“ދަރިފުޅާ. މިއީ މީލިއާ. މީލިއާ މަންމަމެން އިންޑިއާ އަށް ދިޔައީމަ މަންމަ މީލިއާ މިގެއަށް ގެނައީ. ސޮރީ އިނގޭ ކުރިން ނުބުނެވުނީމަ. މީލިއާ އިހަކަށް މިގޭގައި ބަހައްޓާލަން މަންމަ މިއެދެނީ އިނގޭ” މިޒްނާ ބުންޏެވެ. އެއާއި އެކު މިޒިޔަލްގެ ދެބުމަ ގޮށް ޖެހުނެވެ. “މަންމަ މޮޔަވީތަ؟ އަޅުގަނޑު މިއީ މީހެއްގެ ފިރިޔެކޭ. އިވްއެއް ނުވެސް އާދޭ މިފަހަރަކުއެއް. މިގޭގަ އިނީވެސް އެންމެ ކޮޓަރިއެއް. ދެން މަންމަ ކީކޭތަ ތިބުނަނީ؟ މަށާ އިވްގެ ދާނުގައި މަށާއި އެކު، އެހެން އަންހެނަކު ބާއްވާށޭތަ؟” މިޒިޔަލް ހިތްހަމަ ނުޖެހިފައި އެއްސެވެ.
(11 ވަނަ ބައި)
“ކޮބާތަ މައްސަލައަކީ؟” މިޒްނާ ކޮނޑު އަރުވާލިއެވެ. “މަންމާ. މަންމަ ގޭގައި އެހެން ކޮޓަރިއެއްވެސް ހުރެޔެއްނުން؟ އެގޭގަ ބަހައްޓަބަލަ” މިޒިޔަލް އިތުރު ކޮއްލިއެވެ. މިޒްނާ ހީލާފައި މިޒިޔަލް ގާތަށް އައެވެ.
“ތި އިވްޔާއަކަށް މަށަކަށް މާމަ ދަރިއެއްވެސް ނުދެވުނޭނުން؟ ދެން މީލިއާ ބޭނުން ކޮއްލަބަލަ ހެހެ. ތިބުނީނުން އިވްޔާއެއް ނާދެޔޭ؟ އޭނާއެއް އެއްޗެކޭ ނުކިޔާނުން؟ މަންމަ ނުބުނާނަމޭ އިވްޔާ ގާތަކުއެއް” މިޒްނާ ބުންޏެވެ. އަދި ނިކުމެގެން ދިޔައެވެ.
މިޒިޔަލް ހުރީ މިޒްނާ ދެއްކި ވާހަކަތައް ގަބޫލު ނުކުރެވިފައެވެ. އޭރުވެސް މީލިއާ ހުރީ މިޒިޔަލްއަށް ބަލަންށެވެ. އެއާއި އެކު މިޒިޔަލްގެ ރުޅިގަނޑު “ޑަބަލް” ވެލިޔެވެ.
“ކަލޭ ކޯއްޗެއް ތިބަލަނީ؟ އެހެރީ ކަލޭ ވައިން ދޮރު. ހަމަ މިހާރު ނިކުމޭ!” މިޒިޔަލް ދޮރާ ދިމާލަށް އިޝާރަތް ކޮއްލިއެވެ. އަދި އެތެރެޔަށް ވަދެ ދޮރު ތަޅު ލިޔެވެ.
ބަދިގެއަށް ވަދެ މިޒިޔަލް “މަމީ ކަޕް ނޫޑްލްސް” ކަޕެއް ނެގިއެވެ. އޭތި ކުޑަ ގޮތަކަށް ތައްޔާރު ކޮއްލައިގެން މިޒިޔަލް ކާން އިށީނެވެ. އިވްޔާ ނެތުމުގެ ފަޅުކަން އިހުސާސް ވާތީވެ، މިޒިޔަލް އިނީ އެކަނި ވެރި ވެފައެވެ. ނަމަވެސް ކަން ކުރެވުނީ ލޯބިވާ އަނބިމީހާ، އަދި ލިބެން އުޅޭ ދަރިފުޅަށް އެންމެ ރަނގަޅު ގޮތުގައި ކަމަށް މިޒިޔަލް އަމިއްލަ ހިތަށް ވިސްނައި ދިނެވެ.
ހަމަ އެވަގުތެވެ. އިނާ އިނީ ފަތް ފިލުވަންށެވެ. އިނާއަށް އަތް ގާތް ކޮއްލަ ދިނުމަށް އިވްޔާވެސް ގާތުގައި އިނެވެ. “ދަރިފުޅާ؟ މަންމަ އެއްޗެއް އަހާލަންތަ؟” އިނާ އެއްސެވެ. އިވްޔާ “ލައްބަ” އޭ ބުނެލިއެވެ.
