްވާން ބުނެލިއެވެ. ހަދާނެ ގޮތެއް ނޭނގިފައި މިއަލް ބަލަން ހުރުމުން ޝަފްވާން ބުމަ ހިއްލާލިއެވެ. ހިތާދެކޮޅަށް މިއަލް ސައިކަލަށް އެރީ މި ވާނީ މިޝަލްގެ ރޭވުމަކަށް ކަން އެނގޭތީއެވެ. * “ކީއްކުރަން މިތަނަށް ބަލާ އައީ..؟ ދޮންބެ ނޫނީ ތިއްތިއަށް ފެނުނުނަމަޔޯ..؟” މިއަލް އަހާލީ މަޑުންނެވެ. އެހެން މީހުންނަށް ސިއްރުން ލާން އަންނަން […]
“ހަޅޭއްލަވާ.. ހަމަ ބޭނުން ވަރަކަށް ހަޅޭއްލަވަންވީ.. އެކަމަކު ހަނދާން ކުރައްޗޭ.. އަޑުފޮށި ފަޅައިގެންދާ ވަރަށް ހަޅޭއްލެވިޔަސް ކަލޭ ސަލާމަތް ކުރާނެ މީހަކު އަންނާނެ..” އެ ރަޙުމުކުޑަ ބަސްތައް އިވުނު ދިމާއަށް ބަލައިލި އިރު ލިވްޔާގެ އިތުރުން ލައިނީގެ ދެލޯ ވެސް ބޮޑުވެގެން ދިޔައީ ލިބުނު ސިހުމަކުންނެވެ. އެވަގުތު އެތަނަށް ވަދެގެން އައި ދެމީހުންގެ މޫނުމަތީގައިވީ މަކަރުވެރި ހިނިތުންވުމަށް ވުރެ ބޮޑަށް އެ ދެބެން ޖެހިލުންވީ، އެ ދަންނަ މޫނުތައް ފެނުމުންނެވެ. އެހެނަސް، ލިވްޔާއަށް ވެސް އަދި ލައިނީއަށް […]
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ރަޝިއަން އެއާވޭސް އިން ފައިބައިގެން އައި އަންހެން ކުއްޖާ އޭނާގެ ލަގެޖްތައް ހިފައިގެން ބޭރަށް ނިކުމެ ފޯނުގައި ފަރިތަކަމާއެކު ނަމްބަރެއް ޖަހާލުމަށްފަހު ގުޅާލިއެވެ. “ކޮބާ؟ ކޮންތާކުތަ؟ އިވްރިއާ ގުޅާލީ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށެވެ. “ފަހަތް ބަލާބަލަ މިހިރީ އޭ” ބުނުމުން ފަސްއެނބުރި ބަލާލާފައި އަދީ އޭ ކިޔާ ގޮސް އެއަންހެން ކުއްޖާގެ ގައިގައި ބައްދާލިއެވެ. އަހަރެމެންގެ ޑޮކްޓަރު ދޯ މީ؟ މަރުޙަބާ. އައި އޭމް ސޯ ހެޕީ ފޯ ޔޫ. […]
ރަތް ފިޔާތޮށި އުދަރެހަށް ލޯހުޅުވުނީވެސް އެހާ ހާލުންނެވެ. ކޮޅައްތެދުވަންވެސް ގައިގައި ވަރެއް ނެތެވެ. އިރުކޮޅަކުން ޒައިލީ ދުވެފައި އަހަރެން ކައިރިއަށްއައެވެ. “ކީއްވެ އަހަރެން ދޫކޮއްލާފައި ދިޔައީ!” ޒައިލީ ޝަކުވާކޮށްލިއެވެ. “ދާން މަޖުބޫރުވީ، އޭނާ އަހަރެންގެ ފަހަތުން އެހާ ބާރަށް އާދޭ! އަޅެފަހެ އެއީ ކާކުތަ؟” ހިތްހަމަނުޖެހިފައި ބުނީމެވެ. “މިވަރުން ދާނަމަ އަހަރެންނަށްް އެއްވެސް ޖާދޫއެއްގެ ޢިލްމު ލިބޭނެބާ!” ހިތާހިތުން ކިޔާލީމެވެ. އަހަރެންނަށް ހޭލެވުމާއެކު، ބާއްވާފައި އޮތްތަން ބަލާލީމެވެ. އަހަރެން ބާއްވާފައި އޮތީ ތިންވަނަ ހަރުފަތުގެ ހަރުގަނޑެއްގެ ކައިރީގައެވެ. […]
