
ހިތުގެ ނާރުތަކުގާވެސް ތިބާ… 16

“ދެން މީގަ މިހުރީ ބައިވަރު އާފަލާ، އޮރެންޖާ، މޭބިސްކަދުރާ، ދޮންކޭލާ އެއްޗެހި. ޒިވީ ކައްޗޭ އިނގޭ؟ އޭރުން އަވަހަށް ރަނގަޅުވާނީ. މިހާރުވެސް މަންމި އޭނީ ދެރަވެފަ ޒިވީ ބަލިވީމަ” ހިޔާން ވަރަށް ލޯބިން ބުންޏެވެ. ޒިވިއާ ބޯޖަހާލިއެވެ. ކަމަކު ބޭނުން ވެއްޖެ ނަމަ ގޮވާލުމަށް ބުނެފައި ހިޔާން ނިކުމެގެން ދިޔައީ ޑިއުޓީ އިތުރު ޕޭޝަންޓްއެއް އަހިސް ގެންނެވެ.
ހިޔާން ނިކުމެގެން ދިޔަތަނާހެން ނިމްރާ، ކަޔާން، އާކިން އަދި މާޝާ އައެވެ. އައިލީންވެސް މެއެވެ. “ބަލަ ޒިވީ ބަލިވީމަ އައިލީ ވަރަށް ދެރަވެފަ މިހުންނަނީ ހެހެ” މާޝާ ބުންޏެވެ. އައިލީން އެނދަށް އަރާ ޒިވިއާ އާއި އެކު ޓެބްލެޓުން ގޭމު ކުޅެން ފެށިއެވެ.
(16 ވަނަ ބައި)
“ކީކޭތަ ޑަކްޓަރު ބުނީ؟” ކަޔާން ޒިވިއާގެ ބޮލުގައި ފިރުމާލިއެވެ.. “ބުނީ ކުޑަކަމުދާ އެއްޗެހީގައި ޖަރާސީމް ހުރީހެންނޭ ހީވަނީ. ބުނި ޔޫ.ޓީ.އައި އަށްވެސް ވެދާނޭ. ޓެސްޓު ތަކުގެ ނަތީޖާ ލިބުނީމައޭ އިނގޭނީ” ނުހާ ބުންޏެވެ.
ޑިއުޓީ ނިންމާފައި ގެއަށް ވައިން ޔަލާންއަށް ސިޓިންގްރޫމް ގައި ލޮލީޕޮޕްއެއް އަނގައަށް ޖަހައިގެން ޓީވީ ބަލަން އިން އަކްޔުން ފެނި ޔަލާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ލަސް ހިނގުމުގައި ހިނގ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.