“މިޒިޔަލްގެ މަންމަ ދަރިފުޅަށް ގުޅާލިތަ މިކޮޅަށް އައިފަހުން؟” އިނާ އެއްސެވެ. އިނާގެ ސުވާލާއި އެކު އިވްޔާ އިސްޖެހުނެވެ. ހިތަށް ތަދުވިޔެވެ. “ނޫން. ނުގުޅާ. ޔަލްއަށް ގުޅާ. އަބަދުވެސް ބުނާނީ ދެއަންބަށް މީހަކާ އިންނަން. އެހެންވެ ފަހުން ފަހުން ޔަލް ފޯނު ނުވެސް ނަގާ..” އިވްޔާ ކިޔައިދިނެވެ.
“ދަރިފުޅު ބަނޑުބޮޑު ކަން މިޒިޔަލް މަންމައަށް އެނގޭތަ؟” އިނާ ފަތް ފިލުވަން އިންތަށި ބައިންދާފައި ފިޔާ ކޮށަން ފެށިއެވެ. “ނޫން. އަދި ނުބުނަން. އިވް ވިހެއީމަ ބުނަން މިހުރީ” އިވްޔާ ބުންޏެވެ. އިނާ އިސްޖަހާލިއެވެ. “ދަރިފުޅަށް އެނގޭތަ؟ މަންމަގެ މައިދައިތަވެސް ދުވަހަކު މަންމައަކަށް ނުރުހުނު..” އިނާ ބުންޏެވެ.
އިވްޔާގެ ހަރަކާތްތައް ހުއްޓުނެވެ. އެއީ ކުރިން އިވްޔާއަށް އެނގިފައިވީ ވާހަކައެއް ނޫނެވެ.
އިނާއާއި އިވްޔާގެ ބައްޕަ ހަސަން ކައިވެނި ކުރީ އިނާގެ އުމުރުން 18 އަހަރުގައެވެ. އޭރު އިވްޔާގެ އުމުރުން 2 އަހަރެވެ. އާއެކެވެ! އިވްޔާ އަކީ ކައިވެނިން ބޭރުން ލިބުނު ކުއްޖެކެވެ. އެހެންކަމުން ހަސަންގެ މަންމަ ހުސްނާއަކަށް އެކަމެއް ހަޖަމެއް ނުވިޔެވެ. ސަބަބަކީ ހަސަނަކީވެސް ނަހަލާލަށް ލިބުނު ކުއްޖަކަށް ވުމެވެ. ފިރިހެން ކުއްޖަކަށް ވީނަމަވެސް ޅައުމުރުގައި ކުއްޖަކު ލިބުމަށް ހުސްނާ ނޭދުނެވެ. އެހެން ވިޔަސް ހަސަނަކީ ހަރުދަނާ މީހެކެވެ. ޒިންމާދާރު މީހެކެވެ. އިނާ ބަލިވެ އިން ޙަބަރު ލިބުނީން ސުރެ ވަޒީފާއަށް ވަދެ ހަސަން ދިޔައީ އާމްދަނީ ހޯދަމުންނެވެ. އިވްޔާގެ އެއްވެސް ކަމަކު ހުސްނާއަކަށް ހަރަދު ކުރާކަށް ޖެހިފައެއް ނޯންނާނެއެވެ. ނަމަވެސް އިނާއަށް ޓަކައި ހުސްނާގެ ހިތެއް ހެވެއް ނުވިޔެވެ. އެހެން ކަމުގައި ވިޔަސްވެސް އިވްޔާއަށް ހުސްނާގެ ފަރާތުން މާމައެއްގެ ލޯބި ދިޔައީ ފުރިހަމަ ގޮތުގައި ލިބެމުންނެވެ. އިވްޔާއަށް އެކަން ނޭނގެންވީ މައިގަނޑު ސަބަބަކީވެސް އެއީއެވެ. އެހެނަސް އިވްޔާގެ އުމުރުން 15 އަހަރުގައި ދިމާވި ނުރައްކާތެރި އެކްސިޑެންޓްއެއްގެ ސަބަބުން ހުސްނާއާއި ހަސަން ވަނީ މިދުނިޔެއާއި އަލްވަދާއު ކިޔާފައެވެ.
