Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-28

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
July 23, 2025 3 Mins Read
1 Comment

“ހާދަ އުފަލުން މިއަދު ތިހިރީ، ކިހިނެއްވީ..؟” މާހީގެ އުޖާލާ ވެފައިވާ މޫނު ފެނި ޒަހީނާ އަހާލިއެވެ.

*ޕާރްޓް-28*

“ކުޑޫ.. އަހަރެން އެބޮށް ވާހަކަ އެއް ބުނަން ވެފަ..” މާހީ ހުރީ ފުދޭވަރަކަށް ޖެހިލުންވެފައެވެ. ޒަހީނާ ރުޅި އައިސް ދާނެތީއެވެ.

“ކުޑޫ އަހަރެން މިއުޅެނީ ކުއްޖަކާ ރައްޓެހިވެގެން..” މާހީ ހިއްވަރު ކޮށްލައިފައި ބުނެލި އެވެ.

“ކޮން ކުއްޖަކާ..؟” ޒަހީނާ ވަރަށް އާދައިގެ ގޮތަކަށް އަހާލިއެވެ.

“ބުނީމެއްނު މާއިލް ކިޔާ ކުއްޖެއްގެ ވާހަކަ.. އެކުއްޖާއާ..” މާހީ ލަދުން ހުރެ ބުނެލި އެވެ.

“މާހީ އަށް އެނގޭތަ އެއީ ކޮންކަހަލަ ކުއްޖެއްކަން.. އޭނާ މާހީ ދެކެ ލޯބިވޭތަ..؟” ޒަހީނާ ސުވާލު ފަތި އަމުނާލިއެވެ.

“ލައްބަ.. މާއިލް އަކީ ވަރަށް ރަގަނޅު ކުއްޖެއް.. އަހަރެންނަށް ވަރަށް އަޅާލާ…އަދި ކިޔެވުމަށް ވެސް މޮޅު..” މާހީ ކިޔާދިނެވެ.

“ދަރިފުޅާ ކުޑޫ ބުނަން އޮތީ މިހާރު އެއޮތީ ޓެސްޓު ވެސް ބޯމަތިވެފައޭ.. ގޯސްކޮށް ނޫޅެއްޗޭ.. ބަސް އަހައިގެން އުޅެންވާނީ..” ޒަހީނާ ނަސޭހަތް ދިނެވެ. ޒަހީނާ ރުހޭކަން އެނގުމުން މާހީ ހުރީ ނުލާހިކު އުފަލުންނެވެ.

މާއިލް މާހީ އަށް ވަރަށް ރަގަނޅެވެ. އަބަދުވެސް ކައިފިތޯ ބަލާނެވެ. ފިލާވަޅުތައް ހަދައި ރަގަނޅަށް ނިދިންތޯ އަހާނެވެ. މާހީ ހުންނަނީ މާއިލްގެ މިބަލީގައި ޖެހިގެން ނުލާހިކު އުފަލުންނެވެ. މާއިލް ނޫނީ މިހާ ރަގަނޅު މީހަކު ނުލިބޭނޭ ހިތަތް އަރުވައިލައިގެނެވެ. މިހާރު ޓެސްޓުތައް ނިމި ނަތީޖާ ވެސް ލިބިއްޖެވެ. މާހީ އަށް ހުރިހާ އެއްޗަކުން އޭ ސްޓާރް ލިބުނެވެ. މާއިލް އަށް ވެސް މެއެވެ.

އެއްދުވަހެއްގެ ރޭގަނޑުގެ ވަގުތެވެ. މާހީ އާއި މާއިލް އަތުގުޅުވައިލައިގެން އެބައާދެއެވެ. އެކި ވާހަކަ ތަކުގެތެރެއިން މާއިލް ބުނެލި އެވެ.

“އަހަރެން ބޭނުންވަނީ 18 ވާރަށް މެރީކުރަން..” އެހެން ބުނުމުން މާހީ ކަންބޮޑުވެ ހުރެ ބަލާލިއެވެ.

“ހާސް ނުވޭ.. ކައިވެނިކޮށްގެން ވެސް ކިޔެވިދާނެ.. އެޓްލީސްޓް އަހަރެމެން ދެމީހުންގެ ގުޅުން  ހަލާލު ވާނު..” މާއިލް މާހީގެ ކަންބޮޑުވުން ފޮހެލިއެވެ. މާހީ ހިތަތް އެރިއެވެ. މިއީ ހާދަ ރަގަނޅު، ދީނަށް އުޅޭބަޔަކަށް ލިބިފައިވާ ދަރިއެކެވެ. ހިނިތުންވެލައިފައި މާހީ އެއްބަސް ވިއެވެ.

