ރެސްޓޯރެންޓްގައި ތިބި އަލްޔާ އާއި އާނިޝް މެން ތިބީ އެމީހުން ކުރި އޯޑަރ އަންނާނެ ވަގުތަކަށެވެ. ” އާނިޝް ޔައިގެ ހަބަރެއް ވިތަ…؟” އޯޑަރ ގެނެސްދިނުމުން އަލްޔާ ބުނެލިއެވެ. އާނިޝް ވެސް ހަމަ އެކަނި ހޫމް އަކުން ފުއްދާލިއެވެ. ” ކިހިނެތްވީ އަނެއްކާ” އާނިޝްއަށް ވެގެން އުޅޭ ގޮތް އެނގި ހުރެ ވެސް ނޭނގޭ ކަމަށް ހެދުނެވެ. ” އަލް ހީކުރީ ތިދެމިހުން މައްސަލައެއް ޖެހުނީ ކަމަށް….. ޔައި މިހާރު ވަަރަށް ދުރު ނުދައްކާ ވާހަކައެއް ވެސް” އަލްޔާ ދެރަވެފައި ހުރެ ބުނެލިއެވެ. ” ނޫން އަހަންނަކާ މައްސަލައެއް ނުޖެހޭ….. ވެދާނެ އެއްނު ގޭތެރޭގެ ކަމަކަށް ވެސް…. މަށާ ވެސް ވަރަށް މަދުން ވާހަކަ ދައްކަނީ… އާނިޝް ބުނެލިއެވެ. އެހެން ބުނެލި އިރުގައި ވެސް އޭނާގެ މޫނުމައްޗަށް އަރައި ފޭބި ކުލަވަރުތަށް ވަރަށް ރީއްޗަށް އަލްޔާ އަށް ފެނުނެވެ. އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައީ އާނިޝް ކޮންމެ ވެސް ކަމެއް ފޮރުވާކަމެވެ. އާނިޝް އާއި ދިމާލަށް ލޮލުގެ ހިމަ ކޮލުން އަލްޔާ ބަލައިލިއެވެ. ހަމަ ގައިމު ވެސް އޭނާ ހަގީގަތް ހޯދާފައި ނޫން ގޮތަކަށް ހުއްޓައެއް ނުލާނެއެވެ.
އެނދުމަތީގައި އޮތް ޔައިޝާއަށް ހިޔާލުތަކުން ބޭރުވެވުނީ ކޮޓަރީގެ ދޮރުފަތުގައި މިހަކު ޓަކިޖަހާލި އަޑަށެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަ ނުހިކއެވެ.” ދަރިފުޅާ ޔައީ…” ބޭރުން ވާހަކަ ދެއްކީ ނޫރައިންއެވެ. ” ބައްޕަ ބުނީ ކާން އަންނާށޯ…” ކުޓަރިތެރެޔަށް ބޯދިއްކޮއްލަމުން ނޫރައިން ބުނެލިއެވެ. ” ދަރިފުޅު ބަލީތަ” އެނދުމަތީގައި ޔައިޝާ އޮތް ގޮތުން ނޫރައިން އަހައިލިއެވެ. ހަމަ އެކަނި ހޫމް އެކޭ ޔައިޝާ ބުނެލިއެވެ. ” މަންމަ ގާތުގައި ބުނެލި ނަމައެއްނު… އެހެންވެގެން ދޯ މި ދެތިން ދުވަހުގައި ކޮޓަރިޔަށް ކާން ގެންނނަނީ ތި…” ނޫރައިން ހުރީ ފާޑަކަށް ހާސް ވެފައެވެ. ޔައިޝާ ހެދީ ދޮގެއް ނޫނެވެ. ހަމަ ރަނގަޅަށް ވެސް މި ދެތިން ދުވަހު އޭނާ އެހުންނަނީ ފާދަކަށް ބޮލުގައި ރިއްސާފައެވެ. އާނިޝް އާއި އެކުގައި އެއަންހެން ކުއްޖާ ފެނުނު ފަހުން އަބަދު އެކަމާ ވިސްނާ ވިސްނާ ޔައިޝާގެ ސިކުނޑި ވަނީ ގޮވާ ހިސާބަށް ގޮސްފައެވެ. އޭނައަށް ނޭނގުނު ކަމީ އެ އަންހެން ކުއްޖާ އަކީ ކާކު ކަމެވެ. ހަމަ ގައިމު ވެސް އާނިޝްގެ އަންހެން ކޮއްކޮއެއް ނުހުރެއެވެ. އޭނާ ބުނިގޮތުގައި ހުންނަނީ ފިރިހެން ކުއްޖެކެވެ. އެއީ އިޔާޝް އެކަންޏެވެ.
