ސުކޫލަށް ގެންދާނެ ހުރިހާ ސާމާނެއް ދަބަހަށް އެޅުމަށްފަހު ޔަޝްމީ ހިންދެމިލިއެވެ. މިއަދަކީ ޗުއްޓީ ދުވަސްތައް ހަމަވެ އަނެއްކާވެސް ކިޔެވުމަށް ވަގުތު ހުސްކުރަންވީ ދުވަހެވެ. ޔަޝްމީއަށް ބަލައިލުމުން އޭނާ އިނީ ކުޑަކޮށް ހާސްވެފައިކަން އެނގެއެވެ. “ދަރިފުޅާ.. ދަބަހަށް ހުރިހާ އެއްޗެއް އެޅިއްޖެތަ؟” އެވަގުތު ކޮޓަރިއަށް ވަދެގެން އައި ޔަޝްމީގެ މަންމަ ލޮތްބާއެކު އަހާލިއެވެ. “ލައްބަ މަންމާ…” ފުން ނޭވައެއް ލަމުން ޔަޝްމީ ބުނެލިއެވެ. ޔަޝްމީގެ މަންމަ އައިސް ޔަޝްމީގެ ގާތު އިށީނެވެ. އަދި ޔަޝްމީގެ ގައިގައި ލޮތްބާއެކު ބައްދާލިއެވެ. […]
ހިތްފަސޭހަ ހަވީރެކެވެ. އާދައިގެ ވަރަކަށް ވައި ޖެހެމުން ދެއެވެ. ހަވީރުގެ އެ ހިތްފަސޭހަ މާހައުލުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އެކި އުމުރުފުރައިގެ މީހުން ބޭރަށް ނިކުމެ އުޅެއެވެ. ޒައިދު އާއި އޭނާގެ ރަޙުމަތްތެރި ކުދިންކޮޅުވެސް ހަވީރުގެ އެވަގުތުގައި މަގުމަތީގައި ފުޓުބޯޅަ ކުޅުމަށް ބޭރަށް ނުކުތެވެ. މަގުމަތީގައި ނުކުޅުމަށް ޒައިދުގެ މަންމަ ނަޞޭޙަތްތެރިވި ނަމަވެސް އެއަޑު އަހާކަށް ޒައިދު ބޭނުމެއް ނުވެއެވެ. މަންމަ އާއި ސިއްރުންވެސް ބޭރަށް ނުކުމެ ޒައިދު މަގުތައް މަތީގައި ކުޅެން އުޅެއެވެ. ދެބަޔަށް ކުދިންތައް ބަހާލުމަށްފަހު […]
ވަށައިގެން ފެންނަމުން ދިޔައީ ކާރުބާރު ބޮޑު މަގުތަކެވެ. އެމާޙައުލަށް ނަޒަރު ހިންގާލުމުން މިއީ މާލޭގެ މަގުތަކެއްކަން އެނގެއެވެ. އެކި އުމުރުފުރައިގެ މީހުން އެމަގުތަކުގައި ހިނގަމުން ދިޔައެވެ. ތޮއްޖެހުން ބޮޑު އެމަގުމައްޗަށް ނަޒަރު ހިނގާލައިގެން ގެއެއްގެ ދޮރުމަތީ ކުޑަ ކުއްޖަކާ އެކުއްޖާގެ ބައްޕަ ހުއްޓެވެ. އެއަންހެން ކުއްޖާގެ އެއްފައެއް ނެތެވެ. އެއްއަތުން އޭނާގެ ބައްޕަގެ އަތުގައި ހިފަހައްޓައިގެން ހުއްޓެވެ. “ބައްޕީ. ދޮންތި ބޭނުމީ ރަށަށް ދާން. މިތަން ހާދަ ފޫއްސޭ. މަންމިއާއެކު ރަށުގަ މާ މަޖާ. ދޮންތިއަށް މަޖާކޮށް […]
ސުކޫލުތެރެ އޮތީ ހަލަބޮލިވެފައެވެ. ބްރޭކް ގަޑީގައި އެކިކުދިން އެކި ކަންކަމުގައި އުޅުނެވެ. އެހެން ކުދިން އުޅެމުން ދިޔަ ހިސާބާ ތަންކޮޅެއް ދުރުގައި ހުރި ބެންޗެއްގައި ކާންތިބި ޢައްމާރްއާ އައިހަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދެކުދިން ސަކަރާތްޖަހާ އެކިވާހަކަތައް ދައްކަމުން ދިޔައެވެ. ކުދިން ކުލާހަށް ދާ ބެލް ޖެހުމާއެކު ދެކުދިންވެސް ތެދުވީ ކުލާހަށް ދާށެވެ. ނަމަވެސް ޢައްމާރް ތެދުވުމަށްފަހު އާހެއްގެ އަޑު ލައްވާލަމުން ބެންޗުގައި ހިފަހައްޓާލިއެވެ. “ކިހިނެއްވީ؟” އެކުވެރިޔާއަށްޓަކައި ކަންބޮޑުވެފައި ހުރި އައިހަމް އަވަހަށް ގޮސް ޢައްމާރްގެ ކޮނޑުގައި […]