***
އިވްޔާއަށް އިސްޖަހާލެވުނެވެ. މަޑު މަޑުން އިވްޔާގެ ކުޑަކުޑަ ބަނޑުގައި ފިރުމާލެވުނެވެ. އެތުއްތު ފުރާނަ ދުނިޔެއަށް ދެލޯ ހުޅުވާލާ މަންޒަރު ބަލާލުމުގެ ނަސީބެއް ލޯބިވާ ބައްޕައަކަށް ނުލިބުނެވެ. އެހެންނަމަ މިއަދު ހަސަން ކިހާ އުފާވާނެ ހެއްޔެވެ؟ “ބައްޕާ… އިވް މިއުޅެނީ މަންމައަކަށް ވާން…” ހިތާހިތުން އިވްޔާ ބުނެލިއެވެ. އެއާއި އެކު އިވްޔާގެ ދެލޮލުގައި ކަރުނަ ފާއްދާލިއެވެ.
ކައި ނިމުމުން މިޒިޔަލް ދިޔައީ އޮފީހަށެވެ. އޮފީހުގައި އުޅިފައި ކައިހަދައިގެން މިޒިޔަލް އެނބުރި ގެއަށް ވައިން އިރު 11 ޖަހަން އުޅެޔެވެ. އޭރު މިޒިޔަލް ހުރީ ވަރަށް ނިދި އަހިސްފައެވެ. އެހެން ކަމުން ލައިގެން ހުރި އެއްޗެހި ބަދަލުވެސް ނުކޮށް އެދަށް ވެއްޓި ގަތެވެ. ލައިގެން ހުރި ގަމީސްވެސް ނުބާލައެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔައީ އެހެންނެވެ. އޮފީހަށް ދިޔުމާއި ގެއަށް އައުމެވެ. ކެއުމާއި އިވްޔާއަށް ގުޅައިގެން އޮތުމެވެ.
***5 މަސް ފަސް***
ނިދިފައި އޮތް މިޒިޔަލްއަށް ހޭލެވުނީ ފޯނު އެލާމު ވާއަޑަށެވެ. އޭރު ގަޑިން 30 6 ވަނީއެވެ. މޯޅި އަކަށް ދެމިލާފައި ތެދުވި މިޒިޔަލް ސިހުނީ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތުމުންނެވެ. އެނދުމަތިވެސް ހީވަނީ ބޮޑު ތޫފާނެއް އަހިސްފައި އޮތް ހެންނެވެ.
ހަމަ އެވަގުތު ފާހާނާ ތަޅު ހުޅުވި އަޑު އިވުނެވެ. ދޮރު ހުޅުވި މަންޒަރު ފެނުމާއި އެކު މިޒިޔަލްއަށް ފޮތިގަނޑުން ހަށިގަނޑު ނިވާ ކޮއްލެވުނެވެ. އެވަގުތު ފެނުނު މަންޒަރު މިޒިޔަލްގެ ދެލޯ ބޮޑުވިޔެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.







Wow mi part vx v reethi shihaaa
Alhey Miziyal ah kihineh tha evyyy
Curiously waiting for the next part
When next?
jazaakallah khairan dearr
stay tuned for next.. its coming on sunday.
Alheyyyy Mi part varah ves reethi ma!!
Mizna haadha vaa goahey!!! Really didn’t expect that!!
Btw yal nudheytha iv kairiah in these past five months???
Omg😱😱😱yal ah evee keeh???.. If that’s myliya I swear…..!!.!
When next?
Lysssssm💗💗💗
jazaakallah khairan dearr
yeaa frrrr
yeaa he didnt go, he was afraid of mizna being suspicious.
hehe balamaa next episode ga ingeyne kaakukan
next on sunday
lyt
Masha allah mi part vs vrh reethi
Miznaa I hate uuuuu
Ahmed ah dhera nuvaanvgn mizna e ulheny
Wth..eiii miiliaa tha? Vrh hiiveyy
Naseebeh mizna kaery iv preg vi vhk nubunikanvs
Curiously waiting
When next?
Lyyy🫶
jazaakallah khairan dearrr
haha😭🥲
next episode ga ingeyne eii kaakukan hehe
ya aslu ves dhw
next on sunday stay tuned
lyt
Mi part ves varah reethi.
Alhey mizyal mamma ivaya aa mizyal dhuru kuran ulheythi its so sad.
Waitingg for nexttt
Jazaakallah khairan dearr
Fr☹️
Next tmrw in sha allah❤️
Maasha Allah vrh reethi. when next?
jazaakallah khairan
in sha allah tmrw
Maasha Allah mi prt vx vrh reethi
Whattt?????? Mixyal othy naked kosheyyy
Myliya the eiyyy???
So curious
Can’t wait for the next prt
Whn nxt???
Tc.. Lysm Shiher 💜
N soryy for the late comment
Jazaakallah khairan dearr
Haha yep🙊
Hehe neynge dhw next episode ga ingeyne
Next tmrw
Tc lyt
Iss ok