މަންމާ ކުޑަކޮށް ބޮލުގައި ރިއސާތީ އުޅުނީ…. އެހެންވެ ކާން ވެސް ނުދަނީ…. ހޮސްޕިޓަލްއަށް ވެސް ދާންޖެހޭނެ އިރުކޮޅަކުން….. ދެދުވަސް ވަނީ ސަލާން ހަދައިގެން އުޅޭތާ ވެސް…” ޔައިޝާ މޫނު ފުހެލަމުން ބުނެލިއެވެ. އޭރު ވެސް އެ ދެލޯ ކައިރި ހުރީ ރުއިމުގެ ސަބަބުން ދުޅަވެފައެވެ. ނިދާ ބޮކި ޖައްސާފައި ހުރުމުގެ ސަބަބުން ނޫރައިންއަށް އެކަމެއް އެހާ ބޮދަކަށް ސާފެއް ނުވެއެވެ. އަދި ލަސްނުކޮށް އައުމަށް ބުނަމުން އެކޮޓަރިން ނުކުމެގެން ދިޔައީއެވެ. ޔައިޝާ އޭނަގެ ފޯނު ނެގިއެވެ. އަދި އާނިޝްގެ ނަންބަރއަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ޔައިޝާ ” ހެލޯ” އޭ ބުނެލިއެވެ. ” އަމްމްމް އަދިވެސް ޔައި ދެކެ ރުޅި އައިއްސަތަ….” ޔައިޝާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. ” ނޫން ރުޅިއެއް ނަންނަމެއްނު…. އަހަރެން ބުނީ އެފިރިހެން ކުއްޖާއާއި ވާހަކަ ނުދައްކާށޭ އެއްނު…. ސޮރީ ވަރަށް ބޮޑަށް… ވަރަށް ބާރަށް ދޯ ބުނެވުނީ… އާނިޝް ބުނެލިއެެވެ.
”އަޅެ ނިޝް… އެއީ އަހަރެންގެ ބޭބެ އެކޭ… އަހަރެން ޒިވް ދެކެނީ ބޭބެއެއް ގޮތަށް…. އެއްބަނޑު އެއްބަފާ ނޫނަސް ވީއަރ ސިބްލިންގސް…. ނިޝް ބުނި ކަމުގައި ވިޔަސް ޔައި އަށް ޒިވްއާ ވާހަކަ ނުދަށްކައެއް ނުހުރެވޭނެ….” ޔައިޝާ ބުނެލިއެވެ. ހަގީގަތުގައި ވެސް އޭނާ އެހުރީ ވަރަށް ދެރަވެފައެވެ. އެއްކޮޅުން ޒިވްޔަން އާއި ވާހަކަ ނުދެއްކުމަށް އާނިޝް އޭނައަށް އަމުރުކުރަނީ އެވެ. އަނެއްކޮޅުން އެ ގޮތް ނޭނގޭ ނުދަންނަ އަންހެންކުއްޖާއެވެ. އާނިޝް އޭނައަށް ކޮންމެ ވެސް ކަމެއް އެބަ ސިއްރު ކުރެއެވެ. ނުބުންޏެއް ކަމަކު އާނިޝްގެ އަމަލުތަށް ހުންނަ ގޮތުން ޔައިޝާއަށް ޝައްކުވަނީއެވެ.” ހެވޭ މިބުނީނު ވާހަކަ ދައްކައިގެން ނުވާނެއޭ…..ޔައިޝާއަށް ކީއްވެގެންތަ އަޑު ނުއިވިގެން ތިއުޅެނީ…. އާނިޝް ހިތްހަމަ ނުޖެހިގެން ބުނެލިއެވެ. އެގޮތަށް އާނިޝް ވާހަކަ ދެއްކުމުން ޔައިޝާ ވަކިން ބޮޑަށް ދެރަވިއެވެ. ލޯ ފެންކަޅި ވިއެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެރީތި ދެލޯ ކަރުނުން ތެންމާލައިފިއެވެ. ޔައިޝާ އެންމެ ދެރަވީ އާނިޝް އެގޮތަށް ވާހަކަ ދެއްކުމުންނެވެ. ކުރިން ދުވަހަކު ވެސް އާނިޝް ޔައިޝާއަށް ޔައިޝާ ކިޔައިގެން ވާހަކައެއް ނުދަށްކައެވެ. މުޅިންވެސް ޔައި ކިޔައިގެން ވާހަކަ ދައްކަ ދައްކާފައި މިއަދު ކުއްލިޔަކަށް އެގޮތަށް ވާހަކަ ދެއްކުމުން ޔައިޝާ ދެރަވީއެވެ. ޔައިޝާ އިތުރަށް ވާހަކަ ދައްކާކަށް ނޫޅުނެވެ. އޭނާ ފޯނު އެނދު މައްޗަށް ހޫރާލީއެވެ.