އެއް އަތުން ކުޑަ ހިފައިގެން އަނެއް އަތުން ފޮށި ދަމަމުން އަރީން މަގުމަތީގައި ހިނގައިފައި ދިޔައީ ޙާލެއްގައެވެ. ވަކި މިސްރާބެއް ނެތި ހިނގަމުން ދިޔަ އިރު އެ ހިތުގައިވީ ރިހުން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. ވަކި ހިސާބަކުން ކަފިހި ހުރަސް މަތިން ހިނގާފައި ދަނިކޮށް އޭނާގެ އަތުން ކުޑަ ދޫވެގެން ވަޔަށް ގޮސް ގަހެއްގައި ހަރުލިއެވެ. މިހާރު ވެސް ވާވަރަށް ތެމިފައިވުމުން އަރީން އެ ކުޑަ ބަލައިދާކަށް ގަސްތެއް ނުކުރެއެވެ. އެ ވަގުތު އޭނާގެ މޫނުމައްޗަށް […]
* “މީ ޔައުލާން..” ޔައުލާން ދިނީ ކުރު ޖަވާބެކެވެ. “ޑިޑް ޝީ ސޭ އެނީތިން..؟” ޝަފްވާންގެ އަޑުގައިވީ މާޔޫސްކަން ޔައުލާނަށް ފާހަގަވިއެވެ. އެއާއެކު އޭނާ ވެސް ކުޑަކޮށް ދެރަވާގޮތްވިއެވެ. “އެލް ދޯ..؟” ޔައުލާން ފުން ނޭވާއެއް ލިއެވެ.* “އަހަރެމެން ހީކުރިފަދަ އެއްވެސް ކަމެއް ކަލޭ ނުކުރެޔޭ ބުނީ..” ކުރުގޮތަކަށް މިއަލް ބުނިގޮތް ޔައުލާން ކިޔާދިނެވެ. އެކޮޅުން ޝަފްވާން ޗުސް ލައްވާލިއަޑު ޔައުލާނަށް އިވުނެވެ. އެކަމާހެދި ޝަފްވާން ބޯ ގޮވާފައި އިންނާނެ މިންވަރު ޔައުލާނަށް އަންދާޒާ ކުރެވުނެވެ. “ހަމަހުވާ […]
އާދުވަހަކަށް މަރުހަބާ ކިޔަމުން އިރުގެ ރަންދޯދިތައް ދުނިޔެއަށް މަރުހަބާ ކިޔަމުންދިޔަ ވަގުތެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިން ކޮންމެ މީހެއްގެ ހިތަށް ހަމަޖެހުން ލިބޭނެކަން ގައިމެވެ. އެހެން ދުވަސް ތަކެކޭ އެއްފަދައިން އަހަރެން އިނީ ސްކޫލުގައެވެ. ސްކޫލުގަޑިތަައް ނިމިގެން ދިޔައީ ނުހަނު އަވަހަށެވެ. ބެލް ޖެހުމާއެކު ހުރިހާ ކުދިން ވެސް ދަބަސް ހިފައިގެން ގެއަށް ދިއުމަށް އަވަސްވެގަތެވެ. އެހެން ކުދިންނެކޭ އެއްފަދައިން އަހަރެން ވެސް ގެއަށް ދާން ބޭނުމެވެ. […]
“އެލީގެ ނަމްބަރ ދޭންވީނު. އޭރުން ދޯ ހިޔާލެއް ހޯދަން ގުޅާލެވޭނީވެސް.. އިޓްސް ޔޯރ ސްޕެޝަލް ޑޭ” ޝައިނާ އެލީޝާގެ ގާތަށް ޖެހިލައީ ނަންބަރު ހޯދިއެވެ. ރާހިލްއަށް ގަބޫލުނުކުރެވިފައި އެމަންޒަރު ބަލަށް ހުރެވުނުއިރު ރިއާންއަށް ހިތްހަމަނުޖެހިފައި ބަލައިލެވުނީ ރާހިލްއަށެވެ. ރާހިލްގެ ކުރިމަތީގައި މިހުރިހައި ކަމެއް ވެގެންދާން ދޫކޮށްލައިގެން މިހިރީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ރާހިލްއާ އެވާހަކަ ދެެއްކުމަށްޓަކައި އެއްފަރާތަކަށް ޖެހިލި އެވެ. “ރިއާން މޮޔަވީތަ؟ ބައްޕަމެންނާ އެއްބައި ކިޔާފަ ޕާޓީއަށް އެ ރަށް ތި ދިނީ […]