*އެއް ހަފްތާ ފަސް*

މިއަދަކީ މާހީގެ އުފަން ދުވަހެވެ. ރާޔާ އާއި ލަވްޔާ ވެސް މާހީއަށް ގުޅާފައި ތަހުނިޔާ ކިޔެވެ. ޒަހީނާ ވެސް މެއެވެ. އާއިލާ ގިނަ މީހުން މެސެޖް ކޮށްފައިވެސް ހުއްޓެވެ. ޒަހީނާ، އުފަންދުވަހުގެ ހަދިޔާ އަކަށް 500 ރުފިޔާ ފޮނުވިއެވެ. މާއިލް ވެސް “ހެޕީ އެއިޓީންތް ބާރްތް ޑޭ”.ކިޔާފައި މެސެޖް ކޮށްފައި އިނެވެ. މާހީ ހުރީ ނިކަން އުފަލުންނެވެ. ޒީކް ވެސް ބުނެގެން ކިޔާރާ އާއި ތިން މީހުން ވަނީ މިރޭ ކުޑަ ޕާޓީ އެއް ބާއްވާ ގޮތަށް ހަމަޖެހިފައެވެ. އެއީ ތިން މީހުން ޝެއާރް ވެގެނެވެ.

ރޭގަނޑުގެ ވަގުތެވެ. މާހީ އިނީ ފޯނު ހިފައިގެން ސިޓިންރޫމުގަ އެވެ. އެފަން ދިގު އިސްތަށިގަނޑު ހުޅި އަކަށް ޖަހާފައިވީރު ލައިގެން ހުރީ ޖޯޒީ އަކާއި ފުޅާ ހަރުވާޅެކެވެ. އިރުކޮޅަކުން ދޮރުގައި ޓަކިދިން އަޑުއިވުނެވެ. މާހީ ހީއްކުރީ އެއީ އޯޑަރު ކުރި އެއްޗިހި އައީ ކަމަށެވެ. ޒީކްވީ ކޮޓަރީގައި ކަމުން އޭނާ ބުރުގާ އަޅާއިގެން އަވަހަށް ދޮރު ހުޅުވާލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. މިއީ ކާކު ކުޅޭ ކުޅިވަރެއް ހެއްޔެވެ. ވާނީ މިތާ އުޅޭ ކުއްޖަކަށެވެ. މާހީ ދޮރު ލައްޕަން އުޅެނިކޮށް ތިރީގައި ބާއްވައި ލައިފައި އޮތް ރަތް ފިނިފެންމާ ފެނުނެވެ. މާހީ އޭތި ނެގިއެވެ. އޭގައި ނޯޓް ކޮޅެއްވެސް އިނެވެ. “ހެޕީ ބާރްތްޑޭ މައިލަވް” އެހެން ޖަހައިފައި އިނުމުން ބޭއިޙްތިޔާރުގައި މާހީއަށް ހިނިތުންވެލެވުނެވެ. މާއިލް ކަންތަކެވެ. މާހީ އެތެރެއަށް ވަދެ ދޮރު ލައްޕާލަމުން ފިލާ އިނދެފައި އަރަން ނުކުތެވެ. އޭނާގެ މޫނުމަތީ ވަނީ ހިތްހަމަޖެހުމެވެ. މާހީގެ ހިނިތުންވުން ފެނި އަރަން އުފާވިއެވެ. އެއްމެ ބޮޑަށް އުފާވީ މާހީ އޭނާގެ އެކުޑަ ހަދިޔާ ގަބޫލުކުރުމުންނެވެ.

މާހީ އެފިނިފެންމާ އަތަށް ލައިގެން ހުރެ މާއިލް އަށް ގުޅާލިއެވެ.

“ހަލޯ، ކިހިނެއްވީ..؟” މާއިލް އަހާލިއެވެ.

“މާއިލް ދިން ރޯސް އެއްދޯ..؟” މާހީ ވެސް ކޮށްލީ ސުވާލެކެވެ.

“އެއިން..؟ ކޮން ރޯޒް އެއް..؟” މާއިލް އަށް އިނގޭކަމަކަށް ނުވިއެވެ.

“ދެން މާއިލް..” މާހީ މާއިލްގެ ނަމުން ދިގުކޮށް ގޮވާލިއެވެ.