ޝައިނާއަކީ އުމުރުން 7 އަހަރުގެ ކުއްޖެކެވެ. ޝައިނާއަކީ ވަރަށް ބަސްއަހާ ކުއްޖެކެވެ. ނަމަވެސް، ޝައިނާއަކީ ދަތް ނޫނގުޅާ ކުއްޖެކެވެ. އެހެންކަމުން ސުކޫލުގައި ވެސް ޝައިނާއާ ވާހަކަދައްކާނެ ކުއްޖަކު ނޫޅެއެވެ. މިކަމާ ޝައިނާ ދެރަވެއެވެ. ނަމަވެސް ޝައިނާ ދަތް އުނގުޅާކަށް ބޭނުމެއްނުވެއެވެ. އެއްދުވަހަކު ހެނދުނު ޝައިނާގެ މަންމަ ބަދިގޭގައި ރޮށި ފިހަން އުޅެނިކޮށް އިވުނީ ވަރަށް ބާރަށް ޝައިނާ ރޯންފެށި އަޑެވެ. ޝައިނާގެ މަންމަ ހީކުރީ ޝައިނާގެ ބައްޕަ އޮފީހަށް ދަމުން ޝައިނާއަށް ދަތްއުނގުޅުމަށް ގޮވުމުން ދަތް ނޫނގުޅާން […]
އުމުރުން އަށް އަހަރުގެ ޔުމާންއަކީ ވަރަށް ބަސްއަހާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. ޔުމާންގެ އުމުރުން ތިން އަހަރުގައި ޔުމާންގެ ބައްޕަ ނިޔާވުމާއި ގުޅިގެން ޔުމާން ދިރިއުޅެމުން ދަނީ މަންމައާއެކު ވަރަށް އެކަނިވެރިކޮށެވެ. ނަމަވެސް ޔުމާންގެ މަންމަ ޔުމާންއަށް އިސްލާމީ ރިވެތި އާދަތައް ދަސްކޮށްދެމުން ދެއެވެ. އެހެންކަމުން ޔުމާންއަކީ އެހާ ކުޑައިރުވެސް އެހެން ކުދިންނަށް ހެޔޮކަންތައް ކުރުމަށް ނަޞޭޙަތްތެރިވާ ކުއްޖެކެވެ. ކުއްޖަކު ގޯސްކޮށް ކަމެއް ކޮށްފިނަމަ އެކަން ރަނގަޅު ކުރުމަށް ޔުމާން ނަޞޭޙަތްދެއެވެ. “ދަރިފުޅާ ޔުމާން. އާދޭ ކާން.” […]
ވާރޭ ވެހި ބިންގަނޑު ތެއްވެއްޖެއެވެ! ވައިގާވަނީ މަޑު ފިނިކަމަކާއި ކިލާ ރަހައެއް ހިފާލާފައެވެ. ޗަކަ ވަޅުގަނޑު ގަނޑާއި ކުދި ވެލިފުނިތައް ބިންމަތީ އުފެދިފަ އެބަހުއްޓެވެ. “އޭ.. ކޮންތާކަށް ތި ފިރުކެނީ…” މަޖާ ރާގަކަށް ކިލާފަނި ޗަކަފަންޏާއި ދިމާލަށް ގޮވާލިއެވެ. އަހުރެން މިދަނީ އެއޮތް ފެންގަނޑުން ފެންފޮދެއް ރަހަ ބަލައިލަން ކަމަށް ބުނެ ޗަކަފަނި ކުރިއަށް ދެމެންފެށިއެވެ. ………. ބައިގަޑިއިރު ފަހުން ކިލާފަނި ބަލާލިއިރު ޗަކަފަންޏަށް އޭތީގެ މަންޒިލަށް ދެވިއްޖެއެވެ. ކިލާފަންޏަކީ ވަރަށް ބުއްދި ރަންގަޅު ފަންޏެކެވެ. އެސޮރު […]
ބޮޑު ޗުއްޓީ ނިމިގެން ފެށުނު ދިރާސީ އައު އަހަރުގެ ދެވެނަ ހަފްތާއަށް ނާޅަނީސް ކޮއްކޮގެ ޝަކުވާ ފޮށި ހުޅުވުނެވެ. ފައްޓައިފި ކަމެއް ހުއްޓުމަކީ ކޮއްކޮ ދުވަހަކު ވެސް ދަންނަ ކަމެއް ނޫނެވެ. ދެން އެ ޝަކުވާތަކާއި އެކީ ހިނގަން ޖެހުނީ އަހަންނަށެވެ. ކޮއްކޮ އަދި މިކިޔަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ ކޮއްކޮ މިއުޅެނީ ފޫހިވެގެންނެވެ. މާގިނައިން ސުކޫލަށް ދާތީއެވެ. ދެނެ އެކަމާއި ހެދި ސުކޫލަށް ނުދާން ރޮއެ ހެދުމާއި ބޮޑާ ހޭކުން ކޮއްކޮގެ އާދައަކަށް ވިއެވެ. އަހަރެން […]
އުމުރުން ނުވަ އަހަރުގެ ސާރާ ގޭގައި ހުރި ބޮޑު އުނދޯލީގައި އޮށޯވެގެން އޮތީ ކަމަކާމެދު ވިސްނާށެވެ. އޭނާ އެއޮތް ގޮތުން ވިސްނަނީ ވަރަށް ބޮޑުކަމަކާކަން އެނގެއެވެ. އެހެން އޮންނަތާ އެތަށް އިރެއްވީ ފަހުން ސާރާ އުނދޯލިން ތެދުވެގެން ގޭތެރެއަށް ހިނގައިގަތެވެ. “ދޮންބޭ. ސާރާ ބޭނުން ޢީދުގައި ގެއަށް އަންނަ ކުދިންނަށް ހަދިޔާއެއް ދޭން. އެކަމަކު ސާރާ ކިހިނެއް ހަދިޔާ ހަދާނީ؟ ސާރާ އަތުގައި ރުފިޔާއެއްވެސް ނެތް.” ސާރާ ދިޔައީ އޭނާގެ ދޮންބެގެ ކޮޓަރިއަށެވެ. “އެންމެ ރަނގަޅު. ހިނގާ […]