ކުޑަގޮތަކަށް ރީތި ވެލަިގެން ޔައިޝާ ނުކުތީ ހެނދުނުގެ ސަޔަށް އެނާގެ ބައްޕަ ގޮވުމުންނެވެ. އެހެން ދުވަސް ތަކެކޭ ހިލާފަށް މިއަދު ޔައިޝާ ހުރީ މޫނުމަތީގައި ފުދޭވަރެއްގެ މޭކަޕް އެއް ކޮއްފައެވެ. އޭނާގެ ހިތާމަވެރިކަން އިތުރު މީހަކަށް ދައްކަން ބޭނުން ނުވާތީ ކަމަށް ވެސް ވެދާނެއެވެ. ޔައިޝާ ކާމޭޒުދޮށަށް ދިޔައިރުގައި ޒިވްޔަން ވެސް ކާން އިނެވ. ޒިވްޔަން ފެނުމުން ހާލު އަހާލިއެވެ. ޒިވްޔަން ވެސް ރަނގަޅު ކަމަށް ބުނެލިއެވެ. ޔައިޝާ ހިނިތުންވުމެއް ހަދިޔާ ކުރުމަށް ފަހުގައި އިށީނީ ސައިބޯށެވެ. ސައިބޮއެގެން ޔައިޝާ އަވަސް ވެގަތީ ހޮސްޕިޓަަލަށް ދިޔުމަށް ޓަކައެވެ. އެވަގުތު ޒިވްޔަން ވެސް ނުކުތީ އިޒްކާން ބުނެގެން އެގެޔަށް ދިޔުމަށް ޓަކައެވެ.
*******
ޒިވްޔަންއާއި އިޒްކާން ތިބީ އިޒްކަންމެން ގޭ އޭނާގެ ކޮޓަރީގައެވެ. އެއީ ނިކަން ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގައި ލާފައި ހުރީ އަޅި ފާޑަކަށް ދާކުލައެކެވެ. ހަމަ އެހެންމެ އެކޮޓަރީގެ ފަރުނީޗަރ ތައް ވެސް ހުރީ ލާފައި ހުރި ކުލައާއި ގުޅުވާފައެވެ. ރީތި ގޮތަކަށް ޒިނަތް ކޮއްފައި ހުރި އެކޮޓަރި އަކީ އެންމެ މިހާރުގެ ފެންވަރަށް ހަދާފައި ހުރި ކޮޓަރިއެކެވެ. ” އޭ ބްރޯ… ކޮބާތަ ޔައިޝާ….. މިހާރު ނުވެސް ފެނޭ….. ކޮފީއަކަށް ދާކަހަލަ…. މަށަށް އަދި އެހާ ރީތި ކުއްޖަކު އަލަށް ވެސް ނުފެނޭ…. އިޒްކާން ބުނެލިއެވެ. ” ލީން އަށް އެނގެއްޖިއްޔާ މަ ނޮޅާލަން ވެސް ފަސް ނުޖެހޭނެ…. ކަލޭ ކޮންމެސް ލީން ގާތުގައި ނުބުނަށްޗެ… ޔައި މަށަށް ވަރަށް ރީތި އަދިވެސް އެއްފަހަރު އެރީތި ސޫރަ ދެކިލާ ހިތްވަނީ…. އިޒްކާން އިނީ ޖާދުލުގައި ޖެހިފައެވެ. ހަމަ ރަނގަޅަށް ވެސް އިޒްކާން ޔައިޝާގެ ހިޔާލުތަކުން މަސްތު ކުރުވައިފިއެވެ. ” އިޒްކާން މަށަށް ތިކަން ކޮއްދެވިދާނެ… ކަލޭ އެކަމު ވިސްނާތި މަގޭ ކޮއްކޮއަށް ދެރައެއް ދީފިއްޔާ މަ ކަލޭ ނޮޅާލާނަން… ޒިވްޔަން ބުނެލިއެވެ. އިޒްކާން ވެސް ހިނިތުންވެލިއެވެ. އޭނާ މީހަކާ ރައްޓެހި ވެގެން ހުރެ ޔައިޝާ އަކާއި ރައްޓެއްސެއް ނުވެވޭނެއެވެ. އޭނާ ޔައިޝާ އާއި ވާހަކަ ދައްކާނީއެވެ. އެއީ ކޮންކަހަލަ ކުއްޖެއްތޯ ބަލަން ޖެހޭނެއެވެ. ފެންނަ ފެނުމަށް ކިތަންމެ ރީއްޗަސް އެތެރެއެއް ނޭނގޭނެއެވެ. އޭނާ އެޔެއް ބަލަން ބޭނުމެވެ.