“އަސްލުވެސް.. މާހީ ތިދައްކަނީ ކޯއްޗެއް ގެ ވާހަކައެއް..؟” މާއިލް ކުޑަކޮށް ހީލިއެވެ.

“ދެން އޯކޭ.. ބާއްވަނީ..” މާހީ އެއްމެފަހުން ފޯނުބޭއްވިއެވެ. ހަމަގައިމުވެސް މިއަދަކީ އޭނާގެ އުފަން ދުވަސްކަން އެނގޭ އެހެން މީހަކު ނުހުންނާނެއެވެ. މިއީ ހަމަ މާއިލް ދިން އެއްޗެކެވެ. އޭނާ އެއްބަސް ނުވަނީ ލަދުން ކަންނެއިންގެ އެވެ. އާމުކޮށް ފިރިހެނުންނަކީ މިކަހަލަ ކަންތަކުގައި ފިޑިބަޔެކެވެ.

“އަހަ ހާދަ ލޯބި މަލެއް.. ކާކު ދިނީ..؟” ޒީކް ނުކުމެގެން އައިސް އަހާލިއެވެ. އޭނާގެ ބަނޑަށް އެއްމަސް ވެފައި ވުމުން އެ ބަނޑު އޭނާ ލައިގެން ހުރި ބާރު ޓީޝާޓު މަތިން އެނގެއެވެ.

“މާއިލް ދިން އެއްޗެއް..”  މާހީ އޭތި ކޮޓަރީގައި އިން ވާސްތެރެއަށް ލިއެވެ.

ޒީކް ވަނީ އޭނާ މާބަނޑު ކަން އޭނާގެ މައިންބަފައިން ކައިރީ ބުނެފަ އެވެ. އޭނާގެ މައިންބަފައިން ބުނީ އޭނާގެ ބަނޑަށް 6 މަސް ފުރުމުން އެމީހުން ގޮސް އޭނާ ރާއްޖެ ގެންނާނީ ކަމަށެވެ. މިއީ ޒީކްގެ ބަނޑުގައި އޮތް ދަރިފުޅުގެ ބައްޕަގެ އާއިލާ އިންވެސް އެއްބަސްވެގެނެވެ.

އިރުކޮޅެއް ފަހުން ކިޔާރާ ވެސް އައެވެ. މާގިނައިރެއްނުވެ ކާއެއްޗެހި ވެސް އައެވެ. 2 ޕިއްޒާ އާއި ކުޑަ ކޭކަ ކާއެވެ. ތިން މީހުން މަޖާވެލައިފައި އެކި ވާހަކަ ދައްކަމުން ކެއެވެ. ކިޔާރާ ގެޔަށް ދިޔައިރު 2:30 އެވެ. މާހީ ވެސް ނިދި އަންނަން ފެށުމުން ވަނީ ކޮޓަރިއަށެވެ. އިސާހިތަކު ފުން ނިންޖަކުން ނިދުނެވެ.

އެނދުމަތީގައި އޮތް އަރަންގެ ހިޔާލުތައް ގުޅިފައިވަނީ މާހީ އާއެވެ. މާހީ އާއި މާއިލް އެއްކޮށް އުޅޭތާ އެވީ އެއްމެ މަހެކެވެ. މިހާތަނަށް އައިރުވެސް އަދި މާއިލް ފަރާތުން އެއްވެސް މެއެވެ ސިފައެއް ފެނިފައެއް ނެތެވެ. ނަމަވެސް އޭނާ އަކަށް މާއިލް މިއީ ކޮންކަހަލަ މީހެއްކަމެއް ނެއިންގެއެވެ. އޭނާ އަކަށް އެހާ އިތުބާރެއް ނުކުރެވެ އެވެ. އަދި މާއިލް އަށް ކުޑަކޮށް ފާރަލާން އެބަޖެހެއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މާސްކު (ޕާޓް 1)

Next

ހިތް އެދެ ޔާރާ ތިއޭ – 25

Next
July 24, 2025

ހިތް އެދެ ޔާރާ ތިއޭ – 25

Previews
July 23, 2025

މާސްކު (ޕާޓް 1)

One Comment

  1. Your fav bab Your fav bab says:
    July 24, 2025 at 8:15 pm

    Aran😭😭😭 I feel so bad for him!
    E rose dhinee hama maail kan how is maahee sure??
    Well I think aran is about to find something mysterious about maahil!.. Stalk koh gen!.
    When next?
    You r a talented author 💗💗💗
    Ly

Comments are closed.

Next Episodeއަބަދަށް-29←


All Right Reserved!