Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާރޭގެ ތެރެއިން 1

shynyx inax
shynyx inax Level 2100 Comments10 Stories100 Login
July 25, 2025 2 Mins Read
6 Comments

ދުވަހަކީ އެހާ ހިތްފަސޭހަ ދުވަހެއް ނޫނެވެ.ވާރޭ ހުއްޓާލީ ދާދި ދެންމައަކުއެވެ. އަނެއް ވިލާގަނޑު އުދަރެހުން އަރައިގެން އައިސް ބޯމަށްޗަށް ފެތުރެނީ އެވެ.ލޫނާ ފަންސޫރު ނެގުމުށްފަހު، ވަރަށް ފަރުވާތެރިކަމާއެކުގައި ލިޕްލައިނާ އަޅާލިއެވެ.އަދި ރަތް ލޭ ކުލައިގެ ލިޕްސްޓިކުން ތުންފަތުގައިކުލަަޖަައްސަންފެށިއެވެ.ކުރިން ލޫނާ ޖައްސަނީ މެރުން ކުލައި ޝޭޑެކެވެ.މި ފަހަރު ލޫނާ އަތުގައި އޮތީ ރަތް ލޭ ކުލައެވެ. އެކުލައިން ވީހާވެސް ދުރަކަށް ތުންފަތް ދިއްލާލަން ލޫނާ ބޭނުންވެއެވެ.ކީއްވެ ހެއްޔެވެ؟މިރެއަކީ، ވަރަށް ގިނަ ދުވަހަށް ފަހު ލޫނާގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބުނު ރެއަކަށް ވާތީއެވެ.ހަޔާތުގެ ބާކީބައި ވެއެތުކުރަން ލޫނާ އަކަށް ދެން އުނދަގުލެއް ނުވާނެއެވެ.ނަމަވެސް ލޫނާގެ ހަރަކާތް ތަކަށް ހުއްޓުން އެރިއެވެ.މީގެ 1 އަހަރުކުރީގެ ހަނދާންތައް އާވެގެން ދިޔައެވެ.

(އެއް އަހަރު ކުރި)

އެއީ ވެސް ވަރަށް ބޯކޮން ވާރޭ ވެހެމުން ދިޔަ ދުވަހެކެވެ.އަައްޑޫސިޓީގެ ލިންކުރޯޑު ފެނުމުން ލޫނާ އައި ކޮއްކޮ ޔޫހާން އުފަލުން މޮޔަވާވަރުވިއެވެ.ކާރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ތިބެ އެއްފަރާތުން ފެންނަ މޫދާއި މަގުގެ ދެފަރާތުގައިވާ ގަސްތަކަށް  ބަލަހައްޓައިގެން އިންއިރު  ޔޫހާން އެތައް ސުވާލުތަކެއް އޭނާގެ މަންމައައި ކުރަމުން ދިޔައެވެ.  މަންމަ ނަދުވާ އިނީ އެންމެ ކުޑަ ކޮއްކޮ ލައިލް އުނގުގައި ބައިންދަައިގެންނެވެ. ޔޫހާންގެ ސުވާލުތައް ގިނަކަމުން އެންމެފަހުން އޭނާ ހިމޭންވާން ނަދުވާ އެންގީ ރުންކުރުވެފަައި އިނދެއެވެ.

ނަދުވާ މިރަށަށް މިއައީ އޭނާގެ ފިރިމީހާގެ ޙަބަރެއްނުވެ ގިނަދުވަސްވާން ފެށުމުން  އޭނާ އުޅޭގޮތް  އަމިއްލަ ލޮލުން ދެކިލުމުގެ ބޭނުމުގައެވެ.ބައިގަޑިއެއްހާއިރުގެ ދަތުރަކަށްފަހުގައި ކާރު މަޑުކޮށްލީ ނާހިދު ގެ ” ހަނދުވަރު ” އަށެވެ. އެހިސާބުގައި ގިނަައީީ ފަޅުގެތަކެވެ. ދުރުދުރަށްދާންދެން ފެންނަނީ ބިޔަ ގަސްތަކާއި ރުއްތަކެވެ.ރާޅުޖަހާ އަޑު އިވުމުން މޫދުއޮތީ ފުދޭވަރަކަށް ކައިރީގަކަން އެނގުނެވެ.

”ހަނދުވަރު” ހީވަނީ ބޮޑު ގަނޑުވަރެއްހެންނެވެ. އެގެ ހުރީ ދެބުރިއަށްށެވެ. ނަމަވެސް ފަނޑު ބޮތްކެއްގެ އަލި ފިޔަވާ މުޅި ހިސާބަށް ވެރިވެފައިވަނީ ކަނުއަނދިރިކަމެވެ.މެދުގޯތީގައިވާ ގަސްތައް ކޮންމެވެސް ވަރަކަށް ފެނުނެވެ.ރޭގަނޑު މިތަން ފެންނަނީ ނާމާންކޮށެވެ.

