Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

އެހަދާން

no.one Level 1
July 25, 2025 2 Mins Read
0 Comments

އަހަރެންގެ ހުރިހާ އިހުސާސް ތަކެއް ވަޅުލެވިފައި ވަނީ މިރަށުގައެވެ. އަހަރެންގެ އުފަން ރަށެވެ. ކުޑައިރު އުޅެ ބޮޑޫވި ތަނެވެ. ހދ. ކުޅުދުއްފުއްޓެވެ.

**************

އޭރު އަހަރެންގެ އުމުރުން 20 އަހަރެވެ. ޑިގުރީ ހަދާ މާސްޓާރސް ފައްޓަން ބާކީ އެއް ހަފްތާއެވެ. ކުއްލި އަކަށް އިވުނީ އަހަން ދަތި ވާހަކަ އެކެވެ. އަހަރެން އަށް ނޭންގޭ ގޮތަށް އަހަރެންގެ ކައިވެނި މަންމަމެން ހަމަ ޖެއްސި ވާހަކައެވެ. ރަށު ރައީސްގެ ދަރި ކަމަށްވާ ނާއިން އާއެވެ. ފުރަތަމަ ކޮޅު އަހަރެން ކައިވެންޏާ ދެކޮޅު ހެދީމެވެ . ނަމަވެސް މަންމަ މެންގެ އާދޭހާ ހުރެ އެއްބަސް ވީއެވެ. ރަންކީ އަހަރެން މާސްޓާރސް ފެއްޓިތާ ދެ ހަފްތާ ފަހުންނެވެ. އޭގެ ތިން ދުވަސް ފަހުން ކައިވެނިކޮށް ޕާރޓީ އޮތެވެ.

ކައިވެނީގެ ފުރަތަަމަ ދުވަސް ކޮޅު ދެމީހުން އުޅެމުން ދިޔައީ އެއް އެޕާރޓް މެންޓްއެއްގަ ނަމަވެސް ދެ ކޮޓަރީގައެވެ. ނަމަވެސް އެއް މަސް ތެރޭ ދެމީހުން އެއް ކޮޓަރި އަކަށް ބަދަލުވީއެވެ. އެއް ތާކު އުޅެމުންގޮސް ދެމީހުންނަށް ވެސް ލޯބި ވެވުނީއެވެ. އުފަލުގައި ދެމީހުން އުޅެމުން ދާތާ ދެ މަސް ވެއްޖެއެވެ. ނަމަވެސް މި އުފާވެރިކަން ހިތާމައަށް ބަދަލުވާން ނެގީ ކުޑަ ދުވަސް ކޮޅެކެވެ.

އެއީ ހުކުރު ވިލޭރެއެއްގެ 8:30 ހާ އިރެވެ. އަހަރެން އިނީ ކޮލެޖުގަ ކުލާހުގައެވެ. ކުއްލި އަކަށް ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ ނާއިންގެ އެންމެ ގާތް އެކުވެރިޔާ ޔަލާން ކަމުން އަހަރެން ކޮރިޑޯރއަށް ގޮސް ފޯނުނެގީމެވެ. އަހަންނަށް އެއްޗެއް ބުނަން ފުރުސަތު ނުދީ ޔަލާން ވާހަކަ ދައްކަން ފެށިއެވެ. ލިބުނު ހަބަރާއެކު ދުނިޔެ ހުއްޓުނު ފަދައެވެ. ގަބޫލު ކުރަން ދަތިވިއެވެ. ނަމަވެސް ހަގީ ގަތެއް ބަދެލެއް ނުކުރެވޭނެވެ. ފައިގައި ހުރި ބާރެއްލާފައި އަހަރެން ކޮލެޖުން ނުކުމެ ޓެކްސީ އެއްގައި ހޮސްޕިޓަލަށް ދިޔައީމެވެ. ގޮސް ޔަލާން ބުނި ރޫމްއަށް ވަތީމެވެ. އާއެކެވެ. ހުދު ފޮތިން ކަފުން ކޮއްފާ އެއޮތީ އަހަރެންގެ ލޯބިވާ ފިރިމީހާއެވެ.

މަޑު ހިނގުމެއްގައި ގޮސް އަހަރެން ނާއިން ބާއްވާފައި އޮތް އެނދު ކައިރި މަޑު ކޮއްލީމެވެ. ނާއިން ކޮލުގައި އަހަރެން ފިރުމާލީމެވެ. ކެތް ކުރެވުނީ އެހިސާބަށެވެ. ހުރިތަނަށް ތިރިވެ އަހަރެންނަށް ރޯން ފެއްޓުނެވެ.