އެއްވެސް މަންޒިލެއް ނެތި ޔައިޝާ ހިނގަމުން އެދިޔައީ މާލޭގެ ބޮޑު މަގުމަތީގައެވެ. އޭނާގެ ސިކުނޑީގައި ހިނގަމުން އެދާ ހައިޖާނު ގަނޑަށް އެއްވެސް ބަދަލެއް އަންނަކަން ފާހަގައެއް ނުކުރެވެއެވެ. އިރެއްއިރެއް ދަނީ އެ ހިތުގެ ހިނގުން ބާރު ވަމުން ނެވެ. އާނިޝް އާއި ދޭތެރޭ ވިސްނާ ވިސްނާ އެފަކީރު އެހެރަ މަރުވަނީއެވެ. ކުއްލިއަކަށް ޔައިޝާ ސިހުނީ މަގުންލާފައި އައި ޕިކަޕު ފެނިފައެވެ. އެވަގުތު އޭނާ ހަނދާންވީ އޭނާއަށް ހުރެވުނީ މަގުގެ މެދުގައި ކަމެވެ. ދެލޯމަރާލީ ދެން އޭނާއަށް ސަލާމަތް ވެވޭނެކަމުގެ ޔަގީންކަން ޔައިޝާގެ ހިތުގައި ނެތީމައެވެ. ނަމަވެސް ބާރުގަދަ އަތަކުން އޭނާގެ މެދުހަށީގައި ވަށާލާފައި ކައިރިއަށް ދަމާގަތް ވަގުތު ޔައިޝާ ގޮސް ތަތްލީ އެމީހެއްގެ ގައިގައެވެ. މަޑުމަޑުން ދެލޯހުޅުވާފައި ޔައިޝާއަށް ބަލާލެވުނެވެ. ކުރިމަތީގައި ހުރީ މީގެ ހަފްތާ އެއް ހާ ދުވަސް ކުރިން އޭނަޔަށް ފެނިފައިވާ ދަންނަ ޒުވާނެކެވެ. ” އާރ ޔޫ ބްލައިންޑް….” ހާސްވެފައި ހުރިވަރުން އިޒްކާންއަށް ބުނެވުނެވެ. އަދި ޔައިޝާ އޭނާގެ ގަޔާ ދުރުކޮއްލިއެވެ. ޔައިޝާ އިސްޖަހާލީއެވެ. އޭނާ ބުނާނެ އެއްޗެއް ހިތަށް ނައީއެވެ. ” އިނގޭތަ އަމިއްލަ ނަފްސަށް އަނިޔާ ކުރާ ކުދިން ދަނީ ކޮންތާކަށް ކަން….. އިޒްކާން އަނިއްކާ ވެސް ބުނެލިއެވެ. ” ނޭނގެ ” ޔައިޝާގެ އެ އަޑު އިވުމާއެކު އިޒްކާން ދެން އިތުރަށް އެއްވެސް ވާހަކައެއް ދައްކާކަށް ގަސްތެއްނުކުރެއެވެ. އެ އަޑުން ވެސް ކޮންމެވެސް ކަމަކާ ހިތާމަ ކުރާކަން އިޒްކާންއަށް ފާހަގަވިއެވެ.