ނަދުވާ ކާރުންފައިބައި އޭނާގެ ފިރިމީހާ ނާހިދުއަށް ގުޅަންފެށިއެވެ.އިރުކޮޅަކުން ނާހިދު ގޭގެ ދޮރުހުޅުވާލާފައި ނިކުމެގެން އަންނަތަން ފެނުނެވެ.ހަމަ އެވަގުތު ބޯކޮށް ވާރޭ  އޮއްސާލިއެވެ.ނާހިދު އަވަހަށް ފޮށި ދަބަސްތައް ގެއަށް ވަައްދަންފެށިއެވެ.ގޭތެރެއަށް ވަދެ ހަމަޖެހިލެވުމުން ޔޫހާން އަހާލިއެވެ.”މަތީބައިގަ ބޮކި ނުދިއްލާ ހުރީ ކީއްވެތަ ބޭބޭ…”ލޫނާ އަދި ޔޫހާން ވެސް ދޮންބައްޕައަށް މުޙާތަބުކޮށް އުޅެނީ ބޭބޭ ކިޔާފައެވެ.އެ ދެބެންނަކީ ނަދުވާ ކުރީގެ ކައިވެޏަށް ލިބުނު ދެކުދިންނެވެ.ލައިލްއަކީ ނަދުވާ އާއި ނާހިދުގެ ކައިވެޏަށް ލިބުނު ދަރިފުޅެވެ.

”އެބައިގަ އެއްވެސް ބަޔަކުނޫޅޭ..އެއީ ބޭކާރު ސާމާނުލާފަ ހުންނަގުދަނެއް ކަހަލަތަނެއް..ދެން އަހަރުމެން ގޭގެ އެއް ކޮޓަރި ހުންނާނެ ފިރިހެންކުއްޖަކަށް ކުއްޔަށް ދީފަ…. އޭނާގެ ނަމަކީ ކައިލާން…. އާ ވައްތަރެއްގެ ނަމެއްނުން ހެހެ…..ހާދަ ރީތިކޮށް އެކުއްޖާ މިއުޒިކް ކުޅެލައޭ… އަޑުވެސް އެހާ ރީތި އަދި އެ ފިރިހެންކުއްޖާގެ ލޮލުގައި ހުންނަނީ އެހާ ޗާލުކުލައެއް… އެކުއްޖާ ބައްޕައަކީ ރާއްޖެ މީހެއްހެނެއް ހިޔެއްނުވޭ.. ކޮންމެގޮތެއް ވިޔަސް އެކޮޓަރި ކުއްޔަށް ހިފައިގެން ހުރީމަ މަށަށް ފައިދާއޮވޭ..”ނާހިދު ބުންޏެވެ.

ލޫނާ އެބުނާ ފިރިހެންކުއްޖާ ދެކޭހިތްވިއެވެ.ވަގުތުން އިސްތަށިގަނޑު ރީތި ކޮށްލެވުނެވެ. ކައިލާން ފެންނާނެ އިރަކަށް ވަގުތު ގުނަންފެށި އެވެ…………………..

 

ކިޔުންތެރިންގެ ސަމާލުކަމަށް:މި ވާހަކަ(ވާރޭގެ ތެރެއިން) އަކީ އަޅުގަނަޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރެދާނެއެވެ.

ޝުކުރިއްޔާ!!

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shynyx inax
Follow Me Written By

shynyx inax

Level 2100 Comments10 Stories100 Login

My soul writes in silence࣪ ִֶָ☾𖤓 .where words turn into stories only the heart can hear ₊˚⊹♡ . In the quiet, feelings bloom like fragile petals ❀, each tale a gentle breath of hope, pain, and dreams unspoken. Between shadows and light, I find the truth of who I am—a storyteller of whispers, weaving soul and silence into every line.....

Other Articles

Previous

ކަޅު ބުޅާ 11

Next

ހިތުގެ ރިހުން (12)

Next
July 25, 2025

ހިތުގެ ރިހުން (12)

Previews
July 25, 2025

ކަޅު ބުޅާ 11

6 Comments!

  1. N@@$# says:
    August 13, 2025 at 11:20 pm

    Mi part ves vrh reethi and i cant wait for the next part
    when next part??

    1. shynyx inax shynyx inax says:
      August 26, 2025 at 9:56 pm

      Thank you! Naash.. inshallah very soon.

  2. Zivv says:
    September 6, 2025 at 12:02 am

    Varah reethi!keep it up.. can’t wait for next part💗!!

    1. shynyx inax shynyx inax says:
      September 6, 2025 at 7:45 pm

      thank you zivv !!

  3. ashh.zxzx says:
    September 6, 2025 at 4:00 pm

    Aww shikko … story sems familiar … keeep shining 🤍

    1. shynyx inax shynyx inax says:
      September 6, 2025 at 7:50 pm

      ashh.zxzx thank you so much !!
      last part tha familiar ee ??

Comments are closed.

Next Episodeވާރޭގެ ތެރެއިން 2←


All Right Reserved!