އަހަރެން ރޯން އިންތާ 15 ވަރަކަށް މިނިޓު ވީތަނާހެން ޔަލާން އަހަރެން ހަމައަކަށް އަޅުވާ ވީގޮތް ކިޔައިދިނެވެ. ޔަލާން ނާއިން ފޯން ނުނަގައިގެން ގޭދޮށަށް ދިޔައިރު ސިޓިން ރޫމް އިން ފެނުނީ ލެއިން ތަތްތެޅިފައި އޮތް ނާއިންގެ ފުރާނަ ނެތް ހަށިގަނޑު ކަނޑު އެކަންޔޯއެވެ. ޕޮލިހުން މިކަން ކުރީ ކާކުތޯ ހޯދަމުންދާ ވާހަކަ ވެސް ބުންޏެވެ. ނާއިންގެ ކަށުނަމާދު އޮތީ އަނެއްދުހުގެ ފަތިސް ނަމާދަށް ފަހުއެވެ.

ނާއިންގެ ކަށުނަމާދަށް ފަހު އަހަރެން ގެއަށް ދިޔައީމެވެ. އެއްވެސް ކަމެއް ކުރާހިއް ނެތުމުން އަހަރެން ގޮސް ކޮޓަރިއަށް ވަތީމެވެ. އިސާހިތަކު އަހަރެންގެ ލޮލުން ހާސްލާފައި ކަރުނަ ފައިބަން ފެއްޓިއެވެ. ރޯން އޮށްވާ ނިދުނީ ކޮން އިރަކު ކަމެއްވެސް ނީންގެއެވެ. ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަމުން ދިޔައީ ޕޮލިސް ޓޭސަންއިން ކަމުން އަވަހަށް ފޯނުނެގީމެވެ. އަހަރެން ހަލޯއޭ ބުުނުމުން އެކޮޅުން ވާހަކަ ދައްކަން ފެއްޓިއެވެ. ކޭސް ސޯލްވެއްޖެ ކަމަށް ބުނެ ނާއިން މަރާލީ އަހަރެންގެ އަމިއްލަ އެއް ބަޑު ބޭބެ ކަމަށް ބުންޏެވެ. އަދި ކީއްވެ ކަމެއް ނޭންގޭ ކަމަށް ބުންޏެވެ. ގަބޫލު ކުރަން ދަތިވެ އިން ހާލު އަހަރެން ބޭބެއަށް ގުޅާ ކިޔަންވި ވަރަށް އެއްޗެހި ކިޔުމަށް ފަހު ގުޅުން ކަނޑާލާ އަހަރެން ފޯނު ކަނޑާލީމެވެ. މެންދުރު ވީ ތަނުން ބޭބެ ކޯޓަށް ގެންގޮސް 20 އަހަރުގެ ޖަލު ހުކުން އިއްވިއެވެ. އަހަރެން ނާއިން މެން ގެއަށް ގޮސް މާފަށް އެދުނީ މެވެ. އޭނާ މައިންބަފައިން ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަހަރެންގެ ބޭބެ މަރާލީމެވެ.

ނާއިން މަންމަމެން މިކަމުގައި އަހަރެންގެ ކުށެތް ނެތްކަމަށް ބުނެ އަހަރެން ކައިރި އެގެއަށް ބަދަލު ވާންއެދުނެވެ. އޭގެ 3 މަސް ފަހުން އަހަރެން ރާއްޖޭން ބޭރަށް ޑޮކްޓަރުކަން ނިޔަވަން ދިޔައީމެވެ.

********************

އެހާދިސާ ހިނގިތާ މިހާރު 7 އަހަރުވީއެވެ. އަހަރެން ޑަކްޓަރުކަން ކިޔާވާ ނިމި ރާއްޖެ އައިތާ 2 އަހަރު ވެއްޖެއެވެ. ނަމަވެސް އުޅުނީ މާލޭގައެވެ. ނާއިން އާއިލާ އެދުމުން ޗުއްޓީގައި ރަށަށް އައީއެވެ. ރަށުގެ ބިމަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ވެސް އަހަންނާއި ނާއިން އުފަލުގައި އުޅެމުން ދިޔަ ދުވަސް ތަށް މަތިން ހަނދާން ވާން ފެއްޓިއެވެ. ނަމަވެސް ހިތް ވަރުކޮށް ކަރުނަތަށް ހިފަހައްޓައިން ހުރެ ނާއިންގެ މައިން ބަފައިން ނާއެކު ގެއަށް ދާންމިސްރާބު ޖެހީމެވެ. އުފަލާއި ހިތާމައިގައި ވެސް ކެއްކުރަމުންނެވެ.

( ނިމުނީ )

  • * އަޅުގަނޑުގެ އެންމެ ފުރަތަމަ ވާހަކަ ” އެހަދާން ” ކިޔުން ތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ *

Share Article

Follow Me Written By

no.one

Level 1

Other Articles

Previous

ހަވޭލީ – ނުވަވަނަ ބައި

Next

ފުރަތަމަ ނަޒަރުން 16

Next
July 25, 2025

ފުރަތަމަ ނަޒަރުން 16

Previews
July 25, 2025

ހަވޭލީ – ނުވަވަނަ ބައި



All Right Reserved!