********
އާނިޝް އާއި ބައްދަލް ކޮއްފައި އަލްޔާ އަވަސް ވެގަތީ ހޮސްޕިޓަލް އަށް ދިޔުމުގެ ކުރިން ފިހާރަޔަކަށް ވަދެ ސުޕާރި ފުޅިއެއް ގަތުމަށެވެ. ދުވެފައިކަހަލަ ގޮތަކަށް އޭނާ ދިޔައީ ގަޑި ޖެހިދާނެތީއެވެ. ފިހާރަ ދޮރުމަތީގައި ހުއްޓިލާފައި އޭނާ ގަޑިއަށް ބަލާލިއެވެ. އޭރު އަދި ފަނަރަ ވަރަކަށް މިނުޓު އޮތެވެ. އަވަސް ކޮށްލައިގެން އޭނާ ފިހާރަތެރެޔަށް ވަދެގަތީ މީހުން ތަންކޮޅެއް މަދުވެފައި އަވަހަށް ދެވޭނެތީއެވެ. ފިހާރަރެތެޔަށް ވަންނަން ވެގެން ފައި އަޅާލިގަޑީގައި އަލްޔާ މީހެެއްގެ ގައިގައި ލައިގަނެފައި ވެއްޓުނީއެވެ. އެވަގުތު އެރިތަދުން އަލްޔާއަށް ބާރަކަށް ހަޅޭ ލަވައި ގަނެވުނެވެ. އޭރު އޭނަގެ ގައިގައި ޖެހިފައި އެމީހަކު ވެސް އޮތީ އިދިފުށަށް ވެއްޓިފައެވެ. ހިނިއައި ނަމަވެސް ހިންދާލީ އެފިރިހެން ކުއްޖާތެދުވެ ލޯއަޅާލުމުންނެވެ. ” ތި ތަންކޮޅެއް ބަލަިގެން ވެސް މަށަށް ހީވަނީ އުޅެވިދާނެ ހެން…. އެކުއްޖާ ރުޅިއައިސްފައި އަލްޔާއާއި ދިމާލަށް ބުނެލިއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟. ޒިވްޔަން ފިހާރަޔަށް އެއައީ ދަޅެއް ބޯލައި ބޯހަމަޖަށްސާލަން ވެގެންނެވެ. ނަމަވެސް ފާޑެއްގެ އަންހެން ކުއްޖަކާއި ހެދި އޭނާގެ މޫޑު އިތުރަށް ހަރާބުވީއެވެ.
އަލްޔާ ހުރީ ފާޑަކަށް އަނގަޔަށް ގޮތެއް ހަދައިގެންނެވެ. އެ ފިރހެން ކުއްޖާއާއި ހެދި އޭނާ ވެއްޓުނީމަ ވެސް ހުރިހާ ބަޑިއެއް އެބޭލީ އޭނާއަށެވެ. އެކަމާއި އަލްޔާ ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ” އަދިވެސް ބަލަން އިންނަނީތަ….. ނުފެނޭތަ އަހަރެން ވެއްޓިފައޮތް ތަނެއް…. ކަމް އެންޑް ހެލްޕްމީ ޓު ސްޓޭންޑް…. ޒިވްޔަން އަދިވެސް ހުރީ އޭނާ ވެއްޓުމުން ނުތެދުވެއެވެ. އޭނާ ބޭނުން ވަނީ އެ ރީތި އަންހެންކުއްޖާ ރުޅިއަރުވައި އޭނާ އެތަނުން ނެގުމަށް ށެވެ. އަލްޔާ ކޮޅަށް ތެދުވެ ފިހާރަތެރެޔަށް ވަންނަން ހިނގައިގަތެވެ. ” ޔޫ ކީކޭ އަހަރެން ބުނީ މަ މިތަނުން ނަގާ ދޭށޭ… ޒިވްޔަން އަނައްކާ ވެސް ބުނެލިއެވެ. ” ބުރޯ ލިސެން އައި ޑޯންޓް ހޭވް މަޗް ޓައިމް….. މިލިބޭ ވަގުތުކޮޅަކީ ވެސް މަށަށް ލަސްވާ ވަގުތު…. އެހެން ނޫނަސް ޔޫ އަމިއްލައަށް ވެއްޓުނީވެސް…. ސޯ އަމިއްލައަށް ތެދުވޭ….. މަ ވެސް އަމިއްލައަށް ތެދުވީ….. އަލްޔާ ވެސް އޭނަ އަށް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އަދި ފިހާރަ ތެރެޔަށް ވަނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Masha Allah 😍 haadha reehchey 🥰
dhen ulhey yai aa izkaan gulhuvan..🤍al and ziv vx vrh gulhey ❤️… Curiously waiting for next ep.. Lysm Tc ❤️🥰
Thanks lim
Hehe balamaa dhw dhen vaane goii
I’m also curious😉 next soon inshallah
Lysm tc you too 🩷🩷
Omgg this is too good. Keep it up girll. so it’s like besties besties tha😻.. when nexttt??
thanks writerr….vrh avahah kiyaalan libeyne kamah balamaa dhww
stayy turned inshallah soon